Skip to content
އެސްފިޔަ
PRO · MVR 2.00

މަޢާފް އެދެމުން 6

ޑޮކްޓަރ ނިކުމެ އެ ޚަބަރު ދިން ވަގުތަކީ އާރިޝް އައިސް ރިޔާން ކައިރީ ހުއްޓުނު ވަގުތެވެ. ކިތަންމެ ދުރުގައި ހުރި ނަމަވެސް ގްރޫޕަށް ލީ މެސެޖް ފެނުމާއެކު ރިޔާންއަށް ޓަކާ ވީ އެންމެ އަވަހަކަށް އާރިޝް އައީއެވެ. ޑޮކްޓަރގެ ބަސް އަޑު އިވުމާއެކު ރިޔާންއަށް ނުހިފެހެއްޓިގެން ރޮވުނެވެ. ކޮޅަށް ހުންނަން ދަތިވެ ފައިން ވަރު ދޫވެގެން ރިޔާން ވެއްޓެން ދިޔަ ވަގުތު އެހީވީ އާރިޝްއެވެ. އަނބުރައިގަނެގެން ވެއްޓުނު ރީވާ ގައިގައި ހިފެހެއްޓީ ޔަޒްދާންއެވެ. ރާނިޔާގެ ދެފަރާތުން ކައިރިވީ ތަސްލީމާއާ ސަލަފްއެވެ.
ރިލްވާންގެ މައްޗަށް ކަށުނަމާދު ކުރުން އޮތީ އެރޭ ފަތިސް ނަމާދަށް ފަހުއެވެ. އެ ކަށު ނަމާދުގައި ޔަޒްދާންއާ ސަލަފްއާ ނާބިތުގެ އާއިލާގެ އިތުރުން އާރިޝްގެ އާއިލާވެސް ބައިވެރިވިއެވެ.

މަހެއް ހާ ދުވަހު މަންމަމެން ކައިރީ ހުރެފައި ރިޔާން އެނބުރި ދިޔައީ ރާނިޔާ އެދުމުންނެވެ. ބައްޕަގެ އެދުމަކަށްވެސް ވާނީ ކިޔެވުން ކަން އެނގޭތީއެވެ. އާރިޝް ފުރީ މާލޭގައި ހަފްތާއެއް ވަންދެން މަޑުކޮށްފައެވެ. އެ ދުވަސްތަކުގައި ރިޔާންއާ ދުރުގައި އާރިޝް ހޭދަކުރީ ހަމައެކަނި ނިދަން ގެއަށް ދާ ވަގުތެވެ.
އަލުން ގޮސް ކިޔަވަން ފެށި ނަމަވެސް އެކަން ރިޔާންއަށް…

ވާހަކައިގެ ބާކީ ބައި ހުޅުވާލާ

ވާހަކަ ކިޔުމަށް ލޮގިން ކުރައްވާ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (2)

  1. MaZy

    Omgg i luvv thiss😭
    Btw ima bigg fann of youu🥹
    Umm is there any way to talk to u?
    🤧🙏🏻

  2. Mar Sha

    hi, thank u dear. https://www.instagram.com/mar.marsha?igsh=bDF4cHR0bTByMmMz
    follow me on instagram and send me a message

Comments are closed.