Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredހިތާމައުފެއްދުންތެރި ލިޔުންލޯބި

ހިތް އެދޭ ލޯތްބަކީ ތީ( ޕާޓް3)

Lamtty
Lamtty Level 810 Stories100 Login100 Comments500 Login100 Stories
April 13, 2025 5 Mins Read
9 Comments

މަރްޔަމް ސޫރަތުން ފަށައިގެން އެ ސޫރަތުގެ މެދަކާ ހިސާބަށް ކިޔުނު ތަނާ ކޮޓަރީގެ ކުޑަދޮރުގައި އެއްޗެއް ކޫރު ދެމޭ ކަހަލަ އަޑެއް އިވިގެން ސިހިފައި އަދާރާ އެ ދިމާލަށް ބަލައިލިއެވެ. ދެވަނަ ސިކުންތު އޭނާ ތެދުވެ ކުޑަދޮރު ކައިރިއަށް ޖެހިލައި، ދޮރުފޮތިގަނޑު ކަހާލައިފާއި ދޮރުގައި ލޯ ޖަހައިލިއެވެ. އެވަގުތު ފެނުނު މަންޒަރުން އޭނާގެ ދެލޯ ތަންމިނަށް ބޮޑުވިއެވެ.

****

ކުޑަދޮރާއި ދިމާލަށް ފުންމައިގެން އަރައި ބިއްލޫރިގަނޑުގައި ވަކި ދަމައިގަތްތަން ފެނުނީ އެއްކަލަ ލޯބި ހުދު ބުޅަލެވެ.ކިފްލުގެ ޗަންކީއެވެ. އެއީ ޗަންކީކަން އޭނާއަށް ޔަގީން ކުރެވުނީ އެވަރުގެ ހުދު ބުޅަލެއް އެނޫނީ އެހިސާބުގަނޑުން ދުވަހަކުވެސް ފެނިފައި ނުވާތީއެވެ.ބުޅާ މަންމައަށް ހިސާބުގަނޑު ބުޅާތައް އެނގޭނެތާއެވެ.

****

ޗަންކީ މަސައްކަތް އެ ކުރަނީ އެތެރެއަށް ވަނުމަށްކަން އަދާރާއަށް ދެނެގަނެވުނީ އެސޮރު ދެވަނަ ފަހަރަކަށްވެސްް އެގޮތަށް ކަންތައްކުރީމައެެވެ. އެހެނަސް އެއޮއްފަދަ މެންދަމުގެ ވަގުތުގައި އެ ބުޅާ އޭނާގެ ކޮޓަރި ކައިރިއަށް އައުމުން އަދާރާ ހިސާބަކަށް ޖެހިލުންވެސް ވިއެވެ. ސޫޖީވެސް އެފަދަ ވަގުތެއްގައި އޭނާގެ ސަމާލުކަން ހޯދާކަށް ދުވަހަކުވެސް ނާދެއެވެ.އަނެއްކޮޅުން ޗަންކީއަށް އެތަނަށް އަންނަން އެނގުނީ ވެސް ފަހެ ކިހިނެއްބާވައޭ އޭނާގެ ހިތަށް އެރިއެވެ.ނަމަވެސް އެ ބުޅަލުގެ ލޯބިކަމާއި، މައުސޫމްކަން ފެނި އެ ހިތުގައި އޮތް ބިރުގެ ކަންފުޅެއްވިއްޔާ ފިލައިގެން ދިޔައީ ކުޑަ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ.

