”ނޫން.. އިޔާޒު ތިހެންނަހަދާ..” އިޔާޒުގެ އަތް ޒައިޝާގެ ކަންފަތުން ނައްޓުވާލަމުން ސަނާޔާ ބުންޏެވެ. އެއާއެކު އިޔާޒުގެ އަތުގަ އޮތް ގަނޑު ސަނާޔާއަށް ދައްކާލިއެވެ. އެއާއެކު ސަނާޔާގެ ދެލޯ ބޮޑުވިއެވެ.
…………………………………………………………..
” ސަނާ ބަލާބަލަ.. މިއީ ވަރަށް ލާނެތްކުއްޖެކޭ..އެހެންވެގެންނޭ މަ އޭނަގެ ކަންފަތުގަ މިހިފީ..” ލާނެތް ހިންޏަކާއިއެކު ސަނާޔާއަށް ބަލައިލަމުން އިޔާޒު ބުނެލިއެވެ.
” އެތެދެއް ދަރިފުޅު ކީއްވެ ތިހެންތިހެދީ?” ސަނާޔާ ޒައިޝާގެ ގައިގައި ބައްދާލަމުން ސުވާލުކޮށްލިއެވެ.
” ހެހެހެ… ކުއްލިއަކަށް ހިތަށްއެެރީ މަންމަމެންނަށް ސަޕްރައިޒެއްދޭން..” ހީލަމުން ޒައިޝާ ބުނެލިއެވެ.
” މަންމާ.. ޒައި މިދަނީ ރެސްޓްކޮށްލަން އިނގޭ..” ކުޑަކޮށް ވަރުބަލިވެފަ ހުރުމުގެ ސަބަބުން އެހެން ބުނުމަށްފަހު ޒައިޝާ ކޮޓަރިއަށް ދާންހިނގައިގަތެވެ.
ކޮޓަރިއަށްވެދެ ދޮރުލެއްޕުމާއެކު ޒައިޝާ އަލަމާރިތެރެއިން ޓީޝާޓަކާއި ހަރުވާޅެއް ނެގުމަށްފަހު އެލައިގެންއައިއްސަ އެނދަށް އެރިއެވެ. އެއަށްފަހު ބާލީހުގައި ބައްދާލައި ލޯމަރާލިއެވެ. އެވަގިތު ޒައިޝާއަށް ސިފަވި ސޫރައަކުން ވަގުތުން ލޯހުޅުވާލެވުނެވެ.
”ކޯއްޗެއް ތިހާވަނީ?” ލެޕްޓޮޕް ހިފައިގެން އެނދުމަތީގައި އެފްބީ ހާވަންއިން ޔަޒްދާން ސިހުނީ ކުއްލިއަކަށް އެނދަށްއެރި ޒޯހަން ފެނިފައެވެ.
” ސާބަސް.. މަ އެބައެއްޗެއް ހާވަންތަ? މަ އެފްބީއަށް ނުވަންނަތާ ވަރަށް ދުވަސްވެއްޖެ. އެހެންވެ ހަމަ ވަދެލީ..” ވަރަށް ނޫންކަމަށް ހަދަމުން ޔަޒްދާން ބުނެލިއެވެ. ހަގީގަތުގައި އޭނަ އެފްބީއަށް ވަނީ އެފްބީއިން ޒައިޝާ ފެނޭތޯ ބެލުމަށެވެ.
” ހޫމް.. މަށަށް އެނގޭ ނުހާވާކަން.. ދެންހަމަ އަހާލީ ކަލެއަށް ވާވަރެއް ބަލާލަން.. ކަލެއަށް ތިވީވަރުން މަށަށް އެނގިއްޖެ ތިހާވަނީ ކޯއްޗެއްކަން..” ޒޯހަން އެހެންބުނެލިއިރު އޭނާގެ މޫނުމަތީގައި ވަނީ ލާނެތް ހިންޏެކެވެ.
” ތިހާޔަޤީން ވަންޏާ ދެން ބުނެބަލަ.. އޭރުންނެންނު މަށަށްވެސް އެނގޭނީ ކައެ ތިހީކުރާއެއްޗެއް.” ޔަޒްދާންވެސް ދޫކުރާކަށް ބޭނުމެއްނުވިއެވެ.
” މާވަރަކަށް މިތާ އިނދެގެން އެފްބީ ތިހާވަނީ ޒައިޝާ ފެނޭތޯއެންނު” ޒޯހަން ވަގުތުން ބުނެލިއެވެ.
” ހޫމް.. ހޫމް.. ޒޭން ވާނީހަމަ ޒޭންއަށް.. މައެބައަންނަން މިތާ ކައިރި ފިހާރައަކަށް ވަދެލާފަ.” މައުލޫބަދަލު ކޮށްލުމުގެ ގޮތުން ޔަޒްދާން ބުނެލިއެވެ.
އުޑިމަތިވަރަށް ސާފެވެ. ވަގުތަކީ މެންދުރުވަގުތެވެ. ދީފައިވާ ރަތްދަކައަވީގެ ސަބަބުން ގޭގޭގެ ފުރާޅުތައް ދޮންކުރަމުންދިޔައެވެ. ބައެއްްގޭގޭގައި އޭސީކައްސާފައިވާއިރު އަނެއްބައި ގޭގޭގައި ކުޑަދޮރުތައް ވަނީ ހުޅުވާލެވިފައެވެ.
