Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެން

ގެއްލުނު އަންހެންކުއްޖާ

mohamed neer Level 210 Stories100 Stories
June 25, 2013 3 Mins Read
3 Comments

ނިމުން

އަލްމާސް އެދުނު އެދުމުގެމަތިން އޭނާއާއެކުގައި ނޫރައްދީނާއި އަގުލީމާ ވެސް އަލްމާސްމެން ކުންފުނީގެ އޮފީހަށްދިޔައެވެ.
އަލްމާސްގެ ފަހަތުން ކަހަލަގޮތަކަށް އޮފީހަށް ވަދެގެންއައި، އަގުލީމާ ފެނުމުން އެތަނުގައިތިބި ބައެއްމީހުންނަށް ސިހުން އައެވެ. އެހެނަސް އެކަމަކަށް އަލްމާސް ސަމާލުކަމެއް ނުދެއެވެ.
އަލްމާސްގޮސް މޭޒުކައިރީއިށީންނަމުންއަގުލީމާއާ ނޫރައްދީނު އިށީނުމަށްބުންޏެވެ.އަލްމާސް އިށީންދެއިން މޭޒުކައިރިން ގޮނޑިއެއްގައި ނޫރައްދީނު އިށީންނަމަވެސް އަގުލީމާ ހުރީ ކޮޅަށެވެ.
ވަރަށް ޝައުޤުވެރިކަމާއެކު އެތަނުގައިތިބި މީހުންގެ މޫނަށް ވަކިވަކިން އަގުލީމާ ބަލަމުންދިޔައެވެ. ހަމައެހެންމެ އޭނާގެ އަތުގައިއޮތް ފޯނަށް ވެސް ބަލަމުންދިޔައެވެ.
މީގެ އެތައްއަހަރެއް ކުރީއްސުރެ ފެށިގެން، އެއޮފީހުގެ ސެކެޓްރީއެއްގެގޮތުގައި މަސައްކަތްކުރަމުންދާ އައިސަގާތަށްހުއްޓި ވަރަށްޝައުޤުވެރި ކަމާއެކު އޭނާގެމޫނަށް އަގުލީމާބަލާލިއެވެ. އެކަމުގެސަބަބުން އައިސަ ހައިރާންވެ ކަންބޮޑުވިއެވެ. ހަމައެހެންމެ ކޮންމެވެސްވަރަކަށް ޖެހިލުން ވެސް ވިއެވެ.
އަގުލީމާއަކީ ސިކުނޑިހަމަނުޖެހޭމީހެއްގެގޮތުގައި ގުރައިދޫއަށް ފޮނުވާލި ފޮނުވާލުމާއިދެކޮޅަށް ވާހަކަ ދައްކާފައިވާ އައިސާއާ ދިމާއަށް، އޭނާއަކީ މޮޔައެއްތޯ އަގުލީމާ އެހެމުން އައިސަގެ ކަންބޮޑުވުމާއި ހައިރާންކަން ކުރިޔަށްވުރެ އިތުރުވެގެންދިޔައެވެ.އެހެނަސް ހަމަޖެހޭގޮތް ދައްކާލަމުން ކުރިޔެކޭވެސްއެއްފަދައިން އެކަމުގައި އޭނާ ދެކެމުންއަންނަގޮތް ހާމަކުރިއެވެ.
އައިސާއާ ދިމާއަށް ހިނިތުންވެލަމުން ޝުކުރުއަދާކުރުމަށްފަހު އޭނާއާ ދުރަށް އަގުލީމާ ހިނގައިގަތެވެ. އެއާއެކުހެން އައިސަ ހަމައަކަށް އެޅޭގޮތް ވިއެވެ.
އޮފީސްތެރޭގައި ހިނގަމުންދިޔަ ކަންކަމަށް ސަމާލުކަންދީގެން އަލްމާސްއިނެވެ. އެހެނަސް އެއްވެސްވާހަކައެއް ނުދައްކައެވެ. އެއްވެސް ހަރަކާތެއް ވެސް ނުކުރެއެވެ. އޭނާގެފަރާތުން ދައްކާންޖެހޭހުރިހާވާހަކައެއް ދެއްކުން އަގުލީމާއާ ހަވާލުކޮށްފައި ހަނުއިން ފަދައެވެ.
