Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ލޯބިން އެކީގަ ވާނަމޭ.. (2)

lai Level 110 Stories100 Comments
December 17, 2015 7 Mins Read
36 Comments

އައިލީން ގެ ވަކިވެ ދިޔުމުގެ ހިތައިމައިގާ ނަޖުމާ އެތަށް ދުވަހެއް އެ ދަރިފުޅު ގެ ހަނދާނުގައި ކަރުނަ އޮއްސިއެވެ. އަދިވެސް ނަޖުމާ އެކަނި ވުމުން އެދަރިފުޅު މަތިން ހަނދާން ކޮއްކޮއްފައި ރޯތަން ފެނުމުން ފިރިހެނަކަށް ވިޔަސް ހަސަނުގެ ހިތަށްވެސް ފުން އަސަރު ތަކެއް ކުރެއެވެ. ނަޖުމާ އެހެން ރޯތަން ދެކޭކަށް އެއީ އޭނައަށް ކުޅަދާނަ ވާވަރުގެ ކަމެއް ނޫނެވެ. އޭނައަށް ވާނަމަ އެ މިހުން ނާ ވަކިވެގެން ދިޔަ ދަރިފުޅު އަނބުރާ ގެނައީ ހެއެވެ.. ނަމަވެސް މިއީ ތަގްދީރެވެ. ތަގްދީރު ބަދަލު ކުރެވޭނީ ކާކަށް ހެއްޔެވެ؟.ދަރިފުޅުގެ ހަނދާނުގައި ރޮއެ ހަދާއިރު އެމީހުންނަށް ނޭނގުނު ކަމަކީ އެމީހުން ދަރިފުޅު އައިލީން އަދިވެސް ދިރި ދުނިޔޭގައި އެބަ ހުރި ކަމެވެ. އެ ދަރިފުޅު މަރު ނުވާ ކަމެވެ.

—————————————————-

ބައެއް މީހުންގެ ނަޒަރު މާލޭގެ ކާރޫބާރޫ ބޮޑު މަގުތައްމަތިން ހިނގާފަ ދިޔަ އަންހެން ކުއްޖާއަށް ހުއްޓެމުންދިޔައެވެ. ބާރު ބާރަށް ހިނގާފަ ދިޔައިރު ހީވަނީ ތަނަކަށް ދާން ލަސްވެގެން އުޅޭ ހެންނެވެ. އެ ދިޔަ ބާރުމިނުގައި މީހެއްގެ ގައިގާ އަޅައިގެންފައި އެ އަންހެން ކުއްޖާ ނުވެއްޓުނީވެސް ކިރިޔާ އެވެ. ސޮރީ އޭ ބުނެލުމަށްފަހު ދުވެފައި ކަހަލަ ގޮތަކަށް ގޮސް ގެއަށް ވަދެ ވުމާއިއެކު ކަންފަތް ބަންވެގެން ދިޔައީ އާސިޔާ ގެ ރުޅިވެރި ހަޅޭކުގެ އަޑަށްށެވެ. ” ކަލޭ ކޮންތާކަށް ގޮއްސަ ތިޔައީ .. ގޭގައި ބައިވަރު މަސައްކަތް ހުއްޓައި މީނަ ގޮސް ރައްޓެހިންނާއި އެކު މަޖާ ނަގަން .. ކިހާ ދެރަ ކަމެއް .. މަ ބުނީމެއްނު ގޭގައި ހުންނަ ކަންކަން ކޮއްފަ ނޫނީ އެއްމެ ފިޔަވަޅެއްވެސް ގެއިން ބޭރަށް އަޅައިގެން ނުވާނޭ .. އެހެރީ ކުރަން ހުރިހާ މަސައްކަތް .. މަގޭ މި އުޅެނީ އުނަގަނޑުގަ ރިއްސާވަރުން ހިރިނުލެވިގެން .. އެކަމަކު މީނަޔަށް ހަމަ ވާ ކަމެއް ހަރާން .. ”

އާސިޔާ އެހުރިހާ އެއްޗެއް ކީ އިރުވެސް އީނާލް އެ ހުރިގޮތަށް ހުރީ ޗުޕް ވެސް ބުނެނުލައެވެ. އެނާގެ އަމިއްލަ ނަފްސް ދިފާއުކުރަން ވާހަކަ ދެއްކުމުގެ ބަދަލުގައި އީނާލް ހުރީ އިސްޖަހާލައިގެންނެވެ. މިހާރު އާސިޔާގެ އެ ވާހަކަތަކަކީ އޭނަޔަށް އާ ވާހަކަތަކެއް ނޫނެވެ . އެއީ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް މިހާރަކަށް އައިސް އަހަންޖެހޭ ވާހަކަތަކެކެވެ. ބައެއް ފަހަރު އާސިޔާގެ ރުޅިވެރި ބަސްތަކުން އެ ހިތް ފަޅި ފަޅިވެގެން ދާފަހަރުވެސް އާދެއެވެ.

