“މާއިދު ރަޝާދުގެ އެޑްރެސް އަކަށް މިއިނީ ހެންވޭރު ބަގީޗާ..އެގެޔަކީ އާބަންޑް ގްރިޑްގެ ވެރިޔާ މުހައްމަދު އަޒީޒްގެ މައިންބަފައިންގެ ގޯތި.. މުހައްމަދު އަޒީޒްގެ ފުރިހަމަ ނަމަކީ މުހައްމަދު އަޒީޒް ރަޝާދު އެންނު.. ބަލާ އެ ފޮޓޯގަ އެއިން މީހާ އަޒީޒް އަކާއި ވައްތަރެއް ނޫން ތަ” ނުބުނާނެ ނަމައޭ ހީކޮށްގެން ކަޔާން ހުއްޓައި، އާޔަން އެވާހަކަ ބުނެލުމުން ކަޔާންގެ ދެލޯ މަރާ ފިއްތާ ބާރު ކޮށްލެވުނެވެ.
***
“އަޒީޒް… ދެން ކީއްވެ އެހާ ފަސޭހައިން މިކަން އޮއްބާލީ.. ތުންތުންމަތިން ވެސް މިވަހަކަ ތައް ދައުރު ނުވެ މިއޮތީ ކީއްވެގެން ބަ.. ދިވެހިންނަކީ ކަމެއް ނުފެނިފަ ތިބޭ ބައެއް.. މިވަރު ކަމެއް ވީ އިރު އެހާ ނުކިޔާ އެތިބީ ކީއްވެބާ” ވާހަކަ ދެއްކޭ ވަރުވުމުން ކަޔާންއަށް ބުނެވުނެވެ. އޭނާއަށް ލިބިފައިވީ ޝޮކުން އަރައިގަންނަން އިރުކޮޅެއް ހޭދަވެގެން ދިޔައިރު ސިކުނޑި ވަނީ ހަލަބޮލި ވެފައެވެ.
“ބްރޯ މަށަކަށް ހިއެއް ނުވޭ އަޒީޒް ތިފަދަ ކަމެއް ކުރާނެ ހެންނެއް..އެއަށް ވުރެން ރަނގަޅު މީހެއް އެއީ.. މިހާ ދުވަސް ވީ އިރު ވެސް އޭނާގެ ފުށުން ނޭދެވޭ ކަމެއް ހިނގައިގެން ތުންތުން މަތިން ވެސް ކީ އަޑެއް ނީވޭ.. ބްރޯގެ ރައްޓެހިން ކުރެން އަހާލަބަލަ ކަމެއް އެނގޭތޯ..”އާޔަން ޖަވާބު ދީފައި ފޯނު ކަނޑާލިއިރުވެސް ކަޔާންއަށް ނެގިމަޑުވެފައި އިނދެވުނެވެ. އަތުގައި އޮތް ފޯނުން ފެންނަން އިން ފޮޓޯގަނޑު ޒޫމް ކޮށްލާފައި ބަލަހައްޓާއިގެން އިނެވެ. އާޔަން ބުނިހެން އެއީ އަޒީޒްއަށް ވާނެހެން އޭނާއަކަށް ވެސް ހިއެއްނުވެއެވެ. އަޒީޒް އެފަދަ ކަމެއް ކުރިނަމަ ހަމްދީމެންނާއި އެއޮތް ގާތް ގުޅުން އެގޮތުގައި ގައިމުވެސް ނޯންނާނެއެވެ. ވިސްނި ވަރަކަށް ހައްތަހާ ބޮލުގައި ރިއސާގޮތްވިއެވެ. ޒެވިއަލްއަށް ގުޅާ ގުޅާ ފޯނު ނުނެގުމުން،އެހެން އިންދާ ރައިހާ ނުކުމެގެން އަންނަ ތަން ފެނުނެވެ. އިންތަނުން ތެދުވެ ރައިހާ އާއި ދިމާލަށް ދިޔައެވެ.
“ހޭއި..މި..މި.ކޮބާ ލިއާނާ” ކަޔާން ގޮވައިލި ހިނދު ރައިހާ ކަޅި އަޅާލިގޮތުން ހިންދިރުވާލެވުނެވެ. ކަޔާން ސުވާލް ތަކުރާރް ކޮށްލުމުން ވެސް ރައިހާ އަނގައިން ބުނަން ހިތައް ވެސް ނޭރިއެވެ. އެހެން ހުއްޓާ އަރްކާން ނުކުމެގެން އަންނަތަން ފެނިގެން ރައިހާ ބަހައްޓާފައި އެދިމާލަށް ދިޔައެވެ.
