ސިޓިންގ ރޫމްއަށް ނިކުން އިރަށް ބަދިގެ ތެރެއިން ދުވި ކަޓްލަސް ވަހުން ދަގޭފާނު ދަގަނޑަށް ދަމާހެން ޒެވިއަންއަށް ބަދިގެއަށް ދެވުނެވެ. “މްމްމް ހާދަ ވަސްގަނޑު ރަނގަޅޭ” އުނދުން ގާތުގައި ކަޓްލަސް ތެލުލަން ހުރި ލުބައިނާގެ ހަށިގަނޑުގައި ފަހަތުން ބައްދާލަމުން ޒެވިއަން ބުންޏެވެ. “ހެހެ އާދޭ މިހާރު އެއްބައި ހެދިފައި މިހުރީ. އުޅޭ އަވަހަށް ކާން” ލުބައިނާ ބުންޏެވެ. ކަޓްލަސް އަކީ ޒެވިއަން ކުޑައިރުން ސުރެ މާފޯރީގައި ކާހެދިކާއެވެ. އެހެންކަމުން ޒެވިއަން އެކާން ބޭނުންވެގެން ބުނެފިނަމަ ލުބައިނާ ހަވީރަސް ރޭގަނޑަސް ހަދައިދެއެވެ. އެނޫނަސް ޒެވިއަން ބޭނުން ކޮންމެ އެއްޗެއްވެސް މެއެވެ. އެކަމުންވެސް ލުބައިނާގެ ހިތުގައި ޒެވިއަންއަށް ދެވިފައިވާ ލޯބީގެ ފުންމިން އެނގިގެންދެއެވެ.
“މަންމާ މާދަމާ ކޮންއިރަކުންތަ ކައިލްމެނަށް މިކޮޅަށް އާދެވެނީ؟” ކެއުމުގެ ތެރެއިން ޒެވިއަން އެއްސެވެ. “ބުނީ 8 ޖަހާލާ ހާއިރު މިކޮޅުގައޯ ހުންނާނީ. ދަރިފުޅު ދާނަންތަ ބަލާ؟” އެންމެ ފަހުން ހުރި ކަޓްލަސްކޮޅު ތާހުން ނަގަމުން ލުބައިނާ އެއްސެވެ. “ޔެސް، ކައިލް ކީވަރަށް އަންނަންވާނޭ” ޒެވިއަން ބުންޏެވެ.
“ހެހެ ދަރިފުޅާއި ކައިލް ހަމަ އަދިވެސް ވަރަށް ގުޅުން ރަނގަޅުދޯ؟” ލުބައިނާ އެއްސެވެ. “ހަހަ ހޫމް. އެކަމް އަސްލު ކީއްކުރަންތަ އެމީހުން ކުޅުދޫފުއްޓައް އެދިޔައީ؟” ޒެވިއަން އެއްސެވެ. “ނިމް ދައްތަ މަންމައަކީ އެރަށު މީހެކޭ. ނިމް ދައްތަ މަންމަ ބަލިވެގެން ދިޔައީ. އެނގެއެއްނުންދޯ މިދިޔަ މަހު ނިމް ދައްތަ މަންމަ ނިޔާވީ. އެހެންވެ ކަޔާންބެ އެދިޔައީ އެމީހުން ގޮވައިގެން ބޭރަށް ބަންދަށް ހިތް ހަމަ ޖައްސާލަން. ދެން ކިޔަވަން ފަށަން ވާއިރަށް އަންނަ ގޮތަށްދޯ؟” ލުބައިނާ ކިޔައިދިނެވެ.
ރޭގަނޑުގެ ވަގުތެވެ. ޒެވިއަންއާއި އަލާޔާ އިނީ ޔަލާންގެ ކޮޓަރީގައި “ބޮޓެލް ފްލިޕް” ކުޅޭށެވެ. ބޮޑުވެފައިވީނަމަވެސް ދޭތެރެ ދޭތެރެއިން ކުޑައިރު ކުޅިވަރުތައް ތިން ކުދިން ކުޅިހަދައެވެ.