****

އަދާރާ ކުޑަދޮރު ހުޅުވައިލުމުން ކެތް މަދުވެފައި އޮތް ޗަންކީ ނިކަން އަވަހަށް އެ ކޮޓަރިތެރެއަށް ދެމިގެންފިއެވެ.އެ ވަތް ގޮތަށް ވަދެ އަދާރާގެ ސަމާލުކަން ބޭނުންވެގެން އޭނާގެ ހެދުމުގެ ފަސްބައިގައި ’މިއައޮ އޭ‘ ކިޔަމުން އެސޮރު ކޭއްތެން ފެށިއެވެ.އެމަންޒަރު ފެނި އަދާރާގެ ހިތް ލޯބިން ފުރިގެން ދިޔައެވެ. އޭނާ ތިރިވެ އެސޮރު ނަގައި އުރައިލުމުން، އެސޮރު ވަރަށް ގަޔާވެފައި އަޑެއް ލައްވައިލިއެވެ.

’ލޯބިގަނޑު… ކިހިނެއް މިތަނަށް އަންނަން އެނގުނީ…؟‘

އަދާރާ ޗަންކީއާއި މުޚާތަބު ކުރީ ބޮޑު މީހަކު ކުޑަ ކުއްޖަކާ މުޚާތަބު ކުރާ ބީދައިންނެވެ.

****

އަދާރާ ދެއްކިހާ ވާހަކައަކަށް އެސޮރުގެ ބަހުރުވައިން ޖަވާބުދާރީ ވަމުން ދިޔައިރު އޭނާއަށް އެކަންވީ ވަރަށް މަޖާ ކަމަކަށެވެ.ސޫޖީވެސް ދުވަހަކުވެސް އެހާ އަނގަ ގަދަވެގެނެއް ނޫޅެއެވެ.

****

ހިފްޒު ކުރިބައި މުޠާލިއާކޮށް ނުނިމޭތީ އަދާރާ ޗަންކީ ގޮވައިގެން އައިސް މުސައްލަ ކައިރީ ތިރީގައި އެސޮރު ބާއްވައިލިއެވެ. މުސްޙަފް ހިފައިގެން އައިސް އަނެއްކާވެސް އޭރު ނިންމައިލި ހިސާބުން ފަށައިގެން އަލުން ކިޔަވަން ފެށިއެވެ.އަދާރާ އެއް އަތުން ޗަންކީގެ ބޮލުގައި މަޑު މަޑުން ފިރުމަމުން ދިޔައިރު,ވަރަށް ޝައުގުވެރިވެފައި ޗަންކީ އޭނާގެ މޫނަށް ބަލަހައްޓައިގެން ކަޅިވެސް ޖަހައިނުލާ އޮތެވެ.

****

ޗަންކީ ކުއްލިއަކަށް ތެދުވެގެން ކުޑަދޮރާއި ދިމާލަށް ދުއްވައިގަތުމުން އަދާރާއަށް ސިހުން ލިބުނެވެ.ދެފަހަރަކު ޗަންކީއޭ ކިޔާ ގޮވައިލުމުންވެސް އެސޮރު ފަހަތްވެސް ބެލުމެއްނެތި އެ ދިޔަ ގޮތަށް ގޮސް ކުޑަދޮރުން ބޭރަށް ފުންމާލައިގެން ދުވެ ހިނގައްޖެއެވެ. ކުއްލިއަކަށް އެވީ ކިހިނެއްބާވައޭ އަދާރާގެ ހިތަށް އެރިއެވެ.އެހެނަސް މާ ބޮޑު ކަމަކަށް ނުހަދާ އޭނާ އަނެއްކާވެސް ކިޔެވުމާއިގެން ކުރިއަށްދާން ފެށިއެވެ.

****

ދެ އާޔަތް ވެސް ފުރިހަމަ ނުކުރެވިގެން އުޅެނިކޮށް ފަތިސް ނަމާދު ބަންގީގެ އަޑުން މާޙައުލަށް ވެރިވެފައި އޮތް ހަމަހިމޭންކަން ފަޅުފިލުވާލައިފިއެވެ.ކިޔަވަމުން ދިޔަ ހިސާބު ފާހަގަ ކޮށްލަމުން އަދާރާ ބަންގިއަށް އިޖާބަ ދިނެވެ.

