Skip to content
އެސްފިޔަ

އާއެކޭ ލޯބިވޭ އަށްވަނަބައި ( މިއީ ލޯބި ހާސިލްވާން ލިބުނު ފުރުސަތެއްތައް)

މައިންބަފައިން މި ދުވަސް ދެކެން ތިބިނަމަ ހާދަ އުފާވާނޭ ހިތަށް އެރިޔަސް މިހިތް ހާސް މަރުން މަރުވެއެވެ. އެހެން ކުދިންގެ މަންމަ އާއި ބައްޕަ ހަފްލާގައި އުފަލުގައި ބައިވެރިވަމުން ދިޔައެވެ. އެމަންޒަރުން މި ދެލޯ ތެއްމަމުން ދިޔައެވެ. ނުރޯން ވަރަށް ހިތްވަރުކުރީމެވެ. އެހެނަސް ސަބުނަމުގެ ތިކިތަށް އޮއްސާލައިފި އެވެ. “މޭކަޕް” ހަޑި ވެއްޖެއެވެ. ލޯ ރަތްވެއްޖެއެވެ. އަދި ހަނދާނީ ފިލާއާއި ހަވާލުވާން ޖެހެއެވެ. ޖަލްސާ ކުރިއަށް އޮތީ އެވެ. އަޝްބާއަށް ހަނދާނެ ގޮތް ހުސްވެއްޖެ އެވެ. ހަމަ ރޮވެނީއެވެ. ލޯ ފުސްވަމުން މާހައުލު އަނދިރި ވެއްޖެއެވެ.   ވާން މިއުޅެނީ ކިހިނެއްބާއެވެ. އަޝްބާގެ ލޮލުގެ ފެނުމަށް ކަމެއް ވަނީ ހެއްޔެވެ؟

އަޝްބާ ހޭނެތުނު ޚަބަރަށް ހަސްފަތާލަށް އައި ނަޒާން އިނީ ގެއަށް ވެސް ނުގޮށެވެ. އެހެން މީހުން ނިދަން ވީ ގެއަށް ގޮހެވެ. އެތައް ގަޑި އިރެއް ފާއިތުވެގެން ދިޔައިރުވެސް ހޭނާރައެވެ. އެހެން އިންއިރު ބޮލުގައި އެތައް ޚިޔާލެއް ފުނިޖެހެމުންދިޔައެވެ. ހިތާ ސުވާލު އުފައްދަމުން ޝަކުވާ ކުރަމުން ދިޔައެވެ. މިއީ އިއްތިފާޤެއް ބާއެވެ. ހަމަ ފުރުސަތު ލިބި ދުނިޔޭގައި އަހަރުމެން ބައްދަލުވީ ހެއްޔެވެ ؟ މި ފަހަރު އަޝްބާގެ ލޯބި ހާސިލު ވާނެ ނަމައެވެ. އެހެން ފޮނި ޚިޔާލުތައް ކުރެވެން ފެށުމުން ހިތަށް ވަނީ ވަރަށް ރީތި ލަވައެކެވެ.

