އަބަދަށް-18
މެންދުރު ކައިގެން އަިސް ފިލާވަޅު ހަދަން އިދެފައި ނިދިއަންނަ ގޮތް ވުމުން އަރަން ފޯނުނެގި އެވެ. އެހެން އޮވެފައި އަރަން އަށް ލިބުނީ މޮޅު ހިޔާލެކެވެ. ތުންފަތްމައްޗަށް ވެރިވީ ނުލަފާ ހިންޔެކެވެ. އރަން ފޯނުގައި ކޮންމެވެސް އެއްޗެއް ޓައިޕް ކުރަން ފެށިއެވެ.
*ޕާރްޓް-18*
ޖައިޝް އިނީ ބަދިގެ ކާމޭޒު ދޮށުގައި ފޯނުހިފައި ގެންނެވެ. އެހެންއިންދައި އަރަންގެ މެސެޖް އެއް އައެވެ. ޖައިޝް ހައިރާންވި އެވެ. ކޮންމެހެން ޗެޓުން ބުނަންޖެހޭ ވާހަކަ އެއް އޮތީ ހެއްޔެވެ. ބަލައިލި އިރު އޭގައި އޮތެވެ.
“ޖައިޝް، އައި ލައިކްޑް ޔޫ ފްރޮމް އަވެރީ ލޯގް ޓައިމް..” އެކީގޮތަށް ޖައިޗް މޫނަށް ވައްތަރެއް ޖައްސާލި އެވެ. ތެދުވެގެން ގޮސް އރަންގެ ކޮތަރިއަށް ވަނެވެ. އަރަން ޖައިޝް އަށް ބަލާލައިފައި ފެށީ ހޭށެވެެ.
“އަޅޭ އަރަން.. އަދިވެސް ތިއުޅުން ދުކޮށްލާކަށް ނުވޭތަ.. މިހާރު ބުނެފިން ދޯ އަހަރެންނެށް އަރަން އަކާއި ގަޔާއެއް ނުވެއޭ..” ޖައިޝް ވެސް ރަޑު ގޮތަކަށް ބުނެލިއެވެ. ސިކުންތު ކޮޅެއް ދެމީހުންދެމީހުންނަށް ބަލަހައްޓައިގެން އިދެވުނެވެ. ދެން ދެމީހުންވެސް ފެށީ ހޭށެވެ.
ދުވަސްތަށް ފާއިތުވަމުން ދިޔައެވެ. މިހާރު ތިން ހަފްތާ ވެއްޖެވެ. މާހީ އާއި މާލެއިލްގެ އެކުވެރިކަން އައީ ބަދަހި ވަމުންނެވެ. އަރަން އަށް ލިޔާ އާއި ހެދި އެތަކެއް އުދަގޫ ތަކާއި ކުރިމަތިލާން ޖެހެ އެވެ. އަބަދުހެން އިންނަނީ ވާހަކަ ދައްކާލާނެ ފުރުސަތެއް ނުލިބިފައެވެ. ޖައިޝް އާއި ލަވްޔާގެ ގުޅުންވެސް ދިޔައީ ދުވަހަކަށް ވުރެ ދުވަހެއް ވަރުގަދަވަމުން ނެވެ.
އެއްދުވަހަކު މާހީ ކޮލެޖް އިން ނުކުމެގެން އަންނަނިކޮށް މާއިލް ދުވެފައި އައެވެ. މިއަދު ޒީކް ނާންނާތީ މާހީ ގެޔަށް ދާންޖެހުނީ އެކަންޏެވެ.
“އެބައޮށް ވާހަކައެއް އަހާލަން ވެފަ..؟” މާއިލް ވަރަށް ޖެހިލުންވެ ހުރެ އަހާލި އެވެ.
“އަހާބަލަ..” މާހީ ޝައުގުވެރި ކަމާއި އެކު އަޑުއަހަން ހުއްޓެވެ.
