Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

ހިތް އެދެ ޔާރާ ތިއޭ – 07

Maash
Maash Level 10100 Login10 Stories100 Comments500 Login500 Comments100 Stories
May 18, 2025 5 Mins Read
6 Comments

ޓެކްސީއެއް ހުއްޓުވުމަށްފަހު ޓެކްސީއަށް އަރައި ހަމަޖެހިލިއެވެ. ޓެކްސީ ޑްރައިވަރު ކައިރީގައި ދާންވީ ތަން ބުނުމަށްފަހު ސީޓްގައި ބޯޖައްސާލާ ލޯމަރައިލިއެވެ. މައިރީންއަށް ލޯ ހުޅުވައިލެވުނީ ޓެކްސީ ބްރިޖްއެއް ކަހަލަ ތަނެއްގެ މައްޗަށް އަރާ އިހްސާސްވުމުންނެވެ. ދެލޯ ހުޅުވައިލުމަށްފަހު މައިރީން ކުޑަދޮރުން ބޭރު ބަލައިލިއެވެ. އޭރު ޓެކްސީ ހުޅުމާލެއަށް ދާ ބްރިޖްއަށް އަރަނީއެވެ. މައިރީންގެ ހިތް ބަރާށް ތެޅިގަތެވެ. “ޑްރައިވާ އަޅުގަނޑު ބުނީ ޖަސްޓިސް އެމްވީ ލޯވ ފާރމްއަށް ގެންދަން” ހާސްވެފައި ހުރެ މައިރީން ބުންޏެވެ. މައިރީން ބުނި އެއްޗެއް ޑްރައިވަރު އެނގޭ ކަމެއް ނުހެދިއެވެ. އެއާއެކު މައިރިން ރަނގަޅަށް ޑްރައިވަރާ ދިމާލަށް ބަލައިލިއެވެ. އެއީ ކާކުކަން އެނގުމުން މައިރީންގެ ކަރުގައި ނޭވާ ތާށިވި ފަދަ އިހްސާސެއް ކުރެވުނެވެ.

***ޕާޓް 7***

އެ ސޫރަ އެއީ މައިރީންއަށް އެއްވެސް އިރެއްގައި އޮޅޭނެ ސޫރައެއް ނޫނެވެ. އެހެންނަމަވެސް މިހިސާބަށް ކަންތައް ދިޔުމުން މައިރީންގެ ހިތުގައި ހާސްކަމުގެ އިތުރުން ބިރުވެރިކަން އުފެދުނެވެ. “ޔާދިން؟؟ ކީއްކުރަނީ ތި؟ އަހަރެން ދޫކޮށްލާ!! މި ވާނީ ކިޑްނެޕިންއަށް!!” މައިރީން ބިރުން ހުރެ ބުންޏެވެ. “މައިއަށް އަހަރެން ފަހަތުން ފެނުނަސް އެނގޭ ދޯ ވަކި ކުރަން..” ޔާދިން ހިތި ގޮތަކަށް ހީލަމުން ބުންޏެވެ. “ޔާދިން ޕްލީޒް އަހަރެން ދޫކޮށްލާ.. ކޮންތާކަށް ތި ގެންދަނީ؟” މައިރީން އާދޭހުގެ ރާގަކަށް ބުނެލިއެވެ. “މައި އެދުވަހު ވާހަކަ ދެއްކި ގޮތުން އަހަރެން މިހުރީ ވަރަށް ހާރޓްވެފަ.. މައި އެކަމަށް މޭކް އަޕްކޮށްދެނިކޮށް ދޫކޮށްލަފާނަން..” ޔާދިން އޭނަގެ އިސްތަށިގަނޑުގައި އަތް ފުނާ އަޅައިލަމުން ހަމަޖެހިލާފައި ހުރެ ބުންޏެވެ.

