Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހިތުގެ ނާރުތަކުގާވެސް ތިބާ… 1

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
June 29, 2025 3 Mins Read
6 Comments

ޒެވިއަންގެ ކަށުނަމާދަށް ފަހު ނުހާ އެނބުރި ގެއަށް ވަނީ މަރު މައްޔިތެއް ފަދައިންނެވެ. ލަސް ހިނގުމުގައި ގޮސް ނުހާ ކޮޓަރިއަށް ވަނެވެ. ހަށިގަނޑުގައި އެއްވެސް ވަރެއް ނެތުމުން ނުހާ ބޭނުންވީ އެއްވެސް ކަމެއް ނުކޮށް އޮށޯވެލައިގެން އޮންނާށެވެ. ޒެވިއަންގެ ފޮނި ހަނދާންތަކުން ނުހާގެ ހިތް ދިޔައީ ފިސްފިސް ވަމުންނެވެ. ނުހާ ޒެވިއަން އާއި ނުލާ ދެން ކުރިއަށް ދާނީ ކިހިނެތް ހެއްޔެވެ؟

ވާގި ދޫކޮއްލާފައި އެނދުމައްޗަށް ނުހާގެ ހަށިގަނޑު ދޫކޮއްލިއެވެ. ކައިރީ އޮތް ބާލީހުގައި ބައްދާލި އިރު ނުހާގެ ދެލޮލުން ފޭބި ކަރުނަތިކި އެއްވެސް ރަހުމެއް ނެތި ނުހާގެ ކޯތާފަތުގައި ފިރުމާލާފައި ވެއްޓިއްޖެއެވެ.

“ޒެވް.. ކީއްވެ ނޫ ދޫކޮށްލާފަ ތިދިޔައީ؟” ނުހާ ރޮމުން ވާހަކަ ދެއްކިއެވެ. “ކޮބާ ދުވަހަކު ނޫ ދޫކޮށް ނުލަން ވީވަޢުދު؟ ކީއްވެ ނޫ ދޫކޮށްލީ؟ ޒެވް ޕްލީޒް.. ކަމް ބެކް…” ނުހާ ރޮމުން ވާޙަކަ ދެއްކިއެވެ.

އެވަގުތު ނުހާގެ ހުއްދަ ނެތި އޭނަގެ ގުނަވަންތައް ހަރަކާތްތެރިވިއެވެ. އަނގަމަތީގައި އަތް އަޅައިގެން ހުރެ ފާޚާނާއަށް ނުހާ ވަނެވެ. ނުހާގެއެ މޭނުބައިކުރުން އެޙަބަރު ލިބުނީންސުރެ ނުހާގެ ހަށިގަނޑުގައިވިއެވެ. އުނދަގޫ ވަމުން ދިޔަ ނަމަވެސް ނުހާ ހީކުރީ އެއީ ހިތާމައެއް ކަމަށެވެ. ނަމަވެސް ރަނގަޅަށް ވިސްނާލުމުން 3 ދުވަސްކުރިން އެއިހުސާސް ކުރެވެން ފެށިކަން ނުހާ ހަނދާންވިއެވެ. ބަނޑުގައި އަތް ޖައްސާލެވުނު އިރު ކަން އެހެން ނުވޭތޯ ހިތާހިތުން ދުޢާ ކޮއްލެވުނެވެ.

ދުވެފައި ނުހާ ދިޔައީ ފާމަސީއަށެވެ. ޓެސްޓު ކިޓެއް ގަނެގެން އަހިސް އަނެއްކާވެސް ފާޙާނާއަށް ވަނެވެ. ނިޔަފަތިތައް ހެފެމުން ދިޔައިރު ނުހާގެ ދެލޯ ވަނީ ކަރުނުން ފުރިފައެވެ. ކުޑަ ހިނދުކޮޅެއް ތެރޭގައި ޓެސްޓުގެ ނަތީޖާ ލިބުނެވެ. އާއެކެވެ. ނުހާގެ ބިރުވެރި ހުވަފެން ހަގީގަތަކަށް ވެއްޖެއެވެ. ބަނޑުބޮޑުކަމަށް ދެއްކި އެޓެސްޓު ފެނިފައި ނުހާގެ ހިތްތެޅިގަތީ އެޔެއް މިޔެއް ބަލާފައެއް ނޫނެވެ. ދެން ނުހާ އެކުއްޖާ ބަލާނީ ކިހިނަކުން ހެއްޔެވެ؟