” ފުރުސަތު ލިބި ދުނިޔޭގައި ބައްދަލުވޭ އަނެއްކުންނާ

ބައްދަލުވާ އިންސާނުން ގެއްލޭތަން އަންނާނޭ

ނަމަވެސް ހަނދާންތައް ފަހުން އާވޭ

ފުރުސަތު ލިބި ދުނިޔޭގައި ބައްދަލުވޭ އަނެއްކުންނާ

ބައްދަލުވާ އިންސާނުން ގެއްލޭތަން އަންނާނޭ

ނަމަވެސް ހަނދާންތައް ފަހުން އާވެއޭ

ފުރުސަތު ލިބި ދުނިޔޭގައި…

ނަޒަރުންވެސް ހާލު އަންގާނޭ

ހިތު ވިންދުން ބާރު ހޯދާނޭ

ސިއްރުން ހިތާ ހިތް ގުޅައިދެނީ ލޮލޭ

ނަޒަރުންވެސް ހާލު އަންގާނޭ

ހިތު ވިންދުން ބާރު ހޯދާނޭ

ސިއްރުން ހިތާ ހިތް ގުޅައިދެނީ ލޮލޭ

ރު ރޫރު ރު ރޫރު ރޫ

ސާދާ ތަސްވީރެއް އާ ހިތުގައި ކުރަހާލާނޭ

ސާދާ ތަސްވީރެއް އާ ހިތުގައި ކުރަހާލާނޭ

ގާތުން ލާ ނޭވާ އާއި ނޭވާ ގުޅާލާނޭ

އެނގުނީމަ ހިތް ދެން ހިނގައިދާނެއޭ

ފުރުސަތު ލިބި ދުނިޔޭގައި…

ހިތް ވެސް ބޭޒާރު ކުރެވިއްޖޭ

ލޯތްބަށް އިތުބާރު ގެއްލިއްޖޭ

ހިތް ވެސް ބޭޒާރު ކުރެވިއްޖޭ

ކާކަށް ގެ ހިތް ހަމަ ޖެހުން އޮތީ މިތާ

ލޯތްބަށް އިތުބާރު ގެއްލިއްޖޭ

ކާކަށް ހެ ހިތްހަމަޖެހުން އޮތީ މިތާ

ރު ރޫރު ރުރޫ

ހަފްލާތައް ރޭވޭނޭ

ބައްދަލުވުން ފެއްޓޭނޭ

ހަފްލާތައް ރޭވޭނޭ

ބައްދަލުވުން ފެއްޓޭނޭ

އެހަނދާން ކުރި އާވާނޭ

މުޅި ހިތް ބަދަލުވާން

ރާހަތުގެ ހުޅު ރޯވެގެން ދާނެޔޭ

ފުރުސަތު ލިބި ދުނިޔޭގައި ދުނިޔޭގައި ދުނިޔޭގައި…

ބައްދަލުވޭ އަނެއްކުންނާ ގެއްލޭތަން އަންނާނޭ

ނަމަވެސް ހަނދާންތައް ފަހުން އާވޭ

ނަމަވެސް ހަނދާންތައް ފަހުން އާވޭ

ނަމަވެސް ހަނދާންތައް ފަހުން އާވޭ

ނަމަވެސް ހަނދާންތައް ފަހުން އާވޭ

ނަމަވެސް ހަނދާންތައް ފަހުން އާވޭ

ފުރުސަތު ލިބި ދުނިޔޭގައި…

އޯއޯއޯއޯއޯ….

އެ ލަވައިގައި ބުނެއެެވެ.  ދުނިޔޭގައި ފުރުސަތު ލިބި ބައްދަލުވާނެއެވެ. ދެން ބައްދަލުވާ މީހުން ގެއްލޭތައް އާންނާނެއެވެ. އެހެނަސް ފަހުން ހުރިހާ ހަނދާނެއް އާވެދާނެއެވެ. މިއީ ދިވެހި ފިލްމު ހިތު ވިންދުގައި އިންނަން އަސަރު ގަދަ ލަވައެކެވެ. ކުރީގެ ދެ ލޯބިވެރިން އެތައް އަހަރެއް ފަހުން ބައްދަލުވާ ބައްދަލުވަށް ކިޔާ ލަވައެކެވެ. އެގާ ހިތް ބޭޒާރުވީ ވާހަކަ އާއި ލޯބީގައި އިތުބާރު ނެތް ކަން ހާމަކޮށް ދޭނެއެވެ. އެފަދަ ހިތްދަތި  އިހުސާސެއް ކުރަން މިއަދު އަހަންނަން ޖެހުނީ ފަހެއް ކޮން ކުށެއް ކުރެވިގެން ހެއްޔެވެ؟ އަހަންނަން މިދުނިޔެއިން ކުރެވުނުހާވެސް ކުށަކީ ލޯބިވެވުމެވެ. އުންމީދެއް ނެތް ދިރިއުޅުމަކަށް އިންތިޒާރުކުރެވުމެވެ. އެހެން ދުނިޔެއެއްގައި ފީނަމުން ދަނިކޮށް ކަންފަތުގައި ޖެހުނީ އަޝްބާގެ އަޑެވެ.

