Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް އެދޭ މަންޒިލަކީ… 12

Nayaa
Nayaa Level 1010 Stories100 Comments100 Login500 Comments100 Stories1K Comments
November 29, 2025 8 Mins Read
14 Comments

ލިވްޔާ ލޯ މަރައިލި މަންޒަރު ފެނިފައި ރައިހާންގެ ތުންފަތް ދެމިލީ ހިތްގައިމު ހިިނިތުންވުމަކުންނެވެ. ލަސްލަހުން އިހުނަށްވުރެ ވެސް ބޮޑަށް ލިވްޔާއާ ކައިރިވެލާފައި، ދެލޯ މަރައިލަމުން ރައިހާން އޭނާގެ ތުންފަތް ލިވްޔާގެ ތުންފަތާ ޖެހޭނުޖެހޭ ހިސާބުގައި މަޑުކޮށްލިއެވެ. ކުރިމަތީގައި މި އިނީ ކޮން ކުއްޖެއްކަން ވެސް އެވަގުތު ރައިހާންގެ ފުސްވެފައިވާ ސިކުނޑިއަށް ނަގައިނުގަނެވުނު ފަދައެވެ. އޭނާގެ ހިތުގައި އެވަގުތު ވީ ހަމަ އެންމެ ކަމެކެވެ. އެ ހިތާއި ހަށިގަނޑު ލިވްޔާއަށް އެދެވުނު ވަރެވެ. ލިވްޔާ އެހައި ބަލިކަށިވެފައި އިން ވަގުތު އެ ހަށިގަނޑުގެ ހޫނުކަމުން ލިވްޔާގެ ހަށީގައިވީ ފިނިކަން ވިރުވައިލަދޭން ބޭނުންވީ ވަރެވެ. އެ ރަތްވެފައިވީ، މަޑުމަޑު، ރީތި ތުންފަތް ގައިދުކޮށްލަން އެ ހިތް އެދި ގޮވަމުން ދިޔަ ވަރެވެ.

ކުއްލިއަކަށް އިވުނު ގުގުރީގެ ބާރު އަޑާއި އެކު ރައިހާންއަށް ދެލޯ ހުޅުވައިލެވުނެވެ. ކުރެވެން އުޅުނު ކަންތައް ވިސްނުމާއި އެކު ހޭވެރިކަންވީ މީހެއް ފަދައިން ވަގުތުން ލިވްޔާއާ ދުރުވެލާފައި ހުންގާނުގައި ދެއަތުން ހިފައި ބާރުކޮށްލިއެވެ. ފުން ނޭވާތަކެއް ލަމުން ދިޔަ އިރު އެ ހިތް ލިވްޔާއަށް އެދެވުނު ސަބަބަކާ ދޭތެރޭގައި އޭނާއަށް ވިސްނެމުން ދިޔައެވެ. ނިމްޝާ ނޫން އެހެން ކުއްޖަކަށް ދުވަހަކުވެސް އެގޮތަށް އެދެވިފައި ނުވާ އިރު، އެންމެ ނަފްރަތު ކުރާ ލިވްޔާއަށް އެދެވުނީތީ ރައިހާންއަށް އެ ރުޅި ވެސް އާދެވުނީ ލިވްޔާ ދެކެއެވެ. އެކަމުގައި ވެސް އޭނާއަށް ކުށްވެރި ކުރެވުނީ ލިވްޔާއެވެ.

ކުއްލިއަކަށް ރައިހާން އޭނާއާ ދުރުވެލުމާއި އެކު ލިވްޔާއަށް ވެސް ސިހިފައި ދެލޯ ހުޅުވައިލެވުނެވެ. އޭރު ހުންގާނުގައި ބާރަށް ހިފަހައްޓައިގެން އިނދެ ފުން ނޭވާތަކެއް ލަމުން ދިޔަ ރައިހާން ފެނިފައި ލިވްޔާގެ ހިތް ނުތަނަވަސްވިއެވެ. ދާދި ދެންމެއަކު އެދެމެދުގައި ހިނގި ކަންތަކަށް ފަހު ރައިހާން ދެކޭނީ ކިހިނެއް ބާވައޭ ހިތަށް އަރާ އެ ހިތް އިތުރަށް ބިރުގަތެވެ.

“ނުކުމޭ..” އިސްޖަހާލައިގެން އިން ލިވްޔާއަށް ކުއްލިއަކަށް ރައިހާންއަށް ބަލައިލެވުނީ ރައިހާންގެ ދުލުން އިވުނު ލަފްޒު ޤަބޫލު ނުކުރެވިފައެވެ. ރޭގަނޑުގެ ކަނު އަނދިރީގެ ތެރޭގައި، ވެހެމުން ދިޔަ ބޯ ވާރޭގެ ކަނިތަކުގެ ތެރެއަށް އޭނާ އެއްލައިލާނެހައި ރައިހާންގެ ހިތް ހަރުވެދާނެ ކަމަކަށް ލިވްޔާއަށް ޤަބޫލެއް ނުކުރެވުނެވެ.

“އަޑެއް ނީވޭތަ..؟ ނުކުންނާށޭ!” ހުންގާނުގައި އަތުން ޖަހަމުން ރައިހާން ހަޅޭލަވައިގަތުމާއި އެކު ލިވްޔާ ދިޔައީ އެއްލިގެންނެވެ. ދެލޮލަށް ގިނަވި ކަރުނަތަކުގެ ތެރެއިން ރައިހާންގެ ރުޅިއައިސް ރަތްވެފައިވީ ސޫރަ އޭނާއަށް ފެނުނީ ފުސްކޮށެވެ.

އަދިވެސް ލިވްޔާ އިން ގޮތަށް އިނުމުން ރައިހާން ލިވްޔާ ކައިރިއަށް ޖެހިލާފައި ކާރުގެ ދޮރު ހުޅުވައިލިއެވެ. އެއް އަތުން ބޭރަށް އިޝާރާތް ކުރި އިރު އެ ދެލޮލުގައި ވިދަމުން ދިޔައީ އަނދަމުން ދިޔަ ނަފްރަތުގެ އަލިިފާނެވެ.

