Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހިތުގެ ރިހުން (1)

Krystal Level 510 Stories100 Login100 Comments
June 13, 2025 3 Mins Read
0 Comments

ޔުނިވާސިޓީގެ ހަލަބޮލި މާހައުލުގެ ތެރޭގައި ކުދިންތައް ކޮޅު ކޮޅަށް ހިނގަމުން ދިޔައީ ކުލާސްތައް ފެށެން 5 މިނިޓެއް ވެފައިވުމުން ގަޑި ނުޖެހި ކުލާހަށް ވަދެވޭތޯއެވެ. ނޫރާވެސް ހަލުވި ހިންގުމެއްގައި ސިޑިން އަރަމުން ދިއައީ މިއަދު އޮންނަ ޓެސްޓަށް ދަސްކުރުމަށް ފޮތް އަތަށް ލައިގެން ހުރެ ހިތާ ހިތުން ކިޔަވަމުންނެވެ. ކުއްލިއަކަށް ނޫރާގެ ފަހަތުން މީހަކު އައިސް ދަބަހުގައި ހިފާލުމުން އެވަގުތު ނުވިސްނާ ހުރި ނޫރާ ފަހަތަށް ވެއްޓެން ދިޔައެވެ.

“ސާބަސް ޔާސިން.. އަހަރެން ވެއްޓުނު ނަމަޔޯ؟” ބިރުގަނެފައި ހުރި ނޫރާ އޭނާ ރައްޓެހިވެގެން އުޅޭ ޔާސިންއަށް ލޯއަޅާލަމުން ބުނެލިއެވެ.

“ހީވޭތަ އަހަރެން ލޯބި ވެއްޓެން ދޫކޮށްލާނެހެން…” ސަކަ މިޒާޖެއްގައި ޔާސިން ބުނެލިއެވެ. ދެމީހުން އަތުގައި ހިފައިގެން ގޮސް ކުލާހަށް ވަދެ ހަމަ ޖެހިލިއެވެ. ޓެސްޓަށް ގުޑްލަކް ދެމީހުން ދެމީހުންނަށް ކިޔަމުންނެވެ.

*****

” ނޫރާ މާދަން ބަންދެއްނުން ކޮންކަމެއް އޮތީ.. އަހަރެން ތިގެޔަށް ދަންތަ.. މަންމަ ވެސް ނުފެންނަތާ ވަރަށް ދުވަސް ވެއްޖެނުން..” ޓެސްޓް ނިންމާލާފައި ނިކުތް ޔާސިން ނޫރާއަށް ގޮވާލަމުން އަހާލިއެވެ. ނޫރާއާއި ޔާސިންގެ ގުޅުމަކީ ދެފަރާތު އާއިލާއަށްވެސް އެގިގެން ރުހިގެން ކުރިއަށްދާ ގުޅުމެކެވެ. ނޫރާގެ މަންމަ ޔާސިންއަށް ވަރަށް ފޯރި ހުރެއެވެ. ނޫރާ އާއި ޔާސިން ބައްދަލު ކުރަނީ ހަމަ އެކަނި ނޫރާމެން ގޭގައެވެ. ސަބަބަކީ ނޫރާގެ މަންމަ އައިޝާ ނޫރާ ބޭރަށް ގޮސް އުޅެން އެއް ގޮތަކަށްވެސް ހިތްހަމައެއް ނުޖެހެއެވެ. މި ގުޅުމަށް އައިޝާ އާއެކޭ ބުނީ ވެސް މިހެން މި ޝަރުތު ކޮށްފައެވެ.

” އަހަރެން މަންމަ ގާތު އަހާފަ މެސެޖް ކުރާނަން އިނގޭ…” ނޫރާ ބުނެލީ ހިނިތުން ވުމާއެކުގައެވެ.

“އެއްކަލަ ދެ ގުރާ… ދެން ކަލޭމެން ދެމީހުން އިންނަން އުޅޭ..” ނޫރާގެ އެންމެ ގާ އެކުވެރިޔާ ޒުލް ބުނެލީ ނުރާ އާ ޔާސިން މާ ލޯބިން ދެމީހުން ދެމީހުން މޫނަށް ބަލަން ހުރުމުން ޖެއްސުމަށެވެ.

” ތިކަމައިގެން މިހާރު މިއުޅެނީ…” ވިއްދާފައި ޔާސިން ބުނެލިއެވެ. ޔާސިންނާ ނޫރާ އަކީ ޔުނިވާރސިޓީގައި އެންމެ މަޤްބޫލު އެއް ޖޯޑެވެ. ސަބަބަކަށް ވެފައި ވަނީ މި ދެމީހުންނަކީ ވެސް ފަޤީރު އާއިލާއަކުން އައިސްތިބި ދެމީހުންނަށް ވެފައި ޔުނިވާރސިޓީގައި ގަނައީ މުއްސަދިންގެ ދަރިންކަމުންނެވެ. ގަނާ ކުރުމުގެ ބައިވެސް ވަރަށް ބޮޑަށް މި ދެމީހުންނަށް ދިމާވެއެވެ. ނަމަވެސް ޔާސިން އާ ނޫރާ އޭގެ އެއްވެސް ކަމަކަށް ފަރުވާލެއް ނުބަހައްޓައެވެ. ނޫރާ ޤަބޫލު ކުރާ ގޮތުގައި ހަޤީޤީ ލޯބި ވާނަމަ ދިރިއުޅެވޭނެއެވެ. ފައިސާ އަކުން އުފަލެއް ދިރިއުޅުމެއް ނުހޯދޭނެއެވެ.

