Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އަބަދަށް-10

_MuXo_
_MuXo_ Level 1010 Stories100 Comments100 Login100 Stories500 Login500 Comments
May 1, 2025 2 Mins Read
3 Comments

ހަވީރުގެ ހިތްގައިމު ވަގުތެވެ. ޖެހޭ ފިނިވައިރޯޅިތަކުގެ ސަބަބުން ހިތަށާއި ސިކުނޑިޔަށް އަރާމުކަން އިހްސާސް ކުރެވެއެވެ. މަގުތަކުންވެސް ދުއްވާއެއްޗިހި މަދުވާން ފަށާފިއެވެ. ޒީކް އާއި ކިޔާރާގެ އިތުރަށް މާހީވެސް ކައިރި ފިހާރަަތަށް ބަލައިލަން ނިކުތެވެ. ކޮލެޖަށް ބޭނުންވާނޭ އެއްޗެހި ގަންނާށެވެ.

*ޕާރްޓް-10*

ހަވީރުގެ ވަގުތުކަމުން އަރަން އާއި ޖައިޝް ވެސް ބޭރަށް ނިކުމެލިއެވެ. ދެއެކުވެރިންވެސް ވާހަކަ ދައްކަމުން ގޮސް އިށީންދެލީ ބެންޗެއްގައެވެ.

ޒީކް ކިޔާރާ އަދި މާހީ ވެސް އައިސް އިށީނީ ހަމަ އެތާކައިރީ އިން ބެންޗެއްގައެވެ. އެކުދިންއަތުގައި އައިސްކްރީމް ކޯންއެއް އޮތެވެ.ކިޔާރާ އާއި މާހީ އާދެމެދު ގާތް ގުޅުމެއް އުފެދުނެވެ.

ޖައިޝް އާއި އަރަން ވާހަކަދައްކަމުން ގޮސް ހޭންފެށިއެވެ. އެއްލި ކަޅިއަކުން ޖައިޝް އަށް މާހީ ފެނުނެވެ. ވަގުތުން އަރަން ކައިރީ އެވާހަކަ ބުންޔެވެ.

“އޭނަ އެއޮޅެނީ ކޮންބަޔަކާ އެކުތަ..؟” އަރަން އެދިމާއަށް ބަލަން ހުރެ އަހާލިއެވެ.

“ވެދާނު އެގޭގަ އުޅޭ ކުދިން ކޮޅެއްކަމަށްވެސް….” ޖައިޝް އޭނާ އަށް ހީވިގޮތް ބުނެލިއެވެ. އަރަން މާހީއާ ދިމާލަށް ބަލަންހުރެފައި ފޯނުނަގައި މާހިގެ ފޮޓޯއެއް ނަގައިލިއެވެ. އަދި ގެލެރީއަށް ވަނެވެ. އަރަންގެ ފޮނުގައި ގިނަން ހުރީ މާހީގެ ފޮޓޯއެވެ. އެކިތަންތަނުން ފެނިގެން ނަގައިފައި ހުރި ފޮޓޯއެވެ.

އިރުއޮތްސޭން ގާތްވުމާއެކު މާހީމެން ގެޔާދިމާލަށް މިސްރާބުޖަހާފިއެވެ. ހިސާބަކަށް ދެވުމުން ކިޔާރާ ދިޔައެވެ. މާހީ އާއި ޒީކް އެކަނި ވީއެވެ.

“މާހީގެ ހުރޭތަ ބީއެފް އެއް..؟” ޒީކް އަހާލިއެވެ.

“ނޯ؛ ނުހުރެ.. އަހަރެން އަދި ތިކަމާ ނުވިސްނަން..” މާހީ ބުންޔެވެ.

“އެހެންދޯ.. އަހަރެންގެ ހުރޭ.. އޭނާ ވަރަށް ރަގަނޅުވާނެވެ..” ޒިކް އޭނާގެ ލޯބިވެރިޔާގެ ވާހަކަކިޔައިދިނެވެ. މާހީ ވެސް އަޑުއަހަން ހުރިއެވެ.

ރޭގަނޑު ކެއުމަށްފަހުވެސް ޒީކް ލައިބްރެރީއަށް ދަނީއޭކިޔައިފައި ދިޔައެވެ. މާހީ ގޭގައި އެކަނިވީއެެވެ.

ގަޑީން މިހާރު ނުވަގަޑި ބައިވެއްޖެވެ. މާހީ ކޮޓަރީގައި އޮވެއޮވެފައި ނިތުތީ ބެލްކަންޔަށެވެ. ބެލްކަނީގައި އިން ލައިޓު ނިއްވާލައިފައި ހުރުމުން އަދިރިއެވެ. ނަމަވެސް ޖެހިންގެން ހުރި ގެތަކުން އަލިއެޅިފައިހުރުމުން އަދިރިކަމުގެ އެއްވެސް އުދަގުލެއް ނުޖެހެއެވެ.

