Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ވާ ލޯބި އެނގޭނަމަ(13)

naberr
naberr Level 210 Stories100 Login
April 19, 2025 3 Mins Read
9 Comments

“ދެން މަންމާ….. ކީއްކުރަން ދޮންބެގަނޑު ގެނައީ…..ދެން ހަމަޖެހިގެން ނުވެސް އުޅެވޭނެ.. ނާއިރާ އާއި ދިމާލަށް ލޯ އަޅައިލަމުން ނައިރާ ބުނެލިއެވެ.”ދަރިފުޅަށް ހަމަ ސާބަސް މިހާ ދުވަސް ފަހުން ދޮންބެ ފެނުނީމަ ވެސް އުފަލެއް ނުވޭތަ؟ނޫރާ ބުނެލިއެވޭ.ނައިރާ ވަގުތުން ނާއިން އަށް ލޯ އަޅާލިއެވެ.”ނޫނެ ވަރަށް އުފާވޭ..ި ލަވް ޔޫ ބުރަދަރު”މާއިން ގައިގައި ބައްދައިލަމުން ބުނެލިއެވެ.އެ ކުޑަކުޑަ އާއިލާ އުފަލާ މަޖަލުގައި ސިޓިންރޫމު ތެރޭގައި ވާހަކަ ދައްކަމުން ދިޔައެވެ.

މެންދުރުގެ ހަބަރު ކިޔުމަށް ނައިރާ ތައްޔާރު ވަމުންދިޔައިރު ބޮލުގައި ރޮއްސަމުން ދިޔައެވެ.ހަބަރު ނިންމާލުމަށްފަހު ގެޔަށް ދާން ނުކުމެ ރާއިން އަށް ގުޅާލިއެވެ.ނަމަވެސް ފޯނު ނުނެގުމުން ބިޒީ ވީ ކަމަށް ބަލައި ގެޔަށް މިސްރާބު ޖެހިއެވެ.ސްޓޫޑިއޯ ކައިރީގައި ނައިރާ ނެތުމުން ނައިރާ އާންމުކޮށް ގެޔަށް ދާ މަގުން ރާއިން ނައިރާ ފެނޭތޯ ދިޔައެވެ.އެވަގުތު ބަޔަކު އެއްވެފައި ތިބިތައް ފެނުމުން ރާއިން ހިތް ތެޅިލިއެވެ.ދުރުގައި ސައިކަލު ޕާކުކޮށްލިމަށްފަހު އެދިމާލަށް މިސްރާބު ޖެހިއެވެ.ވެއްޓިފައި އޮތް ނައިރާ ފެނުމުން ވަގުތުން މީހުން ދުރަށް ޖައްސައި ނައިރާ އަތްދަޑި މައްޗަށް އުފުއްލާލިއެވެ.

“އަނެއްހެން ހުރިހާ  ކަމެއް ވެސް ރަނގަޅު. ނިމިދިޔަ ދުވަސްތަކު މާ ބިޒީކޮށް އުޅުފަ ހުރީމަ ވީގޮތެއް.ވީކް އެއްވަރު މަސައްކަތަ ކުޑަކޮށް ދުރުގައި އުޅެލަން ނަސޭހަތް ތެރިވަން.ޝުކުރިއްޔާ” ރާއިން ކޮޑުގައި ފިރުމާލުމަށްފަހު ޑޮކްޓަރު ދިޔައެވެ.ނައިރާ އަށް ނިދިފައި އޮތުމުން ރާއިން ކަިއި ފިހާރައަކަށް ގޮސް ފުރުޓު ކޮޅެއް ގަނެލައިގެން އަޔެވެ.ކޮތަޅުން އާފަލަކާ އޮރެންޖެއްގެ އިތުރުން ކިވި އެއްނަގައި ކޮށާލުމަށްފަހު އާފަލު ޖޫސް ޕެކެޓެއް ކަނޑާލުމަށްފަހު ނައިރާ ބޮލުގައި ފިރުމާލިއެވެ.ވަގުތުން މަޑުމަޑުން ނައިރާ އެސްފިޔަ ތޅޫވާލުމަށްފަހު ލޯ ހުޅުވާލިއެވެ.ރާއިން ވެސް ނައިރާ ތެދުވަން އެހީތެރި ވެދިނެވެ.ރާއިން ކޮށާފައި ހުރި ފުރުޓު ތަށި ފެނުމާއެކު ނައިރާ މޫނު ކުނިވިއެވެ.”އަހަންނަށް ތަކާ ޕްލީޒް”ރާއިން ބުނެލިއެވެ. ނައިރާ ހިނިތުން ވެލާފައި ބޯ ޖަހާލިއެވެ.

