އޭލިއަން ސިލްސިލާ: ވަރަ – 6
ފުރަތަމަ ބުނަންވީނު މިރަށަށް އައީ ކީއްވެކަން.. ނޭނގޭނެ ކަމަށްތަ ހީކުރީ.. ”
އެތެރެކުރަން އުޅުނު ނޭވާ ހުއްޓުން އެެރިހެން މިކްޔާލަށް ހީވިއެވެ. މިކްޔާލަށް އައި ބަދަލު ފެނިފައި ނަޔާނީ ލާނެތް ހިނިތުންވުމެއް ވެދުންކޮއްލިއެވެ.
” ކިހިނެއް އެނގުނީ؟.. “ނަޔާނީގެ ސިކުނޑި މަސައްކަތް ކުރާ ހަލުވި މިން ފެނިފައި މިކްޔާލް ހިނިތުންވެލިއެވެ.
” ތުއްތު އަކަށް ނޭނގޭދޯ ކަމެއް ސިއްރު ކުރާކަށް.. ދެން ބުނަން ވީނު.. “މިކްޔާލް ކުރި ސުވާލަށް ބެލުމެއް ނެތި ނަޔާނީ ސުވާލުކޮއްލިއެވެ.
” ވަގުތު ޖެހުނީމަ ނަޔާއަށް އެނގޭނެ.. ” މިކްޔާލް ދިނީ ހެއްވާ ޖަވާބެކެވެ. އައި ރުޅިން ނަޔާނީ، މިކްޔާލުގެ ކަންފަތް ފޫޅުގައި ހިއްޕެވެ.
” އައުޗް.. ” ތަދުވިވަރުން މިކްޔާލް ދެދަތްޕިލަ ޖައްސައި ބާރުކޮއްލިއެވެ. އޭނާއަށް ހަމަޖެހޭ ވަރުވީ ދެތިން ސުކުންތު ކޮށްފައި ނަޔާނީ ދޫކޮއްލުމުންނެވެ.
” ކޮން ވަގުތެއް؟.. ކޮން ވަގުތެއް އައީމަ؟.. ވިސްނާވިސްނާ ބޮލަށް ތަދުވެއްޖޭ.. އަހަންނަށް ވެސް އެނގެން ޖެހޭނެ ދޯ.. ކީއްކުރަން ކޮންމެހެން ސިއްރު ކުރަންވީ؟ އަހަރެންމީ ކުޑަކުއްޖެއް ނޫނޭ މިހާރު”.
ހުރިހާ ރުޅިއެއް ނަޔާނީ ބޭލީ މިކްޔާލްއަށެވެ. ކުރާނެ ކަމެއް ނޭނގިފައި މިކްޔާލްއަށް ހުރެވުނެވެ.
” ސޮރީ.. މަންމަ ބުނެގެން ނުބުނެ މިހުރީ.. މަންމަ ކައިރީ ނާހައްޗޭ.. ފަހުން ތުއްތު ކިޔައިދޭނަމޭ.. ” ނަޔާނީ ހަމަޖައްސަން ވެގެން މިކްޔާލްއަށް ބުނެވުނީ އެހެންނެވެ.
” އަޅޭ ބުނެބަލަ ކޮން ވާހަކައެއްތަ؟.. ” އޭނަ އަނދިރީގައި ހުންނަތާ ކިތަންމެ ދުވަހެއް ވެއްޖެއެވެ. އިތުރު އެއްޗެއް ނުބުނެވި އުޅެނިކޮށް މިކްޔާލް ވާހަކަ ފެށިއެވެ.
” ކިހިނެއްވީ.. މިބުނީ ނަޔާނީ މާގިނައިން ތި އަހަނީ ކީއްވެ..” މިކްޔާލުގެ ސުވާލާއިއެކު ނަޔާނީ ހިމޭންވިއެވެ. “އެއީ ތުއްތު އާއި ބެހޭ ކަމެއް ނޫން..” ނަޔާނީ ވެސް ވަކި ދެރަވާކަށް ބޭނުމެއް ނުވިއެވެ. ވީ ކަމެއް ވިއްޔާ ވީއެވެ. ނާހިދާ އަކީ ކަމެއް ސިއްރު ކުރަންޏާ، ސިއްރު ކުރާނެ މީހެކެވެ. ކޮންމެހެން ބުނަންޖެހޭ އެއްޗަކަށް ނުވެއްޖެއްޔާ އެބަސް ބޭރުކުރަން ލާހިކެއް ނޫނެވެ. ފަހަކަށް އައިސް މިކްޔާލް ވެސް އުޅެނީ އެހެންނެވެ. ކަމެއް ވަންހަނާ ވެފައި އޮވެއްޖެއްޔާ އޭނައަށް ނޭނގޭ ކަމެއް އެބައޮތް ކަން ބުނެދިނުމަކީ ނަޔާނީއަށް ފެންފޮދެއް ދިރުވާލުންހާ ފަސޭހަ ކަމެކެވެ. ވީއިރު އެކަން އެނގި ހުރެ ނޭނގޭ ކަމަށް ހަދައިގެން އެދެމީހުންގެ ގާތުގައި އުޅުމުގެ ވަކި ބޭނުމެއް ވެސް ނެތެވެ.
