ފިހާރައަށް ވަދެ އެއްޗިހި ގަނެގެން ނުކުތްއިރު އަސްމާ ފެންނަން ނެތުމުން އިވްލީންގެ ހިތް ނުބައިގޮތަކަށް ތެޅިލިއެވެ. އާނ އެކެވެ. ކަންކަން ވަރަށް ގޯސްވާން ފަށައިފިއެވެ. ފިހާރަ ދޮރުމަތީގައި ކީއްކުރަން އެހިސާބުން ވެސް އަސްމާގެ ހިލަމެއް ވެސް ވާކަށްނެތެވެ. ޔަގީންނުވާ ހާލު ޝައްކެއްގެ މަތީގައި ޒީޝާލް ހުއްޓެވެ.”ޔަޒަކް!!!”
* * * * * * * * * * *
އިތުރަށް އަސްމާ ހޯދަން ކުރަމުން ދިޔަ މަސައްކަތް ބޭކާރު ވާން ފެށުމުން އިވްލީން ހާސްވާގޮތްވިއެވެ. ފަހަތަށް އެނބުރިލި ޔަޒަކް ދިޔައީ ހުރިތަނަށް ގަނޑުވެގެންނެވެ.”ޒީޝާލް؟…”” ހުމް އަހަންނޭ އޮޅުނީތަ؟ ހެހެ ޔަޒަކް ކަން ޔަގީންނުވާތީ މަ މިހުރީ ގޮވާލަން ވެސް ނުކެރިފަ…މިރޭ ފްރީތަ؟ ލައްކަ ވާހަކަ އެބައޮތް ޔަޒަކް އަންނަންވީނު އަހަރެން ގެއަށް… މިރޭ ފްރީ ވިއްޔާ” ޒީޝާލް އެހައި ގާތްކޮށް ވާހަކަ ދެއްކިނަމަވެސް ޔަޒަކްގެ ފަރާތުން މާކަށް ބޮޑު އަޅައިލުމެއް ނުފެނުނެވެ.”ހުމް އަހަރެން ފްރީ އެކަމު ޒީޝާލް ތިހެން ބުނާއިރު ވެސް އެނގޭނެ ދޯ މަ ތިގެއަށް ނުދާނެކަން.. ތިގެއަށް ދިޔައީމަ ވާނީ ކިހިނެއްކަން އެންމެރަނގަޅަށް އެނގޭނީ ވެސް ހަމަ ޒީޝާލްއަށް” ޒީޝާލްއަށް ވެސް ބުނެވުނު އެތި ވިސްނުނީ ދެނެވެ.”ޔަޒަކް މިއީ ދުނިޔެ މީހުންނަށް މިސްޓޭކް ވެސް ހެދޭނެ.. އަބަދު އެކަންކަން ހިތުގަ ބާއްވައިގެން އުޅޭއެއްޗެއްނޫނޭ.. ޔަޒަކްއަށް އެގޮތަށް އޭރު ގޭ މީހުން ކަންތައް ކުރިޔަސް… މިހާރު އަހަރެން ގޭ މީހުން ނުބުނާނެ އެއްވެސް އެއްޗެއް…”” ރަނގަޅު އަހަރެން އެއްބަސް.. މީ ދުނިޔެ މީހުންނަށް މިސްޓޭކް ވެސް ހެދޭނެ އެކަމު ކޮންމެ ކޮންމެ މީހަކީ އެކަންކަން ހިތުން ފިލުވާލަން ފަސޭހަ ބަޔަކަށް ނުވެދާނެ.. މިރޭ ދިމާވާނީ ދެން އަހަރެން ވެސް އެބަ އޮތް ވަރަށް ބައިވަރު ވާހަކަ ޒީޝާލްއަށް ކިޔާދޭން ވެފަ..”އެންމެ ރަނގަޅޭ ބުނަމުން ދެމީހުން ވަކިވެލީ މިރޭ ބައްދަލު ވުމަށް ނިންމައިގެނެވެ. ޔަޒަކް އާއި ޒީޝާލް އަކީ މީގެ އަހަރުތަކެއް ކުރީގައި ވަރަށް ގާތްކޮށް އުޅެފައިވާ ދެރަޙުމަތްތެރީންނެވެ.
