Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredހިތާމައުފެއްދުންތެރި ލިޔުންލޯބި

އެކްޓަރ (ޕާޓް 18)

Lamtty
Lamtty Level 810 Stories100 Login100 Comments500 Login100 Stories
May 15, 2025 4 Mins Read
2 Comments

އަހަރެން މަގުމަތީގައި ދެކޮޅަށް ހިނގާ ހިނގާ ހުއްޓާ ގިނަ އިރުތަކެއް ނުވެ ބާރު ސްޕީޑްގައި ލަޔާލީ އަންނާތީ ފެނިއްޖެއެވެެ.އޭނާ އައިސް އަހަންނާއި ގާތަށް ސައިކަލު މަޑުކޮށްލިއިރު އެ މޫނުމަތިން ހިތްހަމަ ނުޖެހުމުގެ އަސަރު ފާޅުވާން ހުރުމުން، ޝާއީ މިހާރު ލަޔާލީ އަށް ހުރިހާ ވާހަކައެއްވެސް ކިޔައިދީފިކަން އަހަންނަށް އެނގުނެވެ.އަހަރެން ފަހަތު ސީޓަށް އެރުމުން ލަޔާލީ އެންމެ ސިކުންތެއްވެސް މަޑު ނުކޮށް ސައިކަލު ދުއްވާލިއެވެ.

****

ގެސްޓުހައުސްއާއި އަރާ ހަމަވަންދެންވެސް ލަޔާލީ އެއްވެސް ވާހަކައެއް ނުދައްކައެވެ.އޭނާ ވާހަކަ ނުދައްކާތީ އަހަންނަށްވެސް އިސްވެ އެއްޗެކޭ ބުނާކަށް ނުކެރުނެވެ.ސައިކަލު ޕާކު ކުރިގޮތަށް އޭނާ ހިނގައިގަތީ ބޭރު ބެންޗުގައި ނިޔަފަތި ހަފާލަ ހަފާލާ އިން ޝާއީގެ ގާތަށެވެ.

****

’ލެޓްސް ނޮޓް ވޭސްޓް އެނީމޯ ޓައިމް.‘ ލަޔާލީގެ އަޑުގައި ރިހުމާއި ރުޅިވެރިކަން އެކުލެވުނެވެ.އަމިއްލަ ބޭބެގެ އެފަދަ ކަޑަ ކަމެއް ފެނުނީމާ އެއީ ކޮންމެ މީހަކަށްވެސް ވެދާނެ ގޮތެކެވެ.

****

ލަޔާލީ ތަޅުދަނޑިފަތިން ލަޔަކްގެ ރޫމް ތަޅުދަނޑި ވަކިކޮށްލައިފައި ޝާއީގެ އަތަށް ލައި ދިނުމުން އެންމެ ސިކުންތެއްވެސް މަޑުނުކޮށް ޝާއީ އެތެރެއަށް ވަންނަން ދުއްވައިގަތެވެ.ލަޔާލީވެސް ޝާއީގެ ފަހަތުން ދާން ދުއްވައިގަތުމުން އަހަރެން އޭނާގެ އަތުގައި ހިފައި ހުއްޓުވީމެވެ.

****

‘ޒައިފް ވަޓް ދި ހެލް….ލެޓް ގޯ…‘ނިތަށް ރޫގިނަކޮށްލަމުން ވަރަށް ހިތްހަމަ ނުޖެހިފައި ލަޔާލީ ބުނެލިއެވެެ.އަހަރެންގެ އަތުން ސަލާމަތްވާންވެގެން އޭނާ ހުއްޓުމެއް ނެތި އަތަށް ލަކި ޖަހަމުން ދިޔައެވެ.

****

’އަމް ސޮރީ ލަޔާ…އިޓްސް ހާރ ފައިޓް.ޝާއީ ބުނީމަ ލަޔާ މި ހުއްޓުވީ. އައިނޯ މި ގަޑީ ލަޔަކް ފެނުނަސް ލަޔާ ވޮލްކޭނޯއެއްހެން ގޮވައިފާނެކަން. މޭބީ ޔުކެން ކިލް ހިމް ޓުމޯރޯ…‘ ލަޔާލީގެ އަތުގައި ބާރަށް ހިފަހައްޓައިގެން ހުރެ އަހަރެން ބުނެލީމެވެ.