“ޒެވް ދެކުނިންތަ” އަރްކާން ވެސް ކޮށްލީ ކަޔާން ޖަވާބު ހޯދަން ބޭނުންވި ސުވާލެވެ. ނޭނގެއޭ ބުނެ ދެކޮނޑު އަރުވާލާފައި އޭނާ ވެސް ޒެވިއަލް ހޯދާ ވާހަކަ ބުނެލިއެވެ.
“ދެކުނިން ފެމެލީ ވިލާ ތަކާއި ދިމާލަށް ދަނިކޮން ..ލިއާ ވެސް ދިޔައީ އެދިމާލަށް” ކަޔާން އާއި އަރްކާންގެ މޫނުމަތި ފެނި ރައިހާއަށް ބުނެލއެވުނެވެ. ހިތްހަމަ ނުޖެހިފައި ހުރެ ކަޔާން، ރައިހާއާއި ދިމާލަށް ދިޔައެވެ.
“ރައިހާ މަ ދެކެ ކިތަންމެ ރުޅި އަޔަސް މިތާގަ ތި ވައްތަރު ނުޖައްސަފާނަންތަ.. އެންމެ ފުރަތަމަ އެހިއިރުވެސް ތިހެން ބުނެލި ނަމަ.. ބޮޑު ކަމަކާއޭ މިއުޅެނީ” ހިތްހަމަ ނުޖެހިފައި ހުރި ވަރުން ކަޔާން އިތުރަށް މަޑުކުރާކަށް ނުހަދައެވެ.
“ހޯ ހޯ ދެމީހުން.. ހިނގާ އެދިމާލަށް.. ލިއާ ކައިރީގަ ބުނީމޭ ޒެވް ހޯދަން.. މަ ވެސް ގުޅީމަ ފޯނު ނުނަގާ ޒެވް އެއް.. މިހާރު ލިއާ ވެސް ނުނަގާ” އަރްކާން ހިނގައިގެން އިރު ކަޔާން ވެސް އެކުއެކީގައި އައެވެ.
ކަޔާން ވާހަކަ ދެއްކި ގޮތުން ހިތުގައި ޖެހިފައި ހުރި ނަމަވެސް އެކަނިން ނުހުންނަން އޭނާވެސް އެމީހުން ފަހަތުން ދިޔައެވެ.
***
އަޅުވާފައި ޕްރޮޖެކްޓާރ ގެ ސްކްރީނުން ފެނިގެންދަނީ ރިޞޯޓްގެ ހިތްގައިމް މަންޒަރުތަކެވެ. ހާޒިރްވެ ތިބި އެންމެން ތައުރީފް ކޮށްކޮށް ތިބިއިރު އަޒީޒްއާއި ދިނާޔާގެ މޫނުމަތީގައި ވި އުފާވެރިކަމާއި ހިނިތުންވުން ފަނޑުނުވެ އެވެ.
“އަހަރެން މިއަދު ހާދަ އުފާ ވެއްޖެއޭ.. އެންމެ ޅަ އިރުން ސުރެން ދެކެމުން އައި ހުވަފެނެއް މި ކާމިޔާބު ވީ.. އަލްހަމްދްލިﷲ.. ދިނާ އަހަންނާއި އެކު ހުރެދިނީމަ މިހާ ފުރިހަމައަށް މިކަން މިވީ.. ތީ ހަމަ މީހަކަށް ލިބޭނެ އެންމެ އޯގާތެރި އަނބިމީހާ..ވަރަށް ލޯބިވޭ” ދިނާޔާގެ އަތް، އަޒީޒްގެ ދެއަތުގެ ތެރެއަށް ލާ ފިއްތާލިއެވެ. އުމުރުން ދުވަސްވެފައި މިއަދު ވީ ނަމަވެސް ދެމެދުގައި އަދިވެސް އޮތީ އިންތިހާ ލޯތްބެވެ. ދިނާޔާ ހީލައިގެން އިން އިރު އަޒީޒްގެ ބަސްތަކުން ފެންކަޅިވާ ގޮތްވިއެވެ. އޭނާގެ އަނެއް އަތް އަޒީޒްގެ އަތްތިލަ މަތީގައި ބާއްވާލަމުން ބޯޖަހަލާލިއެވެ.
