Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އަބަދަށް-17

_MuXo_
_MuXo_ Level 1010 Stories100 Comments100 Login100 Stories500 Login500 Comments
May 30, 2025 3 Mins Read
2 Comments

“މަދެކުނިން އޭނަ ދެންމެ.. ކޮންމެސް ފިރިހެނަކާއެކު.. އަދި ނުދެކޭ ގޮލައެއް..” އރަން އޭނާ އަށް ފެނުނުކަންތަށް ކިޔައިދިނެވެ.

“ފުރަަތަމަ ސީކްރެޓް އޭޖެންޓް.. މިހާރު ފާޑެއްގެ ސޮރެއް.. ވަރުގަދަ ކަމެއްނު..” ޖައިޝް ބުނެލިއެވެ.

“ވެދާނު ކްލާސް ކުއްޖެއްކަމަށް..” އަރަން ހިވާގޮތް ބުނެލިއެވެ. ދެމީހުންވެސް ނިންމައިގެން ތިބީ އެއީ މާހީގެ ކްލާސް ކުއްޖެއްކަމަށެވެ. ނަމަވެސް އަރަންގެ ހިތް ގޮވަމުން ދިޔައީ އެހެން އެއްޗެކެވެ.

*ޕާރްޓް-17*

ކޮލެޖް ނިމުމުން ޒީކް އާއި މާހީ ގެޔަށް އައެވެ. އައިގޮތަށް ފުރަތަމަވެސް ފެންވަރާ ތާޒާވެލައިގެން ފިލާވަޅުތަށް ހެދީއެވެ. އިރުކޮޅަކު ފޮތްކިޔަންވެސް މާހި މަޑުކޮށްލި އެވެ. ފޮތް ކިޔާ ނިމުނުއިރު 5:30 ވެއްޖެވެ. މާހީ ޒަހީނާ އަށް ގުޅާ ލިއެވެ.

“ހެލޯ..” ޒަހީނާ ގޮވާލިއެވެ.

“ކުޑޫ ކިހިނެއް..؟” މާހީ އެދުގައި އޮށޯވެލިއެވެ.

“ރަގަނޅު.. މާހީ ކިހިނެއް..؟ ކައިފިންތަ..؟” ދުވަހުގެ ސުވާލު ބޮޑި އަޅާލިއެވެ.

“އަދި ނުކަން.. ދެންމެ އަދި ފިލާވަޅު ހަދާ ނިމުނީ..” މާހީ ބުނެލި އެވެ.

“ބޮޑު ހަބަރެއް އެބޮތް..” ދުރުން ގޮވާލި އަޑު އިވުނީ ޝީން އެވެ. އެއި މާހީގެ ބޮޑުބޭބެގެ ކުއްޖެކެވެ. ޝީން މާހީ އަށް ވުރެ އެއް އަހަރު ކުޑަވާނެވެ.

“ކޮންހަބަރެއް..؟” މާހީ ޝައުގުވެރިކަމާ އެކު އަހާލިއެވެ.

“ރަންކޮޅާ.. އަހަރެމެންނަށް ކުޑަބެދައްތައެއް ލިބެނީ.. ނުވެސް އަންގާލަ.. މިހާރު ރައްތެހިވެގެން އުޅޭތާ ދެ އަހަރު..” ޝީންގެ ެަޑުގައި ފޯރިހުއްތެވެ.

“އަސްލުތަ.. ނުވެސް ބުނެލަ ވަގަށޭ އުޅެނީ.. މެރީކުރަންވީމަ ބުނީވެސް..” މާހީ ގާތަށް ހިނިއައެވެ.

“އުހުން.. ކުޑަބެ ބުނީ މާހީ އައީމައޯ މެރީކުރާނީ..” ޝީން ބުނެލިއެވެ.މާހީ އަށް އިހްސާސްވީ ބަޔާންކުރަން ދަތި އުފާވެރިކަމެވެ. ޒަހާން އޭނާ އަންނަންދެން ކައިވެނިނުކޮށް މަޑުކުރާތީ އެވެ.

“އައްދޭ، ކުޑަބެ ހާދަ ރަގަނޅޭ ދޯ..؟” މާހީ އިނީ ހިނިތުންވެލައިގެންނެވެ.

“އެހެނެއްނު މިކިޔަނީ.. ހާދަރަގަނޅޭވީ ކުއްލިއަކަށް..” ޝީން މުހާތަބު ކުރީ ޒަހާން އަށެވެ.

“އޭއޭ، ކުޑަބޭ.. ކޮންނަމެކޮ ކިޔަނީ އެކުއްޖާއަށް..؟” މާހީ އަހައިލިއެވެ. ޒަހާން ލަދުން ބޯކަހާލައިފައި ނުބުނާނަން ކަމުގައި ބުންޔެވެ.

