Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައުފެއްދުންތެރި ލިޔުންލޯބި

ހިތުގެ ރިހުން (5)

Krystal Level 510 Stories100 Login100 Comments
June 27, 2025 3 Mins Read
0 Comments

“ނައި ކިޔަނީ… ނައިރާ ބިންތި ޔާސިން…” ޔާސިން އޭ ބުނުމުން ނޫރާ ހަދާނަށް އައި އޭނާގެ ލޯބިވާ ޔާސިން އެވެ. ނަމަވެސް ޔާސިންގެ ދަރިއަކު ހުރެފާނެއެކޭ ނޫރާގެ ހިތެއް ނުބުނެއެވެ. ކުއްލިއަކަށް ނޫރާ ސިއްސައިގެން ދިޔައީ އޭނާ އަތުން ނައިރާ އައިސް ޖަހައިގަތުމުންނެވެ. ނޫރާ އެބުރި ބަލާލި އިރު ފަހަތުގައި ހުރީ މިންހާއެވެ. މިންހާއަށް ނޫރާ އޭނާގެ ދަރިފުޅު އުރައިން ހުރިތަން ފެނުމުން ތެޅިގަނެވުނީއެވެ. މިންހާ އެއްގޮތަކަށްވެސް ޔާސިންއާ ނޫރާ ދިމާވާކަށް ބޭނުމެއް ނުވެއެވެ. އޭރު ނޫރާގެ ފޮށި އައިސް އޭނާއާ އަރާ ހަމަވީއެވެ. އަވަހަށް ފޮށި ނަގައިން ނޫރާ މިސްރާބު ޖެހީ އެތަނުން ނިކުތުމަށެވެ. ހުދު އޭނާވެސް ޔާސިން ދެކޭކަށް ބޭނުމެއް ނުވެއެވެ.

