Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ނޭވާ ލާ ހިނދު ހީވޭ ގާތުގާ ވާހެން 34

Annora Level 610 Stories100 Login100 Comments100 Stories
May 2, 2025 12 Mins Read
22 Comments

 

“ޝީ ލަވްސް މީ”ޒެވިއަލް އަށް ލިބުނީ ވަރުގަދަ ޝޮކެކެވެ. ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އަތް ހަރާލެވުނު އިރު އޭނާގެ ތުންފަތް މައްޗަށް ވެރިވެގަތީ އަޖައިބެއް ފަދަ އުފާވެރިކަމެކެވެ.

“ސީ ލަވްސް ޔޫ.. އެރޭ އަލާ ދައްތަ ބުނަން އުޅުނީ ދޮންބެ ގެ ވާހަކަ.. ދޮންބެ މާ އަވަހަށް ރިއެކްޓް ކުރީ.. އެހެންވެ ހިއުޖް މިސްއަންޑަސްޓޭންޑިންގް އެއް ތިއޮތީ ކްރިއޭޓް ވެފަ” ލިއާނާއަށް ބުނެވުނެވެ.

***

ޒެވިއަލް އިރުކޮޅަކު ބަހެއް ނުބުނެ އިނދެފައި ތެދުވެގެން ގޮސް ކޮޓަރިއަށް ވަނެވެ. ޒެވިއަލް ހަދާ އެއްޗެއް ބަލަން ހުރެފައި  ލަސްވާން ހެދުމުން ލިއާނާ ގެއިން ނުކުންނަށް ހިނގައިގަތެވެ. އެހިނދު އެ ކޮޓަރީގެ ހުޅުވުނު އަޑުއަހާފައި ފަހަތައް އެނބުރުނު އިރު ޒެވިއަލް ތައްޔާރު ވެގެން ހުރި ތަން ފެނުމުން ލިއާނާއަށް ހީލެވުނެވެ. ކަޅުކުލައިގެ ކޯޓު ފަޓުލޫނުގައި ހުރި އިރު އާދައިގެ މަތިން އެދިގު އިސްތަށިގަނޑު ފަހަތައް އައްސާފައިވިއެވެ. އެ ފިރިހެން ވަންތަ ކަމކަށް ބަދަލެއް ނާދެއެވެ. މާހައުލުގައި ހިފައިލީ އޭނާ އާންމުކޮން ބޭނުންކުރާ ” އަކުއާ ޑި ބްލޫ”ގެ މީރުވަހެވެ. އަތުން  ތުނބުޅި ރަނގަޅު ކުރަމުން އައިއިރު އެ ރަތް ތުންފަތުގައި ފަނޑު ހިނިތުންވުމެއްވެއެވެ.

“އާއްޗާ.. ޔަގީން ދޮންބެ ފެނުނީމަ ހުރިހާ އަންހެނުން މަށައް މަށައް ކިޔާނެ.. ބޮޑާ ހާކާލާފަ ނޫނީ ނުދާން ދޯ ތިހުރީ” ޒެވިއަލްގެ ގައިގާ ޖެހިގަންނަމުން ލިއާނާ ބުނެލީ ޖެއްސުމުގެ ރާގެއްގައެވެ. ޒެވިއަލް އެއްޗެއް ނުބުނެ އެ ހިނިތުން ވުމުގައި ހުރެ ލިއާނާ ގޮވައިގެން ގެއިން ނުކުމަތެވެ.

ޒެވިއަލްގެ މެޔަށް ފިނިވަމުން ދިޔައީ އަލާރާދޭނެ ޖަވާބެއް ނޭނގޭތީއެވެ. ކާރު ދުއްވަން އިން އިރު ވެސް އޭނާގެ ހިތުގައި އުތުރު އަރަމުން ދިޔައީ ފޮނި ޖަޒުބާތުތަކެވެ. ” ޒެވް.. އޭނާ އަހަންނަށް ލިބޭނެތަ..އޭނަގެ ސަބަބުން އަހަންނަށް މިއަދު މިހެން މިހުރެވެނީ.. އެ ސޫރަ ނުފެނި އެ އަޑު ދެކެ އަހަންނަށް އެންމެ ފުރަތަމަ ވެސް ރުހެވުނީ..” އެރޭ އަލާރާ ބުނެލި ޖުމްލަ ފަހްމް ވީ ޒެވިއަލްއަށް އަދި ކިރިޔާއެވެ. އަލާރާގެ އެކްސިޑެންޓަށް މިވީ އަހަރެއް ހާ ދުވަސް ތެރޭގައި އަލާރާ  ބޭރަށް ދެވިފައިވި މަދުފަހަރަކުއެވެ. އިތުރު ފިރިހެނާއި ދިމާވެފައި ނުވާ އިރު ގިނަ ވަގުތު ހޭދަ ކުރީ ޒެވިއަލް އާއެކުއެވެ.  ލިއާނާ ބުނާހެން މާއަވަހަށް “ރިއެކްޓް” ކުރެވުނީއެވެ. ރަނގަޅަށް ވިސްނައިލައި ފިނަމަ އެއީ ޒެވިއަލްކަން އެނގުނީސްތާއެވެ. އަމިއްލަ މޮޔަކަމާއި މެދު ޒެވިއަލްއަށް ހެވުނެވެ.

ދެމީހުންނަށް ލޯންޗް ކައިރިއަށް ދެވުން އިރު އަރްކާން އާއި ރައިހާ ލޯންޗް ކައިރީގައި މަޑުކޮށްލައިގެން ހުއްޓެވެ. ކާރު ޕާކްކޮށްފައި ޒެވިއަލްއާއި ހިނގައިގަތް އިރު ލިއާނާ ވެސް ފަހަތުން އައެވެ. އޭނާއާއި ދިމާ ކަޅި ޖަހާ ނުލާ ބަލަން ހުރި އަރްކާން ފެނި ލިއާނާގެ މުޅި މޫނު ރަތް ވިއެވެ. ޒެވިއަލް ހުރުމުން އެދިމާލަށް ނުބަލަން މަސައްކަތް ކުރިނަމަވެސް އަރްކާން ބަލާކަން އެނގޭތީ ލަދުން މޯޅިވާ ގޮތްވިއެވެ.

“ކަޔާން އާދޭތަ” ޒެވިއަލް ހުއްޓިލުމުން އަރްކާން ފުރަތަމަ ވެސް އަހައިލިއެވެ. ޒެވިއަލް ބޯ ޖަހާލާފައި ބަލައިލީ ގަޑިޔަށެވެ. އޭނާއަށް ވަށައިގެން ހޯދާލެވުނީ އަލާރާގެ ހިލަމެއް ނެތީމައެވެ.

“އަލާ މެން ވެއްޖެ ގޮސްފަ.. އަހަރެމެން މަޑުކޮށްލީ ޒެވް އަންނަން ދެން.. ދެން ރައި ވެސް ލިއާނާއާއި އެކު އަރަން ފޭބީ އެ” އަރްކާން ބުނެލިއެވެ. އޭނާގެ ފުރިހަމަ ނަމުން އަރުކާން މުހާތަބުކުރުމުން ލިއާނާގެ މޫނަށް ވައްތަރެއް ޖައްސާލެވުނެވެ. އެމަންޒަރު ފެނި އަރްކާންގެ ގާތައް ހިނިއަންނަ ގޮތް ވެގެން ފާޑަކަށް ކަރުކެހެލިއެވެ.

“ބައްޕަ ގުޅާފަ ބުނި ސޯފިއާ ވެސް އަންނަ ވާހަކަ… ކަޔާންގެ ކައިރީގަ ރަނގަޅު ގަޑި ދޯ ބުނީ” އަރްކާންއަށް ރައްދު ދިނުމުގެ ގޮތުން ޒެވިއަލް އާއެކޭ ބުނެލިއެވެ.

“މިހާރު އަންނާނެ ކަންނޭގެ” ޒެވިއަލް އަތުކުރީގަ އޮތް ގަޑިއަށް ނަޒަރެއް ދިނެވެ. ސޯފިއާ އަންނަ ވާހަކަ ބުނުމުން ޒެވިއަލްގެ ނަފްސަށް ފޫހިކަން ވެރިވެގަތެވެ. އެމީހުން އެތާގައި ތިބޭތާ އިރުކޮޅެއް ފަހުން ކަޔާން ސައިކަލުގައި އައިސް މަޑުކޮށްލިއެވެ. ކަޅުކުލައިގެ ގަމީސް، ކަޅު ޓްރައުޒާގެ ދަށައް ޖަހާ ބެގީ ކޮށްފައިވާ ގޮތުން ނުހަނު ފުރިހަމައެވެ. އޭނާގެ ސިއްރު ނަޒަރު ފުރަތަމަ ވެސް ދަތުރުކޮށްލީ ލިއާނާގެ އަތުގައި ހިފާލައިގެން އިސްޖެހިފައި ހުރި ރައިހާއަށެވެ.ސައިކަލުން ފޭބީން ސުރެން ކަޅިޖަހާ ނުލާ ބަލަން ހުރެފައި، ރައިހާގެ މޫނަށް ކަޔާން ބަލައިލުމުން ވަގުތުން އިސްޖަހާލިތަން  ކަޔާން ދުއްޓެވެ. ކިތަންމެ ނަފްރަތު ކުރާކަމަށް ދެއްކި ނަމަވެސް އަދިވެސް އެހިތުގައި އޭނާގެ ނަންފެވިފައި ވާކަން ކަޔާން ދަނެއެވެ.