ހާސްވެފައި ހުރެ އިވްލީން ގެއަށް އައި އިރު ހުރީ މާނޭވާލެވޭ ހާލުގައެވެ. ކަންދިމާކުރި ގޮތުން އިވްލީން ކޮޓަރިއަށް ވަދެ ބަލާލިއިރު އެވަގުތުވީ ޒިލާލް ކޮޓަރީގައި ހުރި ވަގުތަށެވެ. އޮފީސް އައުޓް ފިޓްގައި ހުރުމުން ބްރޭކަށް އައިސް ހުރިކަން އިވްލީންއަށް އެނގުނެވެ. ނަމަވެސް ހާސްވެފައި ހުރިލެއް ބޮޑުކަމުން އިވްލީންއަށް ވާހަކަ ދެއްކުން ވެސް ވީ އުނދަގޫ ކަމަކަށެވެ.”ކަމެއް ވީތަ؟” އިވްލީންއަށް ބަލާލުމުން ވެސް ހާސްވެފައި ހުރި މިންވަރު ދެނަގަނެވުމުން ޒިލާލް އަހާލިއެވެ.އިތުރަށް ވާހަކަ ދެއްކުމަށް ދޫ ހަރަކާތް ކުރުމުގެ ކުރިން އިވްލީންގެ ލޮލަށް ކަރުނަތައް ޖަމާވިއެވެ.”އަޅެ މަ އަދި ރޯވަރުގެ އެއްޗެކޭ ނުބުނަމެއްނޫންތަ އިވްލީން… އާދެބަލަ ހަމަ ޖެހިލައިގެން ވާހަކަ ދައްކަބަލަ…” އޮފީސް ކަމެއްގައި ބޯ ގޮވާފަ ހުރި ނަމަވެސް އެކަންތައް ޒިލާލްއަށް އެއްފަރާތް ކުރުމަށް ހިތާއި ސިކުނޑި އެއްބަސް ކުރުވަމުންދިޔައެވެ.” އަހަރެން ފިހާރައަށް ވަދެފަ ނުކުތް އިރު މަ.. މަންމައެއް ނެތް … އެހިސާބުން ވެސް މަންމަގެ ހިލަމެއްހާ ހިސާބު ވެސް ނެތް…””ސާބަސް ދެން އެހާ ހާސްނުވެބަލަ ވެދާނެ މަންމައަށް ރައްޓެއްސަކު ފެނުނީކަމަށް ވެސް.. ޑޯންޓް ތިންކް އެނގޭ ބައްޕައަށް ގުޅާލަން އެބަ..” ޒުބޭރުއަށް ގުޅުމުން އެ އެހާ ބޮޑު ކަމެއް ނޫނޭ ޒުބޭރު ބުނީ ވެސް އާއްމުކޮށް ފިހާރައަށް ދިޔަޔަސް އަސްމާ އަންނަލެއް ލަސްވެފައި އެއީ އަސްމާގެ އާދައަކަށް ވީމައެވެ.