“ނުކުމޭ!” ރައިހާން އަނެއްކާ ވެސް ހަޅޭލަވައިގަތުމުން ލިވްޔާ ސިހިގެން ދިޔައެވެ. އެ ދެތުންފަތް ފޫއަޅުވައިލާފައި ބޭރުވި ވޭނީ ގިސްލުމުގެ އަޑާއި އެކު، އެ ދެލޮލުން ކަރުނަތައް އޮހިގެންފިއެވެ.

“ރައިހާން.. ޕްލީޒް.. ތިހެން ނުހަދާ..” ކުރަކިވެފައިވީ އަޑުން ލިވްޔާ ކުރި އާދޭސް ރައިހާންގެ ހިތާ ހަމައަށް ފޯރިކަމެއް ނޭނގެއެވެ. ގިސްލަމުން ލިވްޔާ އަނެއްކައި ވެސް އެދުނީ އޭނާއަށް ރަހުމު ކުރުމަށެވެ. އެހެނަސް ނަފްރަތާއި ރުޅީގެ ގަދަ އަލިފާނުގައި އަނދަައި ހުލިވަމުން ދިޔަ ރައިހާންގެ ނަފުސަށް އެއްވެސް އިހުސާސެއް ނުކުރެވުނެވެ.

“ނުކުމޭ!” މިފަހަރު ރައިހާން ބުނެލި ގޮތުން އޭނާގެ ވިސްނުން ބަދަލު ނުކުރެވޭނެކަން ލިވްޔާއަށް ޔަގީން ވިއެވެ. ގިސްލެވި، ތުރުތުރު އަޅަމުން ދިޔަ ހާލުގައި ލިވްޔާ ކާރުން ފޭބި އިރު ރައިހާން އެންމެ ފަހަރަކު ވެސް ލިވްޔާއަށް ބަލައި ވެސް ނުލައެވެ. ލިވްޔާ ކާރުން ފޭބުމާއި އެކު ރައިހާން އެންމެ ސިކުންތެއް ވެސް މަޑުކޮށްނުލައި ކާރު ދުއްވައިލި މަންޒަރު ބަލަން ލިވްޔާ ހުރީ ކަރުނުން ބަރާވެފައެވެ.

ކާރުން ހަމަ ފޭބުމާއި އެކު ވާރޭގެ ރަހުމެއް ނެތް އޮއްގާތަކެއް ފަދަ ފެންތިކިތަކުގެ އަމާޒަކަށް ލިވްޔާގެ ނިކަމެތި ހަށިގަނޑު ވެގެން ދިޔުމާއި އެކު ލިވްޔާގެ ގިސްލުމުގެ އަޑު ބާރުވިއެވެ. ހަަށިގަނޑަށް ވަމުން ދިޔަ ތަދުންނާއި، އިހުސާސް ކުރެވެމުން ދިޔަ ގަދަ ފިނީގެ ސަބަބުން ލިވްޔާއަށް ކޮޅަށް ހުންނަން ވެސް ދަތިވިއެވެ. ވެހެމުން ދިޔަ ވާރޭގެ ސަބަބުން ލައިގެން ހުރި ހުދުކުލައިގެ ގަމީސް އެ ހަށިގަނޑުގައި ތަތްލަވާކަށް ގިނަ އިރުތަކެއް ނުނެގިއެވެ. ތުރުތުރުލަމުން ދިޔަ އަތުން މޭމަތީގައި އަތް ހުރަސްކޮށްލައިގެން ހުރެ ލިވްޔާ ކުރިއަށް އަޅަމުން ދިޔަ ކޮންމެ ފިޔަވަޅަކާއި އެކު އެ ހިތާއި ހަށިގަނޑަށް ލިބެމުން ދިޔައީ އިތުރު ވޭނެކެވެ.

ލަސްލަހުން ފިޔަވަޅަކަށް ފަހު ފިޔަވަޅެއް އަޅަމުން ދިޔަ ލިވްޔާއަށް ދޭތެރެއަކުން އެކިއެކި ދިމަދިމާއަށް ނަޒަރު ހިންގައިލެވެނީ އެ ހިތުގައިވީ ބިރުވެރިކަމެއްގެ ސަބަބުންނެވެ. ހުޅުމާލޭގެ އެ ބޮޑު މަގުގައި ދަތުރުކޮށްފައި ދާ ދެތިން ކާރެއް ފިޔަވައި އެހެން އެއްވެސް މީހެއްގެ ހިލަމެއް ނުވަނީ ވަގުތާއި، ކުރަމުން ދިޔަ ބޯ ވިއްސާރައިގެ ސަބަބުން ކަންނޭނގެއެވެ. އެހެނަސް އެކަމުގެ ސަބަބުން ލިވްޔާގެ ހިތަށް ލިބުނީ އިތުރު ނުތަނަވަސްކަމެކެވެ.

ކުއްލިއަކަށް ފަހަތުން މީހަކު ތުމުން ފުމެލި އަޑު އިވިފައި ލިވްޔާއަށް ސިހިފައި ފަހަތް ބަލައިލެވުނު އިރު ދެފަރާތަށް އެއްލެމުން އެއްލެމުން އޭނަޔާ ދިމާއަށް އަންނަމުން ދިޔަ ފިރިހެނާ ފެނިފައި އެ މޫނުމަތީގައި ބިރުވެރިކަމުގެ އަސަރުތައް ރަސްކަން ކުރަން ފަށައިފިއެވެ. އެމީހާ ހިނގަމުން ދިޔަ ގޮތުންނާއި މޫނުމަތީގައިވީ އަސަރުތަކުން އެމީހާ ހުރީ ހަމަހޭގައި ނޫންކަން އެނގި، ލިވްޔާ އިތުރަށް ބިރުގަތެވެ. ބަލިކަށިވެފައިވީ އެ ނާޒުކު ހަށިގަނޑަށް ކުޅަދާނަވީ ވަރަކުން ލިވްޔާ ފަހަތަށް ފިޔަވަޅު އަޅަމުން ދިޔަ ނަމަވެސް، އިސާހިތަކު އެމީހާ އައިސް ލިވްޔާއާ އަރާ ހަމަކޮށްފިއެވެ.

