އަބަދަށް-16
ފޮތް ކިޔާ ނިއްމާލައިފައި މާހީ ނިދާހެދުމަށް ބަދަލް ކޮށްލައިގެން އައިސް އޮށޯތެވެ. އޭރު ގަނޑިން 1:30 އެވެ. ނިދީގެ އަސަރެއް ނެތުމުން ފޯނުހިފައިގެން އޮއްވައި މެސެޖް އެއް އައެވެ. ނުދަންނަ ނަންބަރަކަށް ވުމުން މާހީ އަޅައެއް ނުލިއެވެ. ނަމަވެސް ދެވަނަ މެސެޖް އައުމުން މާހީ މެސެޖް ހުޅުވާލިއެވެ. އޭގައި ވަނީ މީ މާއިލް ކަމަށެވެ. މާހީގެ ތުންފަތް މައްޗަށް ވެރިވީ ހިނިތުންވުމެކެވެ. ވަގުތުން އެއަށް ރިޕްލައި ދީފިއެވެ. ދެމީހުންވެސް އިރުކޮޅަކު ވާހަކަދައްކާ ލައިފައި މާއިލް ނިދިއައި ކަމަށް ބުނެ އޮފްލައިން ވިއެވެ. މާހީ ވެސް އަވަހަށް ނިދޭތޯ އުޅުނެވެ.
*ޕާރްޓް-16*
ކޮލެޖް ތެރެއެވެ. ޒިކް އާއި އެއްކޮށް އައިސްފައިވެސް ވަކި ހިސާބަކުން ވަކިވިއެވެ. މާހީ ފޫހިވެ ހުރެ މަޑުމަޑުން ހިގައިފައި އަންނަނިކޮށް ކުއްޖަކު އޭނާ ސިއްސުވާލިއެވެ. ބަލާލާރިރު މާއިލް އެވެ. މިއަދުވެސް އޭނާ ލައިގެން ހުރި ހުޑީއެކެވެ. ވަރަށް ވެސް ރީއްޗެވެ.
“ހޭޔް.. ކްލާހަށް ދަނީތަ..؟” މާއިލް ޖީބަށް އަތް ޖަހާލިއެވެ.
“ހޫމް.. މާއިލް ތިދަނީ..؟” މާހީ އިނީ ހިނިތުންވެލައިގެން މާއިލް އަށް ބަލާށެވެ.
“އަހަރެންވެސް މިދަނީ ކްލާހަށް..” މާއިލް ޖަވާބުގައި ބުނެލިއެވެ.
ދެމީހުންވެސް އެކުގައި ގޮސް ކްލާހަށް ވަނީރު މާހީގެ މޭޒު ކައިރީގައި އަޔަންޝް ހުއްޓެވެ. މާހީ ފެނުމާއި އެކު އޭނާ އެއްމިޔަކަނަށް ހީލިއެވެ. ނަމަވެސް ފަހަތުން ވައިން މާއިލް ފެނުމާއިއެކު ވަގުތުން އޭނާ އިންނަ މޭޒުދޮށަށް ދިޔައެވެ. ހީވީ ބިރެއްފެނުނު ހެންނެވެ. މާއިލް މިއަދު އައިސް އިށީނީ މާހީ ކައިރީގަ އެވެ. މާހީ އަށް އިހްސާސްވީ ޒީކް އާއި ކިޔާރާ ނޫޅޭވަރަކުން މާއިލް އުޅޭ ކަމެވެ. ފުރަތަމަވެސް އިސްކުރާނީ މާހީ އެވެ. މާއިލް އާއި ދެމީހުން ވާހަކަދައްކަން ތިއްބައި ޕްރޮފެސާ އައެވެ. މާހީ އަވަހަށް ނޯޓް ފޮތް ނަގާ ރެޑީ ވެލިއެވެ.
“ދީފާނަންތަ ގަލަމެއް.. އަހަރެންނެށް މިއަދަކު ނުގެންނަން ޕޯސްގަޑެށް..” މާއިލް އަހާލިއެވެ. މާހީ ބޯޖަހާލައިފައި ގަލަމެއް ދިއްކޮށްލިއެވެ. މާއިލް އޭގައި ހިފިގަޑީގައި މާހީގެ އަތުގައި ޖެހުނެވެ. ދެމިހުންނަށްވެސް އެކަކުއަނެކަކަށް ބަލާލެވުނެވެ. މާހި އަވަހަށް އަތް ދަމައިގަތެވެ.
އަރަން ކްލާހުގައި އިނީރު އޭނާ އިނީ ފުހިވެފައެވެ. ފޮތުގައި އެއްޗެށް ކުރަހަން އިނީރު އިނީ ހިޔާލަކަށް ގެއްލިފައެވެ. ޖައިޝް ގޮވުމުންވެސް އަޑެއްނީވުނެވެ. އަރަންގެ ބޮލުގައި ޖައިޝް ފުއްޓައްކެށް ޖެހިއެވެ. އަރަން ދިޔައީ ސިއްސައިގެންނެވެ.
