Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredހިތާމައުފެއްދުންތެރި ލިޔުންލޯބި

ހިތް އެދޭ ލޯތްބަކީ ތީ(ޕާޓް 2)

Lamtty
Lamtty Level 810 Stories100 Login100 Comments500 Login100 Stories
April 10, 2025 3 Mins Read
18 Comments

’އަައްސަލާމް ޢަލައިކުމް…އަހަންނަށް ކިޔަނީ ކިފްލު.‘ އެ ޒުވާނާ ތަޢާރަފްވެލިއެވެ.އޭރުވެސް އަދާރާއަށް ހުރެވުނީ ކަޅިޖަހައި ނުލައި ކިފްލުގެ މޫނަށް ބަލަހައްޓައިގެންނެވެ. އެ މޫނުން ދަންނަ ވައްތަރެއް ޖެހިހެން އަދާރާއަށް ހީވިއެވެ. އެހެނަސް ހަމަ އެއްގޮތަކަށްވެސް ހަަނދާނަކަށް ނައެވެ.އަދާރާ އެއްޗެކޭ ނުބުނެ އޭނާގެ މޫނަށް ބަލަހައްޓައިގެން ހުންނަން ފެށުމުން ދެންވެސް ވާހަކަދެއްކީ ކިފްލުއެވެ.

’ނުދަންނަ މީހެއްވީމައި ސަލާމްވެސް ބަލައި ނުގަންނަންތަ ތި ހުރީ؟ އަހަރެން އަދާރާ ކައެއް ނުލާނަމޭ…‘ އަދާރާ ލަދުން އިސްޖަހައިލި ތަން ފެނިފައި ކިފްލުގެ ހިނިތުންވުން އިހުނަށްވުރެވެސް ފުޅާވެލިއެވެ. އެހެނަސް އޭނާގެ ދުލުން އަދާރާގެ ނަން ބޭރުވީ އަޑު އިވިފައި އަދާރާއަށް ސިހުން ލިބުނު ކަން ކިފްލުއަށް އެނގުނެވެ.

’ކިހިނެއް އަހަރެންގެ ނަން އެނގުނީ….ކާާކުތީ؟!‘ އަދާރާގެ އަޑުގައި ޖެހިލުންވުމުގެ އަސަރު އެކުލެވުނެވެ. އަދާރާއަށް ވީގޮތް ފެނި ކިފްލުގެ ލުއި ލުއި ހީލުމުގެ އަޑުން މާހައުލަށް ވެރިވެފައިވި ހަމަހިމޭންކަން ފޫއަޅުވައިލިއެވެ.

’އަޅެ ކާކުތަތީ…؟‘ އަދާރާ އޭނާގެ ސުވާލު ތަކުރާރު ކޮށްލިއެވެ.އޭރު ހިތް ނުތަނަވަސް ވެފައި ހުރި ވަރުން އޭނާގެ އަޑުގައި މަޑު މަޑު ތުރުތުރެއް ހުއްޓެވެ.

’އަހަންނަކީ ކިފްލު…ކުރުކޮށް ކިފޫ…މިވަރުން އެއްޗެއް ހަނދާންވޭތަ؟‘ އަދާރާގެ ދެލޮލަށް ވަރަށް ފުންކޮށް ބަލައިލަމުން ކިފްލު އަހައިލިއެވެ.

’ކިފޫ…ކިފޫ…‘ އަދާރާއަށް އެނަން ތަކުރާރުކޮށްލެވުނެވެ. އެހިނދު މާޒީގެ އެތައް ހަނދާންތަކެއް ކަޅާއި ހުދުގެ މަންޒަރުތަކެއްހެން އަދާރާގެ ލޯ ކުރިމައްޗަށް ސިފަވެގެން ދިޔައެވެ. ނަމަވެސް އެއީ މާ އުފާވެރި ހަނދާން ތަކެއް ނޫނެވެ. އަދާރާގެ މޫނުގެ ކުލަ އޮއްސުނީ އެސްފިޔަ ޖަހާލާހާ ހިނދުކޮޅެއްގެ ތެރޭގައެވެ.