” ދަރިފުޅާ.. ދެންތެދުވަންވީއޭ.. މިހާރުއެއޮށް ބަންގިގޮވީ.. ނަމާދު ކޮށްލައިގެން ދޭބަލަ ފިހާރައަށް ކިރުޕެކެޓެއް ގަންނަން..” އަރާމު ނިންޖަކުން ނިދާލާފަ އޮތް ޒައިޝާއަށް ހޭލެވުނީ ދޮރުގައި ތަޅަމުން ސަނާޔާ ގޮވާއަޑަށެވެ.
” މިދަނީ މަންމާ.” ކަންނެތް ގޮތަކުން ތެދުވަމުން ޒައިޝާ ބުނެލިއެވެ. ފާހާނާއަށްވަދެ ފެންވަރާ ލުމަށްފަހު އަލާމާރިން ފިޔާތޮށި ހަރުވާޅަކާއި ފިޔާތޮށި ހޫޑީއެއް ލުމަށްފަހު ނަމާދުކޮށްލިއެވެ.
” ދަރިފުޅު ހޭލާތަ?” ނަމާދު ނިމުނުތަމާހެން ސަނާޔާ ޓަކިޖަހާލިއެވެ.
” ލައްބަ މަންމާ މިދަނީ” ދައްޗަކުން އިސްތަށިގަނޑު ހައްޔަރު ކޮށްލަމުން ޒައިޝާ ޖަވާބުދިނެވެ.
މަގުމަތީގައި ހިނގަމުން ދިޔައިރުވެސް ޒައިޝާއަށް ވިސްނެމުން ދިޔައީ ޔަޒްދާންއާއި މެދުގައެވެ. ”އަހަރެންނަށް ކީއްވެ ޔަޒްދާންއާއި މެދުމިވިސްނެނީ?” ޒައިޝާއަށް ހިތާހިތުން ކިޔާލެވުނެވެ. މިހިޔާލުގައި ހުރެ ފިހާރައަށް ވަންނަން ދޮރުހުޅުވާލިގަޑީގައި ޒައިޝާ މީހެއްގެގައިގައި ލައިގަތެވެ. އެވަގުތު އޭނާ ވެއްޓެން ދިޔައެވެ. ނަމަވެސް އޭގެ ކުރިން ކުރިމަތީގައި ހުރިމީހަކު އޭނަގެ ފުއްކިބައިގައި ހިފާދަމާލިއެވެ. އޭއެކު އޭނާގެ ބޮލުގައިންދަތި ނެއްޓި އިސްތަށިގަނޑު މިނިވަންވިއެވެ.
” ތަންކޮޅެއްބަލައިލައިގެން..” ބުނަން އޮތްއެތި ނުބުނެ ޔަޒްދާންއަށް ހުއްޓެވުނީ ކުރިމަތިން ފެނުނު ސޫރައެއްގެ ސަބަބުންނެވެ.
” ޒައިޝާ.. މިގަޑީގަ ކިއްކުރަނީ މިތާގަ?” ކުރިމަތީގައި ހުރި ޒައިޝާފެނުމުން ޔަޒްދާންއަށް އަހައިލެވުނެވެ.
” މަންމަ ބުނެގެން އެއްޗެއް ގަންނަން މިފިހާރައަށް މިއައީ.. މިއަދު ތިބޭފުޅާގެ މޫޑު މާރަނގަޅީތޯ ދެންމެ މަށާ ދިމާލަށް ރުޅިދުރުވެނުލެއްވީ?” ޔަޒްދާންއަށް މަލާމާތްކޮށްލުމުގެ ގޮތުން ޒައިޝާ ބުނެލިއެވެ.
” ނޫނޭ.. ދެން ރުޅިއެއް ނާދެވޭނެތާދޯ ކުރިމަތީގައި ހުރީ ރެޕުންޒަލްވިއްޔަ.. އެހެންވީމަ ކިހިނަތް ރުޅިއަންނާނީ?” ޔަޒްދާންވެސް ހީލަމުން ބުނެލިއެވެ.
” އައެމް ނޮޓް ރެޕުންޒެލް.. ސޯ ނޯމޯ ކޯލިން މީ ރެޕުންޒަލް.. ބައިދަވޭ ތީބަލަ ތިދަތި.” ޔަޒްދާން އަތުގައި އޮތް އޭނާގެ ދައްޗަށް އިޝާރާތް ކުރަމުން ޒައިޝާ ބުނެލިއެވެ.
” ހޫމް މީތިދޯ.. ދައްކަ ޖަހައި ދޭނަން..” ޒައިޝާއާއި ގާތަށް ޖެހިލަމުން ޔަޒްދާން ބުނެލިއެވެ. ޒައިޝާވެސް ވަކިއެއްޗެއް ނުބުނެ ހަމަހުރިގޮތަށް ހުރީއެވެ. ޒައިޝާގެ އިސްތަށިގަަނޑުގައި އަތުންފުނާއަޅާލުމަށްފަހު އިސްތަށިގަނޑުގައި ދަތިޖަހާލާފައި ޔަޒްދާން ދުރަށްޖެހިލިއެވެ.
”އެހެމް އެހެމް ސޮރީ ފޯ އިންޓަރަޕްޓިން.. އެކަމަކު މިތާދޮރުމަތީގައި ތިބީމަ” ޒައިޝާއާއި ޔަޒްދާންވެސް ސިހުނީ މީހަކު ކަރުކެހިލުމުންނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.



Maasha Allah mi prt vx vrh reethi
Anekka zohan baa
Zohan ah vejjeyya vrh majaa vaane 😂😂
Nxt prt thankolhey dhigu koh genes dheh cheyy
Whn nxt???
Tc.. Ly dear💜