“އަލީނާ..” ޒަހީނާ ބުނެލިއަޑު އިވުނެވެ. ހުރިހާ އެއްމެން ފެށީ ހޭށެވެ.

“މަންމާ..” ޒަހާން ދިގުކޮށް ގޮވާލިއެވެ.

“ކުޑޫ ނިކަން ގަދަވާނެ..” ޝީން ބުނެލިއެވެ. ދެން މުޅިންހެން ދެކެވުނީ ޒަހާންގެ ކައިވެނީގެ ވާހަކަ އެވެ. މާހީ ވެސް އޭނާގެ ހިޔާލު ފާޅު ކުރިއެވެ. އެތަށް އިރަކު ވާހކަދައްކާފައި ފޯނުބޭއްވި މަޢްރިބް ނަމާދު ބަންގިގޮވާ ނިމުނު ފަހުންނެވެ. މާހީ ނަމާދު ކޮށްލައިގެން އިށީނީ ކިޔަވާށެވެ.

އަރަން އެދުގައި އޮށޯވެލައިގެން އޮތީރު ވިސްނެމުން ދިޔައީ އަރީޝާ އާއި މެދުއެވެ. އަރީޝާ، ގުޅުމުން ފޯނުނަގަނީކީ ނޫނެވެ. އަރަންގެ ހިތްބިރުގަންނަން ފެށީ މަންމަ އަށް ކަމެށް ވީބާއޭ ހިތަށްއަރަން ފެށުމުންނެވެ. މަންމަ ބިޒީ ކަމުން ފޯނު ނުނެގުނީ ކަމަށް ވާނީ އެވެ. އަރަން ހިތަތް ވިސްނައިދީގެން ސިކުނޑި ހަމައަކަށް އެޅުވިއެވެ. އެހެން އޮވެފައި އަރަން ބޭރަށް ނިކުތީރު ޖައިޝް ކޮންމެސް މީހަކާއި ގުޅައިގެން އޮތެވެ. އަރަން އަޅާނުލާ ގޮސް ކޯންފް؛ޭކްސް އެތިން އެތިކޮޅެއް ނަގައި ކާންފެށި އެވެ. މިގޮތަށް ކުސަނިކޮށް ކެއުމަކީ އަރްންގެ އާދައެކެވެ.

“ލަވްޔޫ.. ފަހުން ގުޅާނަން..” ޖައީޗް ދައްކަމުން ދިޔަ ވާހަކައަށް ސަމާލުކަން ނުދި އިދެފައި އެހެން ބުނި އަޑު އިވުމުން އަރަން ކޮށިނޭރީ ކިރިއާއެވެ. ކެއްސައިލައިފައި ޖައިޝް އާއި ދިމާއަށް ބަލައިލިއިރު އޭނާ އިނީ އަރަން އާއި ދިމާލަށް ބަލާށެވެ.

“ކިހިނެއް ތިވީ..؟” ޖައިޗް ނުވާކަމަށް ހެދިފައި އަހާލިއެވެ.

“ކޮން ލަވްޔޫ ބާޔް..؟” އަރަން ހިނިއައިސް ހުރެ އަހާލިއެވެ.

“އެދެން..” ޖައިޝް ބޮކަހާލި އެވެ.

“ދެން ބޮލުގަ އުކުނުވެސް އަޅާނެ.. ނުވެސް ބުނެލަ ވަގަށޭ އުޅެނީ..” އަރަން އައިސް އިށީނީ ޖެހިގެން ހުރި ސޯފާ ގައެވެ.

“ހޫމް ހޫމް ހޫމް.. ދެންވެސް ބުނެބަލަ ކާކުތަ..؟” އަރަން ޝައުގުވެރިކަމާއި އެކު އަހާލިއެވެ.

“ލަވްޔާ.. އަދި މިވީ އެއްމެ އަށް މަސް..” ޖައިޝް ބުނެލިއެވެ.

“ބަލާބަލަ.. ނުވެސް ބުނެ ހުރީ.. ކިހިނެއް ވީ ކަމެއް..؟” އަރަން އަނެއްކާ ވެސް އަހާލިއެވެ.

“އޭނަ ފުރަތަމަ އިންސްޓާ އިން މެސެޖް ކޮށްފަބުނީ ލައިކް ވާ ވާކަހަ.. ދެން އޭރު މަވެސް ލައިކްްވޭ އޭނަ ދެކެ ސޯ ދެމީހުންވެސް ރައްޓެހިވީ..” ޖައިޝް ކިޔައިދިނެވެ. އަރަން އަޅުވާކިޔަން ފެށިއެވެ. އެކިއެއްޗިހި ކިޔައިގެން ޖެއްސުންކުރި އެވެ.

