Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredހިތާމައުފެއްދުންތެރި ލިޔުންލޯބި

އެކްޓަރ (ޕާޓް 17)

Lamtty
Lamtty Level 810 Stories100 Login100 Comments500 Login100 Stories
May 9, 2025 4 Mins Read
4 Comments

ޝާއީ ބުނެލި ޖުމްލައިން އަހަންނަށް ޝޮކެއް ލިބުނު ނަމަވެސް، އޭނާ ރޯ ވަރުން އަހަންނަށް އެ ވަގުތު މާގިނައިން ސުވާލު ކުރާކަށްވެސް ނުކެރުނެވެ.

****

’ޝާއީ ހިނގާބަލަ އަހަންނާ އެކީ ޖޯލި ފައްޗަށް ޕްލީޒް‘ ބުނާނެ އެއްޗެއް ނޭނގިގެން އަހަރެން އެންމެ ފަހުން ބުނެލީމެވެ.

****

އަހަރެން އޭނާއާއި ތަންކޮޅެއް ގާތަށް ޖެހިލީ އެ  ދެލޯ ފުހެދީ، ގެނެސް މޭގައި ފޮރުވާލަން އަހަރެންގެ ހިތް އެދުނު ވަރުންނެވެ.އެހެނަސް އެފަދަ ހިތްވަރެއް އަހަންނަކަށް ނުލިބުނެވެ.

****

ޝާއީ އަހަރެންގެ އެދުން ގަބޫލުކޮށް، އަހަންނާއި އެކު ބަނބުކެޔޮ ގަސް ދޮށުގައި ހުރި ޖޯލިފައްޗަށް ދިޔައެވެ. އެހެނަސް އޭނާގެ އެ ރުއިމަކަށް ހުއްޓުމެއް ނައެވެ. އެ މަންޒަރު ބަލަން އުނދަގޫވި ނަމަވެސް، އެ ހިތް ފުރެންދެން ރޯލަން ފުރުސަތު ދޭން އަހަރެން ބޭނުންވިއެވެ.

****

’އަހަރެން ހީކުރީ ލަޔަކް އަހަރެން ދެކެ ލޯބިވޭ ކަމަށް.‘ ގިސްލަމުން ޝާއީ ބުނެލިއެވެ.

’އަހަންނަށް ވެގެން އުޅޭ ގޮތެއް އަހާލެވިދާނެތަ؟‘ އަހަރެން ވަގުތުން އަހައިލީމެވެ.

’މިރޭ އެކޮޅަށް ގޮސް އުޅެނިކޮށް ލަޔަކްގެ ފޯނުން އެއްޗެއް ފެނުނީ.އެއްޗެއް ފެންނާނެ ކަމަކަށް ނޫން ބަލައިލީކީ. އެގަޑީ ބޭރު ބެންޗުގައި ތިބެފައި އޭނާ ވަނީ ގެސްޓު ހައުސްއަށް އެއްޗެއް ބަލައި.ހަނދާން ނެތި ފޯނު ބާއްވާފައި ވަނީ.އެ ގަޑީ މެސެޖެއް އައިމަ ބަލައިލީ.ކޮންމެވެސް ބޭރު ކުއްޖެއް އެއީ.މިރޭވެސް ދާނަމޭ ކިޔާފައި ފޮނުވާފައި ހުރި ފޮޓޯ ފެނިގެން  ކޮންވަޒޭޝަން ބަލައިލީމާ އެނގުނީ ހުރިހާ ކަމެއް. މިރޭ އަހަންނަށް މި އެނގުނީ.ލަޔަކް އޭނާއާއެކު ސްލީޕް ކުރާތާ މިހާރު ކިތަންމެ ދުވަހެއް ވެއްޖެ. މެސެޖް ތަކުން އެނގުނު އެކަން.އަދިވެސް އަހަރެން މިހުރީ ކޮންފްރަންޓް ކުރަން ނުކެރިފައި…ބިރުން…‘ ޝާއީ ނޭފަތް ދަމަމުން ބުނެލިއެވެ.