ގަޒާލާގެ މަރާބެހޭގޮތުންނާއި، އޭނާއަށް ފެނުނު ހުވަފެނާއި ބެހޭގޮތުން ވާހަކަ ދައްކަމުން ދައްކަމުން ބާސިތާއި ދިމާއަށް އަގުލީމާ ދިޔައެވެ.
ބާސިތުގާތަށްހުއްޓެމުން އޭނާއަކީމޮޔައެއްތޯ އަގުލީމާ ސުވާލު ކުރުމުން ފުންމައިގެންކަހަލަގޮތަކަށް ބާސިތު ކޮޅަށްތެދުވިއެވެ. އަދި ރުޅިވެރިކަމާ އެކު އަގުލީމާއަށްބަލާލަމުންއަގުލީމާއަކީ މޮޔައެއްކަމަށާއި ދައްކަމުން ތިދަނީވެސް މޮޔަވާހަކަތަކެއްކަމަށް ވެސް ބުންޏެވެ. ހަމައެހެންމެ އަގުލީމާ މަސައްކަތްކުރަމުން ތިދަނީ ގަޒާލާގެ ވާހަކަދައްކައިގެން އަލްމާސްގެ ތަނަވަސްކަން ހޯދާންކަމަށް ވެސް ބުންޏެވެ. އަގުލީމާގެ ވާހަކަތަކުގެސަބަބުން ބާސިތަށް ވެގެންދިޔަގޮތް އަލްމާސަށް ފާހަގަކުރެވުނެވެ. އެހެންވެ އެކަމަށްދެވުނު ސަމާލުކަން ބޮޑުވެގެންދިޔައެވެ.
އަގުލީމާ މަސައްކަތްކުރަމުންދަނީ އަލްމާސްގެ ތަނަވަސްކަން ހޯދާންކަމަށް ބުނުމުން ނޫރައްދީނު ވަރަށް ރުޅިއައެވެ. އަދި ހިތްހަމަ ނުޖެހުމާއެކު ބާސިތަށް ބަލާލަމުން ކޮޅަށް ތެދުވިއެވެ.
ހިތްހަމަނުޖެހުމާއެކު ނޫރައްދީނު ކޮޅަށްތެދިވި ނަމަވެސް އަލްމާސްކުރި އިސާރާތްފެނުމުން އަނެއްކާ ވެސް އިށީނެވެ. އޭރު ނޫރައްދީނުގެ މޫނުމަތިން ފާޅުވަމުންދަނީ ރުޅިވެރިކަމުގެ އަސަރުތަކެވެ.
ބާސިތުގެ ވާހަކަތައް ކޮންމެގޮތަކަށް ހުރިނަމަވެސް އޭނާގެ ރުޅިގަދަވަމުންދިޔަނަމަވެސް އެކަމަކަށްއަގުލީމާއަޅައެއްނުލައެވެ. ގަޒާލާގެ މަރާބެހޭ ގޮތުން ތަފާތުވާހަކަތައް ދައްކަމުންދިޔައެވެ. އަދި އޭނާ ގުރައިދުއަށް ފޮނުވާލިގޮތާއި އޭނާ އެކޮޅުގައިހުރިއިރު ބާސިތު ކަންތައް ކުރަމުންދިޔަގޮތް ކިޔައިދެމުންދިޔައެވެ. އޭނާގެ ސިކުންޑިއަށް އަސަރުކުރާ ކަހަލަ އިންޖެކްސަންޖަހައި އެކަމުން ކާމިޔާބު ނުލިބުނުކަމަށް ވެސް އަގުލީމާ ބުންޏެވެ. ހަމައެހެންމެ ބާސިތު އޭނާއާ ޖައްސާލީ ގަޒާލާގެ މަރާބެހޭގޮތުން ވާހަކަ ދެއްކުމުންކަން ވެސް އެނގޭކަމަށާއި، އެހިސާބުން ފެށިގެން ބާސިތު އެފަދައިން ޢަމަލުކުރުމުން ގަޒާލާގެ މަރާބެހޭގޮތުން ބާސިތަށް ޝައްކުކުރެވޭކަމަށް ވެސް އަގުލީމާ ބުންޏެވެ.
އަގުލީމާދައްކަމުންދިޔަ ވާހަކަތަކަށްސަމާލުކަންދީ، ބާސިތުގެ ހަރަކާތްތަކަށް ބަލަހައްޓައިގެން އޮފީހުގެ އެންމެން ތިއްބެވެ.
އަގުލީމާގެ ވާހަކަތަކުގެސަބަބުން ރުޅިގަދަވަމުންދިޔަ ބާސިތު ފުންމައިގެން ކަހަލަގޮތަކަށް މޭޒުމައްޗަށްއަރައިގެންއަގުލީމާ ހުރިފަރާތަށް އައެވެ. އޭރު އޭނާގެ ޢަމަލުތަކާއި ހަރަކާތްތައް ހުރިގޮތް އެތަނުގައިތިބި އެންމެނަށް ވެސް ފާހަގަކުރެވުނެވެ.