“ހާދަ ރީއްޗޭ..” ތެމުމުގެ ސަބަބުން ހާމަވެފައިވާ ލިވްޔާގެ ހަށިގަނޑުގެ ބައްޓަމުން ނަޒަރު ވަކިކޮށްނުލައި ހުރެ އެ ފިރިހެންމީހާ ބުނެލުމުން ލިވްޔާއަށް އިތުރަށް ރޮއެގަނެވުނީއެވެ.

“ޕްލީޒް.. އަހަރެން.. ދޫކޮށްލާ..” ލިވްޔާގެ އާދޭހުގެ އަޑު އިވިފައި އެ ފިރިހެންމީހާގެ މޫނުމަތީގައިވީ މަކަރުވެރި ހިނިތުންވުން އިތުރަށް ފުންވީއެވެ.

“އަދި ތިއަށް ވުރެ ލޯބިން ބުނެފިއްޔާ ދޫކޮށްލާނަން..” ލިވްޔާގެ އަތުގައި ހިފައި އޭނަޔާ ކައިރިއަށް ދަމައިލަމުން އެ ފިރިހެންމީހާ ބުނެލުމާއި އެކު ލިވްޔާއަށް ބިރުން ތެޅިގަނެވުނެވެ.

“ހެޔޮނުވާނެ.. ތިހެން ނުހަދާ.. އާދޭސް ކުރަން..” ރޮއެރޮއެފައި ލިވްޔާ ކުރަމުން ދިޔަ އާދޭހުގެ ސަބަބުން އެ ހަރު ހިތަށް އެއްވެސް އަސަރެއް ކުރިހެންނެއް ހިޔެއް ނުވެއެވެ.

“ތިޔޮށް ލޯބި ކުއްޖާ ތިޔޮށް ފިނިވެގެން ހަލާކު ވަނީނު.. އައިމް ޖަސްޓް ޓްރައިން ޓު ވާރމް ޔޫ އަޕް..” ލިވްޔާއާ ކައިރިވެލަމުން އެ ޒުވާނާ ބުނެލި ޖުމުލައިން ލިވްޔާ އިތުރަށް ރޮއެގަނެފައި އެ ދެއަތުގެ ތެރެއިން ސަލާމަތް ވުމަށް ގަދަހަދައިލިއެވެ.

ލިވްޔާ ސަލާމަތް ވާން ވެގެން ގަދަހަދަން އުޅުމާއި އެކު އެ ޒުވާނާ މަކަރުވެރި ހިނިތުންވުމަކާއެކު އިހުނަށްވުރެ ވެސް ބޮޑަށް ލިވްޔާ ގަޔާ ކައިރިކޮށްލިއެވެ. އެއަށްފަހު މިނިވަންކޮށް އޮތް އަތުން ލިވްޔާގެ ޝޯލްއަށް ދަމައިލުމާއި އެކު ޝޯލްގައި ހުރި ޕިންތަކާއި އެކު ލިވްޔާގެ ބޯމަތިން ޝޯލް ސޮހިގެން އައިސް އެމީހާގެ އަތަށް ބޮނޑިވިއެވެ.

ލިވްޔާ އަޅައިގެން ހުރި ޝޯލް އެ ބޮލާ ވަކިވުމުން އެ ޒުވާނާގެ ލޮލުގައިވީ މަސްތީކަން އިތުރުވީ ފަދައެވެ. ގިސްލަގިސްލާފައި ދޫކޮށްލުމަށް އެދި އާދޭސްކުރަމުން ދިޔަ ލިވްޔާގެ ވޭނީ ކެކުޅުންތަކަށް ސަމާލުކަން ދިނުމެއް ނެތި އެ ޒުވާނާ ދެން ހިފައިލީ ލިވްޔާގެ ވޫލްކޮޅުގައެވެ. އިސާހިތަކު މިނިވަންވެގެން ދިޔަ އެ ދިގު، ބުޅި އިސްތަށިގަނޑުގެ ރީތިކަމުގެ ޖާދޫގައި އެ ޒުވާނާ ޖެހި ހުސްވެއްޖެއެވެ.

“ސޯ ބިޔުޓިފުލް.. ސޯ ގޯރޖަސް..” ލިވްޔާގެ އިސްތަށިގަނޑާއި އެކު ކަނދުރާގައި އިނގިލިތައް ހިންގައިލަމުން އެ ޒުވާނާ ބުނެލުމާއި އެކު ލިވްޔާ އަނެއްކާވެސް ރޮއެގަނެފައި އޭނާ ދޫކޮށްލުމަށް އެދި އާދޭސް ކުރަން ފެށިއެވެ.

“ޝްޝްޝް ޕްރިންސެސް.. ނުރޮއެ ނުރޮއެ.. ބަސްއަހައިގެން ރީތިކޮށް ހުރިއްޔާ ތިކުއްޖާއަށް ވެސް އެންމެ ރަނގަޅު ވާނީ.. ގަދަ ހަދަން އުޅެފިއްޔާ ތަދުވާނީ ވެސް ހަމަ ތި ރީތިރީތި ނާޒުކު ހަށިގަނޑަށް..” ލިވްޔާގެ ހަށިގަނޑުގެ އެތަންމިތަނުގައި އަތް ދަތުރުކުރަމުން އެ ޒުވާނާ ބުނެލި ބަސްތަކުން ލިވްޔާގެ ނޭވާ ވެސް ހުއްޓުނު ފަދައެވެ.

*** ** ***

ކާރުގައި ވަކި ހިސާބަކަށް ގޮސް ރައިހާން ކާރު ހުއްޓައިލީ ހިތަށް ވަމުން ދިޔަ އާދަޔާޚިލާފު އުނދަގޫކަމަކުންނެވެ. ހުންގާނުގައި ދެއަތުން ބާރަށް ހިފަހައްޓާލައިގެން އިނދެފައި އަމިއްލަ ނަފުސަށް އިވޭ ވަރަށް އަނގައިން ދެތިން ހުތުރު ބަސް ބޭރުކޮށްލެވުނެވެ.

