”އެއީ…………” ޒޯހަންއަށް ޖުމްލަ ފުރިހަމަނުކޮށް ހުއްޓާލެވުނީ ކުރިމައްޗަށް އެރި މީހަކުފެނުމުންނެވެ.
……………………………………………………..
”ނިންނި? ޒައި? މިތާކިއްކުރަނީ?” ޔަސްނާއާއި އެއްކޮން އެތަނަށް ހުއްޓުނު ޒައިޝާ ފެނުމުން ޒޯހަންއަށް ހައިރާންކަމާއެކު ބުނެވުނެވެ. ޒައިޝާ އަދި ޔަސްނާވެސް ބޭރަށް ނުނިކުންނަތާ މިހާރު މަހެއްވަރުވެދާނެވެ. ޒޯހަން ކިޔައިކިޔައިވެސް ޒައިޝާ އާއި ޔަސްނާވެސް ބޭރަކަށް ނުދެއެވެ.
”ހޫމް. ކިހިނަތްވީ? މީއައުންމަނާ ސަރަހައްދެއްތަ ތިހާ ހައިރާންތިވީ?” އާދައިގެ މަތިން މަޖާރާގެއްގައި ޔަސްނާ އަހާލިއެވެ.
”ނޫނޭ.. މިދޭތެރޭގައި ބޭރަށް ނުނިކުމެ ހުރެފަ ކުއްލިއަކަށް ނުކުތީމަ އަހާލީ.. ހިނގާބަލަ މިހިރަ ކެފޭއަށް މަށާ އެކޮން” ޒޯހަންވެސް ޒައިޝާ ބުނެލިރާގުގަ ބުނެލިއެވެ.
”އޭތް ޒޭން ? މިއީ ކާކު? ޒޭންގެ ފްރެންޑެއްދޯ!” ޒޯހަންގެ ކައިރީގައިހުރި ޔަޒްދާންއަށް އިޝާރާތްކޮށްލަމުން ޔަސްނާ އަހާލިއެވެ.
” ހޫމް.. އޯލްމޯސްޓް ފޮގޮޓް.. މިއީ މަގޭ ބެސްޓީ ޔަޒްދާން.. ދާން މިއީ އަހަރެންގެ ފްރެންޑުން.. މިއީ ޒައިޝާ.. ދެން އެހުރީ ޔަސްނާ.. ޔަޒްދާންއަށާއި ޒައިޝާ އަދި ޔަސްނާއަށްވެސް ޒޯހަން ތައާރަފެއް ދިނެވެ.
”ހާއި.. ނައިސްޓު މީޓްޔޫ ޔަޒްދާން..” ޔަޒްދާންއަށް ސަލާމަށް އަތްދިއްކޮށްލަމުން ޔަސްނާ ބުނެލިއެވެ.
”ނައިސްޓު މީޓްޔޫ ޔަސްނާ.. އޯކޭ ވާނެ ދާން ކިޔަސް ދެންމީ ފްރެންޑްސްއެއްނު..” ޔަސްނާ ދިއްކޮށްލި އަތުގަ ހިފަމުން ޔަޒްދާން ބުނެލިއެވެ.
”ހާއި.. ނައިސްޓު މީޓްޔޫ ޒައިޝާ..” ޒައިޝާއަށް އަތްދިއްކޮށްލަމުން ޔަޒްދާން ބުނެލިއެވެ.
” ނައިސްޓު މީޓްޔޫ މިސްޓަރ..” ޔަޒްދާން ދިއްކޮށްލި އަތުގައި ދަތްކުނޑި ވިކައިގަންނަމުން ހިފުމަށްފަހު ޒައިޝާ ބުނެލިއެވެ.
” ވެެއިޓް.. ޑިޑް ޔޫގައިސް ނޯ އީޗް އަދަރ..” ޒައިޝާ ހުރިގޮތުން ޒައިޝާ އަށާއި ޔަޒްދާންއަށް ބަލައިލަމުން ޔަސްނާ އަހާލިއެވެ.
”މީނަ އައިއްސަ މަގޭގައިގަ ޖެހިގަތީމަ މަ ވެއްޓުނީ.. އެވަރުންވެސް މީނަ މަށާދިމާލަށް ހަޅޭއްލެވީ..” ދަތްކުނޑި ވިކާލަމުން ޒައިޝާ ބުނެލިއެވެ.
ޔަޒްދާންއަށް ޒައިޝާއާއި ދިމާލަށް ބަލަހައްޓައިގެން ހުރެވުނެވެ. ފިޔާތޮށިކުލައިގެ އަތްދިގު ޓީޝާޓަކާއި ފިޔާތޮށި ޖިންސެއްގައި ޒައިޝާ މޫނުމަތީގައި ލުއިމޭކަޕެއްވިއެެވެ. މުށިކުލައިގެ އިސްތަށިގަނޑު ފަހަތަށް އައްސާލާފައިވާއިރު ޒައިޝާ އާއިވަރަށް ގުޅެއެެވެ. ޤުދުރަތުން ޒައިޝާއަށް ލިބިފައިވާ މުށިކުލައިގެ ކަޅިީގެ ސަބަބުން ޒައިޝާ ހީވަނީ ބޭރުކުއްޖެއް ހެންނެވެ.