މައިރީން ސިއްރު ސިއްރުން އޭނަގެ ފޯނު ނެގިއެވެ. މީހަކަށް ގުޅުމުގެ ކުރިން ޔާދިން މައިރީން އަތުން ފޯނު ޖަހައިގަތެވެ. “ނޯނޯނޯ.. ނޯ ފޯން އެލައުޑް..” އެއްމިޔަކަނުން ހީލަމުން ޔާދިން ބުންޏެވެ. ގޮތްހުސްވާފަދަ އިހްސާސެއް ކުރެވުމުން މައިރީންގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ. “މައީ ހާދަ އަވަހަކަށްށޭ ދޯ ތި ރޮވެނީ.. އަހަރެން ނޫޅެމޭ މައިއަށް ކަމެއް ކުރާކަށް.. އަހަރެން މައިއަށް ކަމެއް ކުރަން ބޭނުންވި ނަމަ މިހާރު މައި ނުހުންނާނެ ސަލާމަތަކުން.. އެކަމަކު މައި ތިހުރީ ހެޔޮ ހާލުގައެއްނުން.. މައިއަށް ތަދު ކުރާހާ ހިތްވަރެއް އަހަރެންގެ ނުހުންނާނެކަން އެނގެއެއްނުން..” ޔާދިން ‘ރިއާރ މިރޯ’އިން މައިރީންއަށް ބަލައިލަމުން ބުންޏެވެ.

މައިރީން ހަށަން ބަނދެލައިގެން ހުރެ ބޭރު ބަލައިލިއެވެ. “ދެން ކޮންތާކަށް މައި ގެންދަނީތި؟” މައިރީން ހިމަ އަޑަކުން އަހައިލިއެވެ. “މައި ވޯރކް ކުރާ ލޯވ ފާރމްއަކަށްނުން..” ޔާދިން ކޮނޑު އަރުވައިލަމުން ބުންޏެވެ. “މައި ވޯރކް ކުރަނީ ހުޅުމާލޭގައެއް ނޫން..” މައިރީން މަޑުމަޑުން ބުނެލިއެވެ. “އެނގޭ ތިކަން.. އަހަރެން މައިއާ އެކީ ވަގުތުކޮޅެއް ހޯދަން ބޭނުންވީމަ ދުއްވާލަނީ މި.. މައި ސަލާމަތުން ލޯވފާރމްއަށް ގެންދާނަމޭ..” އެއްމިޔަކަނުން ހީލަމުން ޔާދިން ބުންޏެވެ. “އެހެންވެ ޓެކްސީ ޑްރައިވަރެއްގެ ގޮތުގަ މަސައްކަތް ކުރަނީތި؟ މައިއާ އެކު ވަގުތު ހޯދަން؟” މައިރީން އަހައިލިއެވެ. އެއާއެކު ޔާދިން ހޭން ފެށިއެވެ. “އަހަރެންނަށް މަޖާ އެއްޗެކޭ ނުބުނެވޭ ކަންނޭގެ މިތާ..” މައިރީން ނިތަށް ރޫ އަރުވައިލަމުން ބުންޏެވެ.

ޔާދިން މައިރީންއަށް ބަލައިލަމުން ހީލިއެވެ. “މައިއަށް ކޮންތާކުން އަހަރެންގެ ކާރުގަ ޓެކްސީ ބޯޑު ފެނުނީ؟” ޔާދިން އަހައިލިއެވެ. އެއާއެކު މައިރީންއަށް ވިސްނާލެވުނެވެ. ކައިލްދެކެ އައި ރުޅިން އޭނައަށް އެރުނީ ޕްރައިވެޓް ކާރަކަށް ކަމެއް ނުވަތަ ޓެކްސީއަކަށް ކަމެއް ނޭންގުނެވެ. މައިރީންއަށް އޭނަގެ މޮޔަކަން ހިތަށް އެރުމުން މަޑުމަޑުން ނިތްކުރީގައި ފިރުމައިލިއެވެ. މައިރީންގެ ހަރަކާތްތައް ބަލަން ހުރި ޔާދިން އެއްމިޔަކަނުން ހީލިއެވެ. “ވަޒީފާގެ ވަގުތު ހާއްސަކޮށް ލޯޔަރެއް ރަހީނުކުރުމަކީ ގާނޫނީ ކުށެއް.. އެކަމަށް ފިޔަވަޅު އެޅޭނެ!” މައިރީން ބުންޏެވެ. “މައިއަށް އެނގޭތަ ރަހީނު ކުރުމުގެ މާނައަކީ ކޮބާކަން؟ ރަހީނު ކުރުމުގެ މާނައަކީ ގަދަކަމުން މީހެއްގެ ނުގަބޫލުގަ ތަނަކަށް ގެންދިޔުން.. އެކަމަކު މައި؟ މައި އަހަރެންގެ ކާރަށް އެރީ އަމިއްލައަށް.. އެއްވެސް މީހެއްގެ ނުފޫޒަކާއި ނުލާ.. އެހެންވީމަ މީ ރަހީނުކުރުމަށް ވާނީ ކިހިނެތް؟” ޔާދިން އެއްމިޔަކަނުން ހެވިފައި އިނދެ ބުނެލިއެވެ.