” ދެން ތިހެން ހުންނަނީތަ .. ދޭބަލަ ދެންވެސް ކުރަން ހުރި މަސައްކަތްތައް ނިންމަން .. ” އާސިޔާ އެހެން ބުނުމުން ބޯ ޖަހާލުމަށްފަހު އީނާލް މިސްރާބު ޖެހީ ބަދިގެއާއި ދިމާއަށްށެވެ. އޭރުވެސް އެކި ހިޔާލުތައް އެ ސިނކުޑީގައި އެނބުރެމުން ދިޔައެވެ. މަންމަ އޭނަ ދެކެ އެހާ ރުޅި އަންނަނީ ކީއްވެ ހެއްޔެވެ؟ . ބައެއްފަހަރު މަންމަ ވާހަކަ ދައްކާ ގޮތުން އެއީ އޭނާގެ މަންމަ އެއް ނޫނޭ ހީވާ ފަހަރުވެސް އާދެއެވެ. އޭނާ ހަނދާން ވާން ފެށީއްސުރެ ކުޑަ ކަމެއް ވެލިޔަސް އާސިޔާ އޭނަޔަށް އަނިޔާ ކުރެއެވެ. އަމިއްލަ ގެއެއް ކަމަކު އުޅެން ޖެހެނީ ނޯކަރެއް އުޅޭ ގޮތަށްށެވެ . ބައެއްފަހަރު އޭނާ މިއީ އާސިޔާ ގެ އަޅެކޭ ވެސް ހިތަށް އަރައެވެ.

ހިޔާލުތަކަށް ގޮސް ގެއްލިފައި ހުއްޓައި އީނާލް ސިހިގެން ދިޔައީ އާސިޔާ ގޮވާލުމުންނެވެ.” އީނާލް .. މަށަށް ފެންތައްޓެއް ގެނެސް ދީބަލަ” އީނާލް ކުރަން ހުރި މަސައްކަތް ހުއްޓާލާފައި ދެން އަވަސްވެގަތީ އާސިޔާ އަށް ފެންތައްޓެއް ގެންގޮސް ދޭށެވެ. އަވަސް އަވަހަށް ދާން އުޅެނިކޮއް ބަދިގޭ ދޮރުން ވަދެގެން އައި މީހެއްގެ ގައިގާ ޖެހިފައި އީނާލް ގެ އަތުގައި ހުރި ފެންތަށި ވެއްޓި ތަޅައިގެން ގޮސް ބިއްލޫރި ކޮޅެއް ފަޔަށް ހެރުނެވެ. ކިތަންމެ ތަދުވިޔަސް އީނާލް ގެ ލޮލުން އެންމެ ކަރުނަ ތިއްކެއްވެސް ވައްޓާނުލިއެވެ. އެ ހާލުގައި ވެސް އީނާލް ބެލީ އާސިޔާ އަށް ފެންތައްޓެއް ގެންގޮސް ދެވޭތޯއެވެ. ބަދިގެއަށް ވަނީ ކާކުތޯ ވެސް ނުބަލާ އީނާލް އިތުރު ފެންތައްޓެއް އަޅައިގެން ގެންގޮސް ސޯފައިގާ ހަމަޖެހިލައިގެން އޮތް އާސިޔާއަށް ދިއްކޮއްލިއެވެ.

އެނބުރި ބަދިގެއަށް އައިސް އީނާލް ގޮނޑިއެއްގައި އިށީނދެ ފައިގާ ހެރިފައި އިން ބިއްލޫރި ކޮޅު ނައްޓުވާލުމުން އެތަނުން ހޯސް ލާފައި ލޭ ފައިބާގަތެވެ. އެވަގުތު މަޑު މަޑު އާހެއްގެ އަޑު އީނާލް ގެ އަނގައިން ބޭރުވެގެން ދިޔައެވެ. އޭރުވެސް އީނާލް އަށް އެތާނގަ އިތުރު މީހަކު ހުރިހެންނެއްވެސް ހީނުވެއެވެ. އީނާލް އަށް އެތާނގާ މީހަކު ހުރިކަންވެސް އިނގުނީ އެމީހަކު އައިސް ކައިރިއަށް ހުއްޓިލުމުންނެވެ. އިސްއުފުލާ ބަލާލުމާއިއެކު އީނާލް ހައިރާން ވެގެން ދިޔައީ އޭނާ ނުވެސް ދަންނަ މީހަކު އައިސް ކުރިމަތީގައި ހުރިތަން ފެނުމުން ނެވެ . ” ތީ ކާކު؟ .. ” އީނާލް އެހެން އެހުމުން އެ ޒުވާނާ އެ ސުވާލަށް ޖަވާބެއް ދިނުމެއްނެތި ފަސްޓް އެއިޑް ބޮކްސް ކޮބައިތޯ ސުވާލު ކޮއްލިއެވެ. އީނާލް ހަމަ އެ ހައިރާން ކަންމަތީގައި އިނދެ ކަބަޑަށް އިޝާރާތް ކޮއްލުމުން އެ ޒުވާނާ ހަލުވި ފިޔަވަޅު ތަކެއްގައި ފަސްޓް އެއިޑް ބޮކްސް ހިފައިގެން އައިސް އީނާލް ގެ ފައިގާ ވަރަށް ފަރުވާތެރިކަމާއިއެކު ބޭސް އަޅާލަދިނެވެ. އެ ގޮތް ނޭނގޭ ޒުވާނާ އީނާލް ގެ ފައިގާ ބޭސް އަޅައި ދިނުމައްފަހު ހިންދެމިލަމުން ހަމަ އިސްކޮޅަށް ތެދުވެލިއެވެ. އީނާލްވެސް އިން ގޮޑިން ތެދުވުމާއިއެކު އަރިއަޅާލިއެވެ. ކުރިމަތީގައި ހުރި ޒުވާނާ ހުށިޔާރު ކަމާއިއެކު އީނާލް ގެ އަތުގައި ހިފެހެއްޓިކަމުންނެވެ. އެހެން ނޫންނަމަ އީނާލް ވެއްޓުނީހެވެ. ” ތީ ކާކު .؟؟ ” އީނާލް ޝުކުރު އަދާކޮއްލުމައްފަހު އަނެއްކާވެސް ކުރިން ކުރި ސުވާލު ތަކުރާރު ކޮއްލިއެވެ.