”ކިހިނަތްވީ ތިބަލަނީ? އަހަރެންގެ މޫނުމަތީގައި އެއްްޗެއް އުނގުޅިފައި ހުރީތަ?” ޔަޒްދާން އެސްފިޔަޖަހާނުލާ ޒައިޝާއަށް ބަލަންހުރުމުން ޒަައިޝާއަށް އަހައިލެވުނެވެ.
”އަމް ނަތިން..” ޔަޒްދާންގެ މޫނުނަތީގައި ޒައިޝާ އަތް ހޫރާލުމާއެކު ސިހިފައި ޔަޒްދާންއަށް ބުނެވުނެވެ. އޭނައަށް މިހުރިހާއިރު މިހުރެވުނީ ޒައިޝާއާއި ދިމާލަށް ބަލަހައްޓައިގެންކަން ޔަޒްދާންއަށް ރޭކާލީދެނެވެ.
ދުވަސްތައް ހަލުވިކަމާއިއެކު ފާއިތުވަމުންގޮސް މިޔަދަކީ އޯލެވެލް އިމްތިހާނުގެ ނަތީޖާހޯދާ ދުވަހެވެ. އެހެންކަމުން ޔަސްނާއާއިއެކު ޒައިޝާވެސް ނަތީޖާބަލައި ދިޔައެވެ.
”މިހާރު މިއޮށް އޯލެވެލްވެސް ނިމުނީ.. ދެން ޒައި ވީނުން ޒާއިންއަށް ޖަވާބެއްދޭން ..” ނަތީޖާހިފައިގެން ގެޔަށްއައި މަގުމަތީގައި ޔަސްނާބުނެލިއެވެ.
”އަދި މިޔަދު ނަތީޖާވެސް މިލިބުނީ.. އަހަރަން ވަގުތު ބޭނުންތިކަމާއި ވިސްނަން.. އަހަރެން މިކަމާއި ވިސްނާފައި ނިންނިގާތުން ހިޔާލެއް ހޯދާނަން އިނގޭ.. ސޯ ޕްލީޒް ނިންނި އަހަރެންވިސްނާފައި ތިވާހަކަ ދައްކަންދެން ނިންނި އިސްވެ ތިވާހަކަ ނުދައްކަފާނަންތަ? އާދޭހުގެ ރާގަކަށް ޔަސްނާކައިރީގައި ޒަައިޝާއަހާލިއެވެ.
”އޯކޭ.. އޯކޭ.. ޒައި ތިހާވަރު ނުކުރިޔަސް އަހަރެން ހުއްޓަފާނަމޭ..” ޔަސްނާ ހިނިތުންވެލަމުން އެހެން ބުނެލިއެވެ.
ޒައިޝާ ނަތީޖާ ހިފައިގެން ގެޔަށްވަނީ އިސްޖަހައިލައިގެންނެވެ. އޭރު ސަނާޔާއާއި އިޔާޒު އުނދޯލީގައި ވާހަކަދައްކަން ތިއްބެވެ. އިސްޖެހިފައިހުރި ޒައިޝާފެނި ސަނާޔާއާއި އިޔާޒު ހީވީ ފައިދަށުން ބިންގަނޑުދެމިގެން ދިޔަހެންނެވެ.
”ދަރިފުޅާ ނަތީޖާ ރަނގަޅުތަ?” ޒައިޝާހުރިގޮތް ފެނި ސަނާޔާއަށް އަހައިލެވުނެވެ. އެއްވެސް އެއްޗެއްނުބުނެ ޒައިޝާ ނަތީޖާދިއްކޮށްލީ އިޔާޒުގެ އަތަށެވެ. އިޔާޒު އަވަސްއަވަހަށް ކަރުދާސްގަނޑުހުޅުވާލާ ބަލާލިއެވެ. އެއާއެކު އިޔާޒުގެ ދެލޯބޮޑުވިއެވެ. އިޔާޒު ތެދުވިގޮތަށް ހިފީޒައިޝާގެ ކަންފަތުގައެވެ.
”ނޫން.. އިޔާޒު ތިހެން ނަހަދާ..” އިޔަޒުގެ އަތް ޒައިޝާގެ ކަންފަތުން ނައްޓުވާލަން މަސައްކަތް ކުރަމުން ސަނާޔާ ބުނެލިއެވެ. އެއާއިއެކު އިޔާޒު އޭނާގެ އަތުގައި އޮތް ކަރުދާސް ގަނޑު ސަނާޔާއަށް ދައްކާލިއެވެ. އެއަށްބަލާލުމާއެކު ސަނާޔާގެ ދެލޯބޮޑުވިއެވެ.
…………………………………………………………..
މިޕާރޓް ނެރުން ލަސްވިކަމަށްޓަކައި ކިޔުންތެރިންގެ ކިބައިން މާފަށްއެދެން .
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.


