”އެހެމް އެހެމް ސޮރީ ފޯ އިންޓަރަޕްޓިން.. އެކަމަކު މިތާދޮރުމަތީގައި ތިބީމަ” ޒައިޝާއާއި ޔަޒްދާންވެސް ސިހުނީ މީހަކު ކަރުކެހިލުމުންނެވެ.
…………………………………………………………..
ބަލާލިއިރު ޔަސްނާ ދެއުކުޅުގައި އަތްވިއްދާލައިގެން ބަލަންހުރިއިރު އެތުންފަތް މަތީގައިވަނީ ލާނެތް ހިނިތުންވުމެކެވެ.
” ދެން ނިންނިގަނޑާ.. ދާންގެ އަތުން މަގޭ ބޮލުގަ ޖަހާފައިން ދަތި ނެއްޓުނީމަ އޭނަ އެދަތި ޖަހައިދިނީއްޔެ މަށަށް” ޒައިޝާވެސް ދޫނުކުރަން ބުނެލިއެވެ.
” ހޫމް.. ހޫމް.. ތިދަތިޖެހިތަން އެބައިނޭ މިހާރު މަގޭ ފޯނުގަ ރިކޯޑް ކޮށްފަ..” ހީގަންނަމުން ޔަސްނާ ބުނެލިއެވެ.
” އޭތް ނިންނީ.. ގެނެތިފޯނު..” ޔަސްނާ އަތުގައި އޮތް ފޯނު ޖަހައިގަންނަމުން މަސައްކަތް ކުރަނުން ޒައިޝާ ބުނެލިއެވެ.
” ނޯޕް.. މިއެއްނުލިބޭނެ..” ޔަސްނާވެސް ފޯނު ފުރަގަހަށްލާ ފޮރުވިއެވެ.
” ދެން ތިދީބަލަ ނިންނީ..” ޒައިޝާވެސް ޔަސްނާގެ ފުރަގަހުން ދުވަމުން ބުނެލިއެވެ.
” މިވަގުތު އަހަރެން މީތި ދީފިއްޔާ އަހަރެން ކިހިނަތް ޒައިއާ ފަހުން ދިމާކުރަނީ މިޔޫޒް ކޮށްގެން.. ސޯ ނޮޕް ނުލިބޭނެ..” ޔަސްނާ ފޯނު ޖީބަށްލާ ފޮރުވިއެވެ. އޭއެކު ޒައިޝާއުޅުނީ ޔަސްނާގެ ޖީބުން އޭތި ނެގޭތޯއެވެ. ދެމީހުން ދެމީހުން ސަކަރާތްޖަަހަން ތިބިއިރު މީމަގުމަތިކަންވެސް ހަނދާނެތްނެތްފަދައެވެެ.
” ޒައިޝާ އެންޑް ޔަސްނާ.. ތަޅާފޮޅާކަށްތަނެއްތަނެއްވެސް ނޯވޭދޯ.. މިއީމަގުމައްޗޭ..”ޒައިޝާއާއި ޔަސްނާގެ ދެމެދަށްވަންނަމުން ޔަޒްދާން ބުނެލިއެވެ.
” އަހަރެން މިދަނީ ގެޔަށް.. މިހާރު އަހަރެން ލަަސްވެގެން މަންމަ އަހަރެން ހޯދާނެ..” ކިރުޕެކެޓް މަތިންވެސް ޒައިޝާ ހަދާންވީދެނެވެ.
” ނިންނި އެންޑް ދާން.. ބައިބާއި ސީޔޫލޭޓަރ..” ޔަސްނާއަށާއި ޔަޒްދާންއަށް ހަނާއަޅާލަމުން ޒައިޝާ ފިހާރަތެރެއަށްވަނެވެ. ޔަޒްދާންއާއި ޔަސްނާވެސް ފިހާރައިން ނުކުތީ އެމީހަކުދާންޖެހޭ މަންޒިލަށް އަވަހަށްދިއުމަށެވެ.
” ދެންމެ ޒައި ކަައިރީގައި ހުރި ފިރިހެން ކުއްޖާއަކީ ކާކު?” ޒައިޝާ ކިރުޕެކެެޓް ގެނެސް ބެހެއްޓުމުން އެއަށްލާރި ކަނޑަމުން ޒާއިން އަހަާލިއެވެ. އެއީ ޒާއިން މެންގެ ފިހާރައެއްކަމުން އެފިހާރާގައި ސޭޓަކަށް ގިނައިން އިންނަނީ ޒާއިންއެވެ.
