Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އަބަދަށް-9

_MuXo_
_MuXo_ Level 1010 Stories100 Comments100 Login100 Stories500 Login500 Comments
April 27, 2025 2 Mins Read
4 Comments

މާހީ އާއި ޒީކް ކައިނިމިގެން އިރުކޮޅަކު ވާހަކަދައްކައިލަން ތިއްބެވެ. މާހީ ހީއްކުރިގޮތާހިލާފަށް ޒީކް އަކީ ހިއްހެޔޮ ރަގަނޅު ކުއްޖެކެވެ. އޭނާގެ މަޖާމިޒާޖުން މާހީ އަށް ހެވެޔެވެ. ދެކުދިންގެ މެދުގައިވެސް ވަރަށް ގާތް ގުޅުމެއް އުފެދުނެވެ. ދެމީހުންވެސް ނިދްނަ ދިޔައިރު 1:30 ބޮޑުވެއްޖެވެ.

*ޕާރްޓް-9*

ޖައިޝް އާއި އަރަން މެލޭޝިއާއަށް އައީ ދަންވަރު ފްލައިޓުންނެވެ. އަރަން މެން ހުންނަން ހަމަޖެހިފައިވާގެ މާހީ އުޅޭގެޔާ ތަންކޮޅެއް ދުރެވެ. ދެމީހުންވެސް ތާކަށް ގޮސް ކައިގެން އައިސް ނިދަންއޮށޯތެވެ.

އާދައިގެމަތިން ފަހެއް ޖަހާރަށް އެލާމު ކޮށްފައިން ގަޑި ސޮނާވާން ފެށިއެވެ. މާހީ ތެދުވެ ވާޅަށް ދެމިލިއެވެ.  ވުލޫކޮށް ހަދައިގެން ނަމާދަށް އެރިއެވެ. ނަމާދުކޮށް ހަދައިގެން މާހީ ނިކުމެލީ ކޮފީއެއް ބޯލާށެވެ. އިރު އަރައިގެން އައިރު ދުނިޔެމައްޗަށް އަރާމު ހޫނެއް ފަތުރާލައިފިއެވެ. މަގުތަށްވެސް ފުދޭވަރަކަށް ހަލަބޮލިވާން ފަށާފިއެވެ. މާހީ ކޮފީތަށި ހިފައިގެން ނުކުތީ ބެލްކަންޔަށެވެ. ބޭރަށް ނަޒަރު ހިންގައިލަގެން ހުރީރު އެތަކެއް ކަމަކާއި ވިސްނެމުންދިޔައެވެ. ޒަހީނާ މާހި މިތަނަށް ފޮނުވައިދިނީ މާހީ އައް ޓަކައި އޭނާ ބޭނުންވާ އެއްޗެއް ކިޔެވުމަށް ފުރުސަތު ދީގެންނެވެ. އެހެންކަމުން ރަގަނޅު ނަތީޖާ އެއްހޯދުމަށް ވަރަށް މަސައްކަތް ކުރަން ޖެހޭނެއެވެ. މާހީ ހިތަތް އެރިއެވެ. އަނެއްކޮޅުން އޭނާއަށް އަރަން ފަރާތުން ސަލާމަތް ވެވިއްޖެވެ. އޭނާއަށް މާވަރަކުން މީހަކު އުޅޭތީކީވެ އުޅޭކަށް ނުޖެހެއެވެ. ހިތަތް ލިބުނު ހިތްހަމަޖެހުމެއްގެ ސަބަބުން މާހިގެ މޫނުމައްޗަށް ފުޅާާހިނިތުންވުމެއް ވެރިވިއެވެ.

ނުވައެއްޖަހާ ކަންހާވަރު ވެލީރު ޒީކްވެސް ނުކުތެވެ. އޭނާއާއިއެކު މާހީވެސް ސައިހަަދަން އެހީވިއެވެ. ޖޫހާއި ޓޯސްޓެވެ. ދެއެކުވެރިންވެސް ސައިބުއި ނިންމާލައިފައި އައިސް ސޯފާގައި އިށީންދެލިއެވެ.

“ދާނަންތަ ހަވީރު އަހަރެންނާ އެކު ޝޮޕިންއަށް..؟” ޒީކް އަހާލިއެވެ. މާހީވެސް ހުރީ ފިހާރެއަށް ދާންބޭނުންވެފައި ކަމުން ވަގުތުން އެއްބަސްވިއެވެ.

