Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

އިންސާފު ލިބޭނެބާ – 37

Maash
Maash Level 10100 Login10 Stories100 Comments500 Login500 Comments100 Stories
April 15, 2025 5 Mins Read
18 Comments

“މަރިޔަމް ދާލިޔާ ދާއިން އަހަރެންނަށް ދާލިޔާ ފެނުނީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާގެ ގެއަށް ގޮސް އެޅެނިކޮށް.. އަހަރެންނަށް ފުރަތަމަ ދާޔާއާ މެދު ކަންތައް ކުރެވުނީ ރަނގަޅަކަށްނޫން.. ތިއީ އަހަރެންގެ ހިތަށް އެންމެ ފުރަތަމަ ތަފާތު އިހްސާސެއް ދަސްކޮށްދިން ކުއްޖަކީ.. އަހަރެންގެ ހިތުގެ ތެޅުން އަވަސްކޮށް އަދި އަހަރެންގެ ހިތަށް ފަރުވާކޮށްދިނީވެސް ހަމަ ތި ލޯބި ކުއްޖާ.. އެކަމާ އަހަރެން އެންމެ ފުރަތަމަ ވަރަށް ހާސްވި.. އަހަރެން ހީކުރީ ދާޔާވެގެން ދާނީ އަހަރެންގެ ވީކްނެސްއަށް ކަމަށް.. އެކަމަކު ނޫން.. ދާޔާ ތީ ވަރަށް ސްޓްރޯންގް ކުއްޖެއް.. އަހަރެންނަށްވެސް ސްޓްރޯންގްވާން ދަސްކޮށްދިނީ ހަމަ ތި ދާޔާ.. ތިއީ އަހަރެންގެ އެކަނިވެރި ހަޔާތައް އެޅުނު އަލިކޮޅެއް.. ތިއީ އަހަރެންގެ ހިތުގެ ފަރުވާއަކީ.. އަބަދުވެސް އަހަރެންގެ ހިތަށް ފަރުވާ ކޮށްދޭން ހުންނާނަންތަ؟ އަހަރެންގެ ހަޔާތަށް އަބަދަށް އައިސްދޭނަންތަ؟ އަހަރެންނަށް ތި ލޯބި ކުއްޖާގެ ހިތް ލޯބިން ފުރައިދޭން އަހަރެންގެ އަތުގައި ހިފާންނަތަ؟ އަހަރެންނާ ކައިވެނި ކުރާނަންތަ؟” ދާލިޔާގެ ދެލޮލަށް ނަޒަރު ހުއްޓައިލައިގެން ހުރެ އުކައިލް އަހައިލިއެވެ. ދާލިޔާގެ ދެލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް އުކައިލްއަށް ފެންނަމުން ދިޔައެވެ. އުކައިލް ހުރީ ދާލިޔާއަށް އޭނަގެ އަތް ދިއްކޮށްލައިގެންނެވެ.

***37 ވަނަ ޕާޓް***

އުކައިލްގެ ވާހަކަކޮޅު އިވި ދާލިޔާގެ ދެލޯ ފެންކަޅިވިއެވެ. އޭނައަށް ހުރެވުނީ އަނގަމަތީގައި އަތް އަޅައިގެންނެވެ. މަޑުމަޑުން ނޭފަތް ދަމާލަމުން އުކައިލްގެ އަތުގެ ތެރެއަށް ދާލިޔާގެ ކަފަކޮޅެއްހައި މަޑު އަތްތިލަލިއެވެ. އަދި މަޑުމަޑުން ބޯޖަހައިލިއެވެ. “އަޑެއް ނީވޭ.. ލިޔާގެ އަޑު ކޮބާތަ؟” ދާރިއަން ހިނިއައިސްފައި ހުރެ ކޮއްކޮއާ ދިމާކޮށްލިއެވެ. “ޔެސް” ހިންޏަކަށް އަޑުއިވޭހާ މަޑުން ދާލިޔާ ބުންޏެވެ. އެއާއެކު ދާލިޔާގެ މަޑު ހަށިގަނޑު ގެނެސް އުކައިލް އޭނަގެ އަތުގެ ތެރެއަށްލައި ފޮރުވައިލިއެވެ. ހެމުން ރޮމުން ކަހަލަ ގޮތަކަށް އުކައިލްގެ މޭގައި ދާލިޔާ އޭނަގެ އަތުން ތަޅައިގަތެވެ. “ދެން އެހެން ދުވަހަކުވެސް ނަހަދާތި.. އަހަރެން ހާދަ ބިރެއް ގަތޭ..” ދާލިޔާ ނޭފަތް ދަމައިލަމުން ބުންޏެވެ. ދާލިޔާގެ ކަރުނުން ފުރިފައިވި ދެލޯ އޭނަގެ އަތުން ފޮހެލަމުން އުކައިލް ލުއިގޮތަކަށް ހީލިއެވެ. އަދި ދާލިޔާގެ ނިތުގައި ބޮސްދިނެވެ. “ނޯ ޕްރޮމިސެސް ހެހެހެ.. އައި ލަވް ޔޫ ބޭބީ..” ދާލިޔާއާ ދުރުވެލުމުގެ ކުރިން ވައި އަޑުން އުކައިލް ބުނެލިއެވެ.