ނިދިފައި އޮތް ނާއިން ހޭލީ ނޫރާ ގޮވާ އަޑަށެވެ.”ދަރިފުޅާ ކޮއްކޮ އެޑްމިޓް ކޮށްފަ އެބޮތް ރާއިން ވީ ކޮއްކޮ ކައިރި ހިގާބަލަ ދާން” ނޫރާ ހުރީ ނައިރާ އާއި ދޭތެރޭ ފިކުރު ބޮޑުވެފައެވެ.ހަމަ އެގޮތަށް ނާއިން ވެސް ކޮއްކޮ އާއި މެދު ދެރަވިއެވެ.ކިތަންމެ ވަރަކަށް ނައިރާ އާި ޖެއްސުންކޮށް ރުޅި އަރުވައި ހެދިޔަސް އަބަދުވެސް ނައިރާ ދެކެ އަޅާލައިލޯބި ވެއެވެ. ނާއިން އަވަސް އަވަހަށް ތައްޔާރު ވެލައިގެން ނުކުތެވެ.ނޫރާ ގޮވައިގެން ގޮސް ކާރަށް އަރައި ނައްޓާލި ވަގުތު ފޯނެއް އައުމުން ބިޒީ ކަމަށް މެސެޖް ކޮށްލިއެވެ.