“އިންޝާﷲ އަބަދުވެސް ހުރެދޭނަން މިގޮތުގަ..އަހަރެން ވެސް ވަރަށް ލޯބިވޭ” ދިނާޔާގެ އަޑުއައީ މަޑުންނެވެ. އަޒީޒްގެ ކޮނޑުގައި ބޯޖަހާލި އިރު އަޒީޒްގެ މޫނުމަތީގައި ވެސް އިންތިހާ ދަރަޖައިގެ ހިތްހަމަ ޖެހުމެވެ.
“ކޮބާތަ އަހަރެމެންގެ ކުދިން ކޮޅު ..އަރްކާން މިރޭ ވަރަށް ބޮޑު ސަޕްރައިޒް އެއް ދޭނަމޯ އަހަރެމެންނަށް.. ހަހަހަ.. އެކުއްޖާ ނުވެސް ބުންޏޭ ކުރަން އެއުޅޭ ކަމެއް..”އަޒީޒް ބުނެލިއެވެ.
“އާން އަހަރެން ކައިރީގަ ވެސް ބުނި.. މި ހިތައް އަރަ ނީ ކޮންކަހަލަ ސަޕްރައިޒް އެއް ބާއޭ..އެ ކުއްޖާގަނޑުގެ ގޮތުން ނޭނގޭނެ ގެސް ކުރާކަށް ވެސް” ދިނާޔާ ވެސް ކެތްތެރިކަމާއި އެކު އިންތިޒާރު ކުރަމުން ދިޔައީ އަރްކާން ދޭން އުޅޭ ސަޕްރައިޒެއް އެއް ބަލާ ހިތުންނެވެ.
***
އިންތަނުން ތެދުވެ ހިނގައިގަނެފައި ޒެވިއަލް ދެލޯ ފުހެލީ އިތުރު މީހަކަށް އެ ކަރުނަތައް ދައްކަން ބޭނުން ނުވާތީއެވެ. ހިތުގައި ވޭން އަޅަމުން ދިޔައިރު އަލާރާއާއި އެކު ހީ ސަކަޜާތް ޖަހާ އެކުއެކީގައި އުޅުނު ދުވަސްތައް ރޯލް ވަމުންދިޔައެވެ. ކެނޑި ނޭޅި ފޯނު ރިންގްވަމުން ދިޔައިރު ނަގަން ހިތަކު ނެތެވެ. މިވަގުތު އިތުރު މީހަކާއި ކުރިމަތި ލާނެހާ ހިތްވަރެއް އޭނާގެ ކިބަޔަކު ނެތެވެ.
ކޮޓަރި ތެރެއަށް ވައިން އިރު އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ދޮރުން ނުކުމެ ނުކުމެ ހުއްޓާ އޭނާއަށް ސިހުން ލިބުނީ އެނދުމަތީގައި އޮތް އަލާރާގެ ފޯނު ރިންގުވާން ފެށުމުންނެވެ. ދެ ފިކުރެއްގައި ހުރެ ފޯނާއި ދިމާލަށް ދެވުނެވެ. ބަލައިލިއިރު ސްކްރީނަށް އަރާފައިވި ނަމަބަރަކުން ޒެވިއަލްގެ ނިތައް ރޫ އަރައިގެން ދިޔައެވެ. އެއީ އޭނާމީގެ ހައެއްކަ ދުވަސްކުރިން ކުރިން ޓްރެކް ކުރި ނަންބަރެވެ. ޝަވަންގެ ގެ ގޭގެ އެޑްރެސް ދިމާވި ނަމްބަރު ވެސް މެއެވެ. ވަގުތުން އެއީ ޝަވަންކަން ޒެވިއަލްއަށް އެނގުނެވެ. ފޯނު ނެގުމަށްފަހު ލަސްލަހުން އޭނާ ކަންފަތް ޖަހާލިއެވެ. އަނގައިން އަޑެއް ލައްވާވެސް ނުލާހުރިއިރު އެކޮޅުން ވެސް ވާހަކަ ދައްކާ އަޑެއް ނީވެއެވެ. އިވެމުން ދިޔައީ ފިޔަވަޅު ތަކެއްގެ އަޑެވެ. އަޑުއަންނަ މުން ދިޔަ ގޮތުން އޭނާ ހިނގާފައި ދިޔައީ ނުހަނު ހަލުވިކޮން ކަން އެނގެއެވެ.