  • އޭ މަގޭ ލޮލުގެ ނޫރާ- ޖަހާފައި ހުރި ބޯޑެއް ހިފައިން ހުޝާމް އޭރު ބޭރުގައި މަޑުކޮށްލައިން ހެވި ދިއްލިފައި ހުއްޓެވެ. ނޫރާ ދުވެފައި ގޮސް ހުޝާމްގެ ގައިގައި ބައްދާލިއެވެ. ހުޝާމްއަށް ލިބުނީ ކުއްލި ސިހުމެކެވެ. ނޫރާ އާ ހުޝާމްގެ ގުޅުން ކުރިއަށް ވުރެ ރަގަޅުވިޔަސް މިފަދަ އަމަލެއް ނޫރާ ފަރާތުން ފެންނާނެ ކަމަކަށް އޭނާ ގަބޫލެއް ނުކުރެއެވެ. ނަމަވެސް މި އަމަލުތަށް މިހެން މިވީ ދޮރުން ނިކުމެގެން އައި ޔާސިންގެ ސަބަބުންކަން ހުޝާމްއަށް ދެނެގަނެވުނެވެ. ހުޝާމް ޔާސިންއަށް ދެއްކުމަށް ނޫރާގެ އުނަގަޑުގައި ހިފާ ބައްދާލިއެވެ.
  • “އޭ ބްރޯ.. ކޮންކަމެއް.. މަށަށް އަންގާ ނުލާ ބިޓެއް ނެގީތަ… ތީ އެއާރޕޯޓަށް…” ޔާސިންއަށް ބުނެވުނީ އެވަރަށެވެ. ފަސް އެބުރި ބަލާލި ނޫރާ ފެނުމުން އޭނާއަށް ހީވީ ބިންގަޑު ގަބައިގަތް ހެންނެވެ. މިންހާގެ ރުޅިގަނޑު ދިޔައީ ގަދަވަމުންނެވެ. ނޫރާ ފެންނަ ކޮންމެ ފަހަރަކު އޭނާގެ އެތެރެ ހަށިން ހީވަނީ އަލިފާންގަނޑެއް ރޯ ކުރާ ހެންނެވެ.
  • ” މަންމީ.. އެއްކަލަ ތިއްތި ދައްތި އެހެރީ..” ނޫރާއަށް އިޝާރާތް ކޮށްލަމުން ނައިރާ ބުނެލިއެވެ.
  • “ކޮން ތިެްތި އެއް ކިޔާކަށް ހިނގާ ދާން..” ނައިރާ ގެ އަތުކޮޅުގައި ބާރަށް ހިފައިން ހުރެ ޔާސިން ކޮއްޕަން މިންހާ ފެށިއެވެ. ޔާސިންވެސް އިތުރަށް މަޑު ނުކޮށް އެތަނުން ހިގައިގަތެވެ. ނޫރާގެ ދެފައިން ވާގި ނުދިޔައީ ކިރިޔާއެވެ. މިހާ ދުވަސް ކޮށްފައި ޔާސިން އޭނާ އަށް އެފެނުނީއެވެ. ފެންނަ ފެނުމަށް ވަރަށް އުފަލުގައި އުޅޭހެން ހީވެއެވެ. ލޯބި ލޯބި ކުޑަ ކުއްޖެއްވެސް އެބަހުއްޓެވެ. ދެން ޔާސިން އަށް މަދުވާނެ އިތުރު އެއްޗެއް މި ދުނިޔޭގައި ނެތެވެ.
  • “ސޮރީ….” ނޫރާ ބުނެލީ އޭނާގެ އަމަލުތައް ބެހެއްޓުނު ގޮތުން ލަދު ގަތީމައެވެ.
  • “އިޓްސް އޯކޭ.. އައި ކޭން އަންޑާސްޓޭންޑް..” ހުޝާމް ހިނިތުން ވެލާފައި ބުނެލިއެވެ. ދެމީހުންވެސް ޓެކްސީއެއް ލިބޭތޯ ހިގައިގަތެވެ.
  • *****
  • ޖެހިގެން އައި ދުވަސް
  • ހެދުނުގެ ނާސްތާ ކުރުމަށް މިންހާ އާއި ނައިރާ ތިރިއަށް ފޭބި އިރު މަނާލް އާއި މަންސޫރު މޭޒު ދޮށުގައި ތިއްބެވެ.
  • “ކާކާ… މާމާ..” މަންސޫރު ފެނުމާއި އެކު ނައިރާ ދުވެފައި ގޮސް ބައްދައި ގަތެވެ.
  • “ދަރިފުޅު ކޮބާ ޔާސިން އަދި ނުހޭލާތަ…” މަންސޫރު ނައިރާ ގައިގާ ބައްދާލައިން ހުރެ މިންހާ ކުރެން އެހިއެވެ.