އަގުލީމާއާދިމާއަށް އެއްޗެތިކިޔަމުން އޭނާއާދިމާއަށް ބާސިތު އަންނާން ފެށިއެވެ. އަގުލީމާގެ ވާހަކަތަކުގެ ސަބަބުން ބާސިތައްއައި ބަދަލުފެނި އަގުލީމާގެވާހަކަތަކާއި ބާސިތާ ކޮންމެވެސް ގުޅުމެއްވާކަން އެންމެނަށްވެސް ގަބޫލު ކުރެވޭން ފެށިއެވެ. ހަމައެހެންމެ ބާސިތާއިމެދު ޝައްކުވާން ވެސް ފެށިއެވެ.
އަލްމާސް ފޯނުކުރިތާ މާގިނައިރެއް ނުވަނީސް ޕޮލިހުންގެ ފަސްވަރަކަށް ބޭކަލުންއައިސް އެތަނަށްވަނެވެ. އެއާއެކުހެން ބާސިތުގެ މޫނުމަތިން ނުތަނަވަސްކަމާއި ކަންބޮޑުވުން ފާޅުވެގެންދިޔަ މަންޒަރުއެންމެނަށް ވެސް ފާހަގަ ކުރެވުނެވެ.
އަލްމާސްގެ ވާހަކަތައް އަޑުއެހުމަށްފަހު ބާސިތު ގޮވައިގެން ޕޮލިހުންދިޔައީ ޕޮލިސްސްޓޭޝަނަށެވެ.
މީގެ ތިންވަރަކަށް އަހަރުކުރިން ގެއްލިގެން ހޯދާނުފެނިފައިވާ، ގަޒާލާގެމަރާމެދު ޝައްކުކުރެވި ބަންދުކުރެވުނު ބާސިތުގެމައްސަލަ ބަލާންފެށިއެވެ.
ބާސިތުގެ މައްޗަށް ތުހުމަތުކުރެވި ތަހުޤީޤު ކުރަމުންދިޔަ މައްސަލައިގެ އިތުރުން، އަގުލީމާގެދުވަސް ދުއްވާލުމަށް ބާސިތުރާވައިގެން ކުރި ކަންތައްތަކުގެ މައްސަލަ ވެސް ތަހުޤީޤުކުރާން ފެށިއެވެ.
އަލްމާސްމެން އޭނާއާމެދު ޝައްކުކޮށް އޭނާގެ ބޮލުގައި ދޮގު ބަދުނާމެއްއަޅުވައިގެންއުޅެނީކަމަށް ބާސިތުބުނަމުންދިޔައެވެ.ހަމައެހެންމެ ޕޮލިހުން ދައްކަމުންދިޔަ ވާހަކަތަކަށާއި ހުށަހަޅަމުންދިޔަ ހެކިތަކަށް ދެކޮޅުހަދަމުންދިޔައެވެ.
ކުރިމަތިވަމުންދިޔަ މައްސަލަތަކުގެ ސަބަބުން ބާސިތުގެ ހާސްކަމާއި ނުތަނަވަސްކަން އަދި ކަންބޮޑުވުން އިތުރުވަމުންދިޔައެވެ.
ބާސިތު ދައްކަމުންދިޔަވާހަކަތަކާދެކޮޅަށްޕޮލިހުން ދައްކަމުން ދިޔަވާހަކަތަކާއި ހުށަހަޅަމުންދިޔަހެކިތަކަށް ދެކޮޅުހަދަމުންދިޔަ ބާސިތައް ކުރިއެރޭ ގޮތެއްނުވިއެވެ. މަޑުމަޑުން ވާހަކަތައްބަދަލުކުރަމުން ޕޮލިހުން ދައްކަމުންދިޔަ ވާހަކަ ތަކާއި ހުށަހަޅަމުންދިޔަ ހެކިތަކަށް މަޑުމަޑުން އެއްބަސް ވެވޭންފެށިއެވެ.
މަސްދުވަހަށްދިގުދެމިގެންދިޔަ ދިގުތަޙުޤީޤުތަށް ނިމުމަކާއިހަމަ އަށް އައިއިރު ބާސިތު އޭނާގެކުށައް އެއްބަސްވިއެވެ. ހަމައެހެންމެ އޭނާއެކަންކުރި ބޭނުމާއި އެކަންކުރިގޮތްކިޔައިދިނެވެ.އެހެނަސްއޭނާމަސައްކަތްކުރީ ގަޒާލާމާރާލާން ނޫންކަމާއި އޭނާ ކޮށްޕާލިވަގުތު މޭޒުކަނުގައި ގަޒާލާގެ ބޯޖެހުނުގޮތުން މަރުވީކަމަށް ބާސިތު ބުނަމުންދިޔައެވެ.
