Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ވާ ލޯބި އެނގޭނަމަ(15)

naberr
naberr Level 210 Stories100 Login
May 9, 2025 2 Mins Read
2 Comments

“ކީކޭ!! އީޝާ އަދި އެއްފަހަރު ބުނެބަލަ ކީކޭ ތިބުނީ”އަޒާން އީޝާ ކޮޑުގައި ހިފާ ތަޅުވާލިއެވެ.”އާން ރަނގަޅަށް ތި އަޑު އިވުނީ.އަހަރެން ބަޑުބޮޑު. އެވެސް އަޒާން ގެ” އީޝާ ފުން ނޭވާއެއް ދޫކޮށްލިއެވެ.”އެވެސް އަޒާން ގެ އޭ ތިބުނީ އެހެން މީހަކާވެސްގުޅުމެއް އޮތީތަ؟އަޒާން އީޝާ ކައިރި އިށީނަމުން އަހާލިއެވެ.ހުނު ފެން އެއްޗަކަށް ކަނޑައެއް ވެއްޓިގެން ތެޅިގަންނަހެން އީޝާ ތެޅިގަންނަމުން ނޫނެކޭ ބުނެލިއެވެ.”ސާބަހޭ.. އަހަރެން ނަށް އެނގޭ އީޝް އެކަހަލަ ކަމެއް ނުކުރާނެކަން.”އީޝާ ބޮލުގައި ފިރުމާލަމުން އަޒާން ފޮނުނަގައި މީހަކަށް ގުޅާލިއެވެ.

ދުވަސްތައް އޭގެ އެންމެ ހަލިވި މިނުގައި ފާއިތުވަމުން އައިސް މިއަދު މީ އީޝާ އާއި އަޒާން ކައިވެނި ކުރާ ދުވަހެވެ.މާބޮޑު ޕާތީއެއް އަޒާން ބާއްވަން ބޭނުން ނުވީ މިވަގުތު އީޝާގެ ހާލަތަށް ވިސްނާފައެވެ.އެގޮތަށް ވިސްނުމަށްފަހު އަަޒާން ގާތްމީހުން އަށް ހަވިރު ސަޔެއް ތައްޔާރު ކުރިއެވެ.އޮފީހުގެ ބުރަ މަސައްކަތް ނިންމާލުމަށްފަހު ގެޔަށް ވަދެގެން އައި ނައިރާ ފެނުމުން ރާއިން ދެއްތް ފުޅާ ކޮށްލިއެވެ.ދަބަސް މޭޒުމަތީގައި ބަހައްޓާފައި ރާއިން ކައިރި ޖައްސާލިއެވެ.”އިރާ.. ކޮންއިރަކުން ދެން ހެދުން ބަލާ ދަނީ؟ރާއިން ނައިރާ ބޮލުގައި ފިރުމާލަމުން އަހާލިއެވެ.”މިރޭ ދާން މިއުޅެނީ..ރިފް ކައިރި ބުނިން..އެނގޭތަ ރިފް ބުނީ ދޮންބެ ބުންޔޯ އިރާ މެންނާ އެއްކޮށް ދޮންބެ މެންވެސް މެރީ ކުރެޔޯ”ނައިރާ ވަރަށް ހިތްހަމަ ޖެހިފައެވެ.”އެނގޭ ބުނި ދޮންބެ..އިރާ ގާތި ނުބުނާށޭ ބުނީ”ރާއިން އެހެން ބުނެލި އިރު ނައިރާ މޫނަށް އެރި ކުލަވަރުން ހިނިއައެވެ.

ނަމާދަށް ހުރި ނައިރާގެ ފޯނަށް މެދުކެނޑުމެއްނެތި ފޯނު އަންނަމުން ދިޔައެވެ.ނައިރާގެ ކޮޓަރި ކުރިމަތިން ރާއިން ހުރަސް ކުރިވަގުތު ފޯނެއް އަންނަ އަޑު އިވުމުން ނައިރާ ކޮޓަރި އަށް ވަނެވެ.”ހަލޯ.”ކަންފަތުގައި އަޑު ޖެހުމާއެކު އެއި އަޒާނަ ކަން ރާއިން އަށް އެގުނެވެ.”ސޮރީ..އިރާ ނަމާދު ކުރަނީ”ރާއިން ބުނެލިއެވެ.އާއެކޭ ބުނަމުން ރާއިން ފޯނު ބާވާފައި އެބުރުނު ވަގުތު ނައިރާ ކުރމާތި ނިތް އަރުވާލައިގެން ހުއްޓެވެ.” އަޒާން.އިރާ ގޮވައިގެން ވަރަށް އަވަހަށް ރާނބާ ރެސްޓޯރަންޓް އަށް އާދެބަލަޝޯ”ރާއިން ބުނެލިއެވެ.ވާނުވާގައި ހުރެފައި އެންމއ ރަނގަޅު ކަމަށް ބުނެ ނައިރާ ތައްޔާރުވާން ފެށިއެވެ.

