
ހިތުގެ ނާރުތަކުގާވެސް ތިބާ… 5

“ކައިލީ ޕްލީޒް..” ޔަލާން ނިދިއަޑުގައި ބުންޏެވެ. އެއާއި އެކު ނިލީޝާއަށް އެލިބުނު ކުޑަކުޑަ އުފާވެރިކަންވެސް ފިލާދިޔައެވެ. އެދެބަހުގެ ޖުމްލައިން އެކަންޏެވެ. ޔަލާން ނިލީޝާ އެހާ ގާތް އެކޮއްލީ ކައިލީންއޭ ހިތާކަން އެނގުމުން ނިލީޝާގެ ހިތް ފިސްފިސް ވިއެވެ. ބަދަލެއް ނެތި ނިލީޝާ ޔަލާންދެކެ ލޯބިވާތާ މިހާރު 8 އަހަރު ވެއްޖެއެވެ. ނަމަވެސް ޔަލާންގެ ލޮލުގައި ނިލީޝާ އަދިވެސް އެއްވެސް އެއްޗަކަށް ނުވެއެވެ. ޔަލާންގެ އަތް ދުރުކޮއްލާފައި ނިލީޝާ އަނެއްކާވެސް ގޮވާލިއެވެ. ޔަލާން ދެލޯ ހުޅުވާލާފައި ނިލީޝާއާއި ދިމާލަށް ކަޅި އަޅާލިއެވެ. އަދި ހަމަ އެސިކުންތުގައި އަނެއް ފަރާތަށް އެނބުރުނެވެ.
(5 ވަނަ ބައި)
“ލާން… ހުކުރު ވަގުތު ޖެހެނީ..” ނިލީޝާ ބުންޏެވެ. “ދެރަކަމެއްނުން؟ މަގޭ ބޮލުގަ ތިވަރަށް ނުކޮށިޔަސް އަޑު އިވިއްޖޭ” ޔަލާން ކަޅި އަޅާލާފައި ބުންޏެވެ. “ކޮންމެ ދުވަހެއް މިއެއްޗާ ހުރެ ހަރާބު ވެޔޭއެބަ” އަމިއްލަ ނަފްސަށް އިވޭވަރަށް ބުނެފައި ޔަލާން ތެދުވެ ފާހާނާއަށް ވަނެވެ.
އެހެންވިޔަސް ނިލީޝާއަށް ޔަލާންގެ އެޖުމްލަ ސާފުކޮއް އިވުނެވެ. އެހެން އެބުނާނީ ޔަލާންގެ ކުރިމަތީގައި ހަމަ އެއްވެސް އެއްޗަކަށް ނުވާތީތާއެވެ. މޭގައި ހިފާ ބާރު…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
Comments (2)
Comments are closed.
Masha allah mi part vs vrh reethi
Hiyaan ehury hama rangalhah vs hihkiyaafa
Eii kaaku?? Kail tha??
Curiously waiting
When next??
Lyy❤️
jazaakallah khairan dear
haha 🤣
eii kaaku kan engeyne next episode ga hehe
in sha allah tmrw
lyttt