“މަންމާ..ކޮބާތަ އަލާރާ” އިވުނީ ޝަވަންގެ އަޑެވެ. ޝަވަންގެ އަމަލްތައް ހުރި ގޮތުން ޒެވިއަލް އަށް ހީވީ އޭނާގެ ޖީބުގައި އޮތްވާ އޮޅިގެން ގުޅިފައިވާ ހެންނެވެ. ޒެވިއަލް، އަމިއްލަ ފޯނު ނަގާ ރިކޯޑް ކުރަން ޖައްސާލީ ބޭނުން ހުރި މައުލޫމާތެއް ވެސް ލިބިދާނެ ކަމުގެ އުއްމީދުގައެވެ.
“އެ ޒެވިއަލްގެ ކައިރީގަ ހުއްޓަ މަށައް ދެވުނީ.. ގެން ގޮސް މިހާރު އިންނާނެ ސޭމް މެންނަށް ހަމަޖައްސާފަ ހުރި ކޮޓަރިއަށް ވައްދާފަ..ދެލޯ ކަނުކަމުންވެސް ބޮޑު މުސީބާތެއް..ބުނަން ދަރިފުޅާ.. މި އެންމެންގެ ކުރިމަތީގަ މިރޭ ރަނގަޅަށް އަޒީޒް ލަދު ގަންނަވާލަން ވާނެ.. ދަރިއަކު ވަކިވުމުން ކުރާނެ ހުރިހާ ހިތާމައެއް އޭނާއާއި ދިނާޔާ އަދި އެ މުސްކުޅި ހަފީޒާއަށް އަންގަދޭން ބޭނުންވަނީ” ނަސްރާ ވާހަކަ ދެއްކި އިރު އަޑުގައިވީ ހަރުކަށިކަމެވެ.
“އީމާން މަރަށް ތެޅުނު ހެން އަލާރާ ވެސް ޖެހޭނީ ތެޅެން…އަހަހަ ހުންނާނޭ މަޖާ އަލާރާއަކީ އަކީ އަޒީޒްގެ ދަރިއެއް ނޫންކަން އެނގުނީމަ” ދެން ޝަވަން ބުނެލި ޖުމްލަ އަހާފައި ޒެވިއަލްގެ މުޅި މޫނު ހުދުވިއެވެ. ހީވީ ކަންފަތް ދޮށުގައި ބޮމެއް ގޮއްވާލިހެންނެވެ. ޑްރެސިންގ ޓޭބަލްގެ މަތީގައި ދެއަތް ވިއްދާލެވުނީ ހަށީން ވަރުދޫވާ ކަހަލަ އިޙްސާސެއް ކުރެވިގެންނެވެ. ހަރަކާތެއް ވެސް ގެންނަން ނޭނގިފައި ހުއްޓާ އަނެއްކާ ވެސް ޝަވަންގެ އަޑުއިވިގެން ފޯނަށް ނަޒަރު ހިންގާލިއެވެ.
“މަންމާ .. މިރޭ މީ ޑީ ޑޭ..ލޯންޗް ޖައްސާނެ ދިހަ ވަރަކަށް މިނެޓް ތެރޭގައި.. މަ އަލާރާ ގޮވައިގެން ފިލާނަން.. އެއާރޕޯޓައް ދެވޭ އިރު ޗާޓަރ ކުރި ފްލައިޓް އޮންނާނެ ރެޑީގަ..ދެން އެއަށްފަހު އެއްވެސް މީހަކަށް އަލާރާއެއް ނުފެންނާނެ… ދުވަހަކު ވެސް” ނުބައި ފާޑަކަށް ޝަވަން ހީގަތް އަޑު އިވުމުން، ޒެވިއަލްގެ ދެއަތް މުށްކެވުނެވެ. ޝަވަންގެ މުޑުދާރް ރޭވުންގަނޑު އެނގުމުން މީހާ ދިޔައީ ރުޅިން ރޫރޫ އަޅަމުންނެވެ.