ހޮސްޕިޓަލް ކައިރިއަށް މަޑުކޮށްލަމުން ނޫރާ ނައިރާ އާއި ރާއިން އަށް ތައްޔާރު ކޮށްގެން ގެނައި ނޫޑުލިސް ސޫޕް ނާއިން އަތަށް ހަވާލު ކޮށްލާފައި ކައިރި ފިހާރައަކަށް ވަދެ ފުރުޓު ކޮޅެއް ގަތެވެ.ނާއިން ނޫރާ އައުމުން އެތެރަށް ވަންނަން މިސްރާބު ޖެހިއެވެ.ނައިރާ ބާއްވާފައި  އޮތް ޕްރައިވެޓް ރޫމޮ ދޮރުގައި ޓަކި ޖަހާލިއެވެ.ނައިރާ އަށް ނިދިފައި އޮތުމުން ރާއިން މަޑުމަޑުން ނައިރާ ބޯދަށުން އަތް ނަގައި ބެޑްޝީޓް ނައިރާ އަށް ރަނގަޅު ކޮށްލަދިނެވެ.ދޮރު ކުރިމަތީގައި ތިބި ނޫރާމެން ފެނުމުން ހިނިތުން ވެލަމުން ނޫރާމެން ވަންނަން ތަން ދައްކާލިއެވެ.ގެނައި ތަކެތި މޭޒުމަތީގައި ބެހެއްޓުމަށްފަހު ނޫރާ ބޮލުގައި ފިރުމަމުން ބޮލުގައި ބޮސްދެމުން ދިޔައިރު އެދެލޮލުން ދިޔައީ ހުއްޓުމެއްނެތި ކަރުނަ އަންނަމުންނެވެ.”މަމްމާ ނުރޮއެ ހުއްޓާލާ އެހާ ބޮޑު ކަމެއް ވެސް ނުވެޔޭ ނާއި އަކަށް.މަންމަ ތިހެން ރޯކަން ނާއި އަށް އެގިޖެއްޔާ ނާއި ވެސް ދެރަ ވާނެ އެއްނު.އޭރުން ނާއި އަވަހަކަށް ގެޔަކަށް ބަދަލެއްވެސް ނުކުރާނެ.”ނާއިން އޭނާގެ ގައިގައި ނޫރާ ލަށްކޮށްލަމުން ބުނެލިއެވެ.ނުރާ ވެސް ނާއިނަ ބަހަށް ކިޔަމަން ވަމުން ކަރުނަތަށް ފޮހެލުމަށްފަހު ނައިރާ ކައިރި އިށިދެ އަތުގައި ފިރުމަމުން ދިޔައެވެ.”ރާއިން ދަރިފުޅާ..ނާއި އެއްޗެއް ކައިފިތަ”ރާއިން އާއި ދިމާލަށް ބަލާލަމުން އަހާލިއެވެ.”ލައްބަ މަންމާ..ފުރުޓު ތައްޓަކާ އާފަލު ޖޫސްތައްޓެއް ބޮއެގެން ހަމަ ދެންމެ ނިދިފަ އެއޮތީ.”ނައިރާ އަށް ބަލާލަމުން ރާއިން ބުނެލިއެވެ.”ހުންނާނެ މަންމަ ތިދެކުދިންނަށް ހަދައިގެން ގެނަ ސޫޕު. ބޮއެލަންވީނު ދަރިފުޅުވެސް ހުންނާނީ މިހާރު ބަޑުފައި ވެފައެއްނު”ނޫރާ ބުނެލިއެވެ.”ނޫން މަންމާ އިރަ އާއި އެއްކޮށް އަހަރެން ވެސް ކެއިން.އިރާ ހޭލީމަ ދެމީހުން އެއްކޮށް ކާނީ”ނައިރާ ބޮލަށް ބޮސްދެމުން ރާއިން ބުނެލިއެވެ.ރާއިން ގެ އަމަލުތައް ހުރިގޮތުން ނާއިން އަށް އޭނާގެ ކޮއްކޮ ދެކެ ރާއިން ވާ ލޯބި ފެނި ﷲ އަށް ހަމްދު ކުރިއެވެ.ބަންގި ގޮވުމުން ނައިނަ އާއި ރާއިން މިސިކިތަށް ދިޔުމަށް ނުކުތެވެ.

“ރާން ދާންވިނު ގެޔަށް ގޮސް ތާޒާ ވެލައިގެން ޔުނިފޯމް ބަދަލު ކޮށްގެން އަންނަން. އޭރަށް އަހަރެން މަޑުކޮށްލާނަން”ނައިރާ އޮތް ކޮޓަރި އަށް ވަންނަމުން ނާއިން ބުނެލިއެވެ.ރާއިން ވެސް އެންމެ ރަނގަޅު ކަމަށް ބުނެ ކަމެއް ވެއްޖެ ނަމަ ވަގުތުން ގުޅުމަށް ބުނެލިއެވެ.ރާއިން އާއި އެހީގައި ނޫރާ ވެސް ދިޔައީ ނަމާދުނުކޮށް ހުރުމުން ނަމާދު ކޮށްލައިގެން ސައި ތައްޔާރު ކުރުމަށެވެ.ނޫރާމެން ދިޔުމުން ނާއިން ސޯފާގައި އިށީދެ ފޯނު ނަގައި މީހަކަށް ގުޅާލިއެވެ. “ޔެސް. އައިއްސަ ގުޅާލާ އޭރުން ދާނަން ތިރިޔަށް ބަލައި”ނާއިން އެހެން ބުނެލުމަށްފަހު ފޯނު ބޭއްވިއެވެ. ނިދި އަންނަން ފެށުމުން ދެތުވެ އެކި ދިމަދިމާލަށް ހިނގަން ފެށިއެވެ. ނައިރާ ހޭލެވުމުން ނާއިން އެކަނި ހުރުމުން މޫނެއް ގޮތެއް ހަދާލިއެވެ.ކުޑަކޮށް ލޯ ހުޅުވާލަމުން ނާއިން ކުރަމުން ދިޔަ ކަންތައް ބަލަން އޮތެވެ. ފުރުޓު ކޮތަޅު ހާވާލުމަށްފަހު އޭގެތެރެއިން ގްރޭޕްސް ކޮޅެއް ނަގައި ކާން ފެށިއެވެ. ވަގުތުން ތެދުވެ ނާއިން ގައިގައި ބޮޑިއެއް އަޅަން ބޭނުންވި ނަމަވެސް މަޑުން އޮތެވެ. “ޔެސް މިދަނީ މަޑުކޮށްލާ”އަވަސް އަވަހަށް އާފަލު ޕެކެޓެއް ކަޑައިލަމުން ނާއިން ނުކުތެވެ.”މަގޭ ގަރޭޕްސް ކޮޅުކައިގެން އެދިޔައީނު. ނުލަފާ ކާކު އާއި ބައްދަލު ކުރަން އެދިޔައީ”ނައިރާ ގާތަށް ރުޅި އަންން ގޮތް ވިއެވެ.