ކޮޓަރިތެރެ ތަރުތީބުކުރަން އުޅެނިކޮށް ޒަހީނާ ގުޅިއެވެ.

“ހަލޯ.. ދަރިފުޅާ ކިހިނެއް..؟” ޒަހީނާ އަހާލިއެވެ.

“ރަގަނޅު..” މާހީ ބުނެލިއެވެ.

“ކިހިނެއްތަ އާސިމައްތަ..؟” ޒަހީނާ އަހާލައިފިއެވެ.

“ވަރަށް ރަގަނޅު..” މާހީ ޖަވާބުދިނެވެ.

“އިތުރުކުއްޖަކު އުޅޭދޯ މާހީ ކައިރީގަ.. ކޮންނަމެއްތަ ކިޔަނީ..؟”

“ޒީކް.. ވަރަށް ރަގަނޅު ކުއްޖެއް..” މާހީ ބުނެލިއެވެ.

ޒަހީނާއާއި އިރުކޮޅަކު ވާހަކަ ދައްކާލައިފައި ފޯނުބޭއްވިއެެެވެ.

މެންދުރުވާން އުޅުނުވަގުތު ކުރާނެ ކަމެއްނެތިގެން ފުހިވެގެން އެންމެފަހުން ރާޔާ އާއި ލަވްޔާ ދެމީހުންނާއެއްކޮށް ކޮންފެރެންސް ކޯލަކަށް މާހީ އެރިއެވެ.

“ހެލޯ ހެލޯ.. ކޮބާތަ މަގޭ މެލޭޝިއާ އަށް ދިޔަ ގާރލް..؟” ރާޔާ އަހާލިއެވެ.

“މީނީޔޭ.. މީނީޔޭ.. ކޮބާ ކިހިނެއް ހާލު..؟” މާހީ އިނީ މަޖާވެފައެެވެ.

“ހަމަ ބަރާބަރު.. ކޮބާ ކޮންނަމެއް ކިޔާ މީހަކާއެކީގަތަ ތިއުޅެނީ.. އަންހެނެއްތަ ފިރިހެނެއްތަ..؟” ލަވްޔާ ޖެއްސުމަށް އަހާލިއެެވެ.

“ސާބަހޭ.. އަންހެންކުއްޖެއް.. ޒީކް ކިޔަނީ..” މާހީ ކިޔާދިނެވެ.

“ހޫން ހޫން.. އަހަރެން ހީއްކުރީ ރަންނަމާރި އުޅޭނީ އެއްތަނެއްގަ ކަމަށް..” ރާޔާ ހޭންފެށިއެވެ. އެކުދިން “ރަންނަމާރި” ކިޔަނީ މާހީ އާއި އަރަން އަށް މުހާތަބު ކޮށެވެ.

“އެވަކަށް ނުވެސް އެނގޭނެތޯއްޗެށް އަހަރެން މީނީ މިތާކަމެއް..” މާހީ ވެސް ވަކި ދޫނުކުރަންވެގެން ބުނެލިއެެވެ.

“ޕިސް… އަދި ރަންނަމާރި އުޅޭނެ އެއްތަނެށްގަ.. ހުވާ މިބުނީ..” ލަވްޔާ ބުނެލިއެވެ.

“އަދި ތިހެން އުޅެފަ ލޯބިވެގެން ކައިވެނި ކުރާނެކަން ޔަގީން..” ރާޔާ އާއި ލަވްޔާ، މާހީ އާއި އަރަން ލައިފައި އަޅުވާކިޔަން ފެށިއެވެ.

އެކުދިން އެހެން ހަދަންފެށުމުން މާހީ ފޯނު ކަޑާލިއެވެ. ފޯނުހިފައިގެން އޮށްވައި ކޮޓަރި ދޮރުގައި ޓަކިދިފިއެވެ. މާހީ ގޮސް ދޮރު ހުޅުވައިލީރު ޒީކް ހުރީ ރީތިވެލައިގެންނެވެ. ހޭންޑް ބޭގް އޮތުމުން ބޭރަށް ދާން އުޅެނީކަން ޔަގީންވިއެވެ.

