އާއެކޭ ލޯބިވޭ ހަތްވަނަބައި (މި ވޭނަން ކެތްކުރަން ދަތިވެއްޖެއޭ)
ހަވީރު ފެންވަރާ ހަދައިގެން ކޮއްކޮ ދެކިލަން އެގެއަށް ދިޔައީމެވެ. ބޮޑު ގެއެކެވެ. ރީތި ގެއެކެވެ. ސިނޓިންރޫމުގައި ހުރި ބޮޑު ޓީވީއާއި ސޯފާ ސެޓުން އެކަނިވެސް މުއްސަނދިކަން ރަމްޒުކޮށްދެއެވެ. އެއްލިކަޅިއަކުން ސީލިންގުގައި އިން ޗާދަލިޔާ ފެނި އަހަރެން އަސޯހުވިއެވެ. ހައިބަ ބޮޑު އެ ޗާދަލިޔާއިން ސާހީކަން ވިދާ ބަބުޅަމުން ދިޔައެވެ. އެއްފަރާތެއްގައި ހުރި ދިގުމޭޒުދަށުގައި އެއްފަހަރާ އަށްމީހުންނަށް ކެވޭނެއެވެ. އެއީ އަށްގޮނޑީގެ ބޮޑު މޭޒެކެވެ. އެހެން ބަލަން ނުހުރެ ސަލާމް ގޮވާލުމުން އައީ ހަރު އުމުރުގެ އަންހެނެކެވެ. އޭނާ އަށް އަހަރެން އެނގިއްޖެއެވެ. ހިނިތުންވެލާފައި އިޝްބާ ދޮންތަ އަޝްބާ ދޯ އޭ އަހާލުމުން ބޯޖަހާލީމެވެ. ގޭގެ ބެލްކަނީގައި އިޝްބާމެން ވެއްޖެއޭ އެތަނަށް ދާމާހޭ ބުނުމުން ފަހަތުން ހިންގައިގަތީމެވެ. ތަފާތު ވައްތަރުގެ ގަސްތަކުން ޖަރީކޮށްފައި އޮތް ޕާާކަކަށް ވަދެވުނުކަހަލައެވެ. ވަށައިގެން އުނދޯލި ބަހައްޓާފައި ހުރި އިރު ކުޑަކުދިން ކުޅެން ކީއްސާ އެއްޗެއްވެސް ހުއްޓެވެ. އިށީނދެ ތިބުމަށް ދެތިން ބެންޗުވެސް ބަހައްޓާފައި ހުއްޓެވެ. ކޮފީ ތައްޔާރުކުރެވޭނެ އިންތިޒާމުވެސް ހުއްޓެވެ. އަހަރެންގެ ހިތަށް އެރިއެވެ. ހާދަހާވާ ފުރިހަމައެވެ. އަހަންނަން ޒުކާން ލިބުނުނަމަ ކޮންފަދަ އުފާވެރި ދިރިއުޅުމެއް ލިބުނީސް ހެއްޔެވެ؟ އެއްވެސް ހާލެއްގައި ކޮއްކޮގެ އުފާތަކުގެ މައްޗަށް އެއްގަދަކުރާކަށް ނޫޅެމެވެ. މިއީ ހަމަ ހިތަށް މިވަގުތު އެރި އެއްޗެވެ. މިއަދު އަހަރެން ލޯ މަރާލިޔަސް ހިތްހަމަޖެހުން ލިބޭނެއެވެ. ޒުކާނަކީ ކޮއްކޮއަށް ވަފާތެރިވާނެ އަޅާލާ އޯގާތެރި މީހަކަށް ވާނެކަމާމެދު ސައްކެއްކުރާކަށް ނެތީމެވެ. ޒުކާންގެ މަންމަ ސޮފިއްޔައްތު ކޮއްކޮދެކެ އުފަން ދަރިއެއްދެކެ ވާހާ ލޯބިވާ ތަން ފެނި ހިތަށް ހަމަޖެހުން ގެނުވައިފިއެވެ. ދެން ކަންތައްތައް ވަމުންދާނީ ކިހިނެއްބާއެވެ. ހުރިހާ ކަމެއްވެސް ރަނގަޅުވާނެކަމަށް އުންމީދުކުރަމާހެވެ.
ކޮއްކޮ އާއި ވާހަކަ ދައްކާލެވުމުން ހިތަށް ބުނެދޭން ނޭނގޭހާ އުފާވިއެވެ. އެގޭ ދައްތަ އަހަރެން ގެއަށް ދިޔަކަނުދިނެވެ. ރޭގަނޑުގެ ކެއުމަށް އެ އާއިލާއެކު އިންސާފުކުރުމަށް މަޑުކުރަން އެދުނުވަރުން ހުރީމެވެ.
ރޭގަނޑު އަށެއް ޖެހުމުން އެންމެން ކާންދިއައެވެ. އަހަންނަށް ކާމެޒުދަށުން ލިބުނީ ސިހުމެކެވެ. ކެއުމުގެ މާލަމުން ބައްދަލުވީ ކުރީގެ ލޯބިވެރިޔާއާ އެވެ. ނަޒާން އާއެވެ. އަހަރެން ފެނުމުން އެ މޫނުމަތިން ހައިރާންކަން ފެނިލިއެވެ. މަޑުމަޑުން ހީލާފައި ހާލު އަހާލިއެވެ. އެވަގުތަކީ ސޮފިއްޔައްތު ވެސް ކާމޭޒުދޮށުގައި ހުއްޓިލި އިރަށެވެ. ވާހަކަ ފެށީ ސޮފިއްޔަތަށް އެވެ.