****

’ތެދެއް ތިބުނީ މިގަޑީ އޭނަ އަހަރެންްގެ އަތު ޖެހިއްޖިއްޔާ ބްރަދަރ އެއްކަމަކު ކުޅި ދައްކާލާނަން.ހީ ބްރޯކް ހާރ ހާރޓް…ނޮޓް ކޫލް.ބްރަދަރ ވިޔަސް.އައި ޑޯންޓް ސަޕޯޓް ޗީޓަރޒް! ނައު ލެޓް މީ ގޯ!‘ ލަޔާލީ އެހެން ބުނެލިއިރު ރުޅިއައިސްގެން މީހާ ތުރުތުރު އަޅައެވެ. އޭނާގެ މިނިވަންކޮށް އޮތް އަތްވެސް ވަނީ މުށް ކެވިފައެވެ.އަހަރެން ކިރިޔާ ވެސް ދުލެއް ދީފިނަމަ މި އަންހެންކުއްޖާ ގޮސް ލަޔަކް ރޮލާ ކައިނުލާނެ ކަމެއްވެސް ނޭނގެއެވެ.

****

’ނޫން ލަޔާ…ލެޓް ޝާއީ ޑޫ ހާރ ތިންްގް.‘ އަަހަރެން ދޫ ނުދިނުމުން ލަޔާލީއަށް ޖެހުނީ ރުޅިއައިސްފައި އެގޮތަށް ހުންނާށެވެ.އޭނާ އެހާ ލަޔަކްއަށް ރޯޅި ބާލައިލަން ކެތްމަދުވެފައި ހުއްޓާ އޭނާ މަޑުން ހުރެދާނެ ކަމަށް ރިސްކެއް ނަގާކަށް އަހަރެންވެސް ވަކި ބޭނުމެއް ނުވިއެވެ.އެ ނޫނީ ޝާއީގެ ކުރިމަތީގައި ވެއްޓޭނީ އަހަރެންގެ އަގެވެ. އެހާ ނާޒުކު ދަނޑިވަޅަކު އޭނާ އެދުނު އެންމެ ކަމެއް ނުކޮށްދެވުނިއްޔާ ޝާއީއެއް ކަމަކު އެއްޗެކޭ ނުބުންޏަސް ވަރަށް އެއްޗެހި ހިތަށް އަރާ ފައިބާނެކަން އަހަންނަށް ހަމަ ޔަގީނެވެ.

****

އަހަރެމެން ދެމީހުންވެސް ކެތް މަދުވެފައި ތިއްބާ ޝާއީ ރޮމުން ދުވެފައި ގެސްޓު ހައުސް އިން ނުކުތްތަން ފެނުނެވެ. އޭނާގެ ފަހަތުން ބޭބް ބޭބްއޭ ގޮވަމުން ކުރު ސޯޓުކޮޅަކާއި އެކު ލަޔަކްވެސް ނުކުތެވެ. އަހަރެމެން ފެނުނުހާއިރަކަށް ލަޔަކްގެ މޫނުމަތިން ފާޅުވީ އިންތިހާ ރުޅިވެރިކަމެވެ.

’ބޭބީ‘

ހުދު ކުލައިގެ ބެޑު ޝީޓު ގަނޑެއް ގައިގައި އޮޅާލައިގެން ލަޔަކްގެ ފަސް ފަހަތުން ނުކުތް ’ބްލޮންޑް‘ އަންހެންކުއްޖާ ފެނުމުން ޝާއީގެ ރުއިން ހައްތަހާ ބާރުވެލިއެވެ.އޭރު އެ އަންހެން ކުއްޖާގެ ތުންފަތުގައި ކުޅެލަ ކުޅެލާ ހުރީ މަކަރުވެރި ހިނިތުންވުމެކެވެ.ހީވީ މާ މޮޅުކަމެއް ކުރެވިގެން އެ ކަންތައް އެންމެނަށް އިޝްތިހާރުކުރަން އުޅޭ ހެންނެވެ.

****

’ވަޓް ދި *ަކް ލިލިއަން ޔޫ ބިޗް!!!‘ އެ އަންހެން ކުއްޖާ ފެނުމާއިއެކު ލަޔާލީއަށް ލިބުނީ ޝޮކެކެވެ. އެވަގުތު ލަޔާލީ އަހަރެންގެ އަތް ފޮޅުވައިލި ގޮތުން ހީވީ އޭނާއަށް އިތުރު ބާރެއްވެސް ލިބުނު ހެންނެވެ.