“ލިވްޔާ…” ދާދި ދެންމެއަކު ލިވްޔާގެ އެއްވެސް ކުށެއް ނެތި ބޯ ވިއްސާރައިގެ ތެރެއަށް އެ ނިކަމެތި އަންހެން ކުއްޖާ އެކަނި ދޫކޮށްލާފައި އާދެވުނު ހަނދާން ވުމުން ރައިހާންގެ ހިތް ތެޅިގަތެވެ. އޭނާގެ އަމިއްލަ އިހުސާސްތަކާއި އެދުންތަކަށް އިންކާރު ކުރާނެހައި ހިތްވަރެއް ނެތުމުން އެކަމުގެ ރުޅި ލިވްޔާއަށް ބޭލުނު އިހާނެތި ގޮތް ހަނދާން ވުމުން އަމިއްލަ ނަފްސަށް ވެސް އޭނާއަށް ނަފްރަތު ކުރެވުނެވެ. ނޭނގޭ ބިރަކުން އެ ހިތް ކޮށާ ކުދިކުދިވަމުން ދިޔަ އިހުސާސަކާއި އެކު ރައިހާން ވަގުތުން ކާރު އަނބުރައިލިއެވެ.

“ލިވްޔާ.. ޕްލީޒް ބީ ސޭފް..” ކާރުގެ ދުވެލި އެންމެ ބާރުމިނަށް ލަމުން ރައިހާން ބުނެލި އިރު އެ އަޑުގައި ވަނީ އިންތިހާ ދަރަޖައިގެ ހާސްކަމާއި ކަންބޮޑުވުމެވެ.

އިރުކޮޅެއްގެ ތެރޭގައި ކާރުން ލިވްޔާ ބޭލި ހިސާބަށް އާދެވުމުން ރައިހާން ކާރު ހުއްޓައިލިއެވެ. އަވަސްއަވަހަށް ކާރުން ފައިބާފައި ރައިހާން ދެކޮޅުބަލައި ހޯދައިލި އިރު އެ ހިތުގެ ތެޅުން ވަނީ އެތައް ގުނައެއް އަވަސްވެފައެވެ.

“ތިހެން ނުހަދާ.. ޕްލީޒް..” ރޮމުން ދިޔަ ލިވްޔާގެ އަޑު އިވިފައި ވަގުތުން ރައިހާންގެ ހިއްސުތައް އަވަސްވެލިއެވެ. އަވަސްއަވަހަށް ވަށައިގެންވީ މާހައުލު ހޯދައި ބަލައިލީ ލިވްޔާގެ ހިލަމެއް ވޭތޯއެވެ.

ކުއްލިއަކަށް އޭނާއަށް ގަސްތަކުގެ ދޭތެރެއިން ދެމީހަކު ފެނުނުހެން ހީވިއެވެ. އަޑު ވެސް އައީ އެދިމާލުންކަން ޔަގީންވުމާއި އެކު ރައިހާން ދެފައިގައި ހުރި ބާރެއްލާފައި އެދިމާއަށް ދުއްވައިގަތެވެ. އެހިސާބަށް އަރާ ހަމަވުމާއި އެކު ރައިހާންގެ ދެފައިގައި ކަސްތޮޅު އެޅުވިގެން ދިޔައީ ހަމަހޭގައި ނެތް ފިރިހެނެއްގެ އަނިޔާވެރި ވަކިތަކުން ސަލާމަތް ވުމަށް ތެޅިފޮޅެމުން ދިޔަ ލިވްޔާ ފެނިފައެވެ. ވަގުތުން އޭނާގެ އަތް މުއްކެވިގެން ދިޔަ އިރު، އިތުރު ކަމަކާ ދޭތެރޭގައި ވިސްނައި ވެސް ނުލައި ރައިހާން ގޮސް އެމީހާގެ ގައިގައި ހިފައި ލިވްޔާއާ ދުރަށް ލިއެވެ.

ކުއްލިއަކަށް އެމީހާގެ އަތުތެރެއިން މިނިވަންވުމާއި އެކު ލިވްޔާއަށް ދެލޯ ހުޅުވައި ބަލައިލެވުނެވެ. އެއާއެކު ގޮށްމުށުން އެމީހާގެ މޫނުމަތީގައި ޖަހަމުން ދިޔަ ރައިހާން ފެނި ލިވްޔާއަށް އިތުރަށް ރޮވުން ނޫން ކަމެއް ނުކުރެވުނެވެ. ގިސްލަގިސްލާފައި ރޮމުން ދެކަކޫ މައްޗަށް ތިރިވި އިރު ލިވްޔާގެ ހަށިގަނޑުގެ ކޮންމެ ކަށިކޮޅެއްގައި ވަކިން ރިއްސާހެން ހީވަމުން ދިޔައެވެ.

“ޔޫ.. ***.. ****!!” އެ ޒުވާނާގެ މޫނު ލެއިން ކަޅިވާންދެން އެ މޫނުގައި ގޮށްމުށުން ތަޅަމުން ރައިހާން ކިޔަމުން ދިޔައެވެ.

“ކަލޭ ނުޖެހޭ އޭނަ ގައިގަ އަތްލާކަށް ****!! ކަލޭ މަރާލާނަން!” ދުލަށް އައިހާ އެއްޗެއް އެމީހާއަށް ގޮވަމުން ދިޔަ އިރު ރައިހާންގެ އަނިޔާވެރި ޢަމަލުތަކަށް މެދުކެނޑުމެއް ނައެވެ.

“ރަ- ރައި- ހާން..” އުނދަގުލުން ރައިހާންގެ ނަމުން ލިވްޔާ ގޮވައިލި އިރު، ގިސްލަމުން ދިޔުމުގެ ސަބަބުން އެ އަޑު ބޭރުވީ ކެނޑިކެނޑިގެންނެވެ.

ކުއްލިއަކަށް ލިވްޔާގެ ވޭނީ އަޑުން އޭނާގެ ނަން ކިޔައިލި އަޑު އިވިފައި ރައިހާންއަށް ލިވްޔާއަށް ބަލައިލެވުނެވެ. އެއާއެކު ވަގުތުން އެ ހިތް މަޑު ކަފަކޮޅަކަށް ވެގެން ދިޔަ އިރު، ގައިދަށުގައި އޮތް މީހާގެ ގައިން ދޫކޮށްލާފައި ރައިހާން ގޮސް ލިވްޔާގެ ކައިރީގައި އެއްކަކޫ މައްޗަށް އިށީނެވެ.

