” އޯކޭ ޒައި ބޭނުމިއްޔާ ގޮސްދާނަން..” ޔަޒްދާން ވެސް ހީލަމުން ބުނެލިއެވެ. ޒައިޝާއާއި ޔަޒްދާން ހިނގަމުންދިޔައިރު އެދެމެދުގައި އޮތީ ހަމަހިމޭން ކަމެވެ. ޒާއިންމެންގެއާއި އަރާހަމަވުމާއެކު ޒައިޝާ އެގޭ ދޮރާށީގައި ޓަކިޖަހާލިއެވެ. އެއާއިއެކު ޒާއިންދޮރު ހުޅުވާލުމަށްފަހު ސިޓިންރޫމަށްއައުމަށް ބުންޏެވެ. ޒާއިން ފަހަތުން ސިޓިންރޫމަށްވަތް ޒައިޝާ އާއި ޔަޒްދާން ސިހުނީ ފެނުނުމަންޒަރުންނެވެ.
…………………………………………………
ސިޓިންރޫމްފާރުގައި ކޮންގްރެޓިއުލޭޝަންސް ޖަހާފައިންތަ ފެނި ޒައިޝާގެ ދެލޯ ބޮޑުވިއެވެ. މުޅިސިޓިންރޫމް ފުއްޕާހަންތަކާއި ބޮކިފަތިތަކުން ޑެކަރޭޓްކޮށްފައިވީރު މެދުގަހުރިވަށްމޭޒުގައި ބޮޑުކޭކެއް ބައިންދާފައިނެވެ.
” ކޮންގްރެޓިއުލޭޝަންސް ޒައިޝާ” ޒައިިޝާގެ ގައިގައި ބައްދާލަމުން ޔަސްނާބުނެލިއެވެ.
” ޒައި ތިހޯދި ކާމިޔާބަށް ވަރަށް ބޮޑަށް މަރުހަބާ.. ކޮންގްރެޓިއުލޭޝަންސް” ފަހަތުން ޒާއިންވެސް ބުނެލިއަޑުއިވުނެވެ.
” ތެންކިޔު ނިންނީ ތެންކިޔު ޒާއިން” ޒައިޝާ ހިނިތުންވެލަމުން ޝުކުރު އަދާކުރިއެވެ.
” އެހެމް އެހެމް. ވަޓް އިޒް ހެޕަނިން?” ވާނުވާނޭނގި ހުރެފައި ޔަޒްދާން ސުވާލުކޮށްލިއެވެ.
” ޒައި އޯލެވެލް އިން ރަނގަޅު ނަތީޖާއެއް ހޯދީމާ އެހެންވެ ކުޑަ ޕާޓީއެއްް ބާއްވާލަނީމި..” ޔަސްނާ ހީލަމުން ބުނިއެވެ.
”އޯހް.. ވެލް.. ކޮންގްރޭޓްސް ޒީޒީ” ޔަޒްދާންވެސް މަރުހަބާކިޔެވެ.
” ތެންކިޔު ދާން.. ތިދިން ލޯބިނަމަށްވެސް ތެންކިޔު” ޒައިޝާވެސް ހީލަމުން ބުނެލިއެވެ. ހަގީގަތުގައިވެސް ޔަޒްދާންއެދިންވަނަމުން ނޭނގޭ ސަބަބަކާއިހެދި ޒައިޝާ އުފާވިއެވެ.
އެރޭޕާޓީ ނިމުންއިރު ހުރީ އެގާރަޖަހާފައެވެ. ޒައިޝާ ގެޔަށްއައިއިރު ސިޓިންރޫމްނިވާލާފައި ހުރުމުން ސަނާޔާއާއި އިޔާޒު ނިދީކަންޔަގީންވިއެވެ. ވަރުބަލިވެފައި ހުރުމުގެސަބަބުން ޒައިޝާވެސް ކޮޓަރިއަށްގޮސް ތާޒާވެލައިގެން ނިދަންއޮށޯތީއެވެ.