****

’އޮހ ހެލޯ ފްރެންޑް.‘ އަނގަޔަށް ވައްތަރެއް ޖައްސައިލަމުން ލިލިއަން ބުނެލިއެވެ.

****

’ވޯ ވޯ ހަވަރު އެއްކޮށްގެން ދޯ ތިއުޅެނީ.ނޮޓް ކޫލް އިނގޭ ޝާއީ…މައިތިރި ވެގެން ހުރި ނަމަ ކީއްތަ؟ ޝާއީ މަށަކަށް މި ކަމެއް ނުކޮށްދިނީމެއްނު.ދެން އަހަރެން ގޮތެއް ހޯދީމަ ކޮން ފުއްޕުމެއްތަ ތި ފުއްޕަނީ؟ އަދި އަހަރެން ރުޅި ނުވެ ބެހެެއްޓީމަވެސް.‘ ލަޔަކްގެ އަޑުގައި ވަނީ މަލާމާތެވެ.

****

’ޗީޑި ލަކީ! ހުއްޓާލާ…ކޮބާތަ ކަލޭގެ ލަދު.ބޭބެއެއް ކަމަކު މާ މައްޗަށް އެނގޭ ތި ދިޔައީ.ޝީ އިޒް މައި ބެސްޓްފްރެންޑް…ތި ކުޅެލީ އޭނަގެ ލައިފްއާއޭ… ރީތިކޮށް ރުޅިވާން ނުކެރުނުތާ އެވަރަށް ތި ހާޓް ކޮށްލީ އޭނާ ލަކީއަށް ކީއްތަ ކުރީ އޭނ؟!އަދި މީނދަ ގޮލާ އެބަ ވަރަށް ބޭބީ ވެޔެއްނު… ބެކް ސްޓެބަރ…ބޭބީ ވެވިފައި ތިހުރީ.ދެން ވަރަށް ރަނގަޅަށް ކަލެއަށް ޔޯގާ އިންސްޓްރަކްޝަން ދެވޭނޭ މިތާގަ ހުރެބަލަ…ލިލިއަން ޔުއަރ ފަޔާޑް ޔޫ މެން ސްޓީލިން ބިޗް! ޕެކް ޔޯރ ބޭގްސް. ޔޫއަރ ލީވިން!‘ ޝާއީގެ ދިފާއުގައި ލަޔާލީ ހަރު އަޑުން ބުނެލިއެވެެ.

****

’އޮހޯ…އެއްޗެކޭ ވެސް ބުނަން ނުކެރޭތީ ދޯ މަގޭ ކޮއްކޮ މިތަނަށް ގެނެސްގެން ކަލޭ ތިއުޅެނީ؟‘ ލަޔަކް ދެންވެސް ދިމާކޮށްލީ ޝާއީ އާއެވެ.

****

’ލަޔަކް ހީ ކުރީތަ އަހަރެން މިއުޅެނީ އެއްޗެކޭ ކިޔަން ނުކެރިގެންނޭ.ބަލަ އަހަރެން މިތަނަށް މިއައީ  ތި ލަޔަކްގެ ހުރި ގޮތް ކުޑަކަން ލޮލުން ދެކި އަތުން ހިފާށޭ. އުފާކުރަން މެރިޖަކާ ހަމައަށް ނުދެވެނީސް ތި ލަޔަކްގެ ހަގީގަތް އެނގުނީމަ.އަހަރެން ބޭނުމެއް ނޫން ދެން ތިކަހަލަ މީހަކާ އެކީ އުޅޭކަށް.ޔުކެން ސްލީޕް އެރައުންޑް ހައު އެވަރ ޔޫ ވޯންޓް.ފްރޮމް ނައު އޮން އައި ޑޯންޓް ގިވް އަ ޝިޓް.‘ ރޮމުން ޝާއީ ބުނެލި އެވެ.

****

’ވޯ ސޯ ޑްރެމޭޓިކް‘ ލިލިއަން ’އައި ރޯލްކޮށްލަމުން‘ މަލާމާތުގެ ރާގަކަށް ބުނެލިއެވެެ.

’ޝަޓް އަޕް ޔޫ ބިޗް!‘ ލަޔާލީ ރުޅިގަދަވެގެން  ލިލިއަންގެ ގައިގައި ޖަހަންވެގެން އަތް މަޅައިލިއެވެ.