“އަހަހަހަ އަލާރާއަށް އެދެވުނީ ދުނިޔެމަތީގެ ނަރަކައަށް.. ޝަވަން އަނިޔާ ކުރި ވާހަކަ އޭނާ ނުބުނޭދޯ އަދި އެކަކު ކައިރީގަ ވެސް.. މަ މިއަދު އެގަޑީގަ ދިޔައިރު ދެކުނިން އޭނައަތް ދުޅަވެފަ އޮތްވަ.. މަށައް ދެން އެނގުނު ކަމަކަށް ނުހަދަން… ހަމަ އެއަތުގެ އެ ސްޕޮޓްގަ ހިފަހައްޓައިގެން ހުރެ ގެންދިޔައީ…ފާޑާކަށް އަނގަ ހަދައިގެން ހުރީ.. މަށައް ހަމަ ހެވުނީ… މޮޅު ދޯ.. ހަހަހަ..އޭނާއަކަށް ކިޔޭނެ އެއްޗެއް ވެސް ނޯންނާނެ..ދަރިފުޅު ކޮށްފާނެ ކަމަކަށް އެހުންނަނީ އެ ކަނު އަންހެން މީހާ ބިރުން އަނގަ ވެސް ނުހުޅުވާ” ބާރު ހުރި ނުބައި ހިނިގަނޑާއި އެކު ނަސްރާވެސް ވާހަކަ ދައްކަމުން ދިޔައިރު ޒެވިއަލްގެ ލޭ ކެކިގެން ދިޔައެވެ. އަލާރާއަށް އަނިޔާ ކުރިއިރުވެސް ހަނު ހުރުމުން ޒެވިއަލްގެ ލޭ ދެގުނައަށް ކެކިގަތެވެ. ނަމަވެސް އެކަމުގައި އަލާރާގެ މަޖުބޫރީ އޮތްވަރު އިޙްސާސްވެ އޭނާގެ ހިތައް ތަދުވިއެވެ.
….
“ދަރިފުޅު ޖީބުން އަލިވަނީ.. ފޯން ކޯލް އެއް އަންނަނީތަ..އަނެއްކާ ސޭމް ބަ”
“އޭތް ޝިޓްޓް..ވަޓް ދަ .. އޮޅިގެން މި އިނީ އަލާރާގެ ފޯނަށް ގުޅިފަ” ނަސްރާގެ އަޑަށް ޖީބުގައި އޮތް ފޯނު ނެގި ޝަވަންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އަވަސްއަވަހަށް ފޯނު ކަނޑާލިއެވެ. އޭނާއަށް އެވަނީ އޮޅިގެން އަލާރާގެ ފޯނަށް ގުޅިފަކަން ރެއަކާއި ލީ އެވަގުތުއެވެ. ވަގުތު ތެޅެން ފެށިއެވެ. ނަސްރާގެ ދެފައިވެސް ބިމުގައި ހަރުލާ ގޮތެއް ނުވިއެވެ.
“އަލާރާ ގައިމު ސޭމް ރޫމްގަ..އޭނާގެ ފޯނު ވެސް މަންމަ އަތުން ވިއްޔަ ގެންގޮސް މޭޒުމަތީގަ ބޭއްވީ..އަނެއްކޮޅުން އަލާރާގެ ރޫމްއާއި ސޭމްގެ ރޫމް އެހާ ދުރު ވާނެ.. ދެލޯ އަނދިރި މީހަކަށް ދާކަށް ނޭނގޭނެ… އަޅޭ ކާކު ބާ އެ ނެގީ” ނަސްރާ ހުރީ އިންތިހާއަށް ބިރުގަނެފައެވެ. އެމީހުންގެ ޕްލޭން ނުވެސް ފަށާ އުޅެނިކޮން އެފަދަ ގޮތެއް ވުމުން ޝަވަންގެ މޫނުމަތިން ވެސް ފެންނަނީ ނުތަނަވަސްކަމާއި ހާސްކަމެވެ. ނިތުން ދާ ހިތްލާ ގަނެފައި ވީ ފޯނު އަތުތެރޭގައި އަނބުރާލަ އަނބުރާލަ ހުއްޓެވެ.
“އެ ކާކު ކަމެއް ހޯދަން ދާނެ ވަގުތެއް ނެތް.. މަންމާ މިހާރު އޮންނާނީ ލޯންޗް އައިސް..އެންޑް އީވް ވެސް އޭނާގެ ޖޮބް ނިންމާނެ މިހާރު.. މަ މިދަނީ އަލާރާ ގޮވައިގެން ދާން.. ޓޭކް ކެއާ އޮފް ދި ރެސްޓް” ފޯނުން ގަޑި ދައްކާލަމުން ޝަވަން އިތުރަށް މަޑުކުރަން ނަހަދާ ނުކުމަތީ އަލާރާ ހޯދުމަށެވެ.
***
ފޯނު ކަންފަތުގައި ޖަހައިގެން ހުރި އީވާގެ މޫނުމަތީގައި ވީ މަކަރުވެރިކަމެވެ. އޭނާ މަޑުކޮށްލައި ގެން ހުރީ ސާމިއުގެ ކޮޓަރި ދޮރު މަތީގައެވެ. އެއީ އަލާރާ މިވަގުތު ހުރި ތަންކަމުގައި ޝަވަން ވަނީ ބުނެފައެވެ.