” އެއީ ޒޭންގަ ފްރެންޑެއް.. ކިހިނަތްވީ?” ޒައިޝާވެސް ސުވާލެއް ކޮށްލިއެވެ.
” ޒޭންގެ ފްރެންޑެއްވިއްޔާ ޒައި ކައިރީގައި އޭނަ އެއުޅުނީ ކީއްވެޔޯ?” ޒާއިން އަނެއްކާވެސް ސުވާލުކޮށްލިއެވެ.
” ދެން ޒޭންގެ ފްރެންޑެއްވިއްޔާ އެއީ ހަމަ އަހަރެންގެވެސް ފްރެންޑެއްނު.. ސޯ އޭނާ އާއި ފިހާރައިން ދިމާވީމަ ހައެއެއް ޖަހާލީ.. ހޫމް.. ދެންތިއެއްނޫނޭ މިހާރުވެސް ލަސްވެއްޖެ ފަހުންދޯ ދެންވާހަކަ ދައްކާނީ.. ކިހާވަރެއް?” ސަނާޔާ ހުންނާނީ ޒައިޝާގެ އިންތިޒާރުގައި ކަންއެނގޭތީވެ ޒައިޝާ އަވަސްއަވަހަށް ބުނިއެވެ.
” ފަންސަވީސް ރުފިޔާ.. ބައި ބާއި.. ސީޔޫ ލޭޓަރ..” ކިރު ޕެކެޓަށް ލާރިދެއްކުމަށްފަހު ޒާއިންއަށް ހަނާއަޅާލަމުން ޒައިޝާ ފިހާރައިން ނުކުތެވެ. ޒައިޝާ ފިހާރައިން ނުކުތުމާއެކު ޒާއިން އޭނާގެ ހިތަވީދިމާލުގައި ފިރުމާލިއެވެ. ޒައިޝާ އެހެންފިރިހިނަކާ މާގާތްކޮން އުޅުނުތަން ފެނުމުންއޭނަގެ ހިތަށްތަދުވީއެވެ. ނަމަވެސް ޔަޒްދާންއަކީ ޒައިޝާގެ ރައްޓެއްސެއްކަމަށް ޒައިޝާ ބުނުމުން އެދެމެދުގައި އެނޫންއެއްވެސް ގުޅުމެއްނުވާނެކަމަށް ޒާއިން ގަބޫލުކުރީ ޒައިޝާއަށް ކުރާއިތުބާރެއްގެ ސަބަބުންނެވެ. އެވަގުތަށް ޒާއިން ހިތްހަމަޖައްސާލީ އަންނަން އުޅޭބޮޑުތޫފާނުގެ ހިލަމެއްވެސްނުވެއެވެ.
ހަވީރުގެ ވަގުތުކަމުން ޒައިޝާ އުޅުނީ ސަނާޔާއާއިއެކު ހަވީރު ސައި ތައްޔާރުކުރާށެވެ. ސަނާޔާ ތަށިތަކަށް ހެދިކާ އަޅަމުންދިޔައިރު ޒައިޝާ ހުރީ ޕުޑިންތައްޔާރު ކުރާށެވެ. ޒައިޝާއަކީ ކުޑައިރުން ސުރެންވެސް ކައްކާހިތްވާކުއްޖެއްކަމުން ކޮންމެ ދުވަހަކު ހަވީރަށް ކޮންމެސް ފޮނިއެއްޗެއްތައްޔާރު ކުރުމަކީ ޒައިޝާގެ އާދައެކެވެ.
” ހާދަވަސް ރަނގަޅޭދޯ މިއަދު.. ދަރިފުޅު ކޯއްޗެއްހަދާ ދުވަހެއް މިއަދު” ބަދިގެ ތެރެއަށްވަންނަމުން އިޔާޒު އަހާލިއެވެ.
” އަނހަ އިޔާޒު އައީތަ.. އަވަހަށް އިދީނދޭ.. ދަރިފުޅާ އަދިވެސް ނުނިމެނީތަ” އިޔާޒު ގާތުއިށީންނަން ބުނަމުން ސަނާޔާ ހެދިކާތަށިތަށް މޭޒަށް އަރުވަންފެށިއެވެ.
