ހިތް އެދޭ މަންޒިލަކީ… 13
ރައިހާންއަށް ވިސްނައިލެވުނެވެ. ލިވްޔާގެ ކުށަކީ ކޮބައިހެއްޔެވެ؟ އޭނާއަށް އެވަރަށް ލިވްޔާއަށް ނަފްރަތު ކުރެވުނީ ކީއްވެގެން ހެއްޔެވެ؟ ދެމީހުން ފުރަތަމަ ދިމާވި ދުވަހު މަގުމަތީގައި ކަންތައްވީ ގޮތުން ހެއްޔެވެ؟ އެހެނަސް އެއީ ފާއިތުވީ މަސްތަކުގައި ލިވްޔާ ހިތުގައި ޖެހޭތޯ އޭނާ ކުރި އެތައް ކަންތައްތަކަށާއި، ބުނި އެތައް ބަސްތަކަށް ދެއްކޭނެ ބަހަނާއެއް ނޫނެވެ. ވަކިން ޚާއްސަކޮށް މިރޭ ކުރެވުނު ކަންތަކަށް ފަހު ރައިހާންއަށް އަމިއްލަ ނަފްސު ދެކެ ވެސް އިންތިހާއަށް ރުޅި އާދެވިއްޖެއެވެ. އެހެން ފިރިހެނެއްގެ އަނިޔާވެރި ވަކިތަކުގެ ދަށުގައި ލިވްޔާގެ ނިކަމެތި ހަށިގަނޑު ހައްޔަރުވީ ހަމަ އޭނާގެ ސަބަބުންނެވެ. އަމިއްލަ ނަފްސު ދެކެ އައި ރުޅި ލިވްޔާއަށް ބޭލުމުންނެވެ. ލިވްޔާގެ މަޢާފު ދުވަހަކުވެސް އޭނާއަށް ޙައްޤު ނުވާ ކަމުގައި އަމިއްލަ ހިތަށް ވިސްނުމުން، އެ ހިތުގައި އެޅި ވޭން ރަމްޒުކޮށްދިނީ ރޮނގަކަށް ވާ ގޮތަށް އެ ކޯތާފަތް މަތިން ފޭބި ކަރުނައެވެ.
“ދޮންބޭ..” ތުއްތުއްތު ރިއާގެ މައުސޫމު އަޑު އިވުމާއިއެކު ރައިހާން ދެލޯ ހުޅުވައިލާފައި ރިއާއަށް ބަލައިލިއެވެ. އެ ތުއްތު ކުއްޖާއަށް ވެސް ރައިހާންގެ މޫނުމަތީގައިވީ ހިތާމަވެރިކަމާއި މޮޅިވެރިކަން ދޭހަވީ ކަންނޭނގެއެވެ. އައި ގޮތަށް އައިސް ރައިހާންގެ އުނގަށް އަރާފައި ރިއާ އޭނާގެ މައުސޫމު ހިނިތުންވުން ރައްދުކޮށްލިއެވެ.
“ދޮންބެ ސޭޑް ވެފަ ތީނީ ލިވީ ދައްތި ސިކް ވީމަތަ..؟” އޭނާގެ ޅަ ބަހުރުވައިން ރިއާ އަހައިލުމާއި އެކު ރައިހާންގެ ހިތުގައި އަޅަމުން ދިޔަ ވޭން ދެގުނަވީ ފަދައެވެ. ލަސްލަހުން ބޯޖަަހައިލި އިރު ރައިހާންގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތަކުގެ އަދަދު ވެސް އިތުރުވާން ފަށައިފިއެވެ.
“ދޮންބެ ސޭޑް ނުވޭ.. ޑޯންޓް ކްރައި.. ދޮންބެ ސޭޑް ވީމަ ރިއްކޮ ވެސް ސޭޑް ވޭ..” ކުޑަކުޑަ އިނގިލިތަކުން ރައިހާންގެ ކޯތާފަތްމަތީގައި ނުހިކި ހުރި ކަރުނަތައް ފުހެލައިދެމުން ރިއާ ބުނެލުމާއި އެކު ރައިހާންއަށް އިތުރަށް ރޮވުނީއެވެ. އަވަސް ހަރަކާތަކާއި އެކު ރިއާގެ ކުޑަކުޑަ ހަށިގަނޑު މެޔާލައި ފިތައިލަމުން ރައިހާން ދެލޯ މަރައި ބާރުކޮށްލި އިރު އެ ދެތުންފަތް ފޫއަޅުވަިއލާފައި ގިސްލުމުގެ އަޑު ބޭރުވާން ފަށައިފިއެވެ.
“ދޮންބޭ.. ކީއްވެ ދޮންބެ ރޮނީ..؟ ލިވީ ދައްތަ ސިކް ވީމަތަ…؟” އޭނާގެ މައުސޫމު ސިކުނޑިއަށް ނަގައިގަނެވުނު ގޮތަށް ރިއާ ސުވާލުކޮށްލިއެވެ.
“ޕްރިންސެސް.. ލިވީ ދައްތައަށް އެހެން ވީ.. ދޮންބެއާ ހަދައި..” ރައިހާންގެ އަޑު ނުކުތީ ކުރެހިގެންނެވެ. އެއާއެކު ރިއާ ވަގުތުން ރައިހާންއާ ދުރުވެލާފައި ރައިހާންއަށް ބަލައިލި އިރު އެ ދެލޯ ވަނީ ބޮޑުވެފައެވެ.
“އެއީ ކީއްވެ..؟” ރިއާގެ ސުވާލުން ރައިހާންގެ ހިތަށް ލިބެމުން ދިޔަ ވޭން ވީ އިތުރެވެ.
“ދޮންބެ.. ދޮންބެއަށް މާ ރުޅި އާދެވުނީ.. މާ ކެއަރލެސް ވެވުނީ.. ދޮންބެ.. ދޮންބެއަށް ނޭނގުނީ ޕްރިންސެސް.. ދޮންބެ.. ގަސްތަކު ނޫން..” ހިތުގައިވީ އުދާސްތައް ތުއްތުތުއްތު ރިއާގެ ކުރިމަތީގައި ރައިހާންއަށް ބަންޑުން ކޮށްލެވުނީ އެ ހިތަށް އިތުރަށް ކެތް ނުކުރެވުމުންނެވެ.