  • “އިއްޔެ އެއާޕޯޓުން ދިޔަ ގޮތަށް ދިޔައީ ހޮޓަލަށް. ގެޔަކަށް ނާދޭ… ބައްޕާ ޔާސިން އަށް ވިސްނަ ދީބަލަ އަހަރެން ޔާސިން ދެކެ ވަރަށް ލޯބިވޭ..” މިންހާ ކުޑަކޮށް ބޮޑާ ހާކާލިއެވެ. މަނާލް އަތުގެ އިޝާރާތުން އެވާހަކަ ހުއްޓާލުމަށް ބުންޏެވެ. ސަބަބަކީ އެވަގުތު ނައިރާ އެތާގައި އިނުމުންނެވެ.
  • ސޭންޑްވިޗް އަކާއި ކޮފީ ތައްޓެއް ހިފައިން ގޭގައި ގެންގުޅޭ ޕްރިޔާ މައްޗަށް އަރަނިކޮށް މަންސޫރު ލޮލުގައި އަޅައިގަތެވެ.
  • “ޕްރިޔާ… ޔާސިން އުޅެނީތަ؟” ޔާސިން ނުން މީހަކަށް ނާސްތާ ނުގެންދާނެކަން އިނގޭތީ މަންސޫރު އަހާލިއެވެ. ޕްރިޔާ ބޯ ޖަހާލުމުން މަންސޫރު ތެދުވެގެން ގޮސް ތަބައް ޕްރިޔާ އަތުން ނަގައިން ޔާސިން ހުންނަ ކޮޓަރިއަށް ގޮސް ވަނެވެ.
  • “ބޭބޭ..” ނާސްތާ ހިފައިން އައިސް ވަތް މަންސޫރު ފެނުމުން ޔާސިން ލަދުގަނެ އަވަހަށް ތަބައް މަންސޫރު އަތުން ނެގިއެވެ. އޭނާ އަށް އެ ހުރިހާ ކަމެއް ކޮށްދިން އިރުވެސް މަންސޫރަށް ދޭނެ އެއްޗެއް އޭނާގެ އަތަކު ނެތެވެ.
  • ” މިހާރު ޔާސިން ވެސް ތިހިރީ ކިޔަވާ ނިމިފަ… ބޭބެ ބޭނުން ވަނީ ބޭބެގެ ހޮޓަލްގެ ހުރިހާ ކަމެއް ޔާސިންއާ ހަވާލް ކުރަން.. ބޭބެ ވެސް މިހާރު މިހިރީ މުސްކުޅި ވެފަ…” މަންސޫރު ބުނެލިއެވެ.
  • “މިންހާ އާ ހަވާލު ނުކުރަނީ ކީއްވެތޯ؟” ޔާސިން އަހާލިއެވެ.
  • “ޔާސިންއަށް އިނގޭނުން މިންހާގެ ގޮތް… މީހަކު އެއްޗެއް ބުންޏަސް ހުންނާނީ ރުޅިއައިސް ރަތުގަ… ތިއެއް ނުން.. މާދަމަ އިން ފެށިގެން ނިކުމޭ މަސައްކަތަށް… އިއްޔެ މާލެ އައިއްސި ބޭބެ މެން ކުންފުންޔަށް ރެކްރޫޓު ކުރަން ބޭނުން ވާ މާކެޓިން އެކްޒެކެޓިވް އެއް.. ވަރަށް މޮޅު މީހެއް އެއީ ބައިވަރު ކުންފުނިތަކުން އެބަ ޕްރޮޕޯސަލް ހުށައަޅާ… މިންނު ހޮޓެލްސް އަށް ނޫނީ އޭނަ އާނއެކޭ ބުނަން ބޭބެ ބޭނުމެއް ނުން… މިކަން ވާނެތަ..” ޔާސިން އެންމެ ފުރަތަމަވެސް މި ހަވާލް ކުރީ ވަރަށް ބޮޑު ޓާސްކެކެވެ. އޭނާ އަށް އެކަން ވާނެ ކަމުގެ އެއްވެސް އުންމީދެއް ނެތެވެ. ނަމަވެސް މަންސޫރު އޭނާ އަށް ކޮށްދިން ކަންތައް ބަލާފައި މި އެއްވެސް އެއްޗެއް ނޫނެވެ. ޔަޤީން ނުވާ ގޮތަކަށް ޔާސިން ބޯ ޖަހާލިއެވެ.
  • މަންސޫރު ހިނިތުން ވެލާފައި ޔާސިން އަތަށް ސިޓީ އުރައެއް ދިނެވެ.
  • “ތީގަ ތިހިރީ އެ މީހާގެ ހުރިހާ ޑީޓެއިލްއެއް… އޭނަގެ ކޮންޑިޝަންތަކަށް އެއްބަސް ވެގެން ވިޔަސް ބަލާ ގެނެވޭތޯ… އެކަމް ގެއްލުން ނުވާ މަތިން އެކަން ކުރާނީ..” ސިޓީ އުރަ ދިއްކޮށްލުމަށްފަހު މަންސޫރު ނުކުމެގެން ހިގައިގަތެވެ.