“އެ އޮތް އަންނަނީ މަގޭ ޒެވްގެ ބައިވެރިޔާ” ސޯފިއާ އަންނަތަން ފެނިގެން، ޒެވިއަލްގެ ކޮނޑަށް އަތް ވައްޓާލަމުން ކަޔާން ބުނެލި އިރު ޒެވިއަލްގެ އަތުގެ ހަމަލާއެއް ކަޔާންގެ އަތައް އަރައިގެން ދިޔައެވެ. އޭނާގެ ކައިރީގައި އިތުރު ފިރިހެނެއް ހުރިއިރު ފުރަގަސްދީގެން ހުރުމުން ފުރަތަމަ  ކާކުކަމެއް ނޭނގުނެވެ.

ސޯފިޔާ ހުރީ ވަރުގެ ނެތް ކޮޅަށް ފަރިވެގެންނެވެ. ރަތް ކުލައިގެ ގަޔަށް ބާރު ހެދުމުގައި ދެ އަތުގެ ބަދަލުގައި ވަނީ ދެ ވާ ކޮޅެކެވެ. ކޮށްލާފައިވާ މޭކަޕުން މީހާގެ ސިފަ ވެސް ވަކިވަނީ ކިރިޔާއެވެ. ސޯފިޔާގެ ކައިރީގައި ހުރި ޒުވާނާ ގޮވައިގެން ކައިރިއަށް އައި ހިނދު ޒެވިއަލްގެ މޫނު ހުދު ވިއެވެ. އޭނާގެ މޫނު ފެނުނު ވަގުތު އަރްކާންއަށް ވެސް ލިބުނީ ވަރުގަދަ ޝޮކެކެވެ. ލިއާނާ ވެސް އަނގަ ހުޅުވިފައި ހުރިއިރު  ގާތުގައި ހުރި ރައިހާއަށް އެ މަންޒަރު ދައްކާލިއެވެ.

ޒެވިއަލް ހުންނަން ވެސް ބޭނުން ނުވެގެން ލޯންޗްއަށް އަރައިގެން ދިޔައިރު ރުޅިގަދަ ވެފައި ހުރެ އަރްކާން ވެސް ޒެވިއަލްގެ ފަހަތުން ދިޔައެވެ.

“އައްދޭ މަ ފެނުނީމަ ހާދަވަރެއް ދޮންބެ އަށް އެވީ” ހިނގައިގަންނަން ވެސް ނޭނގިފައި ހުރި ލިއާނާގެ ގާތައް ހުއްޓެމުން ސާމިއު އަހާލިއެވެ. އޭނާގެ ތުންފަތް މަތީގައި ދުވެލަ ދުވެލަ ހުރި ހިނިތުންވުމުން ތަފާތެއް ފުރަތަމަ ފަހަރަށް ލިއާނާއަށް ފާހަގަ ވިއެވެ. ސޯފިޔާގެ އަތުގައި ހިފާލައިގެން ހުރިއިރު ވެސް ކަޅި ޖަހާއި ނުލާ އޭނާ ބަލަމުން ދިޔައީ ލިއާނާގެ މޫނަށެވެ.

“ސާމިއު ކީއްކުރަން ތިއައީ” ހިތްހަމަ ނުޖެހިފައި ހުރި ނަމަވެސް ގަދަކަމުން ހިނިތުންވުމެއް ވެރިކޮށްލަމުން ރައިހާ އެއްސެވެ.

“އިންވިޓޭޝަން ލިބުނީމަ މިއައީ..” ޖީބުން ނެގި ދައުވަތު ކާޑް ދައްކާލަމުން ސާމިއު ބުނެލިއެވެ. އެހެންހޭ ބުނެ އިތުރަށް މަޑުނުކުރަން ލިއާނާގެ އަތުގައި ހިފައިގެން ހުރެ ރައިހާ ލޯންޗަށް އެރިއެވެ. ލާންޗަށް އެރުމާއި އެކު ފުރަތަމަ ވެސް ލިއާނާ ދިޔައީ ޒެވިއަލްގެ ގާތަށެވެ. ޒެވިއަލްގެ މަގަތުގައި އިށީން އިރު އެމީހުންގެ ކުރިމައްޗަށް ވާހެން އިން އެންމެ މީހެއްގެ ޖާގައިގެ ސީޓެއްގައި އަރްކާންއިނެވެ. ރައިހާ އިށީންނާނެ ތަނެއް ނެތިގެން ކޮޅަށް ހުއްޓައި އަރްކާން ގޮވާލުމަށްފަހު ދެއްކީ ކަޔާން އިން ސީޓުގެ ބާކީ އިންތަންކޮޅެވެ. މުޅި ލާންޗް އެކީ ފުރިފައި ވީ އިރު ހުސްކޮން އިނީ އެތަންކޮޅެވެ. އޭނާ ބަލައިލި ހިނދު ވީ ކަޔާން ވެސް ބަލައިލި ވަގުތަށެވެ.  ވަގުތުން ރައިހާ އިސްޖަހައިލިއެވެ. މަޑުމަޑުން އެނާ ގޮސް އިށީނީ ކަޔާން އާއި ދެމެދު ހުސްތަން ކޮޅެއް ބަހައްޓާ ފައެވެ. އެހެން އިނދެ ވަށްކަޅިން ބަލައިލި އިރު ކަޔާން ބަލަން އިންތަން ފެނުމުން މުޅި މޫނަށް ރަތުގެ ކުލަތައް ފާއްދާލިއެވެ. އަވަސްއަވަހަށް މޫނު އަނބުރާލި އިރު ވެސް ހިތުގެ ތެޅުން އަވަސް ވަމުން ދިޔައެވެ.

“ޔޫ ލުކް ބިއުޓިފުލް” ކަޔާންގެ ފިރހެންވަންތަ އަޑު އިވުނު ނަމަވެސް އަޅައިވެސް ނުލާ ރައިހާ އިނެވެ.

“މި ދެމީހުންނަށް ވެސް އެބަޖެހޭ ގޮތެއް ހަދަން” ރައިހާ އާއި ކަޔާން އުޅެމުން ދިޔަ ގޮތް ބަލަން އިނދެފައި ޒެވިއަލް ބުނެލިއެވެ. ވަގުތުން ލިއާނާގެ މޫނަށް ވެރިވެގަތީ ފޫހިކަމެކެވެ. ޝާމިއު ފެނުމުން ޒެވިއަލް ގާތައް އައި ރުޅި، އެދެމީހުންގެ އުޅުން ހުރިގޮތުން ކޮންމެ ވެސް ވަރަކަށް އޭރު ހުރީ   ހަމައަކަށް އެޅެން ފަށާފައެވެ.

“ހިތައް ވެސް ނާރުވާތި” ލިއާނާ އިނީ އިންޒާރުގެ ނަޒަރަކުން ކަޅި އަޅާލައިގެންނެވެ. ވަގުތުން ޒެވިއަލް ދެއަތް ހިތްލާލީ އަމާން ދީފީމޭ ބުނާ ފަދައަކުންނެވެ. ލިއާނާ ތުން ހަދާ ލައިގެން އިން އިރު ޒެވިއަލް ދިޔައީ އޭނާ ރުޅި އެރުވުމަށް ވައްތަރު ޖައްސަމުންނެވެ.  ދެބެންގެ ކޯޅުން ފެނި އަރްކާންގެ ގާތައް ވެސް ހިނިއަންނަ ގޮތްވިއެވެ.