”ދަރިފުޅާ! ޒައިޝާ ދެންތެދުވެބަލަ! މިހާރުއެއޮށް އިރުއަރަނީޔޭ! ފަތިސް ނަމާދުކުރަންޖެހޭނެންނު!” ޒައިޝާއަށް ހޭލެވުނީ އޭނާގެ މަންމަ ސަނާޔާ ދޮރުގަޓަކިޖަހާއަޑަށެވެ.
”ލައްބަ މަންމާ! މިތެދުވިއްޔޭ!” ކަންނެތްކަމާއެކު އެނދުންތެދުވަމުން ޒައިޝާބުނެލިއެވެ. ރޭގެލަހުންނިދުމުގެ ސަބަަބުން އަދިވެސް ޒައިޝާ ހުރީނިދި ބަރުވެފައެވެ. ގަޑިބަލާލީރު އިރުއަރަންމާގިނައިރެއް ނެތުމުގެސަބަބުން ޒައިޝާ އަވަހަށް ފާހާނާއަށްގޮސް ތާޒާވެލައިގެން ނަމާދުކޮށްލިއެވެ. ނަމާދުކޮށްލައިގެން އާދައިގެމަތިން ޒައިޝާ ސިޓިންރޫމަށް ނުކުމެލިއެވެ. އޭރު ސަނާޔާއާއި އިޔާޒު ސިޓިންރޫމްގައި ކޮފީބޯންތިއްބެވެ.
” ދަރިފުޅާ ޒައިޝާ! ބައްޕަ އެބޮތްވާހަކައެއް ދައްކާލަންވެފަ” ޒައިޝާ ނުކުތުމާއެކު އިޔާޒު ޒައިޝާއަށް ގޮވާލިއެވެ.
” ކޮންވާހަކައެއް ބައްޕާ? އަވަހަށް ބުނެލާ! ޒައި މިހުރީ އަޑުއަހަން” ސޯފާގަ އިށީންނަމުން ޒައިޝާ ބުނެލިއެވެ.
” ބައްޕަ ބުނަންމިއުޅެނީ ދަރިފުޅު އޭލެވެލް ކިޔަވަން މާލެ ފޮނުވަން ބައްޕަ މިވިސްނަނީ” އިޔާޒު ބުނެލިއެވެ. އިޔާޒު އެހެންބުނުމުން ޒައިޝާ ކުޑަކޮން ނުތަނަވަސްވިއެެވެ.
” ބައްޕަމެންވެސް ދަންތަ ޒައި އާއެއްކޮށް?” ޒައިޝާ އަވަސްއަވަހަށް އަހާލިއެވެ.
” ނޫނޭ. ބައްްޕަމެންނެއް ނުދާނަން! ދަރިފުޅު މާލެ ގޮއްސަ ހުންނާނީ ބައްޕަގެ ރައްޓެހި ޒިދުނާއްތަމެންގޭގަ ” އިޔާޒު ބުނެލިއެވެ.
” އެކަމަކު ބައްޕާ ބައްޕަމެން ނުދަންޏާ ޒައި ވަރަށް ދެރަވާނެ !” ހަގީގަތުގަވެސް ޒައިޝާ ވަރަށް ދެރަވިއެވެ. ހަޔާތުގަަ ފުރަތަމަ ފަހަރަށް މައިންބަފައިން ނުލާ ތަނަކަށް ޒައިޝާ އެދަނީ އަދި އަލަށެވެ.
” ބައްޕައަށް އެނގޭއެކަން. ބައްޕަމެންވެސް ވަރަށް ދެރަވާނެ. އެކަމަކު ދަރިފުޅުވެސް ރަނގަޅަށް ކިޔަވަން ޖެހޭނެންނު” އިޔާޒު ބުނެލިއެވެ. މޮޅަށް ކިޔެވުމަކީ ޒައިޝަގެވެސް ހުވަފެނެއްކަމުން ޒައިޝާވެސް އެއްބަސްވިއެވެ.
