ބައިވެރިޔާ-1
އުޑުގައި ރަނިކަން ކުރަމުންދިޔަ ބުރު ހަމަ ހަނދު އޭގެ ހައިބަތު އެންމެ ފުރިހަމައަށް ދައްކަމުން ދިޔައެވެ. މަދުމަދުން ފެންނަމުން ދިޔަ ތަރިތަސް އޭގެ އޭގެ ޗާލުކަން ދައްކަމުން ދިިޔައެވެ. ރޭގަނދުގެ ހަމަހިމޭން ވަގުތު ސޫތްޕެއް ވެސް ގޮވާލަ އަޑު ނީވެއެވެ. ނަމަވެން ދުރުން އިވެމުން ދިޔަ ރާޅުޖަހާއަޑު ހިތްތަކަށް ފިނިކަން ގެނެސްދެމުން ދިޔަ އެވެ. ދޭތެރެއަކުން ސައިކަލެން ދާއަޑު އިވެއެވެ.
ހުޅުމާލެ ފޭސް ޓޫ ގެ ފަނަރަ ވަނަ ފްލެޓްގެ 22 ވަނަ ބުރީގެ ބެލްކަންޔެއްގައި އިން އަންހެން ކުއްޖާ ވަނީ ހަމަ ރަނގަޅަށް ވެސް މިހިތްގައިމު ރޭގެ އަވައިގައި ޖެހިފަ އެވެ. ކަނޑުން އަންނަ ފިނިފިނި ވައިރޯޅިތައެކު މިނިވަންކޮއް ނަށާލަން ދޫކޮއްލައިފައިވާ އޭނާގެ ދިގު ބުޅި އިސްތަށިގަނޑަށް ހަނދުގެ ރިހި އަލި ދޯދިތައް އެޅުމުން މަންޒަރަށް އިތުރު ފުރިހަމަކަމެއް ގެނެސްދެ އެވެ. އޭނާގެ މޫނަށް ބަލައިލުމުން އެހުރީ ވަރަށް ފުން ވިސްނުމެއްގައިކަން އިނގެއެވެ.
މައިޝާގެ ހިޔާލުތައް ގުޅިފައިވަނީ އޭނާގެ ލޯބިވެރިޔާ ވިޝާލް އާއި އެވެ. ވިޝާލް އަކީ މައިޝާ އަށް ވުރެ އެއް އަހަރު ބޮޑު 16 އަހަރުގެ ކުއްޖެކެވެ. ސޮކޫލް ގިނަ އަންހެން ކުދިންގެ ހިތުގެ ރާޖާ އަކީ ވިޝަލް އޭ ބުނުމަކުން ދޮގަކަށް ނުވަނެ އެވެ. ވިޝާލްގެ ރީތިކަމާމެދު މައިޝާ އަބަދު ވެސް ހިތާހިތުން ތަޢުރީފު ކުރެ އެެވެ. ވިޝާލްގެ ކަސްރަތީ ހަށިގަނޑު ފެނުނު ދުވަހުން ފެށިގެން އޭނާގެ ލޯބި ހިނިތުންވުންތައް ހަދިޔާވާން ފެށުމާއެކު މައިޝަގެ ހިތް ހިބައިން ދެވުނެވެ. ވިޝާލްގެ ހިތްހެޔޮ މިޒާޖާއި އޯގާތެރި ކަމާމެދު މައިޝާ އަބަދުހެން ހިޔާލު ކުރެ އެވެ.
ހިޔާލުތަކުގެ ފުންކަނދުން މައިޝާ އަށް އެއްގަމަށް ބިއްސައިލެވުނީ ކޮންމެވެސް މީހަކު އޭނަގެ ކޮނޑުގައި އަތް ބާއްވައިލުމުންނެވެ. މައިޝާ ސިއްސައިގެން ގޮސް ބަލައިލި އެވެ. އެއީ އޭނާގެ މަންމަ މަރިޔަމް އެވެ.
“ދަރިފުޅު ނިދަން ދާކަށް ނުވޭތަ؟”
“ނޫން މަންމާ. މިދަނީ.” މިހެން ބުނެފައި މައިޝާ ގޮސް ކޮޮޓަރިއަށް ވަނެވެ.