އަމާން ކަމާއިއެކު ފަންސަވީސް މިނެޓްގެ ދަތުރަކަށް ފަހު އަޒީޒްގެ “ކޯޒީ މެޑޯ އައިލެންޑް ރިޞޯޓް” ގެ ފާލަމަށް ކައިރިކޮށްލި ހިނދު ލާންޗުން ފައިބަމުންދާ މެހެމާނުންނަށް މަރްހަބާ ކިއުމަށް، އެ ތަނުގެ ސްޓާފުން ހަރަކާތްތެރި ވަމުން ދިޔައެވެ. ކޮންމެ މީހެއްގެ ކަރުގައި ހުދާއި ރަތުގެ ފިނިފެންމަލުގެ ހާރެއް އަޅުވާ ދެމުން ދިޔައިރު ކުރުނބަލެއް ވެސް އަތައް ލައިދެމުން ދިޔައެވެ. އެންމެންގެ ދުލު ކުރީގައިވެސް ވަނީ އެރަށުގެ ޗާލުކަމާއި ހިތްގައިމު ކަމުގެ ވާހަކައެވެ. އަދި މެހެމާނު ދާރީގެ ފުރިހަމަ ކަމުގެ ވާހަކަ އެވެ. މާ ބޮޑުނޫން އެރަށުގެ ވަށައިގެން، ކޮޅުނެތް ކޮޅަށް ދެމިލާފައިވަނީ ވިލުނޫކުލައިގެ ދިގު ފަޅަކުންނެވެ.  ގަސްގިނަވެފައި މަލަމަތި އެހާމެ ފެހިކަން ވެސް ގަދައެވެ.  ސާފް ހިމުން ދޮވެލި ދުނޑިއެއްވާ އިރު މާދުރުނޫން ހިސާބަކުން އެއްގަމާއި މޫދުގައި އަޅާފައިވާ ރޫމްތައް ފެންނަމުންދެއެވެ. އޭގެ ބިއްދޮށުގައި ވަނީ ޕްރައިވެޓް ވިލާތަކެވެ. ކޮންމެ ވިލާއެއް ވެސް ފަރުމާ ކޮށް ފައިވަނީ މެހެމާނުންނަށް ޕްރައިވެސީ ލިބޭނެ ފަދައިން ވަކިވާނެހެން ފެންސް ޖަހާފައެވެ.

ފާލަމާއި މާ ދުރުނޫން ހިސާބެއްގައި ބަގީތަކާއި ދިމާލަށް ހިނގައިގެން އިރު ވެސް ޒެވިއަލްއަށް އިރުކޮޅަކާއި ގަޑިއަށް ބެލެމުންދިޔައެވެ. އޭނާގެ ހިތްވަނީ އަވަސް ވެފައެވެ. ހަފްލާ ފެށެން ވަގުތު ކުޑަތަންވެފައި ވީ އިރު އޭނާއަށް އަލާރާއާއި ބައްދަލްކުރަން ވެސް ލިބޭނީ ފުދޭވަރަކަށް މަދު ވަގުތު ކޮޅެކެވެ. އަލާރާއާއި ޝަވަންއާއި ދެމީހުންގެ އެންގޭޖްމަންޓް އެންމެ ފަހަށެވެ. ނަމަވެސް   އަލާރާއާއި ހަމައަށް ދިޔުމުގެ ކުރިން އަދި އަރްކާން އާއި ވެސް ވާހަކަ ދައްކަން ޖެހޭތީ އޭނާ ބަލައިލީ އަރްކާން އާއި ވަކިން ވާހަކަ ދެއްކޭނެގޮތެއް ވޭތޯއެވެ.  އޭރު ފޯނު ކަންފަތުގައި ޖަހައިގެން ހުރެ ބަގީއަށް އަރަން އަރްކާން ހުއްޓާ ފެނުމުން އެދިމާލަށް މިސްރާބު ޖެހިއެވެ.

“އަރްކާން.. ވާހަކަ އެއް ބުނަން ވެސް އެބައޮތް” އަރްކާންއާއި އެއް ހަމަ ކޮށްލަމުން ޒެވިއަލް ބުނެލިއެވެ. އަރްކާން ފުރަތަމަ ވެސް ބަލައިލީ ގަޑިޔަށެވެ.

“މިގަޑީގަތަ.. ތި މީހުންނާ ޖޮއިން ވާނަން އިވެންޓް ފަށާލަ ދީފަ” ހަފްލާ ފަށަން ހަވާލް ވެވިފަ އިނީ އަރްކާން އަށް ކަމަށް ވީތީ އެގަޑިޔަށް އޭނާ ކޮންމެހެން ވެސް އެތަނުގައި ހުންނަން ޖެހެއެވެ.

“ވަރަށް އިމްޕޯޓެންޓް..” ޒެވިއަލް އަނެއްކާ ވެސް ބުނެލިއެވެ. އަރްކާން އިރުކޮޅަކު ވިސްނަން ހުރެފައި  އޭނާ އާއި ޒެވިއަލް ވަކިން ބަގީއެއްގައި ދާ ގޮތައް ހަމަޖެއްސިއެވެ.

“ސޯ ” ބަގީ ދުއްވާލުމުން، ދެބުމަ ހިއްލާލަމުން އަރްކާން އަހައިލިއެވެ. ދެއަތް ދެއަތާއި މޮޑެން އިން އިރު އެ ވާހަކަ ބުނަން ޒެވިއަލް އިނީ ނުކުޅެދިފައެވެ.

“އައި ތިންކް އަމް އިން ލަވް ވިތް ޔޯ ސިސްޓާ.. އައި މީން އަލާ”އެންމެ ފަހުން ހިތްވަރު ކޮށްފައި ޒެވިއަލް ބުނެލިއެވެ. އިސްޖަހައިގެން އިނދެ އިސް އުފުލާލި އިރު އަރްކާންއަށް ވެފައި އިން ގޮތުން ޒެވިއަލްއަށް ހެވުނެވެ.

“ކީކޭ” ދެލޯ ބޮޑުވެފައި ވީ އިރު އޭނާގެ އަނގަ ވެސް ވަނީ ހުޅުވިފައެވެ. “މަށައް ޝައްކުވި އޭރު ވެސް..އަލާ ކައިރީގަ ބުނެފިންތަ” އަރްކާންގެ ކޮނޑުގައި  ޒެވިއަލް  ޖަހައިލުމުން އަނގަ ލައްޕާލާފައި އަނެއްކާ ވެސް ކޮށްލީ ސުވާލެކެވެ. ޒެވިއަލް ނޫނެކޭ ބުނެ އަލާރާއާއި ދެމީހުންގެ ދެމެދުގައި މިހާރު ވެފައި އޮތް ބުނެދިނެވެ. އަރްކާންއަށް އަނގައިން އަޑެއް ލައްވާލެވުނެވެ.

“ދެން އެއްޗެކޭ ބުނަގަ”

“ބުނާނެ އެއްޗެއް ނޭނގިފަ މިއިނީ.. އަހަރެން ރުހި ގަބޫލް ތި ކަމަށް އެކަމަކު..ޕްލޭން އެއް އިންނަން ވާނެ.. އަލާއާއި މީޓް ވާނެ ގޮތެއް ބަލަން ވީ ވީހާވެސް އަވަހަކަށް” އަރްކާން ވިސްނާލިއެވެ. އޭނާއަށް ވިސްނުނު ގޮތް ބުނެދިން ހިނދު ޒެވިއަލް ވެސް ބޯ ޖަހާލީ އެގޮތާއި ރުހެވިގެންނެވެ.

“އޯކޭ ޕްލޭން އޮން” މަންޒިލަށް އާދެވުން ހިނދު ބަގީއިން ފައިބަމުން ޒެވިއަލް  ދުރަށް ހިނގައިގަންނަމުން ގޮވާލިއެވެ. އަރްކާން ވެސް ހިނިތުންވެލައިގެން ހުރެ ބޯޖަހައިލަމުން މިސްރާބު ޖެހީ މާދުރު ނޫން ހިސާބެއްގައި ފެންނަންހުރި ރިޞޯޓްގެ ކޮންފަރެންސް ހޯލަށް ވަނުމަށެވެ. ފުރަތަމަ ވައިން ހިނދު ފެންނަ ހުރީ ކައުންޓަރެކެވެ. ދެތިން ސްޓާފަކު އެތާގައިވެސް މަޑުކޮށް ލައިގެން ތިއްބެވެ. ކައުންޓަރު ދަށައް ހުއްޓި ދައުވަތުކާޑު ދިއްކޮށްލުމުން، ބަލައިލުމަށް ފަހު އެތެރެއަށް ވަނުމަށް އިޝާރާތް ކުރުމުން މެހެމާނުން އޭރުން އެތެރެއަށް ވަންނަމުން ދިޔައެވެ. އަރްކާން ބަލައިލި އިރު  ވެއިޓިންގް އޭރިއާގައި އަޒީޒް އާއި ދިނާޔާ، ހައުލާއާއި އަމީނާއާއި އެކު ތިއްބެވެ. އެމީހުންނާއި މާ ދުރުނޫން ހިސާބެއް ގައި ހަފީޒާ ވެސް ނިކަން ހެވިލާފައި އިން އިރު އަރްކާން ފެނުމުން ގޮވާލިއެވެ.

“ހާދަ ރީއްޗޭ މާމަ ވެސް” ތައުރީފް ކޮށްލަމުން ހަފީޒާގެ އަތްތިލައިގައި އަރްކާން ބޮސްދިނެވެ. ހަފީޒާވެސް އަރްކާންގެ ގައިގާ ބައްދާލި އިރު އަރްކާންއަށް ތައުރީފް ކޮށްލިއެވެ.