މެންދުރުފަހު އޮފީހުން އައިސްފައި ޒިލާލް އިންގޮތުން ކަމަކާ ހާސްވެފައި އިންނަ ވައްތަރު ޖަހައެވެ. އެއިރުވެސް އަސްމާ ގެއަކަށް ނާދެއެވެ. އެއިރު 3 ޖަހަން ދަނީ ވިއްޔާއެވެ؟”އައިނޯ ޒިލާލް ވަރަށް ހަމަޖެހެން އުޅޭކަމަށް ހެދުނަސް ވަރަށް ހާސްވެފަ ކަން ތީނީ މަންމަ ނާންނާތީ… އެހެން ކަމަކާ ވެސް ވިސްނާކަން އެނގޭ.. ކޮންދުވަހަކުން ޒިލާލްގެ ހިތުގަ ތި ހިނގާ ކަންކަން އަހަންނަށް އަޅެ ޝެއަރ ކުރާނީ ލޯބި ނުވިޔަސް ރައްޓެއްސެއް ގޮތަށް ދެކުނަސް އަހަރެން ހަމަ އެއްވެސް ޝަކުވާއެއް ނުކުރާނަން…” ޒިލާލްގެ ކައިރީ ސޯފާގައި އިށީންނަމުން އިވްލީން ބުނެލި އިރު އިވްލީންގެ އަޑުން ވެސް ދެރަވެފައި ހުރި ވަރު އެނގެއެވެ.”އާހް މިއުޅެނީ އޮފީހުގަ ކަމެއް ވެގެން .. އޮފީހުގެ ކީ އެއް އަހަރެން އަތުން ގެއްލިގެން.. އޮފީހުގެ އޮންނާނީ އެންމެ 2 ކީ އެއްކީ މަ އަތުގަ އަނެއް ކީ ބައްޕަ އަތުގަ…އެ ވަރަށް އިމްޕޯރޓަންޓް ކީ އެއް އެކަމާއި ވަރަށް ބޯ ގޮވާއެބަ.. ބައްޕައަށް އެނގިއްޖެޔާ ހިތްހަމަ ނުޖެހޭނެ.. އަނެއްކޮޅުން މަންމަ ދޯ އަދިވެސް މަންމަ ނާދޭ ކަންނެ…” ހިތުގައި ހިނގަމުންދިޔަ ކަންތައްތައް ހިތުން ނެރެވުމުން ޒިލާލްއަށް ބުނެދޭން ނޭނގޭ ހިތްހަމަޖެހުމެއް ލިބުނެވެ.”އޯކޭވާނެ އެހާ ވަރަށް ނުވިސްނާ އެކަމު މިހެން ބުންޏަސް ވެސް ވިސްނޭނެކަން އެނގޭ.. ޗޭންޖް ކޮށްގެން ކާންއާދޭ..” ކޮޓަރިން ނުކުމެ ބަދިގެއަށް ވަދެ ކާންހަދަމުން ދަނިކޮށް ޒީޝާލް ކޮޓަރިން ނުކުމެ އަތްގާތް ކޮށްދޭން ފެށިއެވެ.
އަނގަމަތީގައި އަޅުވާފައި އިން ފޮތިގަނޑު ބާރުކަމުން އަސްމާއަށް އިނީ ގުޑިނުލެވޭ ވަރު ވެފައެވެ. އެ ފޮތިގަނޑު މުހައިލި ވަގުތު އަސްމާ ކޮށިއެރިއެވެ. ދެން ދިޔައީ އަސްމާ ތަޅުވައިގެންނެވެ. އެހައި ކައިރިން އެ ފެނުނު ތޫނު ވަޅިއެއްގެ ސަބަބުން މީހާ ތުރުތުރު އަޅަންފެށިއެވެ.” ކަލޭގެ ދަރި ޒިލާލް އުޅެނީ މީހަކާ އިނދެގެންތަ؟ ދޮގުހަދައިގެން އެއްވެސް މޮޅެއް ނުލިބޭނެ.. މަ އަތުގަ މިއޮތް ވަޅީގެ ހަމަލާއެއް އައުމަކީ ވަރަށް ގާތްކަމެއް..” އެ އަޑުގައި ފުދޭވަރަކަށް ޔަގީންކަން އެކުލެވިފައިވެއެވެ.ތަނުގައި ތިބި ދެމީހުންގެ މޫނުވެސް ވަނީ ކަޅުކޯޓަކުން ފޮރުވިފައެވެ. އަސްމާ ތުރުތުރުލާ ހާލު ބޯ ޖަހައިލިއެވެ.”