ދާލިޔާގެ ކޯތާފަތަށް ފިނިފެންމާ ކުލައަރައިގެން ދިޔައެވެ. އެންމެން ދިމާކުރާ އަޑު އިވެން ފެށުމުން ދާލިޔާ ރަކިވެފައި ހުރެ އުކައިލްއާ ދުރުވެލިއެވެ. ގާތް ތިމާގެ މީހުންނަށްށާއި އެކުވެރިންނަށް ކެއުމެއް ދިނުމަށްފަހު އިރުއޮއްސެންވާއިރަށް އެ އެންމެން ފޮނުވައިލިއެވެ. އުކައިލްއާއި ދާލިޔާގެ އާއިލާ މީހުން ކައިވެނީގެ މަޝްވަރާކުރަން ތިބި އިރު މާވިން އާއި ހޫރީންގެ އިތުރުން ދާރިއަން އާއި މިޔާވެސް ހުރީ އަޑުއަހަންނެވެ. “ދަރިފުޅު ބޭނުން ވަނީ ކޮންކަހަލަ ތީމްއަކަށް ޕާޓީ ބާއްވަން؟” އުކައިލްގެ ބޮޑުދައިތަ ކަމަށްވާ މާރިޔާ އަހައިލިއެވެ. “ދާޔާ ބޭނުންވާ ހުރިހާ ގޮތަކަށް އަޅުގަނޑު އެއްބަސް..” އުކައިލް ދީވާނަވެފައި ހުރި މީހެއް ފަދައިން ދާލިޔާއާ ދިމާލަށް ބަލައިލަމުން ބުންޏެވެ. ދާލިޔާގެ މޫނަށް ރަތް ކުލަ ފާއްދައިލިއެވެ. “ނޫނޭ އެގޮތް ރަނގަޅެއް ނުވާނެއެއްނުން.. ލެލްވެސް ބޭނުންވާ ގޮތަށް ކަންކަން ކުރާނީ..” ދާލިޔާ ރަކިވެ ހުރެ ބުންޏެވެ.

“ފުރަތަމަ ދަރިފުޅުމެން ކައިވެނި ކުރަން އުޅޭއިރު ރަންކިޔަން ޑޭޓެއް ކަނޑައަޅަންވީނުން؟” ޒީވާ ދެކުދިންނަށް ބަލައިލަމުން ބުންޏެވެ. އުކައިލްއާ ދިމާލަށް ދާލިޔާ ބަލައިލީ އުކައިލް ތާރީހެއް ކަނޑައަޅާށޭ ބުނާފަދައިންނެވެ. “މްމްމް.. ކިހިނެތް ވާނީ ރަން ކިޔަން މި އަންނަ ހުކުރުގަ؟ ދާޔާ ދެން ކައިވެނީގެ ޑޭޓެއް ކަނޑައަޅާ..” އުކައިލް އޭނަގެ ހިޔާލު ފާލުކޮށްލަމުން ބުންޏެވެ. ދާލިޔާ ބޯޖަހައިލަމުން ވިސްނާލިއެވެ. “އެ ވީކްގައެއް ނުކުރެވޭނެއެއްނުން.. އަހަރެމެންގެ ކޮންމެސް ސެރަމަނީއެއްވެސް ސްޓޭޝަންގަ އޮންނާނީ މި އަންނަ ވީކްގެ ބުރާސްފަތި ދުވަހު.. ހަމަޖެހިގެން ކުރަންޏާ އޭގެ އަނެއް ވީކް ހުކުރަށް ހަދަމާ؟” ދާލިޔާ އޭނަގެ ހިޔާލު ފާޅުކޮށްލިއެވެ. އެންމެންވެސް އެކަމާ ގަބޫލުވުމުގެ ގޮތުން ބޯޖަހައިލިއެވެ.

