Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredހިތާމަބިރުވެރިއުފެއްދުންތެރި ލިޔުންލޯބި

ހިތް އެދޭ ލޯތްބަކީ ތީ (ޕާޓް 6)

Lamtty
Lamtty Level 710 Stories100 Login100 Comments500 Login100 Stories
April 21, 2025 4 Mins Read
4 Comments

’ކިފްލު!!! މީ ކޮން ކަމެއް؟!!‘ އަދާރާ ވަރަށް ހިތްހަމަނުޖެހިފައި މުޚާތަބުކުރީ ކުޑަދޮރުން ބޭރުގައި ކުށްވެރިއަކު ފަދައިން އޭނާއާއި ދިމާލަށް ބަލަހައްޓައިގެން ހުރި ކިފްލުއަށެވެ.ކަޅު ކުލައިގެ ޖުއްބާއެއްގައި ހުރި އިރު އޭނާ ހީވަނީ ފިރިހެންވަންތަކަން ހުސްކޮށްލައިގެން ހުރިހެންނެވެ.އެ ތޫނު ދެ ލޮލުގައި އާދަޔާ ޚިލާފު ވިދުމެއް ހުރިހެން ވެސް އަދާރާއަށް ހީވިއެވެ.

****

’ކިފްލު އާއޭ އަހަރެން މިވާހަކަ ދައްކަނީ؟ މީ ކޮން ކަމެއްހޭ…؟!‘ އަދާރާ ދެވަނަ ފަހަރަކަށްވެސްް ސުވާލު ކޮށްލިއެވެ.އޭނާ ކުރި ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ކިފްލު އޭނާއާއި ހަތަރުކަޅި ހަމަކޮށްގެން ހުރެ އެ ރީތި ’ޑިންޕަލް‘ އިޝްތިހާރުކޮށްލަމުން ހީލިއެވެ.

****

’ކިފްލު އެއްޗެއް ނުބުނިއްޔާ އަހަރެން ބަލާނީ ކިފްލުއެއް ކަމަކު ތިއައީ ވައްކަން ކުރަން ކަމަށް…އަންލެސް ޔޫ ހޭވް އަ ބެޓާރ އެކްސްޕްލެނޭޝަން.‘ އަދާރާ ނުރުހިފައި ކުޑަދޮރު ލައްޕަން ވެގެން ދޮރު ކައިރިކޮށްލަން އުޅުނެވެ.އެހެނަސް ކިފްލު ހުރެފައި ކޮށްލި ކަމަކުން އޭނާގެ މުޅި ހަށިގަނޑަށްވެސް ހީވީ ކަރަންޓު ޖެހިގެން ދިޔަ ހެންނެވެ.

****

ކިފްލު އަދާރާގެ ދެއަތުގެ މުލައްދަނޑީގައި ހިފައި އޭނާއާއި ގާތަށް ލަތްކެއް ޖެހުމުން އަދާރާގެ އުނަގަނޑާއި ހަމައިން ފާރުގައި ޖެހި މަތަވިއެެވެ.އެނޫންނަމަ އޭނާ ބޭރަށް ނުވެއްޓޭނެ ކަމެއްވެސް ނޭނގެއެވެ.އަދާރާ ހުރީ އެފަދަ ކަމަކަށް ތައްޔާރު ނުވެކަމުން, އޭނާއަށް ކިފްލުގެ އެ ހަރަކާތުން ސިހުން ލިބުނެވެ.އެހެނަސް ކިފްލުގެ ތޫނު ނަޒަރު އޭނާއަށް ހުއްޓިފައި ހުރިތަން ފެނި އިޚުތިޔާރަކާއި ނުލައި އޭނާވެސް އެ ރީތި ދެލޮލުގެ ޖާދޫގައި ޖެހިގެން ދިޔައެވެ.އެ ދެލޮލުގައިވި އާދަޔާޚިލާފު ދަމާ ބާރާއި ދެކޮޅު ހަދާނޭ ގޮތެއް އަދާރާއަކަށް ނޭނގުނެވެ.