“ހުންނާނެ ފޯރިއެއްވާ މާހީ މެންނަށް އެނގެއްޖެއްޔާ..” ހުނުމުގެ ތެރެއިން އަރަން ބުނެލިއެވެ. ދެމީހުންވެސް އެތަށް އިރެއް ވަންދެން އެސަކަރާތެއްގައި ތިއްބެވެ.

ބަންދު ދުވަހަކަށް ވުމުން މާހީ ހޭލީ ތަންކޮޅެއް ލަހުންނެވެ. ރީތިވެ ހަދައިގެން ބަދިގެޔަށް ވަނީރު ޒީކް ލިޔެފައި އޮތް ނޯޓް ކޮޅެއް ފެނުނެވެ. މާހީ ގޮސް އޭތި ކިޔާލިއެވެ.

“ޒީކް މިދަނީ ބީއެފްގެ ގެޔަށް ގޮސްލަން.. އޭނަ މަމް އައީމަ މީޓް ވެލަން.. ސޯ އަންނާން މިރޭ.. ހުންނާނެ ޕާން.. ބޭނުމިއްޔާ ސޭންޑް ވިޗްކޮޅެއް ހަދައިލައިގެން ކާލާ.. ހޭވްފަން..” މާހީ އެކިޔާފައި މޫނަށް ކުނިވައްތަރެއް ޖައްސާލި އެވެ. އަދި އޭތި ބޮޑިކޮށްލައިފައި ޑަސްބިނަށް ލިއެވެ.

“ހީވަނީ އިދެގެން އުޅޭ މީހެއްހެން.. އަބަދު އޮންނަނީ އެގޭގަ އަޅާފަ..” މާހީ ކުދިކިޔަމުން ކިޔަމުން ސޭންޑްވިޗް ކޮޅެއްހަދައި ލައިފިއެވެ. ސައިބުއިގެން އައިސް ގޭތެރެ ފޮޅާ އެއްޗިހި ދޮވެހަދައިފައި މެންދުރަށް ނޫޑުލިސް ހަދަން ތައްޔާރު ވެލިއެވެ. ހަމަ އެވަގުތު އޭނާގެ ފޯނު ރިންގްވާން ފެށިއެވެ. ބަލާލީރު ރާޔާ އެވެ. މާހީ ފޯނު ނެގި އެވެ. ރާޔާ އެއް ވާހަކަ އެއް ނުދައްކަ އެވެ. ރާޔާ އިނީ ލަވްޔާގެ ގޭގައި ކަމުން އެދެކުދިން ތިބީ އެއްކޮށެވެ. ލަވްޔާގެ ކޯ ރަތްވެފައި ހުރުމުން އޭނާ އެއިނީ ކޮންމެވެސް ކަމަކާއި ލަދުންކަން އެނގުނެވެ. ރާޔާ އިނީ ހިނިގަނޑު ހިފާއްޓައިލައިގެންނެވެ.

“ކިހިނެއްވީ ހާދަ ލަދުން..؟” މާހީ އަހާލިއެވެ.

“އަހަރެމެންގެ ލަވްޔާ އަށް ލޯބިވެވުނީ..” ރާޔާ ރާގުލައިފައި ކިޔާލިއެވެ. ލަވްޔާ ދޭން ސެކޭ ކިޔައި ހަޅޭލަވައިގަތެވެ.

“ރަްނކޮޅާ.. ކާކު..؟ ކޮންއިރަކު..؟ ކިހިނެއް..؟” މާހީ ސުވާލުތަށް އަމުނާލިއެވެ.

“އަށް މަސް ވެއްޖެޔޮ.. ވަރަށް ލޯބިވެއޯ.. ކައިވެނި ކުރަން ބޭނުމޯ..” ރާޔާ ކަރުކެހިލައިފައި ކިޔައިދިނެވެ.

“އައްދޭ މިހާރު ކަލޭމެން ދެމީހުންނަށް ވެސް މީހަކު ލިބިއްޖެ.. އެކަމު އަހަރެންނަކަށް ނެއިންގެ އުމުރު ހުސްވާއިރުވެސް މީހަކު ލިބޭނެހެނެއް..” މާހި ޖެއްސުމަށް ބުނެލި އެވެ.

“އެހެން ނުވާނެ ކޮންމެސް މާއިލް އެކޭ ކިޔާ ގޮލައަކާ ވާހަކަ ދައްކާ..” ލަވްޔާ ވެސް ދުނުކުރަންވެގެން ބުނެލިއެވެ.

