ކަތި ފިޔަވަޅު 9
ކޯޓުގެ މާލަމަށް ވަދެވުމާއި އެކު އަހަރެން އެކޮޅު މިކޮޅު ބަލައިލީ ގޯތި މީހަކު ފެނޭތޯއެވެ. އެއާއެކު އެންމެ ފަހަތު ބަރީގެ ގޮނޑީގައި އިށީނދެ އިން މަންމަ ފެނުނެވެ. އެ ތަނުގައި ރީޝާ ވެސް އިނެވެ. ވަގުތުން އެހެން ފަރާތަކަށް ނަޒަރު ބަދަލުކޮށްލީމެވެ. އެ މީހުންނާއި ކުރިމަތިލާން ނުކެރޭތީ ގަތް ލަދުންނެވެ.
ކޯޓުގައި އަހަރެންނަށް ކުރެވުނު ކޮންމެ ސުވާލަކަށް ތެދުވެރިކަމާއި އެކު ޖަވާބު ދެމުން ދިޔައީމެވެ. އެ އަންހެން މީހާ މަރާލި ގޮތުގެ ފުރިހަމަ ތަފްސީލު ދޭން ފެށުމާއި އެކު އެ އާއިލާގެ މީހުން އަހަރެން ކޮށާ ކުދިކުދި ކޮށްލަން ދިމާލަށް އައެވެ. އެ މީހުން މައިތިރި ކުރެވުނީ ތަނުގެ ސެކިޔުރިޓީގެ އެހީގައެވެ. އެހެނަސް އަރުތެރޭ ލޭރަހަލާވަރުގެ ހަމަލާއެއް މޫނު މައްޗަށް އެރިއެވެ.
އަހަރެން ހުރިހާ ކުށަކަށް އެއްބަސް ވުމުން ޖިންގެ ރުޅި ފާލުން ނެއްޓިއެވެ. އޭނާ އެ ކުށްތައް ނުކުރާ ކަމަށް ބުނެ ދޮގު ވާހަކަ ދެއްކިއެވެ. އަދި އޭނާގެ ބަހުން އަހަރެންނާއި ދިމާލަށް އެތަށް އަވަގުރާނެއް ގޮވިއެވެ. މޫނުމަތިން އެއްވެސް އަސަރެއް ނުދައްކާ އަހަރެން އިނީއެވެ.
އަހަރެންމެން ދެމީހުންގެ މައްޗަށް އިއްވުނީ ވިހި އަހަރު ދުވަހުގެ ޖަލު ޙުކުމެކެވެ. އޭގެ އިތުރުން އަހަރެންނަށް ސަތޭކަ އެތިފަހަރުން ޙައްދު ޖެހުމަށް ވެސް ނިންމުނެވެ. އަހަރެން ފުރަތަމަ ލެވުނީ ގޭބަންދަށެވެ. ވިހަން ދެނެވެ.
އަހަރެމެން އަމިއްލަ ގެއަށް ވަދެވުނީ މަންމަގެ އެތައް އާދޭހެއްގެ ސަބަބުންނެވެ. ބައްޕައާއި ދޮންބެ އަހަރެންނަށް މާފުނުކުރިއެއް ކަމަކު މަންމަ އަހަރެންނަށް މަޢާފު ކުރިއެވެ. މަންމަގެ ލޯބީގެ ފުންކަމާއި މަތިވެރިކަން އިޙްސާސް ކުރެވުނީ އެ ވަގުތެވެ.
ބަނޑުގައި އޮތީ ދެ ވައްތަރުގެ ދެ ކުދިންކަން އެނގުނީ ހަތަރު މަސް ވީ ފަހުންނެވެ. ކެތްތެރިކަމާއި އެކު އެ ކުދިން ދުނިޔެއަށް ނޭވާ ލާނެ ދުވަހަކަށް އިންތިޒާރު ކުރަމުން ދިޔައީމެވެ. އެ މުއްދަތުގެ ތެރޭގައި އަހަރެން ގިނައިން އޮންނަނީ ކޮޓަރީގައެވެ. ދޮންބެގެ މާފު ލިބުނީ ވަރަށް ދުވަހުންނެވެ. އެހެނަސް ބައްޕަ އަދިވެސް އަހަރެންނާއި ދިމާލަށް ބަލަނީ އަލިފާނުގެ ނަޒަރަކުންނެވެ.
ދުވަސްތައް އޮޔާލައި ގޮސް އަހަރެން މިހާރު މި އިނީ ބަނޑަށް ދުވަސް ފުރިފައެވެ. ހަސްފަތާލުގައި އެޑްމިޓް ކުރަން ބުނެވުނީ މިއަންނަ ހޮނިހިރު ދުވަހަށެވެ. އަހަރެން ފޮތެއް ހިފައިގެން އެރޭ ވެސް އިނީ ވާހަކައެއް ލިޔާށެވެ. ނުވައެއް ޖަހަން އުޅެނިކޮށް ބަނޑަށް ތޫނު ތަދެއް އެރިއެވެ. ވަރަށް މަސައްކަތުން އަހަރެން ކޮޓަރިން ނުކުމެ މަންމަ އަށް ގޮވާލީމެވެ.
“އާހް. މަންމާ” އަހަރެން ދެވަނަ ފަހަރަށް ގޮަވާލުމާއި އެކު މަންމަ އައިސްފިއެވެ. އެ ވަގުތު އަހަރެންގެ ހަރުވާޅު ތެމުނު އިޙުސާސް ކުރެވުނެވެ. ބޮލަށް އެނބުރުން އަރާ ގޮތް ވާހެން ހީވުމުން އަހަރެންނަށް ބޮލުގައި އަތް އަޅާލައިފައި ތިރިވެވުނެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.







Hey gurrlll
Lam’s preg? The waah??
I think there might be a hand of reesha’s behind this!! How did they get exposed 🤔
For real, Some real real mums have their love for their children even when they do something stupid..
So now jin is spending his time in the prison right?
I was busy these days getting ready for an annoying readers theater!! Like a waste of time…. well now it’s over! Good 4me.
When next?
Lysssm❤️❤️❤️
Shocking dhww.
Hehe, hama eynage atheh othyma thaa ehen e expose vee.
Yhh, some mothers do heart fully luv their children.
Arn, e golaa jaluga.
Hehe, naseebehnu thiya kamun salaamaiy vikan 😅😅
It’s now uploaded
Shukran Your fav bab ✨✨
Lyt darl 💕💕