މިތަނުގަ މި ހިނގި އެއްވެސް ކަމެއް ކަލޭ ހަނދާން ކުރާތި އެއްވެސް ކަމެއް… ތަނުން ބޭރުވެއްޖެއާ ކަލޭ ދުނިޔެއާ އަލްވަދާޢު ކިޔަން ތައްޔާރުވެ ހުންނަން ވާނީ…” ނުލަފާ ވައްތަރަކަށް ހިނި ގަނޑެއް ޖަހައިލަމުން އެ މީހަކު އަސްމާ ކޮށްޕަމުން މަގުމަށްޗަށް ނެރުނެވެ. ރޭގަނޑުވެފައި ހުއްޓަސް ފިހާރަތައް ހުރީ ހުޅުވާފައެވެ. އެހެންކަމުން އެއްވެސް ކަމެއް ނޭނގުމުގެ ގޮތުން އަސްމާ ފިހާރައަށް ވަދެ ތަރުކާރީ އާއި ބައެއް ސާމާނުތައް ގަތެވެ. ގަނެފައިހުރި ބިރު މޫނުމަތިން ފޮރުވި ނަމަވެސް ހިތް ދިޔައީ އޮބިނޯންނަވަރަށް ތެޅެމުންނެވެ.އަސްމާ ކިޑްނެޕް ކުރި އެ އަނދިރި އިމާރާތުގައި ތިބި ދެ ޒުވާނުންގެ އަތަށް އިމާރާތުން ވަދެގެން އައި މީހާ ރުފިޔާ ދިނީ އެމީހާ ބޭނުންވީ މައުލޫމާތުތައް ރަނގަޅަށް ސާފުވުމުންނެވެ. ދެޒުވާނުން ލައިގެން ހުރި ކޯޓު ބަލާފައި ފަތްޖެހުމަށް ފަހު އެމީހާއާއި ހަވާލުކޮށް އަތުގައި އޮތް ކޮތަޅަށް ލާދިނެވެ. ހަމަ އެމީހާ ރުފިޔާ ހަވާލުކުރުމާއެކުހެން އެދެމީހުން އެތަނުން ނުކުތެވެ. މަކަރުވެރިކަމާއި ނުލަފާ ކަމުން ފުރިގެންވީ ގޮތަކަށް އެމީހާ ހީލާފައި އެތަނުން ނުކުތެވެ.
އެންމެން ކެއުމަށް އިންސާފު ކުރަމުން ދިޔައިރުވެސް އަސްމާ ނެތުމުން އިވްލީން އިނީ ކާންބޭނުން ނުވެފައެވެ. އެހެން ތިއްބައި ދޮރު ހުޅުވާލާފައި ގޭތެރެއަށް ދެމިގެން އަސްމާގެ މޫނުމަތިން ހިނިތުންވުން ފިލައިގެން ނުދެއެވެ.”ކޮންތާކު އުޅެފަ އަސްމާ ތިއައީ؟””އެ ތެދެއް މަންމަ ކޮން ތަނަކުން ތިއައީ؟” ޒުބޭރުގެ ޖުމުލައިގެ ފަހަތުން ޒެއިން ބުނެލި އިރު ޒެއިންގެ މޫނުމަތީގައި ހާސްކަމުގެ ކުލަވަރު ހުއްޓެވެ. ކަންކަން ފޮރުވުމަށް އަސްމާ މޫނުމައްޗަށް ހިނިތުންވުން ގެނުވި ނަމަވެސް ހަގީގަތުގައި އަސްމާ ހުރީ ވަރަށް ބިރުންނެވެ.” ރައްޓެއްސަކު ފެނިގެން އެގޭގަ ހުރީމަ ލަސްވީ ދެން ފިހާރަ ހުޅުވީމަ އެއްޗިހި ގަނެގެން މިއައީ..” އަސްމާ ބުންޏެވެ. ކައިނިމިގެން ޒީޝާލް ދިޔައީ ބޭރަށެވެ. ޔަޒަކްއާއި ބައްދަލު ކުރާށެވެ. ވެފައިހުރި ވަރުބަލިން ޒިލާލް ނިދަން އެރުމުން އިވްލީން ނުކުތީ ސިޓިންރޫމަށެވެ. ރެސްޓޯރެންޓަށް ވަދެވުމާއެކު ޒީޝާލްގެ ލޯ ހޯދާލީ ޔަޒަކްއެވެ.