ނުހާ ބަލިވެއިން ވާޙަކަ އެއްވެސް މީހެއް ގާތަކު ނުހާ ނުބުނެއެވެ. ނަމަވެސް ނުހާ ދިޔައީ ސިއްރު ސިއްރުން ދަރިފުޅުގެ ހާލަތުވެސް ބަލަމުންނެވެ. އެގޮތުގައި ދުވަސްތައް ފާއިތުވަމުން ގޮސް ނުހާގެ ބަނޑަށް ދުވަސް ފުރުނެވެ. އެހެންވިޔަސް ނުހާ ހިކިކަމުން ބަނޑުބޮޑު ހެން ހީވެސް ނުވެއެވެ. ނަމަވެސް އެކަން އުމުރު ދުވަހު ސިއްރެއްގެ ގޮތުގައި ނޯންނާނެ ކަންވެސް ނުހާއަށް އެނގެއެވެ.

އިރު އޮއްސިއްޖެއެވެ. ހަވީރުންސުރެ ނުހާގެ ބަނޑުގައި ނުފިލާ ރިހުމެއް ވިއެވެ. ވަގުތު ޖެހެނީކަން ނުހާގެ ހަވަނަ ހިއްސު ބުނަމުން ދިޔައެވެ. އެހެން ނަމަވެސް ނުހާ ދިޔައީ ކެތް ކުރަމުންނެވެ. 5 ޖަހަން އުޅެނިކޮއް ނިދިފައި އޮވެފައި ނުހާއަށް ހޭލެވުނެވެ. ދެފައި ދޭތެރެއިން ކުރެވުނު ހޫނު އިހުސާސްއިން ވަގުތު އަހިސް ޖެހިއްޖެކަން ނުހާއަށް އެނގުނެވެ. ނުހާ ދެން ނިކުތީ ގެއިން ބޭރަށެވެ.

އިރު އޮއްސުނީން ސުރެ ވެހެމުން ދިޔަ ބޯވާރޭގެ ސަބަބުން ހުރިހާ އެންމެންވީ އެމީހުންގެ ގޭތަކަށް ވަދެއެވެ. ވިދާލާ ވިދުމުން މުޅި ޖައްވު ދިއްލާލާއިރު ޖަހަމުން ދާބާރު ގުގުރިން ހީބިހި އަރައިގެން ދެއެވެ. ޖެހެމުންދިޔަ ބާރު ވަޔާ އެއްވަރަށް ގަސްތަށް ނަށަމުން ދިޔައިރު ހީވަނީ ދެންމެ ދެންމެ ބިމުން ނެއްޓިގެން ހިނގައިދާނެ ހެންނެވެ.

އެވަގުތު ގެއިން ނިކުމެގެން ހިނގައިގަން ނުހާ ފެންނަމުން ދިޔައީ ހިޔަންޏެއް ފަދައިންނެވެ. ޖަހާލާ ބާރު ގުގުރިއާއި އެކު ސިއްސަ ސިއްސައިގެން ދިޔަ ނަމަވެސް ނުހާގެ ހިނގުމެއް ނުހުއްޓެއެވެ. ބަރުފިޔަވަޅު ތަކެއްގައި ނުހާ ގޮސް ވަނީ ރަށުގެ މީހުން ނޫޅޭ ހިސާބެއްގައި ހުރި ޖަންގައްޔެއްގެ ތެރެޔަށެވެ.