“އޯކޭ ބޭބް.. އެތެރެއަށް މި ވަންނަނީ.. އޭނާއަކީ އަހަރެމެންގެ އާއިލާއަށް ނިސްބަތް ވާ މީހެއް ނޫން ކަން މިރޭ އަންގާ ދޭނަން” ފޯނު ކަންފަތުން ނައްޓާލަމުން އޭނާ އެ ކޮޓަރިއަށް ވަނެވެ. އޭރު އެނދުގެ ހެޑްބޯޑްގައި ލެނގިލައިގެން އިސްޖެހިފައި އަލާރާ އިނެވެ.
“ކާކު” އީވާ ކަން އެނގުނު ނަމަވެސް އަލާރާ ހެދީ ނޭނގޭ ކަމަށެވެ.
“ހަމަ ނޭނގިގެންތަ ތި އެހީ.. މަށައް އެނގެއޭ އަލާރާއަށް ފެންނަކަން” ނުލަފާ ހިނިތުން ވުމެއްގައި ހުރެ އައިސް އީވާ މަޑުކޮށްލީ އަލާރާގެ ކުރިމަތީގައެވެ. އީވާގެ ބަސްމަގު ފުރަތަމަ ފަހަރަށް އޭނާގެ ކުރިމަތީގައި ހަރުކަށި ވުމަށް ވުރެން، ސިހުން ގެނުވީ އޭނާއަށް ފެންނަ ވާހަކަ އީވާ ބުނެލުމުންނެވެ. އެވެސް އެހާ ސާބިތު ކަމާއި އެކުއެވެ.
“އީވާ ކިހިނެތް ތި ވާހަކަ ދައްކަނީ.. ބަލަ ނުފެންނާތީނު އެންމެންގެ ތެރެއަށް ނުދެވި މި އިންނަން ޖެހެނީ…މަށަކީ އީވާގެ ދައްތަ.. މިއޮތް ހާ ދުވަހު ދޮންތި ކިޔާފަ މިއަދު ނަމުން ތި ގޮވީ.. ސީރިއަސްލީ އީވް” ދެރަވެފައި ހުރި ނަމަވެސް އަލާރާ ބެލީ އެންމެ ކަރުނަ ތިއްކެއް ވެސް ވައްޓާ ނުލާ ވޭތޯ އެވެ.
“އަހާންން… އޮޅުވާލަން ވެސް މޮޅޭދޯ.. އަލާރާ.. މަ ހަމަ ކިއާނީ އަލާރާ.. ކޮން ދޮންތި އެއް.. ނޭނގޭތަ އަހަރެން ކަލޭ ދެކެ ވާ ފޫއްސެއް.. މަޖުބޫރު ވެގެންނޭ ކިޔަނީ.. މުޅި އާއިލާ އާ އަހަރެންގެ މަންމައާއި ބައްޕަގެ ފޭވް އަށް ވެގަނެގެން މާ އިނޮސެންޓް ވެގެން އުޅޭ އިރު މިއޮތް ހުރިހާ ދުވަހަކު ތި އަތުލައި ގަތީ މަގޭ ޕްލޭސް އޭ.. އެނގޭތަ ކަލޭގެ ފެންވަރު..ވީރާނާ ވެފައި ހުރި ޖިފުޑި ގަނޑެއް އެއީ ކަލޭގެ ފެންވަރު..” އީވާގެ ތުންފަތް މަތީގައި ހުރި ހިނިތުން ވުމުން އަލާރާގެ ހިތް ރޮއިގަތެވެ. ބުނާނެ އެއްޗެއް ވެސް އަލާރާގެ ދުލަކަށް ނައެވެ. އެއްބަޑު އެއްބަފާ ކޮއްކޮގެ ހިތުގައި އޭނާއާއި މެދުވަނީ ދޫޝްމަންކަން، ކަން އެނގުނު ހިނދު އެ ހިތައް ހާދަ ތަދުވެއްޖެއެވެ. އެކަމަކު އޭނާގެ ކުށަކީ ކޮބާ ހެއްޔެވެ. ގޭގެ އެކަކު ވެސް އޭނާއާއި އީވާގެ ދެމެދުގައި ތަފާތެއް ނުބަހައްޓާ ކަން އަލާރާ ދަނެއެވެ. ހުދު އޭނާ އީވާ ދެކެ ލޯބިވާ ވަރަށް އެހެން މީހަކަށް، އީވާ ދެކެ ލޯބި ވެވޭނެ ކަމެއް ވެސް ނޭނގެއެވެ.
