Skip to content
އެސްފިޔަ

ހިތް އެދެ ޔާރާ ތިއޭ – 08

މައިރީން ލެޕްޓޮޕްއިން އެ ކޭސްއާ ބެހޭ މައުލޫމާތެއް ހޯދަން އުޅޭ އިރަށް ‘ފައިލް ނޮޓް ފައުންޑް’ އަރަން ފެށީއެވެ. އެވަގުތު މައިރީންގެ ފޯނަށް މެސެޖްއެއް އައިސްފިކަމަށް ނޯޓިފިކޭޝަންއިން އަންގައިދިނެވެ.

“ނައިސް ޓްރައި ޓައިނީ ޕާރވާޓް..” އެނޮނިމަސް ނަންބަރަކުން މައިރީންއަށް ފޮނުވި މެސެޖްގައިވިއެވެ. އެއާއެކު މައިރީންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. “ކައިލް؟” ދަތްކުނޑިވިކައިލަމުން މައިރީންއަށް ބުނެވުނެވެ.

***ޕާޓް 08**

އޮފީސް ގޮޑީގައިއިން ކައިލްގެ ތުންފަތުގެ އެއްކަނުން އަނެއް ކަނަށް ދެމިލައިފައި ވަނީ ލާނެތް ހިނިތުންވުމެކެވެ. އެއްމިޔަކަނުން ހީލައިގެން ކައިލް އޭނަގެ ފިރެހެންވަންތަ ހަށިގަނޑު ގޮޑީގެ ތެރެއަށް ދޫކޮށްލިއެވެ. މޭޒުމަތީގައި އޮތް ފޯނު ދިއްލުމުން ކައިލް އެހެން އިދެ ފޯނު ބަލައިލިއެވެ. ނޮޓިފިކޭޝަންއަށް އަރައިފައި އޮތީ ‘ޓައިނީ ޕަވާޓް’ގެ ނަމުން ސޭވްކޮށްފައިއިން ނަންބަރުންކޮށްފައި އިން މެސެޖެކެވެ. “ވަޓް ޑޫ ޔޫ ވާންޓް؟ އައިމް ޓްރައިން ޓު ހެލްޕް ޔޫ.. ސްޓޮޕް ސެބެޓޯޖިން މީ!” އެ މެސެޖް ފެނުމުން ކައިލް ކަޅި އަބުރައިލިއެވެ. “ސްޓޮޕް ޓްރައިން ޓު ހެލްޕް ދެން މިސް ޓައިނީ ޕާރވާޓް..” އެހެން ޖަހާފައި މެސެޖްގެ ރިޕްލައި ފޮނުވައިލުމަށްފަހު ކައިލް ފުން ނޭވާއެއް ދޫކޮށްލިއެވެ. މައިރީންގެ ލެޕްޓޮޕް ހެކްކޮށްފައިވުމުން މައިރީން ހޯދާފައިވާ ލިޔެ ކިޔުންތައް ވަނީ އޭނަގެ ލެޕްޓޮޕަށް އައިސްފައެވެ.