ނާއިންގެ އަޑު އިވުމާއެކު އަވަސް އަވަހަށް ނިދާ ކަމަށް ހެދުނެވެ. އަންހެން ކުއްޖެއްގެ އުނަގަނޑުގައި އަތްއަޅުވާލައިގެން އެތެރެއަށް ވަދުނެވެ. ކާކުތޯ ބަލަން މަސައްކްތް ކުރި ނަމަވެސް މޫނު ފެންނަ ގޮތެއް ނައިރާ އަކަށް ނުވިއެވެ.އެވަގުތު ނާއިން އެ އަންހެން ކުއްޖާ ފާރާލައި ތަތް ކޮށްލިއެވެ. އެކުއްޖާ ގެ މޫނު ފެނުމުން ވަގުތުން ނައިރާ އަށް ތެދުވެވުނެވެ. ކުއްލި އަކަށް އެގޮތަށް ތެދުވުމުގެ ސަބަބުން ނައިރާ ބޮލަށް އެބުރުން އަރައިގެން ވެއްޓުނެވެ.ވަގުތުން ނާއިން ދުވެފައި އައިސް ނައިރާ ނެގިއިރު އެ އަންހެން ކުއްޖާ ބިރުންހުރެ ޑޮކްޓަރ ބަލަން ދިޔައެވެ.

ނައިރާ ބަލަމުން ދިޔަ ކޮޓަރި ދޮރުމަތީގައި ރާއިން ދެކޮޅަށް ހިނގަމުން ދިޔައެވެ.އެވަގުތު ރާއިން ދުވެފައި އައިސް ނާއިން ގާތުން ވި ގޮއް އޮޅުން ފިލުވަން ސުވާލު ކުރިވަގުތާ ޑަކުޓަރު ނުކުއް ވަގުތާ ދިމާވިއެވެ.”ބޮލުގެ އެއްފަޅި ވެއްޓި ޖެހުން ގޮތުން ދުޅަވެފަ އިނީ.އެއީ އޮށޯވެގެން އޮވެފައި ކުއްލި އަކަށް ތެދުވީނަ ވީ ގޮތެއް.ކުރިއަށް އޮތްތާގައި ވިހާވެސް ބޮޑަށް ބަލިމިހާގެ ކަންކަމަށް ސަމާލުކަން ދިނުމަށް ނަސޭހަތްތެރިވަން.”ނާއިން އިސްޖަހާލީ އަމިއްލަ ނަފްސު ކުށްވެރި ކުރާ ހާލުގައެވެ.