“މިއަދު އަހަރެންނާއި އެކު ހިގާ ލާން ދާނަންތަ..؟” މާއިލް އިސްތަށިގަނޑު ތެރެއަށް އަތްހިންގާލާމުން އަހާލި އެވެ. މާހީ އުފަލުން އާއެކޭ ބުނެލި އެވެ. މާހީ އަށް އެނގޭހާވެސް އެއްޗަކީ މާއިލް އޭނާއަށް ދެރަގޮތެއް ނަހަދާނެ ކަމެވެ.އެހާ ފަސޭހައިން އެއްބަސް ވެވުނީ ވެސް އެހެންވެ އެވެ. ދެމީހުން އެއްކޮށް ބަހަށް އެރިއެވެ. އެތަކެއް ވާހަކައެއް ދެކެވުނެވެ. އެތަކެއް ސަކަރާތެއްވެސް މެއެވެ.
މާހީ ގެޔަށް ވަނީރު ޒީކް އެއް ނޫޅެއެވެ. މާހީ ނިންމައިގެން ހުރީ އޭނާ އެދިޔައީ ޑަކްޓަރަށް ދައްކަން ކަމުގައެވެ. ނޫނީ އެދިޔައީ އޭނާގެ ލޯބިވެރިޔާ ކައިރިއަށެވެ. ހަވީރު ބޭރަށް ދިޔުމުގެ ކުރިއަށް މާހީ ފިލާވަޅުހަދާ ފޮތް ކިޔެވެ. ދެން ކައިގެން އައިސް ވަނީ ފެންވަރާށެވެ. މާއިލް އާއި އެކީ މިގޮތަށް ބޭރަށްދާ ފުރަތަމަ ފަހަރު ކަމުން މާހީ ބޭނުންވީ އަތުގައި އޮތް އެއްމެ ރީތި ހެދުން ލުމަށެވެ. މާހީ ނެގީ މަޑު މުށިކުލައިގެ މަނިކަށް އަރާ އެދުމެކެވެ. ޝޯލް ވެސް ރީތި ގޮތަކަށް އަޅާލި އެވެ. ފަހެއް ޖަހާއިރަށް ގަޑިކިޔައިފައި އޮތުމުން މާހީ އަވަހަށް ގެއިން ނިކުތެވެ. މާއިލް އޭނާ ބަލާ އަންނާނެ ކަމަށް ބުނުމުން މާހީ އިނީ އިންތިޒާރުގައެވެ. މަގުގެ އެއްފަރާތަށް ބަލަހައްޓައިގެން އިނދެފައި އަނެއްފަރާތަށް އެބުރުނީރު މާއިލް މަޑު ހިގުމެއްގައި އަންނަ ތަން ފެނުނެވެ. އޭނާ ލައިގެން ހުރީ ގަދަ ނޫކުލައިގެ ޓީޝާޓަކާއި ޖިންސް އެކެވެ. އެތޫނު ދެލޯ ދޮރުވާލެވިފައިވަނީ އަޅައިގެން ހުރި އަވިއައިނުންނެވެ. މާހީ އަށް ހުރެވުނީ ހައިރާން ވެފައެވެ. މާއިލް ހާދަހާވާ ރީއްޗެވެ.
“ހެޔް..” މާއިލް އައިސް މާހީ ކައިރީ ހުއްޓި ލަމުންގޮވާލި އެވެ.
“ހެޔް.. ހާދަ ލަސްވީ..” މާހީ ހަންޑި ބަލައިލަމުން ބުނެލި އެވެ.
“ޖެހެ.. އެކުޑަ ކަމެއް ދިމާވީ.. ކޮންތާކަށް ދާނީ..؟” މާއިލް ހިގައިގަންނަމުން ބުނެލި އެވެ.
“މައިންގެ.. މާއިލް ބުނެބަލަ..” މާހީ އަކަށް ދާނެ ތަނެއް ނެއިންގުނެވެ.
“ހިގާދޯ ޕާކަށް..” މާއިލް ބުނެލި އެވެ. ދެމީހުން ވެސް ތިބީ ދައްކާނެ ވާހަކަ އެއްނެއިންގިފަ އެވެ.
ޕާކަށް ދެވުމުން ދެމީހުންވެސް ގޮސް ހުސް ބެންޗެށްގައި އިށީނެވެ. މާއިލް ފުން ނޭވާ އެއް ދޫކޮށްލައިފައި މާހީ އަށް ބަލާލި އެވެ. މާހީ އިނީ ޕާކުގައިތިބި ކުޑަކުދިންނަށް ބަލަހައްޓައިގެންނެވެ. މާހީ ބަލައިލި އިރު މާއިލް ބަލަން އިނުމުން ލަދުގަތެވެ.