“ލިވްޔާ…” ލިވްޔާގެ މޫނުގައި ދެއަތުން ހިފަހައްޓައިލަމުން ރައިހާން އޭނާގެ ނަން އެހައި އަސަރާއެކު ކިޔައިލުމުން ލިވްޔާއަށް ހައްތަހައި ބޮޑަށް ރޮވުނީއެވެ. ގިސްލަގިސްލާފައި ރޮވެމުން ދިޔަ ލިވްޔާގެ މަޑު ތުރުތުރެއް އުފެދިފައިވީ ހަށިގަނޑު އެ ދެއަތުގެ ތެރޭގައި ފޮރުވައިލަމުން ރައިހާން ލިވްޔާގެ ބޮލަށް ބޮސްދިނެވެ.

“ޝްޝް.. ސްޓޮޕް ކްރައިން.. އައިމް ހިއަރ ނައު.. އަހަރެން ލިވްޔާއަށް އެއްވެސް ކަމެއް ވިޔަކަ ނުދޭނަން.. ޕްލީޒް ހުއްޓައިލާ..” އެއް އަތުން ލިވްޔާގެ މިނިވަންވެފައިވީ އިސްތަށިގަނޑުގައި ފިރުމަމުން، އަނެއް އަތުން ލިވްޔާގެ ބުރަކަށީގައި އޭނާގެ އިނގިލިތައް ހިންގަމުން ރައިހާން ބުނަމުން ދިޔަ އިރު އެ އަޑުގައި ވަނީ އިންތހާ ދަރަޖައިގެ ލޯތްބާއި އޯގާތެރިކަމެވެ.

“އެ- އެމީހާ.. އުޅުނީ.. އަ- އަހަ- އަހަރެން..” ލިވްޔާ އެއްޗެކޭ ބުނަން އުޅުނު ނަމަވެސް ގިސްލެވެމުން ދިޔުމުގެ ސަބަބުން އެކަން ކާމިޔާބެއް ނުވިއެވެ.

“ޝްޝް.. ހުއްޓައިލާ ދެން.. އަހަރެން މިހުރީނު.. އަހަރެން ހުއްޓައި އޭނައަށް ވެސް އަދި އެހެން މީހަކަށް ވެސް ލިވްޔާގެ ގައިގަ އިނގިލި ކުރި ވެސް ޖައްސައިނުލެވޭނެ.. ޓްރަސްޓް މީ.. ހުއްޓައިލާ ދެން.. ޕްލީޒް..” ލިވްޔާ ހަމަޖައްސައިދިނުމަށް ޓަކައި ލޯބިން ފުރިގެންވީ ބަސްތައް ބުނަމުން ދިޔަ ރައިހާންގެ ދެލޮލުގައި ވެސް ކަރުނައިގެ މުތީތައް ވިދަމުން ދިޔައެވެ.

“ކި- ކީއްވެ.. ރައިހާން.. އަހަ- އަހަރެން.. އެކަނި… އަހަރެންގެ.. ކުށަކީ.. ކޮބާ…” ލިވްޔާގެ ދެތުންފަތް ދޭތެރެއިން ވަކިވަކިވެގެން ނުކުތް ލަފްޒުތައް ރައިހާންގެ ހިތާ ހަމައަށް ފޯރުމާއި އެކު ރައިހާންގެ ހިތް ކުދިކުދިވެގެން ފޭބި ކަހަލައެވެ. އިހުނަށްވުރެ ވެސް ބޮަޑަށް ލިވްޔާ އޭނާގެ ގަޔާ ކައިރިކޮށްލަމުން ރައިހާ ދެލޯ މަރައި ބާރުކޮށްލުމާއި އެކު، އެ ދެލޮލުގެ ތެރޭގައި ގައިދުވެފައިވީ ކަރުނަތައް މިނިވަން ވެގެން ކޯތާފަތް މައްޗަށް ފައިބައިގަތެވެ.

“އައިމް ސޮރީ.. އައިމް ރިއަލީ ސޮރީ.. އަހަންނަށް މާ ބޮޑަށް ރުޅި އާދެވުނީ.. އައި ރުޅީގަ ރަނގަޅަށް ވިސްނައިނުލެވުނީ.. އައިމް ސޯ ސޮރީ…” ރައިހާންގެ އަޑު ވެސް ބޭރުވީ ކުރެހިގެންނެވެ. ނަފްރަތުގެ އަނދައަނދާ ހުރި އަލިފާންގަނޑުގެ އަސަރު ފޯރުމާއި އެކު އޭނާއަށް ކުރެވުނު އެންމެ ކުށަކުން ލިވްޔާގެ ސާދާ ހިތުގައި އުމުރަށް ކޫރުމެއް އަޅުވައިލެވިއްޖެއެވެ. ދުވަހަކު ފަރުވާއެއް ލިބުން ނެތް އަނިޔާއަކުން އެ ހިތް ޒަޚަމްކޮށްލެވިއްޖެއެވެ.

އިރުކޮޅަކު އެގޮތުގައި އިނުމަށް ފަހު ރައިހާން ލަސްލަހުން ލިވްޔާއާ ދުރުވެލާފައި ދެއަތުން ލިވްޔާގެ މޫނުގައި ހިފަހައްޓައިލިއެވެ. އެ ދެލޮލުން އަދިވެސް ހުއްޓުމެއް ނެތި ފައިބަމުން ދިޔަ ކަރުނަތައް ފެނިފައި ބާރުގަދަ އަތަކުން ރައިހާންގެ ހިތުގައި ހިފައި ފިތައިލި ފަދަ ވޭންދެނިވި ވޭނެއް އިހުސާސް ކުރެވުނެވެ. ދެއަތުގެ ބޮޑުވާ އިނގިލިން ލިވްޔާގެ ކޯތާފަތުގައިވީ ކަރުނައިގެ ނިޝާންތައް ފުހެލައިދިން އިރު ރައިހާން ދެފަރާތަށް ބޯހޫރުވައިލީ ދެން ނުރޯށޭ ބުނާ ފަދައަކުންނެވެ.

“ހިނގާ ދޯ ގެއަށް ދާން..؟” ލިވްޔާގެ މޫނުމަތީގައި ތަތްލަވާފައިވީ އިސްތަށިތައް އެ މޫނުމަތިން އެއްފަރާތް ކޮށްލަމުން ރައިހާން ބުނެލި އިރު އެ އަޑުގައި ވަނީ އިންތިހާ ދަރަޖައިގެ އޯގާތެރިކަމެވެ.