****

ކިފްލު ނުވަތަ ކިފޫއަކީ ހަލީމާމެންގެއާއި ޖެހިގެން ހުންނަ ގޯތި ރާމިޒާގެ މާމަ ދަރިފުޅެވެ. ކިފްލުގެ މަންމައަކީ މިސްރު މީހެކެވެ.އާންމު ދިވެހިންނާއި ނުބައްދަލު ސިފަތައް އޭނާއަށް ވާރުތަ ކޮށްފައިވަނީ އޭނާގެ މަންމަގެ ފަރާތުންނެވެ.

****

ކިފްލުގެ އުމުރުން ނުވަ އަހަރުގައި އެމީހުން މިސްރަށް ބަދަލުވީ ކިފްލުއަށް ޢަރަބި ތައުލީމު ދޭން ކިފްލުގެ މަންމަ ބޭނުންވީތީއެވެ.އޭރުވެސް އޭނާ ފަރިތަކަމާއެކު އަރަބިން ވާހަކަ ދައްކައެވެ.ކަމަކާ ރުޅި އަޔަސް އެއްޗެހި ގޮވާލާނީ އަރަބި ބަހުންނެވެ.

****

އަދާރާ ކުޑައިރު އޭނާވެސް ކިފްލުއާއި ބައިވެރި ވެގެން ކުޅޭ ހިތުން އެގެއަށް ގޮސްވެސް ހަދައެވެ. އަދާރާ ކިފްލުއަށްވުރެ ތިން އަހަރު ހަގެވެ. އޭނާ ހުންނަލެއް ލޯބިކަމުން ރާމިޒާމެންވެސް އަދާރާދެކެ ނުލާހިކު ލޯބިވެއެވެ. އެހެނަސް ކިފްލު ވެގެން ދިޔައީ އޭނާގެ ހަތުރަކަށެވެ.އަބަދު ތޮޅެ އިސްތަށިގަނޑަށް ދަމާ ރޮއްވާ ހަދަން ފެށިއެވެ. އަދާރާގެ ހަށިގަނޑުގައި ކިފްލުގެ އަތުން ޒަޚަމެއް ލައްވައިނުލާ ދުވަހެއް މަދެވެ. ތަންދޮރު އެނގޭވަރުވެލިއިރަށް ދެން ފެށީ ބުލީ ކުރާށެވެ.އަދާރާގެ ދަތްދޮޅީގައި ކަޅުތިލައެއް އިންނާތީ އިބިލީސް ތައްގަނޑު ޖަހައިފައޭ ކިޔައިގެން އަދާރާއާއި ދިމާކޮށްކޮށް ކިތަންމެ ދުވަހަކު އޭނާ ރޮއްވައިލައެވެ. އެކަމަކާއި ހުރެ އެ ޅަ ހިތުގައި ކިފްލުއަށްޓަކައި އުފަންވެގެން ދިޔައީ ނަފްރަތުގެ ހުޅުކޮޅެކެވެ.

*****

މާޒީގެ ހަނދާންތަކުން އަދާރާއަށް ނުކުމެވުނީ ކިފްލުގެ އަތުގައި އޮތް ބުޅާ ކުއްލިއަކަށް އޭނާގެ އަތުން ދެމިގަނެގެން ފުންމާލަން މަސައްކަތް ކުރަން ފެށުމުންނެވެ. އެ ބުޅާ ގަދަ ހަދަން ފެށުމުން ކިފްލު އެސޮރަށް ދޫ ދިނެވެ.އެސޮރު ދެމިގަނެގެން އެދިޔަ ގޮތަށް އަނދިރި ގަނޑުގެ ތެރެއަށް ގޮސް ގެއްލުނެވެ.

****

’އަދާރާ އަދިވެސް އަހަރެން ދެކެ ރުޅި އައިސްފައި ދޯ ތިހުންނަނީ…އެއީ އަހަރެން ކުޑައިރު އުޅުނުގޮތެއްނު…މިހާރު މި އަތަކުން އެއްވެސް އަންހެން ކުއްޖަކަށް އަނިޔާއެއް ނުލިބޭނެ… އަހަރެންގެ ފަރާތުން އަދާރާއަށް ލިބުނު ހުރިހާ އަނިޔާއަކަށް ވަރަށް ބޮޑަށް މާފަށް އެދެން… އުންމީދު ކުރަން އަދާރާ އަހަންނަށް މާފު ކުރާނެކަމަށް…‘ ކިފްލުގެ އަޑުގައި ސީރިޔަސްކަން އެކުލެވުނެވެ.ހީވީ އަދާރާގެ ހިތް ހުޅުވައިގެން އޭގައި އޮތް އެއްޗެއް ކިޔާލި ހެންނެވެ.

