Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އަބަދަށް-11

_MuXo_
_MuXo_ Level 1010 Stories100 Comments100 Login100 Stories500 Login500 Comments
May 3, 2025 3 Mins Read
3 Comments

މާހީވެސް ނިދާހެދުމަށް ބަދަލުކޮށްގެން އައިސް އޮށޭވެލިއެވެ. ވަގަކު މިއެޕާރޓްމެންޓަށް ވަދެއްޖެއްޔާ ވާނީ ކިހިނެއްކަމާއި މެދު ހަމަވިސްނެނީއެވެ. އެކަހަލަ ހިޔާލުތަކުގައި އޮށްވައި މާހީ އަށް ނިދުނެވެ.

*ޕާރްޓް-11*

އަރަން އާއި ޖައިޝް ތިބީފިލްމެށް އަޅުވައިގެން އެބެލުމުގެ ފޮރީގައެވެ. ދެއެކުވެރިން އަތުގައިވެސް ކޯކު ފުޅިއެއް އޮތެވެ. އެހެން ތިއްބައި އަރަންގެ ފޯނު ރިންގްވާންފެށިއެވެ. ބަލާލީރު އަރީޝާ އެވެ. އެބައަންނަން ކަމަށް ބުނެ އަރަން ވަނީ ކޮޓަރިއަށެވެ.

“ހެލޯ..” އަރަން ގޮސް އެދުގައި އިށީންދެލިއެވެ.

“ހެލޯ.. ދަރިފުޅާ، ހާލުކިހިނެއްތަ..؟” އަރީޝާ ބަލި އަޑަކުން އަހާލިއެވެ.

“ރަގަނޅު.. މަންމަ ރޯގާޖެހުނީތަ..؟” އަރަން އަށް އަރީޝާގެ އަޑުޖެހުމާއެކު އެނގުނެވެ.

“އާން.. މިއަދު ހެދުނު ހޭލީރުގަ ރޯގާ ވަށްތަރު ހުރި، ހަވީރު އަތަށް އެޅީރަށް ބޮޑުވަރުވީ..” އަރިޝާ ކެއްސާލިއެވެ.

“މަންމަ ކައިފިންތަ..؟”

“އާން.. ކައިގެން ބޭސްގުޅައެއް ކައިލައިގެން މިއޮއްތީ ބޮލުގަރިއްސާވަރުން..”

“ދެން އެހެންވީރު އަވަހަށް ނިދާލާ ހިގޭ މަންމާ.. މަދާމާނުން ގުޅާލާނަން..” އަރަން ފޯނުބާއްވައިފައި ނިއްކުރީގައި ފިރުމާލިއެވެ.

ހަތަރު ދުވަސް ފާއިތުވެ ގޮއްސިއެވެ. މިއަދަކީ ކޮލެޖްގެ އެއްމެ ފުރަތަމަ ދުވަހެވެ. ހެދުނުހެދުނާ ދާންޖެހޭތީ މާހީ ތެދުވެ ފެންވަރާ ހަދައިލައިގެން ނަމާދުކޮށްލިއެވެ. އެއަށްފަހު ކަކުލާހަމައަށް އަރާ ކަޅުހެދުމެއް ހިފައިގެން ނިކުތީ އިސްޔިރިކޮށްލާށެވެ. އިސްތިރި ކުރަންއިންދައި ޒީކްވެސް ނިކުތެވެ. ޒީކް އާއި ދެމީހުން އެކީގައި ސައިބޮއިހަދައިގެން ވަނީ ތައްޔާރު ވާށެވެ. ދެމީހުންވެސް ރީތިވެލައިގެން ނުކުމެ ބަސްޓޮޕް ކައިރިއަށް ދިޔައެވެ.

ކޮލެޖް އާއި ހަމައިން ބަސް ހުއްޓިއެވެ. ގިނަކުދިން ފެއިބިއެވެ. ޒިކް އާއި މާހީ ވެސް ކޮލެޖް އަށް ވަންނަން ދިޔައެވެ. ހުދުކުލައިގެ ކުލަ ލައިފައިވީރު މަތިމަށްޗަށް އިމާރާތް ތަށް ހުއްޓެވެ. ވަރަށްވެސް ބޮޑުތަނެކެވެ. މާހީ ހައިރާންވެ ހުރެ އެކި ކޮޅުކޮޅަށް ބަލަމުން ދިޔައެވެ. ޒިކް މާހީ އަށް ދާންވިދިމާ ކިޔައިދީފައި ދިޔައީ މުހިންމުކަމެކޭ ކިޔައިފައި ކެންޓީނަށެވެ. މާހީވެސް އިތުރުސުވާލެއް ނުކޮށް ދިޔައެވެ. މަދުމަދުން ކުދިންފެނެއެވެ. ސިޑިން އަރައިގެން ދިޔައިރު މާހީ ދިޔައީ އިސްޖަހައިގެނެެވެ. ހިސާބަކަށް އެރުނު ތަނާހެން ދުވެފައި ކަހަލަ ގޮތަކަށް އައި ކުއްޖެއްގައިގައި ޖެހި މާހީ އަރިއަޅާލިއެވެ. އޭނާ ވެއްޓެންދިޔައީ ސިޑިންތިރިއަށެވެ. ނަމަވެސް އެމިހަކަު މާހީ ވެއްޓުމުގެ ކުރިއަށް މާހީގެ ބުރަކަށި ދަށަށް އަތްލަށްވައި ހިފޭއްޓިއެެވެ. މަހީ އަށް ލިބުނު ސިހުމެއްގެ ބޮޑުކަމުން ގުޑައިލަންވެސް ނެއިންގިފައި ހުރެވުނެވެ. މާހީ އަށް އެކުއްޖާއާ ދިމާއަށް ބަލާލެވުނެވެ. ކަޅު ތޮށްޕަކާއި މާސްކެށް އަޅައިގެން ހުރީރު އޭނާގެ ކަޅު ދެލޮލާއި ބޯ ބުަމަ ނޫނީ ނުފެނެއެވެ. މާހީގެ ގައިން ހީބިހިނަގައިގެން ދިޔައެވެ. މީހާ ގަޑުފެންކޮޅެއްހާ ފިނިވިއެވެ.