ކައިވެނީގެ ވާހަކައިގައި އެހެން މީހުން ތިއްބައި މާވިން އެތަނުން ދުރަށް ދާން ހިނގައިގަތެވެ. އެއާއެކު ހޫރީންވެސް މާވިންގެ ފަހަތުން ދާން ހިނގައިގަތެވެ. މާވިން ހިނގަމުން ހިނގަމުން ގޮސް ހުއްޓުނީ މޫދު ކައިރީގައެވެ. އޭނަ ފައިވާންބާލަމުން ގޮނޑުދޮށުގެ ހިމުން ވެލިގަނޑުގައި އިށީނެވެ. ހޫރީންވެސް އެތާ މާވިންގެ ކައިރިގައި އިށީންދުނެވެ. ހޫރީން މޫނު އުފުލައިލާ އުޑުމައްޗަށް ނަޒަރު ހިންގައިލިއެވެ.

ރޭގަނޑުގެ ރާނީ ކަމަށްވާ ހަނދު އުޑުމަތީގައި ނެތް ކަމަކު އުޑުމަތި ވަނީ ހަނދުގެ ކުދި ކުދި ބައިވެރިން ކަމުގައިވާ ކުދި ކުދި ޖަވާހިރުތަކެއް ފަދަ ތަރިތަކުން އުޑުމަތި ފުރައިލާފައެވެ. ތަރިތައް އުޑުގައި ފިޔަޖަހާ މަންޒަރު އެއީ ބަލަބަލާ ފޫހި ނުވާ ފަދަ މަންޒަރެކެވެ. އެންމެ ވިލާ ރޮއްޖެއްވެސް ނެތް އުޑުމަތި އޮތީ އެއްކޮށް ކަޅުކުލައިގައެވެ. އެކި ދިމާތަކުގައި ހަރަކާތް ކުރަމުން ދިޔަ އަލި ގަދަ ކުދިކުދި ތަރިތަކުގެ ސަބަބުން އުޑުމަތި ވަނީ ފަޑު އައްޔަކުން ދިއްލާލާފައެވެ. ހޫރީން އުޑު މައްޗަށް ބަލަން ހުރިއިރު މާވިން ހުރީ އެސްފިޔަ ޖަހައިނުލާ ހޫރީންގެ މޫނަށް ބަލާށެވެ.

އޭނައަށް ހޫރީންގެ ކޮންމެ ސިފައެއްދެކެ ވަނީ ވޭތުވެ ދިޔަ ދުވަސްތަކުގެ ތެރޭގައި ލޯބިވެވިފައެވެ. އޭނަ އެންމެ ފުރަތަމަ ހޫރީންއާ ދިމާވި ދުވަސްކޮޅު ހޫރީން ދެކެވީ ފޫހި ހަނދާންވިއެވެ. އަދި ހަމައެފަދައިން ހޫރީންގެ ހުނަރުގެ ބޭނުމުގައި ހޫރީންއާ ގާތްވި މަތިން ހަނދާންވިއެވެ. އެހެންނަމަވެސް މި އަންހެންކުއްޖާވަނީ އޭނައަށް ކޮންމެސް ސިހުރެއް ޖައްސާފައެވެ. އޭނައަށް ވަމުން ދިޔައީ ކިހިނެތްކަން ނޭނގޭއިރު މި އަންހެންކުއްޖާވަނީ އޭނަ އެކުއްޖާގެ ދަލުގައި ހައްޔަރުކޮށް ދުވަހަކުވެސް ދުރުނުވެވޭ ވަރަށް މޮޔަކޮށްލާފައެވެ. މާވިންގެ ހަނދާނަށް އައީ މިޔާ ހޯދަން މަސައްކަތް ކުރި ދުވަސްކޮޅުގެ މަތިންނެވެ. ދެން މިޔާ ފެނުމުން ހޫރީން މިޔާއާ މެދު ހޫރީންގެ ހަރަކާތްތައް ބެހެއްޓި ގޮތް ފެނި އޭނަގެ ހިތުގައި ހޫރީންގެ ނަން ފެވިގެން ދިޔައެވެ.