ލެޕްޓޮޕްގައި ހުރި ނޫސް ބަޔާންތަކާއި އޭރު ފުލުހުން ކިޔާރާގެ ކޭސް ކުރިއަށް ގެންގޮސްފައިވީ ގޮތް އޭނަ ބަލަން ފެށިއެވެ. އެހެން ބަލަމުން ދިޔަ އިރު އަމިއްލަ ލޭ ހޫނުވާ އިހްސާސެއް ކައިލްއަށް ކުރެވުނެވެ. ކޭސްއާއި ހަވާލުވެގެން ހުރި އޮފިސާރ އަދި ލޯޔަރުގެ އެތަކެއް އިހްމާލުތައް ފެންނަން ކޭސް ރިޕޯޓްގައި އޮތެވެ. ބޯހަމަޖައްސާލުމަށްޓަކައި ކައިލް އޭނަގެ ކެބިންއިން ނިކުމެ މަޔާންގެ ކެބިންއަށް ދިޔައެވެ. މަޔާންގެ ކެބިންގެ ކައިރީ ހުއްޓުމަށްފަހު ޓަކި ޖަހައިލިއެވެ. މަޔާން ވަންނާށޭ ބުނުމުން ކައިލް ދޮރު ހުޅުވައި ކެބިން ތެރެއަށް ވަދުނެވެ. އޭރު މަޔާން އާއި އާހިލް ކެބިން ތެރޭގައި ބައިވަރު ޕޭޕަރުތަކެއް ބަލަން ތިއްބެވެ. “ކައިލް ކިހިނެއްވީ؟” މަޔާން ހިނިތުންވެލަމުން އަހައިލިއެވެ. އެވަގުތު މައިރީންގެ ވާހަކަ މަޔާން ކައިރީ ބުނަންވީބާއޭ ނޫނީ އެ ވާހަކަ ނުބުނެ ބަހައްޓަންވީބާއޭ އޭނަގެ ހިތައްއެރިއެވެ. “ކަމެއް ނުވެ.. ދެމީހުން ކީއްކޮށްލަނީ؟” އެންމެފަހުން އެވާހަކަ ބަހައްޓާފައި ކައިލް ސުވާލުކޮށްލިއެވެ.

ކައިލް އެހެން އެހުމުން މަޔާން ފުން ނޭވާއެއް ދޫކޮށްލިއެވެ. “އަހަރެމެން މި ވާހަކަ ދައްކަނީ ރާކިންއާ ބެހޭ ގޮތުން.. އެއީ އަހަރެމެންގެ ވަރަށް ގާތް އެކުވެރިއެއް.. ރާކިން މަސައްކަތް ކުރީ އަންޑަކަވާއެއް ގޮތަށް މަސްތުވާތަކެތި ރާއްޖެ އެތެރެކުރާ މީހުން ހުއްޓުވަން.. އެކަމަކު އޭނަ ކިޑްނެޕްވީ.. އޭނަގެ ހަށިގަނޑު ނުފެންނަތާ ހަވަރަކަށް މަސް ފަހުން ލަންކާ ޕޮލިހުން ގުޅާފަ ބުނީ ރާކިންގެ ހަށިގަނޑު މީހާގެ ސިފަ ވަކި ނުވާ ވަރަށް އަނދާފައި އޮތް ވާހަކަ.. އަހަރެމެންނަށް ފޮޓޯތައް ފޮނުވި.. އެއިން ކިރިޔާ އިންސާނެއްގެ ސިފަ ވަކިވާކަން..” މާޔޫސްވެ އިނދެ މަޔާން ބުންޏެވެ.