“ހޫމް ލާޔާ ދޮންތި. ޓްރުތް އޯރ ޑޭއާރް؟” ފުޅީގެ ތުން ގޮސް އަލާޔާއަށް ހުއްޓުމުން ޒެވިއަން އެއްސެވެ. “އަމް ޓްރުތް” ވިސްނާލާފައި އަލާޔާ ބުންޏެވެ. “ސޯ ހޫޒް ޔުއާރް ކްރަޝް؟” ޔަލާން ވަރަށް ފޯރީގައި އެއްސެވެ. “އައްޗީޑި ނޫޅެން ބުނާކަށް. އޭރަށްދެން ލާޔާއަށް އުޅެން ދަތިވާނެ ތިމީހުހާ ހުރެ” އަލާޔާ ތުންކޮޅު އޫކޮށްލަމުން ބުންޏެވެ. “އޯކޭ ތިހެންޔާ މަންމަ ގާތުގަ ބުނާނީ” ޔަލާން ހިފާލީ ބޮޑުތަނުގައެވެ. “ދޭން ނޯ! ލާޔާކަށް ހިޔެއްނުވޭ ލާޔާދެކެ އޭނަ ލޯބިވާހެނެއް” އަލާޔާ ފުންނޭވާއެއް ދޫކޮށްލަމުން ބުންޏެވެ. “ކާކުތަ އަޅެ؟ ބުނެބަ ދޯ އޭރަށްނުން ސެޓު ކުރަންވެސް އުޅެވޭނީ؟” ޒެވިއަންވެސް އެވާހަކައިގައި ބައިވެރި ވެލިއެވެ. “ޕްރޮމިސްމީ ޔޫވޯންޓް ޓެލް ހިމް” އަލާޔާ ބުންޏެވެ. ދެމީހުންވެސް ބޯޖަހާލިއެވެ.
“އައިޒިން…” އިނގިލި ތަކާއި ކުޅެމުން އަލާޔާ ބުންޏެވެ. “އޭނައަށް އެނގޭތަ ތިކަން؟” ޒެވިއަން އެއްސެވެ. “ނޯ.. ނޭނގޭނެ. އެންޑް ޑޯންޓް ޔޫ ޑެއާރް ޓެލް ހިމް” އަލާޔާ އަމުރުކޮއްލިއެވެ. “ހަހަ އޯކޭ އޯކޭ” ޔަލާން ބުންޏެވެ. “އޯކޭ ދެން ކޮއްކޮ. އަސްލު ކޮއްކޮ ކީއްވެތަ ތިހާ ޕްލޭބޯއި ވާންވީ؟” އަލާޔާ އަހާލިއެވެ.
ޔަލާން އިސްޖަހާލިއެވެ. “އެނގެއެއްނުން؟ ކުޑޭ ކައިލީންއަށް ރައްޓެހިވިކަން؟ އަސްލުވެސް ކުޑޭ ކައިލީންދެކެ ވަރަށް ލޯބިވީން..” ޔަލާން ބުންޏެވެ. “ދެން އަސްލު ކީއްވެ ބްރޭކްއަޕްވީ؟” ޒެވިއަން އެއްސެވެ. “ކައިލީން މަށާ ރައްޓެހިވީ ޑެއާއަކަށް ކަމަށް ވަނީ…” ޔަލާން ބުންޏެވެ.
“އިޓްސް އޯކޭ މޭން. ތިޔަ ކައިލީން އެއްތޯ ކާލީ އެއްތޯ ކެރެޓެއް ވިޔަސް ހޫމް. ދެން ކޮންމެ އެއްޗަކަސް. އިންޝާ ﷲ އެއަށް ވުރެ ރަނގަޅު ކުއްޖަކު ލިބޭނެ” ޔަލާން ކޮނޑުގައި ޖަހާލަމުން ޒެވިއަން ބުންޏެވެ. ޔަލާން ހިނިތުންވެލިއެވެ. “އެތެދެއް. އެކަމަކު ބުނަން. ކިތޭ ޕްލޭބޯއިވިޔަސްވެސް ހަނދާން ކުރާތީ. އެއްވެސް ކުއްޖަކާއި އެކު ސްލީޕް ނުކުރާތި” އަލާޔާ ބުނެލީ އަމުރު ކުރާކަހަލަ ގޮތަކަށެވެ. އެއާއި އެކު ޔަލާން ޖަހާލީ ހިނިގަނޑެކެވެ. “ޔޫ ޕާރްވާރްޓް! ޔޫހޭވް؟” އަލާޔާ ދެލޯ ބޮޑުވިއެވެ. ޒެވިއަންއަށް ދެފަރާތަށް ބޯހޫރުވާލެވުނެވެ.