“ކީއްވެ ދޮންބެ އެހެން ހެދީ..؟ ލިވީ ދައްތި ކިހައި ދެރަވާނެ..” ވިސްނޭ ބޮޑު މީހަކު ފަދައިން ރިއާ ބުނެލި ވާހަކަތަކުން ރައިހާންގެ ދެލޮލުގައިވީ ކުށްވެރިކަމުގެ އިހުސާސްތައް އިތުރަށް ފުންވެލައިފިއެވެ.
“ދޮންބެ.. ދޮންބެއަށް ނޭނގުނީ.. ޕްރިންސެސް.. ދޮންބެ ބޭނުން.. ލިވީ ދައްތަ ގާތު ސޮރީ ބުނަން.. އެކަމަކު.. އެކަމަކު..” ރައިހާން ބުނަން ބޭނުންވީ ވާހަކަ އޭނާއަަކަށް ފުރިހަމައެއް ނުކުރެވުނެވެ.
“އެއީ ކީއްވެ..؟ ގޯސް ކަމެއް ކުރެވުނީމަ ވާނެ ސޮރީ ބުނަން..” ރިއާ އަނެއްކައި ވެސް ބުނެލީ ވިސްނޭ ހަރުދަނާ މީހެއް ފަދައިންނެވެ.
“އެކަމަކު ލިވީ ދައްތަ.. ދޮންބެއަށް ފޮގިވްއެއް ނުކުރާނެ.. ދޮންބެއަށް ކުރެވުނީ އެއަށް ވުރެ މާ ގޯސް ކަމެއް.. ޕްރިންސެސް.. ދޮންބެ.. ދޮންބެ ދެން ކިހިނެއް ހަދާނީ..؟” އެންމެ ހަތަރު އަހަރުގެ ކުޑަކުޑަ ކުއްޖެއްގެ ޚިޔާލަށް ރައިހާންއަށް އެދެވުނީ އޭނާގެ ސިކުނޑީގައި އުފެދިފައިވީ ހައިޖާނުގަނޑުގެ ބޮޑުކަމުންނެވެ.
“ލިވީ ދައްތިއަކީ ވަރަށް ކައިންޑް ކުއްޖެއް.. ލިވީ ދައްތި ފޮގިވް ކުރާނެ ދޮންބެއަށް..” ރައިހާންގެ ކޮލުގައި އެ ކުޑަކުޑަ އަތްތިލައިން ފިރުމައިލަމުން ރިއާ ބުނެލީ ރައިހާންއަށް ހިތްވަރުދޭ ރާގެއްގައެވެ.
“ރިއްކޮއަށް ޔަގީންތަ..؟” ވެގެން މި އުޅޭ ކަންތައް ނުވެސް ވިސްނޭ ކުޑަކުޑަ ރިއާގެ ވާހަކައިން ވެސް ރައިހާންއަށް އޮތް ޔަގީންކަން ކޮންމެވެސް ވަރަކަށް އިތުރުވިއެވެ.
“ޔެސް.. ދޮންބެ ސޮރީ ބުނައްޗޭ..” އަނެއްކައި ވެސް އެ މައުސޫމު ބަހުރުވައިން ރިއާ ބުނެލުމާއި އެކު ރައިހާން ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިކޮށްލަމުން ބޯޖަހައިލިއެވެ.
އެވަގުތު ލިވްޔާގެ ކޮޓަރިން ޒީނާ އާއި އައިސާމަނިކެ ނުކުތުމާއި އެކު ރައިހާން ވަގުތުން ރިއާ ސޯފާގައި ބައިންދާފައި ކޮޅަށް ތެދުވިއެވެ. އަވަސް ހަރަކާތަކާ އެކީ އެދެމީހުންނާ ދިމާއަށް ގޮޮސްފައި ލިވްޔާ ކިހިނެއްތޯ އަހައިލި އިރު އެ ހިތް ވަނީ އިންތިހާއަށް އަވަސްވެފައެވެ.
“އެ މަންޖެ އޮތީ ހުން އައިސް ރަތްވެފަ.. އިރުއިރުކޮޅާ ރޮމުންރޮމުން ކޮންމެވެސް އެއްޗެއް ކިޔާ އެބަ.. ހީވަނީ ބިރުން އުޅޭހެން..” ލިވްޔާގެ ހާލަތު އިވިފައި އަނެއްކާ ވެސް ރައިހާންއަށް ކަރުއެލުވައިލެވުނު އިރު އެ ހިތް ފިސްފިސްވަމުން ދިޔަ ކަހަލަ އިހުސާސެއް ކުރެވުނެވެ.
“ރެން.. ދަރިފުޅާ.. ދެން ވެސް ވީ ގޮތް ކިޔައިދީބަލަ..” ރައިހާންގެ ކޮނޑުމަތީގައި އަތް ބާއްވައިލަމުން ޒީނާ އަހައިލުމާއި އެކު ރައިހާންއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ.
“މީހަކު.. މީހަކު ލިވްޔާއާ ބެހެން އުޅުނީ..” ކުރަކިވެފައިވާ އަޑުން ރައިހާންއަށް ބުނެވުނީ އެވަރަށެވެ. އިސްޖަހާލައިގެން ހުރެ ރައިހާން ބުނެލި ވާހަކައިން އައިސާމަނިކެއާ ޒީނާގެ ދެލޯ ދިޔައީ މުދުނަށް އަރައިގެންނެވެ.
އިތުރު ސުވާލެއް ކުރަން އައިސާމަނިކެ ހުޅުވައިލި އަނގަ ލައްޕައިލަން ޖެހުނީ މައި ދޮރުން ވަދެގެން އައި ހަލީމް ފެނުމުންނެވެ. ގެއަށް ވަން ހަލީމަށް އެންމެންގެ މޫނުމަތީގައިވީ ކަންބޮޑުވުން ފެނިފައި އެ ނިތަށް ރޫތައް ގިނަވެގެން ދިޔައެވެ. ލަސްކުރުމެއް ނެތި ހަލީމް އައިސާމަނިކެމެންް ތިި ދިމާއަށް ހިނގައިގަތް އިރު އެ ހިތް ވެސް ހާސްކަމުން ވަށައިލީ އެމީހުންގެ މޫނުމަތީގައިވީ އަސަރުތަކަކުންނެވެ.