“މާވީއަށް އެނގޭތަ އަހަރެންނަށް ކުރިންވެސް އެނގޭ މާވީ އަހަރެން ކައިރިއަށް އައީ އަހަރެންގެ ބޭނުމެއް ޖެހުނީމަކަން.. އަހަރެން މާވީދެކެ ލައިކްވޭ މާވީ އެޖެންސީއިން ފެނުން ދުވަހުން ފަށައިގެން..” ހޫރީން އުޑަށް ބަލަން ހުރެ ބުނެލިއެވެ. މާވިންގެ ހިތުގެ ތެޅުން ބާރުވެގެން ދިޔައެވެ. މާވިން އިސްޖަހައިލީ އޭނައަށް ކަންތައް ކުރެވުނީ ގޯސްކޮށްކަން އެނގޭތީއެވެ. “އައިމް ސޮރީ..” މަޑުމަޑުން މާވިން ބުންޏެވެ. ހޫރީން ހީލިއެވެ. “ޑޯންޓް ބީ.. އެހެން އެ ވީ މާވީ އަހަރެންނަށް ލިބެން ހުރީ އެހެން ކަންތައްވެގެން ކަމަށްވާތީ ކަމުގައި އަހަރެން ގަބޫލު ކުރަނީ.. އަހަރެންނަށް ދެން އޭރު އުޅެވުނީ މޮޔައެއްހެން ވިއްޔާ..” ބޯކަހައިލަމުން ހޫރީން ބުންޏެވެ. “ކީއްކުރާނީ އަހަރެންގެ ބަސްނާހާ ހިތަށްވެސް ލޯބިވާން އެނގުނީ ތި މޮަޔަ ކުއްޖާދެކެ ވިއްޔާ… އަހަރެންނަށް ޔަގީން އަހަރުމެން ދެމީހުންނަށް ލިބޭ އަންހެން ދަރިފުޅުވެސް ތިހާ އަނގަގަދަ ވާނެކަން.. އެ ކުއްޖާ ހޯދާ ފިރެހެން ސޮރަކަށް މަ ދުޢާކޮށްދޭނަން..” މާވިން ހެމުން ބުންޏެވެ.