ނައިރާ ބާއްވާފައި އޮތް ކޮޓަރި އަށް ރާއިން އާއި އެއްކޮށް ނާއިން ވަދެގެން އައެވެ.”އިރާ ކިހިނެއް ހަދައިގެނަތަ ވެއްޓުނީ…ނާނު އެގަޑި ކޮބާ؟”ނައިރާ ގެ އަތް އޭނާގެ އަތު ތެރެއަށް ލަމުން ރާއިން އަހާލިއެވެ.ެވަގުތު ނައިރާ ނާއިން އާއި ދިމާލަށް ބަލާލުމުން ނާއިން މަޑުމަޑުން ސޮރީ އެ ބުނެ އިސްޖަހާލިއެވެ.

ނުނިމޭ…….

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

naberr
Follow Me Written By

naberr

Level 210 Stories100 Login

I don't just write stories_i translate silence, dreams, and chaos into words that speak🧡

Other Articles

Previous

ކުޑަކުޑަ ދަރިފުޅު 2 & 3

Next

ހިތް އެދޭ ލޯތްބަކީ ތީ (ޕާޓް 5)

Next
April 19, 2025

ހިތް އެދޭ ލޯތްބަކީ ތީ (ޕާޓް 5)

Previews
April 19, 2025

ކުޑަކުޑަ ދަރިފުޅު 2 & 3

9 Comments!

  1. leeshaa says:
    April 19, 2025 at 5:44 pm

    Mi part vx vrh reethi Masha Allah naberr ❤️
    omg who is that girl??
    very curious
    nabaa maadhan test neynge vaane gotheh vx
    azaan salaam buni ingey
    tc
    luv yu naberr 😘😘😘

    1. naberr naberr says:
      April 19, 2025 at 7:10 pm

      lets see kaaku thww e girl akyy n thnks for your cute lovely comment leesh
      insha allah test ragalhuvaane ik you will do your best
      azaan ahves nabaa ge salaam
      love u mre my leesh

  2. Nawar says:
    April 19, 2025 at 5:54 pm

    Vrh reethi maasha Allah..

    1. naberr naberr says:
      April 19, 2025 at 7:10 pm

      thnks nawar

  3. AISHA says:
    April 19, 2025 at 6:38 pm

    VRH REETHI
    LIYELAAFA PROOF READ KOHLAHCHEY
    N paragraph THAH BAHAALA N EH PRGRPH GA VS BAIVAR dialogue HURYMA UNDHAGOO VEDHAANE KIYAN N HAMA RANGALHU VAANE KNME MEEHAKU BUNAA EHCHEH(dialogue )VAKIN PRGRPH EHGA GENNAN N EBA HURI MIHN BALAALYMA VS FENNA MISTAKES THAHH..
    RANGALHU KOHLA DHEHCHEYY
    LYSMMM

  4. leeshaa says:
    April 19, 2025 at 7:15 pm

    this is so hard mihaaru
    everytime i have to login 😭😭😭

  5. naberr naberr says:
    April 19, 2025 at 7:18 pm

    Assalaam alaikum my dear readers thnk you for your kind love and support haahssakoh nabaa leesha n naail ah shukuru kuran for your love n support
    maadhamaa aky 2025 ge o level feshey dhuvas kamun nabaa ge faraathun o level hadhaa hurihaa kudhin ah goodluck do your best in exams hurihaa kudhin ahves baahjjaveri kaamiyaabu imthihaanakah edhen
    allahumma laa sahla illaa maa ja’altha sahlan wa’antha thaj’alal hazana izaa shi’tha sahlaa

  6. leeshaa says:
    April 19, 2025 at 7:22 pm

    thank you naberr ❤️
    insha allah we will do our best
    but this site ppl should change the setting its so hard

    1. naberr naberr says:
      April 19, 2025 at 7:32 pm

      lahbba ik leesh ge ehmme best test in dhahkaanekan insha allah

Comments are closed.

Next Episodeވާ ލޯބި އެނގޭނަމަ(14)←


All Right Reserved!