އެއާއެކު މައިރީންގެ މޫނަށް ރަތްކުލައަރައިގެން ދިޔައެވެ. ގަބޫލުކުރަން ބޭނުންނުވި ނަމަވެސް ޔާދިން އެ ބުނީ ތެދެއްކަން އޭނައަށް އެނގެއެވެ. މައިރީން މަޑުން އިނުމުން ޔާދިންގެ ތުންފަތަށް ކާމިޔާބީގެ ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. މައިރީން ހަށަން ބަނދެލައިގެން ބޭރު ބަލަން އިނެވެ. “އަހަރެންނާ އެހާ ހަޑިކޮށް ވާހަކަ ދެއްކުނީމަވެސް މާފަކަށް ނޭދޭނަންތަ؟” ޔާދިން ކަރުކެހިލަމުން އަހައިލިއެވެ. “އަހަރެން ހަޑިކޮށް ޔާދިންއަކާއެއް ވާހަކައެއް ނުދައްކަން.. އަހަރެން ވާހަކަ ދެއްކީ ހަގީގަތައް..” މައިރީން އެއްވެސް އަސަރެއް ދެއްކުމެއްނެތި ބުންޏެވެ.

“ވާއު.. މައި ހާދަ ބަދަލުވެއްޖޭ..” މައިރީންގެ މޫނަށް ފުންކޮށް ބަލައިލަމުން ޔާދިން ބުންޏެވެ. ފާއިތު މިވީ އަހަރުތަކު ތެރޭގައި މައިރީންގެ ސިފައިގެ އިތުރުން މިޒާޖަށްވެސް ވަނީ ބަދަލުތަކެއް އައިސްފައިކަން އޭނައަށް ޔަގީން ކުރެވުނެވެ. ޔާދިން ފުން ނޭވާއެއް ދޫކޮށްލަމުން މައިރީން ދާން ބުނި މަންޒިލަށް ގެންދިޔުމަށްޓަކައި ކާރުގެ މިސްރާބު ބަދަލުކޮށްލިއެވެ. ‘ޖަސްޓިސް އެމްވީ’ ލޯފާރމްގެ ކުރިމައްޗަށް ޔާދިން ކާރު ހުއްޓިއެވެ. މައިރީން ކާރުން ފޭބުމަށްފަހު ޔާދިންއާއި ދިމާލަށް ބަލައިލިއެވެ. “ދުންޔާއަކީ ޔާދިންގެ ހަލާލު އަނބިމީހާ.. މައި ބޭނުމެއް ނޫން މައިގެ ސަބަބުން ދުންޔާއަކަށް ދެރައެއް ލިބޭކަށް.. މައި މީ އަންހެނެއް.. ދުންޔާއަކީވެސް އަންހެނެއް.. ޔާދިން ޕްލީޒް މައި މަތިން ހަނދާން ނައްތާލާފަ ދުންޔާއާއިއެކީ އުޅެން މަސައްކަތް ކުރޭ..” މައިރީން މަޑުމައިތިރި ރާގަކަށް ޔާދިންއަށް ވިސްނައިދޭން މަސައްކަތް ކުރާ ފަދައަކުން ބުންޏެވެ. އެއަށްފަހު ހިނގާލާފައި ލޯފާރމްގެ ތެރެއަށް ވަދެގެން ދިޔައެވެ. ޔާދިން މައިރީން ދިޔަތަން ބަލަން ހުރުމަށްފަހު ފުންނޭވާއެއް ދޫކޮށްލަމުން އޭނަގެ ގެޔަށް ދާން މިސްރާބުޖެހިއެވެ.