ލަސްލަހުން ލިވްޔާ ބޯޖަހައިލުމާއި އެކު ރައިހާން އޭނާ ލައިގެން ހުރި ކޯޓު ބާލާފައި ލިވްޔާގެ ކޮންމެވެސް ވަރަކަށް ހާމަވެފައިވީ ހަށިގަނޑު ފޮރުވައިލިއެވެ. އެއަށްފަހު ތިރީގައި އޮތް ޝޯލް ނަގާފައި ލިވްޔާގެ އިސްތަށިގަނޑާއި ކަނދުރާ ނިވާވާނޭހެން ލިވްޔާގެ ބޮލުގައި އޮޅައިލިއެވެ. އެއަށްފަހު ލުއި ފަތެއްހެން އެ އަތްދަނޑިމައްޗަށް ލިވްޔާ ނަގައި އުފުލައިލާފައި ރައިހާން އޭނާގެ ކާރާ ދިމާއަށް ހިނގައިގަތީ ވެއްޓިގައި އޮތް ފިރިހެނާއަށް ނަފްރަތުން ފުރިގެންވީ ނަޒަރެއް ދިނުމަށް ފަހުގައެވެ. އެމީހާގެ ސޫރަ ރައިހާން އޭނާގެ ހިތުގައި ކުރަހައިލީ އަދި އޭނާއަށް ދޭންވާ ހައްގު އަދަބު ދިނުމުގެ ހަރު ޢަޒުމުގައެވެ. އެ ނުލަފާ ފިރިހެނާއަށް ޓަކައި ދުނިޔެއަކީ ނަރަކައަކަށް ހަދައިލާނެ ކަމަށް ރައިހާން އަމިއްލަ ނަފްސަށް ވަޢުދުވިއެވެ.

ލިވްޔާ ކާރަށް އަރުވާފައި ރައިހާން ވެސް ގޮސް ޑްރައިވިން ސީޓުގައި އިށީނެވެ. ގެއަށް ދިޔަ މަގުމަތީގައި މަގުމައްޗަށް ވުރެ ގިނައިން ރައިހާންގެ ނަޒަރު އަމާޒުވެފައި ހުރީ ލިވްޔާއަށެވެ. އަދިވެސް ކޮންޓްރޯލެއް ނެތި އެ ނާޒުކު ހަށިގަނޑު ތުރުތުރު އަޅަމުން ދިޔަ އިރު، ދޭތެރެދޭތެރެއިން ލިވްޔާގެ ވޭނީ ގިސްލުމުގެ އަޑު އިވިފައި ރައިހާންއަށް ކުރެވެމުން ދިޔަ ކުށްވެރިކަމުގެ އިހުސާސް އިތުރުވެގެން ދަނީ އެ ހިތް އިތުރަށްް ކުދިކުދި ކޮށްލަމުންނެވެ.

ގެއަށް އާދެވުމާއި އެކު ރައިހާން ކާރުން ފައިބާފައި ގޮސް ލިވްޔާ އިން ފަރާތުގެ ދޮރު ހުޅުވައިލިއެވެ. ރޮއެރޮއެ ރަތްވެ، ދުޅަވެފައިވީ ދެލޮލުން ރައިހާންއަށް ބަލައިލުމާއި އެކު ރައިހާންގެ ހިތަށް އިތުރު ޒަޚަމެއް ލިބުނު ފަދައެވެ. ލިވްޔާގެ އެ ނާޒުކު ހާލަތުގެ ޒިންމާ ނަގަން ޖެހޭނީ އޭނައޭ ހިތަށް އެރުމުން އަމިއްލަ ނަފްސު ކުށްވެރި ކުރެވުނީ އިންތިހާއަށެވެ.

ގިސްލެވެމުން ދިޔަ ހާލު ލިވްޔާ ރައިހާންއަށް އަތް ދިއްކޮށްލީ އޭނާއަށް އެކަނި ކާރުން ނުފޭބޭނެތީއެވެ. އެ އަތުގައި ހިފުމުގެ ބަދަލުގައި ރައިހާން މިފަހަރުވެސް ލިވްޔާ ނަގައި އެ އަތްދަނޑިމައްޗަށް އުފުލައިލަމުން ގެއަށް ވަންނަން ހިނގައިގަތެވެ. ހަށިގަނޑަށް ވަމުން ދިޔަ ތަދާއި، ވަރުބަލިކަމުގެ ސަބަބުން ދެކޮޅު ހަދާނެ ހިތްވަރެއް ނެތިފައި ލިވްޔާ ވެސް ރައިހާންގެ ވަރުގަދަ އަތުތެރެއަށް އެ ހަށިގަނޑު ދޫކޮށްލައިގެން އޮތީއެވެ.

ލިވްޔާ އުރާލައިގެން ހުރެ ރައިހާން ގެއަށް ވަން އިރު ސޯފާގައި ހަލީމް އާއި ނާއިފް ނޫން އެހެން އެންމެން ވެސް ތިބުމުން ރައިހާން ހާސްވިއެވެ. އެމީހުން އެ ތިބީ ރައިހާން އާއި ލިވްޔާ ނައިސް ލަސްވުމުންކަން ރައިހާންއަށް ޔަގީން ވިއެވެ.

ރައިހާންގެ އަތްދަނޑިމަތީގައި އޮތް ލިވްޔާ ފެނުމާއި އެކު އެންމެންގެ މޫނުމަތިން ވެސް ހާސްކަން ފެންނަން ފެށިއެވެ. އެންމެން އެކުގައި އައިސް އެދެމީހުން ވަށައިލުމާއި އެކު ލިވްޔާއަށް ހައްތަހައި ބޮޑަށް ރޮވުނީއެވެ. ރައިހާންގެ މޭތެރޭގައި މޫނު ފޮރުވައިލަމުން ލިވްޔާ ގިސްލަގިސްލާފައި ރޮމުން ދިޔުމުން އެންމެންގެ ހާސްކަން ވީ އިތުރެވެ.

“އެ މަންޖެއަށް ކިހިނެއްވީ..؟” އައިސާމަނިކެ އަހައިލުމާއެކު ރައިހާން ތެދަށް ޖަވާބު ދިނުމަށް ފަސްޖެހުނެވެ.

