ވާ ލޯބި އެނގޭނަމަ(12)
ބޮޑު މާބޮޑިއެއް މޫނުނަތީގައި އަޅައިގެން ހުރި ފިރިހެންމީހާ އެތެރެއަށް ވަދެ ފައިން ދޮރު ލައްޕާލިއެވެ.އަދި މަޑުމަޑުން މޫނު ނައިރާ އައި ދިމާލަށް އަބުރާލިއެވެ.””ރާއި…..އާ ޔޫ ފޫލިން މީ؟ހާދަ ގޯހޭ ނުބުނެ އައިއްސަ..ރާއިން ގައިގައި ބައްދާލަމުން ނައިރާ ބުނެލިއެވެ.”މީ ސަޕްރައިޒް އެކޭ މަގޭ ލޯބި ލޯބި އިރާ އަށް..ކަމުދޭތަ؟” ނައިރާގެ މޫނުގެ ދެފަރާތުގައި ހިފަހައްޓާއިލަމުން ރާއިން އޭނާގެ ނިތްކުރި ނައިރާގެ ނިތްކުރީގައި ޖައްސާލިއެވެ.”ވަރަށް ވަރަށް ބޮޑަށް”ރާއިން ކަރުގައި އަތް އަޅުވާލަމުން ނައިރާ ބުނެލިއެވެ.”ދެން އަހަރެންނަކަށް ގިފްޓް އެއްވެސް ނެތްދޯ؟؟ކުޑާ ކުއްޖެއްހެން ރާއިން ތުންތަމައިގެން ހުރިގޮތުން ނައިރާ ގަތަށް ހިނިއައެވެ.އިރުކޮޅަކު ވިސްނަން ހުރުމަށްފަހު ނައިރާ ރާއިން ކަރުގައި އަތް އަޅުވާލުމަށްފަހު ފައިއުފުއްލާލާފައި ރާއިން ތުންފަތަށް ބޮސްދިނެވެ.ނައިރާގެ އެކުއްލި އަމަލުން ރާއިން އަށް ހިނދުކޮޅަކަށް ސިހުން ގެނުވި ނަމަވެސް ދެވަނަ ސިކުންތުގައި ނައިރާގެ އެ އަމަލުގައި ފުރިހަމަށް ބައިވެރި ވެވުނެވެ.ނޭވާ ކުރުވާހެން ހީވާން ފެށުމުން ރާއިން ކުޑަކޮށް ދުރައްޖެހިލިއެވެ.ނައިރާ ވެސް ހިނގާދިޔަ ކަންތައް ހިޔާލަށް އައުމާއެކު މޫނަށް ޖައްބުކުލަ ވެރިވެގެން ދިޔައެވެ.
ނައިރާ އަށް ރާއިން ހަދިޔާކުރި ހެނދުމުގައި ނައިރާ ފެންނަނީ ވަރަށް ހިތްގައިމުކޮށެވެ.އެހެނެ ދުވަސް ތަކެކޭ ހިލާފަށް އަބަދު މިނިވަން ކަމާއެކު ދޫކޮށްލާފައި އޮންނަ އިސްތަށިގަނޑު ވަނީ ހުޅިއެއްޖަހައިފައެވެ.މޫނުގައި އެއްވެސް މޭކަޕެއް ކޮށްފައި ނުވިނަމަވެސް ނައިރާ ހީވަނީ އުޑުނ ފައިބައިފައިވާ ތަރިއެއް ހެނެވެ.ހަމައެކަނި ލިޕް ގްލޯސް އެއް ހާކާލުމަށްފަހު ގަޔަށް ސެންޓު ކޮޅެއް ޖަހާލިއެވެ.