ވެފައި ހުރި ވަރުބަލިންނާއި އެކު ނުހާ ގާތުގައި ހުރި ބޮޑު ނިކަގަސް ބުޑުގައި އިށީނެވެ. ބިންމަތީގައި ހުރި ވެލިގަނޑުގައި އިނގިލިތައް ބާރުކުރަމުން ނުހާ ދިޔައީ ރޮމުންނެވެ. ވެހެމުން ދިޔަ ހިމަފޮދުވާރޭގެ ސަބަބުން ތެމިފައިވުމުން ހީކަރުވަމުން ދިޔަވަރުން ތެދަތްޕިލަ ނުޖެހޭއިރު ދެލޮލުން ހޯސްލާފައި ކަރުނަ އަންނަމުން ދިޔައެވެ.

ތިރީ ތުންފަތުގައި ދަތް އަޅާފައި ނުހާ ދެލޯ މަރާބާރުކޮއްލިއެވެ. ނުހާގެ ހަޅޭކުގެ އަޑާއި އެކު ޖަހާލި ބާރު ގުގުރިއަށް ފަހު ދެން އިވިގެން ދިޔައީ ތުއްތު ފުރާނައެއްގެ ރުއިމުގެ އަޑެވެ.

ފުން ނޭވާއެއް ދޫކޮށްލާފައި ނުހާ އެކުޑަކުޑަ ފުރާނަ އުރާލިއެވެ. ވެހެމުން ދިޔަ ހިމަފޮދު ވާރެއިން އެކުއްޖާގެ ހަށިގަނޑުގައި ހުރި ލޭތައްފިލާ އެކުއްޖާގެ މައުސޫމް މޫނު ކަޝްފުވެލިއެވެ. “ދަ..ދަރިފުޅޫ..” ނުހާ މަޑުމަޑުން ގޮވާލިއެވެ. ދެލޯ މަރާލައިގެން އޮތް އިރު އެކުއްޖާ ދޫނެރެލަނެރެލަ އޮތެވެ.

އަތުގެ މުއް ބާރުކޮއްގެން އޮތް އިރު އެކުއްޖާގެ ހަށިގަނޑަށް ވަމުން ދިޔަ ފިނިން އެކުއްޖާ ހީކަރުވަމުން ދިޔައެވެ. ނުހާ ބޮލުގައި އޮތް ބޮޑު ބުރުގާ ނަގާ އެކުއްޖާގެ ހަށިގަނޑު ނިވާކޮއްލިއެވެ. ނަމަވެސް ހީކަރުވަމުން ދާތީވެ އެކުއްޖާ ރޯންފެށިއެވެ. މިއޮށް ހާދުވަހު ރަނގަޅަށް ނުކެއީތީވެ، ނުހާއަށް އެކުއްޖާއަށް ދޭނެ ކިރުފޮދެއްވެސް ނުލިބުނެވެ. އެމައުސޫމް ފުރާނަ ރޯއަޑު އަހަން ކެތް ނުވެގެން ނުހާ ނިންމީ އެހީއަށް ގޮވާށެވެ. އެހެން ކަމުން ނުހާ ގެނައި ދަބަހުގައި އޮތް ފޯނު ނަގާ އާކިންއަށް ގުޅާލިއެވެ.

ނިދިފައި އޮތް އާކިންއަށް ހޭލެވުނީ ފޯނު ރިންގުވާއަޑަށެވެ. ނިދިފައި އޮތް މާޝާ ރީތިކޮއް ބާއްވާލާފައި އާކިން ފޯނު ނެގިއެވެ. އެހާ ދަންގަޑިއަކު ނުހާ ގުޅުމުން ކޮންމެވެސް ވަރަކަށް އާކިން ހައިރާންވިއެވެ. “ނޫ؟” އާކިން ގޮވާލިއެވެ. “ބައްޕާ…” ނުހާ މަޑުމަޑުން ގޮވާލިއެވެ.

“ދަރިފުޅު ކޮންތާކު މިއޮށް ދަންގަޑީގަ؟ ކޮން ކުއްޖަކު ރޯއަޑެއް އެއިވެނީ؟” އާކިން ހައިރާންވެފައި އެއްސެވެ. “އާދެބަ.. ނޫގާތަށް..” ނުހާ ހުރިތަން ބުނެލާފައި ނުހާ ބުންޏެވެ. އާކިން އަވަސް އަވަހަށް ގެއިން ނިކުމެގެން ދިޔައީ ކަޔާންވެސް ގޮވައިގެންނެވެ.

