Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ޒެވިއަން 29

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
May 31, 2025 3 Mins Read
7 Comments

އިވެމުން ދިޔައީ މީހެއްގެ ފިޔަވަޅު ތަކެއްގެ އަޑުކަން ޔަގީންވުމުން މާޝާ މަޑުކޮއްލީ އެއީ ކާކުތޯ ބަލާލުމަށެވެ. ކުޑަހިނދުކޮޅެއް ތެރޭގައި އެތަނުން މީހަކު ނުކުތެވެ. އެމީހާއާއި މާޝާ ހަތަރު ކަޅި ހަމަވުމުން މާޝާގެ މުޅި ހަށިގަނޑުން ހީބިހި ނަގައިގަތެވެ. އެމީހާއަށްވެސްވީ އެކަހަލަ ގޮތެކެވެ. އޭނާ އެފެނުނީ ފެނިގެން ނުވާނޭ މީހަކަށެވެ. އޭނާ ދެކޮޅު ބަލާލާފައި މާޝާއާއި ދިމާލަށް ހިނގައިގަތެވެ. އަތުގައި އޮތް ފައިލް ދޫކޮށްލާފައި މާޝާ އުޅުނީ ދުއްވައިގަންނަންށެވެ. ނަމަވެސް…

މާޝާއަށް ދެކޮޅު ބަލާލެވުނީ ފެންނަ ހިސާބުގައި މީހަކު ހުރިތޯއެވެ. ނަމަވެސް ނަސީބުކަން ދިމާކުރި ގޮތުން އެދެމީހުންނޫން އެހެން އެއްވެސް މީހަކު ނެތްކަން އެނގުމުން މާޝާގެ ހިތްތެޅިލީ ނުބައި ގޮތަކަށެވެ. ބޮޑުވެފައިވީ ބަނޑުގައި މާޝާއަށް ފިރުމާލެވުނީ އެތުއްތުފުރާނައަށް ގެއްލުމެއް ނުވޭތޯ ހިތާހިތުން ދުޢާކޮއްލަމުންނެވެ.

ފެންފުޅިތަށް ހިފއިގެން ގެއިން ނިކުން ފާތުން ނުކުތީ ގޭދޮށު ފިހާރައަކަށް ގޮސްލުމަށެވެ. ނެގުނު ރުފިޔާކޮޅު މަދުނޫންތޯ ގުނަމުން ދިޔަ ފާތުންނަށް ކޮންމެވެސް އެއްޗަކަށް އެރިފައި ކައްސާލައިގެން ވެއްޓުނެވެ. “ޕިސް ޕިސް. އަވަސް ކުރަން އުޅެންޔާ ވާނީ މިހެން” ތެދުވެ ފުރަގަހުގައި ހުރި ވެލިތަށް ފުހެލަމުން ފާތުން ޗުސް ތަޅުވާލިއެވެ.

“ޔަގީނޭ ހީވޭ މިވާނީ ސުކޫލު ކުދިންގެ ކަމަކަށްހެން” ފަހަތަށް އެނބުރުނު އިރު ބިންމަތީގައި އޮތް ފައިލު ފެނުމުން ފާތުންއަށް ބުނެވުނެވެ. ނަމަވެސް ފައިލުގައި ހުރި ރިޕޯޓުތަށް ފެނުމުން އެއީ ސުކޫލް ކުއްޖެއް ނޫންކަން ފާތުންނަށް އެނގުނެވެ. “މާޝާ؟ މިއީއެ އާކިން އަންހެނުންނެއްނުން؟ މީނަ ފައިލު މިތާ؟ ކޮބާބާ އޭނަ؟” ފާތުންއަށް ހިތާހިތާ ސުވާލުކޮއްލެވުނެވެ.

“ދައްތާ…އެއީހެއް….” އެވަގުތު އަންހެން ކުއްޖެގެ އަޑު އިވުނެވެ. ފާތުންއަށް ދެފަރާތް ބަލައިލެވުނެވެ. އެވަގުތު ފާތުންގެ ލޮލުގައި ގަސްތަކު ތެރޭގައި އޮތް މާޝާ އަޅައިގަތެވެ.