“ކިހިނެއް ވެގެން މި އުޅެނީ..؟” އެ ސުވާލު ކޮށްލި އިިރު ހަލީމްގެ އަޑުގައި ވެސް ވަނީ އިންތިހާ ދަރަޖައިގެ ހާސްކަމާއި ކަންބޮޑުވުމެވެ.
ހަލީމް އެ ސުވާލު ހަމަ ކޮށްލުމާއި އެކު ރައިހާން ވަގުތުން ތުންފަތުގައި ދަތް އަޅައިލަމުން އިސްދަށަށް ޖަހާލައިފިއެވެ. ހަލީމް ލިވްޔާ އޭނާއާ ހަވާލު ކުރީ އޭނާ ލިވްޔާއަށް ރައްކާތެރިވާނެ ކަމަށް އިތުބާރުކޮށްފައި ކަން ޔަގީނެވެ. އެހެނަސް މިއަދު އޭނާ ހަލީމްގެ އިތުބާރު ވެސް ވެއްޔާ މޮޑެލައިފިއެވެ. ލިވްޔާއަށް ވީ ގޮތް އެނގިއްޖެ ނަމަ ހަލީމް އޭނާ ކުށްވެރި ކުރާނެ ވަރު ވިސްނިފައި ރައިހާންގެ ހިތް އިތުރަށް ގެނބިގެން ދިޔަހެން ހީވެއެވެ.
“ރެން އެމަންޖެ ގޮވައިގެން ގެއަށް އައި އިރު އެ މަންޖެ އޮތީ އެއްކޮށް ތެމިފަ.. ހުމާ ފިހިފިހި އޮތީ.. ދެންމެ މަންމަ ރެން ގާތު އަހައިލީމަ ރައިހާން އެ ބުނީ.. މީހަކު ލިވްޔާއާ.. ބެހެން އުޅުނީޔޯ..” އައިސާމަނިކެގެ ވާހަކައިގެން ހަލީމްގެ ދެލޯ މުދުނަށް އަރައިގެން ދިޔަ އިރު އެ ނަޒަރު ފުރަތަމަ ވެސް އަމާޒުކޮށްލެވުނީ ރައިހާންއަށެވެ. ހަލީމްގެ ނަޒަރު އޭނާއަށް އަމާޒުވީކަން އެނގުމާއި އެކު ރައިހާން ދެއަތް މުއްކަވައިލަމުން އަމިއްލަ ނަފްސު ހަމައަކަށް އެޅުވޭތޯ މަސައްކަތް ކޮށްލީ ދެން ހަލީމްގެ ސުވާލުތައް އަމާޒު ވާނީ އޭނާއަށް ކަން އެނގޭތީއެވެ.
“ރެން.. ދަރިފުޅު ގާތު އަންކަލް ބުނީމެއްނު ލިވްޔާ ގޮވައިގެން އަންނާށޭ.. ދަރިފުޅާ އެއްކޮށް ލިވްޔާ ހުއްޓައި.. ކިހިނެއް މިކަހަލަ ކަމެއް ވީ..؟” ހަލީމްގެ ސުވާލަށް ދޭނެ ޖަވާބެއް ނޭނގިފައި ރައިހާންއަށް އެ ހުރި ގޮތަށް އިސްޖަހައިގެން ހުރެވުނީއެވެ.
ރައިހާންގެ ހަމަހިމޭންކަމުން ހަލީމަށް ލިވްޔާއަށް ދިމާވި ކަންތައްތަކުގެ ތެރެއިން ލިވްޔާ އާއި ރައިހާންގެ މެދުގައި ވެސް ކޮންމެވެސް ކަމެއް ހިނގައިފިކަން ޔަގީން ވެއްޖެއެވެ. ލަސްލަހުން ހަލީމް ގޮސް ރައިހާންގެ ކުރިމަތީގައި ހުއްޓިފައި ރައިހާންގެ ކޮނޑުގައި އަތް ބާއްވައިލިއެވެ. އެއާއެކު ހަލީމަށް ބަލައިލި ރައިހާންގެ ދެލޮލުގައި ވިދަމުން ދިޔަ މުތީތަކެއް ފަދަ ކަރުނަ ފެނިފައި ހަލީމްގެ ޝައްކު ޔަގީނަށް ބަދަލުވިއެވެ.
“ރެން.. ތެދުތެދަށް ވީ ގޮތް ކިޔައިދީ.. އެއްވެސް ކަމެއް ފޮރުވަން އުޅެފިއްޔާ ކަންތައް ހައްތަހައި ގޯހުން ގޯހަށް ދާނީ..” ހަލީމް އެހެން ބުނުމާއި އެކު ރައިހާން ހިންދިރުވައިލަމުން އެއްޗެކޭ ބުނަން މަސައްކަތް ކުރިއެވެ. އެހެނަސް އޭނާގެ ދެތުންފަތުގެ ދޭތެރެއިން ބަހެއް ނުކުތީ އަދި އޭގެ ދެތިން މިނެޓު ފަހުންނެވެ.
“އަޅުގަނޑު.. އަޅުގަނޑު.. ލިވްޔާ ގޮވައިގެން ކާރުގަ އަންނަނިކޮށް.. ލިވްޔާއާ ކުޑަ ދެބަސްވުމެއް ހިނގީމަ.. މާ ބޮޑަށް ރުޅި އާދެވުނީ.. ދެން.. ދެން..” އިތުރަށް ކިޔައިދޭން ރައިހާން ފަސްޖެހުނީ ހަގީގަތަށް ކަންތައްވީ ގޮތް ކިޔައިދީފި ނަމަ ހަލީމް ހިތްހަމަނުޖެހޭނެ ވަރު ހިތަށް އަރާފައެވެ.
“ދެން ކިހިނެއްވީ..؟” ހަލީމް އަހައިލި އިރު އެ އަޑު ކުރިޔަށް ވުރެ ބާރުވެފައި ވުމުން ރައިހާން އިތުރަށް ފަސްޖެހުނެވެ. އެހެނަސް މިކަމުން ރެކެވެން ނެތްކަން އަމިއްލަ ހިތަށް ވިސްނައިދެމުން ރައިހާން ފުން ނޭވާއެއް ދޫކޮށްލާފައި ހުރިހައި ވާހަކައެއް ތެދަށް ހަލީމަށް ކިޔައިދޭން ނިންމިއެވެ.