“ކިހިނެއް ވެފަ..؟” ޖައިޝް އަހާލިއެވެ.
“ކަމެއް ނުވޭ.. ވަރަށް ފޫހި..” އަރަްނ ކުރެހުން ހުއްޓައިލައިފައި ގޮޑީގައި ލެގިލިއެވެ.
ދެމީހުންވެސް ވާހަކަދައްކަން ތިއްބައި އަރަން އާއި ދިމާއަށް ކުއްޖަކު ގަނޑުކޮޅެއް އެއްލިއެވެ. ބަލާލީރު ލިޔާ ހެވިފައި އިނެވެ. އަރަން އެގަނޑުކޮޅު މޭޒުމަތިން ވައްޓާލިއެވެ. ލިޔާގެ މުނުމަތި އެއްކޮށް މިލާމޯޅި ވިއެވެ.
ބްރޭކް ގަޑިކަމުން އަރަން އާއި ޖައިޝް ވެސް ދިޔައީ ކެންޓީނަޝެވެ. ދެމީހުންވެސް ވާހަކަދައްކަމުން އައިސް އިށީނީ މާހީ އާއި މާއިލް ކުރިމަތީ އިން މޭޒުގައެވެ. ނަމަވެސް ދެމީހުއްކުރެ އެކަކަށްވެސް އެކަމެއް ނެއިންގެ އެވެ. އެއަށްތުރެ ދައްކަމުން ދިޔަ ވާހަކައިގެ ފޯރިގަދައެވެ.
“އޭ ބްރޯ.. އެއިނީ ކަލޭގެ އެހެމްއެހެމް..” ޖައިޝް ލޮލުން އިޝާރާތް ކޮށްލިއެވެ. އަރަން ބަލައިލި އިރު އޭނާ އިނީ ސީދާ މާހީ އާއި ކުރިމަތިވާގޮތަށެވެ.
“އޭ ދައްކާ ތިތަން.. ކަލޭ އާދޭ މިތަނަށް..” އަރަން އަވަސް އަވަހަށް ޖައިޝް އިންތަނަށް ދިޔައެވެ. މިފަހަރު ޖައިޝް އިށީނީ މާހީ އާއި ފުރަގަސް ވާގޮތަށެވެ.
“ކަލޭ ހާދަ ބިރުން ތިއުޅެނީ..؟” އެތާ އިން އެހެން ކުއްޖަކު ބުނެލިއެވެ. ކަމެއް ނުވޭ ކަމަށް ބުނެ އަރަން އެވާހަކަ އޮބާލިއެވެ.
އެހެން ތިބީރު މަދުމަދުން ވާހަކަ ދައްކާލައެވެ. މާހީ އެތިކޮޅެއް އަގައަށް ލުމަށްފަހު ވަށައިގެން ހޯދާލިއެވެ. ކުއްލިއަކަށް މާހީ ސިހުނެވެ. އޭނާ އަށް އަރަން ފެނުނުހެން ހީވިއެވެ. ދެވަނަފަހަރަށް ބަލަން ހަދައިގެން “އަރަން” ކައިރީ އިން ކުއްޖައާއި ހެދި ނުފެނުނެވެ. މާހީ ހިތަތް އެރިއެވެ. ޖައިޝް އާއި އަރަން ވެސް މިކޮޅަށް އައި ހެއްޔެވެ؟ އޭނާ އަށް ސަލާމަތެއް ނެތެވެ. ދާހާ ތާކަށް އެބަ އާދެއެވެ.
“ކޯއްޗަކަށް ތިހޯދަނީ..؟” މާއިލް އަށް މާހީގެ ނަޒަރު އެދިމާއަށް ހުއްޓިފައި ހުރުމުން އަހާލިއެވެ.
“ދެންމެ ހީވީ ކުރީގެ ކްލާސްމޭޓް އެއް ފެނުނުހެން އެހެން ވެގެން..” މާހީ ބުނެލިއެވެ.
“ހިގާ ބޭރަށް ގޮސްލަން.. ކައިވެސް ނިމުނީނު..” މާއިލް ތެދުވިއެެވެ. މާހީ ވެސް ތެދުވެފައި ފަސްއެބުރިބަލައިލި އެވެ. ނަމަވެސް އެމޭޒަކު އެކަކުވެސް ނެތެވެ. ދެމީހުންވެސް ބެންޗެއްގައި ތިއްބައި ޒީކް އައެެވެ.
“އާ ފްރެންޑް އެއް ލިބުނީމަ އަހަރެް މަތިނއ ހަދާން ނައްތާލީ ދޯ..؟” ޒީކް އިށީނީ މާހީގެ އާއި ޖެހިގެނެވެ.
