Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredހިތާމައުފެއްދުންތެރި ލިޔުންލޯބި

އެކްޓަރ (ޕާޓް 10)

Lamtty
Lamtty Level 810 Stories100 Login100 Comments500 Login100 Stories
April 15, 2025 3 Mins Read
7 Comments

އަހަރެމެން ވަދެ މޭޒުކައިރީގައި އިށީނުމުން އަހަރެމެންނަށް ސައި ތައްޔާރުކޮށް ދިނުމަށް ޝާއީ އަވަސްވެގަތެވެ.އޭނާ އައިސް މޭޒުމަތީގައި ބަހައްޓާފައި ހުރި ތަށިތަކުގެ މަތި ނެގުމުން އެ ދުވަންފެށި ކާއެއްޗެހީގެ މީރު ވަހުން އަހަރެންގެ ބަނޑުން އަޑު ކިޔައިލިއެވެ. ހެނދުނުގެ ވަގުތެއް ކަމަކު މޭޒުމައްޗަށް ހީވަނީ އީދެއް އައިސްފައި އޮތް ހެންނެވެ.ރޮށްޓާއި، ދެވައްތަރެއްގެ ރިހައާއި، މަސްހުނީގެ އިތުރުން ހަނާކުރި ބޯށްޓާއި ތެލުލި ސޮސެޖާއި, ޕާން ޓޯސްޓުކޮށްފައި ބަޓަރާއި ޖޭމު ޖަހައިގެން ކެވޭ ގޮތަށްވެސް ހުއްޓެވެ.

****

އަހަރެމެނަށް ފެނާއި ސައި އަޅައިދީ ހަދާފައި ޝާއީ  އިސްޖަހައިގެން ހުރެ ކާގެ ބައިން ނުކުތެވެ.ނުބަލަން ހުއްޓަސް އަހަންނަށް އޭނާގެ ހުރިހާ ހަރަކާތަކަށްވެސް ސަމާލުކަން ދެވުނެވެ.ކީއްވެގެން ކަމެއް އަހަންނަކަށް ނުވިސްނުނެވެ. އަނޫކްމެން މީހަކަށް ފާހަގަ ވެދާނެތީ ކަންބޮޑުވީ ވަރުން އަހަރެން އޭނާ ދިޔަ ދިމާލަށް ބަލައިލީވެސް ވަރަށް ސިއްރުންނެވެ.

****

އަހަރެމެން ސައި ބޮއެ ނިމެން އުޅެނިކޮށް ޝާއީ އައީ ކަރާ ފޮތިތަކެއް އަތުރާފައި ހުރި ތަބަކެއް ހިފައިގެންނެވެ.

****

’އަނހާ…މި ނުކެއްޔާ މިރަށަށް އެރި ކަމަކަށް ނުބެލެވޭނެ އިނގޭ.‘އަނޫކް ވަރަށް ފޮނިވެފައި ކަރާ ފޮއްޗެއް ނަގައި ދައްކައިލަމުން ބުނެލިއެވެ.އެކަރާގެ ތާޒާކަމާއި ރަތްކަމުން އަހަރެންވެސް އެ ކާހިތްވިއެވެ.އެންމެ ފަހުން އަހަރެން ކަރައެއް ކޭ ދުވަހެއް މިހާރު ހަނދާންވެސް ނެތެވެ.

****

’ކުޑާ ދާންވާނެއެއްނު އަހަރެމެންނާ އެކީ ކަރާ ދަނޑުތައް ބަލައިލަން.‘ދެންވެސް ވާހަކަ ދެއްކީ އަނޫކްއެވެ.ޖަވާބު ދިނުމުގެ ގޮތުން ޝާއީ ހަމައެކަނި ބޯޖަހައިލީއެވެ.

****

ޝާއީ އިސްވެ ވާހަކަ ނުދައްކާތީ އަހަންނަށް އޭނާއާއި ވާހަކަ ދައްކާކަށް ނުކެރުނެވެ.އެހެނަސް ނަޔާން ވަރަށް އަވަހަށް އޭނާއާއި ގުޅާލައިފިއެވެ. އެއީ އޭނާގެ މިޒާޖެވެ.އެހާ އަނގަ ގަދަވެފައި މީހުންނާއިވެސް ގުޅޭނެއެވެ.ދެން ހުރީ އައްޒާމެވެ.އެއީ މީހެއްގެ ފިރިއެކެވެ.ވަފާތެރިކަމުގެ ނަމޫނާއެއްވެސް މެއެވެ.އަންހެނަކު ދާ މަގުން އޭނާއަށް ވެގެން ވާނެނަމަ ނުވެސް ހިނގާނެއެވެ. ޝާއީއާއި ދިމާލަށްވެސް އޭނާ އިސްއުފުލައި ބަލައިވެސް ނުލައެވެ.