****

’އާނ…މިގޭގައި އޮތް އެންމެ އަގު ބޮޑު އެތި ވަގަށް ނަގަންވެގެން މިއައީ.އަހަރެން ފާރަލާތާ މިހާރު ކިހާ ދުވަހެއް މިވީ. ދެން ފުރުސަތެއް ލިބުނީމަ އަހަރެން ވީ އަދިވެސް ދުރުގައި ހުންނަންތަ؟‘

އަދާރާގެ އަތުން ދޫކޮށް ނުލައި ހުރެ މަސްތީ އަޑަކުން ކިފްލު ބުނެލިއެވެ.އަދާރާގެ ނިތައް ކުދި ރޫތައް އަރައިގެން ދިޔައެވެ.

****

’ކިފްލު ކީކޭތަ ތި ކިޔަނީ.ތީ އިހަކަށް ދުވަހު ރަށަށް އެރި މީހެކޭ. ކިހިނެއް އަހަރެން ކިފްލު ތި ދައްކާ ވާހަކަތައް ގަބޫލުކުރާނީ.އިޖިޕްޓުގައި އުޅުނު އިރު ކިފްލު ދަސްކުރީ ވައްކަން ކުރަން އެކަނިތަ؟‘

އަދާރާ ނުރުހިފައި ބުނެލިއެވެ.

ކިފްލު ޕަކަ ޕަކަ އަޅާފައި ހޭން ފެށުމުން އަދާރާއަށް ހަމަ ބިމަށް އާދެވުނީ ދެނެވެ.ކިފްލު ހަމަ އޭނާއާއި ސަމާސާ ކުރަނީއެވެ.އޭނާ ވަގުތުން ކިފްލުގެ ދެ އަތް ފޮޅުވައިލިއެވެ.ކިފްލުވެސް ދެވަނަ ފަހަރަކަށް އޭނާގެ އަތުގައި ހިފާކަށެއް ނޫޅުނެވެ.

****

’އަހަރެންނަށް ވަގެކޭ ކިޔަސް ފަރުވާލެއް ނެތް.އަހަރެންވެސް ބޭނުންވާ އެއްޗެއް މިގޭގަ އެބައޮތް. އެ ލިބޭތޯ މިއައީ‘ ކިފްލު އެއްމިޔަކަނުން ހީލަމުން ބުނެލިއެވެ.

’ކިފްލު މޮޔަވީތަ؟!ތި ހީކުރާވަރުގެ އަގު ބޮޑެތި އެއްޗެއްސެއް މިގެއަކު ނުހުންނާނެ.ވައްކަން ކުރަން އުޅުނިއްޔާވެސް ތެދަށް ބުނެބަލަ ދޯ…މޮޅެތި ވާހަކަ ނުދައްކާ.އަހަރެން ހިޔެއް ނުކުރަން ކިފްލު ތީ ތިހާ ފޭކު މީހެއް ކަމަކަށް!‘

އަދާރާގެ ގާތަށް ހަމަ ރަނގަޅަށްވެސް ރުޅިއައެވެ.އޭނާ ހީކުރިހާ މާތް މީހަކަށް ކިފްލު ނުވިތާއެވެ.އޭނާ ހަނދާންވީ ހަމަ ކުރީގެ ކިފްލު މަތިންނެވެ .ކިފްލު ބަދަލުވެދާނޭ ހިކުރެވުނީ ހަމަ އޭނާގެ މޮޔަކަމުންނެވެ.

****

’ދެން ތިބުނީ އަދާރާގެ ހިތަކީ އަގު ބޮޑު އެއްޗެއް ނޫނޭތަ؟އަހަރެން ވަގަށް ނަގަން އުޅުނީ އަދާރާގެ ހިތޭ….ހާދަ އަވަހޭ ދޯ އަދާރާ އަހަރެން ޖަޖު ކޮށްލިލެއް….ހެހެހެ‘

ލާނެތް ހިނިގަނޑަކާއިއެކު ކިފްލު ބުނެލިއެވެ.އަދާރާގެ މޫނުމަތިން ފާޅުވީ ސިހުމެވެ.ކިފްލު މިއީ އަނެއްކާ މިނިކާ މީހެއް ބާވައެވެ.އޭނޫންނަމަ މިއޮއް ފަދަ މެންދަމުގެ ގަޑީގައި އެފަދަ ގޮތަކަށް އޭނާ އަންނަންވީ ކީއްކުރަން ހެއްޔެވެ؟ މި ޒަމާނުގައި މީހަކަށް އިތުބާރު ކުރާކަށް ހެޔޮ ނުވާނެއެވެ.