****

ނަމާދުކޮށް ނިމިގެން އާދައިގެ މަތިން އަދާރާ ނުކުތީ ބަދިގެ ފަރާތަށެވެ. އަވަސް އަވަހަށް ސޫޖީ އަށް ގޮވައި ގެނެސް ކާން އަޅާފައި އޭނާ ކޮފީތަށި ބޯން ފެށްޓިއެވެ.މަންމަ ނުކުންނަންވާއިރަށް އެތަނުން ސޫޖީ ގޮވައިގެން އަވަހަށް ދުރަށް ދެވޭތޯ ބަލަން އޭނާ ބޭނުންވިއެވެ.

****

އަދާރާ އިލޮށިފަތި ހިފައިގެން ބޭރަށް ނުކުންނަން ހިނގައިގެން އިރު އަދި ހަމަ އަނދިރިއެވެ.އެކަމަކު އަވަހަށް ނިންމާލިއްޔާ ހަމަ ފަސޭހަ ވާނީވެސް އޭނާއަށެވެ.ނުވެސް ގޮވަނީސް އަމިއްލައަށް ފެނިގެން ސޫޖީވެސް މިފަހަރު އޭނާގެ ފަހަތުން ނުކުންނަން އައެވެ.

****

މަގުމަށްޗަށް ނުކުތް އަދާރާއަށް ހައިރާންކަމެއް ލިބުނީ  ވަރަށް ހިނި އައިސްފައި ހުރެގެން  އޭނާއާއި ދިމާލަށް ހިނގަމުން  އައި ކިފްލު ފެނިފައެވެ. ހީވީ އޭނާ ނުކުންނާނެ އިރެއްގެ އިންތިޒާރުގައި ބޭރުގައި މަޑުކޮށްގެން ހުރި ހެންނެވެ.

****

ތަންކޮޅެއް އޮފު ހުދު ކުލައަކަށް ދާ ޖުއްބާއެއްގައި ކިފްލު ހުރި އިރު އޭނާގެ ފިރިހެންވަންތަކަން އެތައް ގުނައެއް އިތުރު ކޮށްދީފައިވެއެވެ. އިސްތަށިގަނޑުގައި ހުރި ތެތްކަން ހެކިދިނީ އޭނާ ފެންވަރާ ތާޒާ ވެލައިގެން އައިތާ މާ ގިނައިރެއް އަދި ނުވާކަމެވެ. އޭނާ ބޭނުންކޮށްފައި ހުރި ފިރިހެން އަތަރުގެ ހިތްގައިމު މީރު ވަހުން މުޅި މާހައުލު އެއްވަސް ވެގެން ދިޔައީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ.ނޭފަތުގައި އެވަސް ޖެހުނު ހިނދު އަދާރާއަށް ނޭފަތް އެތެރެއަށް ދަމައިލެވުނީ ބޭއިޚުތިޔާރުގައެވެ.

****

އޭރު ކިފްލުގެ އަތުތެރޭގައި ޗަންކީ ވަރަށް ހަމަޖެހިލައިގެން އޮތެވެ.އަދާރާ ފެނުމުން އެސޮރު ކިފްލުގެ އަތުތެރޭން ފުންމާލައިގެން އައިސް އޭނާގެ ހެދުމުގެ ފަސްބައި ގައި ކޭއްތެން ފެށިއެވެ.ސޫޖީއަށް  މާ ކަމުދިޔަ މަންޒަރަކަށް އެ މަންޒަރު ނުވިއެވެ. ހިތްހަމަ ނުޖެހިގެން އެސޮރު ޗަންކީއާއި ދިމާލަށް އެސޮރުގެ ބަހުރުވައިން އަޑު ލައިގަތެވެ. އެހެނަސް ޗަންކީ ހަމަ އަޅައިވެސް ނުލިއެވެ.