“ޝާފިއުބެ މެން ވެސް އައިސްފި މިހާރު.. ކޮބާ ލިއާ މެން ދަރިފުޅާ.. ރައި ވެސް ވެސް ލިއާ އާއި އެކު އޭ ރަމް ބުނި” ދިނާޔާ އަހައިލިއެވެ. އޭރު އެކުވެރިއަކު ގޮވާލައިގެން އަޒީޒް އަނެއްކާ ވެސް ދުރަށް ޖެހިލާފިއެވެ.

“ޒެވް ވެއްޖެ މިތާގަ..ރައި އާއި އެއްކޮން ލިއާނާ ވެސް އަންނާނެ މިހާރު.. ކޮބާ އަލާ” އަލާރާ ފެންނަން ނެތުމުން އަރްކާން އަހައިލިއެވެ.

“އެހެންވެ އޭ ލިއާމެން މިހޯދަނީ.. ކުރިން އެންމެ ފަހަށް ޖައްސާފަ މިހާރު ނަސްރާ، ބައްޕަގެ ބޮލަށް އެރިގެން އެމީހުންގެ އެންގޭޖްމަންޓް ކުރިއަށް ޖައްސާފަ އޮތީ.. ހިތައް އަރާ އެންމެ ފަހު ވަގުތު ވެސް އެކަން ހުއްޓުވާނެ ނަމައޭ.. ރުޅި ވެސް ގަދަ ވޭ އެބަ.. އެންމެ ފަހުން ކުރަން އޮތް ކަމެއް ވިއްޔަ” ދިނާޔާ ރުޅި ގަދަ ވެފައި ހުރެ ބުނެލި ވާހަކަ އަކުން އަރްކާންއަށް ކީކޭ ހޭ އަހައިލެވުނެވެ.

“އާން .. އަވަސް ކުރީ ނަސްރާ.. އޭނައާއި ހެދި މީހަކަށް ހަމަ ނޭވާ ނުލެވޭނެ” އަމީނާ ވެސް ހުރީ މޫނު ބަނަވާ ގޮތް ވެފައެވެ.

ހަފީޒާ ގާތުން ތެދުވެ އޭނާ އެންމެ ފުރަތަމަ ވެސް ގުޅަން މަސައްކަތް ކުރީ ޒެވިއަލްއަށެވެ. ބާރަވަރަކަށް ފަހަރު ގުޅުނު އިރުވެސް ޒެވިއަލްގެ ފޯނުން ޖަވާބެއް ނުދެއެވެ. އޭރު އަރްކާން ބޯ ވެސް ހާސްވާން ފަށައިފިއެވެ.

“ދަރިފުޅާ.. މިހާރު ފަށަން ވީ..ހިނގާ އެތެރެއަށް ވަންނަމާ” އަޒީޒް ގޮވާލުމުން އަރްކާން ބޯ ޖަހާލިއެވެ. ހުއްޓުމެއްނެތި އޭރުވެސް އޭނާ ދިޔައީ ޒެވިއަލްއަށް ގުޅޭތޯ މަސައްކަތް ކުރަމުންނެވެ. އެންމެ ފަހުން އަރްކާން ހިނގައިގަތީ ހިތާއި ދެކޮޅަށެވެ.  އެއްލިކަޅިއަކުން ރައިހާއާއި އެއްކޮން ވަންނަން އައި ލިއާނާ ފެނި އެދިމާލަށް ނުހަނު ހަރުކޮން ހިނގައިގަތެވެ.

އަރްކާން އަތުގައި ހިފިލެއް ބާރުކަމުން ލިއާނާ ދިޔައީ ސިހިގެންނެވެ. ރައިހާ ވެސް ދިޔައީ ސިހިގެންނެވެ. އެންމެ ސިކުންތެއް ވެސް މަޑުނުކޮށް އަރްކާން ، ލިއާނާގެ އަތުގައި ހިފައިގެން ހުރެ ގެންދިޔައީ ފާހާނަ ބަރިއާއި ދިމާލަށެވެ. މީހުން ތިއްބާ އެހެން ހެދުމުން ލިއާނާއަށް ގޮވާލެވުނެވެ.

“އަރްކާން…ކިހިނެތް ތަ ވީ” އެތެރެއަށް ވަދެފައި އަރްކާންގެ އަތުން އަތް ނައްޓުވާލަމުން ލިއާނާ އަހައިލިއެވެ.

“ސުވާލް ނުކޮށް ކިޔައިދެންދެން ހުންނައްޗޭ އިނގޭ..ވީ ހޭވް ނޯ ޓައިމް” ކުރު ގޮތަކަށް ވެގެން އުޅޭ ގޮތް ކިޔައި ދީފައި އަރްކާން އެދުނީ ވީ އެންމެ އަވަހަކަށް ޒެވިއަލް ހޯދަން ދިއުމަށެވެ. ޒެވިއަލް ދިޔައީ އަލާރާ ހޯދުމަށް ކަމުގައި ވެސް ބުނެދިނެވެ.

“ޔޫ މީން ޔޫ އޯކޭ ވިތް ދެމް ރައިޓް” ލިއާނާގެ މޫނުން ފެންނަނީ އުފާވެރިކަމެވެ. އަރްކާން ހީލަމުން ބޯޖަހައިލިއެވެ. ޒެވިއަލް، އަލާރާ ދެކެ ލޯބިވާ ވާހަކަ އޭނާ ގާތު ބުނީން ސުރެން އަރްކާން އެކަމާއި އިންކާރު ކޮށްފާނެ ކަމަށް ހާދަ ވިސްނުނެވެ. ލިއާނާއަށް ހީވީ ބޮލުން ބޮޑު ބަރެއް ނެނގުނުހެންނެވެ. އުފަލުން ފޮޅިފައި ހުރެ އަވަސް އަވަހަށް ބޯ ޖަހައިލެވުނެވެ.

“އެތަނުގަ މީހުން ތިބީމަ މިއައީ.. ހިނގާ ދަމާ .. ބައްޕަ އެ ގުޅަނީ” ފޯނު ދައްކާލަމުން އަރްކާން ހިނގައިގަތެވެ. ނަމަވެސް ލިއާނާ ހުއްޓިގެން ހުރިހެން ހީވެގެން ފަހަތައް އެނބުރުނު އިރު ދުންދަމައިގެން ހުރިތަން ފެނުމުން ނިތް އަރުވާލެވުނެވެ.

“އެޓްލީސްޓް ހަގް އެއް ދީބަލަ” ތުންފިއްތައިގެން ހުރެ ބުނެލިއިރު، އެ މައުސޫމްކަން ފެނި އަރްކާންއަށް ހީލެވުނެވެ.

ލިއާނާގެ އަތައް ދަމާލައިފައި ބައްދާލާފައި ދުރުވެލަމުން އޭނާގެ ނިތުގައި ނިތް ޖައްސާލަމުން އެމޫނާއި ކައިރިވެލަމުން ދެމެދުގައިވި ދުރުމިން ނައްތާލިއެވެ. ސިކުންތުކޮޅަކަށް ފަހު ދުރުވެލަމުން ލިއާނާގެ ލޭކުލަ އަރާފައިވި ތުންފަތުގައި އަރްކާން ބޮޑުވާ އިނގިލި ހާކާލިއެވެ.

“އައި ލަވް ޔޫ ބޭބީ.. އަދި ވަގުތު އޮތް ނަމަ އެހާ އަވަހަށް ދުލެއް ނުކޮށްލާނަން..ފަސްޓް ކިސް އޭޒް އަ ކަޕްލް.. ވިލް ކޮންޓިނިއު ދިޒް ލޭޓާރ.. ” އެހާ ކައިރީގައި އަރްކާން ހުރުމުން ލިއާނާ ހުރީ ލަދުގަންނަ ގޮތްވެފައެވެ.

”  އައި ހޭވް އަ ސަޕްރާއިޒް ފޯރ ޔޫ، ބޭބީ ގާލް..ނައު ލެޓްސް ގޯ” އަނެއްކާ ލަސްވެގެން އަޒީޒް އެވަގުތު ގުޅަން ފެށުމުން އަރްކާން ދާން ވެގެން ލިއާނާގެ އަތުގައި ހިފައިލިއެވެ. އެ ލަދުރަކި ހިނިތުންވުމުގައި ހުރެ ލިއާނާ ބޯޖަހައިލިއެވެ.

“އަވަހަށް ދޭ ދޮންބެ ހޯދަން.. އައި ގެޓް ޖެލަސް އީޒިލީ.. ބީ ކެއާރފުލް ބޭބީ” ތަންކޮޅެއް ދުރުގައި ތިބި ޒުވާން ފުރައިގެ ދެ ކުއްޖަކު ލިއާނާއަށް މާ ވަރަކަށް ބަލަމުންދާތީ އެ މަންޒަރު ދައްކާލިއެވެ. ދެވަނަ ސިކުންތު އަރްކާން ކަޅި އަޅާލިތަން ފެނި ދެކުދިން އެތަނުން ދުރަށް ދިޔައެވެ.