ކައިލްގެ ހަށިގަނޑުން ހީބިހި ނަގައިގެން ދިޔައެވެ. “ކިހިނެތް އިނގެނީ އެއީ އަސްލުވެސް ރާކިންކަން؟” ކައިލް ވިސްނާލުމަށްފަހު ސުވާލުކޮށްލިއެވެ. “ލަންކާ ޕޮލިހުންގެ ޓާސްކް ފޯސްއެއް އެތާ ޖަންގަލީގެ ބައިތައް ބަލާ ފާސްކުރަން ފެށީ މިކޮޅުން މީހަކު ގެއްލިގެން އުޅޭ ވާހަކަ ބުނީމަ.. އެކޮޅުން ގޭންގެއްގެ އަތްދޮށުގަ ކަމަށް އަހަރަމެންނަށް އެނގުން އޭނަ ހުރީ.. އެއީ ވަރަށް ނުރައްކާތެރި ގޭންގެއް.. އަނެއްހެން ބުނަންޏާ އެ ގޭންގު މީހުންނާ ރާކިން އަންޑަކަވާއެއް ގޮތުގައި މަސައްކަތްކުރަން ވަތް ގޭންގުގެ މީހުންނަކީ އެއްބަޔެއް.. ދެން އެތާ ޕޮލިހުން ޖަންގަލި ފާސް ކުރަނިކޮށް ފެނުނީ ރާކިންގެ ލޭ ހުރި ޗޭނާ، ބެލެވޭ ގޮތުގައި އަމިއްލަ ރައްކަލަށް ރާކިން ހިފައިގެން ހުރި ވަޅިއެއް އެތާ ކައިރިން… ކޮންމެސް ބާރުގަދަ އެއްޗެއް މީހެއްގެ ހަށިގަނޑުގައި ޖެހުމުން ވިއްސައިގެން ގޮސް ގަހެއްގަ ޖެހުމުން ގަހުގައި ލޭހުންނާނެ ގޮތަށް ރާކިންގެ ޑިއެންއޭ ގަހަކުން ފެނުން.. ދެން އެތާ ކައިރިން ފެނުނީ ފިހިފަ އޮތް މީހެއް އެމީހަކީ ރާކިން.. ބޮޑަށް ބެލެވެނީ ފަހުން ވިޔަސް އެ ގޭންގު ބަޔަކު އައިސްފަ އަލިފާން ޖެހިއްޔޭ ހެކި ނައްތާލަން..” އާހިލް އޭނަގެ ލެޕުން އެވިޑެންސްގެ ގޮތުގައި ނަގާފައި ހުރި ފޮޓޮއަކަށް ފަހު ފޮޓޮއެއް ދައްކަމުން ކައިލްއަށް ކިޔައިދިނެވެ.

އާހިލްގެ ވާހަކަ ނިމުންއިރު ކައިލްގެ ދެލޯ ހުރީ ދެ ކާށި ފަދައިން ބޮޑުވެފައެވެ. އޭނަގެ މެޔަށް ހުރީ ފާޑެއްގެ ހޫނެއް ވެސް އަރާފައެވެ. ޕޮލިހެއް ނަމަވެސް އޭނަގެ ނިތުން ފިނި ދަލެއް ހިއްލައިގަތެވެ. “އެއީ އިންސާނުންތަ އަޅެފަހެ.. އެކަމަކު މަޑޫކޮށްބަލަ.. ފިހިފަ އޮތް މީހަކީ ރާކިންކަން ޔަގީންތަ؟ ޑީއެންއޭ ކޮމްފާރމް ކުރިންތަ؟ ކޮން ގޭންގެއްތަ އެއީ؟” ކައިލް އަހައިލިއެވެ. “ޔެސް ކޮމްފާރމް ކުރިން.. ރާކިންގެ ބޮޑީ އޮތީ ވަރަށް ބޮޑަށް ފިހިފަ އޯރް ލެޓަސް ސޭ ފިއްސާލާފައޭ.. ފިންގަރ ޕްރިންޓްއެއް ނެތް ހޯދޭކަށް، ޑެންޓަލް ރެކޯޑްއެއްވެސް ނެތް.. ހަށިގަނޑުގައި ހުރި ޓިޝޫތައް ހުރީ ހަލާކުވެފަ.. ވީ ކުޑް އޮންލީ ރިލޭ އޮން އެކްސްޓާރނަލް ސޯރސެސް ލައިކް އެތާ ކައިރިން ފެނުނު ލޭ..” މަޔާން ރިޕޯޓް ބަލަމުން ކިޔައިދިނެވެ.