ނޫރާ ގެއަށް ދިއައީ ޒުލް އާ އެކު ޒުލް ބައްޕަ ކާރުގައެވެ. ޒުލް އަކީ މާލޭގައި ނަން މަޝްހޫރު ވިޔަފާރި ވެރިޔާ މުހަންމައިދީގެ ދޮށީ ދަރިއެވެ. ޔާސިން މަޑުކޮށްގެން ހުރީ އޭނާގެ ރަހުމަތްތެރި ހުޝާމް އަންނަންދެނެވެ. މިހެން ހުއްޓާ މިންހާ ދުވެފައި އަންނަތަން ޔާސިންއަށް ފެނުނެވެ. ޔާސިން ބެލީ އަވަހަށް މިންހާއަށް ފިލޭތޯއެވެ. ނަމަވެސް މިންހާ އެއަށްވުރެ ކުރިން އައިސް ޔާސިންގެ އަތުގައި އޮޅުލައިގަތެވެ. މިންހާ ހުންނަނީ ޔާސިންއާ ހެދި މޮޔަވެފައެވެ. ޔާސިންގެ ރީތި ކަމަކީ ގިނަ އަންހެން ކުދިންނެއް އެ ރީތި ކަމަށް ތައުރީފްކުރާ ފަދަ ޖާދުވީ ރީތިކަމެކެވެ.

“އަހަރެންނަށް ފިލަންތަ ތި ދަނީ.. އަހަރެން ޔާސިން ކޮންމެ ތާކު ހުއްޓަސް ޔާސިން ހޯދާނަން..” މިންހާ ބުނެލިއެވެ. ޔާސިން ކުޑަކޮށް މިންހާއާ ދުރަށް ޖެހިލިއެވެ.

” ދެން އަޅޭ ޔާސިން އަހަރެންގެ ލޯބި ޤަބޫލުކޮށްބަލަ.. ނޫރާ އަކީ ނުލާހިކު ފަޤީރު ކުއްޖެއް.. ޔާސިން އަހަންނާ ގުޅިއްޖެޔާ އަހަރެން ޔާސިން ނުލާހިކު އަރާމުގަ އުފަލުގަ ގެންގުޅޭނަން..” މިންހާ ފަހުރުވެރި ވެލާފައި ބުނެލިއެވެ. މިންހާގެ ބައްޕަގެ މުއްސަދިކަން ފާޅުކުރަމުން ބޮޑާކަން ދެއްކުމަކީ މިންހާގެ ހުނަރެކޭ ބުނެލިޔަސް ދޮގަކަށް ނުވާނެއެވެ.

“މިންހާ ޕްލީސް… އަހަރެން މިހާރު ބުނެފީމެއްނުން އަހަރެން ލޯބިވަނީ ހަމައެކަނި ނޫރާ ދެކެއޭ.. ނޫރާއާ ނުލާ އަހަރެން މޮޔަވެދާނެ…” ޔާސިން އޭނާގެ އިހުސާސްތައް ބަންޑުންކޮށްލިއެވެ. ކުއްލިއަކަށް ޔާސިންގެ ފޯން ރިންގުވާން ފެށިއެވެ. ގުޅަމުން ދިޔައީ އައިޖީއެމްއެޗުންނެވެ.

” އައްސަލާމް އަލައިކުމް… މަރިޔަމް ހަމީދުގެ އެހީތެރިޔާތޯ… މަރިޔަމް ހަމީދުގެ ހާލު ވަރަށް ސީރިއަސް ދެންމެ އައިސީޔޫއަށް ލައިފި… އަވަހަށް ހޮސްޕިޓަލް އަށް ދުރުވޭ.. ޑޮކްޓަރުން ވަނީ އުންމީދު ކަޑާލާފައި..” ޔާސިން އަށް ހީވީ އޭނާގެ ފައި ދަށުން ބިންގަޑު ދިޔަ ހެންނެވެ. މަންމާ އޭ ކިޔާ ރޮއެ ގަނެވުނެވެ. ކާރެއް ލިބޭތޯ އަތް ހޫރަން ފެށިއިރު ޔާސިންއަކަށް ގިސްލަ ގިސްލާފައި ރޮވެމުން ދިޔައެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. ޔާސިންގެ މަންމަ އަކީ އޭނަގެ މަންމަ ވެސް އަދި ބައްޕަވެސް މެއެވެ. އެނާގެ ހުރިހާ ވެސް އެއްޗަކީ އޭނާގެ މަންމައެވެ. ބައްޕައަކާ ނުލާ ބަލާބޮޑުކޮށް ރަގަޅު ތައުލީމަކާ ތަރުބިއްޔަތެއް ވެދޭނީ ވަރަށް ހިތްވަރުގަދަ އަންހެނުންނަށެވެ. ޔާސިންއަށް އޭނާގެ ބައްޕައަކީ ކާކު ކަމެއްވެސް ނޭގެއެވެ. އަދިއަދާ ޖެހެންދެންވެސް ޔާސިންއަށް އިނގޭހާވެސް އެއްޗަކީ އޭނާގެ ބައްޕަ ދުނިޔޭގައި ހުރިކަމެވެ.

