ދަތުރު-7
*”މަނައަކީ އެއީ ތެދެކޭ؟” ސީރިއެސް ވެފައި ނާއިމް އަހައިލި އެވެ.*
“ދޮގެކޭ”
“ޒީވާ! ޒީވާއާ އެބަ ޖެހޭ ވާހަކައެއް ދައްކަން. ގެއަށް ގޮއްސަ.” ކުޑަބެ ހިތްހަމަ ނުޖެހިފައި ހުރި ރާގަކަށް ބުނެލި އެވެ. ނާއިމް ވެސް އަހަރެންނާއި ދިމާލަށް ބަލައިލި އެވެ. ވީކީއްތޯ އަހާލާ ފަދަ ގޮތަކަށް ބުމަ އަރުވައިލި އެވެ.
ވާހަކައިގައި އެތަށް ވަގުތެއް ހޭދަވި އެވެ. ނާއިމް އޭނާގެ ގޮތުގައި ހުއްޓެވެ.
“ކުޑަބޭ. ނާއިމް މާވަރަކުން ދޮންތަ އުޅެނީ ރިމާހު އާއި ރައްޓެހިވެގެންތޯ ބަލަނީ ކީއްވެތަ؟ ކަމެއް އުޅެނީތަ؟” ޖެއްސުމުގެ ރާގަކަށް އަހަރެން ބުނީމެވެ.
“ހީވަނީ ތިހެން. ނާއިމް އަނެއްކާ ކަމެއްތަ؟” ކުޑަބެ ވެސް އަހަރެންނާއި އެއްބައިވެލަމުން ވާހަކަ ދެއްކި އެވެ.
“އެއްވެސް ކަމެއް ނޫން. ހަމަ އަހައިލީ.” ލަދުން އިސްޖަހައިލާ ފަދައިން ނާއިމް އިސްޖަހައިލި އެވެ.
“ކަމެއްނުވަންޏާ އެހާ ފޯރިއެއް ނާރުވާނެ” އަހަރެންނާއި ކުޑަބެ ނާއިމް އަށް ދިމާކުރަން ފެށީމެވެ.
އެސިސްޓެންޓް ލީޑާ އަހަރެމެން ލަސް ވެގެން ގޮވި އެވެ. އަހަރެމެންނަށް ދެވުނު އިރު ހުރިހާ ކުދިން ތިބީ ހޯލުގަ އެވެ. އޭރު ލީޑާ ވާހަކަ ދައްކަމުންދާތީ ނުވަދެ ދޮރު ކައިރީ ތިބުމަށް ލީޑާއެސިސްޓެނެޓް ބުނުއްވި އެވެ. ފަހަތުން ނާއިމް އާއި ކުޑަބެ ތިއްބެވެ.
“ސުވާލެއް ކޮއްލަންތަ؟” ނައިމް ވާހަކަ ދެއްކި އަޑަށް އަހަރެން ސިހިފައި ފަސްއެނބުރި ބަލައިލީމެވެ. ނާއިމް އިނީ ވަރަށް ކައިރީގަ އެވެ. ހަތަރު ކަޅި ހަމަވި ވަގުތު އަހަރެންގެ އަތްފައި ފިނިވި އެވެ. އަހަރެން ‘ހީމް’ އޭ ބުނުމުން ދެންވެސް ވަހަކަ ދެއްކީ ނާއިމް އެވެ. “އަސްލު ކީއްވެ ރާއިމް އާ ރައްޓެހިވީ؟ ޑޮންޓް ޓޭކްމީ ރޯންގް. ހަމަ އަހާލީ. ޔޫ ނޯ ރެންޑަމްކޮށް.”
ނާއިމް ކޮށްލި ސުވާލު އަހަރެން އަމިއްލަ ނަފްސާއި ވެސް ކޮށްލީމެވެ. ރާއިމް އަށް ވުރެ ރަނގަޅު ކުދިން އުޅޭ އިރު ވެސް އަހަރެން ރާއިމް އާއި ރައްޓެހިވީ ކިއްވެބާއެވެ.؟ އަހަރެން ބޭނުންވަނީ ހަމައެކަނި ކުއްޖަަކާއި ރައްޓެހިވާންބާއެވެ.؟ ރާއިމް އާއި ދޭތެރޭ އަހަރެންގެ ހިތުގައި އެއްވެސް އިހުސާސްއެއް ވޭބާއެވެ.؟
“ނުބައި ސުވާލެއް ދޯ މި ކުރެވުނީ” އަހަރެންނަށް ސިހިފައި ހިޔާލުތަކުން ބޭރުވެވުނީ ނާއިމް ވާހަކަ ދެއްކި އަޑަށެވެ. “ޒީވާގެ ޕާސަނަލް ކަންކަމާ ބެހޭކަށް ނޫން ކޮންމެހެން މިއުޅެނީ. ހަމަ އަހާލީ. ބުނަން ބޭނުންނުވަންޏާ އަޅާ ނުލާ. ނުދައްކާ ވާހަކަ އެއް.”
“ނޭނގެ ކީއްވެ ކަމެއް” އަހަރެން ވާހަކަ ދެއްކީ ވަރަށް ވަޑުންނެވެ.