“އަހަރެންގެ ނަމަކީ ރަޔާން .. އަހަރެން މި ގެއަށް މި އައީ ތި އަންހެން ކުއްޖާ އަތުން މަގުމައްޗަށް ވެއްޓުނު އެއްޗެއް ރައްދު ކޮއްލަ ދޭން ވެގެން .. އެ ދައްތަ ކައިރީގައި މިގޭގަ އުޅޭ އަންހެން ކުއްޖާ ކޮބާހޭ އެހީމަ އެ ދައްތަ ބުނީ މިތާނގައޭ .. ދޭބަލާށޭ .. އަހަރެން ތި ކުއްޖާ ފަހަތުން މި ގެ އާއި ހިސާބަށް އައީ މީތި ހަވާލު ކުރަންވެގެން .. ” ރަޔާން އެއްފައްޗަކަށް ހުރިހާ ވާހަކައެއް ދައްކާ ނިންމާލުމަށްފަހު ޖީބުން އީނާލް އަތުން ވެއްޓުނު ކެވެލި ކޮޅު ނަގާ ދިއްކޮއްލިއިރު ވެސް އީނާލް އަށް ހުރެވުނީ އެ މޫނަށް ކަޅި ޖަހާ ނުލާ ބަލަހައްޓައިގެން ނެވެ. އެހެން ހުއްޓައި އީނާލް ހަމަހޭވެރިކަން ވެގެން ދިޔައީ ރަޔާން އޭނާގެ އަތުގައި ހިފައި އެ ކެވެލި ކޮޅު އޭނާގެ މުށު ތެރެއަށް ލައިދިނުމުންނެވެ. ރަޔާން އެ ކެވެލި ކޮޅު އޭނާގެ އަތަށް ދިނުމައްފަހު ދާން އެނބުރިލި ވަގުތު އީނާލް ވާހަކަ ދައްކަން ފެށުމުން އެނބުރި އީނާލް އާއި ދިމާއަށް ބަލާލިއެވެ.

” ތޭންކް ޔޫ ރަޔާން .. ވަރަށް ބޮޑަށް ޝުކުރިއްޔާ މީތި ގެނެސް ދިނީ ތީ .. އިނގޭތަ މީ އަހަރެން ނަށް ވަރަށް ހާއްސަ ކެވެލި ކޮޅެއް .. ނޭނގެ ކީއްވެ ކަމެއް .. ތޭންކްސް ފޯ އެވްރީތިން .. އަހަންނަށް ކިޔަނީ އީނާލް ..” ޝުކުރު އަދާކުރުމައްފަހު އީނާލް އޭނާ ތައާރަފް ވެލަމުން ސަލާމަށް އަތް ދިއްކޮއްލިއެވެ. ރަޔާން ވެސް ހިނިތުން ވެލަމުން އީނާލް ގެ އަތުގައި ހިފާލަމުން ޔޫ އަރ ވެލްކަމް އޭ ބުނެލިއެވެ. ރަޔާން އެހެން ބުނުމުން އީނާލް އޭނާގެ ލޮލުން ވެއްޓުނު ކަރުނަތިކި ފުހެލަމުން ހީލިއެވެ. ” ސޯ ފްރެންޑްސް ދޯ ދެން .. ” ރަޔާން އެހެން ބުނެލުމުން އީނާލް މަޑު މަޑުން ބޯ ޖަހާލުމައްފަހު ހިނިތުންވެލަމުން ފްރެންޑް އޭ ބުނެލިއެވެ. ” އީން .. އޯކޭ ދޯ އެހެން ކިޔަސް .. އަހަރެން ދެން ދަނީ އިނގޭ .. ” ރަޔާން އެހެން ބުނުމައްފަހު ދިޔައީ އޭނާގެ ފޯނު ނަންބަރުވެސް އީނާލް އަށް ދީފައެވެ.