ކައިލް ކުރި އެންމެ ފަހު ސުވާލަށް އާހިލް ޖަވާބު ދޭން ފެށިއެވެ. “ކޮންމެސް ޝެޑޯ ގޭންގެކޭ ކިޔަނީ.. ހިޔަނި ގޭންގޭވެސް ކިޔާ ދިވެހިން ދެން.. އަހަރެން އަޑުއެހިން ފުލުހުންގެ ބަޔަކާ ކޮންމެސް އެހެން ބަޔަކާއިއެކު ބްލަޑް މާފިޔާއޭ ކިޔުނު ގޭންގެއްގެ ބޮޑުން ޖަލަށްލާ ހުކުމް ކުރި ވާހަކަ ވަރަށް ފަހުން.. އެ ގޭންގަކީ ރައިވަލް ގޭންގެއް ޝެޑޯ ގޭންގާ..” އާހިލް ބުންޏެވެ. “ތިކިޔާ ޝެޑޯ ގޭންގެއްވެސް ހުއްޓުވަން ވެފައެއްނުން ތި އޮތީ.. ރާކިންގެ ކަށުނަމާދު ކުރީ ލަންކާގަތަ ދެން؟” ކައިލް އަހައިލިއެވެ.

“ޔާހ ރާކިންގެ ކަށު ނަމާދު ކުރީ އެކޮޅުގަ.. ހުއްޓުވަންވެފަ އޮތް ގޭންގުތައް ބައިވަރު މައްސަލައަކީ އެހާ ހިތްވަރު ނުހުންނާތީ.. އެ ބްލަޑް މާފިޔާ ގޭންގް ހުއްޓުވަން އުޅުނު އިރު، އެންމެންގެ އިތުބާރު ހޯދައިފައިވި އެ ޕޮލިސް ޓާސްކް ފޯސްގައި އުޅޭ މީހަކު މިވީ ޝެޑޯ ގޭންގް މީހަކަށް. އެވަރުން ކިހިނެތް މީހަކަށް އިތުބާރު ކުރާނީ؟.” މަޔާން ފުންނޭވާއެއް ދޫކޮށްލަމުން ސުވާލުކޮށްލިއެވެ. “އެންމެ ކައިރީގަ ހުންނަ މީހާއަށްވެސް އެކަހަލަ ކަންކަމުގަ އިތުބާރު ކުރަން އުނދަގޫވާނެ..” އާހިލް އިތުރުކޮށްލިއެވެ. “ދެން މިކޮޅުން އެ ޝެޑޯ ގޭންގް ހުއްޓުވަން އެއްވެސް މަސައްކަތެއް ނުކުރޭތަ؟” ކައިލް ހައިރާންކަންމަތީ އަހައިލިއެވެ. “ޝެޑޯ ގޭންގަކީ ލަންކާގެ ގޭންގެއްގެ އެއްބަޔޭ ބުންޏަސް ދޮގަކަށް ނުވާނެ.. މިކޮޅުން އެކަން ކުރަން ހިތްވަރު ހުންނަ ޕޮލިހުން ނުވަނީ.. ރާކިންއަށް ހަދާލާފައި އޮތް ގޮތް ފެނި ނުކެރެނީއޭދޯ ދެން ބުނެވޭނީ.” ފުންނޭވާއެއްލަމުން މަޔާން ބުންޏެވެ.

އާހިލްވެސް ތެދެކޭ ބުނާ ފަދައަކުން ބޯޖަހައިލިއެވެ. “އެމީހުން ރާކިންގެ ހަށިގަނޑުގައި ހަމައެކަނި އަލިފާންޖެހީ ކީއެއްނޫން.. އެމީހުން ރާކިންއަށް އަނިޔާކުރި.. ރާކިންގެ ހަށިގަނޑު ފިހިފަ އޮތަސް އިނގޭ އޭނަގެ އެންމެ އިނގިއްޔެއްވެސް ނިޔަފަތި ނެތްކަން.. ސާފު ނޫނަސް ވަރަށް އަނިޔާކޮށްފަ ހުރިކަން އިނގޭ..” އާހިލް ރިޕޯޓްގެ ގަނޑެއް ދައްކައިލަމުން ބުންޏެވެ. މަޔާންވެސް ހުރީ އެ ރިޕޯޓައް ބަލަންށެވެ. ރާކިންގެ މަރަކީ މުޅި ޕޮލިސް ފޯސްއެކީހެން ސިއްސުވައިލި މަރެކެވެ. ރާކިންއަށް އިންސާފު ހޯދައިދޭން ބޭނުންވި ނަމަވެސް އެއީ ވަރަށް ނުރައްކާތެރި ކަމެއްކަން އެންމެނަށްވެސް އެނގެއެވެ. ރާކިންއަށްވީ ގޮތް، އޭނަގެ ކޮއްކޮ ކަމަށްވާ ޒާކިން ހޯދަން އުޅުމުން، ޒާކިންގެ ފުރާނައަށް ނުރައްކާ ނުވީ ހަމަ ކިރިޔާއެވެ.