އަގުލީމާގެ ދުވަސްދުއްވާލުމަށް ބާސިތުކުރި މަސައްކަތުގައި ބައިވެރިވެއަގުލީމާގެ ނުރުހުމުގައި އޭނާގެގަޔަށް އިންޖެކްސަންޖެހުމުގެ މަސައްކަތް ކުރި ޑޮކްޓަރުހޯދުމަށް ކުރިމަސައްކަތުން އެނގުނީ އިއްޔެގެ ވަގުތެއްގައި އެޑޮކްޓަރ ފުރައިގެން ގޮސްފައިވާކަމެވެ. ހަމައެހެންމެ އޭނާ ދިޔައީ ކުއްލިއަކަށް ދިމާވިކަމެއްގެ ސަބަބުން ކަމަށާއި ވަރަށް އަވަހަށް އަންނާނެކަމަށް ބުނެފައިވާ ކަމަށެވެ.
އެ ޑޮކްޓަރު، އޭނާގެ ޤައުމަށް ދިއުމަށާއި އިންޖެކްސަންގެ އަގަށް ބާސިތު ބޮޑުހަރަދެއް ކޮށްފައިވާކަން ވެސް އެނގުނެވެ.
އަގުލީމާއަށް ގަޒާލާ ފެނުނުކަމަށްބުނި ހިސާބާއި، ބާސިތު ބުނިހިސާބުވީ އެއްހިސާބަކަށެވެ. ބިންހިއްކައި މީހުންއާބާދުކުރަމުންދިޔަ ހުޅުމާލޭގެ އެސަރަހައްދަކީ އަދިމިހާތަނަށްދުވަހަކުވެސް ބަޔަކު ދިރިއުޅެފައިވާ ހިސާބެއްނޫނެވެ. ހަމައެހެންމެ ކައިރިމުސްތަޤުބަލެއްގައި މީހުން ދިރިއުޅޭންފަށާން ބިންދޫކުރުމަށް ނިންމާފައިވާ ހިސާބެއްވެސް ނޫނެވެ.
ކަންތައްހިނގާފައިވާގޮތުގެސަބަބުން ސަރުކާރުގެ ކަމާބެހޭ ދާއިރާތައްގުޅިގެން އެހިސާބު ކޮނުމުގެ މަސައްކަތްކުރިއެވެ. ހަމައެހެންމެ އެހިސާބު ކޮންނަމުން ދަނިކޮށް، ގަޒާލާގެ ހަށިގަނޑު ފެނުނެވެ.
ގެއްލިގެންހޯދާނުފެނިފައިވާ އަންހެންކުއްޖާ ފެނުނީ ގެއްލިގެން ހޯދާތާ ތިންއަހަރުވީ ފަހުންނެވެ. އެހެނަސް އެކަމަކުން އެހެންމީހަކަށް ކުރާނެފައިދާ އެއްނެތެވެ. އޭރުވަނީ ވަގުތުފާއިތުވެ މާބޮޑަށްލަސްވެފައެވެ. އެހެނަސްއެއީ ގެއްލުނު އަންހެންކުއްޖާއެވެ.

ނިމުނީ

Share Article

Follow Me Written By

mohamed neer

Level 210 Stories100 Stories

Other Articles

Previous

އަހަރެންގެ ގޮވެލިފަތި

Next

ނިދީތެރޭން

Next
June 25, 2013

ނިދީތެރޭން

Previews
June 24, 2013

އަހަރެންގެ ގޮވެލިފަތި

3 Comments!

  1. މައިދައިތަ says:
    June 25, 2013 at 8:31 am

    ވަރަށް ސަޅި. ހަމަ ހަބޭސް. ސާބަހޭ ދަރިފުޅާ

  2. pinky says:
    June 25, 2013 at 2:29 pm

    ނައިސް 🙂

  3. fathimath Asim says:
    June 26, 2013 at 9:15 am

    ރީތި ނިމުން

Comments are closed.



All Right Reserved!