’ކީއްވެ ޝާއީ ބިރުން ތިއުޅެނީ…އޭނައަކަށް ޝާއީއަކަށް ކަމެއް ކުރާކަށް ދެން ލާހިކެއް ނޫން. އަހަރެން މިހުރީނުން. އޭނާއަކަށް ތިހާ ރަނގަޅު ކުއްޖެއް ޑިޒާވްއެއްވެސް ނޫން.ކީއްވެ އެހެން އޭނަ ހަދާ އިރުވެސް ބްރޭކް އަޕް ނުވެ ތިހުރީ…؟ ކީއްވެތަ އަމިއްލަ ނަފްސަށް ތި ހާޓް ކުރަނީ ޝާއީ؟‘ އަހަރެން ހިތްހަމަނުޖެހުނެވެ.

’ބިކަޒް ހީ އިޒް ވަޔަލެންޓް…ޒައިފް ހަނދާންވެއެއްނު މަސް ދަތުރު ދިޔަ ދުވަހު އަހަރެންގެ އަތުން ފެނުނު ނިޝާން.އެއީ ލަޔަކް ރުޅި އައިސްގެން އަހަރެންގެ އަތުގައި ހިފި ހިފީނުން ކޮށްލާފައި ހުރި ވަރު.އެދުވަހު ފުރަތަމަ އެކަން ފާހަގަ ނުވީ އަހަރެންް ކޮންސީލާއެއް ބޭނުންކޮށްފައި ހުރީމައި… މޫދަށް ވެއްޓިގެން އެ ފޭޑް ވީމައި ޒައިފްއަށް އެ ފެނުނީ…އެއީ އަދި ކުޑަވަރެއް. އަހަރެން ގަވައިދުން ކޮންސީލާ ބޭނުން ނުކުރާނަމަ އެކަހަލަ ކިތަންމެ ނިޝާނެއް ފެނުނީސް… އަހަރެން މިއޮއް ހުރިހާ ދުވަހު ކެތްކުރީ ލަޔަކް އަހަރެން ދެކެ ލޯބިވާ ކަމަށް ހިތާ.އޭނާ އަތުން އަހަންނަށް އަނިޔާ ވިޔަސް ބައެއް ފަހަރު އޭނާ އުޅޭލެއް ލޯބިކަމުން އެ ހުރިހާ ކަމެއް ހަނދާނުން ފުހެލެވޭ… އެކަމަކު މިއަދު އެނގިއްޖެ އެއީ ހުސް ދަޅަކަން. ލަޔާލީއަށް އެނގިއްޖާ ވަރަށް ވަރަށް ދެރަވާނެ.އޭނައަށް ކިޔައިދީފިއްޔާ އޭނަ ދާނެ ލަޔަކްއާ ދިމާލަށް. އޭނާ ނުހުންނާނެ މަޑަކުން.އޭރުން ލަޔަކް ނޭނގެ އަހަންނަށް ހަދާނެ ގޮތެއްވެސް.އަހަރެން ކޮންފްރޮންޓް ކުރިޔަސް އޭނާއަށް ފާރަލީކަމުގެ އިލްޒާމް އަހަރެންްގެ ބޮލުގައި އަޅުވާނެ… އަހަންނަކަށް ނޭނގެ ދެން ކަންތައް ކުރަންވީ ގޮތެއް މައި މައިންޑް އިޒް ބްލޭންކް.‘ ދެއަތުން ބޮލުގައި ހިފަހައްޓައިގެން އިނދެ ޝާއީ ރޮވިފައިވާ އަޑަކުން ބުނެލިއެވެެ.

’އެވަރުންވެސް ލަޔަކް އާއެކީ އުޅެން ޝާއީ އަދިވެސް ބޭނުންވަނީތަ؟‘ ޝާއީގެ ވާހަކަ ހުރި ގޮތުން ހިތަށް އުނދަގޫވެގެން އަހަރެން އަހައިލީމެވެ.

