Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredހިތާމައުފެއްދުންތެރި ލިޔުންލޯބި

އެކްޓަރ (ޕާޓް 11)

Lamtty
Lamtty Level 710 Stories100 Login100 Comments500 Login100 Stories
April 17, 2025 3 Mins Read
5 Comments

ފޯނު ނަގަން ބޭނުން ނުވެގެން އަހަރެން ފޯނު ސައިލެންޓަށް ލީމެވެ. އެކަމަކު ހަމަ ކެނޑޭ އިރަށް އަނެއްކާވެސް ގުޅައެވެ.ވީ ފޫހިން އަހަންނަށް މޫނު ހަދައިލެވުނެވެ.ކަށިން ހިތްވަރު ލައިގެން އަހަންނަށް ގުޅަމުން ދިޔައީ އުސައިދުއެވެ. އަހަރެން އޭނާއާއި ގުޅުން ބަދަހި ކުރަން ބޭނުން ނުވާކަން ރަނގަޅަށް އެނގޭއިރު އަހަންނަށް އެވަރަށް ގުޅުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟

****

’ޒައިފް…އޯކޭތަ؟‘ އަހަރެންގެ ޙަރަކާތްތަކަށް ސަމާލުކަން ދީގެން ޝާއީ އިންކަން އަހަންނަށް ރެއަކާލީ އޭނާ އެހެން އަހައިލީމައެވެ.

’އާނ…އޯކޭ… ކިހިނެއް ވީ؟‘ އަހަރެން މޫނުމަތިން އެ އަސަރުތައް ފުހެލަން މަސައްކަތްކުރަމުން  ބުނެލީމެވެ.

’އަހަރެން އިނީމަތަ ފޯނު ނުނެގީ…؟އިޓްސް އޯކޭއޭ…‘ ޝާއީ ހިނިތުންވެލަމުން ބުނެލިއެވެ.

’ނޫނޭ..މުހިއްމު ކޯލެއް ނޫން.. އެހެންވެ…‘ ބޯ ކަހައިލަމުން އަހަރެން ބުނެލީމެވެ.އެކަމަކު އޭނާގެ މޫނުމަތީގައިވި އަސަރުތަކުން އޭނާ އެކަން ގަބޫލު ކުރި ހެނެއް ހިއެއް ނުވެއެވެ.

’އޯކޭ… އެބަ އަންނަން ‘ ޝާއީ އެހެން ބުނެލާފައި  ތެދުވެ، ކޮށާ ނިމިފައި ހުރި ބަނބުކެޔޮ ތެލި ދެއަތުން ހިފައި ގަޔާ ދުރުކޮށްލައިގެން ހުރެ ބަދިގެ ފަރާތަށް ހިނގައިގަތެވެ. އޭނާ ގޮސް ބަދިގެތެރެއަށް ވަންނަންދެންވެސް އަހަންނަށް ހުރެވުނީ ކަޅިޖަހައި ނުލައި އެދިމާލަށް ބަލަހައްޓައިގެންނެވެ.

****

އަހަންނަށް ޝާއީއާއި މެދު ފުންކޮށް ވިސްނައިލެވުނެވެ.އަދި މިއުޅެނީ ދިމާވިތާ ސައުވީސް ގަޑިއިރުވެސް ނުވެގެންނެވެ. އެވީ ކުޑަ އިރުކޮޅުގެ ތެރޭގައިވެސް އޭނާގެ ކިބައިން އަހަރެންގެ ހިތް ޝައުގުވެރި ކުރުވި ކިތަންމެ ސިފައެއް ފެނިގެން ހިނގައްޖެއެވެ. ތެދެކެވެ.ޝާއީ އަކީ ބަލައިލަންވެސް  ރީތި ކުއްޖެކެވެ. ދެވަނަ ފަހަރަކަށް ބަލައިލަން މަޖުބޫރު ކުރުވާ ފަދަ ގޮތެއް އޭނާގެ ހުރެއެވެ. ރުއްކުރި ކޮޅެއްހާ އަލި މޫނާއި ދިގު އެސްފިޔަތަކަކުން ހިޔާ އަޅައިފައިވާ  މަޑު މުށި ކުލައިގެ ދެލޮލަކީ އޭނާގެ ބޭރު ފުށުގެ ސިފަތަކުން އަހަރެން އެންމެ އަޅައިގަތް ދެ ސިފައެވެ. ކުރު ކުއްޖަކަށް އޭނާ ނުކިޔާނެއެވެ.ގައިގެ ބައްޓަން ނޭނގޭހާ ދޫކޮށް ހުރި ކަޅު ހެދުމުގައި އޭނާ ފެންނަލެއް އެހާމެ ސާދާ ވެސްމެއެވެ. ޝާއީގެ ގޮތް އަދި އެންމެ ރަނގަޅަށް ނޭނގުނެއްކަމަކު އޭނާއަކީ ވަރަށް ހިތްހެޔޮ އަދި އެހާމެ ލާނެތް ކުއްޖެއްކަންވެސް އަހަންނަށް ބުނެލަން އެނގެއެވެ.އަނެއްހެން ބުނަންޏާ ޝާއީ އުޅޭ ގޮތުން އަހަންނަށް ހަމަ ސިފަ ވަނީ އަނޫކް އެވެ.