“ﷲ އަކްބަރު ދަރިފުޅާ ދޫންޏާ ކިހިނެތްވެފަ ތިއޮތީ” ފާތުންއަށް އަވަހަށް ތެޅިގަނެވުނީ މާޝާގެ ހަށިގަނޑުގައިވީ ލަކުނު ތަކާއި ވީދިފައިވީ މާޝާގެ ހެދުން ފެނުމުންނެވެ. “އާ…އާކިން…”ފާތުންގެ މޫނަށް ބަލައިލަމުން މާޝާއަށް ބުނެވުނީ އެހިސާބަށެވެ. ޙަބަރު ހުސްވެގެން މާޝާ ފާތުންގެ އުނގުމައްޗަށް ދެމުނެވެ.

ފާތުންއަށް ކުރާނެކަމެއް ނޭނގިގެން ތެޅިގަނެވުނެވެ. ދެން އޭނާ ހަދާނީވެސް ކިހިނެތްހެއްޔެވެ؟ އާކިންގެ ނަންބަރެއްވެސް ފާތުންއަކަށް ނޭނގެއެވެ. އެހެން ކަމުން ފާތުން ނިންމީ މާޝާ ހޮސްޕިޓަލަށް ގެންދިޔުމަށެވެ.

ހޮސްޕިޓަލަށް ގެންދެވުމާއި އެކު އިމާރްޖެންސީ ރޫމްއަށް މާޝާ ވެއްދުނެވެ. އެކަހަލަ ހާލެއްގައި އޮއްވާ އާކިންއަށް އަންގަން ޖެހޭނެކަން އެނގި ފާތުން ދެން ދިޔައީ ސްޓޭޝަނަށެވެ.

“އައްސަލާމު އަލައިކުމް.. މިތަނުގަ މަސައްކަތް ކުރާ އާކިންއަށް ބައްދަލު ކޮއްލެވިދާނެތޯ؟” ސްޓޭޝަނަށް ވައިން އިރު އެންމެ ފުރަތަމަ ފެނުނު ޕޮލިސް ގާތުގައި ފާތުން އެއްސެވެ. “ތިއީ ކޮންބޭފުޅެއްތޯ؟ މައްސަލައެއް ރިޕޯޓް ކޮއްލަންތޯ؟” އައިން އެއްސެވެ. “ނޫން. އެކޮއެ ހެޔޮނުވާނެ. އާކިންއަށް ގޮވާލަދީބަލަ. އެސޮރު އަންހެނުން..” ފާތުންއަށް އެހިސާބަށް ބުނެވުނު އިރަށް އިވުނީ އާކިންގެ އަޑެވެ.

“މާޝާ؟ މަގޭ މާޝާއަށް ކިހިނެތްވީ؟” ހާސްވެފައި އާކިން އެއްސެވެ. “ނޭނގެ ދަރިފުޅާ. ކޮންމެވެސް މީހަކު އާކިންގެ ކޮއެ މަރައިފި. މަށަށް އޭނަ ފެނުނީވެސް ދައްތަމެންގޭ ކައިރީގައި ހުރި ވަލާ ދިމާލުން. މުޅި މީހާ ލެއިންތަތްތެޅިފަ. މިހާރުވީ ހޮސްޕިޓަލުގަ. އެކޮއެ ހޮސްޕިޓަލަށް ލާފަ ދައްތަ މިއައީ” ފާތުން އެއްނޭވާއިން ކިޔައިދިނެވެ. އެއާއި އެކު އާކިން ދުއްވައިގަތީ ހޮސްޕިޓަލަށެވެ.

“އަޅުގަނޑު މިއީ މާޝާގެ ފިރިމީހާ. ކޮބާތޯ އަޅުގަނޑުގެ އަންހެނުން؟” ހޮސްޕިޓަލަށް ވަދެ ކައުންޓަރު ކައިރީ އިން ކުއްޖާ ގާތުގައި އާކިން އެއްސެވެ. “މާޝާގެ ފިރިމީހާތޯ؟ އާދޭ އަޅުގަނޑާއި އެކު” އެކުއްޖާ ގާތުގައި އިން ނަރުސްކުއްޖާ ބުންޏެވެ.