****

ސަޔަށް އިންސާފުކޮށް ނިމިގެން އަހަރެމެން ނުކުތީ ގޯތި ތެރޭ ބަނބުކެޔޮ ގަސް ދޮށުގައި ބަހައްޓާފައި ހުރި ޖޯލިފައްޗަށެވެ.އަނޫކް ޝާއީ ކައިރީ ބުނެގެން މާމަގެ ދުފާ ތަބައް ގެނުވިއެވެ.ރަނގަޅަށް ބިލެތް ހުނި ލައި ދުފާ ރަތްކޮށްލައިގެން އޮވެ އޭނާ ވާހަކަ ދައްކަމުން ދިޔައިރު އަހަންނަށް ސިފަވެގެން ދިޔައީ ދިވެހި ކޮމީޑިއަން ’މުހައްމާ އެވެ.‘ އަހަންނަށް އިޚުތިޔާރަކާއި ނުލައި ހެވުނެވެ.

****

’މީނަ ކޮން ހިންޏެއްތަ މި އަންނަނީ… ކޯއްޗެކޭ ހިތަށް އަރައިގެން ތި ހެނީ ކައެ؟… މިފަހަރު މިރަށުން ކަމެއް ކޮށްލައިގެނެއްނު ދާންވާނީ…ކުޑާ ނެތްތަ ސަޅި ބިޓެއް މި ސޮރަށް؟‘ އަނޫކް ބުނެލިއެވެ.

’އަދިވެސް އެހެން މީހުނަށްތަ ބިޓުން ހޯދަނީ. ކީއްވާނީ ތިމާ މީހާ ފަހަތުން ދުވާ މީހާއަށް ތިމާ ސެޓުވިއްޔާ.ލަޔާލީ އަދިވެސް އެހުންނަނީ އަނޫ ލިބޭތޯ.އަނޫ އޭނާއަށް ސެޓުވިއްޔާ މާ ރަނގަޅެއްނު.‘ ވަރަށް ކެރިގެން މިފަހަރު ޝާއީ ރައްދު ދިނުމުން ހައިރާންވެފައި އަހަންނަށް އޭނާއާއި ދިމާލަށް ބަލައިލެވުނެވެ. އެވަގުތު އަހަންނާއި ހަތަރުކަޅި ހަމަވުމުން އިސް ދަށަށް ޖެހުމުގެ ބަދަލުގައި އޭނާ އަހަންނަށް ހިނިތުންވެލިއެވެ. އަހަރެންވެސް ރައްދުގައި ހިނިތުންވެލީމެވެ.

****

’އޭ ކަޑަ ނުހަދާ ތިދެން މިހާރު ކޮން ވާހަކައެއް؟ އެކޮޅުގަ ހުންނައިރުވެސް އޭނަ މަގޭ ނަންބަރު ހޯދައިގެން ގުޅާ މެސެޖުކުރާވަރުން ބޮލަށް އުނދަގޫވޭ ކުޑާ ކަންތަކޭ މި.‘ އަނޫކް ގަޔާނުވިކަން އޭނާ އަނގަޔަށް ޖައްސައިލި ވައްތަރުން އެނގުނެވެ.

****

’ އޮނހޮހޯ!ހަމަ އަމިއްލައަށް ބުއި ބޮނޑިއެއްތީ…އަނޫ ވެއްޖެ ވިއްޔަ އެވަރުން އޭނައާ ފްލާޓް ކުރަން. ދެން އޭނަ ފޯލް ވީމާ ކޮންމެހެން އޭނައަށް ބުލޭމް ކުރާނެކަމެއް ނެތް.މިއަދު ފަނި ހަދައިގެން ނުވާނެ. އޭނަ އަޔަސް އަނޫ ގައިން ތަންގަނޑެއް މަދެއް ނުވާނެ. އަހަރެން އުޅޭތާކަށް އޭނާ އަންނާނެ ދޯ.ބެސްޓް ފްރެންޑްސް ވިއްޔަ. އަހަރެން ބުނިން މިއަދު އަނޫމެން އައިސް އުޅޭތީ މަޖާ ހަދަންކަމަށޭ މިއުޅެނީ…މިހާރު މިގެއަށް އައުމުގެ މަގުމަތީ ކަންނޭނގެ އުޅޭނީ…‘ ލާނެތް ރާގަކަށް ޝާއީ ބުނެލިއެވެ.