****

’ހެހެ ޗަންކީ ހާދަ އަވަހަކަށް އޮޅުވެއްޖޭ ދޯ އަދާރާޔާ.؟ މީ އަދާރާގެ ބުޅާތަ؟ ކޮން ނަމެއްތަ ކިޔަނީ؟‘ ކިފްލުއަށް އެ މަންޒަރު ފެނުމުން ޗަންކީ ނަގައި އަނެއްކާވެސް އުރައިލިއެވެ.ދެން އަދާރާގެ ފަސްބައިގައި އަައިސް އޮޅެން ފެށީ ސޫޖީއެވެ.އެމަންޒަރު ފެނި ދެ މީހުންގެ ގާތަށްވެސް އައީ ހިންޏެވެ.

’އާނ. އޭ އަދި ތިހެން ބުނީމަ މި ހަނދާންވީ. އެނގޭތަ ރޭގަ ކޮޓަރި ކައިރިއަށް ވެސް އައޭ ޗަންކީ. ކުޑަ ދޮރު ހުޅުވީމަ އެތެރެއަށް ވަދެ އުޅެފަ ފަތިސް ވާން ވަރަށް ކައިރިވެފައި ހުއްޓާ ދިޔައީ ވެސް… އަހަރެން ހިތަށް އެރި ކިހިނެއް ބާއޭ ރޫމް ކައިރިއަށް އަންނަން އެނގުނީ.  މީ ސޫޖީ …މަންމަ ބިރުގަންނާތީ ގޮވައިގެން މިއުޅެނީ.އެހެންނޫނީ ބަދިގެ ފަރާތުގައި އުޅޭނީ…މަންމަ ބިރުން ނުކެރޭ ސޫޖީ އޮތިއްޔާ އެތަނަށް ދާކަށް…‘ އަދާރާވެސް ހިނިތުންވެލަމުން ޖަވާބުގައި ބުނެލިއެވެ.

’އައްދޭ ޗަންކީވެސް ހާދަ ކުރިއަށް ޖައްސާލައިފިއޭ ދޯ އެހެންވީމާ.. ހަހަހަ..އަދާރާ އެގަޑީ ނުނިދާ ކީއްކުރީ؟‘އަދާރާއާއި ހަތަރުކަޅި ހަމަކޮށްލައިގެން ހުރެ ކިފްލު އަހައިލިއެވެ.އެ ތޫނު ނަޒަރު އޭނައާއި އަމާޒުވެފައި ހުރުމުން އަދާރާ ފިނިވާން ފެށިއެވެ.

****

އަދާރާ އޭނާ ހާފިޒާއަކަށްވުމަށްޓަކައި ދެކޭ ފޮނި ހުވަފެންތަކުގެ ވާހަކަ ކުރު ގޮތަކަށް ކިފްލުއާއި ހިއްސާ ކޮށްލިއެވެ. ކިފްލުގެ ތުންފަތް ދެމިލި ގޮތުން އޭނާ ވަރަށް ޝައުގުވެެރިވިކަން އަދާރާއަށް އެނގުނެވެ.

އަދާރާ ހިތް އަވަސްވެފައި ހުންނަހެން ހީވާން ފެށުމުން އިސްވެ މައުޟޫ ބަދަލުކޮށްލީ ކިފްލުއެވެ.

****

’ހާދަ ވަރުގަދަ އިލޮށިފައްޗެއް ހިފައިގެން ތިއުޅެނީ.އަހަރެން ގައިގަވެސް ލަކުނު ލައްވާލަން ދޯ ތިއުޅެނީ؟‘ ހިނި އައިސްފަ ހުރެ ލާނެތް ރާގެއްގައި ކިފްލު އަހައިލިއެވެ.

’އޭނ؟!‘ އަދާރާއަކަށް އެވަރަކުން އެބުނި އެއްޗެއް ރަނގަޅަކަށް ފަހުމެއް ނުވިއެވެ.