“ސޮރީ.. އަރްޔޫ އޯކޭ..؟” އެކުއްޖާ މާހީ ތެދުކޮށްލަމުން އަހާލިއެވެ. ފިރިހެންވަންތަ އަޑެކެވެ.

މާހީ ބޯޖަހައިލީ ރަގަނޅޭ ބުނުމުގެ ގޮތުންނެވެ. އެކުއްޖާ އަވަހަށް ސިޑިންފައިބައިގެން ދިޔައެވެ. މާހީ ވެސް ކްލާހަށް ދާން ހިގައިގަތެވެ. މާހީ ސިޑިން އަރައިގެން ދިޔުމުން އެފިރިހެން ކުއްޖާ ބޯދިއްކޮށްލާ ބަލައިލި އެވެ. އަދި ފޯނުބަލާލައިފައި އަނެއްކާވެސް މާހީ އަށް ބަލާލިއެވެ. މީ ކާކުބާއެވެ؟

ޖައިޝް އާއި އަރަންވެސް ހަމަ އައީ އެ ކޮލެޖް އަށެވެ. އަރަންމެން ވަނުމާއެކު އެތަށް ކުދިންގެ ނަޒަރު އެދިމާއަށް ހުއްޓެމުން ދިޔައެވެ. އެހެން ނުވާންވީ ކީއްވެހެއްޔެވެ؟ ކަޅު ކުލައިގެ އަތްދިގު ޓީޝާޓަކާއި ގަދަ ނޫ ކުލައިގެ ޖިންސް އެއްގައި ފެންނައިރު ނުލާހިކު ފިރިހެންވަންތައެވެ. ދެމީހުންވެސް ގޮސް ކްލާހަށް ވަނެވެ.

ޒީކް ކިޔަވަނި ބިޒްނަސް ކަމަށް ވާތީވެ މާހީ އާއި ދެމީހުން ވަކިވާން ޖެހުނެވެ. ނަމަވެސް މާހީ އަށް އެކަނި ވެރިކަން އިހްސާސް އެއްނުކުރެވެއެވެ. ކިޔާރާ ވެސް އިނީ ހަމައެކްލާހުގައެވެ.

ހަތަރުގަޑިއިރު ކިޔެވުމަށް ފަހު ބްރޭކްލިބުނެވެ. ހުރާކުދިންވެސް މިސްރާބު ޖެހީ ކެންޓީނަށެވެ. ކިޔާރާ އާއި ޒީކް އަދި މާހީގެ އިތުރަށް އިތުރުދެކުއްޖަކުވެސް ތިބީ އެއްމޭޒެއް ދޮށުގައެވެ.

“ރީމާ މެން އެބަކިޔާ ވަރަށް ހޮޓް ސޮރެއް އައިސް އުޅޭ ވާހަކަ.. އެއްމެން އުޅެނީ މޮޔަވެގެން..” ވާހަކައިގެ ތެރެއިން ޒީކް ބުނެލިއެވެ.

“އާން.. ޔަލާ ވެސް ކީވިއްޔަ ތިކަހަލައެއްޗެކޭ..” ކިޔާރާވެސް އެއްބަސް ވިއެވެ.