ރައިހާން ހުޅުވައިލި އަނގަ ލައްޕައިލަން ޖެހުނީ އެވަގުތު ކޮޓަރި ދޮރު ހުޅުވައިލާފައި ނުކުތް ލިވްޔާ ފެނިފައެވެ. ވަގުތުން އެހެން ހުރިހައި ކަމެއް ހިތުން ފިލައިގެން ދިޔަ އިރު ރައިހާންއަށް އަވަސް ފިޔަވަޅުތަކެއްގައި ލިވްޔާއާ ދިމާއަށް ދެވުނީ ބޭއިޚްރިޔާރުގައެވެ. ލިވްޔާގެ ގައިގައި ޖެހޭނުޖެހޭ ހިސާބުގައި ހުއްޓިލަމުން ރައިހާން ލިވްޔާގެ ބޮލުން ފެށިގެން ފަޔަށް ބަލައިލީ ލިވްޔާއަށް އެއްވެސް އަނިޔާއެއް ލިބިފައި ނުވާކަން ޔަގީން ކުރުމަށެވެ. ތެތް ހެދުން ބަދަލުކޮށް، އާދައިގެ ޓީޝާޓާކާ ޓްރެކްޝޫޓެއްގެ އިތުރުން ކުޑަ ވަށްބުރުގަލެއް އަޅާފައި ހުރި އިރު، ކުރިޔާ ޚިލާފަށް އެ މޫނުމަތިން ފެންނަމުން ދިޔައީ ތާޒާކަމެވެ. އެހެނަސް އެ ދެލޮލުގައިވީ ރަތްކަމާއި، މޫނުމަތީގައިވީ ދުޅަކަން ކުޑަވެފައި ނުވީތީ، އެ މަންޒަރުން ރައިހާންގެ ހިތަށް ގޮތެއް ވެލިއެވެ.
“ރަނގަޅުތަ..؟ އެއްވެސް ތާކަށް ތަދުވޭތަ..؟” އެ ސުވާލުތައް ރައިހާންގެ ދެތުންފަތް ފޫއަޅުވައިލާފައި ބޭރުވީ ޚުދު ރައިހާންއަށް ވެސް ނޭނގިއެވެ.
ރައިހާންގެ ސުވާލަށް ލިވްޔާ ހަމައެކަނި ދެފަރާތަށް ބޯޯހޫރުވައިލިއެވެ. އެވަރު ވެސް ރައިހާންއަށް ފުދުނެވެ. އެފަދަ ކުޑަކުޑަ އިޝާރާތެއް ވެސް ލިވްޔާގެ ފަރާތުން ފެނިދާނެ ކަމުގެ އުއްމީދީ ހުޅުކޮޅު ކުޑަވެފައިވީ ހިނދު، އެވަރު ވެސް ރައިހާންއަށް ވީ ރަންހައި އަގުބޮޑު އެއްޗަކަށެވެ.
“ރެން.. ލިވްޔާ.. ވީ ގޮތް ކޮންމެވެސް އެކަކު ކިޔައިދޭން ވެއްޖެއެއްނު ދެން..” ދެމީހުންނަށް އެކުގައި ހަލީމަށް ބަލައިލެވުނީ ހަލީމްގެ އަޑު އިވުމުންނެވެ. ވަގުތުން ދެމީހުން އެކަކު އަނެކަކަށް ބަލައިލާފައި އިސްޖަހައިލި އިރު، ދެމީހުން ވެސް އެ ވާހަކަ ކިޔައިދޭން ފަސްޖެހިފައި ތިބިކަން އެނގޭހައިވެއެވެ.
ފުން ނޭވާއެއް ދޫކޮށްލަމުން ރައިހާން އަނެއްކައި ވެސް އެއްޗެކޭ ބުނެވޭތޯ ދެތުންފަތް ހަރަކާތް ކޮށްލިއެވެ. އެހެނަސް ރައިހާންއަށް އެއްޗެއް ބުނެވުމުގެ ކުރިން ލިވްޔާ ވާހަކަ ދެއްކިއެވެ.
“އަޅުގަނޑު.. ރައިހާން ބުނި ގޮތަށް.. ދެބަސްވުމެއް ހިނގީމަ.. ރައިހާން ދެކެ ރުޅިއައިސްގެން ކާރުން ނުކުތީމަ.. މިހެން މި ވީ..” އިސްދަށަށް ޖަހައިލަމުން ލިވްޔާ ބުނެލި ވާހަކައިން އެންމެންގެ މޫނުމަތިން ހިތްހަމަނުޖެހުމާއި ކަންބޮޑުވުމުގެ އަސަރުތައް ފެނުނު އިރު ރައިހާންގެ މޫނުމަތިން ފެނުނީ ހައިރާންކަމުގެ ކުލަވަރެވެ.
“ކީއްވެ ލިވްޔާ އެހެން ހެދީ..؟ ކުދިކުދި ކަންކަމާ އެހެން ކުރާ ކޫސަނި ޒުވާބުތަކާ ހަދައި މާ ބޮޑަށް ބޯހަރުވީމަ މިކަހަލަ ލަނޑެއް މި ލިބުނީ..” އައިސާމަނިކެގެ ވާހަކައިން ލިވްޔާއަށް އިސްއުފުލައިލަން ނުކެރި ހުރެ ތުންފަތުގައި ދަތްއަޅައިލެވުނެވެ.
“މާމާ.. މިގަޑިޔަކު ނޫން..” ރީނާ އައިސާމަނިކެގެ ކޮނޑުގައި އަތް ޖައްސައިލަމުން ބުނެލީ، މިވަގުތު ލިވްޔާއަށް އެފަދަ ބަސްތަކުގެ ބަދަލުގައި ބޭނުންވަނީ އަޅައިލުމާއި އޯގާތެރިކަން ކަން އެނގޭތީއެވެ. ރީނާ އެހެން ބުނުމާއި އެކު އައިސާމަނިކެ ވެސް ބޯޖަހައިލަމުން ފުން ނޭވާއެއް ދޫކޮށްލިއެވެ.