ރާއިން އަތުގައި ހިފައިގެން އެތެރެއަށް ވަތް ނައިރާ ހުއްޓުން އެރި ކުރިމަތިން ފެންނަމުން ދިޔަ މަންޒަރުން ނެވެ.”ސޮރީ ނައި..ކުއްލި އަކަށް މެރީ ކުރަން ނިންމީ..ހަމަ ޖެހިލައިގެން ހުރިހާ ވާހަކައެއް ކިޔާދޭނަން.”ނައިރާ ކުރިމތީގައި ހުއްޓެމުން އަޒާން ބުނެލިއެވެ.”ހޫމްމް.މައްސަލަ އެއް ނެތް އެކަމު މަށާ ރިފާ ކައިރި ބުނެލުން އަޒާން އަށް ކުދަކޮށް ވެސް މުހިއްމު ނުވި ދޯ”ނައިރާ ހުރީ އަދިވެސް އަޒާން އާއި އީޝާ ކައިވެނި ކުރިކަން ގަބޫލު ކުރަން އުނދަގޫ ވެފައެވެ.”ސޮރީ”އީޝާ ގޮވުމުން އަޒާން އީޝާ ކައިރި އަށް ދިޔައެވެ.ރިފާ އާއި ނާއިން ފެނުމުން ނައިރާމެން ވެސް އެއްކޮށް ސައިބޯން ފެށިއެވެ.

ޕާޓީ ނިމުމުން ނައިރާމެން ގެޔަށް ދިޔުމަށް މިސްރާބު ޖެހިއެވެ.އަންނަ މަހު ކައިވެނި ކުރަން ތައްޔާރު ވަމުން ދާތީ ރިފާ އާއި ރިފާ މަންމަ ނައިރާ މެންގެޔަށް ބަދަލުވީ ކުރުނުކޮށް އެކަމަށް ނައިރާ އާދޭސް ކުރާ ވަރުންނެވެ.ގެޔަށް ދިޔަ މަގުމަތީގަި އެންމެން އެއްކޮށް ފިހާރަށަ ދާން ނިންމިއެވެ.ރާއިން ނައިރާ މެންނާ އެއްކޮށް ދެވެން ނެތްކަމަށް ބުނުމުން ވަގުތުން ނައިރާ މޫނުގެ ކުލަވަރު ބަދަލު ވިއެވެ.”އެކަމު އިރާ ހެދުން ނެގުމުގެ ކުރިން ދާނަމޭ” ނައިރާ އަތުގައި ހިފާލަމުން ރާއިން ބުނެލިއެވެ.”ސާބަހޭ މިދެން މިދެމީހުން މާފޮޅުވަން ނޯއްނާނެ ވަކި ތަނެއް”ނާއިން ބުނެލިއެވެ.ނާއިންގެ ބަހަށް ތާއީދު ކުރަމުން ރިފާ އާއެކޭ ބުނެލިއެވެ.

އިޝާ ނަމާދަށްފަހު ރޭގަނޑުގެ ކެއުމަށް އެންމެން އިންސާފު ކުރަމުން ދިޔައެވެ.”ދަރިފުޅާ..ކޮބާ ރާއިން”ނޫރާ އަހާލިއެވެ.މީޓިން އަކަށް ގޮސްވީ”އެންމެން ކެއި ތަށިތައް ނަގަމުން ނައިރާ ބުނެލިއެވެ.”އެހެންތަ..ދަރިފުޅު ބުނިމެއްނު ކައިވެނި ހެދުން ހހެޔޮވަރުކުރަން ދާ ވާހަކަ މިރެ”ނޫރާ ވެސް ނައިރާ އަށް އެހީވަމުން ބުނެލިއެވެ.”ލައްބަ..މިކަން ނިންމާފަ ދާން މިއުޅެނީ ރާއި މީޓިން ނިންމާފަ އަންނާނެ އިރާމެން ކައިރިއަށް..”ނައިރާ ބުނެލިއެވެ.ނޫރާ ނައިރާ އަށް ބެލުމަށް ނާއިން ކައިރި ތަކުރާރުކޮށް ބުނަމުން ދިޔައެވެ.”މަންމާ ހެޔޮނުވާނެ..މަ ނުބެލިޔަސް ނައި އަށް ރާއިން ބަލާނެ ނުލާހިކު ރަނގަޅަށް އެހެނެވެ އެއްނު އެހުންނަނީ ހިތުގ ރާޖާ އާއިއެއްކޮށް ކާން”ނާއިން ގެ ވާހަކަ އަޑު އަހާފައި އެންމެން ހެވައިގަތެވެ.

ނުނިމޭ…..

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

naberr
Follow Me Written By

naberr

Level 210 Stories100 Login

I don't just write stories_i translate silence, dreams, and chaos into words that speak🧡

Other Articles

Previous

އެކްޓަރ (ޕާޓް 17)

Next

ތިމާވެށި ހިމާޔަތްކުރުމުގެ މުހިންމުކަން

Next
May 9, 2025

ތިމާވެށި ހިމާޔަތްކުރުމުގެ މުހިންމުކަން

Previews
May 9, 2025

އެކްޓަރ (ޕާޓް 17)

2 Comments!

  1. leeshaa says:
    May 10, 2025 at 9:52 am

    long time no see 🙈
    mi part vx vrh reethi Masha Allah 💗
    naain vx dhw
    he is vrh fun dude eh 😅
    take care
    lysssm naberr 😘
    azaange salaam you ah

    1. naberr naberr says:
      May 10, 2025 at 10:28 am

      yhh long time dhww hehe vrh ufaa vehjje leesh ge comment fenunyma thanks a lot inge yhh fun udde eh knmme akas hehehe
      uou too take care
      n yhh hoes exams going so far
      love you too
      azaan ahves nabaage salaam

Comments are closed.

Next Episodeވާ ލޯބި އެނގޭނަމަ(16)←


All Right Reserved!