“ނަޔާނީ!.. ”
ނަޔާނީ ފަސްއެނބުރި އައި ކޮޅަށް ހިނގައިގަތުމުން މިކްޔާލް ނަޔާނީ އާއި އަރައި ހަމަ ކުރިއެވެ.
“ކިހިނެއްވީ؟.. ކޮންމެހެން ގޮވާނެ ކަމެއް ނެތް.. ” ނުރުހުމުގެ ރާގެއްގައި ނަޔާނީ ރައްދު ދިނެވެ. މިކްޔާލް ބޮލުގައި އަތް ހާކަލީ ފަސޭހައިން ނަޔާނީގެ ރުޅިގަނޑު ފިލައިގެން ނުދާނެތީއެވެ. މިހާލުގައި ނަޔާނީ ގެއަށް ވައްދައިފި ނަމަ އޭނަ އަޑުއަހަން ޖެހޭނީ ނާހިދާގެ ލެކްޗަރުތަކެވެ.
” ތުއްތު ސުވާލެއް ކޮއްލަންތަ؟.. ” އަޑުމަޑު ކޮއްލަމުން މިކްޔާލް ސީރިއަސް ވެލިއެވެ. ” އަހަރެން ކުރި ސުވާލުތަކަށް ޖަވާބު ދެންޏާ މައްސަލައެއް ނެތް.. ” ނަޔާނީ ވެސް ތަންފުކެއް ދޫކުރާކަށް ބޭނުމެއް ނުވިއެވެ. ނަޔާނީގެ ޖަވާބު އަޑުއިވުމުން ހިނިތުންވުމެއް ދިނުމަށްފަހު މިކްޔާލް ސީދާ މައުޟޫއަށް އެޅިއެވެ.
” އެއްވެސް އާދަޔާޙިލާފު ކަމެއް ވޭތަ؟.. ” މިކްޔާލް ކޮށްލީ އާދައިގެ ސުވާލެކެވެ. މިކްޔާލުގެ ބަސްތައް އަޑުއިވުނު ނަޔާނީ ތެޅިގަނެފައި މިކްޔާލަށް ބަލައިލިއެވެ. ” އަނެއްކާ މިހާރު ކިހިނެއްވީ.. އަހަރެންމީ އާދައިގެ އިންސާނެއްނު؟ ކޮން އާދަޔާޚިލާފު ކަމެއް ވާކަށް؟ ” ނޭނގޭ ކަމަށް ހަދާލަމުން ހިތްހަމަ ނުޖެހިފައި ހުރިކަން ދައްކަމުން ނަޔާނީ ރައްދުދިނެވެ. ސިއްރު ކުރަން އުޅުނު ނަމަވެސް މިކްޔާލަކަށް އެއްވެސް ކަމެއް ނުފެނި ނުދިޔައެވެ.
“އޯ ދެން ނަޔާނީ ކުރޭ ސުވާލެއް.. ” ހަމަޖެހިލައިފައި މިކްޔާލް އެދުނެވެ. ފުންނޭވާއެއް ދޫކޮށްލަމުން ނަޔާނީ މިކްޔާލަށް ބަލައިލިއެވެ. “އެހެންތަ.. ދެން އެހެންވިއްޔާ މި ސުވާލަށް ޖަވާބު ދޭން ކެރޭނެތަ؟.. ބައްޕަ ބަލިވީ ކިހިނަކުން..” ނަޔާނީ އުޅުނީ މިކްޔާލުގެ މޫނު މަތީގައި ލިޔެފައި އޮތް އެއްޗެއް ކިޔޭތޯ ހެން މިކްޔާލަށް ހީވިއެވެ. ފުޅާ ހިނިތުންވުމެއް ދިނުމަށްފަހު މިކްޔާލް ނަޔާނީއަށް ބަލައިލިއެވެ.
“ކުއްލިއަކަށް ބައްޕަ އައީޔޯ.. ކަމެއް ދިމާވީތަ؟.. ” ޝައުގުވެރިކަމާއި އެކުގައި މިކްޔާލް އަހާލިއެވެ.
” ކަމެއް ދިމާވިޔަސް ތުއްތު އާއި ބެހޭ ކަމަކަށް ނުވާނެއެއްނު ދޯ.. ” ނަޔާނީގެ އަޑުން ފާޅުވީ ހިތްހަމަ ނުޖެހުމެވެ.