އަރަން އާއި ޖައިޝް ވެސް އެއްޗެއް ކާލަން އައިސް ތިއްބެވެ. ދެމީހުންވެސް ތަންކޮޅެއް ދުރުގައި ހުރި މޭޒެއްދޮށުގައި އިށީނެވެ. ހުރިހާ އެއްމެން ކަހަލަ ގޮތަކަށް އަރަންމެން ތިބި ދިމާލަށް ބަލަބަލާފައި ވާހަކަދައްކައެވެ. އެހެން މޭޒެއްގައި އިން އަންހެންކުއްޖަކު ފޮނި ހިގުމެއްގައި އައިސް އިށީނީ އަރަން އާއި ޖެހިގެންނެވެ. އަރަން ދިޔައީ ސިއްސައިގެންނެވެ. އޭރު އެކުއްޖާ ހިނިތުންވެލައިގެން ބަލަން ހުއްޓެވެ. މަޑު ރަތްކުލައެއްޖައްސައިފައި ވީ އޭނާގެ އިސްތަށިގަނޑު އޮތީ ހުޅިއެއްޖަހާލައިފައެވެ. ރީންދޫ ޓޮޕްކޮޅަކާއި ޖިންސް އެއްގައި އޭނާ ފެންނަލެއް ރީއްޗެވެ. އަރަން އިނީ ބަހެއްނުބުނެ ހައިރާން ވެފައެވެ. ޖައިޝް ވެސް ހަމަ އެފަދައެެވެ.

“ހާޔް.. އައިމް ލިޔާ.. ހަމަ ތިކްލާސް ކުއްޖެއް.. ވަޓް އެބައުޓް ޔޫ، ކޮންނަމެއް ކިޔަނީ..؟” ލިޔާ އަމިއްލައަކަށް ތައާރަފް ވެލިއެވެ.

“އަރަން.. ނައިސް ޓު މީޓްޔޫ..” އަރަން ވެސް ފޭކު ހިނިތުންވުމެއް ދީގެން އިނެވެ.

“އެނގޭތަ.. ހުރިހާ އަންހެންކުދިން ވެގެން އުޅެނީ އަރަން ހޭންޑްސަމް ވެގެން..”  ލިޔާ ބުނެލިއެވެ.

އަރަން ވަށައިގެން ބަލައިލިއެވެ. ބަލައިލިކަމެއް ނެއިންގެ އެންމެން ނުވާކަމަށް ހެދިފައި އެހެންދިމާލަކަށް ބަލާލިއެވެ.

“ހެހެ.. ބުނީމެއްނު.. މަގޭ ފްރެންޑުން ބުނީ މަށަކަށް ނުކެރޭނެއޯ ތީނަ ކއިރިއަށް ގޮއްސަ ވާހަކަދައްކާކަށް.. މިހާރު ތިބޭނެ ކަޑަވެފަ..” ލިޔާ ހީލިއެވެ. އަރަން އަށް އުދަގޫވިއެވެ. އޭނާ އަށް މާހީ އަށް ފާރަލާން އުދަގޫވިއެވެ. ލިޔާ ހުއްޓާ ނުލާ ސުވާލުކުރަމުން ދިޔައެވެ. އެންމެ ފަހުން އަރަން ފާހަނާއަށް ދާން ޖެހޭކަމަށް ބުނެ ތެދުވެގެން ދިޔައެވެ.

“ބާޔް.. ސީޔުސޫން.. ތީނަ އާވެސް ބައްދަލް ވާނެކަމަށް އުއްމީދު ކުރަން..” ލިޔާ ޖައިޝް އަށް ބަލާލައިފައި ބުންޔެވެ.

ފާހަނާއަށޭ ކިޔައިފައި އަރަންދިޔައީ ކްލާހަށެވެ. މޭޒުކައިރި އިށީން ދެލިއެވެ. މިދިމާވީ ކޮންކަހަލަ ކަމެއްހެއްޔެވެ. ލިޔާ ހާދަ އަގަގަދައެވެ. ލިޔާ އާއި ހެދި އަރަން ކުރަން އުޅުުނު ކަންތަކެއްވެސް ނުވިއެވެ. އަރަން ފުދޭވަރަކަށް ހިތްހަމަ ނުޖެހުނެވެ.

*ނުނިމޭ*

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

_MuXo_
Follow Me Written By

_MuXo_

Level 1010 Stories100 Comments100 Login100 Stories500 Login500 Comments

Other Articles

Previous

އެކްޓަރ (ޕާޓް 16)

Next

ޒެވިއަން 4

Next
May 4, 2025

ޒެވިއަން 4

Previews
May 3, 2025

އެކްޓަރ (ޕާޓް 16)

3 Comments!

  1. leeshaa says:
    May 3, 2025 at 4:30 pm

    Mi part vx vrh reethi Masha Allah 💗
    alheyy miyoh liyaa eh vx dhw
    maahee ah aran kan engihjjeyyaa kihineh baa vaanee?
    i love this story a lot 💖

    1. _MuXo_ _devil_ says:
      May 3, 2025 at 5:52 pm

      Thank you!

  2. Nyb says:
    May 3, 2025 at 8:35 pm

    Mi part varah ves reethi
    Maahi ah aran fenna irah varah salhi vaane
    Waiting for this particular moment 😁
    Ekm mi Liya gandu eba ulheynun aran fahathu alhuvaalaigen
    Aran is only for maahi dhw😅😆🤣
    When next?
    Lyssssm
    Stay safe

Comments are closed.

Next Episodeއަބަދަށް-12←


All Right Reserved!