****

“ވަންނަން ވީބަ” ޕްރައިވެޓް ވިލާ ތަކުގެ ތެރެއިން ފެމެލީ ސުއިޓްގައި ހުރި ކޮޓަރިތަކުން ނުވަ ވަނަ ނަމްބަރު ޖަހާފައި އިން ދޮރު ކައިރިއަށް ހުއްޓުނު އިރު ޒެވިއަލްގެ ހިތް ޒާތަކަށް ތެޅިގަތެވެ. ދިނާޔާ ބުނި ގޮތުން ވިއްޔާ އެއީ އަލާރާ މިވަގުތު ހުރި ތަނެވެ. އަލާރާ ހޯދަނިކޮން، އޭނާއަށް ދިނާޔާއާއި ދިމާވީއެވެ. މޭގައި އަތްލައިގެން ހުރެ ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ދޮރުގައި ޓަކި ޖަހައިލިއެވެ. ތިން ފަހަރު ޓަކި ޖެހިއިރު ވެސް އަޑެއް ނީވުމުން ޒެވިއަލް ދޮރު ހުޅުވާލާފައި ބަލައިލި އިރު ތަނަވަސް ބޮޑު ކޮޓަރީގެ ތެރޭގައި އަލާރާގެ ހިލަމެއް ނުވެއެވެ. ޒެވިއަލްއަށް ބުމަ އަރުވާލެވުނެވެ. ލަސްލަހުން ހިނގާލާފައި މުޅި ކޮޓަރި ތެރެ ބަލާ ފާސް ކުރި އިރު ވެސް އަލާރާގެ ހިލަމެއް ނުވެއެވެ. ދެން އޭނާ މިސްރާބު ޖެހީ ކޮޓަރިން ލާފައި ބޭރަށް ނުކުމެވޭހެން އިންނަ ސްލައިޑް ދޮރާއި ދިމާލަށެވެ. އެ ދޮރުން ބޭރަށް ވާހެން އޮންނަނީ ހާމައަށް އޮތް ވިލު ނޫކުލައިގެ މޫދެވެ. ފެންސްޖަހާފައިވާ ގޮތުން އެހިސާބުގައި ފުރިހަމަ މިނަވަން ކަމާއި އެކު އެހެން މީހަކަށް ނުފެނި މޫދުގައި ވެސް އުޅެލެވެއެވެ.

ޒެވިއަލް ބަލައިލި އިރު ރާޅުފެން ދަށުގައި ހެދުން ހިތްލާލައިގެން އަލާރާ ހުއްޓެވެ. ދޮރާއި ފުރަގަސްދީގެން ހުރުމުން އޭނާއަކަށް ޒެވިއަލް އައިކަމެއް ނޭނގެއެވެ. ލާފައިވާ ދިގު މެކްސީ އަތައް ނަގައިގެން، ހުސްފަޔާއި ހުރިއިރު އެ ރީތި ދެފައިގައި ކުދި ކުދި ރާޅުތައް ހަމަހިމޭންކަމާއި އެކު ބޮސްދީފައި ދާއިރުއިރު ބަލާ ފޫހި ނުވާހާ ޗާލެވެ. ހުރި ފިޔަވަޅު މަތީގައި ޒެވިއަލް ހަށަން ބަދެލައިގެން ހުރިއިރު ކަޅިޖަހައިލަން ވެސް ހަނދާން ނެތިފައިވާ ކަހަލައެވެ. ހާދަ ރީއްޗެވެ. ދިގު އިސްތަށިކޮޅު މަޑުމަޑު ވައިރޯޅިތަކުގެ ގޯނާ ކުރަމުން ދިޔައިރު މިނިވަންކަމާއި އެކު ވިހުރިލާ ވިހުރިލާވިއެވެ. އެހެން ހުރެފައި ޒެވިއަލް ކުރިއަށް ހިނގައިގެން އިރު ފުރަތަމަ ވެސް ޖެހުނީ އަލާރާގެ ހިމޭން ރުއިމުގެ އަޑެވެ. ޒެވިއަލްގެ ހިތުގައި ރިއްސައިގަތެވެ. އެއީ އޭނާއަށް އެންމެ އަޑުއަހަން އުނދަގޫ އަޑެވެ.

“ކިހިނެތް މިތަނަށް އައީ.. އެއްވެސް މިހަކު ވެސް ނެތެންނު” ރޮވެމުންދިޔަ އަލާރާއަށް ހުއްޓުމެއް އައީ ނުހަނު ކައިރިން ޒެވިއަލްގެ އަޑު އިވުމުންނެވެ.އެތައް ދުވަހަކަށް ފަހު ޒެވިއަލްގެ ފިރިހެން ވަންތަ އަޑު އިވުނު ހިނދު އަލާރާގެ ހިތައް ކުރުވީ ބުނެދޭން ވެސް ނޭނގޭ ފަދަ އިޙްސާސެކެވެ. އެއްފަހަރާ އެތައް ބައިވަރު ޝަކުވާތަކެއް ހިތައް ބޮނޑިވެތަގެތެވެ. ހިތް އިތުރަށް ރޯލީ މިއަދު އެހެން މީހެއްގެ ހައްގަކަށް ވާން ގިރާކުރަން ޖެހޭ ފުރަތަމަ ފިޔަވަޅު އަޅާ ދުވަސްކަން އަނެއްކާ ވެސް ހަނދާންވުމުންނެވެ.

“އަމް އާސްކިންގ ޔޫ އަ ކްއެޝަން..އެންޑް ވައި އާރ ޔޫ ކްރައިން” އެއަޑަށް ވުރެން ޒެވިއަލް ސުވާލުން އަލާރާގެ ހިތުގެ ހަމަ ނުޖެހުން ގެއްލުނެވެ. ދެވަނަ ފަހަރަށް އެ ސުޥާލް ކުރިއިރު އޭނާގެ ފިޔަވަޅުތައް އަލާރާއާއި ގާތައް ހުރުމުން ހިތް ތެޅިގަތެވެ. އަވަސް އަވަހަށް ދެލޮލުން އަންނަމުން ދިޔަ ކަރުނުތައް ފުހެލަން މަސައްކަތް ކުރިއެވެ.

“އަ..އަ..މީ.މި ސްޓާފްއަކާއި އެކު އެކަނި ވެލަން ބޭނުން ވެގެން މިހުރީ..އޭނާ އަންނާނެ އިރުކޮޅަކުން..” އާގާންނަމުން ބުނެލެވުން އިރު އަލާރާގެ ނިތުން ދާހިތްލާލިއެވެ.

“މްމްމް މޮޅޭ ދޯ ދޮގު ހަދަން ވެސް..މިތާކަށް ނާދެވޭނެ އެންނު އިތުރު މީހަކަށް” ބޭރުގައި އިން މަނާ ބޮޑު މަތިން ޒެވިއަލް ހަނދާން ކޮށްލަ ދިން އިރު ތުންފަތް މަތީގައި ދުވެލަ ދުވެލަ ހުރީ ހިނިތުންވުމެކެވެ.

“ދެން ތިބުނީ ހުރިހާ ތަނެއް ބަލަމުން އަހަރެން އައީ އޭތަ.. ނޫނޭ ޒެވިއަލްއަށް ތިހީވީ ގޯސްކޮން.. ސްޓާފަކާއި އެކު އައީ.. އަހަރެން އިވެންޓްއަށް ބޭނުންވީމަ ބަލާ އަންނާށޭ ބުނީމަ އެދިޔައީ”

“އޯކޭ އޯކޭ މައި ބޭޑް”  އަލާރާގެ އަޑު ހުރިގޮތުން އިތުރަށް އެ ވާހަކަ ނުދައްކަން ޒެވިއަލް ބުނެލިއެވެ. އަދިވެސް އަލާރާ ހުރި ގޮތައް ހުރުމުން ޒެވިއަލް އަށް އުނދަގުވިއެވެ.

“ވައި އާރ ޔޫ ސޯ ރޫޑް..ކީއްވެ ދެންމެ ރޮވުނީ” ޒެވިއަލް އަހައިލިއެވެ.

އެއްޗެއް ނުބުނެ ހުއްޓާ އަލާރާއަށް ސިހުމެއް ލިބުނީ ޒެވިއަލް އޭނާގެ ގައިގާ ފަހަތުން ބައްދާލުމުންނެވެ. މުޅިހަށިގަނޑުގައި ހީވީ ގަނޑު ފެނުގެ އޮއިވަރެއް ދައުރުވެލިހެންނެވެ. ލޭގެ ހިނގުން އަވަސްވަމުން ދިޔައިރު ދެލޯ ބޮޑުވިއެވެ. މަދު ސިކުންތު ކޮޅެއްގެ ތެރޭގައި ހޭވެރިކަން ވެގެން އަލާރާއަށް ތެޅިގަނެވުނެވެ. ނަމަވެސް ޒެވިއަލް ހުރީ އެއަށް ވުރެން ބާރަށް ހިފަހައްޓާއި ގެންނެވެ.

