ދަތުރު-2
* ދުވަސްތައް އެފަދަގޮތަކަށް ފާއިތުވަމުން ދިޔައެވެ. ގުރޭޑް 7 ގައި އަހަރެންނަށް ޕްރިފެކްޓްކަން ލިބުނެވެ. ނަމަވެސް އަހަރެންގެ ހުރިހާ ޝައުގެއް ކިޔެވުމަށް ހުއަޓޭގޮތެއްނުވި އެވެ. އޭރު ޝަބީނާގެ ތިމާގެ ދެކުދިން، ރާއިފް އާއި ހުޝާމް އަކީ ވެސް އަހަރެންގެ ގާތް އެކުވެރިންނެވެ. އެދެކުދިންނަކީ އެއްވެސް ވަރަކަށް ކިޔަވަން އުޅޭބައެއް ނޫނެވެ. އެދެމީހުން އަބަދުވެސް އަހަރެންނާއި ޝަބީނާ އަށް ވާހަކަދައްކާ ހަދައެވެ. އަހަރެމެންނަށް ޓީޗަރު ކިޔައިދޭ އެއްޗެއް ވެސް ނޭނގެ އެވެ.*
ދުވަސްކޮޅެއްފަހުން ރާއިފް ބުނީ ރާއިމް އަށް އަހަރެން ކަމުދާކަމަށެވެ. އެހެން ގޮތަކަށް ބުނާނަމަ “ކްރަޝް” އެއް އޮންނަ ކަމަށެވެ. އޭނާ އަބަދުވެސް އަހަރެންގެ ވާހަކަ ދައްކާ ކަމަށް ވެސް ބުންޏެވެ. އަދި އެކަން ސްކޫލު ވަރަށް ގިނަ ކުދިންނަށް ވެސް އިނގެ އެވެ.
ރާއިމް އަކީ އަހަރެންނާއި އެއްކުލާހެއްގައި އުޅޭކުއްޖެކެވެ. އަދި ރާއިފް އާއި ހުޝާމް ފަދައިން އަހަރެންގެ އެކުވެރިއެއްވެސް މެއެެވެ.
ރާއިފް އާއި މިޝްޔާ އައް އެކަކު އަނެކަކު ކަމުދާކަން އެއީ އެކަކައްވެސް އާވާހަކައެއް ނޫނެވެ. ނަމަވެސް ރައިފް މިޝްޔާކައިރީ ރައްޓެހިވާން ބޭނުންވާ ވާހަކަ އަހަރެންނާއި ޝަބީނާ ކައިރީ ބުނީ ގުރޭޑް 7 ގެ ފުރަތަމަ ޓާމު ނިމެން ކައިރިވެފައި ވަނިކޮށެވެ. އެކަމަށް އެއްބާރުލުންދީ އެންމެ ބޮޑައް އެހީތެރިވެދިން މީހަކީ އަހަރެންނޭ ބުނެފިނަމަ ދޮގަކަށް ނުވާނެއެެވެ.
ރާއިފް އާއި މިޝްޔާ ރައްޓެހިވެގެން އުޅޭތަން ފެނުމުން އަހަރެން މާ ބޮޑަށް ކުއްޖަކާ ރައްޓެހިވާ ބޭނުންވެއެވެ. “ބޮއި ފްރެންޑް” އެއް އަހަރެން ވެސް ބޭނުން ވިއެވެ. އެއިަުސާސްތައް އަހަރެން ހިއްސާ ކުރީ މިޝްޔާ އަށެވެ. އަހަރެންގެ އިހުސާސްތައް އެންމެ ރަނގަޅަށް ދެނެގަނެވޭނީ އޭނާއަށްހެން ހީވީމެއެވެ.
މަހެއްހާ ދުވަސްފާހުން ރާއިމް އަހަރެން ކައިރީ ރައްޓެހިވާން އެހިއެވެ. އެއީ ސްކޫލުގައި އޮތް ހާއްސަ ޖަލްސާއެއް ނިންމާފަ އެވެ. އޭނާ ދިނީ ގަނޑުކޮޅެއްގައި ލިޔެފައިވެ. އެގަނޑުކޮޅު އަހަރެންނާއި ހަމައަށް ގެނެސްދިނީ ރާއިފް އާއި ހިޝާމް އެވެ. ފުރަތަމަ އަހަރެން އިނީ ހަދާނެ ގޮތެއް ނޭނގިފަ އެވެ. އެންމެފަހުން އަހަރެން އެވާހަކަ ބުނީ މިޝްޔާ ކައިރީގައެވެ.
“ޒީވާ އޭނައާ ރައްޓެހިވޭ. ބަލާބަ އަހަރެންނާ ރާއިފް، ކިހާ ހެޕީކޮށް މިއުޅެނީ” މިޝްޔާ ލަފާދިނެވެ.
“ހަމަ އަސްލު ވެސް ޔެސް ބުނަންވީތަ”. އައި ޑޯންޓް ތިންކް އައިމް ރެޑީ ފޯ އަ ރިލޭޝަންޝިޕް. އަހަރެމެން އަދި މާ ކުޑައެއް ނޫންތަ ކުދިންނާ ރައްތެހިވާން.”