” ނޫނޭ އެހެނެށް ނޫން.. ކެފެޓީރިއާ އިންވެސް ޒީކް ނުފެނުނީމަ..” މާހީ އޮޅުންފިލުވައި ދިނެެވެ.
“އެހެންދޯ..؟ މިއައީ ބީއެފް ކައިރިއަށް ގޮސްލާފަ..” ޒީކް ބުނެލިއެވެ.
“މާއިލް ދޯ..؟” އިރުކޮޅެއްގެ ހިމޭންކަމަކަށް ފަހު ޒީކް އަހާލިއެވެ. މާއިލް އާއެކޭ ބުނެލިއެވެ.
“އަހަރެން ވަރަށް އަޑުއަހަމޭ މީހުން މާއިލްގެ ވާހަކަދައްކާ އަޑު..” ޒީކް އެއްވެސް ޖެހިލުމެއްނެތި ބުނެލިއެވެ. މާހީ އަށް ބަލާލެވުނީ މާއިލް އަށެވެ. މާއިލް އިނީ ހަމަވަރަށް ނޯމަލްކޮށެެެވެ.
“އަހަރެންމާ މަޝްހޫރިއްޔާ އަހަރެންގެ ވާހަކަދައްކާނެ ދޯ..؟” ތިންމީހުންވެސް ވާހަކަދައްކައިލަން އެތާތިބީއެވެ.
އަރަން ފާހަނައަށް ދިޔުމުން ޖައިޝް އިނީ އެކަންޔެވެ. އޭނާ ދިޔައީ ފޮނުން މީހަކާއި ޗެޓް ކުރަމުންނެވެ. އެހެން އިންދައި ލިޔާ އައެވެ. ޖައިޝް ވަގުތުން މޫނަށް ކުނިވައްތަރެށް ޖެއްސިއެވެ. ނަމަވެސް ހިތްހަމަނުޖެހުނުކަން ނުދައްކަންވެގެން ގަދަކަމުން ހީލިއެވެ.
“ހެއީ..؟”
“ހާޔް.. ކޮބާ އަރަން..؟” ލިޔާގެ ރާގު ހުރިގޮތުން ހީވަނީ ވަރަށް އަވަސްއަރުވައިލައިފައި ހުރިހެންނެވެ.
“ރެސްޓްރޫމްގަ..”
“އާން އަހަރެން ބުނީ އަރަންގެ ގާރްލް ފްރެންޑް އެއް ހުރޭތަ..؟” ލިޔާ އަހާލި އެވެ.
“އެއީ ކީއްކުރަން..؟” ޖައިޝް އަށް އެނގެ ހުރެ އަހާލިއެވެ.
“އެދެން ހަމައަހާލީ..”
“އާން ހުރޭ..” ޖައިޗް ބުނެލި އެވެ.
“އަސްލުތަ..؟” ލިޔާގެ މޫނުމަތި ކުލައޮތްސުނެވެ.
“އާން..” ޖައިޝް އަށް ލިޔާ އަށް ވިގޮތް ފެނިފަ ހިނިއައެވެ.
ތަންކޮޅެއް ދުރުން އަރަން އަންނަތަން ފެނުމުން ލިޔާ އަވަހަށް ދިޔައެވެ.
“ކޮންއެއްޗެކޭ ކިޔާފަ އެދިޔައީ..؟” އަރަންހުރީ އެނގެން ބޭނުން ވެފައެވެ.
“ކައޭގެ ބިޓެއް ހުރެހޯ..؟ މަ ބުނީ އާއެކޭ..” ޖައިޝް ކިޔައިދިނެވެ.
“މަ ދެކުނިން އޭނަ ދެންމެ.. ކޮންމެސް ފިރިހެނަކާ އެކީގަ.. އަދިނުދެކޭ ގޮލައެއް..” އަރަން އޭނާއަށް ފެނުނުކަންތަށް ކިޔައިދިނެވެ.
“ފުރަތަމަ ސީކްރެޓް އޭޖެންޓް.. މިހާރު ފާދެއްގެ ސޮރެއް.. ވަރުގަދަ ކަމެއްނު..” ޖައިޝް ބުނެލިއެވެ.
“ވެދާނު ކްލާސް ކުއްޖެއްކަމަށް..” އަރަން ހީވިގޮތް ބުނެލި އެވެ. ދެމީހުންވެސް ނިއްމި އެއީ މާހީގެ ކްލާސް ކުއްޖެއްކަމަށެވެ. ނަމަވެސް އަރަންގެ ހިތް ގޮވަމުން ދިޔައީ އެހެން އެއްޗެކެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.







Mi part vx vrh reethi Masha Allah sis 💗
jaish haadha molhey dhw act kuran vx
mihaaru maail dheke vrh foohi vey eba
When next part?
Thank you! I think maail ge hageegai eguneema adimaafuuhivaane hen! varah avahah up kohdevey thw dhw!