” އަޅޭ ނަޔާ ޕްލީސް.. ކިޔައިދޭ ވަގުތު ޖެހުނީމަ ތުއްތު ކިޔައިދޭނަމޭ.. ވަރަށް ބޮޑަށް ސޮރީ.. މަންމަ ކައިރީ އަހާލާނަން ގެއަށް ގޮސްފަ.. “. މައާފަށް އެދިފައި މިކްޔާލް ހީލިއެވެ.
” ދެން ބައްޕަ ދޯ.. ބައްޕަ ބަލިވީ އޯގަން ފެއިލިޔަރ ގެ ސަބަބުން .. ނަޔާނީ ވަރަށް ކުޑައިރު ދޯ އެއީ.. ބައްޕަގެ ހަނދާންތައް ހުރޭތަ.. ” މިކްޔާލް އެއްސެވެ.
” ފާޑަކަށް އެބަހުރި ބައެއް ހަނދާންތައް.. އަދި އެއެއް ނޫނޭ.. މިއީ ބައްޕަ ދިން ފަށެއް.. ރޫނާ ބުނީ މިއީ އޭލިޔަން ދުނިޔޭގައި ޕަވަރ ބޫސްޓަކަށް ގެންގުޅޭ އެއްޗެކޭ.. ” ނުރުހުން ދޫކޮށްލަމުން ޖިންސްގެ ޖީބަށް އަޅައިގެން ގެންގުޅު ފަށް ނަގައި ދައްކައިލަމުން ނަޔާނީ ކިޔައިދިނެވެ.
“ކީކޭ؟.. ދޮގުނަހަދާ ބުނޭ؟..” ކުއްލި ހައިރާންކަމެއް ލިބިގެން މިކްޔާލް ނަޔާނީގެ އަތުން ފަށް އަތުލިއެވެ.
” އަހަރެން މިއީ ތުއްތުއެއް ނޫނޭ ދޮގުހަދަން..” ނަޔާނީ ތުން އޫކޮށްލަމުން މިކަޔާލަށް ދެލޯއަޅައިލިއެވެ.
“ރޫނާ ބުނީ ހަމަ އަސްލު ކޮށްވެސް ތިހެންތަ؟.. ނަޔާނީ އަކަށް އެކަން ނޭނގޭ ދޯ ކުރިއަކުން…” ދެލޯ ބޮޑުކޮށް ލޮލާއި ކައިރިކޮށް އެއްޗެއް ދިރާސާ ކުރާހެން މިކްޔާލް އެފަށަށް ބެލިއެވެ.
“ތިކަމާއި ބެހޭގޮތުން އެއްވެސް އެއްޗެއް އެނގޭތަ؟..” ނަޔާނީގެ ސުވާލުން މިކްޔާލް ހުއްޓުން ނޭރީ ކިރިޔާއެވެ. “މަންމަ ކައިރީ އަހާލަން ވީނު.. ތުއްތުއަށް ކޯއްޗެއް އެނގޭނީ.. ” ނަޔާނީ އަތަށް ފަށް ދެމުން މިކްޔާލް ނޭނގޭ ކަމަށް ހަދައިލިއެވެ. ނަޔާނީ އަށް އެކަން އެނގުނެވެ. އެހެންނަމަވެސް އަޅައިލާ ހިތެއް ނުވިއެވެ. އެހިޔަސް ވާނެ ކަމެއް ނޯންނާނެކަން އެނގޭތީއެވެ.
ގެއައި އަރައި ހަމަވިއިރު އަރައިގެން އައި އިރުގެ ރަން ދޯދިތަކާއި އެކު ރަށުތެރެ ހަލަބޮލި ވެއްޖެއެވެ. އޭރު ބަދިގޭގައި ނާހިދާ ތަށިތައް ތަޅުވާ އަޑު އިވެއެވެ. ނާހިދާއަށް އަތް ގާތްކޮއްލަދޭން މިޝްކާވީ ނާހިދާގެ ގާތުގައެވެ. ނަޔާނީ އާއި މިކްޔާލް ވަދެގެން އައިތަން ފެނުމުން ސޯފާގައި އިށީދެ ލައިގެން ތިބި ރޫނާ އާއި ރަޔާންއަށް ކޮޅަށް ތެދުވެވުނެވެ.