“ހޭއި.. ފައިނަލީ މިއޮށް މީޓު ވެސް ވެވުނީނު ކިޔައިދޭން ހުރި ވާހަކަތައް ކޮންޓިނިއު… މިހާރު ޔަޒަކް މެރިޑްތަ؟””ނޫނޭ މެރިޑް އެއްނޫން… ކިހިނެއް އެކަން ވާނީ…ކޮންފެސް ކުރީމޭ އެއްކަލަ ކުއްޖާއަށް އެކަމު އޭނަ އަހަރެން ރިޖެކްޓު ކޮށްލީ… އެއްކަލަ ކަންތަކަށް ފަހު މާހިރުބެ އަހަންނަށް ޖޮބް ދިނީ އެތާނގަ އަދިވެސް މިއުޅެނީ…” ޔަޒަކްގެ ވާހަކަ އަޑު އަހާފައި ދިމާކުރާ ގޮތަކަށް ޒީޝާލް ހިނިއައެވެ.”ނޫނޭ ކަލޯވާ ކުޅަދާނަ އެނގޭ.. ބަފައިބެ ވިއްޔާތި ޖޮބު ދިނީ… މިހާރު ދެން އޭނަ ވާހަކަ ދައްކާތަ؟” އެކި އެކި ވާހަކައިގައި ތިއްބާ ޔަޒަކްއަށް ފޯނެއް އައުމުން ދާން ނުކުމެ ތިއްބާ ސައިކަލު މަތީގައި އިން ހަމްދާން ފެނުމުން ޔަޒަކް ގާތު ގެއަށް ދާނީ އިރުކޮޅަކުން ކަމުގައި ބުނެ ހަމްދާން ކައިރިއަށް ހިނގައިގަތެވެ.
ޒީޝާލް ފެނުމުން ހަމްދާންގެ ހިތް ޒާތަކަށް ތެޅިލިއެވެ.”ކީއްކުރަނީ މިތާ؟ ބޯއި ފްރެންޑް އާއެކުތަ؟” ރަނގަޅަށް ވެސް ކަންވީ ޒީޝާލް ހީއްކުރި ގޮތަށެވެ. ހަމްދާންގެ ހިތުގައި އޮތީ ހަމަ ޒީޝާލްއަށް ހީވި ގޮތަށެވެ.”ނޫން ހަމްދާން.. އަހަރެން ބީއެފް އެއް ނުހުރޭ އެއީ އަހަރެންގެ ފްރެންޑެއް… ހަމްދާން މިތާނގަ ކިހިނެއް ވެފަ؟ ޖީއެފްއަށް ގަޑިކިޔައިގެންދޯ؟””ނޫން ޒީޝާލް ނުކުންނަން ދެން މަޑުކޮށްލީ އަރާބަލަ ފަހަތަށް… ސީނިއަރ ލޯޔަރެއްގެ ޖޮބްއަށް އަހަރެން އިންނާނެ އެޕްލައި ކޮށްދީފަ ޒީޝާލްއަށް… އެކޮޅުން އިންފޯމް ކުރީމަ ޒީޝާލްއަށް މެސެޖް ފޮނުވާނަން އިންޓަރވިއު އަށް ދާންޖެހޭ ޓައިމް އާއެކު…” ޒީޝާލް ހިނިތުންވެލަމުން ސައިކަލަށް އަރާ ހަމަޖެހިލިއެވެ.