****

ދެން އަހަރެން ފޯނަށް ބަލައިލިއިރުވެސް ހަމަ ހުއްޓާލުމެއް ނެތި އުސައިދު ގުޅައެވެ. އަރައިގަތް ރުޅިން ފޯނު ނަގައި ބަވައިލަފާނަމޭ ހިތަށް އެރިއެވެ. އެހެނަސް އަހަރެން ފޯނު ނަގައި ކަންފަތުގައި ޖެހީ އެ އިހުސާސްތައް ކޮންޓުރޯލު ކުރަން މަސައްކަތް ކުރަމުންނެވެ. ފޯނު ނުނެގިއްޔާ އެވަރަށް މެސެޖު ކުރާނެ ކަންވެސް އެނގޭތީއެވެ.މަންމަ ރޮއެ އާދޭސް ނުކުރިނަމަ މިހާރު އަހަރެން ބަހައްޓާނީ ނަންބަރުވެސް ބުލޮކު ކޮށްފައެވެ. މަންމަ ކޮންމެ ގޮތަކަށް ކަންތައް ކޮށްފައި އޮތް ނަމަވެސް އަބަދު މަންމަ ދެކެ ރުޅިއައިސްފައެއް އަހަންނަކަށް ނުހުރެވުނެއެވެ.އެއީ އަހަރެންގެ މިޒާޖެއް ނޫނެވެ.އެނޫންނަމަ މަންމަގެ ކަންތައް ފުރަތަމަ ފަޅާއެރި ދުވަހުވެސް އަހަންނަކަށް މަޑަކުން ނުހުރެވުނީހެވެ.

****

’ޒައިފް ދެން ތި ރުޅިގަނޑު މަޑުކުރަންވެއްޖެ އެއްނު މިހާރު.އަހަންނަށް އަޅެ ކިހާ ވަރަކަށް ގުޅިއްޖެ. އެކަމަކު ހަމަ ހިތައް އެރިއްޔާ ތި ފޯނުު ނަގަނީ.ޒައިފް އަހަރެން މީ ބައްޕަކަމަށް ބަލައި ނުގަތަސް އަހަރެން ބަލަނީ ތީ އަހަރެންގެ ދަރިފުޅު ކަމަށް.އެހެންވީމާ ޒައިފް ކިތަންމެ އަހަރެން ދެކެ ރުޅި އަޔަސް އަހަރެން ގުޅާނަން މެސެޖުވެސް ކުރާނަން.‘ އުސައިދު ހިތްހަމަނުޖެހިފައި ފައްޗަކަށް އަމުނާލިއެވެ.

’ޝުކުރު ކޮށްބަލަ އަހަރެންް މިވަރަށް ފޯނު ނަގާތީވެސް. މަންމަ އާދޭސް ނުކުރި ނަމަ މިއަދު އަހަންނަށް ނުވެސް ގުޅުނީސް.އަހަރެމެން ދެން އިތުރަކަށް ދައްކާނެ ވާހަކައެއް ނޯންނާނެ.‘ ދެ ދަތްޕިލަ ޖައްސާ ބާރުކޮށްގެން ހުރެ މަޑު މަޑުން އަހަރެން ބުނެލީމެވެ.

****

އައިސްފައި ހުރި ރުޅިން އަހަންނަށް އެތަނުގައި އިށީނދެ އިންނަން އުނދަގޫވިއެވެ.އުސައިދުއާއި ޖަދަލު ކުރަމުން ތެދުވެ،ދެފަޔަށް ބާރު ލައިފައި ދެފަރާތަށް ހިނގަން ފެށުނެވެ. އަހަރެން ނަގާ ނަގާ ހުރި ފިޔަވަޅުތައް މަޑު ޖެހުނީ އުސައިދު ހުރެފައި ބުނެލި އެއްޗަކުންނެވެ.އޭރު އަހަންނަށް ހުރެވުނީ ފެޝަން ފުރުޓު ވެލުގެ ހިޔާގަނޑު ދަށުގައި ފުރަގަސް ދީގެންނެވެ.