އަދި އެނެމް ފަހު ފަހަރަށް ލޯގަނޑުން އަމިއްލަ ސޫރައަށް ބަލާލިއެވެ. އެވަގުތު ރާއިން ފަހަތުން އައިސް ނައިރާ ގައިގައި ބައްދާލައި ކޮޑުގައި ދަތްދޮޅި އަޅުވާލިއެވެ.”މާޝާ ﷲ އަހަރެންގެ އިރާ ހާދަ ރީއްޗޭ….ހޭނެތިގެން އަހަރެން ވެއްޓިދާނެ..”ލޯގަނޑުން ފެންނަން ހުރި ނައިރާ އަށް ބަލާލަމުން ރާއިން ބުނެލިއެވެ.’ރާއިވެސް ވަރަށް ހޭންސަމް….ހިނގާ އަވަހަށްދާން.ލަސްވެޖިއްޔާ ސަކަރާތްވާނެ.”ރާއިން އާއި ދިމާލަށް އެބުރިލަމުން ނައިރާ ބުނެލިއެވެ.ރާއިންވެސް ނައިރާގެ ބަހަށް އެއްބަސް ވަމުން ކޮޓަރިން ނުކުތެވެ.ސިޓިންރޫމުގައި ހުރި އީޝާ އަށް ނައިރާގެ އުނަގަނޑުގައި އަތް އަޅުވާލައިގެން ހުރި ރާއިން ފެނުމުން ރުޅި އައެވެ.”ހުއް ވަރަށް ފޫހި..އަޒާން އަށް ޗުއްޓީ ނުދީފަ ރާއިން އަށް ޗުއްޓީ ދެވޭ..ވަރުގަދަ ލަގައެއް ދޭނަން..”އަމިއްލަ ނަފްސާ މުހާތަބުކޮށް ނައިރާ ބުނެލިއެވެ.”މިހިރަ ފެންނަ އިންސާނާ އައީ ކޮންއިރަކު؟”އީޝާގެ މޫނުމަތިން ފެންނަމުން ދިޔައީ ނައިރާ އާއި މެދުގައި އޮތް ރުޅިވެރިކަމާއި ނަފްރަތެވެ.”ބުނަން ރަނގަޅު ވާހަކަ އެއް.އީޝާ އަކަށް ނުޖެހޭނެ ބަލާކަށެއް ރާއިން އަީ ކީއްކުރަންތޯ އެއް.ކާކާ ބައްދަލު ކުރަން ކަމެއް.އެހެން މީހުންގެ ކަންކަމަށް ނުބެހި އަމިއްލަ މަސައްކަތާއިގެން އުޅޭ”ނައިރާ ބުނެލިއެވެ.”ނުލަފާ”އީޝާ ނައިރާ ގައިގައި ޖަހަން އަތްނެގުމާއެކު ވަގުތުން ރާއިން އީޝާ އަތުގައި ހިފިއެވެ.”ހަބަރުދާރު ދެވަނަ ފަހަރަށް އަހަރެންގެ ކުރިމަތީގައި އަހަރެންގެ ހައްގުގެ ގައިގަ އިގިލިކުރިވިޔަސް ނޫނީ ޖެހިޔަސް މި މުހައްނަދު ރާއިން އަށް ވުރެ ނުބައި މީހެއް މި އުޑުދަށަކު ނުވާނެ.”އީޝާ އަށް އިންޒާރެއް ދިނުމަށްފަހު ރާއިން ނައިރާ އުރާލައިގެން އިވެންޓް އަށް ދިޔުމަށް ނުކުތެވެ.މަންޒަރު ބަލަން ހުރި އީޝާ އައި ރުޅީގައި އަމިއްލަ މީހާގެ އިސްތަށި ގަޑަށް ދަމައިގަތެވެ.