ހޫރީން ލަދުން ހުރެ މާވިންގެ ގައިގައި ޖަހައިލިއެވެ. “އައްދޭ ހޫރު ޕަރީއަށް ލަދުގަންނަންވެސް އެނގޭތަ؟” ލާނެތް ގޮތަކަށް މާވިން އަހައިލިއެވެ. “ދެން އަހަރެންވިއްޔާ ލަދު ގަނެގެންވެސް ނުވަނީތަ؟ އެހެން ނޫނަސް ދަރިއަކު ހޯދޭނީ ކައިވެނިކޮށްގެންނުން.. މި އޮތީ އަހަރެންގެ އަތް.. ލިޔާގެ އިންކަހަލަ އަނގޮއްޓިއެއްވެސް ނެތް ވިއްޔާ..” ހޫރީން ކޯ ފުއްޕައިލަމުން އޭނަގެ އަތުގެ ކަށި އިނގިލި ދައްކައިލަމުން ބުންޏެވެ. މާވިންގެ ގާތަށް އައީ ނުލަފާ ހިންޏެކެވެ. “އެހާ އަވަހަށް ޝަކުވާ ކުރަން ފެށީ އެ އޮތް.. އޭރުވެސް މި މަންޖެ މަގޭ ފަހަތުން މިތަނަށް އައީ މިހެންވެ ކަން އެނގެޔޭ.. ދެން ހޫރު ޕަރީ ތިހާ ބޭނުމިއްޔާ އިނގިލީގަ އެއްޗެއް އަޅުވަފާނަމޭ..” ލާނެތް ގޮތަކަށް ހެވިފައި އިނދެ މާވިން އެއްކަކޫ މައްޗަށް ތިރިވެލިއެވެ. އެއާއެކު ހޫރީން ދެލޯ ބޮޑުވެފައި ހުރެ ތެދުވެލިއެވެ. “ލޯމަރައިލަބަ ދޫނީ” މާވިން އެއްމިޔަކަނުން ހީލަމުން ބުންޏެވެ. ހޫރީން ވަގުތުން ލޯމަރައިލިއެވެ. މާވިން އޭނަގެ ސައިކަލުގެ ތަޅުދަނޑިއަށް ލާފައިން ބޮޅު ނަގައި ހޫރީންގެ ކަށި އިނގިލީގައި އަޅުވައިލިއެވެ. “އަހަރެންނާ ކައިވެނި ކުރާނަންތަ؟ އަހަރެންގެ ލޯބި ލޯބި ހޫރު ޕަރީ؟” މާވިން ހީލަމުން އަހައިލިއެވެ. އޭރުވެސް އޭނަގެ މޫނުމަތީގައި ކުޅެލާފައި ވަނީ ލާނެތް ހިނިތުންވުމެކެވެ.

ހޫރީން އާއެކޭ ބުނުމަށް ލޯހުޅުވައިލި ވަގުތު އޭނަގެ ކަށި އިނގިލީގައިއިން ބޮޅު ފެނި އޭނަގެ މޫނު ރަތްވެގެން ދިޔައެވެ. ހޫރީންއަށްވީ ގޮތުން މާވިންގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. “ވަރަށް ފޫހިވޭ.. ނޫޅެން މާވިންގަނޑާ މެރީ ކުރާކަށް..” ރުޅި އައިސްފައި ހުރެ ހޫރީން ދާން ހިނގައިގަތެވެ. އޭނައަށް ހުރީ އައި ރުޅިން ރޮވޭ ގޮތްވާން ކައިރިވެފައެވެ. މާވިންގެ ހިތަށް ހޫރީންގެ ކަރުނުން ކޮންމެސް ވަރަކަށް އަސަރު ކުރިއެވެ. މާވިން އަވަސް އަވަހަށް ހޫރީން ފަހަތުން ގޮސް އޭނަގެ އަތުގައި ހިފެއްޓިއެވެ. މާވިންގެ އަތް ހޫރީންގެ އަތުން ނައްޓާލުމަށްޓަކައި ހޫރީން އޭނަގެ އަތް ފޮޅުވައިލިއެވެ. އެހެންވެސް ނުނެއްޓުމުން ކޮންމެސް ގޮތެއް ހަދާ އޭނަގެ ހަށިގަނޑު ބޭނުންކޮށްގެން މާވިންގެ ހަށިގަނޑުގައި ލޮކްއެއް އެޅުވިއެވެ. އެއާއެކު ދެމީހުންވެސް ވެލިގަނޑު މައްޗަށް ވެއްޓުނެވެ. “ވަޓް ދަ-” މާވިން ބުނަން އުޅުނު ޖުމުލަ ކަނޑައިލުމަށްފަހު ހޫރީން ވަހަކަ ދައްކަން ފެށިއެވެ.

