ވާ ލޯބި އެނގޭނަމަ(14)
“ފެން ބޮވީމަ އެހެންވެ ފެންފުޅު ނަގަން އުޅެނިކޮށް.ދިންބެ އެގަޑި ފާހަނަ އަކަށް ދިޔައީ”ނައިރާ ބުނެލިއެވެ.އެ އަމަލުނެ ވެސް ނާއިން ދެކެ ވާ ލޮބި ހާމަވިއެވެ.ރާއިން ނައިރާ ބޮލުގައި ފިރުމާލަމުން ހިނިތުންވެލިއެވެ.އެވަގުތު ނޫރާ އެތެރެއަށް ވަދެގެން އައުމުން ނައިރާ ނާއިނަ އާއި ދިމާލަށް ބަލާލައި މޫނަށް ވައަތަރެއް ޖައްސާލިއެވެ.”މަންމާ..ކޮބާތަ ފަހަރި”ނައިރާ މައުސުމް ގޮތަކަށް ބުނެލިއެވެ.ނައިރާ ބުނި އެއްޗަކުން ނޫރާ ދިޔައީ ސިއްސައިގެނެވެ.”ނައީ..ދޮންބެ ކޮންއިރަކު ކުއްްޖަކާ ރައްޓެހި ވީ؟”ނާއިން އާއި ދިމާލަށް ބަލާލަމުން ނޫރާ އަހާލިއެވެ.”މަންމަ އަށް ނެނގޭތަ.ދޮންބެ އުޅެނީ ކުއްޖަކާ ރައްތެހި ވެގެނޭ..މަންމަމެން ގެޔަށް ދިޔަވަގުތު ގެނައި”ކައިރީގައި އިށީދެލައިގެން ހުރި ރާއިން ކޮޑުގައި ބޯއަޅާލަމުން ބުނެލިއެވެ.”ތެދެއްތަ ނައި އެބުނީ ދަރިފުޅާ…ނައި އަށް ކުރިން އެގޭދޯ އެހެންމާ”ނައިރާ ވަގުތުން ނުނެކޭ ބުނުމާއެކު ހުރިހާ އެނެމެން ހޭންފެށިއެވެ.
ނައިރާ ގެޔަށް ދޫކޮށްލީ 3 ދުވަސް ފަހުންނެވެ.ބަލި ވުމުގެ ސަބަބުން ރާއިން ނައިރާ މަސައްކަތް ކުރާ ތަނުން 2 ހަފްތާ ޗުއްޓީ އެއް ނައިރާ އަށް ނެގިއެވެ.ރާއިން އާއި އެކީގައި ގެޔަށް ވަދެގެން އައި ނައިރާ ސިޓިންރޫމު ތެރެފެނި އުފަލުން ފޮޅުނެވެ.ފާރުގައި ބޮޑު އަަކުރުން “ވެލްކަމް ބެކް މައި ލަވް”ޖަހާފައި ވީއިރު މުޅި ތަނުގައި ފިނިފެން މާ ފަތްތަކުން ސިޓިން ރޫމު ވަނީ އެއްވަސް ކުރުވާފައެވެ.ރާއިން ގައިގައި ބައްދާލުމަށްފަހު ނޫރާ އާއި ނާއިން ގައިގައި ބައަދާލިއެވެ.ދުރުގައި ހުރި ރިފާ ފެނުމާއެކު ނައިރާ ދެއަތް ފުޅާ ކޮށްލައި ހިނިތުން ވެލިއެވެ.ރިފާ ގައިގައި ބައްދާއިގެން ހުރެ މިގެ ފެނިއްޖެ ދޯ އޭ ބުނެލިއެވެ.