  • ޔާސިން ސިޓީ އުރަ މޭޒުމަތީ ބޭއްވުމަށް ފަހު އެދުގައި ގޮސް ޖައްސާލިއެވެ. ނޫރާގެ ހަދާންތައް އޭނާގެ ލޯމަތިން ފިލްމެއް ހެން ފެންނަމުން ދިޔައެވެ. ހުޝާމް އަށް ގުޅަން އެތައް ފަހަރަކު އުޅެފިއެވެ. ހުޝާމް އާ ނޫރާ ގެ އޮތީ ކޮން ގުޅުމެއްބާވައެވެ. އެހާ ލޯބިން ދެމީހުން ބައްދައިން ތިބިތަން ފެނުނު ހިދުއްސުރެ ޔާސިންގެ ހިތަކަށް ފިނިކަމެއް ނުލިބެއެވެ. އެއްކޮޅުން އޭނާ އެންމެ ލޯބިވާ އިންސާނާއެވެ. އަނެއް ކޮޅުން އޭނާގެ އެންމެ ގާތް އެކުވެރިޔާއެވެ. ހިޔާލުތަކުގައި އޮއްވާ އަނެއްކާ ޔާސިން އަށް ނިދިޖެހުނެވެ.
  • *****
  • “ހޭ ބެސްޓީ… ފައިބަ ބަލަ ތިރިއަށް…” ޒުލް ނޫރާ އަށް ގުޅާލަމުން ބުނެލިއެވެ. އޭރު ބޭރަށް ދާން ތައްޔާރުވެގެން ނޫރާ ހުއްޓެވެ. 3 އަހަރު ފަހުން ޒުލް އާ ބައްދަލު މިވަނީއެވެ. ޔުނިވާސިޓީ ދައުރުއް ސުރެ ނޫރާގެ އެންމެ ބޮޑު އެއް އެހީތެރިޔަކީ ޒުލް އެވެ. އޭނާ އަށް ސްކޯލާޝިޕް ލިބުމުން އެކަމާ އެންމެ އުފާ ކުރި އެކަކީވެސް ޒުލްއެވެ. ނުވިތާކަށް ޔާސިންގެ ހަދާން ތަކާ ދުރަށްދިއުމަށް އޭނާގެ މަންމައެކޭ އެއްވަރަށް ހިތްވަރުދީ ނަސޭހަތް ދިނީ ޒުލްއެވެ.
  • އާނއެކޭ ބުނުމަށްފަހު ނޫރާ ތިރިއަށް ފޭބިއެވެ. އޭރު ގަޑިން ހަވީރު 4 ޖަހަނީއެވެ.
  • “ކޮންތާކަށް ދާންތަ އަޅެ… އަހަރެން އުޅުނި މިއަދު ރެސްޓް ނަގަން. އެކަމް މި ޒުލްއާ ހެދި ކަމެއް ވޭތަ.” ދޮރުން ނިކުމެގެން އައިސް ޒުލް އިން ސައިކަލު ފަހަތަށް އަރަމުން ނޫރާ ޝަކުވާ ކުރަން ފެށިއެވެ.
  • “އަހަރެންގެ ކެފޭއަށް… ޔޫ ޝުޑް ސީ އިޓް ..” ޒުލް އަކީ އަބަދުވެސް ކެފޭ ހިންގާ ހިއްވާ މީހެކެވެ. ނޫރާއަށް އެކަން ވަރަށް ރަގަޅަށް އެގެއެވެ. އެހެން ކަމުން ނޫރާ އޭނާގެ ހަރަދުގައި ޒުލްއަށް ކެފޭއެއް ހުޅުވާދީ އެތަން ޒުލްއަށް ހަދިޔާ ކުރިއެވެ ކުރިއެވެ.
  • ކެފޭގެ ދޮރު މައްޗަށް އެރި ވަޤުތު ނޫރާގެ ފޯނަށް ނަންބަރަކުން ގުޅަންފެށިއެވެ. ފޯނަށް ބަލަހައްޓައިން ނޫރާއަށް ހުރެވުނީ ދެލޯ ބޮޑު ކޮށްލައިންނެވެ. އެނަންބަރަކީ އޭނާ ދުވަހަކު ހަނދާން ނެތޭނެ ނަންބަރެއް ނޫނެވެ.
  • އާނ އެކެވެ. އެ ގުޅަނީ ….

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Krystal

Level 510 Stories100 Login100 Comments

Other Articles

Previous

ހިތުގެ ރިހުން (4)

Next

ހަވޭލީ – އެއްވަނަަ ބައި

Next
June 27, 2025

ހަވޭލީ – އެއްވަނަަ ބައި

Previews
June 27, 2025

ހިތުގެ ރިހުން (4)



All Right Reserved!