“ކިހިނެއްވީ..؟” މާހީ ޖުލައިގައި އެހިއެވެ.
“ހަމަ ނުބުނެ ނުހުރެވޭނެ ދެނެށް..” މާއިލް.ބުނެލި އެވެ.
“ކޯއްޗެއް..؟” މާހީ އަށް ނެއިންގުނެއް ކަމަކު އެވަގުތު އޭނާގެ ހިތުވިންދު އެތަށް ގުނައެއް އަވަސްވެގެން ދިޔައެވެ.
“މާހީ މިއަދު ވަރަށް ރީތި..” މާއިލް ބުނެލި އެވެ. މާހީގެ ހިނިތުންވުން އިތުރަށް ފުޅާވެގެން ދިޔައެވެ.
“ތެންކިއު..” މާހީ ބުނެލި އެވެ.
ދެމީހުންވެސް ހީހީފައި ދެއްކީ ސުކޫލު ދައުރުގެ ވާހަކަ ތަކެވެ.
“މާހީގެ ސްކޫލު ކްރަޝް އެއް ހުރޭތަ..؟” މާއިލް ވާހަކައިގަ ތެރެއިން އަހާލި އެވެ.
“ނޫން.. ނުހުރެ.. ވަޓް އެބައުޓް ޔޫ..؟” މާހީ ޝައުގުވެރި ވެފައި ހުރެ އަހާލިއެވެ.
“އަހަރެން ވަރަށް ލޯބި ވީން ކުއްޖެއްދެކެ.. ދެ އަހަރު ރިލޭޝަންޝިޕް އެއްގަ އުޅެފަ.. ވަކިވާން ޖެހުނީ..” މާއިލް ދުރުބަލާލިއެވެ. މާހީ އަށް މާއިލް އާއި ދޭތެރޭ ހަމްދަރުދީ އުފެދުނެވެ. ވަގުތުން ސޮރީ އެވެސް ބުނެލެވުނީ އެހެންވެ އެވެ. މާއިލް އަނެއްކާވެސް މަޖާވެލައިފައި ވާހަކަ ކުރިއަށް ގެންދިޔައެވެ. މާހީ އަށް ފާހަގަވި ކަމަކީ މާއިލް ވަރަށް ގިނަވާހަކަ މާހީ އަށް ހިއްސާކުރިކަމެވެ. އުފަލުން ބަލާއިރު ހީވަނީ އެތަށް ދުވަސް ވަންދެން ހިނިތުން ނުވެ ހުރި މީހެއްހެން ނެވެ. ވާހަކަ ހުސްނުވާ އެވެ. މާހީ އެއްވެސް ފޫހިކަމެއްނެތި މާއިލް ދައްކަމުން ދިޔަ ވާހަކަ އަޑުއަހަން ހުއްޓެވެ.
އިރު އޮއްސި ހަތެއް ޖެހިފަހުން މާހީ ގެޔަށް އައެވެ. އޭރު ޒީކްވެސް ގޭގައި އުޅެއެވެ. މާހީ ގޮސް ވަނީ ކޮޓަރިއަށެވެ. ލޯގަނޑު ކުރިމަތީ ހުރެ ޝޯލް ބަލައިފައި އަމިއްލަ މީހާއަށް ބަލާލި ވަގުތު ހަދަންވީ މާއިލް އޭނާއަށް ކުރި ތައުރީފެވެ. ޖުލައިގައި އައިސް މޭޒުކައިރީ އިށީނީރަށް ރާޔާ ގުޅަންފެށިއެވެ.
“ހެލޯ.. ކީކޭ ލޯބީ..؟” މާހީ ގޮވާލި އެވެ.
“ކަލޯ މިއޮތް ލަވްޔާއެއް ލޯބީގެ އިޝްގުގަ ޖެހިގެން މޮޔަވަނީ..؟” ރާޔާ ކެމެރާ އިން ލަވްޔާ ދައްކާލިއެވެ. ތެދެކެވެ. އެނދުގައި އިށީންދެލައިގެން ހުރެ ލަވްޔާ ހެނީ އެވެ.