ދުންޔާ ދިޔައީ މެންދުރަށް ކާއެއްޗެހި ތައްޔާރު ކުރަމުންނެވެ. ތަރުކާރި ނޫޑްލިސް އާއި ސޮސެޖްގެ އިތުރުން ކަސްޓަޑް ހަދައިލިއެވެ. މޭޒު މައްޗަށް ތަށިތައް ނެގުމަށްފަހު، ޔާދިން އައުމުގެ ކުރިން ފެންވަރައިލުމަށް ދުންޔާ ފާހަނައަށް ވަދުނެވެ. ޔާދިން ގޭތެރެއަށް އައިސް ވަދުނު ތަނާހެން، އޭނަގެ ނޭފަތުގެ ހިނދުރީގައި ނޫޑްލިސްގެ މީރު ވަސްގަނޑު ޖެހިގަތެވެ. ދަގަތްފާނު ދަގަނޑަށް ދަމާ އުސޫލުން ޔާދިން ކާމެޒާއި ދިމާލަށް ދިޔައެވެ. ކާމޭޒު މައްޗަށް ނަގާފައި ހުރި ރަހަ މީރު ކެއުމުގެ ބާވަތްތައް ފެނި އޭނަގެ ތަލިން ކުޅުހިކިގެން ދިޔައެވެ. ދުންޔާ ކޮބައިތޯ ބަލައިލުމަށް ޔާދިން ކޮޓަރިއަށް ވަދުނެވެ.

މިއިން އެއްވެސް ކަމެއް ނޭނގޭ ހާލު ދުންޔާ އަނގައިން މަޑު ރާގެއް އަޅުވަމުން މެއާއި ހިސާބުގައި ތުވާލިކޮޅު އައްސައިގެން ހުރެ ފާހަނައިން ނިކުތުނެވެ. އޭރު ދުންޔާގެ ދިގު ފަން އިސްތަށިގަނޑުން ދިޔައީ އޭނަގެ ދޮން ހަށިގަނޑަށް ފެން ތިކި ފައިބަމުންނެވެ. އެނދުގައި އިށީނދެގެން ހުރި ޔާދިންއަށް މިތަން ފެނުމުން ދެލޯ ބޮޑުވެގެން ދިޔައެވެ. ދުންޔާ އޭނަ ލާން ހެދުމެއް ނަގަން އަލަމާރިއާއި ކައިރިވި ހިނދު، އަލަމާރީގެ ލޯގަނޑުން ދެލޯ ބޮޑުކޮށްގެން ހުރި ޔާދިން ފެނުނެވެ.

ދުންޔާ ސިހިފައި ހަޅޭއްލަވައިގަތެވެ. އެއާއެކު ޔާދިންވެސް ސިހުނެވެ. އޭނަ އަވަސް އަވަހަށް ދެލޯ މަތީގައި އަތް އެޅިއެވެ. ދުންޔާ އަވަސް އަރުވައިލައިގެން ޔާދިންއާއި ފިލަން އަލަމާރިތެރެއަށް ވަދުނެވެ. އޭރު ދުންޔާގެ މޫނު ރަތްކަމުން ހީވަނީ ހަށިގަނޑުގައި ހުރިއްޔާ ހުރި ލެޔެއް މޫނަށް ޖަމާވެފައިވާހެންނެވެ. އޭނަގެ ހިތް ދެންމެ ދެންމެއަކު މޭކަށިގަނޑުން ނިކުންނަހާ ބާރަށް ތެޅެމުން ދިޔައެވެ. ގަނެފައި ހުރި ލަދުން އޭނަގެ ހަށިގަނޑުގައި މަޑު ތުރުތުރެއް އުފެދިގެން ދިޔައެވެ.