’ޒައިފް… އަހަރެން ކިތަންމެ އޭނަ ދެކެ ލޯބިވިޔަސް އެގޮތަށް ބިޓްރޭ ކުރީމަ ދެން އޭނައަށް އަހަރެން ކިހިނެއް އިތުބާރު ކުރާނީ؟އައި ހޭވް ޓު ލިވް ވިތް ދި ފިއަރ ދެޓް ހީ މައިޓް ޑޫ އިޓް އަގެން އެން އަގެން.ސޯ ނޯ..އައި ވޯންޓް ޓު އެންްްްޑް ދިސް…އެކަމަކު ހަމަ ޖެހިލުންވަނީ.‘ ކަރު އެލުވައިލަމުން ޝާއީ ބުނެލިއެވެ.

’އަހަރެން އެކުގައި ދިޔައްޔާ ޝާއީއަށް ކެރޭނެތަ އޭނާއާއި ކުރިމަތިލާން.‘ އަހަރެން ހުށައެޅީމެވެ.ގަބޫލު ނުކުރެވުނު ގޮތަކަށް ޝާއީ އަހަންނާއި ދިމާލަށް ބަލައިލި އެވެ.

’ޒައިފްއަށް ހަމަ ކެރޭނެތަ އަހަންނާއި އެކު އޭނަ ކުރިމައްޗަށް އަރަން. އަހަންނަށް އެނގޭ ލަޔަކް ޒައިފް އާ ހޭޓް ކުރާކަން ކޮންމެވެސް ކަމަކާ.ހޭޓް ވާން ޖެހޭ ރީޒަންއެއް އަހަންނަށްވެސް ނޭނގެނީ. އަހަންނާއި އެކު ދިޔަކަން އެނގިގެން އަނެއްކާ ލަޔަކް ޒައިފް ގައިގައި ތަޅައިގެންފިއްޔާއޯ؟‘ ޝާއީ ކަންބޮޑުވުން ފާޅުކުރިއެވެ.

’ބިރުނުގަނެބަލަ ޝާއީ…‘ އަހަރެން  އަޑަށް ދަމާލާފައި ބުނީމެވެ. ޝާއީ ދެ ޚިޔާލެއްގައި ހުރިކަން އޭނާގެ މޫނުމަތިން އެނގެއެވެ.

****

ޝާއީގެ ފޯނަށް މެސެޖެއް އައުމުން އަހަރެމެން ދެމީހުންގެ ސަމާލުކަން އެ ދިމާލަށް އެނބުރުނެވެ.

’އަވަހަކަށް މަރެއްވެސް ނުވާނެ…‘ ޝާއީ އެހެން ބުނެލި ގޮތުން އޭނާއަށް އެ މެސެޖުކުރީ ލަޔަކް ކަން އަހަންނަށް ޔަގީންވިއެވެ.

****

’ކީކޯ؟‘ އަހަންނަށް އަހައިލެވުނެވެ.ދެވަނަ ސިކުންތު ކަޑަވެސް ވިއެވެ. އަހަރެންގެ ޝައުގުވެެރިކަން އިންތިހާއަށް ދިޔުމުންނެވެ.ޝާއީ އަޅެ ހީކުރާނީ ކީކޭ ހެއްޔެވެ؟.

****

’މިރޭ ދެން ނުގުޅާނަމޯ އޭނަ ނިދަނީ އޯ… ނިދަނީކީ ނޫން އެ…އެމަންޖެ ރޫމަށް ވައްދަން އެ އުޅެނީ.‘ ޝާއީގެ ރުއިން ހުއްޓި އެ މޫނު މައްޗަށް ރުޅިވެރިކަން ވެރިވިއެވެ.

****

’ޝާއީ އަށް ކެރޭނެތަ އަހަރެން ބުނާ ގޮތަކަށް ކަންތައް ކުރަން.އެކަމަކު ލަޔާލީއަށް ތިކަން ފޮރުވައިގެން މިކަމެއް ނުކުރެވޭނެ.ކޮންމެވެސް ދުވަހަކުން އޭނައަށްވެސް އެނގޭނެ ޝާއީ ކިތަންމެ ސިއްރު ކުރިޔަސް. އެންޑް ޝީ ޑިޒާވްސް ޓު ނޯ ވަޓް އަ ޖާރކް ހާރ ބްރަދާރ އިޒް. ޝީ އިޒް ޔޯރ ބެސްޓް ފްރެންޑް.‘ އަހަރެން ބުނެލީމެވެ.