’މި ބުނީ ތިޔަ އިލޮށިފަތީގައި ހުރި ވަރަކުން މަގޭ ގައިގަވެސް ލަކުނު ލައްވަންހޭ ތިއުޅެނީ؟ އަހަރެންވެސް އަދާރާ ގައިގައި ވަރަށް ގިނަ ލަކުނު ލެއްވީމެއްނު ދޯ …ހެހެހެ؟‘

ކިފްލު ސަމާސާއަކަށް ހަދާފައި އެހެން ބުނެލި ނަމަވެސް އަދާރާގެ މޫނުން އިސާހިތަކު ހިތްހަމަނުޖެހުމުގެ އަސަރުތައް ފާޅުވިއެވެ. ވިސްނާލުމެއްނެތި ކިފްލު ބުނެލި އެ ބަސްތަކުން މާޒީގެ އެ އަނދިރި ހަނދާންތައް އަނެއްކާވެސް އޭނާގެ ނަފްސުގެ ހަމަޖެހުން ނަގައިލީއެވެ.

****

’ކިފްލު ކީކޭ ކިޔަންތަ ތިއުޅެނީ؟! އަހަރެން މީ ’ބަދަލަށް ބަދަލު ހިފަން‘ ބޭނުންވާ ކަހަލަ މީހެއް ނޫން. ދެން އޭރު އަހަންނަށް ދިން އަނިޔާތަކުގެ ވާހަކަ މިހާރު ތި ދައްކަނީ ކީއްކުރަން…؟  އެއީ އަހަރެން ހަނދާން ކުރަން ބޭނުންވާ ދުވަސްތަކެއް ނޫން …އަހަރެން އެކަމަކާއި ހެދި ނަފްސާނީވެފައި ހުރީ! އަހަރެން ފަހުން ކިފްލު މާފަށް އެދުނީމަ މާފު ދިނިން ދޯ. ދެން ކީއްވެ މިހާރު އެވާހަކަ ނަގައިގެން ތި ދައްކަނީ. ދިމާވާ ކޮންމެ ފަހަރަކު އަހަންނަށް އެދުވަސްތައް ހަނދާންކޮށް ނުދީފާނަންތަ؟!.‘ ހިތްހަމަ ނުޖެހިފައި އަދާރާ ފައްޗަކަށް އަމުނައިލިއެވެ.

އަދާރާގެ ޠަބީއަތު އެކަށް ޚަރާބުވީ ފަޅި ސިކުންތު ކޮޅެއްގެ ތެރޭގައެވެ. ކިފްލު ކަން އެނގުނު ހިސާބުން ދެން އިތުރަށް ވާހަކަ ދެއްކުނު މޮޔަ ހިތަށްއެރީވެސް އެ ވަގުތުއެވެ.ނަމަވެސް ވަގުތާއި އެކު ކިފްލު ވެސް ބަދަލުވެދާނެ ކަމަށް އޭނާގެ ހިތް ބުނީތީ އޭރު ވާހަކަ ދެއްކުނީއެވެ. ހަގީގަތަށް ބުނަންޏާ ކިފްލުގެ ފިރިހެންވަންތަކަމުގެ ޖާދޫގައި ޖެހި އޭނާގެ ހިތް ވެސް ބެހިގެން ދިޔައީއެވެ.އެހެނަސް ކިފްލުގެ ކިބައިގައި އަދިވެސް އެހެން މީހުންގެ އިޙުސާސް ތަކަށް އިހުތިރާމު ކުރުމުގެ ސިފަ އަށަގެންފައެއް ނެތެވެ.