“ފަހުން ކިޔައިދޭނަން.. އިހަށް ލިވްޔާ އަރާމުކުރިޔަދީ..” ހަމައެކަނި އެހެން ބުނެފައި ރައިހާން މިސްރާބު ޖެހީ ލިވްޔާގެ ކޮޓަރިއަށް ދިޔުމަށެވެ. އެ ކޮޓަރިއަށް ވަދެފައި ރައިހާން ލިވްޔާ އެނދުމަތީގައި ބާއްވައިލަމުން އެ ހަށިގަނޑުގައި ރަޖާ އަޅައިލަދިނެވެ. އެއަށްފަހު ލިވްޔާގެ މަގަތުގައި އިށީނދެ އިނދެ ލިވްޔާގެ އަތްތިލައިގައި ހިފައިލީ ހިނދުކޮޅަކަށް ވެސް ލިވްޔާ ކައިރިން ދުރަށް ދާން ބޭނުން ނުވެ އިނދެފައިހެން ހީވެއެވެ.

ރައިހާންގެ ފަހަތުން އައިސާމަނިކެ އާއި، ޒީނާ އާއި ރީނާގެ އިތުރުން ކުޑަކުޑަ ރިއާ ވެސް އައިސް އެ ކޮޓަރީގެ ދޮރުމަތީގައި ހުއްޓުނެވެ. ހިނދުކޮޅަކަށް ވެސް ރައިހާންގެ ތޫނު ނަޒަރު ލިވްޔާއާ ކަސިޔާރުނުވާ އިރު، އެ ދެލޮލުން ފެންނަމުން ދިޔަ އަސަރުތައް ތަފާތުކަން އެ އެންމެންނަށް ވެސް ފާހަގަ ވިއެވެ.

“ދަރިފުޅު އިހަށް ދޭ.. މާމަ މަޑުކޮށްލާނަން..” ރައިހާންގެ ބުރަކަށީގައި ފިރުމައިލަމުން އައިސާމަނިކެ ބުނެލުމާއި އެކު ރައިހާން ވަގުތުން ދެފަރާތަށް ބޯހޫރުވައިލި އިރުވެސް އޭނާގެ ނަޒަރު ވަނީ ލިވްޔާއަށް ހުއްޓިފައެވެ. ހީވަނީ ހިނދުކޮޅަކަށް ވެސް ލިވްޔާގެ އަތުން ދޫކޮށްލައިފި ނަމަ ލޯކުރިމަތިން ލިވްޔާ ގެއްލިދާނެތީ އުޅޭހެންނެވެ.

“ތެދެއް ރެން.. އިހަށް ދޭ.. ލިވީ ގިނަ އިރު ތެތް ހެދުން ބަދަލު ނުކޮށް އޮތިއްޔާ ބަލިވެދާނެ.. ދޮންތަމެން ލިވީ ޗޭންޖްކޮށްލަން ދެން ރެން އިހަށް ދޭ.. ނިމުނީމަ ދޮންތަ ގޮވާނަމޭ..” ރީނާ އެހެން ބުނުމުން ރައިހާން ބޭނުން ނުވެ އިނދެފައި ވެސް ލިވްޔާގެ އަތުން ދޫކޮށްލާފައި ތެދުވީ ރީނާ އެ ބުނީ ތެދެއްކަން އެނގޭތީއެވެ. ލަސް ފިޔަވަޅުތަކެއްގައި ރައިހާން ގޮސް ލިވްޔާގެ ކޮތަރިން ނުކުމެފައި ދޮރު ލައްޕައިލީ އައިސާމަނިކެ އާއި ރީނާގެ އިތުރުން ޒިނާ އެ ކޮޓަރިއަށް ވަނުމުންނެވެ.

ފުން ނޭވާއެއް ދޫކޮށްލަމުން ނެގިމަޑުވެފައި ހުރެ ރައިހާން ގޮސް ފެންޑާގެ ސޯފާގައި އިށީން އިރު އެ މޫނުމަތީގައި ހިތާމައިގެ ސާލެއް އޮޅިފައިވާ ފަދައެވެ. އެ ރީތި މޫނުމަތި އެކީ މިލާފައިވާ އިރު، ކުރެވެމުން ދިޔަ ކުށްވެރިކަމުގެ އިހުސާސުން އޭނާގެ މުޅި ނަފްސުގެ ހަމަޖެހުން ނަގާލައިފިއެވެ. އޭނާގެ ރުޅީގެ ސަބަބުން ކުށެއް ނެތް އަންހެން ކުއްޖެއްގެ ހިތުގައި ހާދަ ވަރަކަށް ޖެއްސިއްޖެއެވެ. އެ މައުސޫމު ކުއްޖާ ދެރަކޮށްލާ، ރޮއްވައިލެވޭތޯ އޭނާ ހާދަހާ މަސައްކަތެއް ކޮށްފިއެވެ. އެހެނަސް، އެންމެ ފަހުން އެކަން ކާމިޔާބު ވުމުން ހީކުރި ގޮތާ ޚިލާފަށް އޭނާގެ ހިތަށް ލިބުނީ ވޭނާއި ކެކުޅުމެވެ. އަނިޔާ އާއި ގޯނާއެވެ.

ޔާނިއު އާއި ލައިނީއާ ދޭތެރޭގައި ވިސްނައިލެވުމުން ރައިހާން އިތުރަށް ހިތުގައިޖެހުނެވެ. އެދެމީހުން މިކަން އެނގިއްޖެ ނަމަ ދުވަހަކު އޭނާއަށް މަޢާފު ނުކުރާނެކަން ޔަގީނެވެ. ލައިނީގެ ލޮލުގެ ކޮއި ފަދަ ލިވްޔާގެ ހިތުގައި މިރޭ އޭނާގެ ސަބަބުން ދާއިމީ ޒަޚަމެއް ލައްވައިލެވިއްޖެއެވެ. ލޯބިވާ ބޭބެގެ އަންހެނުންނަށް ވެސް އޭނާގެ ފަރާތުން އެ ދެވުނީ ކިހައި ބޮޑު ދެރައެއް ހެއްޔެވެ؟