****

’ކޮން ގޮތެއް…ކިޔާ ބަލަ ‘ ޝާއީ ނިކަން ފަސޭހައިން ބުނެލިއެވެ.ލަޔަކްއަށް ފިލާވަޅެއް ދޭން ބޭނުންވެފައި އޭނާވެސް ހުރި ކަހަލައެވެ.

****

އަހަރެން ޚިޔާލު ހުށައެޅުމުން ޝާއީ ވަގުތުން ގުޅީ ލަޔާލީއަށެވެ.ޚިޔާލު ކަމުދެޔެކޭ އޭނާ ވަކި ނުބުނެއެވެ. އޭނާ އެހެން ކަންތައް ކުރުމުން އަހަރެންގެ ހިތް ނުތަނަވަސްވިއެވެ.އަހަންނަށް ދެވުނީ ރަނގަޅު ޚިޔާލެއް ކަމާއި މެދު އެ ހިސާބުން ހިތުގައި ސުވާލު އުފެދުނެވެ.

****

ލަޔާލީ ފޯނު ނެގުމުން ވަގުތުން އޭނާ ބަލައި އައުމަށް ޝާއީ އެދުނެވެ.ލަޔާލީވެސް ޝާއީ އެހެން ބުނުމުން ހައިރާންވިކަން އެ ފޯނު ކޯލު މާ ދިގުލާން ފެށުމުން އަހަންނަށް އެނގުނެވެ.ފަހުން ކިޔައިދޭނަމޭ ބުނެފައި ކޯލު ކުރުކޮށްލީ ޝާއީއެވެ.

****

’އަހަރެން މިދަނީ ލަޔާލީ އައިމަ އޭނާއާއެކު ގެސްޓު ހައުސްއަށް. ލަޔަކް އުޅޭ ރޫމްގެ ޑަބަލް ކީ އޮންނާނެ ލަޔާލީ އަތުގައި އޮންނަ ތަޅުދަނޑި ފަތީގައި. އޭނާ އެއްދުވަހު މަޖަލަކަށް ހަދާފައި އަހަންނާއި ދިމާލަށް ބުނީ އެވާހަކަ.ލަޔާލީއާއި އެކީގައި އެކޮޅަށް ދާ ގަޑީގައި އަހަރެން އޭނާއަށް ހުރިހާ ވާހަކައެއް ކިޔައި ދޭނަން. އަހަރެން ބުނާނަން އޭނާ ކައިރީ އަހަރެން އެކޮޅަށް ލާފައި ޒައިފް ބަލައި އަންނާށޭ…ބޭރުގައި ހުންނާތި.އެންޑް އަނޫ ކައިރީ އަދި އެއްވެސް ވާހަކައެއް ބުނެގެން ނުވާނެ… އަހަރެންް ބޭނުމީ އަހަރެން ގޮސް މިކަން ނިންމާލަން… ލަޔަކްއާ ވާހަކަ ދައްކާނީ އަހަރެން އެކަނި. ޒައިފް ލަޔާލީ އެކޮޅަށް ދިޔަ ނުދީ ހުއްޓުވާތި.އަސްލު ލަޔާލީ ކައިރީ ބުނަން އަހަންނަށް މި މަޖުބޫރުވީ ވެސް އޭނަ އަތުގައި ކީ އޮންނާނެތީ. އެތަނަށް ގޮސް ވަދެވޭނެ ގޮތެއް އެހެންނޫނީ ނުވާނެ.އައި ރިއަލީ ޑޯންޓް ވޯންޓް ޓު ޑްރެގް ހާރ އިންޓު ދިސް…އެކަމަކު ނެތް އެހެން ޗޮއިސް އެއް.‘  ޝާއީ ބުނެލިއެވެ.