****

’ނޯ ނޯ…ތި ވިސްނުނީ މުޅިން ނުބައިކޮށް. އަހަންނަށްވެސް ބަސް ބުނެވުނު ގޮތުން ދޯ… އަހަރެން ބޭނުން ވެގެން މިއުޅެނީ…ތިހިތުން ޖާގައެއް… އަހަރެން ބޭނުން ވެގެން މިއުޅެނީ އަދާރާ…..އައި ހޭވް ފޯލެން ފޯރ ޔޫ އަދާރާ‘ ސީދާ އަދާރާގެ ދެލޮލަށް ބަލައިލަމުން ސީރިޔަސް ރާގެއްގައި ކިފްލު ބުނެލިއެވެ.އޭނާ ހިތަށް އެރިހާ އެއްޗެއްވެސް ކިފްލުއަށް އެނގުނު ކަހަލައެވެ.ކިފްލުގެ ދުލުން އެ ބުނި ބަސްތަކުން ޝޮކެއް ލިބުނު ނަމަވެސް އަދާރާ ނިކަން އަވަހަށް އޭނާގެ އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލައިފިއެވެ.

****

’ހަމަ ތިކަހަލަ ހަމަ ނުޖެހޭ ވާހަކަތަކެއް ދައްކަންތަ ބުޅަލެއް ހެން އެހެރަ ފާރުމަތިން ފުންމާލައިގެން މިގެއަށް ތިވަނީ…؟ރިއަލީ ކިފްލު؟ މީހުންގެ ގޯތި ގެދޮރަށް ހުއްދަ ނެތި ތިގޮތަށް ވަނުމަކީ ކިހާވަރެއްގެ ކަމެއްކަން އެނގޭތަ؟ދެން އަހަރެން މިހާރު އެހާ ކުޑައެއް ނޫން ހަމަ ދެ ދުވަހަކު ދިމާވެލާ އިރަށް ކިފްލު އަހަންނަށް ފޯލްވީއޭ ބުނީމައި ގަބޫލު ކުރާކަށް… އެން ޔޫ ހޭވް އަ ހިސްޓްރީ އޮފް މެސިން ވިތް މީ. ދޮގު ހެދުމަކީ އަހަރެން ވަރަށް ފޫހިވާ ސިފައެއް!‘ އަދާރާ ތުން އަނބުރައިލަމުން ހަށަން ބަނދެލި ނަމަވެސް އެ ބަނޑުގައި ހީވީ ކުދި ކޮކާތަކެއް ހަރަކާތްތެރިވަމުން ދިޔަ ހެންނެވެ. އެއީ އޭނާ މާ ބޮޑަށް އުފާވީމާ ނޫނީ ނުވާ ގޮތެކެވެ.

’ހަމަ ގަބޫލު ނުކުރާނަންތަ؟! ދެން ހައު ޑޫ ޔޫ އެކްސްޕްލެއިން ދިސް އަދާރާ؟‘

ކިފްލު ކުއްލިއަކަށް އަދާރާގެ އަތުގައި ހިފައި އޭނާގެ އަތްތިލަ ގެނެސް ކިފްލުގެ މޭގައި ޖައްސާލަމުން އަދާރާއާއި ހަތަރުކަޅި ހަމަކޮށްލިއެވެ.އަދާރާއަށް ފާޑަކަށް ދެލޯ ބޮޑުކޮށްލެވުނީ ކިފްލުގެ ހިތް ތެޅެމުން ދިޔަލެއް ބާރުކަން އިހުސާސްކުރެވިފައެވެ.