“ޒީވާ ޒީވާ ޒީވާ. މިކަހަލަ ފުރުސަތެއް ލިބޭނީ މަދު ފަހަރަކު. ހުރިހާ ކުދިންތަކު ތެރެއިން ރާއިމް ޒީވާ ޗޫޒް ކުރާނީ ސަބަބެއް އޮވެގެން. ނޫންތަ؟ ޒީވާ ކިހާ ލަކީ. ރާއިމް އެއީ ކިހާ ރަނގަޅު ސޮރެއް.” މިޝްޔާ ބުނަމުން ދިޔައެވެ. ނަމަވެސް އަހަރެންނަކަށް އެއްބަހެން ނުވެވެ އެވެ.
“އެންމެ ފަހަރަކު އާނއެކޭ ބުނީމަ ނިމުނީ އޭ. ތިހާވަރަށް ވިސްނަން މީ ކޮންކަމެއް. ޒީވާ ދޭނެ ޖަވާބެއްގެ އިންތިޒާރުގަ ރާއިމް އެހުންނަނީ.” ރާއިފް ވެސް އަހަރެން އެއްބަސް ކުރުވަން މަސެއްކަތް ކުރަމުން ދިޔައެވެ. އަހަރެންގެ އެދުމަށް މިކަން އޮތީ ޝަބީނާ އަށް ސިއްރުކުރެވިފަ އެވެ.
ހަފްތާއެއް ފަހުން އަހަރެން ރާއިމް އާއި ރައްޓެހިވާން އެއްބަސް ވީމެވެ. އެކަމަ އެންމެ އުފާވީ ހިޝަމް އެވެ. ކީއްވެ ކަމެއް އެކަކަށް ވެސް ނޭނގެ އެވެ.
އަހަރެން ހީކުރީ ރާއިމް އާއި ރައްޓެހި ވެގެން އަހަރެން އުޅޭނީ ވަރަށް އުފަލުގައި ކަމަށެވެ. އޭނަ އަބަދުވެސް އަހަރެންގެ ހާލު އަހައެވެ. ނަމަވެސް އޭނާ އެހެން މީހުން ކުރިމަތި އަހަރެންނަކާ ވަހަކަ އެއް ނުދައްކަ އެވެ. އެހެންކަމުން ދެން ވާހަކަ ދެއްކީ ގަނޑުކޮޅުގައި ލިޔެގެންނެވެ. ނަމަވެސް އަހަރެމެން ދެމީހުންގެ ދެމެދު ދައްކާނެ މާގިނަ ވާހަކަ ތަކެށް ނުހުރެ އެވެ. މިހެން އުޅުމުގެ ތެރެއިން ކިތަންމެ ފަހަރަކު ޓީޗަރުން އަތަށް ގަނޑުކޮޅު އަރައެވެ. އަހަރެމެން ކުލާހުގައި އުޅޭ ޖައުހަރު އަހަރެމެން ދެމީހުންނަށް އުނދަގޫކޮށް އެފަދަ ގަނޑުކޮޅުތައް އަތުލާތީއެވެ.
ޖައުހަރަކީ އަހަރެންނަށް ވަރަށް ޖެއްސުންކުރާ ކުއްޖެކެވެ. ފަހުންފަހުން އައިސް އޭނާ އަހަރެންގެ ގަޔަށް އަތްލަން މަސައްކަތް ކުރެއެވެ. އެކަމާ ހުރެ ވަރަށް ގިނައިން ރާއިމް އާއި ޖައުހަރު ކުލާސްތެރޭގައި ތަޅައިގަނެ އެވެ. އެއްދުވަހަކު އަހަރެން ފިލާވަޅު ހަދަން އިންދައި ޖައުހަރު ދަމުން ދިޔައީ އަހަރެންގެ ކޮޑުގައި މަޑުމަޑުން ޖަހައިލައިފަ އެވެ. އަހަރެން އިނީ ވަރަށް އުނދަގޫ ވެފައެވެ. އެކަން އިނގުނީ ޝައިމް އަށެވެ. އޭނާ ރުޅިއައިސްގެން ޖައުހަރު ގައިގައި ވަރަށް ބާރަށް ޖެހިއެވެ. އަދި އަހަރެންނާއި ކައިރިވއލި ނަމަވެސް އޭނާ ގައިގައި ތަޅައިގަންނާނެ ކަމަށް ބުނެ އިންޒާރު ދިނެވެ.
އަކީ އަހަރެންގެ ގާތް އެކުވެރިއެކެވެ. ދުރުތާ ތިމާގެ މީހެއް ވެސް މެއެވެ. އަހަރެން ޝައިމް އާއި ވަހަކަ ދައްކާތީ ރާއިމް އެކަމަކާ ހިތްހަމައެއްނުޖެހެ އެވެ. ޝައިމް އަކީ ހުރިހާ އަންހެން ކުދިން ފަހަތުން ދުވާ މީހެކޭ ބުނެއެވެ. އަހަރެން މަދުމަދުން ނަމަވެސް ޝައިމް އާއި ވާހަކަ ދައްކަނީ ތިމާގެ މީހަކަށް ވާތީކަން އަހަރެން ރާއިމް އަށް ވިސްނައިދޭން މަސައްކަތް ކުރީމެވެ.
-ނުނިމޭ-
*މި ޕާޓް ކިޔުންތެރިންނާއި ހަމައަށް ގެނެސްދިނުމުގައި ލަސްތަކެއް ކުރިމަތިވި ކަމައްޓަކައި ވަރަށް ބޮޑަށް މަޢާފަށް އެދެން.*
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.