ހަގީގަތުގައި އޭނާގެ ސަބަބުން ރައިހާން އާއި ރައިހާންގެ އާއިލާއާ މައްސަލައެއް ޖެހެން ލިވްޔާ ބޭނުން ނުވީއެވެ. އެކަން އެގޮތަށް ވެއްޖެ ނަމަ ލައިނީ އާއި ޔާނިއުއާ މޫނު ދިމާކޮށްލަން ވެސް އޭނާއަށް ނުކެރޭނެއެވެ. ރައިހާންގެ އިހުސާސްތަކަށް އޭނާ ވިސްނަން ޖެހޭ އެއްވެސް ސަބަބެއް ނެތްކަން އެނގޭ އިރު ވެސް ލިވްޔާއަށް އެއާ ދިމާ އިދިކޮޅަށް ކަންތައް ކުރެވެމުން ދިޔައީ ކީއްވެ ކަމެއް ޚުދު އޭނާ އަކަށް ވެސް ނޭނގެއެވެ.
އިސްޖަހާލައިގެން ހުރި ލިވްޔާއަށް ބަލަހައްޓައިގެން ހުރި އިރު ރައިހާންގެ ހިތް ދިޔައީ ކުދިކުދިވަމުންނެވެ. ތުންފަތް ހަފައިލަހަފައިލަ ލިވްޔާ ހުރި އިރު ދެއަތުގެ އިނގިލިތަކާ ކުޅެލަކުޅެލަ ހުރިގޮތުން އެ ހިތުތެރޭގައި އުފެދިގައިވާ ހައިޖާނުގަނޑުގެ ބޮޑުކަން ރައިހާންގެ ހިތާ ހަމައަށް ވާސިލްވެއްޖެއެވެ. އަބަދު އޭނާއާ ޒުވާބުކޮށް، އަރައިރުންވެ އުޅުނު ލިވްޔާގެ މި ނާޒުކު، ނިކަމެތި ފަރާތް ފެނުމާއި އެކު ނޭނގޭ ލަކުނެއް ރައިހާންގެ ހިތުގައި ލެވިއްޖެއެވެ. ކުރިމަތީގައި މިހުރި ނާޒުކު އަންހެން ކުއްޖާ އެ ދެއަތުގެ ހިމާޔަތުގެ ތެރެއަށް ގެންނަން އެ ހިތް އެދުނު ވަރުން ރައިހާންގެ މޭގައި ރިއްސައިލިއެވެ. ތުރުތުރު އަޅަމުން ދިޔަ އެ ނިކަމެތި ހަށިގަނޑު ގެނެސް އެ މޭތެރޭގައި ފޮރުވައިލުމަށް އެދެވުނު ވަރުން ރައިހާންގެ ހަށިގަނޑުގައި ވާހައި ނާރެއް ބުރިބުރިވާހެން ހީވަމުން ދިޔައެވެ. އޭނާގެ ސަބަބުން ލިވްޔާގެ ހިތަށް މިރޭ ލިބުނު ބިރުވެރިކަން އެ ހިތުން ފިލުވައިލަދިނުމުގައި މުޅި ޢުމުރު ހޭދަކުރަން ޖެހުނަސް ޖެހުނަސް ޝަކުވާއެއް ނުކުރާނަމޭ ހިތަށް އެރުމުން ރައިހާންގެ ހިތް ހިމޭން ކަރުނަ އޮއްސަމުން ދިޔައެވެ.
“އަހަރެން.. ލިވްޔާއާ ވާހަކަ ދައްކައިލަން ބޭނުން… އެކަނި…” ކަށީގައި ނެތް ހިތްވަރު ލައިގެން ރައިހާން އެ ލަފްޒުތައް ދުލުން ބުނެލުމާއި އެކު އެތަނުގައި ތިބި އެންމެން އެކަކުއަނެކަކަށް އަވަސް ނަޒަރެއް ދިނެވެ. އެ މަންޒަރު ބަލަން ހުރި ރައިހާންގެ ރުޅިގަނޑު ކެކިގަތީ އޭނާ އެހައި އާދޭހާއި އެކު އެހެން ބުނުމުން ވެސް އެކަކު ވެސް ތިބި ތަނުން ގުޑައިނުލުމުންނެވެ. ހަށީގައި ރޯވަމުން ދިޔަ އަލިފާނުގެ އަސަރު ގަދަވަމުން ގޮސް ކެތް ނުކުރެވޭ ހިސާބަށް ދިޔުމާއި އެކު ރައިހާން އެއިން މީހަކަށް ބެލުމެއް ނެތި ލިވްޔާގެ އަތުގައި ހިފައި ދަމަމުން ކަހަލަ ގޮތަކަށް ގެންގޮސް އޭނާގެ ކޮޓަރިއަށް ވަދެފައި ދޮރު ތަޅުލިއެވެ.
ރައިހާންގެ އެ ކުއްލި ޢަމަލުން ސިހުމެއް ލިބިފައި ހުރި ލިވްޔާގެ ދެލޯ ވަނީ ބޮޑުވެފައެވެ. ރައިހާން ކޮޓަރީގެ ދޮރު ތަޅުލި މަންޒަރު ބަލަން ހުރި އިރު އެ ހިތުގައި ބިރުވެރިކަމުގެ ރާޅުބާންޏެއް ދަތުރުކޮށްލީ، ދާދި ދެންމެއަކު އޭނާގެ ހިތް ރޫރޫ އަޅުވައިލި މަންޒަރު އަނެއްކައި ވެސް ލޯކުރިމައްޗަށް ސިފަވުމުންނެވެ.
ދޮރު ތަޅުލުމަށް ފަހު ފުން ނޭވާއެއް ދޫކޮށްލަމުން ލިވްޔާއާ ދިމާއަށް އެނބުރުނު ރައިހާންގެ ދެލޮލުގައިވީ އަސަރުތައް ހިނދުކޮޅެއްގެ ތެރޭގައި ބަދަލުވެގެން ދިޔައީ ލިވްޔާގެ މޫނުމަތިން ފެނުނު ބިރުވެރިކަމާއި ނާޒުކު އަސަރުތަކުންނެވެ. ލަސްލަހުން ލިވްޔާގެ ގާތަށް ފިޔަވަޅެއް އަޅާފައި ރައިހާން އޭނާގެ އަތް ދިއްކޮށްލީ، ލިވްޔާގެ ހަށިގަނޑުގައި ބީހިލަން ބޭނުންވެ ހުރެއެވެ.