” އެހެންވީމާ ބައްޕަ މިވާހަކަ ޒިދުނާއްތައާއި ދައްކާފަ ދަރިފުޅު ފުރަންހަމަޖެހުނީމަ ބުނާނަން އިނގޭ” އިޔާޒު އެހެންބުނުމުން ބޯޖަހާލާފައި އިޔާޒުގާތުގައި ހުއްދައަށް އެދެމުން ޒައިޝާ ކޮޓަރިއަށް ދިޔައެވެ. އަދިއަވަސްއަވަހަސް ފޯންނަގާފައި ޔަސްނާއަށް ގުޅާލިއެވެ. އެފޯންއަކީ ޒައިޝާއަށް ރޭގަޕާޓީގައި ޒާއިންގެ ފަރާތުން ލިބުނު ހަދިޔާއެކެވެ.
” ހަލޯ ނިންނީ ވަރަށް ބޮޑު ވާހަކައެއް ބުނަންވެފަ އެބޮތް” ޔަސްނާ ފޯނުނެގުމާއެކު ޒައިޝާ ބުނެލިއެވެ.
” އަނެއްކާ ކޮންވާހަކައެއް” ޔަސްނާ އަވަސްއަވަހަށް އެހެންއަހަލީ ޒައިޝާ ބޮޑުވާހަކައެކޭ ބުނީމައެވެ.
” ހިނގަ މިޔަދު ހަވީރު އައިސްކްރީމް ބޯންދާން އެގަޑީގަ ދިމާވީމަ ބުނާނަން” ބުނަންއުޅޭ ވާހަކައިގެ ގޮތުން ޒައިޝާ ނިންމީ ދިމާވީމަ ބުނާށެވެ.
” އޯކޭ ޒައި ބުނިއްޔާ ތިޖެހުނީ ދާކަންނު” ހަވީރު ޒައިޝާއާއިއެކު ބޭރަށްދާނައެއްބަސްވަމުން ޔަސްނާ ފޯން ބޭއްވިއެވެ.
ހަވީރުގެ ވެގުތެވެ. ޒައިޝާ ލޯގަނޑުކުރިމަތީގައި ހުރެގެން ފަރިބަލަމުންދިޔައެވެ. ލާފައިވާ ޕެސްޓަލްބްލޫ ހުޑީ އާއި ތިރިއަށް ފުޅަކޮށްހުރި ޖިންސް ޒައިޝާއާއި ނުހަނު ގުޅެއެވެ. މުށިކުލައިގެފަން އިސްތަށިގަނޑު ފަހަތަށްދޫކޮށްލާފަ އޮތުމުން އިތުރަށް ރީތިކަމަށް ޒައިޝާދައްކައެވެ. ތުންފަތުގައި ރަތްކުލައިގެ ލިޕްގްލޮސް ކޮޅެެއްހާކާލަމުން ޒައިޝާ ކޮޓަރިންނުކުންނަން ހިނގައިގަތެވެ.
” މަންމާ ޒައި ދަނީ އިނގޭ!” ބަދިގެތެރޭގައިއުޅޭ ސަނާޔާއަށް އަޑުއިވޭވަރަށް ގޮވަމުން ޒައިޝާ ބުނެލިއެވެ.
” ދަރިފުޅާ ސައިބޮއެގެން ދާންވީނު?” ސަނާޔާވެސް ބަދިގެތެރޭގައިހުރެ ޒައިޝާއަށް އަޑުއިވޭވަރަށް ވާހަކަދެއްކިއެވެ.
” ނޫނޭ މަންމާ މިދަނީ ނިންނިއާއެއްކޮން ކާން” ޒައިޝާ ފައިވާނަށްއަރަމުން ބުނެލިއެވެ.
” އެހެންތަ! އެހެންވިއްޔާއަވަހަށްދޭ” ސަނާޔާއެހެން ބުނުމުން ޒައިޝާ ދަނީކަމަށްބުނެ އަވަސްއަވަހަށް ގެއިންނުކުމެ ޔަސްނާމެންގެއަށްދާން މިސްރާބު ޖެހިއެވެ.
ޒީޒީ