“އަދި ކިރިޔާދޯ އާދެވުނީ .. “ނަޔާނީ އާއި މިކްޔާލް އަންނަންދެން އިންތިޒާރުގައި ތިބި ރޫނާ އާއި ރަޔާނަށް ހީވީ އެއް ގަރުނު ފާއިތުވެގެން ދިޔަހެންނެވެ. ނަޔާނީ އައިސް ވަރުބަލިވެގެން ސޯފާއަށް ވެއްޓިގަތުމާއިއެކު ބަދިގެ ތެރެއަށް ކަޅިއެއް އެއްލިއެވެ. މިކްޔާލަށް މިމަންޒަރު ފެނުމާއިއެކު ނާހިދާ ހޯދަނީކަން ޔަގީން ކުރާކަށް ދެވަނަ ހެއްކެއް ބޭނުމެއް ނުވިއެވެ. އޭނަ ބިރުގަތީ ނަޔާނީގެ އަތުން ގޯހެއް ހެދިގެން ދެމީހުން ބެދިދާނެތީއެވެ. އެހެން މީހުންނާއި ޚިލާފަށް ނާހިދާއަކީ ނަޔާނީގެ ޝައުގުވެރިކަން ދަމައިގަތް މައުޟޫ އާއި މާބޮޑަށް ހިތާވާ މީހެއް ނޫނެވެ.
“އާން.. ތުއްތު އަކަށް ނޭނގެޔޯ ރަށުތެރޭ ހިނގާކަށްވެސް.. ލަދު ނުގަންނަ އަޖައިބު އަހަރެން ވަނީ.. ” ސޯފާގައި ރަނގަޅަށް ހަމަޖެހި ނުލެވެނީސް ނަޔާނީ މިކްޔާލަށް މަލާމާތް ކޮށްލިއެވެ. “ނާ ތެދެއް..” ބަދިގެއިން ނުކުތް މިޝްކާގެ ނަޒަރު މިކްޔާލަށް ހުއްޓުނެވެ. އޭނަ ހުރީ ހަމަ ރަނގަޅަށް ވެސް ހައިރާން ވެފައެވެ. މިކްޔާލް ކިޔަވަން މާލެ ދިޔަތާ އަދި މިވީ ދޮޅު އަހަރެވެ. އެހައި ކުޑަ މުއްދަތެއްގެ ތެރޭގައި މިކްޔާލަށް އެވަރު ވިއްޔާ ދެތިންއަހަރު ފަހުން ރަށުގެ ވަސް ހަނދާން ހުންނާނެ ކަމެއް ނޭނގެއެވެ.
“އެހެންވެގެން ނަޔާނީ ދިޔައީ މަ ގޮވައިގެން ރަށް ވަށާ ބުރެއްޖަހާލަން.. އަސްލު މަ ދާހިތަކުން ވެސް ނޫނޭ ހުރީ.. ނަޔާނީގަނޑާއި ހެދި ނިދިކޮޅު ވެސް ގެއްލިއްޖެ.. ” އާފުރިލަމުން މިކްޔާލް ހިނގައިގަތީ ކޮޓަރިއަށް ވަންނަން ދާށެވެ.
” އަދި އެއްކަންތައް އެބައިން.. ރޫނާއަށް ހީވޭތަ އަހަންނަށް ދެވިދާނެހެން ތިމީހުންނާއި އެއްކޮށް.. މިބުނީ އޭލިޔަން ދުނިޔެއަށް.. ” ދޮރުގެ ތަޅުގައި ހިފައިގެން ހުރެ މިކްޔާލް އަހާލިއެވެ.
“ހުމްމް.. ދެވިދާނެ.. މަންމަމެންގެ ގާތުގައި މި ބުނެލަނީ އިނގޭ..” ބޯ ޖަހާލުމަށްފަހު ރޫނާ އޭނަގެ އަތުގައި އަޅައިފައި އޮތް ފަށު ފުލުގައި މަޑުމަޑުން ހިފައިލިއެވެ. “ކިހައި އިރަކަށް ރެޑީވާންވީ؟..” ގޮޑިން ތެދުވަމުން ނަޔާނީ މިސްރާބު ޖެހީ އޭނަގެ ކޮޓަރިއަށެވެ. ސިޑި ގިރާކޮއްލުމަށްފަހު މައްޗަށް އެރި ތަނާ ނުވައެއް ޖަހާ އިރަށް ރަނގަޅުވާނެޔޭ ރޫނާ ބުނެލައިފިއެވެ. ބޯ ޖަހާލުމަށްފަހު ނަޔާނީ އޭނާގެ ކޮޓަރިއަށް ވަދެ ދޮރު ލެއްޕުމުން ރޫނާ އޭނާގެ ފިޔަވަޅުތައް ބެހެއްޓީ ސިޓިންގ ރޫމްގެ ބެލްކަންޏަށެވެ. ހެނދުނުގެ ސަޔަށް އަދި ފުދޭވަރަކަށް ވަގުތު ހުރުމާއެކު އޭލިޔަން ދުނިޔެއަށް ދިޔުމުގެ ކުރިން ނިންމަންޖެހޭ ބައެއް ކަންތައްތައް ވެސް އެބަހުއްޓެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.