“ބްލަޑް މާފިޔާ ގޭންގް މީހުން ހުއްޓުވި ޓީމްގެ ގާތުން ޓިޕްސް ނެގިދާނެއެއްނުން؟” ކައިލް އޭނަގެ ބޮލަށް ހިޔާލެއް އައި ފަދައަކުން އަތުން ފުއްޓައްކެއް ޖަހައިލަމުން ބުންޏެވެ. “ޔެއާހް ތިހެންވެސް ހެދިދާނެ..” ކައިލްގެ ހިޔާލަށް ތާއީދުދޭ ފަދައަކުން އާހިލް ބުންޏެވެ. “އަހަރެމެން ތިން މީހުން ޓާސްކް ފޯސްއަށް ކުދިންކޮޅެއް ހޯދައިގެން، ކްރިމިނަލް އިންވެސްޓިގޭޝަންބައިގެ ހެޑް ދާރިއަން ސާރ ކައިރި ރާކިންގެ ކޭސް އަހަރެމެންނަށް ދޭން ބުނެވިދާނެއެއްނުން..” މަޔާން ވިސްނައިލަމުން ބުންޏެވެ. “އަހަރެންނަކަށް ތިކަމުގައެއް ނެތް ބައިވެރިވެވޭކަށް.. އަހަރެން މިއުޅެނީ ކިޔާގެ ކޭސް ނަގައިގެން..” ކައިލް ބުންޏެވެ. “އޯކޭ އެހެންވީމަ ކިޔާގެ ކޭސް ސޯލްވކޮށްފަ މިކޭސްއާ އުޅޭނީ ޑީލް؟” ކައިލްގެ ކޮނޑަށް އަތްލަމުން މަޔާން ބުންޏެވެ.

ކައިލް ހިނިތުންވެލިއެވެ. މިކަހަލަ ހާލަތެއްގަ އެހާ ރަނގަޅު އެކުވެރިން ހުރި ކަމަށްޓަކައި އޭނައަށް މާތްﷲއަށް ޝުކުރުއަދާކުރެވުނެވެ. “ޑީލް” މަޔާންއާއި ދިމާލަށް ކައިލް ބުންޏެވެ. އޭގެފަހުން ތިން ޒުވާނުން އުޅުނީ ކިޔާރާގެ ކޭހާއި ބެހޭ ލިޔެކިޔުންތައް ބަލާ ފާސްކުރާށެވެ. މެންދުރުގެ ވަގުތު ފާއިތުވެގެން ގޮސް ރޭގަނޑުވީ ފަހުން އެންމެން ހަމަޖެހިލަން ވަގުތުކޮޅެއް ނަގަން ނިންމިއެވެ. “ހިނގާ އަހަރުންގެއަށް އެއްޗެއް ކާލަން ދާން.. މަންމަ ވަރަށް އަހާނެ ކައިލްގެ ވާހަކަ.. ހިނގާ މިރޭ ގޮސްލަން..” އާހިލް ގެޔަށް ދިޔުމުން މަޔާން ކައިލްގެ ގާތުގައި ބުންޏެވެ. މަޔާން އާދޭހުގެ ރާގަކަށް ބުނުމުން ކައިލްއަށް ނޫނެކޭ ބުނާކަށް ނުކެރުނެވެ.

