ކަތި ފިޔަވަޅު 4
ޖިން ވަކި ހިސާބަކުން ކާރު ހުއްޓާލިއެވެ. އޭނާ އެއިން ފޭބުމުން އަހަރެން ވެސް ފައިބައިފީމެވެ. ކުރިމަތީގައި ހުރި އިމާރާތަށް ނަޒަރު ހުއްޓާލެވުނު އިރު ހިތުގައި ފުނިޖެހިގެން ދިޔައީ ސުވާލުތަކެވެ.
“ކީއްކުރަން ހޮޓެލަކަށް؟” އަހަރެން އެހީމެވެ. އޭނާ އެ ސުވާލަށް ޖަވާބެއް ނުދީ ބުނީ ފަހަތުން އައުމަށެވެ. ދެ ފިކުރެއްގައި ހުރެ އަހަރެން އޭނާގެ ފަހަތުން ދިޔައީމެވެ. އޭނާ އަހަރެން ގެންދިޔައީ ހޮޓެލް ރޫމަކަށެވެ.
“ލޯ މަރާލަބަ.” ޖިން އެދުނެވެ. އަހަރެން މަޑުމަޑުން ދެލޯ މަރާލީމެވެ. ދެން ހީވީ އޭނާ އަހަރެންގެ ކަރުގައި ފަށެއް އެޅުވިހެންނެވެ. ދެލޯ ހުޅުވަން ބުނުމުން އަހަރެން ލޯ ހުޅުވާލީމެވެ. ލޯގަނޑުން އަހަރެންގެ ސޫރަ ފެނުމުން ހިނިތުން ވެލެވުނެވެ. ޖިން އަހަރެންގެ ކަރުގައި އަޅުވައިދިން ފަށް ވަރަށް ރީއްޗެވެ. އޭގެ ފުލުގައިވާ ހިތުގައި އަހަރެން އިނގިލި ހިންގާލީމެވެ. ދެން އޭނާ ބުނީ ކޮޓަރިއަށް ވަނުމަށެވެ. އެތަން ފެނި އަހަރެންނަށް އަނގަމަތީގައި އަތް އަޅާލެވުނެވެ. ހާސްވެގެންނެވެ.
“ޖިން. އަހަރެންނަކަށް ނުކެރޭނެ.” އަހަރެން ފަހަތަށް ފިޔަވަޅެއް އަޅާލީމެވެ. “ހާސްނުވޭ. އައިލް ލީޑް ޔޫ ޓްނައިޓް. ޕްލީޒް. ލެޓްމީ.” އޭނާ ފަހަތުން އަހަރެންގެ މެދު ހަށީގައި ބައްދާލިއެވެ. އަހަރެން މިފަހަރު ވެސް ހުއްދަ ދިނީމެވެ. ޖިން އަހަރެންގެ ތުންފަތް ގައިދު ކޮށްލިއެވެ. އަހަރެންގެ އަތަށް އޭނާގެ ގަމީސް ބޮނޑިކޮށްލެވުނެވެ. އަހަރެންގެ އުނަގަނޑުގައި އަތް އަޅުވާލައިފައި ޖިން ކުރިއަށް ދިޔައެވެ.
“އައިލް ބީ ޖެންޓަލް. ޕްރޮމިސް.” ޖިން އަހަރެންގެ ހެދުމުގެ ޒިބު ކަހާލިއެވެ. އަހަރެން އޭނާ ލައިގެން ހުރި ގަމީސް ބޭލުވީމެވެ. އެއަށްފަހު ދެމީހުންގެ ދެމެދުގައިވީ ހުރިހާ ފަރުދާ އެއް ކެހިގެން ދިޔައެވެ. ޖިންގެ ކޮންމެ ބީހުމަކަށް އަހަރެން ދިޔައީ މަރުހަބާ ކިޔަމުންނެވެ.
ފަރުދާ ފަޮތިގަނޑުން ފުރޭނިގެން އައިސް އިރުގެ އަލި އަހަރެންގެ ލޮލަށް އުނދަގޫ ކުރަން ފެށުމުން ދެލޯ ހުޅުވާލީމެވެ. އަނެއް ފަރާތަށް އެނބުރުނު އިރު ގާތުގައި ޖިން އޮތެވެ. އެއާއެކު ރޭގެ ހަނދާންތައް އައިސް ވަށާލައިފިއެވެ. ތުންފަތުގައި ދަތް އަޅާލަމުން އަހަރެން ޖިންގެ އިސްތަށިގަނޑު ރީތި ކޮށްލީމެވެ. ކަޅި ޖަހާ ނުލާ އޭނާ އަށް ބަލަން އޮވެވުނީ ކީއްވެގެން ކަމެއް ޚުދު އަހަރެންނަކަށް ވެސް ނޭނގެއެވެ.