މާހީ ފޯނުބަލަން ހުރެ ރެއިލިންގައި އަތްއަޅުވާލިއެވެ. ދެން މާހައުލަށް ނަޒަރުހިންގާލިއެވެ. އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ. މާހީ ތިރިބަލާލިގަޑީގައި މީހަކު އޭނާއަށް ބަލަން އިންތަންފެނުނެވެ. މާހީ ހަމަބަލާލުމާ އެކު އެމީހާ ފޯނާ ކުޅެންފެށިއެވެ. މާހީގެ ހިތްބިރުގަތެވެ. ދެންމެ ހަމަގައިމުވެސް އެމީހަކު އިނީ މާހީއަށް ބަލާށެވެ. އަނެއްކާ އެއީ ކާކުބާއެވެ؟ މާހީ އަށް އެމީހަކު ފާރަލަނީ ހެއްޔެވެ؟ ނޫނީ އެއީ ވަގެއްހެއްޔެވެ؟ މާހީ ދެވަނަފަހަރަށް އެމީހާ އަށް ބަލާލިއެވެ. ކަޅު ތޮތްޕެއް އަޅަލައިގެން ކަޅު ޓީޝާޓެއް ލައިގެން މާސްކް އަޅައިފައި ހުރީރު ވައްތަރީވެސް ވަގަކާއިއެވެ. އެމީހާ ހުރީ އެތާހުރި ސައިކަލަކަށް ލެގިލައިގެންނެވެ.

މާހީ އަވަހަށް އެތެރެއަށް ވަދެ ބެލްކަނި ދޮރުތަޅު ތަޅުލިއެވެ. ފޮތިގަނޑުވެސް ދަމާލިއެވެ. ކޮޓަރިއާއި ދިމާލަށް ދާން ހިގައިގެންފަވެސް އެބުރިއައިސް ދޮރު ތަޅުލެވުނުތޯ ބެލިއެވެ. މާހީގެ ހިތް އޭރުވެސް ބާރުބާރަށް ތެލެމުން ދިޔައެެވެ. އަވަހަށް އައިސް ޒަހީނާ އަށް ގުޅިއެވެ.

“ހެލޯ.. ކިހިނެއްވީ..؟” ޒަހީނާގެ އަޑުގައި ނިދިގެ އަސަރު ހުއްޓެވެ.

“ކުޑޫ.. ވަރަށް ބިރުގަނޭ އެބަ..” މާހީ ބުނެލިއެވެ.

“އެއީ.. ކިހިނެއްވީ..؟” ޒަހީނާ އަހާލިއެވެ.

“ދެންމެ ބެލްކަންޔަށް ނިކުމެ އިންދަ ފެނުނީ ކަޅުކުލައިގެ އެއްޗިހިލައިގެން މޫނުނިވައިކޮށްގެން ހުރި ފިރިހެނަކު.. އޭނަ ހުރީ މާހީ އަށް ބަލަން.. އެހެންވެ ބިރުގަތީ.. ހީވަނީ ވަގެއްހެން..؟” މާހީ ވީގޮތް ކިޔައިދިނެވެ.

“އެހެންތަ.. ހަމަވެދާނެ ވަގަކަށްވެސް ދޮރުތަޅުލައިގެން އަވަހަށް ވަދޭ އެތެރެއަށް.. ކޮންއިރަކުން ނިދަނީ..؟”

“ދެންވީ..” މާހީ އަދިވެސް ހުރީ ބިރުންނެވެ.

“ދެން އެކަމާ މާބޮޑަށް ނުވިސްނާ ނިދާލާ.. ކުޑޫ ވެސް މިދަނީ ނިދަންދާން..” ޒަހިނާ ފޯނުބޭއްވިއެވެ.

މާހީވެސް ނިދާހެދުމަށް ބަދަލު ކޮށްލައިގެން އައިސް އޮށޯވެލިއެވެ. ވަގަކު މިއެޕާރްޓް މެންޓަށް ވަދެއްޖިއްޔާ ވާނީ ކިިނެއްކަމާ މެދު ހަމަ ވިސްނެނީއެވެ. އެކަހަލަ ހިޔާލުތަކުގައި އޮތްވައި މާހީ އަށް ނިދުނެވެ.

*ނުނިމޭ*

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

_MuXo_
Follow Me Written By

_MuXo_

Level 1010 Stories100 Comments100 Login100 Stories500 Login500 Comments

Other Articles

Previous

ޙަޔާ

Next

އެކްޓަރ (ޕާޓް 15)

Next
May 1, 2025

އެކްޓަރ (ޕާޓް 15)

Previews
May 1, 2025

ޙަޔާ

3 Comments!

  1. leeshaa says:
    May 1, 2025 at 5:28 pm

    heyy sis
    mi part vx vrh reethi Masha Allah
    btw why did aran go there??
    maahee ah dhera gotheh nahadhahchey 😭😭😭
    take care
    luv yu 😘

    1. _MuXo_ _devil_ says:
      May 1, 2025 at 8:32 pm

      Thank you leeshaa!

  2. Nyb says:
    May 2, 2025 at 11:38 am

    Mi part varah ves reethi Maashaa Allah
    Aran faaralaa Varun maahee fakeeru birah maruvanee!! Alhey I akah neygunu heynvee kameh roan vee kameh😅
    Keep it up
    Lysssssm❤️
    When next?

Comments are closed.

Next Episodeއަބަދަށް-11←


All Right Reserved!