މަޔާންގެ ކާރުގައި ކައިލް ގެޔަށް އައިއިރު ސިޓިންރޫމް ހުރި ޓީވީގެ އަޑުއިވެއެވެ. ކައިލް އެދިމާލަށް ބަލައިލިއިރު ދެލޯ ބޮޑުވެގެން ދިޔައީ ދެފައި ވަށްކޮށްލައިގެން އިން މައިރީން ފެނިފައެވެ. މައިރީންގެ އުނގުގައި ޓީވީއިން ފެންނަމުން ދިޔަ ކާޓޫނަށް ގެއްލިފައި އިން މާޔަލް ދިޔައީ އަތުގައި އޮތް ޗިޕްސް ޕެކެޓުން ޗިޕްސް ކަމުންނެވެ. ހަމަ އެފަދައިން ކާރޓޫނަށް ގެއްލި އިނދެގެން މައިރީންވެސް ދިޔައީ ޗިޕްސް ކަމުންނެވެ. ގޭތެރޭގައިކަމުން މައިރީން އިނީ ބުރުގާ ބާލައިގެންނެވެ. އޭނަގެ ކޮނޑުން ތިރިއަށް އޮތް ފަން އިސްތަށިގަނޑު ދޫކޮށްލާފައި ހުރި ގޮތުން ފަންކާގެ ސަބަބުން ކުދި އިސްތަށިތައް ދިޔައީ މޫނަށް ބޮސްދެމުންނެވެ.

ކައިލް ބަލަން ހުރި ގޮތް ފެނި މަޔާން ކަރުކެހިލިއެވެ. އެއާއެކު ކައިލް ސިހިފައި އިސްޖަހައިލިއެވެ. މަޔާން ގޮސް ޓީވީގެ ކުރިމައްޗަށް އެރުމުން މައިރީންއަށް ހޭވެރިކަންވެރިވެގެން ދިޔައެވެ. “ދެން ދޮންބޭ ޓީވީ ކުރި މަތިން ދުރައްދޭބަލަ.. އެންމެ ރީތި ތަންކޮޅޭ އެއަންނަނީ..” މައިރީން އަކުރުތަކަށް ދަމާލަމުން ބުންޏެވެ. އޭރު މާޔަލްވެސް ހުރީ މަޔާންއާއި ދިމާލަށް ދެބުމަ ގޮށްޖަހައިގެން ބަލާށެވެ. “ކާ ގަޑި ޖެހޭއިރު ސްނެކްސް ކެއުން ބައްޕި އޮންނަނީ މަނާކޮށްފައެއްނުން ޔާލުއަށް.. މައި ކީއްވެތަ ޔާލުއަށް ދެނީ ދޮންބެ ނުދޭށޭ ބުނާއިރުވެސް..؟” މަޔާން ހަށަން ބަދެލަމުން ބުންޏެވެ. “މައި ކިހިނެތްތަ ނުދީ ހުންނާނީ؟؟ ދޮންބެގެ ދަރި މައިއަށް އިމޯޝަނަލީ ބްލެކްމެއިލް ކުރަނީ ވިތް ހިސް ޕަޕީ އައިސް.. ކާކަށް ނޯ ބުނެވޭނީ އެހެން ހެދީމަ…” ކުޑަކުއްޖެއް ފަދައިން މައިރީން ޝަކުވާކޮށްލިއެވެ.