’ލަޔާލީ!‘ ލަޔަކް ލިލިއަންގެ ދިފާއުގައި ނުކުމެ ލަޔާލީގެ އަތުގައި ހިފެހެއްޓިއެވެ. ލިލިއަން ވަރަށް ފޮނިވެފައި ލަޔާލީއާއި ދިމާލަށް ދޫ ނެރެލިއެެވެ.

****

’ ލަޔާލީ އައި ޑޯންޓް ކެއަރ ހައު ލައުޑް ޔޫ ބާރކް.ލަޔަކް ހޭޒް މައި ބެކް…ޔޫ ކޭންޓް ޑޫ އެނީތިންގް ޓުމީ…‘ ލިލިއަން ހީވަނީ އަމިއްލައަށް ފެނިފައި ހުރި ހެންނެވެ. އެވެސް ހާދަ ހަޔާތް ކުޑަ އަންހެނެކޭ އަހަރެންގެ ހިތަށް އެރިއެވެ.

****

’ވިލް ސީ އެބައުޓް ދެޓް!‘ ލަޔާލީވެސް ދުލެއް ނުކުރިއެވެ. އޭނާ ލަޔަކްގެ އަތް ފޮޅުވާލިއެވެ.

’އަޅާނުލާ ލަޔާ…ހިނގާ ދާން…ދޭ ޑިޒާވް އީޗް އަދާރ…އެއީ މިހާރު މަގޭ ސްޓޭންޑާޑެއްނޫން… ލޯޔަލްޓީއަކީ އަގު ބޮޑު އެއްޗެއް.‘ ޝާއީ ލަޔާލީގެ ގާތުގައި ބުނެލިއެވެ.

’އޭ ތިހެން ބުނީމަ އޭ މި ހަނދާންވީ…ލޯޔަލްޓީ ދޯ…ކަލޭ ކަނޑަށް ފުންމާލީ ވެސް މިހިރަ ޒައިފް ގައިގައި ބީހިލާނެ ގޮތެއް ނޭނގިގެނެއްނު…އާނ އޭނަ ވިއްޔާ އެގަޑީ އެންމެ ކައިރީގައި ހުރީ… އެނގޭ ވިއްޔާ އޭނާކަން އެންމެ ކުރިން ފުންމާލާނީ ސަލާމަތް ކުރަން. އެ ގޮލާ އެފާޑަށް ބަލާއިރުވެސް ނޭނގޭ ކަމަށް ހަދައިގެން އަދި ވަރަށް ވެފައެއްނު ކަލޭވެސް ހުރީ.ކޮން ލޯޔަލްޓީއެކޭ ކިޔާކަށް!‘ ލަދެއް ނެތި ލަޔަކް ބުނެލި ބަސްތަކުން އަހަރެންގެ ކެތްތެރިކަންވެސް އިމްތިހާނު ކޮށްލިއެވެ.

****

’ލަދު ހަޔާތެއް ނެތަސް ތީ ބޮޑުވަރު.ބަލަ އަހަރެން އެދުވަހު އޭނާ ސަލާމަތް ކޮށްދިނީ ކޮންމެހެން ނުބައި ނިޔަތެއް އޮވެގެނެއް ނޫނޭ. ކަލެއަށް އެކަންވެސް ހަޖަމު ނުވިކަމެއްނު މި އެނގުނީ. އެކަމަކު ކަލޭ އޯކޭ ދޯ ހަމަ އެހެން އަންހެނުންނާއެކު ކޮންމެ ކަމެއް ކުރިޔަސް.އަހަރެން ޝާއީ ސަލާމަތްކޮށްދޭން ވެގެން އޭނަ ގައިގައި އަތްލީމަ އެކަން ދޯ މި ގޯސްވީ… ކަލޭ ދެންމެވެސް ތި ނުކުތީ އެހަރަ ފަރަންޖީއާއެކީ ބަތްކައްކާ ކުޅެފަ ވިއްޔާ ދޯ؟‘ ރުޅިވެރިކަމާއިއެކު އަހަރެން ބުނެލީމެވެ. އަހަރެންގެ ބަސްތައް އިވިފައި ލަޔަކްގެ ކަތުރުކަށިގަނޑަށް ވާންވެލިތަން އަހަރެންް ދުށީމެވެ.އެއީ އޭނާ ރުޅި އަރުވައިލުމުގައި އަހަރެން ކާމިޔާބުވި ކަމުގެ ހެއްކެކެވެ.