“ރާއިމް ދެކެ ކުޑަކޮށް ވެސް ލައިކް ވޭތަ؟” ނާއިމް ސުވަލަކަށް ފަހު ސުވާލެއް ކުރިމަތި ކުރުވަމުން ދިޔައިރު އޭގެން ކޮންމެ ސުވަލެއް އަހަރެންގެ އަމިއްލަ ނަފްސާއި ވެސް ކޮށްލަން ޖެހެ އެވެ.
“ނުވޭ” އަހަރެން ޖަވާބު ދިނީ ސީދާ ނާއިމްގެ ސުވާލަށެވެ.
“ލައިކް ނުވަންޏާ ކީއްކުރަން ރައްޓެހިވީ؟ މީހުން ބުނާ އަޑު އަހަން، އެކަހަލަ ރިލޭޝަންޝިޕް އެހާ ގިނަދުވަހަކު ނޯންނާނޭ.” ނާއިމް ބުނީ އެހެން މީހުން ވެސް އަހަރެން ކައިރީ ބުނާ ވާހަކަ އެވެ. ނަމަވެސް މިއަދު އަހަރެން އެކަމާ ވިސްނައިލެވުނެވެ. ކީއްވެ ބާއެވެ؟
އެވަގުތު ކޮޅުވެސް އަހަރެންނާއި ނާއިމްގެ މެދުގައި އެތައް ވާހަކަ އެއް ދެކެވުނެވެ. އެވަގުތުކޮޅު އަހަރެންގެ ހުރިހާ ނުތަނަވަސް ކަމެއް ފިލައިދިޔަހެން ހީވިއެވެ. ފާޅުގައި ހިންތުން ވެލީމެވެ. ދުވަސް ތަކަކައް ފަހު އަހަރެންގެ ހިތަށް އުފާވެރިކަން ވެރިވިހެން ހީވިއެވެ.
ގެއައް ދެވުމާއި އެކު ދޮންތަ ފެށި ރާއިމްގެ ވަހަކަ އެވެ. އަދިވެސް އޭނަ އޮންލައިން ނުވާ ވާހަކަ އާއި މަގެއް މަތިން ވެސް އޭނާ ނުފެންނަ ވާހަކަ އެވެ. އެހިސާބުން އަނެއްކާ ވެސް އަހަރެން ރާއިމް މަތިން ހަނދަން ވި އެވެ. އަވަސް އަވަހަށް ފޮނުނަގާ މަޢާފަށް އެދި މެސެޖު ކުރީމެވެ. އޭނާ އޮންލައިން ވާވަގުތަކު ފެންނާނެ ކަމަށް ބުނެއެވެ.
އެރޭ ވީއިރު ވެސް ރާއިމްގެ ހަބަރެއް ނުވި އެވެ. އަހރެން ހާސްވެ ގޮތް ހުސްވާން ފެށިއެވެ. އޭނާ އަހަރެން ދެކެ ރުޅި އައިސްގެން ހަދާ ގޮތެއް ކަމައް ހީކޮށް ދެރަވި އެވެ. ރާއިމްގެ މެސެޖަކަށް އިންތިޒާރު ކުރަމުން އަހަރެން އޮތީ ޕޯސްޓް ބަލާށެވެ. އެހެން އޮއްވައި މެސެޖެއް އައެވެ. ރާއިމް ކަމަށް ހީކޮށް އަވަހަށް އެ މެސެޖު ހުޅުވައިލީމެވެ. ނަމަވެސް އެއީ ރާއިމްގެ މަެސެޖް އެއް ނޫނެވެ. ހިތަށް އިތުރު މޮޅިވެރި ކަމެއް ވެރިވި އެވެ.
“މައުނާ ކީއްވެ އޮންލައިން ނުވަނީ؟” ރާއިމްގެ މެސެޖް އެއް ނޫން ނަމަވެސް އަހަރެން މެސެޖް ކިޔައިލީމެވެ. ނަން ބަލައިލަން ހަނދާންވީ ދެނެވެ. ނާއިމް އެވެ. އަހަރެން އިތުރަށް ފޫހިވި އެވެ. ނަމަވެސް މެސެޖް ހުޅުވައިލެވުމުން ޖަވާބު ވެސް ދިނީމެވެ.
“އަހަރެން އަތުގަ ފޯނު އޮތީމަ” އަހަރެންނާއި ދޮންތަ ބެނުން ކުރަނީ އެއްފޯނެއް ކަމުން އެކަކު އޮންލައިން ވަ ވަގުތު އަނެކަކައް އޮންލައިން އެއް ނުވެވޭނެ އެވެ.
“މައުނާ ކޮބާ؟” އަހަރެން ޖަވާކު ފޮނުވިތާ ނިނެޓެއް ނުވެ އަނެއްކާ ވެސް ނާއިމް މެސެޖު ކުރި އެވެ.
“ރައިޝާ އާއި އެކު ބޭރުގަ” އަހަރެން ނާއިމްގެ މެސެޖުތަކަށް ޖަވާބު ދިނީ ވަހަކަ ދައްކަނެ އިތުރު މީހަކު ވެސް ނެތީމަ އެވެ.
“އޭނަ ކައިކީ ބުނޭ އޮން ލައިން ވާށޭ.”
“ކީއްކުރަން؟”
-ނުނިމެ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.