“ޑޫޑް މަންމަމެން ވިލް ކިލް ޔޫ އިފް ޔޫ ގެޓް އަ ގާލް ޕްރެގްނެންޓް” އަލާޔާ ތުންކޮޅު އޫކޮއްލިއެވެ. “ސާބަސް. ޕްރޮޓެކްޝަންއޭ ކިޔާއަޑެއް ނާހަންތަ؟ އޭ ހަމަ ހުވާ ނުބުނާތި މަންމަމެން ގާތު އޯރް އައިލް ކިލް ޔޫ” ހުނުން ހުއްޓާފައި ޔަލާން ސީރިޔަސް ވެލިއެވެ.
“އަހަރުންގެ މައުތް ޝަޓް ކުރަންޏާ އޮންނަން ޖެހޭނެދޯ ކެޗް އެއްވެސް؟ ލިސްޓު ކިޔައިދީ ހަހަ. ކީކޭ ދޮންތި ބުނަނީ؟” އަލާޔާއަށް ބަލައިލަމުން ޒެވިއަން ބުންޏެވެ. “އެތެދެއް. ފަސްޓް ގާލް އިން ތަރުތީބުން ކިޔާ” އަލާޔާ ހަރަންބަނެ ލަމުން ބުންޏެވެ.
“ލިސްޓުދޯ؟ ހުސް ކުޑޭ ގްރޭޑް އިންނާ 6 ވަނަ ގްރޭޑް އިން. ފަސްޓް ވޯޒް ހިބާ. ދެން އިޒްކާ، ދެން ޒޯޔާ، ދެން ޔަނާ، ދެން އިލްޔާ. މާގިނައެއް ނޫނެއްނުން؟” ބޯކަހާލަމުން ޔަލާން ބުންޏެވެ.
އެވަގުތު އަލަކާ ކޮޓަރިއަށް ވަނެވެ. “ކޮންކަހަލަ ވާހަކައެއްގަތަ ތިތިބީ؟” އަލަކާ އެއްސެވެ. “ނޭނގެ ކުޑަބެ ދައްތާ. މިޔަލާންގެ ކޮންމެސް ކެރެޓު ފާމް އަކާ ކޮންމެވެސް ބަރަބޯ ވެލެއްގެ ވާހަކަ މިދައްކަނީ؟” ހީލާފައި ޒެވިއަން ބުންޏެވެ. އެއާއި އެކު އަލާޔާގެ ހިނިގަނޑުދިޔައީ ފަޅައިގެންނެވެ. ޔަލާން ޒެވިއަންގެ ފަލަމަސް ގަނޑުގައިވިކާލިއެވެ.
“މި މީހުން ދައްކާ ވާހަކަ ހެޔޮނުވާނެ ގަބޫލު ކުރަން. ހޫމް. ކޮން އިރަކު މަންމަމެން އައީ؟” ޔަލާން އެއްސެވެ. “އިރުކޮޅެއްވެއްޖެ. ކައިގެން މިވަނީ” އަލާޔާ ބުންޏެވެ. އެވަގުތު ލުބާންވެސް ކޮޓަރިއަށް ވަނެވެ. “އައި ގަޑިއެއް ނޫން ބަލަންވީކީ. ތިންމީހުންގެ ވެސް ދެވަނަ ޓާމް ފެށެނީމިއޮށް. ކޮންބައެއް ފޮތްކީ؟” ލުބާން އެހެން ބުނެ ނިމުން ހެން ހީނުވެ އަލާޔާ އަތް ނެގިއެވެ. “ބައްލަވާ ކުޑަބޭ. ލާޔާ ދޮންތި..” ޒެވިއަން އެހިސާބަށް ބުނިތަނާ އަލާޔާ ޒެވިއަން އަނގަމަތީގައި އަތް އެޅިއެވެ.