ރަޔާން ހަމަ ދިޔުމާއިއެކު އީނާލް ގެ މޫނުމަތީގައިވާ އުފާވެރި ހިނިތުންވުން ގެއްލުނެވެ. އެ މޫނުމަތިން ހިތްދަތިކަން ފެންނަމުން ދިޔައެވެ. ރަޔާން ދިޔަ ދިމާއަށް ބަލަން ހުރުމައްފަހު ވޭނީ އަޑަކުން ރަޔާން އަށް ގޮވާލިއެވެ. އޭނާ އެކަނި ކޮއްލާފައި ދިޔައީ ކީއްވެހޭ ހިތް ބުނަމުން ދިޔައެވެ. ނަމަވެސް ރަޔާން އަށް އޭނާ އެ އުފުލާ ވޭނާއި ހިތާމަ އިނގޭނީ ފަހެ ކިހިނަކުން ހެއްޔެވެ. އެއީ ދާދި ދެންމެ ދިމާވި މީހެކެވެ. އީނާލް އޭނާގެ ލޮލުން ވެއްޓުނު ކަރުނަތިކި ފޮހެލަމުން ކޮރަމުން ކަހަލަ ގޮތަކަށް ގޮސް ދެން ބާކީ ހުރި މަސައްކަތްތައް ކުރަން ފެށިއެވެ. އޭރު އީނާލް ގެ ފައިގާ އަޅަމުން ދިޔަ ވޭނަށް ވުރެ އެ ހިތުގައި އަޅަމުން ދިޔަ ވޭން މާ ބޮޑެވެ.

*****************************

” އިޒް އަށް އިނގޭތަ .. ރީން މެން ކްލާހުގައި ހުންނަ ސަރ ހާދަ ސަޅިއޭ ..ވަރަށް ހެންޑްސަމް .. .އާހް… އެހެރަ ބަލާލާ ގޮތެއް .. އިޒް އައި ތިންކް އައިމް އިން ލަވް ވިތް ހިމް .. އިޒް އަޅެ އޭނަގެ ނަންބަރު ހޯދަދީބަލަ ރީން އަށް .. ” އިޒްޔަން އާއިއެކު ހިނގާފަ ގެއަށް އައިއިރު އައިރީން ހުއްޓާނުލާ ވާހަކަދައްކަމުން ދިޔައެވެ. އޭރު އިޒްޔަން ހުރީ އައިރީން ގެ އެ ރީތި މޫނަށް ބަލަހައްޓައިގެންނެވެ. ލޯބި ލޯބި މޫނެކެވެ. ދިގު ދިގު އެސްފިޔަ ތަކެކެވެ . އެއްވެސް މޭކަޕެއް ނުކޮށް ހުރިއިރުވެސް އެ ތުންފަތް ހުރީ ރަތްކުލައިގައެވެ. ހީލާ ކޮންމެ ފަހަރަކު ކޮލަށް އަޑިކޮޅެއް އެޅެމުން ދިޔައެވެ. އެ ރީތި ހިނިތުންވުން ފެނުނު މީހަކު ފިދާވާނެކަން ޔަގީނެވެ. އައިރީން ގެ ދިގު ދިގު އިސްތަށިގަނޑު ވަނީ ފަހަތަށް ވިހުރެން ދޫކޮއްލެވިފައެވެ. މަޑު ފެހި ކުލައިގެ ޓޮޕް ކޮޅަކާއި ހުދުކުލައިގެ ސްކިނީއެއް ލައިގެން ހުރިއިރު އައިރީން އާ ވަރަށް ގުޅެއެވެ. ” ރީން ހާދަ އަނގަ ގަދަ އޭ .. ތީ އަނގަ ގަދަ މިތުރުތަ ؟ .. ” އައިރީން ހުއްޓާނުލާ ވާހަކަ ދައްކަމުން ދިޔުމުން އިޒްޔަން ގަސްތުގަ އެހެން ބުނީ އައިރީން ރުޅި އަންނާނެކަން އެނގި ހުރެއެވެ. ” ހަހް .. ދެން ނޫޅެން އިޒް އާ ވާހަކަ ދައްކާކަށް .. ” ހަށަން ބަނދެލުމައްފަހު ކުޑަކުއްޖެއްހެން ތުން ކޮޅު އޫ ކޮއްލަމުން އައިރީން އެހެން ބުނުމުން އިޒްޔަން ގެ ފިރިހެންވަންތަ ހުނުމުގެ އަޑު އިވިގެން ދިޔައެވެ. ދެން ގެއާ ހިސާބަށް އާދެވުނު އިރުވެސް އައިރީން ހުރީ ރުޅި މޫނު ހަދާލައިގެންނެވެ . ހީވަނީ އޭނަ ދެން އިޒްޔަން މައާފަށް ނޭދެނީސް ވާހަކަ ނުދައްކަން ހުވާކޮއްގެން ހުރި ހެންނެވެ.