އެކުއްޖާ އާކިން ގޮވައިގެން ދުރަށް ޖެހިލާފައި ފުންނޭވާއެއް ދޫކޮށްލިއެވެ. “މާޝާގެ ހާލަތު ވަރަށް ކްރިޓިކަލް. ހަމަ ދެންމެ ސީސެކްޝަން ހަދަން އެވެއްދީ. މާޝާއަށް ވަރުގަދަ ޝޮކްއެއް ޖެހުނީ ކަމަށް ބެލެވެނީ. ވީގޮތެއް ބެލުމަށް އަޅުގަނޑުމެން ފުލުހުންގެ ޓީމްއަކަށްވެސް ގުޅަން މިހުރީ މާޝާ ހޭއެރުމުން. ބެލެވޭ ގޮތުންނަމަ ކޮންމެވެސް މީހަކު އޭނާއަށް ކަމެއް ކުރަން އުޅުނީ. މާޝާގެ ހަށިގަނޑުގައި ހުރި ލަކުނުތަށް އެކަމަށް ހެކިވޭ” އެކުއްޖާ ބުންޏެވެ އާކިން ބޯޖަހާލިއެވެ. އަދި މާޝާ ވިހެއުމުން ފުލުހުންގެ ޓީމެއް ގެންނާނެ ކަމަށް އާކިން ބުނެލިއެވެ.

“ބައްޕާ” ފިކުރު ތަކުގައި ގަރަގުވަމުން ދިޔަ އާކިންއަށް ހަމަހޭވެރިކަންވީ މިކިޔަލްގެ އަޑަށެވެ. މިކިޔަލް ގާތުގައި އަވްލީންވެސް ހުއްޓެވެ. “މަންމައަށް ކިހިނެތްވީ؟ މަންމަ އޯކޭތަ؟” މިކިޔަލް އެއްސެވެ. އާކިން ހިނިތުންވެލިއެވެ. “ހާސްނުވޭ އިންޝާ ﷲ މަންމަވެސް ކޮއްކޮވެސް އޯކޭވާނެ” ރޮވިފައިހުރި އަވްލީންގެ ކޮނޑުގައި ފިރުމާލަމުން އާކިން ބުންޏެވެ. އޮޕަރޭޝަން ދޮރު ހުޅުވުމާއި އެކު އާކިން ގޮސް ދޮރު ކުރިމަތީގައި ހުއްޓުނެވެ.

“އަލްހަމްދުލިއްލާހި. އަންހެން ކުއްޖެއް. ދަރިފުޅުގެ ހާލު ރަނގަޅު. ނަމަވެސް ދުވަސްނުފުރާ ވިހެއުމުން ބޭބީ ނާސަރީއަށް ލާން ޖެހޭ އެބަ. އެކަމަކު މާޝާގެ ހާލަތު އެހާ ރަނގަޅެއް ނޫން. ބެލެވޭގޮތުން ނަމަ ވަރަށް ބޮޑު ޝޮކެއްގަ ހުރީ. ނަފްސާނީ ގޮތުންވެސް. ޝީ ނީޑްސް ތެރަޕީ. ބޮޑަށް ވައްތަރުވަނީ އެބިއުޒް ކޭސްއަކަށް. އެއީ ހަމަ ހާސްވެލައިގެން ސީސެކްއަކަށް ނުދާނެތީ. ދެން މާޝާގެ ހަށިގަނޑުގައި ހުރި ލަކުނުތަކުންވެސް” އާކިން ގޮވައިގެން ދުރަށް ޖެހިލަމުން ޑަކްޓަރު ޔޫނާ ބުންޏެވެ.

ދަންވަރުގެ ވަގުތެވެ. ހުރިހާ ޑަކްޓަރުންވެސް ޕޭޝަންޓުންތަކުގެ ހާލަތު ބެލުމަށް ފަހު ރެސްޓިންގ އޭރިއާއަށް ދިޔައެވެ. ވަގުތުގެ ބޭނުން ހިފާ އޭނާ އެތެރެއަށް ވަނެވެ. އައި.ސީ.ޔޫ ދޮރު ހުޅުވާލާފައި އެތެރެއަށް ވައިން އޭނާގެ ދެލޯ ހޯދަމުން ދިޔައީ މާޝާގެ އެނދެވެ. ފަހަރަކު އެނދެއް ގާތުން ގޮސްފައި މާޝާގެ އެނދު ކުރިމަތީގައި ހުއްޓެވުމުން އޭނާގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ.

