
މަޢާފް އެދެމުން 11

“އޯހ ގޯޑް!” އެއް އަތުން ނިތްކުރީގައި ފިރުމާލަމުން އާރިޝްއަށް ބުނެވުނެވެ.
“އާރިޝް…” ރީވާ ގޮވާލި އަޑަށް އާރިޝް އަތް ތިރިކޮށް ރީވާއަށް ބަލާލިއެވެ.
އާރިޝްއާ ކައިރިއަށް ރީވާ ފިޔަވަޅެއް އަޅާލިއެވެ.
“ރީވާ، އައި… އައި… އައި ހޭވް ޓު ގޯ، އައިމް ސޮރީ!” ފަހަތަށް ޖެހިލަމުން ބުނާނެ އެއްޗެއް ދުލަށް ނައިސްގެން އުޅޭ މީހެއް ހެން އިރުކޮޅަކު ހުރެފައި އެހެން ބުނަމުން މަޑުނުކޮށް އާރިޝް ނިކުތެވެ.
އާރިޝް ދިޔުމުން ރީވާ އެނދުގައި އިށީނެވެ. ކަންތައް ވީ ގޮތް ގަބޫލު ކުރަން ރީވާއަށް ދަތިވިއެވެ. ދެންމެ އެދެމެދުގައި އެ ވީ ކަންތަކުގައި ދެމީހުން އެއް ވަރަށް ހިއްސާވިއެވެ. އެ ވަގުތު އާރިޝްވެސް ރީވާއަށް ބޭނުންވި ކަން ރީވާއަށް ޔަގީންވެއެވެ. ނަމަވެސް އެ ކޮޓަރިން ނިކުމެގެން ދިޔަ ވަގުތު އާރިޝްގެ ފަރާތުން ފެނުނު ހާސްކަން ދޭހަ ކުރާކަށް ރީވާއަކަށް ނޭނގުނެވެ. އާރިޝް ހީވީ ކުރެވުނު ކަންތަކާ އަމިއްލަ ނަފްސު ދެކެ ރުޅިއައިސްފައި ހުރި ހެންނެވެ.
އެ ދެމެދުގައި އެފަދަ ގުޅުމެއް ވުމަށް އާރިޝް ބޭނުން ނުވަނީ ހެއްޔެވެ؟
އާރިޝް ނިކުތުމުން ފަހަތުން ރީވާ ނިކުމެ ދޮރު ހުޅުވިއެވެ.
ދޮރުމަތީ ތިބީ ސަލަފްއާ ނާބިތުއެވެ. އެ މީހުން ވަން އިރު އާރިޝް ސޯފާގައި…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.