’ އޭ!އަދިވެސް ދިވެހި އެނގޭތަ؟!‘ ކިފްލު ބުނި އެއްޗަކަށް ޖަވާބު ދިނުމުގެ ބަދަލުގައި ކުއްލިއަކަށް އެއްޗެއް ހަނދާން ވެގެން ބުނެލި ފަދައަކުން,އަދާރާ ބުނެލިއެވެ.ކިފްލުގެ ސީރިޔަސް މޫޑު އިސާހިތަކު ބަދަލުވެ, އޭނާގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ.

****

’އަދާރާ… އަހަރެން މީ ދިވެއްސެކޭ…އަހަރެން އެކޮޅުގައި އުޅުނަސް ބަރާބަރަށް ދިވެހި ލެސަންސް ނެގިން…ދިވެހި މާއްދާ ހަމަ އޮންލައިންކޮށް ކިޔަވާ ފުރިހަމަ ކުރިން. އެހެންވީމާ ޔެސް އަހަންނަށް އަދިވެސް ދިވެހި އެނގޭ…ސޯ އަހަންނަށް މާފު ލިބިއްޖެތަ މިހާރު؟‘ ކިފްލު އޭނާގެ ’އަޑިކޮޅު‘ އިޝްތިހާރުކޮށްލިއެވެ.

’ހޫމް…‘ އަދާރާވެސް ކިފްލުއަށް ހިނިތުންވެލިއެވެ.ކިފްލު މާފަށް އެދުމުން އެ ހިތުގައި އޭނާއާއި ދޭތެރޭ އުފެދިފައި އޮތް ކިލަނބުކަންވެސް މުޅިން ފިލައިގެން ގޮސްފިއެވެ.

’މިކޮޅަށް އެކޮށް ޗޭންޖުވީތަ ތި؟‘ އަދާރާ އެނގެން ބޭނުންވިއެވެ.

’ނޫނޭ…ޗުއްޓީއަށް މިއައީ..އަދި ކިޔަވާ ނުނިމޭ…‘ ކިފްލު ބުނެލިއެވެ.

ދެމީހުންގެ މެދުގައި ލެވިފައި އޮތް ބީރައްޓެހިކަމުގެ ފާރު މަޑުމަޑުން ބިމާ ހަމަވެއްޖެއެވެ. ދެމީހުން އޮލަ ވާހަކައިގައި ޖެހިފައި ތިބިއިރު، ވަގުތު ހިނގަމުން ދިޔަ ގޮތްވެސް އެއިން އެކަކަށްވެސް ރެއަކާނުލައެވެ.

****

ކިފްލު ވަރަށް ގަޔާވެފައި ޗަންކީ ރާއްޖެ ގެންނަން އުޅެން ޖެހުނު ހާލު ކިޔައިލިއިރު އަދާރާއަށް އިނދެވުނީ އޭނާގެ ހުދު ހުދު ދަތްޕިލާ އެއްކޮށް ފެންނަވަރަށް ހިނިތުންވެލައިގެންނެވެ.

****

’އަދާރާ…ބަޔަކު ނުކުންނަން އުޅޭހެން ހީވޭ އެބަ ހަލީމައްތަމެން ގެއިން… ބަޔަކަށް އަހަރުން މިހެން މިތާ ތިއްބާ ފެނިއްޖެއްޔާ މޮޅު ވާހަކައެއް ފަޅާލައިފާނެ.. އަހަރެން މަޑުކުރާނަން… އަދާރާ ދޭ.‘ ކިފްލު ކުއްލިއަކަށް ބުނެލިއެވެ. ތެދެކެވެ.އޭރު ހަލީމާމެންގޭ ފެންްްްޑާތެރެއިން ބަޔަކު ވާހަކަދައްކާ އަޑު އިވެމުންދެއެވެ.ކިފްލު އެދުނު ގޮތަށް އަދާރާ އަވަސް އަވަހަށް ގެއަށް ދާން ހިނގައިގަތެވެ.