****

އޭނާގެ ވާހަކައިން އަހަރެންްގެ ޚިޔާލު އޭނައަށް ވަރަށް ކަމުގޮސްފިކަން އަހަންނަށް އެނގުނެވެ.އަދި ޝާއީއަކީ އޭނާއަށް ބޭވަފާތެރިވިކަން އެނގުމަށްފަހު އިތުރު ފުރުސަތުތަކެއް ދޭނޭ ފަދަ ހިތްތިރި ކުއްޖެއް ނޫންކަން ވެސް އަހަންނަށް އެނގިގެން ދިޔައެވެ.

****

ބާރު ސްޕީޑުގައި އައިސް ދޮރުއަށި ދޮށަށް މަޑުކޮށްލި ސައިކަލުގެ އަޑު އިވުމުން ޝާއީ ދުވެފައި މަގުމައްޗަށް ނުކުންނަން ދިޔައެވެ.އަހަރެންވެސް އޭނާގެ ފަހަތުން ނުކުތީމެވެ.ޝާއީ ފެނުނުހާއިރަކަށް ލަޔާލީ އޭނާގެ ސުވާލުތައް ފައްޗަކަށް އަމުނާލައިފިއެވެ.

****

’ހަމަ ޖެހޭ ލަޔާ…‘ ޝާއީ ގޮސް ސައިކަލު ފަހަތަށް އަރަމުން ބުނެލި އެެވެ. އެހެނަސް ލަޔާލީގެ އެ އަނގަގަނޑު މައިތިރިއެއް ނުވިއެވެެ.އޭނާ ސައިކަލު ދުއްވައިލީވެސް ޝާއީ އޭނާގެ ކޮނޑުގައި ދެތިން ފަހަރަކު ޖަހައިލި ފަހުންނެވެ.

****

އެ މީހުން ނައްޓައިލިތަން ބަލަން ހުރެފައި މިރޭ ދެން ކަންތައްތައް ވެގެން ދާނެ ގޮތް ހިތަށް އެރުމުން އަހަންނަށް ހިންދިރުވައި ލެވުނެވެ. ޝާއީ ގޮސް ލަޔަކް ’އެ އެކްޓުގައި‘ ރެޑް ކޮށް ހިފީމާ ލަޔަކްގެ މޫނު މައްޗަށް އަރާނީ ކޮން ކަހަލަ ކުލަވަރެއް ބާއެވެ؟

 

ނުނިމޭ

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Lamtty
Follow Me Written By

Lamtty

Level 810 Stories100 Login100 Comments500 Login100 Stories

Challenging myself here 🌺🍃 ✍🏾 📖 ❤️ ☕ 😺 I believe there's always room for improvement. Constructive criticism is much appreciated.😊 ❤️

Other Articles

Previous

ޒެވިއަން 9

Next

ވާ ލޯބި އެނގޭނަމަ(15)

Next
May 9, 2025

ވާ ލޯބި އެނގޭނަމަ(15)

Previews
May 9, 2025

ޒެވިއަން 9

4 Comments!

  1. Your fav bab Your fav bab says:
    May 10, 2025 at 9:40 am

    This story is getting too much interesting can’t wait for the next part 🙀
    Hope their plan goes well and catch that layak red handed!!!
    Shaaee ah hama neygey tha zaif is in love with her kameh?🧐
    When next ?
    Lysssm💗

    1. Lamtty Lamtty says:
      May 15, 2025 at 1:15 pm

      Thank you girl ❤️
      Happy you liked this part.
      Balama dho. Hehe
      Miadhu up kohlaanan in Sha Allah
      I’ve been so sick ehnve part thah genesdhinun lasvee..sorry about that 😊

  2. hassndy says:
    May 15, 2025 at 3:53 pm

    Damn I wanna see his face too lol 🤣💀

    1. Lamtty Lamtty says:
      May 15, 2025 at 11:50 pm

      Hehe

Comments are closed.

Next Episodeއެކްޓަރ (ޕާޓް 18)←


All Right Reserved!