“ލިވްޔާ..” އެއީ އެހައި އޯގާތެރިކަމާ މަޑުމައިތިރިކަމާ އެކީ ލިވްޔާގެ ނަން އެ ދުލުން ރައިހާން ކިޔައިލި ފުރަތަމަ ފަހަރެވެ. އިވުނު އަޑާއި މެދު ޔަގީން ނުވެ ހުރެފައި ލިވްޔާ ރައިހާންގެ ދެލޮލަށް ބަލައިލި އިރު، އެ ދެލޮލުގައި ކަރުނައިގެ މުތީތައް ވިދަން ފަށައިފިއެވެ. އެންމެ ފުރަތަމަ ރައިހާންއާ ދިމާވި ދުވަހުން ފެށިގެން މިއަދާ ހަމައަށް ރައިހާން އޭނާއާ ދިމާއަށް ބުނި ކޮންމެ ލަފްޒެއް، ކޮންމެ ޖުމުލައެއްގައި ހުރި ވޭނީ ބުރަދަން އަނެއްކައި ވެސް އެ ނިކަމެތި ހިތަށް އިހުސާސް ކުރެވެން ފަށައިފިއެވެ.
ލިވްޔާގެ ދެލޮލަށް ގިނަވާން ފެށި ވޭނީ ކަރުނަތައް ފެނުމާއި އެކު ރައިހާންގެ ހިތް މަޑު ކަފަކޮޅަކަށް ވެގެން ދިޔައެވެ. ލިވްޔާ ނުރުހިދާނެތީ އެ ހަށިގަނޑުގައި އަތްޖައްސައިލަން ނުކެރިފައި ހުރެ ވެސް، ރައިހާން ހިތްވަރުކޮށްލާފައި އޭނާގެ އަތްތިލައިން ލިވްޔާގެ މޫނުގައި ހިފަހައްޓައިލިއެވެ.
“ޕްލީޒް ސްޓޮޕް ކްރައިން..” ލިވްޔާގެ ކޯތާފަތް މަތިން ފިރުކިލާފައި ފައިބަމުން ދިޔަ ކަރުނަތިކިތައް ދެއަތުގެ ބޮޑުވާ އިނގިލިން ފުހެލަމުން ރައިހާން އާދޭހުގެ ރާގެއްގައި ބުނެލި އިރު، އެ އަޑު ވަނީ ކުރެހިފައެވެ.
ރައިހާންގެ އެ އޯގާތެރި ޢަމަލުންނާއި، ހަމްދަރުދީގެ ބަސްތަކުން ލިވްޔާގެ ހިތަށް ލިބިފައިވީ ކެކުޅުން އިތުރުވީ ފަދައެވެ. އެ ރީތި ދެލޮލުން ފައިބަމުން ދިޔަ ކަރުނަތައް އިތުރުވުމާއި އެކު، ތުރުތުރުއަޅަމުން ދިޔަ ތުނި ދެތުންފަތް ފޫއަޅުވައިލާފައި ނުކުންނަމުން ދިޔަ ގިސްލުމުގެ އަޑު ވެސް ދިޔައީ އިތުރުވަމުންނެވެ.
“ރައި.. ރައިހާން.. ކީއްވެ…؟” ރިއުމުގެ ސަބަބުން ކުރަކިވެފައިވާ އަޑާއި އެކު ލިވްޔާއަށް ބުނެވުނީ އެވަރަށެވެ. އެ ވޭންދެނިވި ގިސްލުމުގެ އަޑު ހިނދަކަށް ވުރެ ހިނދެއް ބާރުވާން ފެށުމާއި އެކު ރައިހާންގެ ހިތަށް ދުވަހަކު ނުވާހާ ތަދު ވިއެވެ.
“ލިވްޔާ.. ޕްލީޒް.. ހުއްޓާލަބަލަ.. އައިމް ސޯ ސޮރީ.. ސޯ ޑޭމް ސޮރީ..” ރައިހާންގެ ކުރަކިވެފައިވާ ލަފްޒުތައް ނުކުތީ ވައި އަޑުންނެވެ. ލިވްޔާގެ މޫނުގައި ހިފަހައްޓައިލާފައިވީ ދެއަތް ލަސްލަހުން ލިވްޔާގެ ދެ ކޮނޑަށް ގެންދިޔަ އިރު، ރައިހާންގެ ދެއަތުގައި މަޑުމަޑު ތުރުތުރެއް ވިއެވެ. ރައިހާންގެ އެ ޢަމަލުން ވެސް ލިވްޔާގެ ރުއިމަށް ބަދަލެއް ނައުމުން ރައިހާން ކަތުރުކަށިގަނޑަށް ވާން ވާހައި ބާރަށް ދަތްކުނޑި ވިކައިލަމުން ލިވްޔާ ގެނެސް އެ މޭތެރޭގައި ފޮރުވައިލިއެވެ. އެ ބާރުގަދަ ދެއަތް ލިވްޔާގެ ނާޒުކު ހަށިގަނޑުގައި ވަށައިލި ގޮތުން ހީވީ، މުޅި ދުނިޔެއަށް ލިވްޔާ ފޮރުވައިލަން މަސައްކަތް ކުރަމުން ދިޔަ ހެންނެވެ.
“ޝްޝް.. ޕްލީޒް.. ސްޓޮޕް ކްރައިން..” ލިވްޔާގެ ގައިގައި ވަށައިލެވިފައިވީ ދެއަތް އިހުނަށް ވުރެ ވެސް ބާރުކޮށްލަމުން ރައިހާން ތަކުރާރުކޮށް އެ ލަފްޒުތައް ބުނަމުން ދިޔަ އިރު، އެ އަޑުގައިވީ އާދޭހާއި ކުށްވެރިކަމުގެ އަސަރުތަކުން ލިވްޔާގެ ހިތް ވެސް ގެންބެމުން ދިޔަ ފަދައެވެ. އެހެނަސް ދެވަނަ ސިކުންތުގައި އޭނާއަށް މި ހާލު ފުރަތަމަ ޖެހުނީ ވެސް ރައިހާންގެ ސަބަބުން ކަން ވިސްނުމާއި އެކު ލިވްޔާގެ ހިތް އަނެއްކާ ވެސް މިސްރާބު ބަދަލުކޮށްލިއެވެ.