“ވަޓް ދަ ހެލް އީވާ..ލަދެއް ނުގަނޭތަ.. ކާކު ތަ ތަފާތު ކުރީ.. އަމިއްލަ އަށް ތަފާތު ވެގަނެގެން އުޅޭ މީހެއް ތީ.. ރީތި ސިފަ އެއް ލިބިފަ ހުއްޓަސް އީވާގެ ހިތަކީ ކިނބުރިވެރި ހިތެއް.. އުޅުމެއް ނެތް.. އިސްލާހް ވާން މަންމަމެން އެދުނީމަ އެކަން މިހާރު ތިވީ ތަފާތު ކުރުމަށް.. އެހެން ނޫނަސް މިރޭ ވަކި މިތާކަށް އަންނާނެ ކަމެއް ނެތް.. އީވާއަށް ވުރެން ރައިހާ އާއި ލިއާ ވެސް މަށައް މާ ހެއޮ.. އެއީ ގައިމު މަށާއި ލޭގެ ގުޅުމެއް އޮތް ކުދި ބައެއް ވެސް ނޫން.. އަހަންނަކީ ލޮލަށް ނުފެންނަ މީހެއްކަން އެކުދިން ދަނޭ” ވެފައިވި ދެރައިގެ މައްޗަށް ރުޅި ވެރިކަން ކުރިހޯދިއެވެ.
“ލޮލަށް ނުފެންނަ މީހެކޭ..ހަހަހަހަ ކަލޭ ހީކުރީ އެދުވަހު އެހާ ފަރިތަކާމާއި އެކު ބާރުބާރަށް ސިޑި ކައިރިޔަށް ގޮސް ހުއްޓާ ޒެވިއަލްއަށް އެކަނި ކަމަށް ތަ ފެނުނީ..މަށައް ވެސް ފެނުނޭ.. މަށޭ އެހެން ނަމްބަރަކުން މެސެޖް ކުރީ… ހޫ ޑޫ ޔޫ ތިންކް ޔޫ އާރ.. ބިޗ*.. މަށައް ޔަގީން ޒެވިއަލް އަށް ވެސް ޝައްކުވެފަ މިހާރު އޮންނާނީ.. މަކަރުން ފުރިފައި ހުރި މީހެއް ތިއީ.. މީހުންގެ އެޓެންޝަން ހޯދަން އުޅޭ ވައްތަރު ތީ.. އަލާރާ މުޅިން ވެސް މީހުން ލޯބި ހޯދަނީ ފާޑަށް އުޅެގެން” އީވާ ދަތްކުނޑި ވިކާލައިގެން ހުރި އިރު ހީވީ ދެންމެ ދެންމެ އަލާރާގެ މޫނުމަތީގައި ޖަހާފާނެ ހެންނެވެ.
” އޭންޑްޑް.. އައްޗި މަނުދެކެން ތިއީ އެއްބަޑު މީހެއް ކަމަކަށް.. މަ މިތަނަށް އައީ ވެސް އެ ވާހަކަ ބުނަން.. ކަލޭގެ ދެލޮލަށް ފެންނަކަން މަށައް އެނގޭ އެހެންވީމަ ދެން ވެސް ،މަ ރުޅި އަރުވަން ސްޓަންޓްތައް ނުޖައްސާ މި ބަލާ”
“އާންން އާންން.. އަހަންނަށް ފެނޭ.. މީހެއްގެ އެޓެންޝަން ހޯދާކަށް ނޫން ނުބުނީ… އީވާ ކޮން ފާޑާކަށް ތަ ތިވާހަކަ ދައްކަނީ.. މަ މީ އީވާގެ ދައްތަ އޭ..ކޮން” އީވާގެ ވާހަކަތަކުން ރޮވުނު އިރު އަލާރާއަށް ޥާހަކަ ދެއްކުނީ އިރުކޮޅަކަށެވެ. އޭނާގެ ޖުމްލަ ތައް މެދުކެނޑުނީ ފޯނު ދިއްކޮށްލާފައި އީވާ ދެއްކި އެއްޗަކުންނެވެ. މުޅި ކުއްޖާއަށް ހުއްޓުން އެރިކަން ގައިމެވެ. ދެލޯ ބޮޑުވި އިރު ނޭވާ ލާން ވެސް ދަތިވާހާ ބާރު މިނެއްގައި ތުރުތުރު އަޅައިގަތެވެ. އީވާ ދައްކާލީ ޑީ އެން އޭ ޓެސްޓް ތަކެއްގެ ނަތީޖާ ތަކެކެވެ. އަޒީޒްއާއި އަލާރާ ގެ ޓެސްޓް ތަކެކެވެ.