އަހަރެން ނަޒަރު އެހެން ދިމާއަކަށް ބަދަލުކޮށްލީމެވެ. “ލަމް ބޭބްސް އަހަރެންނަށް ނުގޮވާ އޮތީ ކީއްވެތަ؟ މިއަދު އޮފް ދުވަހެއް ވީމަތަ؟ ނޫނީ ރޭގެ ފޮނި ހަނދާންތައް ޚިޔާލު ކުރަނީތަ؟” ލާނެތް ގޮތަކަށް ޖިން އަހަރެންގެ ކަނދުރާގައި ވަސްގަތެވެ. އަހަރެން ލަދުގަތްވަރުން ދެލޯ މަރާލީމެވެ. އެއާއި އެކު ޖިން އަނެއްކާވެސް އަހަރެންގެ ގައި މައްޗަށް އެރިއެވެ.
“ރޭގަ ވަރަށް އެންޖޯއީ ކުރީމެއްނު. ދެން ހިނގާ ގެއަށް.” އަހަރެން ބުނެލީމެވެ. “ބޭބް. ޕްލީޒް. މިކަހަލަ ދާނެއްގަ ދެން އެހާ ފަސޭހައިން މިކަން ނުކުރެވިދާނޭ. ޖަސްޓް ވަން ލާސްޓް ޓައިމް.” ޖިން އެދުނެވެ. އަހަރެން އެއްޗެކޭ ބުނަންވާ އިރަށް އޭނާ އަހަރެންގެ އަނގަބަންދު ކޮށްލިއެވެ.
“އާހް. ވަރުބަލިވެއްޖެ. ދެން ހުއްޓާލާ.” އަހަރެން ގަޑިއިރެއް ފާއިތުވުމުން ބުނެލީމެވެ. އެއާއެކު ޖިން ތެދުވެއްޖެއެވެ. “އަހަރެން ހޯދައިފިން ގޮތެއް. އެކަމަކު ލަމްގެ ހެލްޕް ބޭނުންވާނެ. އޭރުން އުމުރަށް އަހަރެން ވާނީ ލަމްގެ މީހަކަށް.” ޖިން މިފަހަރު ބުނެލީ ވަރަށް ސީރިޔަސް ރާގެއްގައެވެ.
“މީހަކަށް ބަޓުވިއްޔާއޯ. ޖަލަށް ވެސް ދާން ޖެހިދާނެ.” ޖިން ދެއްކި ވާހަކަތަކުން އަހަރެންނަށް ދެލޯ ބޮޑު ކޮށްލެވިއްޖެއެވެ. “ހާސްނުވޭ. އަހަރެން މި ހުރީނުން. މާދަން އެ ހޯދަދޭންވާނެ. ލަމް އަށް ފަސޭހައިން އެ ތަނަށް ވަނުމުގެ އެކްސެސް ލިބެއެއްނު.” ޖިން ބުނެލިއެވެ.
ޖެހިގެން އައި ދުވަހެވެ. އަހަރެން ހަސްފަތާލުގެ ލެބަށް ވަނީ އަވަސް ވެފައިވާ ހިތަކައިގެންނެވެ. ޖިން ބުނި ޑްރަގް ފުޅި ފެނޭތޯ އަހަރެން އެތަނުގައި ހުރި ތަކެތި ބަހައްޓާ ހަރު ހާވަން ފެށީމެވެ. އިރުއިރުކޮޅާ ދޮރާއި ދިމާއަށް ނަޒަރު ހުއްޓާލެވެނީ މީހެއް އައިސް ވަދެފާނެކަމުގެ ބިރު އޮތީމައެވެ.
ބޭނުންވި ޕެންޑޮބާބިޓަލް ފުޅި ފެނުމުން އަހަރެން އަވަސް އަވަހަށް އެ ނަގައި ދަބަސް ތެރެއަށް ލީމެވެ. އެވަގުތު އިވުނީ ލެބުގެ ދޮރު ހުޅުވާލި އަޑެވެ. އަހަރެންގެ ނޭވާ އަރުތެރޭގައި ތާށިވެގެން ދިޔަ ކަހަލައެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.