****

އަދާރާ ދިން ވަރުގަދަ ރައްދުގެ ސަބަބުން ކިފްލު ހުރީ ބުނާނެ އެއްޗެއް ނޭނގި ބަސް ހުއްޓިފައެވެ.އަދާރާ އެގޮތަށް ’ރިއެކްޓު‘ ކޮށްފާނެ ކަމަކަށް އޭނާ ހިއެއްވެސް ނުކުރެއެވެ. އެހެނަސް އެކަންވެގެން ދިޔައީ ފުރަތަމަ ފަހަރަށް އޭނާއަށް އަދާރާއާއި މެދު ފުންކޮށް ވިސްނާލަން މަޖުބޫރު ކުރުވި ސަބަބަށެވެ.

****

ތެދެކެވެ.އޭނާގެ ފަރާތުން  އަދާރާއަށް  ހާދަ އަނިޔާއެއް ލިބުނެވެ. އޭރު އޭނާ އަދާރާއާއި ދޭތެރޭ ކަންތައް ކުރީ ހާދަހާ އިހާނެތިކޮށެވެ. އެފަކީރު ހުންނަލެއް ނިކަމެތި ކަމުން އެހާ ފަސޭހައިން އަނިޔާވެސްވެއެވެ.ބޮޑެތި މީހުންގެ ސަމާލުކަމަށް އެކަން ނައިނަމަ އޭނާގެ އަތުން އެކުއްޖާ މަރުނުވެ ހުރީސް ކަމާއި މެދު އޭނާއަށް ޝައްކެވެ.

****

’އަމް ސޯ ސޮރީ…‘ ކިފްލުއަށް ބުނެވުނީ އެހެންނެވެ.

’ސޮރީ ބުނަންވާނީ މީން ކޮށްފައި.އުންމީދު ކުރަން ދެން އެ ދުވަސްތަކުގެ ވާހަކަ އަލުން ނުދައްކާނެ ކަމަށް…ދެން ދޭ ޗަންކީ ގޮވައިގެން އެކޮޅަށް… އަހަރެން ކުނިކަހަން ފެށީމައި ވަރަށް ހިރަފުސް އަރަން ފަށާނެ…ޗަންކީ ވަރަށް އަވަހަށް ކިލާވެދާނެ…ކިފްލުގެ ޖުއްބާވެސް …‘ އަދާރާ ގަޔާނުވިކަން އޭނާގެ މޫނުމަތިން ފާޅުވޭވޭ ހުއްޓެވެ.

****

އެވަގުތު އައި ސިނގުރުޅީގައި އެގޮތަށް ކިފްލުއާއި ދިމާލަށް އެއްޗެހި ކިޔައިގަނެވުމުން ހަގީގަތުގައި އަދާރާ ކުޑަކޮށް ލަދުވެސް ގަތެވެ.ކިފްލުއަށްވެފައި ހުރި ގޮތް އަދިވެސް އޭނާއަށް ކުލަވެއެވެ.އެކަމަކު އޭނާ ބުނީ ކޮންމެހެން ބުނަންޖެހޭ އެއްޗެކެވެ. ކިފްލުއެއް ކަމަކު ބަސް ބުނުމުގައިވެސް ކޮންމެވެސް ކަހަލަ އިމެއް އޮންނަންވާނެއެވެ. އަނެކުންގެ އިހުސާސްތަކާއި މެދުވެސް ވިސްނެން ވާނެއެވެ.އެއީ އަދާރާ ގަބޫލުކުރާ ގޮތެވެ.

****

’އޯކޭ އޯކޭ އަހަރެން  މިދަނީ … އެކަމަކު އަދާރާ ވާނެ އަހަރެންގެ މަންމައާ މީޓުކޮށްލަން..މިހާރު އަދާރާ ދެކިލަން ބޭނުންވާ ވާހަކަ އަހަރެން ގާތުގައި ކިޔައިފި…‘ ކިފްލު ބޮލުގެ ފުށްކިބަ ކަހައިލަމުން އަދާރާއާއި ހަތަރުކަޅި ހަމަކޮށްލަން ނުކެރި ހުރެ ބުނެލިއެވެ.ކިފްލުގެ އަމަލުތައް ހުރިގޮތުން އޭނާ ހުރީ  އެހެން ބުނެވުމުން ވަރަށް ކަޑަވެފައިކަން އަދާރާއަށް ވިސްނުނެވެ.