އިވެންޓް ނިމުމާއެކު ބިލަތް މީރުކޮށްލެއްވުމެއް އޮތެވެ.ނައިރާ އާއި ރާއިން އެކުގައި ފެނުމުން ކޮންމެ މީހެއްވެސް ތަޢުރީފް ކޮށްލައެވެ.ފާހަނައިން ތާޒާ ވެލައިގެން ނުކުތް އިރު ކޮޓަރީގައި ރާއިން ފެންނަން ނެތުމުން ނައިރާ ހާސްވިއެވެ.ފަހަތުން މީޙަކު ލޮލުގައި އަތްއެޅުމާއެކު ނައިރާ އަށް ރާއިން އަށް ބާރަކަށް ގޮވަައިލެވުނެވެ.ރާއިން ވެސް މަޖާކަމަކަށް ހަދާފައި ނައިރާ ކަންފަތް ދޮށުގައި ބާރަކަށް އާއެކޭ ބުނެލިއެވެ.”މަގޭ ކަންފަތޭ އެދިޔައީ”ރާއިން ގައިގައި ޖަހާލަމުން ނައިރާ ބުނެލިއެވެ.”މަގޭ ވެސް ކަންފަތޭ ދިޔައީ ކައިރީގަ ހުއްޓާ ބާރަކަށް ގޮވީ”ރާއިން ގޮތުގައި ހިފަހައްޓާލިއެވެ.އެހެން އެކަކު އަނެކަކަށް ކުދިކުދި ޖެއްސުން ކުރަން އެތައް އިރަކު ނައިރާ އާއި ރާއިން ތިއްބެވެ.”ހިނގާ ދެނަ އަވަހަށް ނިދަން.ނޫނީ ފުރަން ވާރަށް ނުހޭލެވިދާނެ”ލައިގެން ހުރި ގަމީހުގެ ގޮށްތައް ނައްޓާލަމުން ރާއިން ބުނެލިއެވެ.ނައިރާ ވެސް އާއެކޭ ބުނެ ތެދުވިއެވެ.”އާތް….ރާއީ…ތި ގަމީސް ލާންވީ”ލޯ މަތި އަތްއަޅައިގެން ހުރެ ނައިރާ ބުނެލިއެވެ.”ސާބަސް…އަހަރެން މިވަންނަނީ ފެންވަރާށޭ..އިރާ ނިދާ އެނދުގަ.އަހަރެން އޮވެދާނަން ސޯފާގަ…”ނައިރާ ބޮލަށް ބޮސްދިނުމަށްފަހު ރާއިން ފާހަނާ އަށް ވަދުނެވެ.ނައިރާ ވެސް ލަސްކުރަން ނަހަދައި ނިދަން އޮށޯތެވެ.
އެމްއެމެ އޭ ކައިރިއަށް ލެފުމާއެކުނައިރާ އަށް ލޯންޗުން ފޭބުމަށް ރާއިން އެހީތެރިވިއެވެ.”އިރާ މިތާ މަޑުކޮށްލަ.އަންނާނަން ފޮށި ހިފައިގެން.”ވަކިން ދުރުގައި ނައިރާ ބެހެއްޓުމަށްފަހު ރާއިން ފޮށިތައް ބަލައި ދިޔައެވެ.އަޒާނަ އަށްގުޅާ ގުޅާ ފޯނު ނުނެގުމުން އީޝާ ހުރީ ރުޅިއައިސް ރަތްވެފައެވެ.އަޒާަން ފޯނުނުނެގުމުން އެންނެ ފަހުން ފޮށި ދަމަމުން އީޝާ ހިނގައިގަތެވެ.”އިރާ އާދޭ މިޔޮއް އަޢި ކާރު..”ރާއިން ނައިރަ އަށް ހަނާއަޅާލަމުން ގޮވާލިއެވެ.ނައިރާ އައުމުން ޑްރައިވަރު ރާއިންއަށާއި ނައިރާ އަށް ކާރު ދޮރުހުޅުވައު ދިނުމަށްފަހު ޑިކީ އަށް ފޮށިތައް ލިޔެއެވެ.