މަޔާން އޭނަގެ މޫނުގައި އަތް ހާކައިލަމުން ކައިލްއަށް ބަލައިލިއެވެ. މަޔާންގެ ނަޒަރު ހުއްޓިފައިވި ދިމާލަށް މައިރީން ބަލައިލިއެވެ. ކައިލްގެ ނަޒަރު މައިރީންއަށް ހުއްޓިފައިވުމުން، ތޫލި އަޑަކުން ހަޅޭއްލަވައިގަތުމަށްފަހު މައިރީން މާޔަލްގެ ކުޑަ ހަށިގަނޑުގެ ފަހަތުގައި ފިލަން މަސައްކަތް ކުރިއެވެ. މައިރީންގެ ހަޅޭކުގެ އަޑުން ކުޑަކުޑަ މާޔަލް ސިއްސައިގެންގޮސް ރޮވެން ފެށިއެވެ. “މައީ ހަމަޖެހިބަލަ ކަލޭނޭ.. ޔާލުވެސް ރޮއްވާލައިފިއޭ..” މަޔާން ޕިސްޕިސް ކިޔަމުން މައިރީންގެ އުނގުގައިއިން މާޔަލް އުރައިލިއެވެ. ކައިލް އަވަސް އަވަހަށް އަނެއް ފަރާތަށް އެނބުރުނެވެ. މައިރީން ދުވެފައި ގޮސް ކޮޓަރިއަށް ވަދުނެވެ.

މައިރީންއަށްވީ ގޮތުން ކައިލް ގާތަށް ލާނެތް ހިންޏެއައެވެ. “ކަލޭ ކޮން ކިބޫ ހެއުމެއް ހޭކަށް؟ ބުރުގާ އަޅާ ކުއްޖެކޭ އެއީ..” އެއް އަތުން މާޔަލް އުރައިގެން ހުރެ އަނެއް އަތުން ކައިލްގެ ބޮލުގައި ބޮޑިއެއް އަޅާލަމުން މަޔާން ބުންޏެވެ. “ސޮރީ ސޮރީ އޭނަ އެތާ އިނީމަ..” ކައިލް އަވަސް އަވަހަށް ބުންޏެވެ.

ޝިޔާމާ ކާން ހެދުމުން އެންމެން ކާމޭޒުގެ ގޮޑިތަކުގައި އިށީނދުނެވެ. މައިރީން ތުންދަމައިގެން ހުރެ އޭނަ އިންނަ ގޮޑީގައި އިށީނދުނެވެ. އޭރު މައިރީން އިނީ ދަނބު ކުލައިގެ ހޫޑީއަކާއި ދަށުން ދޫ ހަރުވާޅެއްލައިގެން ގޭގައި އަޅާފަދަ ވަށް ބުރުގަލެއް އަޅައިގެންނެވެ. ކާމޭޒުދޮށުގައި އައިނާ އާއި އަޔާނާގެ އިތުރުން ޝިޔާމާ އާއި ރިޔާޒް އަދި މަޔާން އާއި ލާރާ ހުއްޓެވެ.

ޝިޔާމާއާއި ރިޔާޒް ދިޔައީ ކައިލްއާއި އެތަކެއް ސުވާލެއް ކުރަމުންނެވެ. ކައިލް ހިނިތުންވެ ހުރެ އެއިން ކޮންމެ ސުވާލަކަށް އިހުތިރާމާއިއެކު ޖަވާބުދެމުން ދިޔައެވެ. މައިރީން ދިޔައީ ރުޅިއައިސްފައި ހުރެ ކައިލްގެ ހަށިގަނޑަށް އޭނަގެ ލޮލުން ހަންޖަރު ފޮނުވަމުންނެވެ. މިއަދު އޭނަ ކުރަން ހުރި މަސައްކަތް ފެނަށް ދުއްވައިލުމުންވެސް އޭނަ ހުރީ ރުޅިގަދަވެފައެވެ. ފެންފޮދެއްބޯން ތަށީގައި ތުން ޖަހައިލި ހިނދު މައިރީން ކުއްލިއަކަށް ކޮށިއަރައިގެން ދިޔައެވެ. އެންމެން ހާސްކަމުގެ މަތީގައި ހުރެ މައިރީންއަށް ބަލައިލިއެވެ. އޭރު ކައިލް ނުލަފާ ގޮތަކަށް ހީލައިގެން މައިރީންއަށް ވަށްކަޅިން ބަލަންއިނެވެ.