އިރުކޮޅަކު އެގޮތުގައި ހުރުމަށް ފަހު ލިވްޔާ ރައިހާންގެ މޭމަތީގައި އަތް އަޅައި، ގައިގައި ހުރި ބާރެއް ލާފައި ރައިހާން ދުރަށް ކޮއްޕައިލިއެވެ. ލިވްޔާގެ އެ ޢަމަލުން ކުއްލި ސިހުމެއް ލިބުނު ރައިހާން ފަހަތަށް ދެތިން ފިޔަވަޅު އަޅައިލަމުން ހަށިގަނޑު ބެލެންސް ކޮށްލިއެވެ. އެއަށްފަހު ލިވްޔާއަށް ބަލައިލި އިރު އެ ކަނޑެއް ފަދަ ފުން ދެލޮލުގައިވީ ހައިރާންކަމާއި، އާދޭހުގެ އަސަރުތައް ލިވްޔާއަކަށް ސިއްރެއް ނުވިއެވެ.
“ލިވްޔާ-” ރައިހާން އެއްޗެކޭ ބުނަން އުޅުނު ނަމަވެސް ލިވްޔާ ރައިހާން އަކަށް އެ ފުރުސަތެއް ނުދިނެވެ. ވާ ވަރަށް ވާހަކަ ދެއްކުމުގެ ފުރުސަތު ރައިހާންއަށް ދެވިއްޖެއެވެ. މިރޭ ވާހަކަ ދައްކާނީ އޭނާއެވެ. ރައިހާން ޖެހޭނީ އަޑު އަހާށެވެ.
“ހުއްޓައިލާ ރައިހާން! އަހަންނަށް އެނގޭ ރައިހާން އަހަރެން ދެކެ ވަރަށް ރުޅި އަންނަ ކަން.. އެކަމަކު.. މިވަރު.. މިވަރު ތަންކޮޅެއް ބޮޑު ދޯ..؟” ރުއިމުގެ ސަބަބުން ކުރެހިފައިވީ ލިވްޔާގެ އަޑުން އިވުނު ޝަކުވާގެ ބަސްތަކާއި އެކު ރައިހާންގެ ހިތަށް ތޫނު ޚަންޖަރެއް ހެރިގެން ދިޔަ ފަދައެވެ.
“ނޫން.. ލިވްޔާ ޕްލީޒް.. އަހަރެން ދުވަހަކު ވެސް މިކަހަލަ ކަމެއް ލިވްޔާއަށް މެދުވެރިވާކަށް ނޭދެން.. ނުވެސް އެދޭނަން.. އަހަންނަކީ އެހައި ނުބައި މީހެއް ނޫން..” އާދޭހުން ފުރިފައިވާ ރާގެއްގައި ބުނަމުން ރައިހާން ލިވްޔާއާ ގާތަށް ފިޔަވަޅެއް އަޅައިލި ނަމަވެސް ހުއްޓެން މަޖުބޫރުވީ، ލިވްޔާ އަތުގެ އިޝާރާތުން ކައިރިއަށް ނައުމަށް ބުނުމުންނެވެ. ލިވްޔާގެ އެ ކުޑަކުޑަ ހަރަކާތުން ވެސް ރައިހާންގެ ހިތުގައި ވީ ވޭނާއި ކެކުޅުން ވީ އިތުރެވެ.
“ރައިހާން ބުނީމެއްނު އަހަރެން ދެރަކޮށްލާ، އަހަންނަށް ދެރަ ގޮތެއް ހަދައިލެވެން އޮތް ކޮންމެ ފުރުސަތެއްގެ ބޭނުން ހިފާނަމޭ.. އެހެންވެގެންތަ ރައިހާން މިރޭ-” ލިވްޔާގެ ޖުމުލަ ފުރިހަމަ ނުކުރެވެނީސް ރައިހާން ދެލޯ ބޮޑުކޮށްލަމުން އަވަސްއަވަހަށް ދެފަރާތަށް ބޯހޫރުވައިލީ، ހިތާމައިގެ ކަނޑެއްގައި ޣަރަޤުވަމުން ދިޔަ މީހަކު ފަދައިންނެވެ.
“ނޫން ލިވްޔާ! ތިހެން.. ތިހެން ބުނަން ހެޔޮ ވެސް ނުވާނެ.. އަހަރެން.. އަހަރެން ދުވަހަކުވެސް ލިވްޔާއަށް އެކަހަލަ ކަމެއް ވުމަކަށް ނޭދޭނަން.. އެހެންނޫން ނަމަ އަހަރެން ލިވްޔާ ސަލާމަތް ކޮށްދޭން ދާނެތަ..؟” ލިވްޔާގެ ގާތަށް ފިޔަވަޅެއް އަޅައިލަމުން ރައިހާން ބުނެލި އިރު އެ ދެލޮލުގައި ވިދަމުން ދިޔަ ކަރުނަތިކިތައް ދިޔައީ އެ ބަސްތަކުގެ ތެދުކަން ރަމްޒުކޮށްދެމުންނެވެ. އެހެނަސް އެ މަންޒަރު ދެކޭ ވަރަށް ވުރެ ލިވްޔާގެ ހިތުގައިވީ ޝަކުވާތައް ގިނަވެފައި ފުނެވެ.
“ރައިހާންއަށް ހީވަނީ އަހަންނަކީ ކުޅޭކުޅޭ އެއްޗެކޭ.. އަހަރެންގެ އިހުސާސްތަކެއް ނުހުންނާނޭ.. ލިބޭހައި ފުރުސަތެއްގަ އަހަރެން ދެރަކޮށްލަން ބުނެވެން އޮންނަހައި އެއްޗެއް ބުނެ، ކުރެވެން އޮންނަހައި ކަމެއް ކުރާ އިރު ހީވަނީ އަހަންނަކީ ރައިހާންގެ ކުށްވެރިއެކޭ..” ލިވްޔާގެ ދުލުން ބުނަމުން ދިޔަ ކޮންލެ ލަފުޒެއް ރުވާފައި ދިޔަ ތީރެއް ހެން ހެރެމުން ދިޔައީ ސީދާ ރައިހާންގެ ހިތަށެވެ.