****

’ ޒައިފް ރުހުނަސް ނުރުހުނަސް ހެޔޮ އަހަރެން މިއުޅެނީ ޒައިފްގެ މަންމަޔާ ކައިވެނި ކުރަން‘ ތަންކޮޅެއް އަޑަށް ބާރުލާފައި އުސައިދު ބުނެލިއެވެ.އެއީ ކަން ވާނެ ގޮތްކަން އަހަންނަށް މާ ކުރިއްސުރެ އެނގުނެއް ކަމަކު ދެންވެސް އެ ޚަބަރު ލިބުމުން އަހަރެން ހުއްޓުން އަރާ ގޮތްވިއެވެ.

****

އަހަރެން އެއްޗެކޭ ނުބުނެ ހުންނަން ފެށުމުން އުސައިދު ހަލޯއޭ ގޮވާ އަޑު އިވެންފެށިއެވެ.އުސައިދުގެ ކޯލު ކަނޑާލައި ފޯނު ތިރިކޮށްލެވުނީ ބުނާނެ އެއްޗެއް ދުލާ ހަމައަށް ގެންނަން އަހަރެން ނުކުޅެދުމުންނެވެ.ކޮންމެ ގޮތެއް ވިޔަސް އެއީ އަހަރެންގެ މަންމައާއި ބައްޕައެވެ. އެކަމަކު އެކަމާ އަހަރެން އުފާވާނެ ގޮތެއްވެސް އަހަންނަކަށް ނޭނގުނެވެ.

****

އަހަންނަށް ސިހުން ލިބުނީ އަހަރެންގެ މެދުހަށީގައި މީހަކު ދެއަތް ވަށާލައި ބާރުކޮށްލުމުންނެވެ.ހަމަ އެ ސިކުންތު އަހަރެން އެ ދެއަތުގައި ހިފައި ނައްޓުވާލައިފީމެވެ.

****

’ދެން އަ…‘ އަހަރެންް އެމީހަކާއި ކުރިމަތި ވާނޭހެން އެނބުރުމުން އޭނާ ބުނެ ބުނެ ހުރި ބަސް ވެސް ފުރިހަމައެއް ނުވިއެވެ.އެ ދެލޮލުން އަހަންނަށް ފެނުނީ ސިހުމެވެ.

****

ކުރިމަތީގައި ހުރީ އިސްކޮޅުން ކުރު، އޮޅަލި ހަންގަނޑަކާއި ބުޅި އިސްތަށިގަނޑެއްގެ ވެރި އަންހެންކުއްޖެކެވެ.އޭނާ ހެދުން އަޅާފައި ހުރި ގޮތް ފެނި އަހަންނަށް މޫނު އަނބުރައިލެވުނެވެ.ކުރު ކުރު ޑެނިމް ސޯޓުކޮޅަކާއި،އަތް ކުރު ފްލޯރަލް މަތި ކޮޅުގައި ހުރިއިރު އޭނާގެ ޢައުރައިން ބޮޑު ބައެއް އޮތީ ހާމަ އަށެވެ.

****

’ އޯ ގޯޑް އައިމް ސޯ ސޯ ސޯ ސޮރީ…އަނޫ ކަމަށް ހީކުރީ…އޯ ގޯޑް ދިސް އިޒް ސޯ އެމްބެރޭސިން.‘ އެ އަންހެން ކުއްޖާ ގަތް ލަދުން މޫނުމަތީގައި ދެ އަތް އެޅިއެވެ.އަހަރެން އިޓްސް އޯކޭއޭ ބުނުމުން ވެސް އޭނާ ތަކުރާރުކޮށް މާފަށް އެދުނެވެ.

****

’އަމް ސޯ ސޮރީ…ޔޫ ގައިޒް ހޭވް ދި ސޭމް ހައިޓް އެންޑް ޑްރެސިން ސްޓައިލް…އެން އިޓްސް ބީން ސޯ ލޯންގް ސިންސް ދި ލާސްޓް ޓައިމް އައި ސޯ ހިމް..އަމް ސޯ ސޮރީ ރިއަލީ.. ގޯޝްް‘ އޭނާ ދެންވެސް ތަކުރާރުކޮށްލީ ރޯ އިނގިރޭސި ބަހުންނެވެ.އެވެސް އެހާ ތުއި ކޮށެވެ.ޝާއީ ބުނި ލަޔާލީ އަކީ އެއީކަން އަހަންނަށް ރެއަކާލީ ދެނެވެ.