“އެނގޭތަ.. އަހަރެން ބުނީމެއްނު އަހަރެންނާ ދިމާވިއޭ ބޯޔްއެއް.. އޭނަ މިއަދު ބުނީ އައި ވަރަށް ރީއްޗޭ..” މާހީ އެކުދިންނަށް އެވާހަކަ ހިއްސާކުރިއެވެ. ރާޔާ “ހޯހޯ” ގޮވާލި އެވެ.
“ކޮބާ މަ އެކަންޔެއް ނޫނެއްނު މިއުޅެނީ ލޯބީގެ އިޝްގުގަ ޖެހިގެން..” ލަވްޔާ ރާޔާ އާއި ދިމާއަށް އިގިލި ދިއްކޮށްލާފައި ބުނެލި އެވެ.
“ހޫން.. ޓޭކް ދެޓް އޭޒްއެ ސައިން..” ރާޔާ ޖެއްސުމަށް ބުނެލި އެވެ. އެސަކަރާތެއްގައި ތިއްބައި ޒީކް ގޮވާލި އަޑު އިވުނެވެ. ފަހުން ގުޅާނަން ކަމަށް ބުނެ މާހީ ފޯނު ބޭއްވި އެވެ.
“އާދޭ ކާން..” މާހީ ދޮރު ހުޅުވާލުމުން ޒީކް ބުނެލި އެވެ. ބަނޑުހައިވެފައި ހުރުމުން މާހީ ދިޔައީ އެވެ. ޒީކް މިއަދު މަޑުން ހުންނާތީ މާހީ އަށް އުދަގޫވިއެވެ. އެހެންނާ އަނގަ ހުއްޓާ ނުލާ ކުއްޖަކު ހިމޭން ވާނީ ކޮންމެސް ކަމެއް ވެގެން ކަން ޔަގީނެވެ.
“ޒީކް.. ކަމެއްވީތަ..؟” މާހީ އަށް ނުހުރެވިގެނާ އަހާލިއެވެ.
“އުހުން..” ޒީކްގެ ޖަވާބު ކުރެވެ. އެހެންރޭރެ އާއި ޚިލާފަށް މިރޭ މާއަވަހަށް ކައިގެން ޒީކް ކޮޓަރިއަށް ވަނެވެ. ކެއިތަށި ދޮވެ ހަދައިން މާހީ ކޮޓަރިއަށް ވަނީ ލައިބްރެރީ އަށް ދާން ހިތުލައިގެނެވެ.
ކައިގެން ކޮޓަރިއަށް ވަދެ ފޮތް ކިޔަން އުޅެއުޅެ އަރަން އަކަށް ފޮތެއް ނުކިޔުނެވެ. ސިކުނޑި އެތަކެއް ހިޔާލުތަކެއް ކުރަމުން ދެއެވެ. އެންމެފަހުން އަރަން ބޭރަށް ނިކުތީ ސިކުނޑި ތާޒާ ކޮށްލުމަށެވެ. އަރަންގެ މިސްރާބު ހުރީ ލައިބްރެރީ އަށެވެ. މަދުމަދުން ކުދިން ފެނެއެވެ. ފޮތް ހަތެއް ކުރިމަތީ ހުއްޓި ކައިފައި ފަހަރަކު ގޮތެއްގައި އަތުލަމުން އައިސް އޭނާ އިށީނީ އެއްމެ ކައިރީ ހުރި މޭޒުގައެވެ. އަރަން ލައިބްރެރީ ތެރެއަށް ނަޒަރު ހިންގާ ލިއެވެ. ކިޔަވަން އައިސް ތިބި ކުދިން މަދެއްނޫނެވެ. ހަމައެގޮތަށް ލޯބިވެރިން މަޖާކޮށް ކޮށްފައި އުޅޭތަން ފެނެއެވެ. އަރަން ލޮލުގައި އަޅައިގަތީ ބުރުގާ އަޅައިގެން ހުރި ކުއްޖެކެވެ. ހަމަ ފެނުމާއި އެކު އެއީ ކާކުކަން އަރަން އަށް އެނގުނެވެ.
*ނުނިމޭ*
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.