****

ފުރަތަމަ މަޑުން ހުއްޓަސް އަސްލު މީ ވަރެއްގެ އަންހެން ކުއްޖެއްތާ އޭ އަހަރެންގެ ހިތަށް އެރިއެވެ. އޭރު ނަޔާންވެސް ޝާއީއާއި އެއްބައިވެގެން އަނޫކްއާއި ދިމާކުރެއެވެ.

’އޭ ތީތި ކަޑައޭ. ދެން މާދަން މަޖާ ހަދާނީ. ރަށަށް އެރި ފުރަތަމަ ދުވަހު އެގޮއްޔެ ފަހަތު ލައިގެން ނޫޅެވޭނެ މަށަކަށް…ހުވާ މަ ފެނިއްޖެއްޔާ އޭނައަށް ވެގެން ވާނެނަމަ އަށްޓަމަހެއް ހެން ތަތްލަވާނެ މަ ގައިގަވެސް…އެހާ އަތްދިގު މަންޖެއެއް އެއީ…މިހާރު އަހަރެން މޮޔަ ހިތަށް އަރާ މަޖަލަކަށް ވެސް އެކަމާ އުޅެވުނީމަ!‘ އަނޫކް ޗޮކެއް ކަނޑައިލިއެވެ.

’ހޫނ…އޯކޭ ދެން އޭނަ އައިމަ މަ ބުނާނަން އަނޫ ފަނި ހެދީއޭ…‘ ޝާއީ ދިމާކޮށްލިއެވެ.

’އަހަންނަށް ހެޔޮ!‘ އަނޫކްވެސް އަނގަޔަކުން ދެރަައެއް ނުވެއެވެ.

****

ފިހާރައަކަށް ދިއުމުގެ ބަހަނާ ދައްކާފައި އަނޫކް އަވަހަށް  ގެއިން ނުކުމެގެން ދާން ފެށުމުން ނަޔާންއާއި އަައްޒާމުވެސް އޭނާގެ ފަހަތުން އަޅުވައިލިއެވެ. ބޭނުމަކަށްވީ ލަޔާލީ އަންނަންވާއިރަށް ބެޗުމެވެ.އައްޒާމު އަލިފަކަށް ވިޔަސް ނަޔާން އެދަނީ ސިނގިރޭޓަކަށް ސިކުވެގެންކަން އޭނާ ނުބުންޏަސް އަހަރެމެންނަށް އެނގުނެވެ.ޝާއީ އިނީމައި އޭނާ ސީދާ އެހެން ނުބުނީއެވެ.

****

އަނޫކްމެން ދިޔަތާ އިރުކޮޅެއް ފަހުން ޝާއީ ނުކުތީ  ތޮށި ނުމަށާ ހުރި ބަނބުކެޔޮ ތަކެއް ފެން ތެއްޔަކަށް ލައިގެންނެވެ. އަހަރެން އެކަނި އިންދާ ފެނުމުން އޭނާ އަނެއްކާވެސް ހިނިތުންވެލާފައި އެ ތެލިގަނޑު ހިފައިގެން އައިސް ، ޖޯލިފަތި ކައިރީ ބިންމަތީގައި ގޯނިގަނޑެއް ފަތުރާފައި، އޭގެ މަތީގައި އެ ތެލި ބެހެއްޓިއެވެ. އެއަށްފަހު އައިސް ޖޯލީފަތިގައި އިށީނދެ އޭނާ ގެންގުޅުނު ވަޅިން ފަހަރަކު ބަނބުކޭލެއް ފަޅަން ފެށިއެވެ. އަހަންނަށް ކޮސްވެފައި އޭނާގެ ހަރަކާތްތަކަށް ބަލަން އިނދެވުނީ އެއީ ދުވަހެއްގެ ކޮޅުންވެސް އަހަރެން ދުށް މަންޒަރަކަށް ނުވީތީއެވެ.

****

’މާމައާއި ޝާއީ އާ އެކަނިތަ މިގޭގަ އުޅެނީ…؟‘ ވަރަށް ހިތްވަރު ކޮށްލާފައި އަހަރެން އިސްވެ އޭނާ ކުރެން އަހައިލީމެވެ.