ރައިހާންއަށް ވިސްނައިލެވުނެވެ. ލިވްޔާގެ ކުށަކީ ކޮބައިހެއްޔެވެ؟ އޭނާއަށް އެވަރަށް ލިވްޔާއަށް ނަފްރަތު ކުރެވުނީ ކީއްވެގެން ހެއްޔެވެ؟ ދެމީހުން ފުރަތަމަ ދިމާވި ދުވަހު މަގުމަތީގައި ކަންތައްވީ ގޮތުން ހެއްޔެވެ؟ އެހެނަސް އެއީ ފާއިތުވީ މަސްތަކުގައި ލިވްޔާ ހިތުގައި ޖެހޭތޯ އޭނާ ކުރި އެތައް ކަންތައްތަކަށާއި، ބުނި އެތައް ބަސްތަކަށް ދެއްކޭނެ ބަހަނާއެއް ނޫނެވެ. ވަކިން ޚާއްސަކޮށް މިރޭ ކުރެވުނު ކަންތަކަށް ފަހު ރައިހާންއަށް އަމިއްލަ ނަފްސު ދެކެ ވެސް އިންތިހާއަށް ރުޅި އާދެވިއްޖެއެވެ. އެހެން ފިރިހެނެއްގެ އަނިޔާވެރި ވަކިތަކުގެ ދަށުގައި ލިވްޔާގެ ނިކަމެތި ހަށިގަނޑު ހައްޔަރުވީ ހަމަ އޭނާގެ ސަބަބުންނެވެ. އަމިއްލަ ނަފްސު ދެކެ އައި ރުޅި ލިވްޔާއަށް ބޭލުމުންނެވެ. ލިވްޔާގެ މަޢާފު ދުވަހަކުވެސް އޭނާއަށް ޙައްޤު ނުވާ ކަމުގައި އަމިއްލަ ހިތަށް ވިސްނުމުން، އެ ހިތުގައި އެޅި ވޭން ރަމްޒުކޮށްދިނީ ރޮނގަކަށް ވާ ގޮތަށް އެ ކޯތާފަތް މަތިން ފޭބި ކަރުނައެވެ.

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Nayaa
Follow Me Written By

Nayaa

Level 1010 Stories100 Comments100 Login500 Comments100 Stories1K Comments

I write for therapeutic reasons. Author of "Hithuge Shakuvaa", "Hoadhan Neydhen Loebbeh Thiya Noon", "Thiya Loebbah Edheveythee" and "Hiyy Edhey Manzilakee"

Other Articles

Previous

އަލީނާގެ ހަޔާތް…2

Next

އެ ކުޑަ ކުއްޖާ 3

Next
November 29, 2025

އެ ކުޑަ ކުއްޖާ 3

Previews
November 29, 2025

އަލީނާގެ ހަޔާތް…2

14 Comments!

  1. Nai_73 says:
    November 29, 2025 at 7:36 pm

    Masha Allah mi part ves Vrh reethi Alheyyy vrh dhera vehje raihaan livy ekani magumahchah dhookoleema naseebehnu ren Aikan ves ehenoony livy hunaane haaleh vx neyngey 😩
    Ren ah livy dheke loabi vevunyy baa anehka???
    Ren ah visneyne Adhi IA
    Curiously waiting for the next part when’s next???
    Lyyy 🤞♥️

    1. Nayaa Nayaa says:
      November 30, 2025 at 4:59 pm

      thank you so much
      ehehe ren ge hithuga oiy ehcheh balaalan hingaaba next part ah inthizaaru kohlamaa dho
      next part tomorrow submit khlaanan in sha allah
      lym <33

  2. Anonymous says:
    November 29, 2025 at 9:58 pm

    V v v v v v v reethi….
    Can’t wait for the next episode…
    When’s next..?

    1. Nayaa Nayaa says:
      November 30, 2025 at 5:00 pm

      thnnk youu
      tomorrow in sha allah

  3. ~Ellly~ says:
    November 29, 2025 at 10:10 pm

    Nayuu my pookie,this is Soo sooo praiseworthy!!!!MA. Creativity level on 💯🔥MA. Im so happy Ren ah visnuneema, and haadha heart touching eyy.im having a rollercoaster of emotions 🤭. Impatiently waiting for next part😊💕 Lysm darling💋

    1. Nayaa Nayaa says:
      November 30, 2025 at 5:00 pm

      yesss ellyy ehehehe thankyou so so muchh<33
      lym<33

  4. Anu🌷 says:
    November 29, 2025 at 10:44 pm

    I literally love your stories keep it uppp!

    1. Nayaa Nayaa says:
      November 30, 2025 at 5:01 pm

      thank youuu

  5. Anonymous says:
    November 30, 2025 at 1:21 pm

    Mi part ves vrh reethi MA! Alhe Ren nuvaane ennu Livi Evans magumatheega bahahtaafa dhaakah😞😞. But the way he saved her was really cute❤️❤️. Ren ah visnenee Kan nynge.
    Whn nxt????

    1. Nayaa Nayaa says:
      November 30, 2025 at 5:03 pm

      thankyou so much

      yeahhh ren aky mee varah bipolar meeheh dho hehehe

      tomorrow in sha allah

  6. Alsssss⁠✿ says:
    November 30, 2025 at 4:01 pm

    Keep up the excellent work👏👏. Descriptions are super realistic. Curiosity on hundred. When is the next part? Tc💗❤️:⁠-

    1. Nayaa Nayaa says:
      November 30, 2025 at 5:03 pm

      thank you so so much<33

      tomorrow in sha allah

  7. Your fav bab Your fav bab says:
    November 30, 2025 at 8:54 pm

    Varah reethi mi part vex ma!!
    Omg RAIHAAN why would bro do that!!! poor livy😭😭
    I knew he’ll regret sooner or later
    When next?
    Ly

  8. gurrrl says:
    December 1, 2025 at 2:09 am

    Alheyy im so curious ren badhal vehjeyaa I vrh ufaa vaane yageen ren badhal vaane kan livy ah takaa but livyy dhn ren aai dheythereyga dheveyne gotheh neynge
    Im so curious next part pls pls vrh avhaha submit kohla dhecheyyyy 😭🥹❤️
    Love you nayaa

Comments are closed.

Next Episodeހިތް އެދޭ މަންޒިލަކީ… 13←


All Right Reserved!