“ޒެވް..ވްވް” ނޭވާ ތާށިވެފައިވާ ފަދަ ގޮތަކަށް އަލާރާއަށް ލަސްލަހުން ގޮވާލެވުނެވެ. އެކަމަށް ފަރުވާލެއް ނެތި އެ ފިރިހެންވަންތަ އިނގިލިތަކުން އަލާރާގެ ކޮނޑުމަތީގައި ވި އިސްތަށިކޮޅު އެއްފަރާތް ކޮށްލަމުން އަލާރާގެ ކަނދުރާގައި ޒެވިއަލް ދަތްދޮޅި އަޅުވާލިއެވެ. ހީބި ނަގައިގެން ދިޔައިރު އޭނާއަށް ހުރެވުނީ ނޭވާ ހިފަހައްޓާލައިގެންނެވެ.

“އަމް ސޮރީ..އެދުވަހު އަލާ ބޭރަށް ގެންދިޔައީ ވެސް މިވާހަކަ ބުނަން.. އެކަމަކު އަހަރެންގެ ވާހަކައަށް ވުރެން ކުރިން އެވަގުތު އަލާ ބުނެލި ވާހަކަ އަހާފައި އަހަންނަށް މާ އަވަހަށް ރިއެކްޓް ކުރެވުނީ.. އަލާގެ ވާހަކަ އަހާފައި އަހަންނަށް ނުބައިކޮން މާނަ ނެގުނީ.. އެހެންވެ މޫޑް ދިޔައީ ވެސް.. ސޮރީ..އެނގޭ މާފަށް އެދެވުނު ނަމަވެސް މާފް ކުރުމަކީ އުނދަގޫ ކަމެއްކަން…އެރޭގެ ހާދިސާ އައި ރިގްރެޓް އަލޮޓް މިހާރު..އަލާ…އައި ލަވް ޔޫ ސޯ މަޗް..” ޒެވިއަލް ގެ އެންމެ ފަހު ޖުމްލަ އިވުނު ހިނދު އަލާރާއަށް ލޯ މަރާލެވުނެވެ. އޭނާ އެ ބަސްތަކަށް ހާދަ އިންތިޒާރު ކޮށްފިއެވެ. ޒެވިއަލްގެ އެ ގާތްކަމަށް އިންތިޒާރުގައި ހުންނަތާ އެތައް ދުވަހެއް ވެއްޖެއެވެ. ނަމަވެސް މިއަދު މިވަނީ ހާލަތު ބަދަލް ވެފައެވެ. މީހެއްގެ އަނިޔާވެރިކަމުގެ އަޅުވެތިކަމުގެ ތެރޭގައި އޭނާ މިވަނީ ރަނގަޅަށް ވެސް ހައްޔަރުވެފައެވެ. އޭނާގެ ސިކުނޑީގައި ގުގުމަމުން ދާން ފެށީ އިރުކޮޅެއް ކުރިން ޝަވަން އައިސް ބުނެލި ޖުމްލަތަކެވެ.

“ކަލޭގެ ޒެވިއަލް އެބައުޅޭ ދޯ އައިސް.. މާ މޮޅެތި ޕްލޭންތައް ހަދައިގެން އެންމެ ފަހު ވަގުތުވެސް މިތަނުން ސަލާމަތް ވާން ހިތައް ވެސް ނާރާތި.. އެނގޭ ދޯ ސާތިރްއަށް ވެގެން ދިޔަ ގޮތް ވެސް.. ވެދާނެ އަޒީޒްއަށް ވެސް ނޫނީ ދިނާޔާއަށް ވެސް ދެން އެ ލިސްޓުގައި އިނީ..ހަހަހައްހާ..އެހެން ވީމަ މަޑުން ހުންނާތި.. ކަލޭއަށް ކުރެވޭ ކުޑަކަމަކުން ވެސް މީހެއްގެ ފުރާނަ..ހަހަހަހާ” ޝަވަންގެ ވިހަ ޖުމްލަތައް ހަނދާންވެ އަލާރާއަށް ހިންދިރުވާލެވުނެވެ.

“އަހަންނަކަށް ނޭނގޭ ބުނެދޭނެ ގޮތެއް ވެސް.. ދުވަހަކުވެސް އަންހެންނަކަށް މިފަދަ ގުޅުމަކަށް އެދުނު މީހެއް ވެސް ނޫން.. ނުވެސް އެނގި ހުއްޓަ އަލާ އަހަރެންގެ ހަޔާތައް އައީ.. ވަރަށް ބޮޑަށް ލޯބި ވޭ.. ތި ކުރަން އުޅޭ ކަންތައް ހުއްޓާ… ޕްލީޒް ސޭ ސަމްތިންގ”  ޒެވިއަލް އަނެއްކާވެސް ބުނެލިއެވެ. މޭގެ ތެރޭގައި އޮތް ހިތުން ލޭކޮށެވެމުން ދިޔަ ހާލު އަލާރާ ކުއްލިއެއް ޖަހާ ޒެވިއަލްގެ ކައިރިން މިނިވަން ވިއެވެ. ނުރޯން މަސައްކަތް ކުރި ނަމަވެސް އޭނާގެ ދެލޯ ދިޔައީ ފެންކަޅިވަމުންނެވެ.

“ނޫން..އަ..އަހަ..އަހަރެން ނުވޭ ޒެވިއަލް ދެކެ ލޯތްބެއް.. ތި ފަދަ ހިޔާލްތައް ނުކުރޭ.. އަހަރެން ދެކުނީ އެންމެ ގާތް އެކުވެރިޔާގެ ގޮތުގަ.. ޒެވިއަލްއަށް އެނގެއެންނު ތިފަދަ ގުޅުމަކަށް އަހަންނަކަށް މަރްހަބާ ނުކިޔޭނެ ކަން.. މީހެއްގެ ހައްގެއް މިއީ..ސޮރީ އަހަރެން ދާން ޖެހިއްޖެ” އަލާރާގެ ޖުމްލަ އިވި ޒެވިއަލްއަށް ހީވީ އޭނާގެ މޫނުމަތީގައި ބާރުހުރި އެތިފަހަރަކުން ޖަހާލިހެންނެވެ.

“ނޫން ނޫން.. އަލާ ކީއްވެ އޮލުވާލަނީ ތި.. އަހަންނަށް އެނގޭ އަލާ ވެސް ބޭނުންވާކަން.. ލިއާ ކިއަދިން.. ދެން ސަމާސަ ނުކޮށްބަލަ” އަލާރާގެ މޫނަށް ވެރިވެފައިވީ ކުލަވަރުން ޒެވިއަލްގެ ހިތް ބިރުގަންނަމުން ދިޔައިރު އިންތިހާއަށް ހާސް ވެސް ވިއެވެ. އޭރު އަލާރާއަށް ގޮވަމުން ނަސްރާ އަންނަ އަޑު އިވެމުން ދިޔައެވެ.

“މަށެއް ނުކުރަމޭ ސަމާސާއެއް.. ބަލާ މަ ވައްތަރުތަ ސަމާސާ ކުރާ މީހަކާ.. ވަރަށް ސީރިއަސް.. ހަހަހަހަ ލިއާ ކައިރީގަ އޭރު ބުންޏަސް އޭގެ ފަހުން ޝަވަންގެ ފަރާތުން މަށައް ލިބެމުން ދިޔައީ ހިފެހެއްޓުމެއް ނެތް ލޯބި.. މިއަދު އެ ލޯބި އަލުން އިއާދަ ވެއްޖެ.. އޭނާއަށް ކުރެވުނު ކުށައް މައާފަށް ވެސް އެދުން…އެ ލޯބިން މިއަދު މިހިތް އަނެއްކާ ވެސް ބަދަލްވީ..ޒެވިއަލް ވެސް ރަނގަޅު ކުއްޖެއް ހޯދައިގެން އަވަހަށް މެރީ ކުރޭ” އަލާރާގެ އަނގައިން އެ ޖުމްލަތައް ބޭރުވަމުން ދިޔައިރު ހިތް ދިޔައީ ރޮމުންނެވެ. މެއާއި ހަމައަށް އަތް ހިތްލާލައިގެން މަޑުމަޑުން ހިނގައިގަތް އިރު ހަމައެކަނި އެދެލޮލުން އެކަނިވެސް އޭނައަށް ކޮށްފައިވި އަސަރް ހާމަވެއެވެ. ވަކި ހިސާބަކުން ނަސްރާ އައިސް އަލާރާގެ ކޮނޑުގައި ހިފާލުމުން، ކަރުނުތައް އޮއްބާލަން މަޖުބޫރުވިއެވެ.