ސަޔަށްފަހު ސިޓިންރޫމު ތެރޭގައި އެއްމެން ވާހަކަ ދައްކަން ތިއްބެވެ.”އޯހް ހެލޯ މައި ފެމިލީ..އިރާ ވާހަކަ….ޝޫޓޮ އައި މީން ނައީ އިނގޭ..ނައި ތި އެއްމެން ކައިރި ވާހަކަ އެއް ބުނަން ބޭނުން..”ހުރިހާ އެއްމެން ކުރިމައްޗަށް އަރަމުން ނައިރާ ބުނެލިއެވެ..”ކޮން ވާހަކަ އެއް..ދުވަހަކުވެސް ހަމަ ޖެހޭ ވާހަކަ ދައްކާ ދަރިޔެއް ނޫން ތިޔަކީ…އެހެން ނޫނަސް ޖެރީ ދައްކާ ވާހަކަ އަޑު އަހާނެ މީހެއް ވެސް ނެތް” ރާއިން ކޮޑަށް އަތް ވައްޓާލާމުން ނާއިން ބުނެލިއެވެ. ނާއިން ކިޔާ އެއްވެސް އެއްޗެއް އަޑު އެހުމެއްނެތި ދިޔަ ގޮތަށް ގޮސް ނާއިން އަތުގައި ހިފާއިގެން އެންމެން ކުރިމައްޗަށް އަރައި ރިފާ އަތުގައި ހިފައި ގެނެސް ނާއިން އަތުތެރެޔަށް ލިޔެވެ.”މަންމާ!މީ ނައި ބުނި ވާހަކަ އަކީ..ދޮންބެ އުޅެނީ ރިފާ އާއި ރައްޓެހި ވެގެން”ނައިރާ ކަންތައް ކުރި ގޮތުން ރިފާ ހުރި ލަދުން ވިރިވިރި އެވެ.”ތެދެއް މަންމާ މިހާރު މިވަނީ 1 އަހަރު”ނާއިން ރިފާ އާއި ރައްޓެހި ވިގޮތުގެ ވާހަކަ އެންމެނަށް ކިޔައިދެމުން ދިޔައެވެ.
ބޭސް ފިހާރައިން ޓެސްޓް ކިޓެއް ގަނެގެން އީޝާ ގެޔަށް އައިސް ޓެސްޓް ހަދާލިއެވެ.ނަތީޖާ ފެނުމާއެކު އީޝާ ހަނދާނެ ގޮއް ހުސްވިއެވެ.ލީޝާ ކޮޓަރި ދޮރުގައި ޓަކި ޖަހާލަމުން އީޝާ އެތެރެއަށް ވަދެ އަތުގައި އޮތް ޓެސްޓް ކިޓު ލީޝާ އަށ ދައްކާލިއެވެ.”ވަޓް؟ކާކުގެ ތަ ދޮންތާ”ލީޝާ ސުވާލު ކުރަމުން ދިޔައެވެ.”ވިޝާލް ގެ”އީޝާ ބުނެލިއެވެ. ‘އެއީ ދޮންތަ އެކްސް އެއްނު..އަޒާނަ އާއި ރައްޓެހި ފަހުނެވެސް ވިޝާލަ އާއި ގުޅުން އޮަތް ދޯ”ލީޝާ ހާސްވާގޮތްވިއެވެ.”އާން..އެއްވެސް މީހަކަށް މިކަން އެނގިގެން ނުވާނެ.އަޒާނަ ކައިރި ހުރިހާ ވާހަކަ އެއް މަ ކިޔާދޭނަން.”ފޯނު ނަގަމުން އީޝާ ބުނެލިއެވެ.”މަޑުކޮށްބަލަ! ކޮން ހުރިހާ ވާހަކަ އެއް؟”އީޝާ ކޮޑުގައި ހިފަމުނަ އަހާލިއެވެ.”މޮޔަ ކުއްޖާ ގަނޑާ މަވެސް ނުބުނާނެ ދޯ އޭނަ ކައިރި ވިިޝާލް ގެ ދަރިއެކެ މިޔަކީ.އޭރުން އޭނަ މަދޫކޮށް ދާނެއެއްނު.އަޒާނަ އާއި ދޭތެރޭ ގުޅުމެއް ހިނގި.އެހެންމާ މަ ބުނީމަ އޭނަ ގަބޫލު ކުރާނެ އެއްނު މީ އޭނަ ދަރިއެއް ކަމަށް”އަޒާން ނަނަބަރަށް ޑައިލް ކުރަމުން ބުނެލިއެވެ.”އަޒާނަ ވާހަކަ އެއް ބުނަން ވަރަށް އުފާވެރި”އީޝާ ބުނެލިއެވެ.”ޔެސް ލަވް އަވަހަށް ބުނެބަލަ”އަޒާން ހުރީ އީޝާ ބުނަން އުޅޭ ވާހަކަ އެގޭހިތުން ކެތްމަދު ވެފައެވެ.ދެވަނަ ސިކުންތުގައި އީޝާ ބުނެލި ޖުމުލައިން ހީވީ އަޒާނަ ކަންފަތް ދޮށުގައި ބޮމެއް ގޮއްވާލިހެނެވެ.
ނުނިމޭ……
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.



Alhey eesha haadha nubaeyy…
Rifaa and naain dhw … adhi heekury naira enemey eii kamah 😅
When next??