” ރީން ” ގެއަށް   ވަންނަން ދިޔަ އައިރީން ބަލާލީ އިޒްޔަން އޭނައަށް ގޮވާލުމުންނެވެ. ހަމަ އެ ސިކުންތުގާ އިޒްޔަން ގެ އަތުގައި އޮތް އެއްޗެއް ފެނުމުން ފުޅާ ހިނިތުން ވުމަކާއިއެކު އައިރީން އުދުހިފައި ކަހަލަ ގޮތަކަށް އައިސް އިޒްޔަން ކުރިމައްޗަށް ހުއްޓިލިއިރު އޭނާ އިޒްޔަން ދެކެ އައިސް ފައިވާ ރުޅި ގަނޑު ދިޔައީ ކޮންތަނަކަށް ކަމެއްވެސް ނޭނގެއެވެ. ” އިޒް .. ތީ ރީން އައްތަ؟ .. ” އައިރީން އެހެން އަހާލުމުން އިޒްޔަން ބޯ ޖަހާލިއެވެ . އުފާވެރި ހިނިތުން ވުމަކާއިއެކު އައރީން ފުންމައިގެން ފައި އިޒްޔަން ގައިގާ ބައްދާލިއެވެ. އިޒްޔަން ވެސް ހިނިތުން ވެލަމުން އެ ދެއަތުން އައިރީން ގެ އުނަގަނޑުގައި ވަށާލަމުން ބައްދާލިއެވެ.

” ވާއު އިޒް .. ތޭންކް ޔޫ.. ތޭންކް ޔޫ.. ތޭންކް ޔޫ ސޯ މަޗް .. ހެހެ .. ” އައިރީން އިޒްޔަން ގެ އަތުގައި އޮތް ކޮތަޅު އަތުލަމުން ދަމުން ދިޔައީ އައި ލަވް ޔޫ އޭ ބުނެލުމައްފަހު އިޒްޔަން ގެ ކޮލަށް ދޮނެއްވެސް ދީފައެވެ. ހެމުން ހެމުން ދުވެފައި ގޭތެރެއަށް ވަދެގެން ދިޔަ އައިރީން އަށް ބަލަހައްޓައިގެން ހިނިތުން ލައިގެން އިޒްޔަން އިރު ކޮޅަކު ހުރުމަށްފަހު ދެ ޖީބަށް އަތް ޖަހާލަމުން އޭނާގެ ގެއަށް ދިއުމަށް ހިނގައިގަތެވެ.

ދުވެފައި ގެއަށްވަދެގެން އައި އައިރީން ބަދިގެއަށް ގޮސް ސަމްސަލެއް ހިފައިގެން އައިސް ސޯފައިގާ ދެފައި ވައްކޮއްގެން އިށީނދެ ލުމައްފަހު ކުރިމަތީގައި ބަހައްޓައިފާ އިން ޓީވީ ހުޅުވާލިއެވެ. އޭނަޔަށް ކަމުދާ ކަހަލަ ޗެނަލަކަށް ލުމަށްފަހު އިޒްޔަން ދިން ކޮތަޅުގައި އޮތް އައިސް ކްރީމް ތަށިގަނޑު ނަގާ ކަނޑާލުމަށްފަހު ޓީވީ ބަލަމުން ކަމުން ގެއްދިޔައެވެ. އައިރީން އައިސްފިތޯ ބަލަން ސިޓިން ރޫމަށް ނުކުތް ނަޖުމާ ދެފަރާތަށް ބޯހޫރާލިއެވެ. ” ރީން އަދިވެސް ނުވޭތަ ނިދާކަށް .. މިހާރު އެއޮއް އެގާރަ ޖަހަނީ .. ތި ޓީވީ ނިއްވާލާފަ ދޭ ނިދަން .. ފަތިސް ނަމާދަށް ތެދުވަން ޖެހޭނެ .. ރީން މަންމަ މި ކިޔާ އެއްޗެއް އެބަ އަޑު އިވޭތަ؟.. ” ” ހޫމް މަންމާ … އަޑު އިވެޔޭ .. އޯކޭ އަޅުގަނޑު މިދަނީ ނިދަން .. އެކަމް މަންމަ ބުނައްޗޭ އެންމެން ކައިރީގަ މީތި ނުކައްޗޭ .. ” ނަޖުމާ އެހެން ބުނުމުން އައިރީން އެހެން ބުނެލުމަށްފަހު އައިސް ކްރީމް ތަށިގަނޑު އައިސްއަލަމާރިއަށް ލާން ދާން މިސްރާބު ޖެހިއެވެ. ” ހޫމް ބުނާނަން .. ތީ ކާކު ދިން އެއްޗެއްތަ ދަރިފުޅާ؟ .. ” ” މީ އިޒް ދިން އެއްޗެއް.. ” ފުޅާ ހިނިތުން ވުމަކާއިއެކު އައިރީން އެހެން ބުނެލުމަށް ފަހު ކޮޓަރިއަށްވަދެ ދޮރު ލައްޕާލިއެވެ. އަދި ފުން ނޭވައެއް ދޫކޮއްލުމަށް ފަހު ހެދުން ބަދަލު ކޮއްލުމައްފަހު އެނދަށް އަރާ އޮށޯވެލިއެވެ.