“ތިކަހަލަ ބޮލެއް ނެތް މީހުންނަށް ޕްރޮޕޯސްވެސް ކުރަން ޖެހޭނި އަހަރެމެން އަނހެންވެރިން ކަންނޭނގެ.. އެހެނެއްނުން ވާނީ އަހަރެން އެއޮތް ވަރަށް ހިންޓު ދިންއިރުވެސް މާވިންއަކަށް ނޭނގެ ސްޕެޝަލް ގޮތެއްގައި އަހަރެންނަށް ޕްރޮޕޯސް ކުރާކަށް.. މި ދެކަންފަތުން ރަނގަޅަށް އަޑުއަހާ!! މާވިންއަށް ނުކުރެވުނު ކަންތައް އަހަރެން މި އުޅެނީ ކުރަން..” މާވިންގެ ކަންފަތާ އަނގަ ކައިރިކޮށްގެން ހުރެ ހޫރީން ވާހަކަ ދެއްކިއެވެ. މާވިންގެ ދެލޯ ހުރީ ބޮޑުވެފައެވެ. އޭނައަށް މިހާރުވެސް ހޫރިންގެ އަތު ތެރެއިން ނިކުމެވުނީހެވެ. އެހެންނަމަވެސް ހޫރީން ވާހަކަ ދައްކަން ފެށުމުން ހޫރީންގެ އަޑު އަހަން އޭނަ މަޑުމަޑުން އޮތީއެވެ.

“އަހަރެން މާވިންދެކެ ލޯބިވޭ! ވަރަށް ވަރަށް ބޮޑަށް ލޯބިވޭ.. އަހަރެންނަކަށް ނޭނގެ އަހަރެންގެ މޮޔަ ހިތް ތިކަހަލަ ގަމާރު މީހެއްގެ ދެކެ ލޯބިވާން ޖޭހުނު ސަބަބެއް.. އަހަރެން މާވިންދެކެ ލޯބިވީ އަހަރެންނަށް މާވިން އެޖެންސީއިން ފެނުނު ފުރަތަމަ ދުވަހު.. އަހަރެންނަށް އެނގުން ތީ އަހަރެން ބޭނުންވާ ކަހަލަ ފިރެހެނެއްކަން އެޖެންސީގައި ހުރި ހުރިހާ އަންހެންކުދިންނަށް މާވިން އިގްނޯރ ކުރާތީ.. ފުރަތަމަ އަހަރެން ހީކުރި ރީތި ސިފައެއް ލިބުނީމަ ފޮނިބޮޑުވެގެން އުޅެނިއްޔޭ.. ދެން އަހަރެންނަށް އެނގުނީ މާވިން މިއޮތް ހުރިހާ ދުވަހު މަސައްކަތް ކުރީ މާވިންގެ ކޮއްކޮ ހޯދަންކަން.. އެހާ އާއިލާއަށް އިސްކަންދޭ މީހަކަށް މާވިންވުމުން އަހަރެންގެ ހިތުގައި މާވިންއަށްޓަކައިވި ލޯބި ފުންވެފައި ވަރުގަދަވި.. ދެން މާވިން އަންހެންކުދިންނަށް އިގްނޯރ ކުރާ ތަންކޮޅު.. މިޒަމާނު ކޮންމެ ފިރެހެނެއްގެ ސޯޝަލް މީޑިއާ ބަލައިލިޔަސް ހީވާނީ އަންހެނުން ސަފު ހަދާފައި ހުންނަހެން… އެކަމަކު މާވިން އެހެނެއްނޫން.. އެހެންވެ އަހަރެންނަށް އެނގުނު ތި ގަމާރު ރީތި އަދި އޯގާތެރި ފިރެހެނާއަކީ އަހަރެންގެ ފިރިމީހާއަށް ހަދަން ބޭނުންވާ ހުރިހާ ސިފައަކާއި އުޅުންހުރި އެންމެ އެކަށީގެންވާ މީހާކަން…. އަޑު އިވިއްޖެތަ؟؟” މާވިންގެ ކަންފަތުގައި ހިފައިލަމުން އެންމެ ފަހު ޖުމުލަ ހޫރީން ބުނެލިއެވެ.