“ހަމްދާން… އަސްލުގަ ނޭނގޭ ޝުކުރު އަދާކުރާނީ ކިހިނެއް ކަމެއްވެސް… އަހަރެންގެ ބޭބެމެންނާއި ބައްޕަ ގާތު ކިޔަން ނުޖެހި ޖޮބް ކަންތައް މިހާ ފަސޭހައިން ނިންމާ ދިނީމަ ވަރަށް ހިތްހަމަ ޖެހިއްޖެ! ވަރަށް ބޮޑަށް ތޭންކްސް..” ޒީޝާލް އިނީ ހިތްތެޅޭވަރުން ރަނގަޅަށް ކިޔޭ ނުކިޔޭއެއް ވެސް ނޭނގޭވަރު ވެފައެވެ. ދެން ހަމްދާން ބުނެލި އެއްޗަކުން ޒީޝާލްގެ ދެލޯ ދިޔައީ މުތުނަށް އަރައިގެންނެވެ.”ތޭންކްސް ގަބޫލުކުރެވޭނީ އަހަރެން ބުނީމަ ބުނާ ކަމެއް ކޮށްދިނީމަ…” ޒީޝާލްގެ ގޭ ދޮރުމައްޗަށް ސައިކަލު މަޑުކުރަމުން ހަމްދާން ބުންޏެވެ. އެންމެރަނގަޅޭ ބުނުމަށްފަހު ޒީޝާލް އެތެރެއަށް ދާން ހިނގައިގެން އިރު ވެސް ހިތްތެޅޭ ވަރުން އޮބިނޯވެއެވެ. ހަމްދާންގެ ހާލަކީތޯއެވެ. އެރީތި ސޫރަފެނި ހިތުގައި ޒީޝާލްއަށް ޓަކައި ފޮރުވާފައިވާ ލޯބި ފަޅާއަރައިފާނެތީ އެކަމާއި ހަމްދާން ވަރަށް ޖެހިލުންވެ ބިރުގަނެއެވެ. ހަމްދާންގެ “ރޫޑް އެޓިޓިއުޑް” ޒީޝާލްގެ ކުރިމަތީގައި ދައްކަން ޖެހެނީ ވެސް ޒީޝާލްއަށް ޓަކައި ފޮރުވާފައިވާ ލޯބި ފަޅާއަރައިފާނެތީއެވެ. ހިތްހަމަ ޖެހިފައި ހުރެ ހަމްދާން ގެއާއި ދިމާއަށް މިސްރާބު ޖެހިއެވެ.
ފާހަނައަކަށް ދާން ތެދުވި ޒިލާލް ހޯދާލީ ކޮޓަރިތެރޭގައި އިވްލީން ފެންނަން ނެތުމުންނެވެ. ފާހަނައަށް ވަދެ ނިކުމެ ބެލްކަނީ ބެލި އިރު ވެސް އިވްލީންގެ ހިލަމެއް ވެސް ނެތެވެ. ހަމައެކަނި ސޯޓެއްގައި ހުރި ޒިލާލް ސިޓިންރޫމާއި ދިމާއަށް ނުކުތް އިރު ޑްރާމާ ސީރީޒެއް އަޅުވައިގެން އެ ބަލަން އޮތް ޒީޝާލް ކައިރީގައި އިން އިވްލީން ލޮލުގައި އަޅައިގަތެވެ.” އޯހްނޫ މިސްވީތަ ދައްތަ މަތިން ނިދަން ނޯވެވިގެން ތި ނުކުތީ؟” ޖެއްސުމުގެ ރާގަކަށް ޒީޝާލް ބުނެލި އެއްޗަކުން އިވްލީން ދިޔައީ ތަޅުވައިގެންނެވެ.”ސާބަސް ޒީއްކޮ އަދިވެސް ނިދަން ނުވަނީތަ؟” ޒިލާލް މައުޟޫޢު އޮޅުވައިލުމަށް ބުންޏެވެ.”ޕިސް ޕިސް ހެވޭ ވައްބަހުން ނުޖެހިޔަކަސް ހަމަ ބުނަންވީނު މިއައީ ތުއްތުދައްތަ ބަލައޭ… މީނީއޭ ގޮވައިގެން ދޭބަލަ..” ޒީޝާލްގެ ޖުމުލައިން ޒިލާލް ބޯކަހައިލިއެވެ. އެވަގުތު ޒީޝާލްއަށް ފޯނެއް އައުމުން ޒިލާލް ލޮލުގެ އިޝާރާތުން އިވްލީން ގާތު އައުމަށް ބުނުމުން އިވްލީން ދިޔައެވެ.