****

އަދާރާ އެއްޗެކޭ ނުބުނުމުން ކިފްލު ހިނިއައިސްފައި ހުރެ އޭނާގެ އަތުން ދޫކޮށްލިއެވެ.

’އަހަރެން އަދި މަޑުކޮށްލިޔަސް އޯކޭތަ؟ އަދި ހަތަރެއް އެ ޖެހީ…ބަންގި ގޮވަން ކައިރިވީމައި ދާނަން…އޭރުން މީހަކަށް ނުފެނި ދެވޭނީ‘ ކިފްލު ތަންކޮޅެއް ސީރިޔަސްވެފައި އަހައިލިއެވެ.

’އަހަރެން ކުރި ސުވާލަށް ތެދަށް ޖަވާބު ދިނީމަ ހުއްދަ ލިބޭނީ‘ އަދާރާ އަދިވެސް ހުރީ އޭނާގެ ގޮތުގައެވެ.

’ހެހެހެ…އަސްލު ވީ ގޮތަކީ… ޗަންކީ އަހަރެންް ނިދި ނިދި އޮއްވާ ހަމަ ކަމަކާ ނުލައި އައިސް ފައިގައި ’ސްކްރެޗް‘ކޮށްލާފައި ބާރަކަށް ގޮވަމުން ރޫމުން ނުކުމެގެން ދިޔައީ.ނޭނގެ ކިހިނެއްވީ ކަމެއް. ދެޓްސް ނޮޓް ހިޒް ނޯމަލް ބިހޭވިއަރ.އެހެންވެ ކަންބޮޑުވެގެން އެސޮރަށް ގޮވަމުން ނުކުތްއިރު ނެތް ގެއަކު.ދެން ކުރީ ދުވަހު ބުނީމެއްނު އަދާރާ ކައިރިއަށް އައި ވާހަކަ އެހެންވެ ހަމަ ހިތަށް އެރީ ކޮންމެ ގޮތެއްވިޔަސް ދާނަމޭ. އެހެންވެ ތިގޭ ދޮރާށި ތަޅުލާފައި ހުރީމަ ފާރުމަތިން އެރީ…އެކަމަކު އެސޮރުގެ ކަމެއް ދެރަ.އަހަރެން އަންނަންވާއިރަށް ނައްޓާލައިފި ވިއްޔާ…ދެން އަދާރާއާ ދިމާވީމަ އަހަރެންވެސް ހަމަ ވާހަކަދައްކަން މަޑުކޮށްލާ ހިތްވީ….ހިފްޒު ކޮށްފިންތަ މިރޭ؟‘ ކިފްލު އެއް ފައްޗަކަށް އަމުނައިލިއެވެ.

****

އަދާރާ އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހައިލިއެވެ.

****

އޮލަ ވާހަކައިގައި ޖެހި އެކި ވާހަކަ ދައްކަމުން ދިޔައިރު ދެމީހުންވެސް ތިބީ އަމިއްލަ ދުނިޔެއަކަށް ގެއްލިފައެވެ.ގަޑި ހިނގަމުން ދާކަން ކިފްލު ވެސް ހަނދާން ނެތިފައި ހުރި ކަހަލައެވެ.

****

ތަންކޮޅެއް ދުރުން ސޫޖީގެ އަޑު އިވުމުން ކިފްލު އަވަސް އަވަހަށް ދަނީއޭ ބުނެ ފަރާއި ދިމާލަށް ހިނގައިގަތެވެ.އެނާ ގޮސް ޖުއްބާ ގަނޑު އަރުވާ ޖަހައިގެން އަރައި ފާރު މަތިން ފުންމާލަން ދެން އަދާރާ ހިނިއައިސްފައި ބަލަހައްޓައިގެން އިނެވެ.