****

އަދާރާ ގެއަށް ވަންނަން އައިއިރު އޭނާގެ ތުންފަތުގައި ކުޅެލަ ކުޅެލާ ހުރި ހިނިތުންވުން ދިޔައީ އިތުރަށް ފުންވަމުންނެވެ.އޭނާއަށް އަދިވެސް ކިފްލުގެ ރީތި ދެލޯ ކުލަވާ ކަހަލައެވެ.ކޮން ފަދަ ތޫނުކަމެއް ހެއްޔެވެ؟ އެ ދެލޮލުން އެތައް ބައެއްގެ ހިތަށް އޭނާ ޖާދޫ ޖައްސާނެކަން ގައިމެވެ. އެ ހުދު ޖުއްބާގައި އޭނާ ފެންނަ އިރު ހީވަނީ ހަމަ ’އެރޭބިއަން ޕްރިންސެއް‘ހެންނެވެ.ރީތި އެއްޗެއްސަށް ލޯބި ކުރުމަކީ އިންސާނާގެ ޠަބީޢަތުގައި ލައްވަވާފައިވާ ކަމެކެވެ.އަދާރާ އަށްވެސް އެވަނީ އެކަހަލަ ގޮތެއް ކަންނޭނގެއެވެ.

****

އެހާ ދަން ނުވަނީސް އަދާރާ ނިދަން އޮށޯތީ ދަމު ނަމާދަށް އޭނާ ތެދުވަން ބޭނުންވާތީއެވެ.ފޯނުން މެންދަމު ތިނެއް ޖަހާއިރަށް އެލާމު ސެޓުކޮށްލީ ސަލާމަތީ ފިޔަވަޅެއްގެ ގޮތުންނެވެ.ދަމު ނަމާދަށްފަހު އޭނާ ހިފްޒުކުރަމުންދާ ހިސާބު މުޠާލިއާ ކުރަން އޭނާ އޮތީ ނިންމައިގެންނެވެ.ދެން ހިފްޒުކުރަން އޮތް ހިސާބު ފެށެން އަންނަނީ މިހާރު ދަސްކޮށްފައިި އޮތް ހިސާބު ކުށެއް ނުލައި ކިޔުނީމައެވެ.

****

އެހެންޏާ ވެސް ހޭލާ ގަޑިއަށް އަދާރާއަށް ހޭލެވުނެވެ. އެލާމު އޮފުކޮށްލައިފައި ތެދުވެ ތާޒާވެލައި، ވުޟޫކޮށް ހެދުމަށްޓަކައި އޭނާ ވަނީ ފާޚާނާއަށެވެ.

*****

ދަމު ނަމާދުކޮށް ނިމިގެން އަދާރާ މުސްޙަފު ހިފައިގެން އައިސް މުސައްލަ މަތީގައި އިށީނެވެ. އޭރު މުޅި ކޮޓަރި އެއްވަސް ވެފައި ވަނީ ހުވަނދުމަލުގެ މީރުވަހުންނެވެ.

****

މަރްޔަމް ސޫރަތުން ފަށައިގެން އެ ސޫރަތުގެ މެދަކާ ހިސާބަށް ކިޔުނު ތަނާ ކޮޓަރީގެ ކުޑަ ދޮރުގައި އެއްޗެއް ކޫރު ދެމޭ ކަހަލަ އަޑެއް އިވިގެން ސިހިފައި އަދާރާ އެދިމާއަށް ބަލައިލިއެވެ.ދެވަނަ ސިކުންތު އޭނާ ތެދުވެ ކުޑަދޮރު ކައިރިއަށް ޖެހިލައި، ދޮރުފޮތިގަނޑު ކަހާލައިފައި ދޮރުގައި ލޯޖަހައިލިއެވެ. އެވަގުތު ފެނުނު މަންޒަރުން އޭނާގެ ދެލޯ ތަންމިނަށް ބޮޑުވިއެވެ.