( ނުނިމޭ )

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Maash
Follow Me Written By

Maash

Level 10100 Login10 Stories100 Comments500 Login500 Comments100 Stories

🦋Reading is a way for me to escape reality 💜Writing is a way for me to express what I feel🦋 Reading led me to writing 💜 I accept both positive and negative comments 🦋 My long stories: Kushakey Koba, Insaafu libeyneba, Hiy edhe yaara thi ey (kushakey kobaa season 2), Loehbeh ma neydhen yaaru noon (kushakey kobaa season 3). My Short stories: Insaafakey mi ba, Anhen kujjakah vumun, Badhalu, Edhathuru, Noora, Maireenge hayaathun safha eh, Furaavaru, Neygikohly hiy dhivaana, Liyuntheriehge dhiriulhun🦋

Other Articles

Previous

ހިތް ބޭނުމޭ ދުލުން 17

Next

ކުޑަކުޑަ ދަރިފުޅު 1

Next
April 15, 2025

ކުޑަކުޑަ ދަރިފުޅު 1

Previews
April 14, 2025

ހިތް ބޭނުމޭ ދުލުން 17

18 Comments!

  1. nuhaaaaa says:
    April 15, 2025 at 7:09 am

    haha heehee halaaku vehjje…
    hama vrh habeys maash…
    mihaaru ulhey firihen kudhinnakah neyngeyne rangalhah propose kuraakah vx…
    keeh kuraanee mihaaru anhen kudhin vx kuriyah jehilaifi dhw
    waiting for next part..
    tc
    lyssssssssm maashy 😘😘😘

    1. Maash Maash says:
      April 15, 2025 at 5:17 pm

      Thanks hehe.. Maash ah vx mi part liyamun varah hevun lol😭
      Hehe yes mihaaru ehaa rom proposal eh nuhurey kanneyge dhww..
      Next part insha allah Sunday ga.
      Tc..
      Love you moree darling 💜🦋

  2. Shhhh says:
    April 15, 2025 at 10:48 am

    Adu ivijjetha?
    Hahahaha
    So funny…

    1. Maash Maash says:
      April 15, 2025 at 5:18 pm

      Adu ivijje 😂

  3. Cutie girl says:
    April 15, 2025 at 11:34 am

    Mi part ves v reethi masha Allah
    Curiously waiting for next part
    Keep it up
    Dhayaa and ukail v gulhey
    Hoor and maavin ves
    Miyaa and dhaarian propose kuruvaa avahah
    Mi part kiyaa heehee halaaku 😂
    Hoor ebunee thedeh
    I appreciate your hard work
    Miyee varah interesting kamaa eku kiyaa hithun kiyaala vaahaka eh
    Your my fav author ❤️
    Thihaa busy koh ulhemen ves vaahaka kiyaalan libeythee v ufaavey
    Tc 💖
    Ly maash ❤️😚

    1. Maash Maash says:
      April 15, 2025 at 5:24 pm

      Thank you so much cutie girl.. I’m happy u liked it…
      Miya and dhaarian dhen propose kuraanyy.. Stay tuned hehe..
      Hehe hoor dhen dhogeh nuhadhaane ehnun..
      I’m glad mi story darling ah mi story interesting v ma….
      I’m honored to be ur fav author..
      Tc…
      Love you moree darling 💜🦋

  4. Your fav bab says:
    April 15, 2025 at 12:25 pm

    Huva mi bunee heehee halaaku vejje!!!
    Maavin bro serious koh ves gamaareyy!! Aameen😂😂😂😂
    This story is literally so epic!!
    Waiting curiously
    Lyssssssm

    1. Maash Maash says:
      April 15, 2025 at 5:26 pm

      Hehe ehendhww..
      Asluvx maavin bro gamaarey😭😭
      Thanks I’m happy u think so💜💜
      Love you moree darling 💜🦋

  5. The waaah???? says:
    April 15, 2025 at 12:32 pm

    Umm…. Is it my eyes or Is it true
    Dhaarian ah laafa in pic akee bts Jin thrr??