” އަޝްބާ :  ފެން ފޮދެއް ދެއްވާ” ފެން ފޮދަކަށް އެދުމުން ޝަކުވާ އަކާ ނުލާ ދިނީމެވެ. ދައްކާނެ ވާހަކަ އެއް އަހާނެ ސުވާލެއް ސިކުނޑިއަކަށް ނައެވެ. އެހެން ތިއްބާ އެތެރެއަށް އައީ ނަރުހެކެވެ. ޓެސްޓު ތަކުގައި ނަތީޖާ ހިފައިގެންނެވެ. އަހަރެން ރިޕޯޓަށް ރަނގަޅަށް ބަލާލީމެވެ. އޭގެން ދައްކާ ގޮތުގައި ނުކައި ހުރުމުގެ ސަބަބުން ވަރުދެރަ ވީއެވެ. ލޭވެސް އެހާ މަދެވެ. ފަސްޕޮއިޓުވެސް ހަމަ ނުވެއެވެ. ރަނގަޅު ކާއެއްޗެއް ދިނުމަށް އަހަންނަން ނަރުސް އަންގާފައި ގެއަށް ދޫކޮށްލެވޭނީ މާދަން ހަވީރަށޭ ބުންޏެވެ.

ހަފްތާއެއް ތެރޭ ބަލި މުޅިން ރަނގަޅުވެ ހަމަ އަކަށް އެޅުނެވެ. އެދުވަހު އަހަރެންގެ ހަނދާނީ ފިލާއާއި  ހަވާލުވެ ދިނީ ކޮއްކޮއެވެ. ރަަސްމީ  ޑިއުޓީއަށް ނިކުންނަން ޖެހެނީ އަންނަން މަހު ފަހުކޮޅު އެވެ. އައިޖީއެމްއެޗްއަށެވެ. ވަޒީފާ ހަމަޖެހުނީ އެތަނުންނެވެ. ލިޔަމުން މިދާ ވާހަކަ ވެސް އަދި ނުނިމެއެވެ. ހަސްފަތާލަށް ނިކުންނަން ވާއިރަށް ނިންމާލެވޭތޯ އުޅެމާހެއެވެ.  މިފަށަނީ ވާހަކައިގެ ފަހު ބާބު ލިޔާށެވެ.

ކިޔެވުމުގެ ދެވަނަ އަހަރު ފެށިގެން ކުރިޔަށް ދިޔައެވެ. މިއީ ތިން އަހަރާ ހަމަހުގެ ކޯހެކެވެ. މި ޓާމް ޗުއްޓީގައި އައްޑޫއަށް ވެސް  ދާންޖެހެއެވެ . ކުލާސް ކުއްޖެއްގެ ކައިވެނި ހަފްލާއަށެއެވެ. މި ދަތުރަށް އަހަރެން ވަރަށް ފޮނި އުންމީދުތަކެއް އެބަ ކުރަމެވެ . މިލީއަށް މި ހިތުގައިވާ ލޯބި ހާމަކޮށްދެން ގަސްތު ކުރަމެވެ. އައްޑޫ ދަތުރުގައި  ކަންތައްވާނީ ކިހިނެއް ބާއެވެ. ހުބާބަށް މިލީހަމް ލިބޭނެ ބާއެވެ.  މިލީހަމްގެ ހިތުގައި ޖާގައެއް ދެވިފާވާނީ ކާކަށް ހެއްޔެވެ؟

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.