ނިދިފައި އޮތް އަޒާން އަށް ހޭލެވުނީ ދޮރުގައި މީހަކު މާވަރަކަށް ޖަހާ އަޑަށެވެ.ލޯ އުނގުޅަމުން ގޮސް އަޒާން ދޮރުހުޅުވި އިރު ކުރިމަތީގައި ހުރި އީޝާ ފެނުމުން އައިސްފައި ހުރި ނިދިވެސް ފިލައިގެން ދިޔައެެވެ.”އަޒާނަ އަކަށް ނޭނގޭތަ މަ މިވަރަށް ގުޅާއިރު ފޯނުނަގާކަށް.ހިނގައިފައޭ މިހިސާބަށް މިޔައީ..މަށަށް ގުޅާލަންވެސް އަޒާން އަކަށް މިހާރު މުހިންމެއް ނޫންދޯ؟ ހަހަހަހަ..ވާނީވެސް އެހެންނު. މަމީ ކާކުދޯ؟އަޒާނަ ދޮރު ހުޅުވުމާއެކު އެތެރެއަށް ދެމިގަނަނަމުން އީޝާ ބުނެލިއެވެ.”އީޝަ..ތި ރުޅިމަޑުކޮށްލާފަ މަށަށް އެއްޗެއް ބުނާނެ ފުރުސަތެއް ތީބަަލަ..އަހަރެން ފޯނު މޫދަށް ގޮސް އުޅެނިކޮށް ވެއްޓިގެން ރިޕެޔަރ އަށް ލާފަ މިއުޅެނީ..މިޔދު ވެސް ދިޔައީމަ ބުނީ ނުނިމެޔޭ.”އީޝާ ކޮޑުގައި ހިފައިގެން ހުރެ އަޒާން ބުނެލިއެވެ.އީޝާ މާފަށް އެދެމުން އަޒާން ތުންފަތުގައި ބޮސްދިނެވެ.އަޒާން ވެސް ދިޔައީ އީޝާގެ އެ އަމަލުގައި ފުރިހަމަށް ބައިިވެރި ވަމުންނެވެ.މަޑުމަޑުން އީޝާ އާއި އަޒާން ދިޔައީ ގައިގައި ހުރި ފޭރާނަތައް ވަކިކުރަމުންނެވެ.
ކާރު އައިސް އައިސް ނައިރާމެންގެގޭ ލަވާޒާ ކުރިމައްޗަށް ހުއްޓުމުން ރާއިން ފޮށިތައް ހިފައިގެން އަނެއް އަތުން ނައިރާ އަތުގައި ހިފައިގެން ގޭތެރަށް ވަދުނެވެ.ނޫރާ ކައިރީގައހެވިފައި ހުރި ޒުވާނާ ފެނުމުން ވަގުތުން ނައިރާގެ މޫނަށް ފޫހިކަން ވެރިވިއެވެ.
ނުނިމޭ……
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
15 Comments!
Comments are closed.



kaaku baa anehkaaa nooraa kaireega ehuree nairaa ehaa foohi vaan
btw mi part ves vrh reethi ingeyy
when next part cant wait hama
lets see kaathw hury nooraa kairi foohi vaan dhww
next part friday ge kurin insha allah maybe asves vedhaane maybe exams fehteythyve unit test ehnve
btw thnks a lot yummi
Ooohh anekka kaaku baa eii.!?! Very curious
Mi part hama Vrh loabi masha Allah ❤️ ❤️
When next part naberr
Lysm ❤️
lets see kaathww dhe hehehe
next part fiday ge kurin insha allah
thnks for your support love n care mar yam
i love you mre
Komme ep eh nimmaalany kommes meehaku fenna thanah hehe vrh Salhi hama habeys 💯
Kon iraku tha next part naba?
after reading all comments i thought ehmme furathama ves reply kuraani naail comment ashey soo yhhh HEHEHE yhh dhww knmme ep ehga ves knmmes meeheh genehssa higaa dhw balamaa kaathw eii dhn vedhaane ehnnu naail kmh ves hehhe
next part friday ge kurin insha allah yk next week exams start vey thts why yhhh
thnkas for your support naail
Welcome naba
Oohh naail ah vejjiiyyaa Vrh ufaavaane haha
Yhhsss same im also doing exam next week… Vrh busy koh schedule mi dhany mhr vx… Good luck for ur exams
OMG 😱 Mi part ves vrh reethi when’s next part curiously waiting for the next part take care lysm naberr ❤️😘💋
thnks naaayu darlingggggggggg next part friday ah vaarah submit kuran mi try kurani unit tests fehseythyve ehnve
you too naayu darling take care n love you mre n mre
naberr azaan bunee ladhu vx ganehjje o 😂
vrh reethi mi part vx Masha Allah ❤️
kaakubaa nooraa kairi huree 🤔
tc
lyssssssssm naberr 😘😘😘
hahaha azaan kairi bune ladhu ganegen kmh nuvaaneyey hhahhaha
lets see kaakuthw huree nooraa kairi huryyy
you too tc n goodluck o level ah
Nabaaa next part avsssssssss
nabaa when next part?
avahah up kohdheeba plsssssss
Keevvetha mi lasvanyyyyy
Guys be patient. Maybe she’s busy cux her exams are starting next Sunday. So give her time