އަރައިގެން އައި އިރާއެކު މައިޝާ ހުރީ ސްކޫލަށް ދާން ތައްޔާރުވާށެވެ. އެންމެ ފުރަތަމަ ވެސް ވިޝާލްގެ ރީތި ސޫރަ ފެނިލުމަށް އެދި ހިތާއިހިތުން ދުޢާ ކުރަމުންނެވެ.
ސޮކޫލް އާއި ހަމައަށް ދެވުމާއެކު މައިޝާގެ ބޮޑު ދެލޯ ހޯދައިލީ ވިޝާލް އަށެވެ. ވިޝާލް ހަމަ ފެނުމާއެކު މައިޝާ ހުރިހާ ދަތްތަކެށް ފެންނަވަރަށް ހިނިތުންވެލި އެވެ. އޭނާގެ މޫނުމަތިން ފެންނަނީ ނިމުމެޢް ނުވާ އުފާ ވެރި ކަމެވެ.
ވިޝާލްގެ މުށި ކުލައިގެ ދެލޯ ފެނިފައި އާޝޯހު ވާހާއެވެ. ކަލުކަންގަދަ ރާޅުބާނީ އިސްތަށިގަނޑު ނިއްމައްޗައް ވައްޓައި ލެވިފައިވަނީ ވަރަށް ވެސް ފުރިހަމަކޮށެވެ. ދިގު އިސްކޮޅަކާއި ބައިމަތި ފުޅާ ހަށިގަނޑެކެވެ. އޮޅަލި ހަންގަނޑެކެވެ. މި ފުރިހަމަ އިންސާނާ ފެނިފައި އަންހެން ކުއްޖެއްގެ މޫނުމައްޗަށް ހިނިތުންވުން ނުގެނެސްދޭންވީ ސަބަބެއް ނެތެވެ.
ބެލް ގެހުމާއެކު މައިޝާ އަވަސް ފިޔަވަޅު ތަކެއްގައި ގޮސް ވިޝާލް އާއި އަރާހަމަ ކުރި އެވެ. އެދެމެދުގައިވަނީ އެކުވެރިކަމަ|ށް ވުރެ ގާތް ގުޅުމެއްކަން ފެންނަ ކޮންމެ މީހަކަ ވެސް އިނގޭނެ އެވެ.
ދެކުދިން އެކުގައި ވާހަކަ ދައްކަމުން ސިޑިން އަރައިގެން ދިޔައިރު އަންހެން ކުދިންގެ ވަގު ކަޅިތައް އެދިމާލަށް އަމާޒުވާކަން އެމީހުންނަށް ވަރަށް ރަނގަޅަށް އިނގެއެވެ. އަންހެން ކުދިންގެ ހިތްތައް އަތުލައިގަނެވޭހާ އެނާ ކުޅަދާނަކަން އިނގޭތީ ވިޝާލް ބޮޑާވެފައި އިންއިރު ވިޝާލްގެ ގާތްކަން ލިބުމުން މައިޝާ އިނީ ފޮނިވެފަ އެވެ.
ވަކިހިސާބަކުން ދެމީހުން ވަކިވި އެވެ. މައިޝާ ގޮށް ކުލާހަށް ވަން ތަން ބަަން އިނދެފައި ވިޝާލް ވެސް މިސްރާބު ޖެހީ އޭނާގެ ކުލާހަސް ދާށެވެ.
“ހެއި ބޭބީ…” ވިޝާލް އާއި އެއްކުލާހެއްގައި ކިޔަވަމުންދާ ޒައިނާ އައިސް ވަރަށް ގާތްކޮށް ވިޝާލްގެ އަތުގައި ހިފައިލި އެވެ.
“ހެއި” ވިޝާލް ޒައިނާގެ އަތަށް ބޮސް ދެމުން ބުންޏެވެ.
“މިއަދުވެސް އެ މައިޝާ ގަނޑާއެކީ ދޯ އައީ. ވިޝާލް ވީނު އޭނައާ ބްރޭކް އަޕް ވާން.” އަާދޭސް ކުރާފަދަ ގޮތަކަށް ޒައިނާ ބުންޔެވެ.