“މިޒެވް ގަނޑު ދައްކާ ވާހަކަ ނުކުރާތި ގަބޫލު. ލާޔާ ފޮތް ކީމޭ. މިހާރުވެސް ބުނެފާނަން ފޮޓޯސިންތެސިސް އަކީ ކޯއްޗެއްކަން. ދަ ޕްރޮސެސް ބައި ވިޗް ގްރީން ޕްލޭންޓްސް އެންޑް ސަމް އަދާ އޯރްގޭނިޒަމްސް ޔޫޒް ސަންލައިޓް ޓު ސިންތެސައިޒް ނިއުޓްރިއެންޓްސް ފްރޮމް ކާބޮންޑައިއޮކްސައިޑް އެންޑް ވޯޓާ” ޒެވިއަންއާއި ދިމާލަށް އަލާޔާ ދޫނެރެލާފައި ބުނެލިއެވެ.
“އެހެންތޭ؟ ތިހެންޔާ ފޮޓޯސިންތެސިސްގެ ސްޕެލިންގ ކިޔާބަލަ ފުރަތަމަ. ހަހަ” ޒެވިއަން ހީލިއެވެ. “ދެން މި ޒެވް ގަނޑު” އަލާޔާ ޒެވިއަންގެ އަތުގައި ޖަހަން އުޅުނު ނަމަވެސް މިފަހަރު ޒެވިއަން އޭގެން ސަލާމަތް ވިއެވެ. “މަށަށް ހަމަ ގެވެށިއަނިޔާ ކުރެޔޭ އެބަ. މަވާ ސަލާމް. ގުޑް ނައިޓް” ޒެވިއަން އަވަހަށް ނިކުތެވެ.
އެނދުމަތީގައި އޮތް ޒެވިއަންގެ ލޮލުގެ ހިމަކޮޅުން ކަރުނަތިއްކެއް ނިރާލިއެވެ. އަތުގައި އޮތް ޒެވިއާރްގެ ފޮޓޯގަނޑުގައި ޒެވިއަން ފިރުމާލިއެވެ. “ބައްޕާ…” ޒެވިއަންގެ އަޑު ނިކުތީ ކެނޑިކެނޑިގެންނެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
12 Comments!
Comments are closed.







masha allah mi part vs vrhh reethi
When next???
tc lyy
jazaakallah khairan dear
in sha allah on saturday
heyy mi part vx vrh reethi
btw shihaa you ge story thah copy kurey eba keiykureveynebaa ge author…
i thought that you should know about it 😊
take care
MaShaAllah shiherr mi part ves vrh reethi
When is next I can’t wait Hama kiyaalaa hithun 🥹
Btw keep it up
I appreciate your work
Lyy 😍
Jazaakallah khairan dearr❤️❤️❤️❤️
Ilytt
Next ep in sha allah on saturday
Curiously waiting for the next eps 🥹
This ep wass soo gudd I just luv this 😌🫶🏻
Keep ur ur gud work gurl💪🏻
Jazaakallah khairan dearieeee❤️❤️
Alhey shier mi part ves varah furihama MA
Hee hee halaaku vejje mi 3 meehun ge sakaraath gadakaa hedhee 🤣🤣🤣🤣
Ekm enme fahun rovijje 😭 zevian fakee🥺
Curiously waiting for the next part
Lyssssm💖❤️
Keep it up my Darla
Stay safe
Jazaakallah khairan dearr❤️❤️
Haha dhww😂😂😂 i feel bad for Xevien, too☹️
In sha allah next prt tmrww
Lyttt
U stay safe, too❤️❤️
Darls*
🫶🏻