“ހޫން.. ދެން ނުވެސް އަހާނަންތަ ކާކުތޯ އެކޭ..؟” ރާޔާ އެހެން ބުނުމުން ލަވްޔާ އަނެއްކާ ވެސް މޫނުފޮރުވި އެވެ. މާހީ އަވަހަށް ކާކުތޯ އަހާލިއެވެ.

“ޖައިޝް.. ވަރަށް ހިނުކުރާ މީހެއްދޯ..؟” ރާޔާ އެހެން ބުނުމުން މާހީ ހުއްޓުން އެރިއެވެ. ޖައިޝް ވީ ކޮންތާކުކަން ލަވްޔ ާއަށް އެނގޭ ނެއްނޫން ހެއްޔެވެ. ފުރުސަތުގެ ބޭނުން ހިފައި މާހީ އަހާލި އެވެ.

“އެމީހުން އުޅެނީ ކޮންތާކުގަ..؟”

“ސީދާ ބުނިތަނެއް ހަދާނެށް ނެތް އެކަމު ހަމަ މެލޭޝިޔާގަ.. އެނގޭހާވެސް އެއްޗަކީ މާހީ ތިއުޅޭތަނާ ވަރަށް ދުރުކަން..” ލަވްޔާ އޭނާއަށް އެނގޭ ވަރު ބުނެލިއެވެ

މާހީ ހިތަށް އެރިއެވެ. ނަސިބެކެވެ.އެކަމު ފެނިއްޖެއްޔާ ސަލާމަތެއްނެތްކަން ޔަގީނެވެ. އެކަމު ހޯދަން ނުވެސް އުޅެފާނެވެ. ދާހާ ކޮންމެތަނެއް ހޯދިއަސް ހަމަ މާހީ ނުފެނިދާނެ އެވެ. ލިބުނު ހިތްހަމަޖެހުމެއްގެ ބޮޑުކަމުން މާހީގެ ހިނިތުންވުން ފުޅާވިއެވެ.

“ހޫމް ދެން ކޮންދުވަހަކުން ނޯ މެރިކުރަނީ..؟” މާހީ އަހާލީ މަޖަލަކަށެވެ.

“އޭނަ ބުނީ ރަށަށް އަިސް ޖޮބް އެއް ލިބުނީމައޯ..”

“ހާދަ ލަހަކުން.. ތިނިކަން ބަންދަކާ ދިމާކޮށްފަ ރަށަށް އައިސް މެރިކުއްބަލަ.. މަމީނީ ވެޑިން އަކަށް ދާހިތުން މޮޔަވެފަ..” ރާޔާ އެހެން ބުނުމުން މލަވްޔާ ވެސް އެއްޗެކޭ ބުނެލިއެވެ. ދެމީހުން ދެމީހުނަށް ބަހުގެ ހަމަލާތަށް ދެމުން ދިޔައިރު މާހީ އިނީ ހޭށެވެ.

މެންދުރުކައިގެން އައިސް ފިލާވަޅު ހަދަން އިދެފައި ނިދިއަންނަ ގޮތް ވުމުން އަރަން ފޯނު ނެގިއެވެ. އިރުކޮޅަކު އެހެން އޮވެފައި އަރަން އަށް މޮޅު ހިޔާލެއް ލިބުނެވެ. ތުންފަތްމައްޗަށް ވެރިވީ ނުލަފާ ހިންޔެކެވެ. އަރަން ފޯނުގައި ކޮމެންމެވސް އެއްޗެށް ޓައިޕް ކުރަން ފެށިއެވެ.

*ނުނިމޭ*

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

_MuXo_
Follow Me Written By

_MuXo_

Level 1010 Stories100 Comments100 Login100 Stories500 Login500 Comments

Other Articles

Previous

އިންތިޒާރުކުރަމޭ ލޯބިވާތީ…….

Next

ޒެވިއަން 28

Next
May 30, 2025

ޒެވިއަން 28

Previews
May 29, 2025

އިންތިޒާރުކުރަމޭ ލޯބިވާތީ…….

2 Comments!

  1. leeshaa says:
    May 30, 2025 at 10:05 am

    Mi part vx vrh reethi Masha Allah 💗
    jaish vx hingaalaa dhw hehe
    poor aran 😭😭😭
    when next part??
    take care

    1. _MuXo_ _devil_ says:
      May 30, 2025 at 2:04 pm

      Thank you!
      faharehgaa maadhan next part up kohdeveythw balaanan!

Comments are closed.

Next Episodeއަބަދަށް-18←


All Right Reserved!