****

އަހަރަމެން ދެމީހުންނަށް އެއްފަހަރާ ބަލައިލެވުނީ ޝާއީ ހޭން ފެށި އަޑަށެވެ.

’ސާބަސް އެކަމަކުވާ ލަޔާ! މަންޖެ ދެން ހަމަ ތާކުން މީހަކު ފެންނައިރަށް ކާކުތޯވެސް ބަލައިނުލާ ތި ހަމަ ހަގްކޮށްލަނީ…އަނޫ ސިފައިގަ ދޯ އެންމެންވެސް ފެންނަނީ…އެހެންނުން ވާނީ އެހާ ލޯބިވޭ ވިއްޔާ…ހަހަަހަ…ބުނާނަން އަނޫ ކައިރީ.‘ ޝާއީ ލަޔާލީ އާއި ދިމާކުރަން ފެށިއެވެ.

****

’ދެން ނޯ ނޯ…ޕްލީޒް ނޯ‘ ލަޔާލީ ކުސްތަޅައިލަމުން ކުޑަކުއްޖެއްހެން ތުންކޮޅު އޫކޮށްލިއެވެ. އަހަރެންވެސް ހުރީ ޝާއީއަށް އެމަންޒަރު ފެނުނުކަން އެނގުމުން ވަރަށް ކަޑަވެފައެވެ. ޝާއީ އެވާހަކަ ކިޔައިފިއްޔާ އަނޫކްމެން އަހަންނާއިވެސް ދިމާކުރާނެއެވެ.

****

’ހޫނ އޯކޭ ނުބުނާނަން ތުއިގަނޑާ!‘ ލަޔާލީ ދެންމެ ދެންމެ ރޯން ފަށައިފާނެހެން ހީވީމާ ޝާއީ ހަތިޔާރު ބެހެއްޓިއެވެ.’ތޭންކްސް ބޭބް‘ ލަޔާލީ އެ ދިޔަ ގޮތަށް ގޮސް ދެން އޮޅުލައިގަތީ ޝާއީގެ ގައިގައެވެ.

****

’ހޫނ ސާބަސް މަންޖޭ! އަހަރެން ގައިގައި ދުވާނީ ބަދިގެ ވަސް.‘ޝާއީ އުނދަގޫވެގެން ބުނެލިއެވެ.އެކަމަކު ލަޔާލީ އޭނާ ދޫކޮށްލީ ހަމަ ރަނގަޅަށްވެސް ފިތާލައިފައެވެ.އަނޫކް ބުނިހެން އަތްދިގު މަންޖެއެއްތާއޭ ހިތަށް އެރުމުން އަހަންނަށް ދެ ފަރާތަށް ބޯ ހޫރާލެވުނެވެ.

 

ނުނިމޭ

 

 

 

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Lamtty
Follow Me Written By

Lamtty

Level 710 Stories100 Login100 Comments500 Login100 Stories

Challenging myself here 🌺🍃 ✍🏾 📖 ❤️ ☕ 😺 I believe there's always room for improvement. Constructive criticism is much appreciated.😊 ❤️

Other Articles

Previous

އާއެކޭ ލޯބިވޭ ހަވަނަބައި( އިންތިޒާރީގެ ރޮއްވާލި އަސަރުގަދަ ނިމުން)

Next

ކުށަކީ ކޮބާ – ސީޒަން 2 ޓްރައިލާ

Next
April 17, 2025

ކުށަކީ ކޮބާ – ސީޒަން 2 ޓްރައިލާ

Previews
April 16, 2025

އާއެކޭ ލޯބިވޭ ހަވަނަބައި( އިންތިޒާރީގެ ރޮއްވާލި އަސަރުގަދަ ނިމުން)

5 Comments!

  1. nuhaaaaaa says:
    April 17, 2025 at 7:24 pm

    vrh reethi Masha Allah lamttyyy ❤️
    tc

    1. Lamtty Lamtty says:
      April 17, 2025 at 8:07 pm

      Thank you girl ❤️
      Much 😘

  2. Himm says:
    April 17, 2025 at 9:41 pm

    Wooooooowwww loved this partttttttt

    1. Lamtty Lamtty says:
      April 17, 2025 at 10:46 pm

      Thank you 😊

  3. Lamtty Lamtty says:
    April 17, 2025 at 10:43 pm

    I mean… if it gross you out that much why keep reading my though? You could just stop at this point.Anyways your hate is my motivation you ain’t taking me down whoever you are. In Sha Allah. and whatever I wrote is purely fictional. 😊

Comments are closed.

Next Episodeއެކްޓަރ (ޕާޓް 12)←


All Right Reserved!