    1. Maash Maash says:
      April 15, 2025 at 5:28 pm

      I have no idea hehe.. I don’t really watch bts 😅

  6. Oreo gurll says:
    April 15, 2025 at 5:23 pm

    oh my goddd! huvaa mi bunee. hee hee halaaku vejjeeyy Maash!
    varah salhi ingey. Maavin ehaa gamaaru veema dhen Hooreen jeheynee propose kuraakahnu dhw? Dhen mi inthizaaru kurevenee Maavin ge javaabakah.
    Maavin varah laanei dhw.. cyk key ge bolhu viyyaa! if it was me, huvaa mi bunee yes ekey nubunaanan aadheys kuruvaafa noonee.
    ekam adhi Ukail and Dhaaliya eba ulheyey dhww! i knew it i knew it knew!
    of course Dhaayaa would say yes, but hama Ukail gaiga thalhai nugane nuvaane dhookohlaakah. evaru heart attack dhennyaa eyah vure bodu varu ves kuran jeheyne.
    and thank you so much Maash! I kahala kujjakah Dhaayaa ves veema (dhaayaa ves hadhaadhineema)….
    varah loabi ingey mi episode! hurihaa kudhin kudhin propose kuranee ey. story nimen ulhunas aslu varah happy hurihaa couples gulheythee
    next episode kon iraku?
    lyysssssssssssm Maash <3

    1. Maash Maash says:
      April 15, 2025 at 6:23 pm

      Hehe mi part maash hithah erey dhen majaa kohlaany ey.. Yeshh hehe maavin ge gamaaru kamun dhen hoor ahnun elanthah vx kuran jeheyny dhww.. Hehe dhen madu madun hunna boys ehnun emme laanei vx vaany..
      Hehe us ukail and dhaaliya gulhuny e.. Adhi dhaaliya revenge vx nagaafaane hama hehe.. Hehe ur welcome darl..
      Yes mihaaru hurihaa kudhin propose kurany e dhen..
      Next ep insha allah Sunday ga..
      Love u moreee darling 💜🦋

  7. Aisha says:
    April 15, 2025 at 6:27 pm

    Masha allah mi part vs vrh reethi
    Hini vs aissi mi part kiyaafa
    Hoor hama best
    Vrh bdh sry mihaa shrt cmnts kureveythy,hama busy kmn😭
    Whens nexttt???
    Tccc lyyyssmmm

    1. Maash Maash says:
      April 15, 2025 at 6:42 pm

      Thank you so much Aisha..
      Hehe yes vrh majaa koh mi part miothy..
      Hoor is always the best hehe..
      It’s ok darling vrh happy vejje darling ge comment eh fenuneyma..
      Next insha allah Sunday ga…
      Tc💜🦋

  8. - says:
    April 15, 2025 at 9:15 pm

    Vrh reethii
    Amm can u write kushaky kobaa ge season2 ramadan mahuga genes dheyn bunefa inyma n evhkge s2 eh genes dheefihyaa vrh reethi vaane
    Lysmmmm

  9. Maash Maash says:
    April 15, 2025 at 11:05 pm

    Thanks darlll..
    Yeshhh kushakey kobaa s2 mi story nimuneema gennaanan insha allah..
    Ramadan mahu mi story nuninuneyma aslu kushakey kobaa story nugenevuny.. Ramadan month ah aslu plan kohfa iny but mi story nunimeythy nugenevuny..
    Love you moree darling 💜🦋

  10. shihaamaa ali shihaamaa ali says:
    April 20, 2025 at 4:51 pm

    Heyyy maashhhh
    Eyyy hooreen vaa e dhinii fahkkaa idea dhn mi vhk kiyaafa hurihaa girls kudhin ehn kanneynge hadhaani😂😂❤️
    But very adorable ma sha allah❤️❤️
    In love with this stroy ISTG i want a S2 mi vhk ah.. emmen marry kohgn kudhin libi e kudhin vess parents kahala kudhi bayakah vaan😭❤️🫶🏻
    Can’t wait for next epp ILYYSSMMMM❤️❤️

    1. Maash Maash says:
      April 20, 2025 at 5:55 pm

      Hey shiherr..
      Hehe majaa gotheh dhen eyy dhww.. Hooryn rulhi aisfa huri varun thikameh thiv 😂😂😂
      Aww thank you darlll.. But I’m not really thinking about a new season I’m sorry😔..
      Hehe I’m sure ekudhin vx parents kahala bayakah vaane kan..
      Love you moree darling

Comments are closed.

Next Episodeއިންސާފު ލިބޭނެބާ – 38 (ފަހުބައި)←


All Right Reserved!