“ސޮފިއްޔައްތު : މިއީ ދައްތަގެ ދޮށީ ދަރި ނަޒާން ރާއްޖޭން ބޭރުން ކިޔަވައިގެން އަމިއްލަ ވިޔަފާރި އެއް އިހަށް ދުވަހު އެ ހުޅުވީ ” ދައްތަ އަހަރެންގެ މޫނަށް ބަލާލާފައި ނަޒާން އަދި މީހަކާ ނީދެއޭ ބުނުމުން ލަދު ގަންނަން ގޮއެތް ވިއެވެ.
ކާ އެއްޗެހި ވަރަށް މީރެވެ. ކުކުޅު ބިރިޔާނި އާއި ބަކަރި ރިހައެވެ. އަލަނާސި ފަންޔާ ފޮތިކުރި ކަރައެވެ. ހަލުވިދާއާއި ކަސްޓަޑެވެ. ހުސް ކުޅުދިޔާވާ ކަހަަލަ އެއްޗެއްސެވެ. އަހަރެން ވެސް ވަރަށް ރަނގަޅަށް ކެއީމެވެ.
ގެއަށް ދާން އުޅުމުން ދައްތަ އަހަރެން ގޮވައިގެން ކޮޓަރިއަށް ގެންދިޔައެވެ. އެ ވާހަކަތައް ދައްކަން ދައްތަ ހުރީ ނިކަން ބޭނުންވެފަކަން އެ މޫނު ހެކިދިނެވެ. އަހަންނަކީ ކާކުކަން މީގެ އަހަރު ތަކެއް ކުރިން އެނގޭކަމަށް ސޮފިއްޔައްތައް ބުންޏެވެ. ނަޒާނުގެ ފޯނުން އަހަރެންގެ ތަސްވީރެއް ދުން ވާހަކަ އާއި ރަށްޓެހިވި ވާހަކަ ވެސް ކިޔައިދިނެވެ. ދެ މީހުން އެކުގައި ވާ ފޮޓޯ އެއް ނަޒާނުގެ ކޮޓަރީގައި ނިދާ އެނދުގެ ބާލީސްދަށުގައި ގެން ގުޅޭކަމަށް ދައްތަ ބުންޏެވެ. އަދި ނަޒާން އަހަރެން ދެކެ ވަރަށް ލޯބިވެއޭ ބުނުމުން މޭ ފިތޭ ގޮތް ވިއެވެ. މިއީ ފަހަރުގައިވެސް ކާން ވާ އެދޭ ގޮތެއްނޫންނެވެ. ޒުކާން އާއި ކޮއްކޮގެ ގުޅުމުން އަހަރެން މިހިރީ ދުވަހަކުވެސް ކައިވެންޏެއް ނުކުރަން ނިންމައިގެންނެވެ. ދައްތަ އެދުނީ އަހަރެންގެ ކައިރިން ނަޒާނުގެ ކައިވެންޏަށެވެ. މީގެ ދެ އަހަރު ތެރޭ ޖަވާބެއް ދިނުމަށް އެދިފަ އެވެ. ދިގު މުއްދަތެކެވެ. ހިތާ ސިކުނޑި ބައްދަލުކުރަށް ފަހި ފުރުސަތެކެވެ. ހިތާ ހިތާ ކިޔާލެވުނެވެ.
ދަސްނިވުމުގެ ދުވަހު ކޮއްކޮ އުޅުނީ މިގޭގަ އެވެ. ވީ ވަރަަކުން އަހަންނަން އެހީވެދީ ހެދިއެވެ. ހަޔާތުގައި އައި އެންމެ އުފާވި ރޭތަކުގެ ތެރެއިން މިއީ ރެއެކެވެ. އެހެނަސް އެހާ އުފަލެއް ނުވިއެވެ. މި ވެވުނީ ވާން އެންމެ ބޭނުންވި މީހަކަށްވެސް ނޫނެވެ. އުފަވެވެނީ ކިހިނެއް ހެއްޔެވެ؟މައިންބަފައިން މި ދުވަސް ދެކެން ތިބިނަމަ ހާދަ އުފާވާނޭ ހިތަށް އެރިޔަސް މިހިތް ހާސް މަރުން މަރުވެއެވެ. އެހެން ކުދިންގެ މަންމަ އާއި ބައްޕަ ހަފްލާގައި އުފަލުގައި ބައިވެރިވަމުން ދިޔައެވެ. އެމަންޒަރުން މި ދެލޯ ތެއްމަމުން ދިޔައެވެ. ނުރޯން ވަރަށް ހިތްވަރުކުރީމެވެ. އެކަމަކު ކުރާނީ ފަހެ ކޮން ކަމެއް ހެއްޔެވެ؟ މި ވޭނަށް ކެތްކުރަން ދަތިވެއްޖެއެވެ. ސަބުނަމުގެ ތިކިތަށް އޮއްސާލައިފި އެވެ. މޭކަޕް ހަޑި ވެއްޖެއެވެ. ލޯ ރަތްވެއްޖެއެވެ. އަދި ހަނދާނީ ފިލާއާއި ހަވާލުވާން ޖެހެއެވެ. ޖަލްސާ ކުރިއަށް އޮތީ އެވެ. އަޝްބާއަށް ހަނދާނެ ގޮތް ހުސްވެއްޖެ އެވެ. ހަމަ ރޮވެނީއެވެ. ލޯ ފުސްވާމުން މާހައުލު އަނދިރި ވެއްޖެއެވެ. ވާން މިއުޅެނީ ކިހިނެއްބާއެވެ. އަޝްބާގެ ލޮލުގެ ފެނުމަށް ކަމެއް ވަނީ ހެއްޔެވެ؟
ނުނިމޭ