“އަހަރެމެން އެންމެން ހުންނަނީ ސޭމް ބްލަޑް ގްރޫޕް.. ކަލޭގެ އެކަނި ތަފާތީ.. ސިޑީން ވެއްޓިގެން ލޭ އަޅަން ޖެހުނު ދުވަހު މަށައް މި ފެނުނީ.. އާންން ކަލޭ ތީ މަރިއަމް ދިނާޔާއާއި މުހައްމަދު އަޒީޒް ރަޝާދުގެ ދަރިއެއް ނޫން..ކަލޭ ތީ ހަމްދީ އާއި ނަސްރާގެ ދަރިފުޅު މަރާލި މާއިދު ރަޝާދުގެ ދަރިއެއް.. ގާތިލެއްގެ ދަރިއެއް..” އީވާ ފޯނު ތިރިކޮށްލާފައި ބަލައިލީ ރަހުމެއް ހަމްދަރުދީ އެއްނެތް ނުލަފާ ހިނިގަނޑަކާއިއެކުއެވެ. އަލާރާއަށް އިންތަނަށް ތިރިވެވުނު އިރު ހީވީ ފައިދަށުން ބިންގަނޑު ގަނބައިގެން ދިޔަ ހެންނެވެ. އެ ޓެސްޓް ތަކުގެ ތިރީގައި އަޒީޒްގެ އަސްލު ސޮއި ފެންނަން އިން އިރު އެއީ ހަދާފައި ވާ އެއްޗެއް ނޫންކަން ހާމަވެއެވެ. ކަރު ފަޅައިގެން ދާހާ ބާރަށް ހަޅޭއްލަވައި ގަނެވުން އިރު ހޯސްލާފައި ކަރުނުތައް ކޯދުލާފައި އެ ދޮން ކޯތާފަތުން ތިރިއަށް ފިރުކިގަތެވެ.
***
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
10 Comments!
Comments are closed.





What the
Alaa yakee azeez aa dhinaa dhahtha ge kuhjeh nooneyy
Ohh noo maaidh rashaadh is alaa ge dad
N arkaan n eva ge siblings eh ves noon
What is that arkaan knows these things
So curious
Mi part ves vrh reethi btw
When next
I really cant waitt hama
Vrhhh curiousssss 🥹😭
Keep it up annora dear
Lots of support n love ❤️
Hello dear🤍🤍 yes ala aky azeez and dhinaya ge daughter eh noon🙊
Lets seee dhen vaa goi🥹🥹🥹
Thank you so much 🤍🤍🤍🤍
In sha allah next part avahah kiyaalan libeyne🤍🤍🤍🤍
Lots of love from me 🥰🤍🤍
alheyyyy
haadha dheraeyyy
keehvaany ethanah zev ah dheven
alaa ah dhera gotheh nuhadhahcheyyyy
mi shavan aa nasra ge plan work nukohfiyya majaa vaane
can’t wait alaa and zev gulheyne dhuvahakah
mi part ves vrh vrh reethi masha allah
keep it up siss <33
next past thankolheh avahah genesdheveythw balahchey inge
lysm and tc <33
Alhey
Haadha dhera ey dhw alaa ah mi v goiy
V curious
Can’t wait for the nxt part
Mi prt vx v reethi Maasha Allah
Sorry ingey comment las v ma
Lysm dear💜💜❤️
kobaa part 36 ?? im waiting
Where is the 26th prt
It’s been more than a week 😭😭😭
Nxt prt up kuraane day eh bunelabala Annora🙏🙏🙏
Curiously waiting eyyyyyyyy
Sry not 26th itz 36th
Kyve mhr mi vhk nunereny??
hi!
vhk lasvamun dhaanama vhk lasvanee kehvetho vex bunelun enme ragalhu kahne. v goiy nubune vhk lasvamun dhaanam kiyun therin vhk kiyaa hiy kendun vex ekasheegen vey. i know vhk las vanee sababeh othyma kan vex ekm vex vhk las vaa sababakaa dhen vhk genesdheveynehen heevaa thaareeheh vex bunelun enme ragalhu kahne!
Mi waahaka ge next part annanee Kon dhuvahegga Tha. I am waiting kiha dhuvaheh vehje miharu now it’s June 😭. I miss Liana & Arkaan so so much please Avas kohdheeba🥺