“އަހަރެން ކީއްވެތަ ލޯ މަތީ އަތް އަޅައިގެން މި ހުރީ.. އެއީ އަހަރެންގެ ހަލާލު އަނބިމީހާއޭ..” ހިތާ ހިތުން ޔާދިންއަށް ބުނެވުނެވެ. ދުންޔާގެ ހަޅޭކުގެ އަޑު ކެނޑުމުން އޭނަގެ ލޯމަތިން އަތް ނެގިއެވެ. ދުންޔާ ހުރީ ފާހަނައިގަ ކަމަށް ހީކޮށް އޭނައަށް ފާހަނައަށް ބަލައިލެވުނެވެ. އޭރު ޔާދިންގެ ހިތް ދިޔައީ މަހެއް ފެނުން ނެގުމުން ނޭވާ ނުލެވިގެން ތެޅޭ ފަދައަކުން ތެޅެމުންނެވެ. ޔާދިން އޭނަގެ އަމިއްލަ ނަފްސް ހަމައަކަށް އެޅުވުމަށްޓަކައި ހިތުގައި އަތް ޖައްސާލިއެވެ. އޭރު ޔާދިންގެ މޫނުވަނީ ކޮންމެސް ވަރަކަށް ރަތްވެފައެވެ. އޭރުވެސް އޭނައަށް ދުންޔާގެ ތުވާލި އޮޅައިގެން ހުރިތަން ފެންނަހެން ހީވިއެވެ. ޔާދިން ދެފަރާތައް ބޯހޫރައިލިއެވެ. ކުރެވުނު ހިޔާލުގެ ސަބަބުން މޫނުގައި އަތްހާކާއިލިއެވެ. އެހެންނަމަވެސް އޭނަގެ ސިކުނޑި، ދުންޔާ ތުވާލީގައި ހުރި މަންޒަރު ފޮޓޯނަގާފައިވާ ފަދައެވެ.

ޔާދިންގެ ދެލޯ ބޮޑުވީ އަލަމާރީގެ ދޮރުފަތް ކުޑަކޮށް ތެޅުނު ފަދަ އަޑެއް އިވުމުންނެވެ. އެއާއެކު އޭނަގެ ދެލޯ ބޮޑުވެގެން ދިޔައީ ކުޑަކޮށް ހުޅުވިފައިވި އަލަމާރި ދޮރުން ދުންޔާގެ ފިޔާތޮށި ތުވާލި ފެނުމުންނެވެ. “ދިން ޕްލީޒް ކޮޓަރިން ނިކުމެފާނަންތަ؟” ދުންޔާ ހިމަ އަޑަކުން ބުނެލިއެވެ. އެއާއެކު ޔާދިންއަށް ހެވުނެވެ. ދުންޔާ އަމިއްލައަށް ހަޅޭއްލަވައިގަނެފަ އެންމެފަހުން ވަދުނީ އަލަމާރިއަށްކަން އެނގުމުން އޭނައަށް މަޖާވިއެވެ. “އަހަރެން މީ ދުންޔާގެ ހަލާލު ފިރިމީހާއެއްނުން.. އަހަރެންނަށް ފެންނަން ނުޖެހޭ އެއްޗެއް ތި ހަށިގަނޑުގައެއް ނޯންނާނެ..” ލާނެތް ރާގަކަށް އެހެން ބުނި ނަމަވެސް ޔާދިންގެ ހިޔާލުގެ ވާ ފަށް އަދިވެސް ދަތުރު ކުރަމުން ދިޔައީ ތުވާލިކޮޅުގައި ދުންޔާ ހުރި މަންޒަރަށްށެވެ.

ޔާދިންގެ ވާހަކައިން ދުންޔާ އިތުރަށް ލަދުގަތުން ނޫން ކަމެއް ނުވިއެވެ. ދުންޔާގެ މޫނު ކުރިއަށްވުރެ ރަތްވެގެން ދިޔައެވެ. އެހެން ނޫނީ ޔާދިން އޭނައަކާ މިހެނެއް ސަމާސާކޮށްފައެއްނެތެވެ. ޔާދިންއަށް މިއަދުވެފަ އެހުރީ ކީއްބާއޭ ދުންޔާގެ ހިތަށް އެރިއެވެ. ޔާދިންއަށް ބުނެވުނު އެއްޗެއް އެނގުމުން އަވަސް އަވަހަށް ކޮޓަރިން ނިކުތެވެ. ޔާދިން ދިޔަކަށް ޔަގީންވުމުން ދުންޔާ އަލަމާރިން ނިކުތުނެވެ. އަވަސް އަވަހަށް ހެދުން ލައިގެން ރީތިވާމޭޒު ކައިރީގައި ހުއްޓުނެވެ. ދުންޔާއަށް އޭނަގެ މޫނު މަތީގައިވި ރަތްކަން އިހްސާސްކުރެވުނެވެ. ޔާދިން އޭނައާއި ދިމާލަށް ދެލޯ ބޮޑުކޮށްގެން ބަލަން ހުރި މަންޒަރު ސިކުނޑިއަށްވެރިވުމުން، ގަތް ލަދުން ދުންޔާ މޫނުގައި އަތް އަޅައިލިއެވެ.