“ޒިލާލް ބުނަންތަ ވާހަކައެއް؟””ހުމްމް ބުނެބަލަ؟އިވްލީން ނިދި އާދޭތަ؟” އިވްލީން ނޫނެކޭ ބުނުމުން ޒިލާލް ބޭނުންވީ ދެމީހުން ވާހަކަދައްކާލަން ބެލްކަނީއަށް ނުކުންނާށެވެ.”އިވް ކިޔާބަލަ ތިކިޔަން އުޅޭ އެއްޗެއް””އިވް އޭ ނުކިޔަފާނަންތަ ޕްލީޒް…””އެއީ؟؟..އޯހް ސޮރީ އެކްސް ކިޔާނަންދޯ؟ އޯކޭ ތިހެން ވީއިރު އަހަރެން ކިޔާފާނަމޭ ލީން.. ލީން ކިޔަން އުޅޭ ވާހަކައެއް ކުރިއަށް ގެންދޭ އަހަރެން މީނީ އަޑުއަހަން” ޒިލާލްގެ ފޯނު ރިންގުވާންފެށުމުން އިތުރަށް ވާހަކަ ކުރިއަކަށް ނުގެންދެވުނެވެ. އިވްލީީން އެހެން އިންދާ އިވްލީންގެ ފޯނަށް ޖަޒްލީ ގުޅަންފެށިއެވެ.”ކީކޭ ދޮންބެ ދައްތާ؟””މާ ނުގަޑިއެއްގަތަ މި ގުޅުނީ އަނެއްކަ؟ދޮންބެ ވާހަކައެއް ބުނަން ވެގެން ކިޔާވަރުން މިގުޅީ” ޖަޒްލީގެ ފޯނުން ގުޅިޔަސް ވާހަކަ ދައްކަން ބޭނުންވަނީ ދޮންބެއޭ ބުނުމުން އިވްލީންގެ ހިތް ތެޅިލީ ނުބައިގޮތަކަށެވެ. އިވްލީީން ހީއްކުރީ ބައްޕައަށް ކަމެއް ވީ ކަމަށެވެ.
“ނޫނޭ ބިޒީއެއް ނޫން ކިޔާބަލަ ބައްޕައަށް ކަމެއް ވީތަ އަނެއްކާ؟؟ މަންމަ އޯކޭތަ؟””ސާބަހޭ ކޮޔާ އެންމެން ވެސް އޯކޭ ހަމަ… ދޮންބެ ބައްޕައަކަށް ވާން އުޅޭ ވާހަކަ ބުނަން މިގުޅީ””އަސްލު؟؟ އަޅޭ ވަރަށް އުފާވެއްޖެ…” އިވާން އާއި ވާހަކަ ދެއްކުމަށް ފަހު ފޯނު ބޭއްވި ވަގުތުވީ ޒިލާލް ވެސް ޒިލާލްއަށް އައި ފޯނުކޯލު ނިންމާލި ވަގުތަށެވެ.”ކާކު ގުޅީ ؟” ޒިލާލް އަހައިލި ގޮތުން ހީވީ ކަމެއް ބަލާ ތަހުގީގުކުރާ މީހަކު ސުވާލެއް ކޮށްލިހެނެވެ.” ދޮންބެ އެއީ ދައްތަ ޕްރެގް އޯ… އަހަރެން ބުނީ މަންމަ ވަރަށް ފާޑަކަށް ހުންނަ ހެން ހީވެއޭ ޒިލާލް އަކަށް ހިޔެއް ނުވޭތަ؟” އިވްލީީން އިނީ ހަމަ ހަގީގަތުގައިވެސް ވަރަށް އުފަލުންނެވެ.
“އުހުން ތިކަހަލަ އެއްޗެއް މަށަކަށް ހިޔެއް ނުވޭ.. ހުމްމް ދެން ބުނެބަލަ ކޮބާތަ ލީންގެ އެކްސް މިހާރު ؟ ކީއްވެތަ އެކްސްއާ ރުޅިވީ؟” ޒިލާލް ސުވާލަކަށް ފަހު ސުވާލެއް ކުރަމުން ދިޔައިރުވެސް އިވްލީންގެ ފަރާތުން ޖަވާބެއް ނައުމުން ބަލައިލި ވަގުތު އިސްދަށަށް ޖަހާލައިގެން އެއްވެސް އެއްޗެކޭ ނުބުނެ އިވްލީން އިނެވެ.