(ނުނިމޭ)

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Lamtty
Follow Me Written By

Lamtty

Level 810 Stories100 Login100 Comments500 Login100 Stories

Challenging myself here 🌺🍃 ✍🏾 📖 ❤️ ☕ 😺 I believe there's always room for improvement. Constructive criticism is much appreciated.😊 ❤️

Other Articles

Previous

ކުޑަކުޑަ ދަރިފުޅު ޓްރެއިލާރ

Next

ކުށަކާ ނުލާ

Next
April 10, 2025

ކުށަކާ ނުލާ

Previews
April 10, 2025

ކުޑަކުޑަ ދަރިފުޅު ޓްރެއިލާރ

18 Comments!

  1. lalla says:
    April 11, 2025 at 8:59 am

    what happened anehkkaa??
    when next?? when next??

    1. Lamtty Lamtty says:
      April 11, 2025 at 12:34 pm

      Balamaa dho!😊
      Soon in Sha Allah ❤️

  2. Him says:
    April 11, 2025 at 11:01 am

    alheyy bby mi part vx vrh reethi Masha Allah ❤️
    so proud of you bby💖
    vrh loabivey bby 💋

  3. Never known says:
    April 11, 2025 at 11:54 am

    Eeii yageen kiflu kan.
    Ekm I don’t like his name kiflu!

    1. Lamtty Lamtty says:
      April 11, 2025 at 12:34 pm

      Hehe alhe balamaa dho! 😊

  4. nuhaaaaaa says:
    April 11, 2025 at 12:24 pm

    oh my lamtty you vrh bby vaa kuhjjeh eynee Him 😂
    manje engeytha e kaakukan 🤔
    or is he your bf 😳

    1. Lamtty Lamtty says:
      April 11, 2025 at 12:36 pm

      Girl I have no idea! Someone is pretending to be my baby. 😭

    2. Him says:
      April 12, 2025 at 12:41 am

      Bf ah vaahithunney
      I’ll write a comment in each part but im very sad cux lamtty is not replying idk y 😭😭😭😭😭😭😭😭😭
      Btw im from lamttys island. I always had a crush on her and i saw her story on esfiya and i lovrd it. Now i cant wait for the storyy

  5. nuhaaaaaa says:
    April 11, 2025 at 1:39 pm

    alheyyy lets investigate dhw lamtty 🕵️

    1. Lamtty Lamtty says:
      April 11, 2025 at 8:14 pm

      Aan thikanves kuranvi dhen.

    2. Lamtty Lamtty says:
      April 12, 2025 at 1:28 am

      @Him I’m pretty sure you have mistaken me for someone else! I’d really appreciate it if you stop commenting like being all lovey dovey.Im married fyi.

  6. It's the me says:
    April 11, 2025 at 3:23 pm

    Varah salhi mi part!
    But I didn’t know that you had bf! Awwwwwwwwn….cute😂😂
    Alheyy haadha support eh eba kure eh nun him! Bby kiyaafa

    1. Lamtty Lamtty says:
      April 11, 2025 at 8:12 pm

      Thanks 😊
      Keehkuraany konmes kuhjaku hama I ge baby ah veganegen e ulheni!

  7. nuhaaaaaaa says:
    April 11, 2025 at 9:31 pm

    lamtty dhn ekamaa ufaa kurey gina meehun ulhenee bbby kiyaane meehaku nevegen 😂

    1. Lamtty Lamtty says:
      April 12, 2025 at 1:26 am

      Hehe

  8. ana says:
    April 11, 2025 at 11:44 pm

    honestly i was excited for them to meet up and all but to find out he was the one who used to bully her physically too to the point she got bruised almost everyday and yeah he was still a kid and the adults should have handled this better but i feel like he was being a bit pushy asking if he forgive her now like let the girl process all this first

  9. ana says:
    April 11, 2025 at 11:48 pm

    at least let us see that he has changed through his actions and not his own speech

    1. Lamtty Lamtty says:
      April 12, 2025 at 1:25 am

      Let’s see what happens! Thanks for the feedback.much appreciated ❤️❤️ ❤️

Comments are closed.

Next Episodeހިތް އެދޭ ލޯތްބަކީ ތީ( ޕާޓް3)←


All Right Reserved!