“މިދަނީ ލައިބްރެރިއަށް ގޮސްލަން.. ފަހެއްޖަހާރަށް ރެޑީވައްޗޭ ހިގޭ.. އެގަަޑީގަ ދާރު އޮކޭތަ އައިގެ ފްރެންޑް އެއް ގޮވައިގެން ދިޔަސް..؟” ޒީކް އަހާލިއެވެ.

“އޯކޭ..” މާހީ އެއްބަސް ވިއެވެ.

ބޯދަށަށް އަތްލައިގެން ސޮފާގައި އޮށޯވެލައިގެން އޮތް އަރަންފެނި ޖައިޝް ގާތަށް ހިނިއައެވެ. އޭނާ އައިސް އިށީންދެލީ ޖެހިގެން ހުރި ސޯފާގައެވެ.

“ތިއޮށްތީ ކޮން ހިޔާލަކަށް ގެއްލިފަ..؟” ޖައިޝް އަރަންގެ މޫނުމަތީ އަތް ހޫރާލިއެވެ.

“އޭނަ މަތިން ވަރަށް މިސްވޭއެބަ..” ހުވަފެނީ ގޮތަކަށް ސީލިންގާއި ދިމާއަށް ބަލަން އޮވެ އަރަން ބުނެލިއެވެ.

“މިސް ވަންޔާ ތިޖެހުނީ ބަލާލަން ދާކަށްނު..” ޖައިޝް ބުނެލިއެވެ.

“މަ ބޭނުމެއްނޫން އޭނައަށް މަ މިތާ އުޅޭކަން އެނގޭކަށް..” އަރަން ދެކޮޅު ހެދިޔެެވެ.

ހަވިރުގެ ހިތްގައިމު ވަގުތެވެ. ޖެހޭ ފިނިވައޮރޯޅި ތަކުގެ ސަބަބުން ހިތަށާއި ސިކުޑިޔަށް އަރާމުކަން އިހުސާސް ކުރެވެއެވެ. މަގުތަކުންވެސް ދުއްވާއެއްޗިހި މަދުވާން ފެށިއެވެ. ޒީކް އާއި ކިޔާރާގެ އިތުރަށް މާހީ ވެސް ކައިރި ފިހާރަތަށް ބަލައިލަން ނިކުތެވެ. ކޮލެޖަށް ބޭނުންވާ އެއްޗިހި ގަންނާށެވެ.

*ނުނިމޭ*

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

_MuXo_
Follow Me Written By

_MuXo_

Level 1010 Stories100 Comments100 Login100 Stories500 Login500 Comments

Other Articles

Previous

ހިތް އެދޭ ލޯތްބަކީ ތީ (ޕާޓް 7)

Next

ކުޑަކުޑަ ދަރިފުޅު 8

Next
April 27, 2025

ކުޑަކުޑަ ދަރިފުޅު 8

Previews
April 27, 2025

ހިތް އެދޭ ލޯތްބަކީ ތީ (ޕާޓް 7)

4 Comments!

  1. leeshaa says:
    April 27, 2025 at 3:41 pm

    Mi part vx vrh reethi Masha Allah ❤️
    aran mee protective version dhw
    hehe…
    gud luck with your studies sis 💗
    take care 💗

    1. _MuXo_ _devil_ says:
      April 27, 2025 at 4:42 pm

      Thank you!
      I ge test tere mee!

  2. NONNI says:
    April 27, 2025 at 3:55 pm

    Mi part vx vrh reethi Masha Allah ❤️
    how’s your studies going devil and Nyb???
    keep shining sis 💗
    luv yu bodukohhh 😘

  3. Nyb says:
    April 29, 2025 at 10:03 pm

    Test thah dhw…
    Not bad then hama baraabarah mi dhanee IA
    Ekm mihaaru ebain 4 tests in a row bro miadhu maths iyye science 🤦neyvaa ves nuleveyne kanne grades high vaa varakah😪
    nonni kihinethrr?
    Busy kamun kiriyaa I ah story mi kiyaaleveny!!
    Mi part vx varah salhi MA💗
    Comment maa bodah ves las vejje dhw!! ekm then Keehkuraanee devil siss?
    Stay safe
    Luv yall💋

Comments are closed.

Next Episodeއަބަދަށް-10←


All Right Reserved!