’ނޫން…ބައްޕަ ވެސް އުޅޭނެ.އެކަމަކު މިވަގުތު ނެތް ރަށަކު. އަންނަ ހަފްތާ ހޯމަ ދުވަހު މިކޮޅަށް އަންނާނެ…ޒައިފްމެން ކިތައް ދުވަހަށްތަ ތިއައީ…؟އެ އުޅޭ މީހާގަނޑު ނުބުނި މަ ކައިރީ. އަހަރެން މާ ހިންގާލަފާނެތީ ބިރުން ކަންނޭނގެ..ހެހެ‘

ޝާއީ ވާހަކަ ދެއްކި އިރު ކުރިން އެހުރި ބީރައްޓެހިކަމެއް މިހާރަކު ނެތެވެ.

’އެހެންތަ؟ ޗުއްޓީ ހަމަވުމުގެ ދެ ދުވަސް ކުރިން ދާނަމޭ އަނޫ ކީ. އެހެންވީމަ ގާތްގަނޑަކަށް ހަތާވީސް ދުވަސް.ޝާއީ ދެން ކީއްކުރަނީ ތި މިކޮޅުގަ؟ ފޫއްސެއް ވެސް ނުވޭތަ؟‘ އަހަރެން އަހައިލީމެވެ.

’އައްދޭ އަހަރެން ކީއްވެ ފޫހިވާންވީ…؟ މީ އުފަން ރަށޭ…ހިތް އޮންނާނީ މިތާނގަ ދޯ… އަހަރެން އޮންލައިންކޮށް ކޯހެއް ހަދަނީ މި.ދޮންތަ ވަރަށް އުޅުނު އަހަރެން މާލެ ގެންދަން.އެކަމަކު ހަމަ ދާހިތް ނުވީ މަންމަމެން ދޫކޮށްފަ…މަންމަމެން ވެސް އޭރުން ކިހާ އެކަނި ވާނެ ދޯ…‘ ޝާއީ އަހަންނަށް ދޯ ދިނެވެ.އަހަރެން އެއްބަސް ވުމުގެ ގޮތުން ބޯ ޖަހައިލީމެވެ.

****

އަހަންނާއި ވާހަކަ ދައްކަމުން ޝާއީ އެ ބަނބުކެޔޮ ކޮޅު ކޮށައި ނިންމައިލީ ފަރިތަކަމާއި އެކުގައެވެ. ޝައުގުވެރިކަމާއި އެކު އޭނާގެ އެ އަވަސް ހަރަކާތްތަކަށް ބަލަން އަހަންނަށް އިނދެވުނީ ހިނިތުންވެވިފައެވެ.އެހެނަސް އަހަރެންގެ ފޯނު ރިންގުވާން ފެށި އަޑަށް ފޯނު ނަގައި ސްކްރީނަށް ބަލައިލެވުނެވެ.ވަގުތުން އަހަރެންގެ އެ އުފާވެރި މޫޑު ޚަރާބުވެގެން ދިޔައެވެ.

 

(ނުނިމޭ)

 

 

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Lamtty
Follow Me Written By

Lamtty

Level 810 Stories100 Login100 Comments500 Login100 Stories

Challenging myself here 🌺🍃 ✍🏾 📖 ❤️ ☕ 😺 I believe there's always room for improvement. Constructive criticism is much appreciated.😊 ❤️

Other Articles

Previous

ކުޑަކުޑަ ދަރިފުޅު 1

Next

ވާ ލޯބި އެނގޭނަމަ(12)

Next
April 15, 2025

ވާ ލޯބި އެނގޭނަމަ(12)

Previews
April 15, 2025

ކުޑަކުޑަ ދަރިފުޅު 1

7 Comments!

  1. nuhaaaaaaa says:
    April 15, 2025 at 6:26 pm

    Mi part vx vrh reethi Masha Allah ❤️
    tc
    ly <3

    1. Lamtty Lamtty says:
      April 15, 2025 at 7:10 pm

      Thank you 😊
      Much loves ❤️

  2. Anonymous says:
    April 16, 2025 at 6:59 pm

    Lampuu

    1. Lamtty Lamtty says:
      April 16, 2025 at 7:33 pm

      Yes

  3. Anonymous says:
    April 16, 2025 at 7:01 pm

    Mee Kon kahala vhk ehtha dhn. Meehaku kiyaakahala ehcheh dhw dhn mi 🙄🙄heevani…… Dhn nubuniyyaa kanne Ragalhu vaany vx 🙄

    1. Lamtty Lamtty says:
      April 16, 2025 at 7:33 pm

      Ik it’s a different story but thanks for reading 😊

    2. Aishi says:
      April 16, 2025 at 9:04 pm

      Lamtty ge comebacks hama 💯 😭🤣🤣

Comments are closed.

Next Episodeއެކްޓަރ (ޕާޓް 11)←


All Right Reserved!