“ވަރަށް އަވަހަށް ވާނަން”
“ބޭބީ އަބަދުވެސް ބުނާނެ ތިހެން” ޒައިނާ ރުޅި މޫނު ހަދާލައިފައި ކުލާހަށް ވަދެގެން ދިޔައެވެ.
މައިޝާއަށް ނޭންގުނަސް ވިޝާލް އެތައް އަންހެން ކުދިންނާއި އެފަދަ ގުޅުން ބާވައެވެ. ނަމަވެސް ވިޝާލް އޭނާގެ ލޮލުގައި އަނދުން އަޅުވައިދީފައި ވާލެއް މޮޅުކަމުން މައިޝާ އައް އަމިއްލަ ދެލޮލުން ފެނުނަސް އެކަން ގަބުލެއް ނުކުރާނެ އެވެ.
އާދައިގެ ދުވަހެކެވެ. ބްރޭކް ގަޑީގައި މައިޝާ އިނީ ފޫހިވެފައި ވާހަކަ ފޮތެއް ކިޔާށެވެ. އޭރު އޭނަގެ އެކުވަރިން އުޅުނީ ކުލާހުން ބޭރުގަ އެވެ. އެހެން އިންދައި ކުއަޖަކު ކުލާްސް ދޮރުހުޅުވައިލައިފައި އޭނާ ކައިރީ ވަރަށް އަވަހަށް އައިސް ދިނުމަށް ބުންޏެވެ. އެއީ އޭނާގެ ގާތް އެކުވެރިއެއް ކަމަށްވާ ރައިފާ އެވެ. އޭނާ ހީކުރީ ކުއްޖަކަށް ކަމެއް ވީކަމަށެވެ.
“ކިހިނެއްވީ؟ ކުއްޖަކަށް ކަމެއް ވީތަ؟ ކީއްވެ މިތާ އެހާކުދިން ގިނައީ؟” މައިޝާ ރައިފާ އާއި އެކު ކުލާހުން ނިކުންނަމުން އަހައިލި އެވެ.
“އެއްވެސް ކުއްޖަކައް އެއްވެސް ކަމެއް ނުވޭ. މައިޝާ އައި ނޯރ މައިޝާ ގަބޫލުނުކުރާނެކަން ވެސް ބަޓް…ވިޝާލް އަނާ ކައިރީ ރައްޓެހިވާން އެހީ. ހަމަ ދެންމެ. އެބަ ތިބި މިތަ އަތުގުޅުވައިލައިގެން ވާހަކަ ދައްކަން.” ރައިފާ އެވާހަކަ ބުނީ މައިޝާ އައް ހެޔޮއެދިގެންނެވެ.
“ރައިފާ…އަބަދު ނޫޅިބަލަ ވިޝާލްގެ ކިބައިން ކުށެއް ހޯދައިގެން އަހަރެންނަށް ދައްކަން. ވިޝާލް އެކަހަލަ ކަމެއް ނުކުރާނެ. އޭނަ ވަރަށް ލޯޔަލް ވާނެ.” ވިޝާލް ދިފާެުކުރަމުން މައިޝާ ބުނެލި އެވެ. ރައިފާ އޭނާގެ އެކުވެރިޔާ އާއި މެދު ހަމްދަރުދީ ވެވުނެވެ. “ދެން ރައިފާ ބުނީމަ ގޮސް ދާނަން”
އެދެކުދިންނަށް ދެވުނު އިރު ވިޝާލް އާއި އަނާ ތިބީ ސްކޫލް ގޯތިތެރޭ ހުރި ހިލަ ގޮނޑި ތަކުތެރެއިން ގޮނޑިއެއްގައި އިށީން ދެގެން ވާހަކަ ދައްކާށެވެ. ރައިފާ ބުނި ފަދައިން އެދެމީހުން ތިބީ އަތުގުޅުވައިލައިގެންނެވެ.
“ވިޝާލް” މައިޝާ ހައިރާން ވެފައި ގޮވައިލި އެވެ. ދެމީހުން ސިހިފައި ދުރައްޖެހިލި އެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.