ކަރުނަވީ ދެލޮލަކުން އަލާރާ ދިޔަ ދިމާލަށް ޒެވިއަލްއަށް ބަލަހައްޓައިގެން ހުރެވުނެވެ. ހުރި ދިމާލަށް ތިރިވެވުނު އިރު އޭނާގެ ދެލޮލުން ކަރުނައިގެ ސައިލާބުތައް އޮހިގަތެވެ. އޭނާ އަލާރާގެ ކުރިމައްޗަށް އައީ ހާދަ އުއްމީދަކާއިއެކުއެވެ. ހަޔާތުގައި މީހަކު ދެކެ ލޯބިވެވުނީ އަދި އަލަށެވެ. ނަމަވެސް އެ ލޯބީގެ ހިތިކަން ކަރުބުޑުގައި އޭގެ އެންމެ އިންތިހާއަށް ލައިފިއެވެ.

އެހެން އިންދާ ފޯނު ރިންގުވާން ފެށުމުން ދެލޮ ފުހެލުމަށްފަހު ބަލައިލި އިރު ގުޅަނީ ލިއާނާ އެވެ. ފޯނު ނެގޭ ހާލަތެއްގައި އޭނާ ނެތުމުން ބިޒީ ކޮށްލުމަށްފަހު އިންގޮތައް އިނެވެ.

**

ހަފްލާ ފެށިގެން ކުރިއަށް ދިޔައިރު ފުރަތަމަ ކަމަކަށް އޮތީ އަރްކާންގެ ގެ ސްޕީޗެވެ. ނުހަނު ފަރިތަކަމާއި އެކު އިނގިރޭސިބަހުން ހާޒިރީންނާއި މުހާތަބު ކުރަމުން އަރްކާން ދިޔަ ގޮތް ފެނި އަޒީޒްގެ މޫނުމަތިން ވެސް ފެންނަނީ ފަޙްރުވެރިކަމެވެ. ތަނަށް ހާޒިރުވި އެންމެންހެން ދައްކަމުން ދިޔައީ ރިޞޯޓްގެ ފުރިހަމަ ކަމާއި ހަފްލާ ބޭއްވެމުން ދިޔަ މާހައުލުގެ ހިތްގައިމު ކަމުގެ ވާހަކައެވެ. ރަތާއި ކަޅުގެ ތީމްއެއް އޮތް އިރު ބަލާ ފޫހި ނުވާހާ ރީތި “ޑެކަރޭޝަން”ތަކެކެވެ.

ޖޫސްތައްޓެއް ހިފައިގެން ގޮނޑިއެއްގައި އިށީން ކަޔާންގެ ނަޒަރު ދަތުރު ކުރަމުން ދިޔައީ ދުރުގައި ހުރި ރައިހާއަށެވެ. ކަޅި ޖަހައި ނުލާ ބަލަމުން އިރު ލަސްލަހުން އަތުގައި ވި ޖޫސްތަށި ވެސް ދިޔައީ ހުސްވަމުންނެވެ. އެއިން ކަމެއް ރައިހާއަށް ރެއަކާ ލީ ހެނެއް ހިއެއް ނުވެއެވެ. ފޯނު ނަގައިގެން ހުރިއިރު ކޮންމެވެސް މީހަކަށް ނުގުޅިގެން އުޅޭހެން ވެސް ހީވެއެވެ. ކަޔާން އެހެން އިންދާ، އޭނާގެ ފޯނު ރިންގުވާން ފެށުމުން ބަލައިލި އިރު ގުޅަނީ އާޔަންއެވެ. ފަހަތު ދޮރާށިން މާހައުލު ދޫކޮށް ކަޔާން ނުކުމެ ހަމަޖެހިލީ ކައުންޓަރ ހުރި، ވެއިޓިންގް އޭރިޔާގައިވި ސޯފާތަކުން ސޯފާއެއްގައެވެ.

” ކީކޭ”  ފޯނު ނެގިގޮތައް ކަންފަތް ޖަހާލަމުން ކަޔާން ގޮވާލިއެވެ.

“މަ ބުނީމެންނު ނަސްރާ ގެ ކަމެއް އެބަ އޮވެއޭ.. ދެންމެ މަ ޑިއުޓީއަށް މިއައީ.. މިއަދު އެއްކަލަ ލަތީފް ވެސް ވެއްޖެ ތި ތަނަށް ގޮސްފަ.. މިތަނުގަ ކީ ނަސްރާގެ ދައުވަތަކަށޭ އެދިޔައީ..” އާޔަން އެންމެ ފުރަތަމަ ވެސް ދިން ހަބަރުން ކަޔާންގެ ނިތައް ރޫ އަރައިގަތެވެ.

”ހަމަ ޔަގީންތަ.. ލަތީފް އައިކަން” އިތުރަށް ޔަގީން ކުރަން ބޭނުން ވެގެން ކަޔާން އަހައިލިއެވެ.

“އާއެކޭ ބްރޯ..ހަމަ ޔަގީނޭ..ލީވް ނަގާފަ ޔޯ އޮތީ ދެދުވަހަށް.. އަދި އެހެން ވާހަކަ އެއް.. މަ ދެންމެ ފޮނުވާލައިފިން އެއްކަލަ ހަބަރުތައް.. ނަސްރާއާއި ހަމްދީގެ އަންހެން ދަރިފުޅުގެ ވާހަކަ ތައް މިހާރު އެ ވާހަކަޔާއި ގުޅޭ ބައެއް ހަބަރުތައް ނިއުސްތަކުން ނަގާފަ ހުރީ.. މަށައް ފެނުނީ ދެތަނަކުން.. ފުރަތަމަ ކިޔާލަން ވީ އެންނު.. ވަރަށް އެހެން ކަހަލަ ވާހަކަ އެއްވެސް އެބައިން” އާޔަން ބުނެލި ހިނދު ކެތްތެރިކަން ކުޑަވެފައި ވީ މީހަކު ފަދައިން އިތުރު އެއްޗެއް ވެސް ނުބުނެ ކަޔާން އަވަހަކަށް ފޯނު ކަނޑައިލިއެވެ. އެންމެ ފުރަތަމަ އާޔަން ފޮނުވާފަ އިން ލިންކް އަށް ވަދެ އެ ހަބަރު ކިޔަން ފެށިއިރު ކަޔާންއަށް ލިބެމުންދިޔައީ ވަރުގަދަ ޝޮކެކެވެ. ފުރިހަމައަށް ކިއާ ނިމުން އިރު އޭނާގެ އަތުން ހީވީ ފޯނު ވެސް ދޫ ވާން އުޅުނު ހެންނެނެވެ. އުމުރުގައި ވެސް އެވަރުގެ ޝޮކެއް ކަޔާންއަށް ލިބުނު ކަމެއް ނޭނގެއެވެ. ހަރަކާތެއް ވެސް ގެންނަން ނޭނގިފައި އިންދާ އާޔަން އަނެއްކާ ވެސް ގުޅިއެވެ.

“ބްރޯ މަ ވާހަކަ ދައްކަ ދައްކާ ހުއްޓައި ތި ކަނޑާލީ.. ބްރޯ މަ ބުނީ ހަމްދީގެ ދަރިފުޅު ފާތިމަތު އީމާންގެ ގާތިލް މާއިދު ރަޝާދުގެ އެޑްރެސް އާއި ފޮޓޯ އަށް ބަލާލަބަލަ.. ނުބާއްވާ ބަލާލަބަލަ.. އަހަންނަށް ވެސް މިއަދު އެކަން މި ފާހަގަ ވީ” ތުރު ތުރު އަޅާ އަތަކުން ހަބަރުގައި ޖަހާފައިވި ފޮޓާ ގަނޑު ޒޫމް ކޮށްލި އިރު އޭނާގެ މުޅި މޫނު ހުދުވިއެވެ.

“މާއިދު ރަޝާދުގެ އެޑްރެސް އަކަށް މިއިނީ ހެންވޭރު ބަގީޗާ..އެގެޔަކީ އާބަންޑް ގްރިޑްގެ ވެރިޔާ މުހައްމަދު އަޒީޒްގެ މައިންބަފައިންގެ ގޯތި.. މުހައްމަދު އަޒީޒްގެ  ފުރިހަމަ ނަމަކީ މުހައްމަދު އަޒީޒް ރަޝާދު އެންނު.. ބަލާ އެ ފޮޓޯގަ އެއިން މީހާ އަޒީޒް އަކާއި ވައްތަރެއް ނޫން ތަ” ނުބުނާނެ ނަމައޭ ހީކޮށްގެން ކަޔާން ހުއްޓައި، އާޔަން އެވާހަކަ ބުނެލުމުން ކަޔާންގެ ދެލޯ މަރާ ފިއްތާ ބާރު ކޮށްލެވުނެވެ.