****

ދެވަނަ ފަހަރަކަށްވެސްް އެއްޗެކޭ ބުނެލަން އަނގަ ހުޅުވައިލިތަނާ މިފަހަރު އަހަރެން ހުއްޓުވީ ޝާއީއެވެ.

’ޒައިފް ޑޯންޓް…‘ ޝާއީ ބުނެލީ އަހަންނަށް ކިރިޔާ އިވޭހާ މަޑުމަޑުންނެވެ.

****

’ކަމޮން ބޭބް‘ ލަޔަކް އެތެރެއަށް ވަންނަން ހިނގައިގަންނަމުން ލިލިއަންއަށް މުޚާތަބުކޮށް ބުނެލިއެވެ. އެ އަޑު އިވިފައި ޝާއީ އިތުރަށް ހިތްދަތިވިކަން އޭނާގެ މޫނަށް އެރި ކުލަވަރުތަކުން ދޭހަވިއެވެ.ލަޔާލީއަށްވެސް އެކަން ފާހަގަކުރެވުނުކަން އޭނާ އަހަންނާއި ދިމާލަށް ބަލައިލި ގޮތުންވެސް އަހަންނަށް އެނގުނެވެ.

****

’ވެއިޓް އަމް ނޮޓް ޑަން ވިތް ހިމް ޔެޓް!‘ ލަޔާލީ ހުރެފައި ކުއްލިއަކަށް މަޑު މަޑުން އެހެން ބުނެލުމުން އަހަަންނާއި ޝާއީގެ ސަމާލުކަން އޭނާއަށް ހުއްޓުނެވެ. ދެން އޭނާ ހުރެފައި އެއޮށް ކޮށްލި ކަމަކުން ޝާއީވެސް ސިހިފައި ހިފީ އަހަރެންގެ ޓީޝާޓުގައެވެ.

****

ލަޔާލީ ކުރި ކަމަކީ ލަޔަކް އެތެރެއަށް ވަދެ ވަދެ ހުއްޓާ ދުވެފައި އެ ދިޔަ ގޮތަށް ގޮސް ލަޔަކްގެ ކޮނޑުގައި ހިފައި މަގަތަށް އަނބުރާލައިފައި އޭނާގެ މޫނުމަތީގައި އަތު ހުރި ބާރެއް ލައި ޖެހީއެވެ. އަހަރެމެން އެންމެނަށްވެސް ލަޔާލީގެ އެ އަމަލުން ސިހުން ލިބުނެވެ.ލަޔަކްވެސް ވީތަދުން އާއޫއޭ ކިޔައި މޫނުމަތީގައި އަތް ހިންގައިލިއެވެ.އަހަރެމެނަށް ކަޅި އަޅައިގެން ހުރެ ލިލިއަން އެ ބެޑުޝީޓުގަނޑުގައި އެއް އަތުން ހިފަހައްޓައިގެން ލަޔަކް އާއި ގާތަށް ލެފިލިއެވެ. އޭރު ލަޔަކް ހުރީ ގަބޫލު ނުކުރެވިފައި ހުރި ގޮތަކަށް ދެލޯ ބޮޑުކޮށްލައިގެން ލަޔާލީއާއި ދިމާލަށް ބަލަހައްޓައިގެންނެވެ.

****

’ދެޓްސް ފޯރ ހާޓިން މައި ބެސްޓް ފްރެންޑް.‘  ލަޔާލީ ރުޅިވެރިކަމާއިއެކު ލަޔަކް އާއި ދިމާލަށް ބުނެލިއެވެ.

 

ނުނިމޭ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Lamtty
Follow Me Written By

Lamtty

Level 810 Stories100 Login100 Comments500 Login100 Stories

Challenging myself here 🌺🍃 ✍🏾 📖 ❤️ ☕ 😺 I believe there's always room for improvement. Constructive criticism is much appreciated.😊 ❤️

Other Articles

Previous

އަބަދަށް-13

Next

ކާށިގަނޑަކުން ނާށިގަނޑެއް

Next
May 15, 2025

ކާށިގަނޑަކުން ނާށިގަނޑެއް

Previews
May 15, 2025

އަބަދަށް-13

2 Comments!

  1. hassndy says:
    May 16, 2025 at 6:56 am

    Damn ! The inevitable fight !

    1. Lamtty Lamtty says:
      May 16, 2025 at 1:20 pm

      Yeah hehe

Comments are closed.

Next Episodeއެކްޓަރ (ޕާޓް 19)←


All Right Reserved!