އެނދަށް އަރާ އޮށޯވެ ދެލޯ މަރާލުމާއިއުކު އައިރީން އަށް ސިފަވެގެން ދިޔައީ އޭނާގެ މަންމަ ފޮޓޯ ގަނޑަކަށް ބަލަން އިދެ ރޮމުން ވާހަކަ ވާހަކަ ދައްކަމުން ދިޔަ މަންޒަރެވެ. ދެލޯ މަރާ ތަގުޅި ކޮއްލީ އެ މަންޒަރު ބަދަލު ވޭތޯއެވެ. ނަމަވެސް މަންޒަރު ބަދަލެއް ނުވިއެވެ. ފުރޮޅި ފުރޮޅި އޮވެފައި ނުނިދުމުން ދެލޯ ހުޅުވާލުމަށް އައިރީން ފަހު ތެދުވެ އިށީނދެލިއެވެ. އޭރު އައިރީން ގެ ސިކުނޑިއަށް އެތަށް އެއްޗެއް އަރާ ފައިބަމުން ދިޔައެވެ. އެއީ ކޮން ފޮޓޯ ގަނޑެއް ބާވައޭ.. މަންމަ އެ ބަލަބަލާފައި އެ ވަރަށް ރޯނީ ގައިމު ވަރަށް ހާއްސަ ވީމަތާއެވެ. އަދި އެ ފޮޓާގަނޑާ ދިމާއަށް ދަރިފުޅާއޭ ކިޔާފަ ވާހަކަ ދެއްކީ ކީއްވެ ބާއޭ އައިރީން ގެ ހިތަށް އަރަމުން ދިޔަ އެވެ. އެތަށް ފަހަރަކު އެ ކަމާއި ބެހޭ ގޮތުން ނަޖުމާއާ ސުވާލު ކުރަން އައިރީން ގެ ހިތައް އެރިއެވެ. ނަމަވެސް ސުވާލު ނުކުރީ ކިތަންމެ ވަރަކަށް އެހިޔަސް ނަޖުމާ އެ ސުވާލުތަކަށް ޖަވާބު ނުދޭނެކަން އިނގޭތީއެވެ. އައިރީންގެ ސިކުނޑިއަށް ވިސްނުނީ އެންމެ ގޮތެކެވެ. އެއީ ނަޖުމާއަށް ސިއްރުން އެ ފޮޓޯގަނޑުގެ ހަގީގަތް ހޯދުމެވެ. އެ ނޫން ގޮތެއް އައިރީން އަކަށް ނުފެނުނެވެ. އެރޭ އައިރީން އަށް ނިދުނީ ވެސް އެ ހިޔާލުގައި އޮއްވައެވެ.

————————————————————-

އާދުވަހަކަށް އިރު އަރައިގެން އައީ އެއްބައެއްގެ ހިތްތަކަށް ހަމަޖެހުމާއި އުފާވެރިކަން ގެނުވަމުންނެވެ. އަނެއްބަޔަކަށް ހިތާމަޔާއި ހިތްދަތިކަން ގެނުވަމުންނެވެ.

އަރާމު ނިންޖަކުން ނިދާލާފައި އޮތް އައިރީން ސިއްސައިގެން ގޮސް ކޮޅަށް ތެދުވެވުނީ މީހަކު އޭނާގެ ގަޔަށް ފެން އެއްޗެއް އޮއްސާލުމުންނެވެ. އޭރު އައިރީން ގެ ދެ ލޯ ހުރީ ބޮޑު ވެފައެވެ. ވަށައިގެން ކޮޓަރި ތެރެއަށް އަވަސް ނަޒަރެއް ދިން އިރު ކައިރީގައި އަނގަމަތީގައި އަތް އަޅައިގެން ހޭން ހުރި ނީޝަމް ފެނުމުން އައިރީން ގެ ސިކުނޑި މަސައްކަތް ކުރަން ފެށިއެވެ. އައިރީން އަށް ވީ ގޮތް ރެއަކާލުމުގެ ކުރިން ނީޝަމް ބާލިދީ ބަލައްޓާފައި ދުވެފައި ހެމުން ހެމުން ކޮޓަރިން ނިކުމެއްޖެ އެވެ. ” ނީޝަން … ހޫމް ދެން ހޭން ހުރޭ .. ހުރެބަލަ ވަރުގަދަ ލަނޑެއް ދޭނަން .. ” އެނދުމަތީ އިނދެގެން ވާހަކަ ދައްކަމުން ދިޔަ އައިރީން އިނީ އެނާ އެ ގޮތަށް ހޭލައްވާލުމުން ރުޅިގަދަވެފައެވެ. އޭރުވެސް ނީޝަމް އައިރީން އަށް ފެންނާނެހެން ސިޓިން ރޫމުގައި ހުރެގެން ހެމުން ދިޔައެވެ.