ޖީބުގައި އޮތް އިންޖެކްޝަންއާއި ބޭސްފުޅި ނަގާ އިންޖެކްޝަން ފުރާ އޭގައި ހުރި އެއްޗެއް އޭނާ އިންޖެކްޝަނުން ފުރާލިއެވެ. އަދި ގާތުގައި ހުރި މާޝާގެ އައިވީ ފުޅިއަށް އޭތީގައި ހުރި އެއްޗެހި ދޫކޮށްލިއެވެ. “ފެނިގެން ނުވާނެ އެއްޗެހި ބަލަން އުޅެންޔާ ވާނީ މިހެން. ހަހަ” އޭނާ މާޝާގެ ދޮން މޫނަށް ބަލައިލަމުން ވިހަ ހިނިތުންވުމަކާއި އެކު ބުންޏެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

ބަދަލް…8

Next

މަޢާފް އެދެމުން 13

Next
June 1, 2025

މަޢާފް އެދެމުން 13

Previews
May 30, 2025

ބަދަލް…8

7 Comments!

  1. shihaamaa ali shihaamaa ali says:
    May 31, 2025 at 3:10 pm

    Salaam,
    Alhugandu midhuvass kolhu balive ulheytheeve 30th vana episode thankolheh lass vedhaane vaahaka hithaamayaai eku bunelan.. And as I said before, I have already finished writing this story but since I am not going to be able to reply to the comments and things i decided to take a little break..I will upload the 30th episode as soon as I am well.. I hope everyone understands.. And Jazaakallah khairan to everyone who commented on the last episode.. I will reply to the comments of last episode and this one as soon as I am well..
    I hope everyone understand, once again I am sorry..
    Love you all 🫶🏻

  2. Shaf_maan says:
    May 31, 2025 at 4:03 pm

    Itz okah shiherr. I understand 🙂
    Mi prt vx vrh reethi Maasha Allah
    Alhey whoo the heck is “EYNAA”
    Maasha ah gothey nuhadhathi plss🙏🙏😭😭😭
    V v curious
    Curious level hama 100 ga
    Hope u’ll upload it soon
    Tc
    Lysm Shiher 💜💜💜

    1. shihaamaa ali shihaamaa ali says:
      June 2, 2025 at 3:06 pm

      jazaakallah khairan
      EYNA aky kaaku kan engeyne 39th vana ep ga hehe
      hehe balamaa dhw
      hehe maash is doing okay hama hehe
      its outttt seee u theree
      ilyt

  3. aanaa says:
    May 31, 2025 at 6:36 pm

    Masha allahh mi partt vs vrh reethiii
    I hate youuuuu EYNAAA
    EYNA e ulheny kurevunu knthah madhuvgn tha….haadhahaa rulhi eba araeyy..plzz maasha ah dhera gotheh nahadhahcheyyy…mi EYNA r hedhi ekakahvs hamajehilaegnh noolheveyyyy….😭😭😭maasha ah dhera gotheh viyya moya vaane😭😭…alhey dhn ethanah rangalhu dhww aakin ah vs vadheven..doc akhviyass…curiously waiting…gwwsss…lyy❤

    1. shihaamaa ali shihaamaa ali says:
      June 2, 2025 at 3:07 pm

      jazaakallah khairan
      EYNA just being EYNA 😭😭😭😭
      alhamdhulihllah i am okay now lytt

  4. darkqueen38 darkqueen38 says:
    May 31, 2025 at 8:21 pm

    Mi part ves varah reethi shihage stories never fails to inspire writers keep on going. Curiously waiting to find out what happened to maash.

    1. shihaamaa ali shihaamaa ali says:
      June 2, 2025 at 3:08 pm

      awwhhhh jazaakallah khairan this comment made me sooo happyyyy 🥹🥹🥹

Comments are closed.

Next Episodeޒެވިއަން 30←


All Right Reserved!