(ނުނިމޭ)

ސަލާމް…

20 ވަނަ ދުވަހަށްވީ ހުކުރު ދުވަހުން ފެށިގެން މިދިޔަ ހަފްތާ ހޯމަ ދުވަހާއި ހަމައަށް އަޅުގަނޑު ހޮސްޕިޓަލުގައި އެނދުމަތިވެފައި ވުމުގެ ސަބަބުން، ނެހެދި ދޫކޮއްލެވިފައިވީ ކޮލެޖް ފިލާވަޅުތަކުގެ ސަބަބުން މިބައި ނެރެދިނުން ލަސްވީ… އޭގެ އިތުރުން އަދިވެސް އަޅުގަނޑުގެ ސިއްހަތު މުޅިން ރަނގަޅު ނުވާތީ ބައެއް ދުވަސް ދުވަހު ކޮމެންޓު ތަކަށް ޖަވާބު ދާރީ ނުވެވިދާނެ ވާހަކަވެސް ބުނެލަން. އެހެން ނަމަވެސް ކޮންމެ ދުވަހަކު މިވާހަކައިގެ ބައެއް ކިޔާލަން ލިބޭނެ ވާހަކަ އުފަލާއި އެކު ބުނެލަން. މިވާހަކައިގެ ފުރަތަމަ 5 ބައި ހިލޭ ކިޔާލަން ލިބޭނެ ވާހަކަވެސް ބުނެލަން…!

މިވާހަކަ ކިޔުންތެރިންނަށް ކަމުދާނެ ކަމަށް އުންމީދު ކުރަން…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

11 – މަލަކާ

Next

މަޢާފް އެދެމުން 25

Next
June 29, 2025

މަޢާފް އެދެމުން 25

Previews
June 29, 2025

11 – މަލަކާ

6 Comments!

  1. Maash Maash says:
    June 29, 2025 at 2:19 pm

    Hama mi vaahaka up veythww balabala mihury.. wowww damnnn haadha reehchey mi part.. sifa kohdheefa huri gothun heev hama lolah fennahen.. allahumma barak I love this story and this part.. next part ge inthizaaruga.. love you soo much darllll 💜🦋

    1. shihaamaa ali shihaamaa ali says:
      June 29, 2025 at 2:40 pm

      hehe jazaakallah khairan dearr❤️
      so happy u loved itt.. stay tuned for tmrww
      lyyyysssmmmm ❤️❤️❤️

  2. aanaa says:
    June 29, 2025 at 3:17 pm

    Masha allah mi part vs vrh reethi
    e baby eii kaakuge tha?? Soo cuuriiouuss
    btw cover vrhh cuutee
    Lyy❤️

    1. shihaamaa ali shihaamaa ali says:
      June 29, 2025 at 5:08 pm

      Jazaakallah khairan❤️❤️
      Hehe next episode ga ingeyne hehe
      Lyttt

  3. Shaf_maan says:
    June 29, 2025 at 6:03 pm

    Maasha Allah mi prt vx vrh reethi
    Nuuuu😭😭😭
    Yash’al ge kuhjey dhww
    What is gonna hapen nxt????
    Super curious
    Can’t wait for the next prt
    Whn nxt???
    Tc.. Lysm Shiher 💜💜💜
    Itz okah shiherr i understand 💜

    1. shihaamaa ali shihaamaa ali says:
      June 29, 2025 at 7:19 pm

      Jazaakallah khairan dear
      Hehe eii kaaku kujjeh kan nuu bunaane next episode ga.. stay tuned hehe
      In sha allah next tmrw
      Jazaakallah khairan for understanding..
      Ilyt, tc 2❤️

Comments are closed.

Next Episodeހިތުގެ ނާރުތަކުގާވެސް ތިބާ… 2←


All Right Reserved!