ޔާދިން އޭނަގެ ފަން އިސްތަށިގަނޑު އަމިއްލައަށް ހާވައިލިއެވެ. ބަދިގެއަށް ދިޔުމަށްފަހު އައިސްއަލަމާރިން ފިނި ފެންފުޅިއެއް ނަގައި ތަށްޓައް ފެން އަޅައިލިއެވެ. ފެން ފޮދެއް ބޯލުމަށްފަހު އޭނަ ފެންތަށި ބަހައްޓާ އަނެއްކާވެސް ފެން އެޅިއެވެ. ޔާދިން އުޅުނު ގޮތުން ހީވަނީ އޭނަގެ ކަރުހިއްކުން ނުފިލައިގެން އުޅުނު ހެންނެވެ. ފިނިފެންފުޅި މޭޒުމަތީ ބަހައްޓުމަށްފަހު އޭނަގެ ނަޒަރު އެ ފެންފުޅިއަށް ދަތުރުކޮށްލިއެވެ. ފެންފުޅީގެ ބޭރުަގއި ހުރި ފިނިކަން ކެނޑުމުން، ފެނަށް ބަދަލުވެ ފައިބަން ފެށުމުން ޔާދިންއަށް ހިންދިރުވައިލެވުނެވެ. އޭނައަށް ދުންޔާގެ އިސްތަށިގަނޑުން ފައިބަމުން ދިޔަ ފެންތައް ހަށިގަނޑަށް ފައިބަމުން ދިޔަ ތަން، އެ ފެންފުޅީގެ ސަބަބުން އަނެއްކާވެސް ފެނުނު ފަދައެވެ.

ބިރެއް ފެނުނު ފަދައިން ޔާދިން ފެންފުޅި ދުރުކޮށްލިއެވެ. އަދި ދެލޯ ރަނގަޅަށް އުނގުޅައިލުމަށްފަހު އިސްތަށިގަނޑުގައި އަތް ފުނާ އަޅައިލިއެވެ. “އަހަންނަށް ކީއްތަ މިވަނީ؟” ޔާދިންއަށް މަޑުމަޑުން އޭނަގެ އަމިއްލަ ނަފްސާއި ސުވާލުކޮށްލެވުނެވެ. އޭނައަށް ކޮޓަރީގެ ދޮރަށް ބަލައިލެވުނެވެ. ދުންޔާއާއެކު ކެއުމަށްޓަކައި ދުންޔާ ގެންނަން އޭނަގެ ހިޔާލަށްއައެވެ. އެހެންނަމަވެސް ދެންމެވީ ކަންތައް ހިތައް އެރުމުން އެ ހިޔާލު ބަދަލުވިއެވެ. ޔާދިން އަމިއްލައަށް ކާއެއްޗެހި އެޅުމަށްފަހު ކާން އިށީނދުނެވެ.

މައިރީން އޭނަ މަސައްކަތް ކުރަމުން ދާ ކޭސްއާއި ބެހޭ ނޫސް ޕޭޕަރުތަކާއި އެއްޗެހި އައިނާގެ އެހީއާއިއެކު އެއްކުރަމުން ދިޔައެވެ. ކައިލް ކަންތައް ކުރި ގޮތުން ކިތަންމެ ރުޅިއައި ނަމަވެސް އޭނަ ހުރީ އެހާ ފަސޭހައިން ބަލި ގަބޫލު ކުރާ ގޮތަކަށް ނޫނެވެ. އެކި ނޫސްތަކުން ކިޔާރާގެ ކޭސް ފައިލްތައް ހުޅުވައިގެން ހުއްޓައި ހުރިހާ ފައިލްއެއް އެއްކޮށް ފަދައިން ގެއްލިގެން ދިޔައެވެ. “ވަޓް ދި ހެލް.. ކިހިނެއް މި ވަނީ..” ދެލޯ ބޮޑުކޮށްގެން ހުރެ މައިރީންއަށް ބުނެވުނެވެ. މައިރީން ލެޕްޓޮޕްއިން އެ ކޭސްއާ ބެހޭ މައުލޫމާތެއް ހޯދަން އުޅޭ އިރަށް ‘ފައިލް ނޮޓް ފައުންޑް’ އަރަން ފެށީއެވެ. އެވަގުތު މައިރީންގެ ފޯނަށް މެސެޖްއެއް އައިސްފިކަމަށް ނޯޓިފިކޭޝަންއިން އަންގައިދިނެވެ.