(ނުނިމޭ)

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (8)

  1. White rose

    Maashaallah, mi part ves vrh reethi.
    Buxy veema comment nukohlevenii, ekm baraabarah mi vhk kiyan
    Eagerly waiting for next part.
    I’m sure enemies to lovers ah Mai and Kail vaany 🤣🤣 ebai thah vrh majaa. They both have best humor in this story.

    1. Maash
      White rose

      Thank you so muchhh White rose.. Awww vrh happy vejje baraabarah mi story kiyaa kan enguneema.. Hehe let’s see dhw🙈 stay tuned for more of their drama💜🦋

  2. Aisheen

    Ma sha Allah Tabarakallah, v interesting story eh mee, I like kail calling maireen “tiny pervert” hehehe varah foari gadha vaanehen heevanee mi dhekudhin ge kulhivaru 🥰🥰🥰 I’m curious on kail’s thoughts on kaira’s case, he is really interesting 💜💜💜 waiting for nxt pt

    1. Maash
      Aisheen

      Thank you Aisheen.. Vrh happy vejje story like vaakan enguneema… Hehe kail and mai dhen foari gadha vaane ehnun.. Let’s see what happens next dhw.. Next part insha allah sundayga.. 💜🦋

  3. shihaamaa ali

    Heyy maashhh
    Mi part vess vrh reethi ma sha allah🤍
    Poor raakin awlheyy🥲 humanity neh varu dhw aslu mihrr meehun.. PSYCHOPATHS I TELL YOU!!!😭
    Broo maireen-🤣🤣🤣 heehee halaaku
    Dhn alhe maayan bappi parts are soooo cute kannnn😭🥹🤍🤍
    I lavvv this partt smmm. Cant wait for nextt
    Ilyyyyyysssssmmmmm🤍🤍🤍🤍

    1. Maash
      shihaamaa ali

      Heyyy shiherrr..
      Thanksss darlsss vrh happy vejje mi part darling ah reethi kan enguneema..
      Fr they are real phycopaths.. Hehe mai is still a baby 😭😭 mayaan dhen cute vaane ehnun..
      Thanks darllll.. Next part insha allah sunday..
      Love you moreeee💜🦋

  4. aanaa

    Masha allah mi partt vss vrh reethiii
    Mai r kail vrh loabi…i think emyhun enme fahun gulheyny kanne..bune ehnu loabyge feshumaky nafratheyyyy.ehnve
    Adhivs gabool nukurevey raakin maruvedhaane kmkhhh…😭
    Vrh bodu bodu request eh ebaoi enge maash…hama mi vhk kiyaahihvaaleh bodukmn mi ulhenyy..soo maash bxy nuniyya week ehga 3 partss genevidhaanetha???hama vrh kiyaahithun…miadhu fathihu kii dhn scl ah gossa vs ehkoh visnuny next parts thakun vaane gthh neyngeythy..😭🙈
    curiously waiting for the nextt
    when next??
    tccc lyyy💜

    1. Maash
      aanaa

      Thank you darlingggg.. Vrh happy vejje mi part reethi v ma.. Hehe let’s see kail and maireen gulhey thw dhww.. Yeahh.. Gaboolu kuran vrh udhagoo dhww.. Ekam raakin maruv nun.. Ebuny kashu namaadh vx kuri ey….
      Dhen thihaa lowbin buneema no ekey nubuneveyne ehnun.. Mihen hedhidhaane.. Sunday, Tuesday and Thursday ga genevidhaane.. But Tuesday ge bai like 3 mins inna varah bcz now college exams feshen ulheythy kudakoh busy vaane ehenve.. Aww vrh happy vejje aanaa mi story ehaa kiyaa hiyvaakan enguneena…
      Next part insha allah Sunday ga..
      Tccc..
      Love you moree 💜🦋

Comments are closed.