****

ކިފްލު ގޮސް ގެއަށް ވަނުމުގެ ކުރިން އެއްފަހަރު އެނބުރި ފަހަތް ބަލައިލިތަން އަދާރާ ދުށްޓެވެ. ނަމަވެސް އެކަން އެނގުނު ކަމަށް ނުހަދާ އޭނާ ކުނިކެހުން ކުރިއަށް ގެންދިޔައެވެ. އެހެނަސް އިސާހިތަކު އޭނާގެ ހަގީގީ އިހުސާސްތައް، ހިނިތުންވުމެއްގެ ސިފަ ޖެހި އޭނާގެ ތުންފަތުން ޖާގަ ހޯދީ ހުއްދަ ހޯދުމަކާއިވެސް ނުލައެވެ. ކިފްލުގެ ސަމާލުކަން ލިބުމުން އޭނާ އެހާ އުފާވާންވީ ކީއްވެ ހެއްޔެވެ؟ ދެވަނަ ސިކުންތު، ދެފަރާތަށް ބޯހޫރާލަމުން އަދާރާ ‘އައި ރޯލް’ ކޮށްލިއެވެ.

 

ނުނިމޭ

 

 

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Lamtty
Follow Me Written By

Lamtty

Level 810 Stories100 Login100 Comments500 Login100 Stories

Challenging myself here 🌺🍃 ✍🏾 📖 ❤️ ☕ 😺 I believe there's always room for improvement. Constructive criticism is much appreciated.😊 ❤️

Other Articles

Previous

އިންސާފު ލިބޭނެބާ – 36

Next

ވާ ލޯބި އެނގޭނަމަ(11)

Next
April 13, 2025

ވާ ލޯބި އެނގޭނަމަ(11)

Previews
April 13, 2025

އިންސާފު ލިބޭނެބާ – 36

9 Comments!

  1. Rysh says:
    April 13, 2025 at 4:49 pm

    OMG mom ai meet kuran eulhenyyyyyyy….

    1. Lamtty Lamtty says:
      April 13, 2025 at 4:52 pm

      Hihi balamaa dho 😊

  2. Nayerr says:
    April 13, 2025 at 6:16 pm

    Mi part ves vrh reethi when’s next part curiously waiting for the next part lysm Lamtty ❤️😘

    1. Lamtty Lamtty says:
      April 13, 2025 at 6:57 pm

      Thank you Nayerr ❤️
      Soon in Sha Allah 😄
      Much love 😘

  3. Aysherr says:
    April 13, 2025 at 7:52 pm

    Hello lamtty
    Mi part ves Varah reethi Maasha allah..
    U are a talented author Maasha allah
    Hama kiyaalaa iru heevany vaahakaige thereyga ulhevey hn.. sifa kurun thah ves hama ehaa furihama maasha allah.. neynge bunaane ehcheh ves.. hama vrh ves furihama <33
    anywayss, When next..?

    1. Lamtty Lamtty says:
      April 14, 2025 at 9:05 am

      Thank you 😊
      Soon in Sha Allah ❤️

  4. ana says:
    April 13, 2025 at 11:51 pm

    this part was nice actually i liked seeing them converse and have real feelings over what went down and i liked that kifl is not all perfect and that he can still learn and grow

    1. Lamtty Lamtty says:
      April 14, 2025 at 9:06 am

      Thank you ❤️

  5. Him says:
    April 14, 2025 at 12:57 pm

    Masha Allah Vrh reethi mi part vx 😍

Comments are closed.

Next Episodeހިތް އެދޭ ލޯތްބަކީ ތީ( ޕާޓް 4)←


All Right Reserved!