” މިއަދުވެސް ޕުޑިންނެއްމިހަދަނީ.. މިނިމެނީއޭ މަންމާ..” ޕުޑީންކޮޅު ތަައްޓާށްއެޅުމަށްފަހު ފްރިޖަށްލަމުން ޒައިޝަބުނެލިއެވެ.
”އައްސަލާމަލައިކުމް.” ގެއިންސަލާން ގޮވާލިއަޑަށް ޒައިޝާ ބަދިގެންނުކުމެގެންދޮރާށިދަށަށް ދިޔައެވެ.
” ވާލައިކުމްސަލާމް.. އަނހަ ނިންނިތަ? އަވަހަށް ވަދޭ” ދޮރުމަތީގެހުރި ޔަސްނާފެނިފަ ހިނިތުންވެލަަމުން ޒައިޝާ ބުނެލިއެވެ. އެވަގުތު ޔަސްނާ ފަހަތުންވަތް މީހާފެނި ޒައިޝާގެ ދެލޯ ބޮޑުވިއެވެ.
ނުވަވަނަބައި……………………………………………..
ޔަސްނާގެ ފަހަތުގައި ހުރީ ޒާއިންއެވެ. ޒައިޝާ ބިރުގަތީ ޒާއިން ވަދެފަ ރައްޓެހިވާވާހަކަ ދައްކަފާނެތީވެއެވެ.
”އަވަހަށް އާދޭ ސައިބޯން” ސިހުނުކަން ނުދައްކަށްވެގެން ޒައިޝާ ބުނެލިއެވެ.
” ނޫނޭ ސައިބޯކަށް ނޫން މިއައީ.. ވަރަށް ބޮޑު ވާހަކައެއްބުނަަންވެގެން.. މިރޭ އަހަރެމެންގެއަށް ޒައިއަށް އާދެވޭނެތަ އަށްގަޑިބަޔަށް?”ޒާއިން އަހާލިއެވެ. އެވަގުތު ޒައިޝާގެ ހިތްތެޅުނެވެ.
” އާދެވޭނެއެއްނޫން.. ޒައި އަންނަންވާނެ ކޮންމެހެންވެސް..” ޒައިޝާ އެއްޗެއް ބުނަންއަނގަ ހުޅުވާލި ވަގުތު ޔަސްނާ ބުނެލިއެވެ.
” ޔާހް ޝުއަރ އަށްގަޑިބަޔަށް ދާނަން ތިކޮޅަށް..” އިންކާރު ކުރަން އުޅެފަވެސް ޔަސްނާ އެހެންބުނުމުން އިންކާރު ކުރާކަށް ޒައިޝާއަކަށް ނުކެރުނެވެ.
” އޯކޭ ދެންދިޔައީއޭ ސީޔޫ ޓުނައިޓް..” ހަނާއަޅާލަމުން ޒާއިން އާއި ޔަސްނާ ބުނެލިއެވެ. ޒައިޝާވެސް އެމީހުންނަށް ހަނާއަޅާލުމަށްފަހު އެތެރެއަށްވަނެވެ.
”ދަރިފުޅާ ކޮންބައެއް ދެންމެއެއައީ?” ޒައިޝާ މޭޒުދަށުގައި އިށީނުމާއިއެކު ސަނާޔާ ސުވާލުކޮށްލިއެވެ.
” ނިންނި އާއި ޒާއިން.. މިރޭޒާއިންގެ ގެއަށް އަންނާށޯއަށްގަޑިބަޔަށް..” ޒައިޝާއަވަސްއަވަހަށް ބުނެލިއެވެ.
” މަންމަގެ އެއްވެސް މައްސަލައެއްނެތް.. އަނެއްކާ އިޔާޒު އޯކޭތަ?” ސަމާސާރަގަކަށް ސަނާޔާ އަހާލިއެވެ.
” ދެން ސަނާދައްކާ ވާހަކަ މަށަށް އެއްވެސް މައްސަލައެއްނެތް..” އިޔާޒު އަވަސްއަވަހަށް ބުނެލިއެވެ. ތިންމީހުންވެސް އެކިވާހަކަތައް ދައްކަމުން ސަކަރާތް ޖަހަމުން ހަވީރުސައިބޮއެ ނިންމާލިއެވެ.