“ދެން އަހަންނަކަށް ނޭނގެ އަހަރެން ހުތުރުވީމަ ރައިހާންއަށް ކުރާ އަސަރެއް.. ރައިހާންއަކަށް ނޭނގޭނެ ކުޑަ އިރުއްސުރެ މީހުން ބުނެލާ އެކަހަލަ ބަސްތަކުން އަހަރެން ދެރަވާ ވަރެއް.. އަހަރެން ކަޅުވެފަ، އަހަރެން ހުތުރުވުން އެއީ އަހަރެންގެ ކުށެއްތަ..؟ އަހަރެން ވެސް ބޭނުމޭ ރީތިވާން.. މީހުން ރީއްޗޭ ބުނަން.. ރައިހާން ހީކުރަނީ އަހަރެންގެ ސިފަ މީ އަހަރެންގެ އަމިއްލަ އިޚްތިޔާރުގައި އޮތް ކަމެއް ކަމަށްތަ..؟” އެތައް ދުވަހެއް ވާންދެން ހިތުތެރޭގައި ރައްކާކޮށްގެން އުޅުނު ޝަކުވާތަކާއި އުދާސްތައް ލިވްޔާ ބޭރުކުރަމުން ދިޔަ ވަރަކަށް، އެކަމުން ބުރަވަމުން ދިޔައީ ކުރިމަތީގައި ހުރި ރައިހާންގެ ހިތަށެވެ. ކުށްވެރިކަމުގެ އިހުސާސް މުޅި މީހާ ވަށައިލާފައިވީ އިރު، ރައިހާންއަށް ނޭވާ ލާން ވެސް ދަތިވަމުން ދިޔައެވެ. މަޢާފަށް އެދެން ހުޅުވައިލި އަނގަ ވެސް ލައްޕައިލަން މަޖުބޫރުވީ، ބުނަން ބޭނުންވީ ބަސްތައް ކަރުތެރޭގައި ތާށިވެފައިވީ ފަދަ ވޭނީ އިހުސާސެއް ކުރެވުމުންނެވެ. ލިވްޔާ ދެރަކޮށްލުމުގެ ނިޔަތުގައި ބުނެވުނު ކޮންމެ ބަހަކާ ދޭތެރޭގައި އިންތިހާއަށް ދެރަވެ، ލަދުގަނެފައި ހުރެ ރައިހާން އިސްދަށަށް ޖެހީ، ލިވްޔާއާ ހަތަރުކަޅި ހަމަކުރާނޭ ހިތްވަރު ވެސް އެ ހަށިގަނޑުގައި ނެތީތީއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
25 Comments!
Comments are closed.







So so touching 💔💔. Livi ah varah undhagoo vaanee dhw Ren ah forgive kuran. But I hope she will forgive him. I can’t imagine how hurt Livi would be😭😭. People bully me cause I have dark skin and it hurts a lot💔💔. Mi part ves vrh furihama MA!
Whn nxt?????
awwhh darling.. i have dark skin too and trust me, it’s a beautiful thing okay im sure you’re very beautiful and gorgeous allahumma barik ❤️
next part day after tomorrow in sha allah
My mock is starting soon and I’m still here reading stories 😭😭 js can’t let go of this. This story is so damn good keep it up!!!💐
ehehehe my unit tests are next week too and im here writing stories so it’s okay.. but good luck on your examsss!!
thankyouu
MA vrh reethi and vrh heart touching Vrh ufaavehje ren ah visnuny theeve livy dhen ren ah forgive kohba dhw ingey livy ah undhagoo vaane kan vx anyways mi part vx hama habeys 🌟 Curiously waiting for the next part when’s next???
Lyyy❤️
thank you so so much
next part day after tomorrow in sha allah
lym💕
Black is the favourite colour of most of the people until it comes to skin
~Life hurts😭😭~
a lot of people actually likes dark stones you’ll be surprised hehe
Nayuuu my heart just melted 😭 Ren ah visnuny thee ves ufaakuran . Call me weird but I almost cried 😭 Livy went through a lot growing up . I know Livy ah forgive kuran ehaa faseyha nuvaane kan after what he has done to her.mi part ves vvvvv REETHI!!💞. When is the next part?? Love you nayuu💗💗
alheyyy.. it’s okayy im a very emotional person too nayaa ah ves rovey varah faseyhain..hehe
thank you so so muchh.. next in sha allah day after tomorrow.. love youuu
😭😭😭😭 hama aslah ves rovihje livy ah vrh undhoovane ren ah maaf kuran but I hope vrh avahah maafu kuraane kamah… n ren ah visnuny thii vrh ufaa kuran
Mi part ves vrh vrh vrh reethi ❤️🥹
Cant wait for next.. vrh curious kohlaafa vihyaa thi ninmaaali
Keep it up
Love you nayaa🖤🫶🏻🥹
thank you so much darl
love you more
Hey girl.
When is the next part?
Curiously waiting💛
I submitted it two days ago adhives upload nuvey.. admin approval dhin haa avahakah upload vaany
Whens next part?
Admin please give the approval,I can barely wait😢
heyonuvaane alhe kon irakun tha admin approve kuraany , i can barely waitt😭😭
Nayuu ,what is taking so long with the approval? I’m confused 🤔
I don’t know either darling.. dhenme anekkaa alun submit kohlaifin
Hopefully admin will approve IA
It’s been sooo longgg my heart can’t endure it lmao is this a glitch or something 😭
I knowww I’m so sorry sorry.. i just submitted 15 vana part ves eyrun 2 part ekkoh kiyaalan libeyne ennu
Nayuuu plz call admin or smthg 😭😭😭😭.
I can barely wait.. mihr neynge esfiya ah login vevunu adhadhu vess😢😢
Yaayy ur the best
the comment from grandma this ep was so unnecessary even if livya got out of the car on her own accord at night no woman deserves to have anything like that happen to them i thought she was chill man victim blaming woman needs to stop