***

(ނުނިމޭ)

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Annora

Level 610 Stories100 Login100 Comments100 Stories

Weaving tales that linger long after the last page.🤍 Turning imagination into unforgettable stories.🤍 Every story is a journey; come take a trip with me.🤍 Capturing the magic in everyday moments.🤍 Crafting narratives that touch the heart and mind. 🤍 🤍🤍🤍

Other Articles

Previous

އެކްޓަރ (ޕާޓް 15)

Next

މުޅި ހަޔާތަށް އަސަރުކުރި ކުށެއް

Next
May 2, 2025

މުޅި ހަޔާތަށް އަސަރުކުރި ކުށެއް

Previews
May 1, 2025

އެކްޓަރ (ޕާޓް 15)

22 Comments!

  1. gurrrl_8 gurrrl_8 says:
    May 2, 2025 at 10:32 am

    mi part ves vrh reethi mashallah
    btw azeez ah ves mhr shahku kureveyy eba
    anehkaa eyna tha eman maraali
    ashhh haadha curious eyy when next part
    cant wait hama
    lyy

    1. Annora says:
      May 2, 2025 at 11:40 pm

      Hello dear 🤍🥰
      Thank you so much for the lovely comment 🤍🤍
      Heheh lets see dhw azeez ah vaa gotheh 🥹🫣
      In sha allah next part ves v avahah libeyne 🤍🤍🤍

  2. Aishath Limsha Aishath Limsha says:
    May 2, 2025 at 10:35 am

    Masha Allah 😍 vrh vrh vrh reethi mhr nimen dhany dhw mi….omg vrh curious wanna read the next part really badly… vrh avahah beynun ekm ik author’s kuraany vrh bura massaikatheh take care 💖💞
    My luving gurl 🫶🏻🥰

    1. Annora says:
      May 2, 2025 at 11:41 pm

      Awvv thank you so mych lim🥰🤍
      V ufaavehje mi part ves thihaa kamu dhiyaeema
      And thi dhey support v bodah appreciate kuran🤍
      It means a lot 🤍🤍
      In sha allah next part ves v avahah libeyne 🤍🤍🤍🤍🤍

  3. White rose White rose says:
    May 2, 2025 at 10:49 am

    Woaahhh. Mi bai vex varahhh salhi.
    Mi hafthaa ga konme dhuvahaku site ah iru iru kolhaa vadhela vadhela indhevenii mi bai laitho.
    Vrh ufaa vejje kiyaalan libuniima
    Dhen oiy bai avahah up kohladheeba plsplspls
    I can’t wait…. E engagement break out kohlaa. Or cancel the wedding somehow.. Alaa fakeerah ulhen jehey haalu engi rovey varu veyy. Sifakurunthah furihama kamun heevanii e resort ga mihaaru ulhevey hen.
    U are one of my fav authors.
    Really adore you.
    Lots of love from me 💕💕💕

    1. Annora says:
      May 2, 2025 at 11:45 pm

      Helloo dear 🤍🤍🤍
      Alheyy Thank you so much for the kind words 🙏🤍
      V ufaa vehje mi mi comment kiyaalafa
      In sha allah hama i will try vee enme avahakah next part kiyaalan genesdheveytho🤍🤍🤍🥰🥰
      Once again thankiu gurl🤍🌹
      Lots love from me 🤍🤍🤍

  4. inan ahmd inan ahmd says:
    May 2, 2025 at 11:14 am

    OMGGGG THEY JUST HAD THEIR FIRST KISS AS COUPLE!!! Nasra menge plan aa ehchihi falhaa aruvaalaafa alaa and zev gulhuvahchey. Also azeez keehbaa kuree? Very curious omg!!! When next??? Avahah upload kohladhehchey. Love you gily 💗

    1. Annora says:
      May 2, 2025 at 11:47 pm

      Yes yes they did 🥰🤍🤍
      Hws gurl🤍
      Higaaba dhw nasra men mikuraa kameh balaalan
      In sha allah next soon 🤍🤍
      Thank you so much dear🤍🤍🤍

  5. inan ahmd inan ahmd says:
    May 2, 2025 at 11:14 am

    OMGGGG THEY JUST HAD THEIR FIRST KISS AS COUPLE!!! Nasra menge plan aa ehchihi falhaa aruvaalaafa alaa and zev gulhuvahchey. Also azeez keehbaa kuree? Very curious omg!!! When next??? Avahah upload kohladhehchey. Love you girly 💗

    1. Annora says:
      May 2, 2025 at 11:48 pm

      Thank you 🤍
      Lots of love from me🤍🤍🤍

  6. naura naura says:
    May 2, 2025 at 11:53 am

    Mi part vx vrh reethi Masha Allah sis 💗
    finally zev told her his feelings dhw…
    Mi part kiyaalaafa ufalun rovihjje 😅
    alheyy haadha curious kohllaafa thi ninmaalee…
    when next part?
    take care 💗
    love you bodukohhh annora 💋

    1. Annora says:
      May 3, 2025 at 8:45 am

      Hello nau 🥰🤍
      Yes yes 🙌
      Thank you for the beautiful comment🤍🤍
      In sha allah next part v avahah genes dhevey tho masahkai kuraanan🤍🤍🥰
      Lym dear🤍

  7. na.ell says:
    May 2, 2025 at 5:11 pm

    finallyyyy mi part kiyaalan mi libuny
    iru irukolhaa balaalevey up vehjje dhw
    mi part ves vrh vrh reethi
    alhe anehkaa ves alaa aa zev aa dhemedhah knmes huraheh aee ey dhwwww
    shavan ves haadha nulafa ey eva and shavan story bust vaane irakah mihr vrh wait kurevey eba
    liyaa and arkaan haadha loehbeyyy wowwww
    can’t wait for the next part
    keep up the gud work <3333

    1. Annora says:
      May 3, 2025 at 8:42 am

      Helllooo naell🥰🥰🥰🥰
      Yes yes finally dhw🤍🤍🤍🤍v ufaa vehje nael ah mi part ehaa kamu dhiyaeema 🥹🥹 dear your comment means alot to me🤍🤍🫶🫶
      Shavan and eeva ah vaagoi higaa dhw balaalama 🤍🤍🤍
      Thank you so much 🙏 🤍
      Lysm 🥰🤍🤍

  8. Sumaaa Sumaaa says:
    May 2, 2025 at 7:02 pm

    I am so curious😭. What will happen next…. Don’t like Alara tho I mean come on girl you have both Zev & Arkaan still you feel helpless🙂💁🏼‍♀️. Love liana and Arkan’s scenes😭💗. My favvv #Arli

    1. Annora says:
      May 3, 2025 at 8:36 am

      Heyyy dear🥰🤍
      Goas hisaabakun dhw mi ninmaalevuny🫣🫣
      Letss see ala hadhaa ehcheh dhw🤍🤍🤍
      Thank you so much for the love and support gurl🥰🥰🤍🤍🤍🤍
      Lots of love 🤍🤍🤍

  9. Maash Maash says:
    May 2, 2025 at 8:12 pm

    Heyyy annora..
    As always mi part vx vrh reethi maasha allah.. Haadha curious kohlaafa ey nimmaaly thi.. I love this story very much… Can’t wait for the next part💜💜
    Lyssm💜💜

    1. Annora says:
      May 3, 2025 at 8:34 am

      Heyyy maaashhhh🥰🥰🤍🤍
      Hws you gurl🫶
      Awvvvv so happy to see your comment 🥰🥰
      🙌🙌🙌🙌🙌
      Yes yes in sha allah next part soon
      Lysssssmm🤍🤍

  10. ♡ 𝕸𝖗𝖘_𝕼𝖚𝖊𝖊𝖓 ♡ DevilQueen says:
    May 2, 2025 at 9:46 pm

    MY GODDDD…
    CAN’T WAIT FOR THE NXT PART
    SO CURIOUSSS
    ANORA…U R ONE OF THE BEST AUTHOR I KNOWW
    KEEP UP THE GOOD WORK GURLL

  11. Annora says:
    May 3, 2025 at 8:32 am

    Helloo dear🤍🤍🤍
    Yes yes🥰🤍
    Next part in sha allah v avahah genesdheyn masahkai kuraanan
    Thank you so much for the love and support🤍🤍🤍
    Lots of love from me 🤍🤍🤍

  12. Shaf_maan says:
    May 3, 2025 at 2:55 pm

    Maasha allah
    Next part avahah up kohlaba pls
    Can’t wait
    One of my fav Annora
    Lots of luv from me dear

    1. Annora says:
      May 3, 2025 at 6:36 pm

      Hello dear 🥰🤍
      Yes 🙌 In sha allah will upload it soon🥰🤍🤍
      Thank you so much☺️🙏🤍🤍
      Lots love from me too dear 🤍🤍🤍

Comments are closed.

Next Episodeނޭވާ ލާ ހިނދު ހީވޭ ގާތުގާ ވާހެން 35←


All Right Reserved!