ރޭނގަޑުގެ ވަގުތެވެ. އެހެންކަމުން ޒައިޝާ ދިޔައީ ޒާއިންގެ މެންގެއަށް ތައްޔާރުވަމުންނެވެ. ޒާއިން އެގެއަށްގެންގޮއްސަ ކުރަންއުޅޭކަމެއް ނޭނގޭތީވެ ޒައިޝާ ހުރީ ވަރަށް ބޮޑަށް ނުތަނަވަސް ވެފައެވެ. އެހެންނަމަވެސް އާދައިގެ ގޮތަކަށް ޒައިޝާ ތައްޔާރުވެލިއެވެ.
” ދަރިފުޅާ ތައްޔާރުތަ? މިހާރު އެއޮށްއަށްގަޑި ދިހައެއްހިނގީ..” ޒައިޝާގެ ކޮޓަރީގައި ޓަކިޖަހާލަމުން ސަނާޔާ ބުނެލިއެވެ.
” ލައްބަ މަންމާ މިދަނީ..” ފަހުފަހަރަށް ލޯގަނޑު އަމިއްލަ ސޫރަ ބަލާލަމުން ޒައިޝަބުނެލިއެވެ. އަދިއެއަށްފަހު އަތްދަބަސް އަޅުވާލަމުން ކޮޓަރިން ނުކުމެ ފައިވާންހަރުންފައިވާނެއްނަގާ އަރާލުމަށްފަހު ސަނާޔާ ކައިރީގަ ދަނިއްޔާބުނުމަށްފަހު ގެއިންނުކުތެވެ. މަގުމަތީގައި ހިނގަމުންދިޔައިރުވެސް ޒައިޝާއަށް ދިޔައީ ޒާއިންކުރަން އުޅޭކަމަކާއި މެދު ވިސްނެމުންނެވެ.
” ރޭގަނޑު އެކަނިމާއެކަނި ކޮންތާކަށް ތިދަނީ? ހިޔާލެއްގައިހުރެ ހިނގަމުންދިޔަ ޒައިޝާ ސިހުނީފަހަތުން މީހަކު ވާހަކަދެއްކިއަޑަށެވެ. ސިހުނުވަރުން ޒައިޝާ އަރިއަޅާލިއެވެ. އެވަގުތު ފަހަތުން މީހަކުއައިސް ހިފަހަށްޓާފައޭނަ ތެދުކުރިއެވެ.
” ދާން? މިތާކީއްތިކުރަނީ?” ފަހަތުގައި ހުރިޔަޒްދާން ފެނުމުން ޒައިޝާ އަހާލިއެވެ.
” ސޮރީ.. ޒައި ބިރުގަންނަވާލާކަށްނޫން.. ދެން ވައިޖައްސާލަން ނުކުތްތަނާ ޒައި ފެނުނީ.. ޒައި ކޮންތާކަށްތިދަނީ..” ޒައިޝާއާއި އެއްވަރަށް ހިނގައިގަންނަމުން ޔަޒްދާން އަހާލިއެވެ.
” އެއޯކެވާނެ.. ޒާއިން އާއި ނިންނި ބުނެގެން ޒާއިން މެންގެއަށް.. ވަންނަ ގޯވިތްމީ..”ހިނިތުންވެލަމުން ޒައިޝާ އަހާލިއެވެ.
” އޯކޭ ޒައި ބޭނުމިއްޔާ ގޮސްދާނަން..” ޔަޒްދާން ވެސް ހީލަމުން ބުނެލިއެވެ. ޒައިޝާއާއި ޔަޒްދާން ހިނގަމުންދިޔައިރު އެދެމެދުގައި އޮތީ ހަމަހިމޭން ކަމެވެ. ޒާއިންމެންގެއާއި އަރާހަމަވުމާއެކު ޒައިޝާ އެގޭ ދޮރާށީގައި ޓަކިޖަހާލިއެވެ. އެއާއިއެކު ޒާއިންދޮރު ހުޅުވާލުމަށްފަހު ސިޓިންރޫމަށްއައުމަށް ބުންޏެވެ. ޒާއިން ފަހަތުން ސިޓިންރޫމަށްވަތް ޒައިޝާ އާއި ޔަޒްދާން ސިހުނީ ފެނުނުމަންޒަރުންނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.