****

ފާރުމަތިން ފުންމާލައިގެން ކިފްލު އަވަސް އަވަހަށް މިސްރާބު ޖެހީ ގެއަށް ދާށެވެ.ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ގެއަށް ވަތްއިރު ބަންގި ގޮވަން ދިހަވަރަކަށް މިނެޓު ބާކީ ހުއްޓެވެ. ކިފްލުގެ މިސްރާބު ހުރީ އޭނާ ނިދާ ކޮޓަރިއަށެވެ.އޭނާ ގޮސް މަޑުމަޑުން ކޮޓަރީގެ ދޮރު ހުޅުވައިލިއެވެ. އެވަގުތު ފެނުނު މަންޒަރުން އޭނާގެ ކަތުރުކަށިގަނޑަށް ވާންވެލީ ރުޅި އައިސްފައި ހުރި ފަދައަކުންނެވެ.

****

ފިނި ކޮޓަރީގައި ޑުވޭ ދަށުގައި ނިދާ ހަރުދަނާވެފައި އެ އޮތީވެސް ހަމަ ކިފްލުއެވެ.އެނދުގެ ތިރީގައި ކާޕެޓް މަތީ ބަނޑު ޖަހާލައިގެން ޗަންކީވެސް އޮތެވެ. އެކަމަކު ކޮޓަރި ދޮރުމަތީގައިވެސް ހުއްޓި އެހުރީ ހަމަ ކިފްލުއެވެ.އެނދުމަތީގައި އެ އޮތީ ކިފްލު ވިއްޔާ ކޮޓަރި ދޮރުމަތީގައި އެ ހުރީ ދެން ފަހެ ކާކު ހެއްޔެވެ؟ ހަމަ ކިފްލުގެ ސޫރައެވެ. ތަފާތެއް ނެތެވެ. ސުވާލަކީ އެތަނުން  ހަގީގަތުގައި ކިފްލުއަކީ ކޮބައިހެއްޔެވެ؟

 

ނުނިމޭ.

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Lamtty
Follow Me Written By

Lamtty

Level 710 Stories100 Login100 Comments500 Login100 Stories

Challenging myself here 🌺🍃 ✍🏾 📖 ❤️ ☕ 😺 I believe there's always room for improvement. Constructive criticism is much appreciated.😊 ❤️

Other Articles

Previous

އާއެކޭ ލޯބިވޭ ހަތްވަނަބައި (މި ވޭނަން ކެތްކުރަން ދަތިވެއްޖެއޭ)

Next

ފުރާނައިގެ ދިރުމޭތިއީ (ބޯނަސް އެޕިސޯޑް)

Next
April 21, 2025

ފުރާނައިގެ ދިރުމޭތިއީ (ބޯނަސް އެޕިސޯޑް)

Previews
April 21, 2025

އާއެކޭ ލޯބިވޭ ހަތްވަނަބައި (މި ވޭނަން ކެތްކުރަން ދަތިވެއްޖެއޭ)

4 Comments!

  1. Aysherr says:
    April 21, 2025 at 4:11 pm

    Salaam lamtty siss..
    Varah varah reethi mi part ves masha allah
    can’t wait for the next part alhe haadha curious kohllaafa ey thi nimmaaly ves.. who is the real kiflu… I’m curious to know
    Anyways when next..?
    <33

    1. Lamtty Lamtty says:
      April 22, 2025 at 6:51 am

      Salaam Aysherrr
      Thank you and I’m really happy that you liked this part. ❤️
      Let’s see dho alhe kihineh tho dhen vany.

  2. Your fav bab Your fav bab says:
    April 21, 2025 at 6:52 pm

    Alheyy lamttey gandaa!!
    Mi part vx varah salhi ingey!! MA
    So sryy comment eh ves nukohleveythee!!
    Alhe I ah heeviey kiflu adhaaraa ah fall vee ey! Hehe.. N I thought he’s gonna kiss her.. Hehe..
    When next?
    Lyssssm💗💗💗

  3. Lamtty Lamtty says:
    April 22, 2025 at 6:53 am

    Hehe Thank you bab. ❤️
    It’s okay ey.
    Let’s see dho alhe vaa gotheh.
    Much love ❤️

Comments are closed.

Next Episodeހިތް އެދޭ ލޯތްބަކީ ތީ (ޕާޓް 7)←


All Right Reserved!