“ނައިސް ޓްރައި ޓައިނީ ޕާރވާޓް..” އެނޮނިމަސް ނަންބަރަކުން މައިރީންއަށް ފޮނުވި މެސެޖްގައިވިއެވެ. އެއާއެކު މައިރީންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. “ކައިލް؟” ދަތްކުނޑިވިކައިލަމުން މައިރީންއަށް ބުނެވުނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Maash
Follow Me Written By

Maash

Level 10100 Login10 Stories100 Comments500 Login500 Comments100 Stories

🦋Reading is a way for me to escape reality 💜Writing is a way for me to express what I feel🦋 Reading led me to writing 💜 I accept both positive and negative comments 🦋 My long stories: Kushakey Koba, Insaafu libeyneba, Hiy edhe yaara thi ey (kushakey kobaa season 2), Loehbeh ma neydhen yaaru noon (kushakey kobaa season 3). My Short stories: Insaafakey mi ba, Anhen kujjakah vumun, Badhalu, Edhathuru, Noora, Maireenge hayaathun safha eh, Furaavaru, Neygikohly hiy dhivaana, Liyuntheriehge dhiriulhun🦋

Other Articles

Previous

ޒެވިއަން 15

Next

މަޢާފް އެދެމުން 7

Next
May 18, 2025

މަޢާފް އެދެމުން 7

Previews
May 17, 2025

ޒެވިއަން 15

6 Comments!

  1. aanaa says:
    May 18, 2025 at 3:17 pm

    Masha allah mi parttt vs vrh reethiii…
    I think enme fahun yaadhin ah lobi veveyny kanne …
    n mai r kail kanne gulheynyyy….
    dhunya mnge part kiyaafa ladhuvs ganehje…🙈😭…
    kail e kury kyyhhh????
    curiously waiting for the next…
    when next???
    tc lyyy❤

    1. Maash Maash says:
      May 18, 2025 at 4:05 pm

      Thank you aanaa.. I’m happy that u likes this part.. Hehe let’s see dhw vaa goi..
      Hehe me too dhunya ge part liyun iru maash vx hury ladhu ganefa hehe.. Kail kuri kameh engeyne next part ga..
      Next part insha allah Thursday ga insha allah..
      Tc love u moree 💜🦋

  2. Shaf_maan says:
    May 18, 2025 at 5:45 pm

    Maasha Alah
    Mi prt vx vrh reethi
    I think yaadhin like v kanne dhunya and kail and mai gulheynee
    Curiously waiting
    Whn not
    Tc
    Lysm marsh

    1. Maash Maash says:
      May 18, 2025 at 6:39 pm

      Thank you darling.. I’m happy u liked it..
      Let’s see dhen vaa goi dhw..
      Next part insha allah Thursday ga..
      Tc
      Love you moreee 💜🦋

  3. shihaamaa ali shihaamaa ali says:
    May 19, 2025 at 12:41 pm

    Heyyy maashhh
    Sorry ingey for the late comment reyga kiyaalin ekm..
    This ep i lavvv itt broo yaadhin😭😭 ethan kiyaafa heehee🤣
    Tiny ah gova govaafa emme fahun kail loabi vaany kanneynge maireen dheke haha
    Cant waittt for next epp
    Ilyyyssmmm❤️

  4. Maash Maash says:
    May 19, 2025 at 3:41 pm

    Heyyy shiherrr..
    Hehe I know I know..
    Hehe me tooo.. Thihen kanneyge kail ah vaany.. Neynge dhw dhen..
    Next ep insha allah Thursday ga.
    Love you moreee💜🦋

Comments are closed.

Next Episodeހިތް އެދެ ޔާރާ ތިއޭ – 08←


All Right Reserved!