” މިހާރު ކޮން ސަކަރާތެއް ތި ޖަހަނީ ދެމީހުން ؟ .. ” ނަޖުމާ ނީޝަމް ހޭން ހުރިތަން ފެނުމުން ސުވާލު ކޮއްލިއެވެ. ” މަންމާ .. ބަލާބަ މިހިރަ ނީޝަމް އަޅުގަނޑުގެ ގަޔަށް ފެން ބާލިދީ އެއް އޮއްސާލީ .. ” ކުޑަކުއްޖެއްހެން މޫނު ހަދާލަމުން ނީޝަމް އަށް ވުރެ ކުރިން އައިރީން ވާހަކަ ދައްކަން ފެށިއެވެ. ” ސޮރީ މަންމާ .. މަންމަ އަށް އިނގޭތަ އަޅުގަނޑު ގޮވާ ގޮވާ ދޮންތަ ނުހޭލި .. އެހެންވެ ފެން ބާލިދީ އެއް އޮއްސާލީ .. ސޮރީ .. ” ވަރަށް ދެރަވެލާފައި ނީޝަމް އެހެން ބުނުމުން ނަޖުމާ ހިނިތުން ވެލަމުން އެއީ އެއްވެސް ކަމެއް ނޫނޭ ތިހެދީ ހަމަ ރަނގަޅަށްށޭ ބުނެލިއެވެ.ނަޖުމާ އެހެން ބުނުމުން ނީޝަމް އައިރީން އާއި ދިމާލަށް ބަލާލުމަށްފަހު ދޫ ނެރެލިއެވެ. ނީޝަމް ދޫ ނެރެލުމުން އައިރީން ވެސް ނީޝަމް އާއި ދިމާއަށް ވައްތަރެއް ޖައްސާލިއެވެ.

( ނުނިމޭ )

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

lai

Level 110 Stories100 Comments

Other Articles

Previous

ޝެރިން (27 ވަނަ ބައި)

Next

ކަނޑުފެން (ވިހިވަނަ ބައި) KanduFen P-20

Next
December 17, 2015

ކަނޑުފެން (ވިހިވަނަ ބައި) KanduFen P-20

Previews
December 17, 2015

ޝެރިން (27 ވަނަ ބައި)

36 Comments!

  1. lai says:
    December 17, 2015 at 9:27 pm

    hey guyss .. here’s the next part ..hope u all will like it .. n aneh bai varah avahah upload kohdheynan insha allah .. n mistakes hunnaane .. mistake eh fenihjehyaa bunela dhehchey .. enjoy reading 🙂 🙂 🙂

  2. Shabee says:
    December 17, 2015 at 9:29 pm

    wow thnkx thihaa avahah up khdhinyma….. 😀 aasiyaa dheke vrh foohii vey…..huh wat evr 😛 😛 😛 anyways miii baivx varaaaah varaaaah varaaah reeethiiiii…..hama vrh kiyaahithun indhaa hama enimuny 🙁 🙁 🙁 nxt prt vx avahah dhigu kh up khdhehchey……
    🙂 all da bst 🙂

    1. lai says:
      December 17, 2015 at 9:44 pm

      hehe thanks shabee … hoon ehkala wht ever dhw hahaha ..yah next part vess v avahah up kohdheynan insha allah .. once again thanks 🙂 🙂 😀

  3. Shabee says:
    December 17, 2015 at 9:30 pm

    yay shaby 1st oa…..yay 😛

    1. lai says:
      December 17, 2015 at 9:44 pm

      hehe yah ur first 🙂 😉 hehehehehe

  4. ina says:
    December 17, 2015 at 9:33 pm

    wowwwwwwwww.laii love this story.mi part v v v v rythi.hyvey next part vx hama mihaa intresting vaane kamah.kyp it up.mihaaru next part kiyan kemmadhu vejje.when ix next part???avahah up kodhdhechchey.waitin wain waitin.once again kyp it up.

    1. lai says:
      December 17, 2015 at 9:46 pm

      thank u so much ina ..hehe iraadhakurehviyya v avahah upload kohdheynan aneh bai 🙂 .. once again thanks 🙂 😀

  5. ina says:
    December 17, 2015 at 9:33 pm

    yay me second.

    1. lai says:
      December 17, 2015 at 9:47 pm

      hahaha 🙂

  6. maalu says:
    December 17, 2015 at 9:36 pm

    Wowwwwwwwwwww vrh vrh reethi……………when is the next part??????……waiting…… Love this story..

    1. lai says:
      December 17, 2015 at 9:48 pm

      thank u so much mal .. thanks alot .. will upload the next part soon insha allah 🙂 😀 🙂

  7. maalu says:
    December 17, 2015 at 9:38 pm

    Yayyyy me third

    1. lai says:
      December 17, 2015 at 9:49 pm

      saabas .. thi thin myhun first secnd thrd kiyan baithihban vy . hehehehehe

  8. Inaa says:
    December 17, 2015 at 9:40 pm

    Nice. V avahah up koh dheh chey…

    1. lai says:
      December 17, 2015 at 9:50 pm

      thanks Inaa .. hmm varah avahah upload kohdheynan insha allah .. 🙂 😀

  9. ina says:
    December 17, 2015 at 9:55 pm

    hehehe

  10. yucie says:
    December 17, 2015 at 10:22 pm

    V v reethi mivaahaka… I love this story… 🙂

    1. lai says:
      December 18, 2015 at 12:58 pm

      Thanks alot yucie ? 🙂

  11. Aalu says:
    December 17, 2015 at 10:24 pm

    I’m fourth….v v v salhi mi part ves….