” އެކްސް ނޭނގޭ ވީ ތަނެއް… އެކްސް އާ ރުޅިވީކީނޫން .. އެކްސް އާއި ދުރުވާން މަޖުބޫރުވީ.. ދިރިއުޅުމުގަ ބޭނުންހާ ކަމެއް ވޭތަ؟” ލޮލަށް ކަރުނަތައް ޖަމާވަމުން ދާތީ އިވްލީން ވާހަކަ ދެއްކީ ފުދޭވަރަކަށް މަޑުމަޑުންނެވެ. ކޮންމެގޮތެއްވިޔަސް މިރޭ އިވްލީން އިނީ ވަރަށް އުފަލުންނެވެ. ސަބަބަކީ އެތަކެއް ދުވަހަކަށް ފަހު އިވްލީން އާއި އެއްގަލަކަށް އަރާ ޒިލާލް ވާހަކަދައްކާތީއެވެ. މިދުވަސް ދެކެން އިވްލީންއަށް ހާދަ ދިގު އިންތިޒާރެއް ކުރެވިއްޖެއެވެ.”އުހުން ދިރިއުޅުމުގަ ނުވޭ ބޭނުންވާހާ ކަމެއް.. އެހެންނަމަ މިއަދު ލީން ހުންނާނީ ލީންގެ އެކްސް އާއެކު އަހަރެން ހުންނާނީ އަހަރެންގެ ލޯބިވެރިޔާއާއެކު… މަޑުކޮށްބަ ތިބުނީނު މަޖުބޫރުވީއޭ އެ ކީއްވެ؟” ޒިލާލް ކުރަމުން ދިޔަ ސުވާލުތަކުން އިވްލީންގެ ހިތަށް ދިޔައީ ފުން އަސަރުތަކެއް ކުރުވަމުންނެވެ. އިވްލީން ވަކި އެ ސުވާލަށް ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟ ހުދު އިވްލީންއަކަށް ވެސް އެސުވާލުގެ ޖަވާބެއް ނޭނގޭވިއްޔާއެވެ. އެސުވާލު ތަކުގެ ޖަވާބަކީ ވަންހަނާ ކުރެވިފައިވާ އެއްޗެއް ކަހަލައެވެ.ކަރުތެރެެ ބެދޭގޮތްވެ ކަރުނަތައް ޖަމާވަމުން ދިޔައީ ސިކުންތު ހިނގާހައި އަވަހަށެވެ. އިވްލީީންގެ ހިތުގެ ކަނަކުން ގޮވަމުން ދިޔައީ ޒިލާލްއަށް ވާހަކަތައް ހިއްސާކުރުމަށެވެ. ނަމަވެސް ހިތް ބުނަމުން ދިޔައީ ނުބައި ވާހަކައެކެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.





Maasha Allah mi prt vx vrh reethi
Up kurevihje dhww 2 months fahun vxx
I thought u stopped kamah
Tysm mi prt genesdhinyma
Dhn thankolhey avahah kiyaalan libeyne kamah unmeedhukuran
TC.. Ly💜
Thank yu Shaf_maan ❤️
Yarrr ebunaahen 2 months vx vehje dhw
Sorry for keeping u guys inthizaaruga
Varah ufaa vehje vhk kiyaafa comment eh kohleema 🤗 Tc luv yu 🥰
After a long time, finally mi vhk kiyaalevijje.
Mi bai ves vrh reethi.
When’s next.
Thank yu White rose ❤️
Yess asluga ves after a very very long time dhw… Next ep varah avahah IA.. Happy to see ur comment 🤗
Vrh reethi storyy. Keep it up❤️
Thank yu Writerr ❤️