ޔާސިންއަށް ހޭވެރިކަންވީ މިންހާ އައިސް ޔާސިން އަތުގައި ހިފައި ކާރަށް އެރުވުމުންނެވެ. ކާރުގެ މިސްރާބު ހުރީ ހޮސްޕިޓަލާ ދިމާލަށެވެ. މިންހާ ޔާސިން އަތުން ދުލެއް ނުކުރެއެވެ. މަޑު މަޑުން ޔާސިންގެ އަތަށް ފިތަމުން ދިޔައީ ހުރިހާ ކަމެއްވެސް ރަގަޅުވާނޭ ބުނާފަދަ ގޮތަކަށެވެ. ކާރު ގޮސް ހޮސްޕިޓަލްގެ އެމެޖެންސީ ފަޅިއަށް މަޑުކޮށްލުމާ އެކު ޔާސިން ދުއްވައިގަތީ އައިސީޔޫ އާ ދިމާލަށެވެ. ދުނިޔެއިން މޮޔަވެފައިވާ މީހެއް ހެން ފަހަރަކު މީހެއް ކައިރީ އައިސީޔޫ ހުރިތަން އަހަމުން ދިޔައެވެ. އައިސީޔޫ ވަންނަން ދިމާ ކުރުމުން އެތާ ހުރި ސެކިއުރިޓީ ޔާސިން ހުއްޓުވިއެވެ. އެވަޤުތު މިންހާ އޭނާގެ އައިލީ ޑަކްޓަރެއް ގޮވައިން އައިސް ޔާސިން އަށް އައިސީޔޫއަށް ވަދެވޭ ގޮތް ހަދައި ދިނެވެ.

ޔާސިން ގޮސް އޭނާގެ މަންމަގެ އެދުކައިރީގައި މަޑު ކޮޑްލިއެވެ. އޮކްސިޖަން ގުޅާފައި އޮތް މަންމަގެ މޫނަށް ބަލާލުމުން އިތުރަށް ކަރުނަ ހިލެން ފެށުނެވެ. މަންމަގެ ކުރަކި އަތުގައި ހިފައި ބާރު ކޮށްލެވުނީ ބޭއިޙްތިޔާރުގައެވެ. އެވަގުތު މަރިޔަމް ލޯ ހުޅުވާ ޔާސިން އަށް ބަލާލިއެވެ. އަދި މަޑު މަޑުން އޮކްސިޖަން މާސްކް ނާގލުމަށްފަހު ބުނެލިއެވެ.

” ދަރިފުޅާ…. ނޫރާ އާ ދުރަށްދޭ… މަންމަގެ ވަރަށް ބޮޑު އެދުމެއް އެއީ.. ދަރިފުޅު ނޫރާއާ ކައިވެނި ނުކުރާތި…” ޔާސިން އަށް ލިބުނީ ކުއްލި ސިހުމެކެވެ. އޭނާގެ މަންމަ މިހެން ބުނަން ޖެހޭ އެއްވެސް ސަބަބެއް އޭނާ އަކަށް ނުވިސްނުނެވެ.

“މަންމާ… ކީއްވެ ތިހެން ތިބުނީ… މަންމަ އަށް ރަގަޅަށް އިނގޭނެ އަހަރެން ނޫރާ ދެކެ ވާ ލޯބި” ޔާސިން ގިސްލަމުން ބުނެލިއެވެ.

” އެކަމުވެސް މަންމަ ބުނާ ބަހެއް ދަރިފުޅު އަހަންޔާ ނޫރާ އާ ދުރަށްދޭ.. އެއީ…” މަރިޔަމް އަށް ބުނެވުނީ މި ވަރަށެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Krystal

Level 510 Stories100 Login100 Comments

Other Articles

Previous

ޒެވިއަން 42

Next

ހިތް ހިގުން އަވަސްވޭ-1

Next
June 13, 2025

ހިތް ހިގުން އަވަސްވޭ-1

Previews
June 13, 2025

ޒެވިއަން 42



All Right Reserved!