
މަޢާފް އެދެމުން 13

“ރިޔާންގެ ކޮއްކޮގެ ހިތަށް މީހަކު ތަދުކޮށްލީ” ރިޔާން ކައިރީ އިށީނދެފައި ރާނިޔާ ބުންޏެވެ. ރީވާއާ މެދު ކަންބޮޑުވެފައި އިނދެ ރާނިޔާ ބުންޏެވެ.
ސިހިފައި ކަހަލަ ގޮތަކަށް ރާނިޔާއަށް ރިޔާން ބަލާލިއެވެ. ހީވީ އެ ބުނި އެއްޗެއް ގަބޫލު ނުކުރެވިފައި އިން ހެނެވެ.
“ކާކު؟” ރިޔާން އަހާލިއެވެ.
“އެއެއް ކީއްކުރަން ރިޔާން ބަލަނީ؟ އެ ކަންތައް ދެން އެ ނިމުނީ. ކާކުތޯ ބަލައިގެން ދެން ކުރާނެ ކަމެއް ނެތް. ދުވަސްކޮޅަކުން ރީވާ ހަނދާން ނެތިދާނެ. އެހެން މީހަކާ ދިމާވެދާނެ” ރާނިޔާ ބުންޏެވެ.
ރިޔާން އެއްޗެއް ނުބުނެ އިން ނަމަވެސް ކޮއްކޮގެ ހިތަށް ތަދުކުރި މީހަކާ މެދު ހިތުގައި ރުޅިވެރިކަން އުފެދެމުން ދިޔައެވެ. އެ މީހަކު އެނގޭ ނަމަ ކިޔާނެ އެއްޗެއްސާ ކުރާނެ ކަންތައް ހިތަށް އަރަމުން ދިޔައެވެ.
“ރިޔާން! ހަމަޖެހިބަލަ!” ރިޔާންގެ ކޮނޑުގައި ފިރުމާލަމުން ރާނިޔާ ބުނީ، ރިޔާންގެ ހިތުގައި ހިނގަމުން ދިޔަ ޚިޔާލުތައް އެނގިގެން ކަހަލައެވެ.
ފުން ނޭވައެއް ލަމުން ރިޔާން ހަމަޖެހިލިއެވެ.
“މަންމަގެ ދަރިންކޮޅު ބޮޑެތި ވެއްޖެ. ދުވަސްކޮޅަކުން ދެން މީހުންނާ އިނދެ، މަންމަ މާމައަކަށް ވެދާނެ. ރިޔާން، ދަރިފުޅު ކޮން އިރަކުން ކައިވެނި ކުރަނީ؟” ވާހަކަ ދައްކަމު…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.