    1. lai says:
      December 18, 2015 at 12:59 pm

      Hehe yah .. thanks aalu ?☺? 🙂

  12. Nash says:
    December 17, 2015 at 10:27 pm

    Wowwwww….loabi izyan eh…magey izyan…love youu..♡♡♡♡♡

    1. lai says:
      December 18, 2015 at 1:01 pm

      Hehe .. yah nash ge izyan .. anyways thanks Nash ???☺?

  13. Mal says:
    December 17, 2015 at 10:28 pm

    🙂

  14. Shara says:
    December 17, 2015 at 10:35 pm

    v.nice…. keep it up sis.. ??

    1. lai says:
      December 18, 2015 at 1:03 pm

      Thank u so much shara ..???? i misss u alotttt .. love u ??

  15. Luvna❤ says:
    December 17, 2015 at 10:41 pm

    Lai ? eoah loabi koh kiyan indhaa thi ninmaaly???? ?? thihen hadhaakah nuvaanenu????.. Hehe.. Seriusly Iryn hama luv ah eh than kolhuvs dhoo nukurey????.. Hehw.. Aarchaa mi part vs varaaaaaah loabi inge???.. Waiting for the next part.. Avahah up kohdhehcheyy.. ??.. And ehkala ehkala boy mathin miss vejje??.. Alheyy dhn hama kiyaa hiyy vany next part.. Btw why is she so similar to me????.. ?????????

    1. Luvna❤ says:
      December 17, 2015 at 10:52 pm

      ?????????? next part when??????????

    2. lai says:
      December 18, 2015 at 1:11 pm

      Hehehe .. oh ehntha? .. adhi lai ah neyngy kameh thyy .. luv vess ulheny hama ehntha? Hehehe .. thanks alottt luv .. hmm aneh bai varah avahah upload kohdheynan iraadhakurehviyya .. hmm ehka ehka boy dhw .. luv ah vure bodah lai miss vey haha nulaahiku hotehnu ? hehe idk .. aslu e ee lai ulhey goiy heeeheeheee .. ekm neynge e ee luv vess ulhey goiy kameh .hehehehehehe .. anyways once again thanks .. i will upload the next part soon insha allah ?????☺? 🙂 😀

  16. mice says:
    December 17, 2015 at 11:12 pm

    nice! waiting for the 3rd part

    1. lai says:
      December 18, 2015 at 1:14 pm

      Thank u so much mice ☺??.. insha allah next part v avahah upload kohdhynan ???

  17. Ryn says:
    December 17, 2015 at 11:34 pm

    oh my.. ryn haadha anga gadhayw n anga gadha mithuruhey o.. eii ryn aai dhimaalah rynge frnd eh vx buni ehcheh.. lolxx.. vrh salhi inge mi prt bt vrh avahah e nimunyy… maa fonivelaafa kiyan inyma kahneynge ehaa avahah e nimuny.. hehehe. vrh vrhh rythi ingey n nw een ge prt vx vrh vrh intrstin.. wanna knw it asap hehehe.. n aasiyaa dhw.. hama in thanah vahtaalaathw maa fuhpnya hehehe 😛 waitin fr the nxt prt… aan adhi mi ixx haadha smrt ey dhw.. 😛 vrh salhi ingey eyna sifa khli goii.. dhe jyb ah aii laafa omg hehe.. 😛 smrt boy iRynge boy may b :P.. gud lck.. n miss u alt tc n luv ya.. 😉 <3

    1. lai says:
      December 18, 2015 at 1:20 pm

      Hahahaha aslutha? Hehe yah dhw .. thank u so much ryn .. hmm aasiya hama size ah thiri kohlaanan ?hehehehe .. hahaha hama ehaa smrt tha? Dhn ehen vyru ixx ge smrt bai kandu vaalan vy dhw ??? yah dhw iRyn ge smrt boy hehehehehehehehe.. thanks ryn .. miss u alot too .. love u .. tc .. ?????☺

  18. Immy says:
    December 17, 2015 at 11:35 pm

    alheyy….. alheyyyyyy…….. i dnt know wat to say???????? its jst so wowww……. aawwnn i luv this stry… mulhi site ge vx emme fav stry.. heehe… wen nxt prt???? cnt wait… aawwnn… dhn nxt prt miah vure vx dhigu kollahchey plxxx……… vrh kiyaa hiy vey….:D 😀 😀 😀 😀

    1. lai says:
      December 18, 2015 at 1:23 pm

      Thank u so much immy .. next part v avahah upload kohdheynan insha allah ??? yah miah vure dhigu kohleveytho balaanan 🙂 .. once again thanks immy .. n immy ge stry ge anehbai kon irakun? Waiting for ur story hehe .. ?☺

  19. mal dha says:
    December 18, 2015 at 7:51 pm

    Lai….. haadha nice ey …maa kuree

  20. nuhnu says:
    December 19, 2015 at 5:11 pm

    Vrh reethi..

Comments are closed.

Next Episodeލޯބިން އެކީގަ ވާނަމޭ.. (3)←


All Right Reserved!