Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ނޭވާ ލާ ހިނދު ހީވޭ ގާތުގާ ވާހެން 31

Annora Level 610 Stories100 Login100 Comments100 Stories
April 12, 2025 12 Mins Read
54 Comments

“ކިހިނެތް ވީ..” ލިއާނާއަށް ވެފައި ހުރިގޮތުން ޒެވިއަލްއަށް ފުންމައިގެން ސޯފާއިން ތެދުވެވުނެވެ. ލިއާނާއަށް އެއްޗެއް ބުނެވުމުގެ ކުރިން ޒެވިއަލްގެ ފޯނު ވައިބްރޭޓް ވާން ފެށި އަޑު އިވިގެން ބަލައިލި އިރު ގުޅަނީ އަރްކާންއެވެ. ފޯނު ނެގި ހިނދު އަރްކާން ދިން ޖަވާބަކުން ހީވީ ފައިދަށުން ހީވީ ބިންގަނޑު ގަބައިގެން ދިޔަހެންނެވެ.
“ވަޓް..މަރުވީ އޭ.. ކާކު”އަރްކާންގެ ޖަވާބު އަޙާފައި ޒެވިއަލްއަށް ފޯނު ތިރިކޮށްލެވުނެވެ. ސަލާމަތުން އޮތް އަތުން އިސްތަށިގަނޑުގެ ތެރެއަށް މަހާލާ ބާރުކޮށްލެވުނެވެ.
***
ފޯނު ބާއްވާފައި ދެމީހުން އަވަސްވެގަތީ އަޒީޒްމެންގެ ގެޔަށް ދެވޭތޯއެވެ. ގެއިން ނުކުމެގެން ކާރަށް އަރައިގެން އެގެޔަށް ދެވުނު އިރު ގޭޓު ކައިރީގައި އަރްކާން ފޯނު ކަންފަތުގައި ޖަހައިގެން ހުއްޓެވެ. ދުރުގައި ކާރު ބޭއްވުމަށްފަހު ދުވެލާފައި ޒެވިއަލް ދިޔައީ އަރްކާން އާއި ދިމާލަށެވެ.
“ކިހިނެތް ތަ ވީ އާންޓް އަށް” މާނޭވާ ލެވެމުން ދިޔަ ހާލު ޒެވިއަލްއަށް އަހާލެވުނެވެ. އޭރު ފަހަތުން ލިއާނާ ވެސް އާދެއެވެ.
“އޮސްޓްރޭލިއާގަ އާންޓް އާއި އަންކަލް ތިބޭ ގެޔަށް ބަޔަކު ވަނީ.. އަންކަލްގެ ފުރާނަ ނެތް ހޮސްޕިޓަލްއަށް ގެންދިޔަ އިރު ވެސް.. އާންޓްގެ ދެތިން ތަނަށް ހަމަލާ ދީފަ ހުއްޓޭ ބުނީ.. މޫނުމަތީގައި މާސްކުއަޅައިގެން ސިފަ ފޮރުވައިގެން ތިބި ބައެކޭ ބުނީ..ދެން އެއަށްވުރެން އިތުރަކަށް ވާހަކަ އެއް ނުދެއްކުނު.. ވަރަށް ބޮޑަށް ސަކަރާތް ވެފަ އާންޓް ހުރީ.. މަންމަ ވެސް ރޮނީ.. އަހަރެމެން އެންމެނަށް ވުރެން އަލާ އެންމެ ސަކަރާތް ވާނީ..އަނެއްހެން ބުނާނަމަ އެންމެ ކުޑައިރުން ފެށިގެން އަލާ ބަލާ ބޮޑުކުރަމުން ދިޔައީ އެމީހުން.. ބައްޕަގެ ރިޒޯޓް އޯޕެނިންގް އަށާއި އަލާގެ ވެޑިންގ ގެ ވާހަކަ ދެކެވި އޮތީމަ އަންނަން ވެގެން ދެމީހުން ވެސް ރެޑީ ވަމުން ދަނިކޮން މިކަމެއް މިވީ” އަރްކާން ކިޔައިދެމުން ދިޔައިރު އޭނާގެ މޫނުމަތީގައި ވެސް މޮޅިވެރިކަމެވެ. އޭނާގެ ދެލޮލުން ވެސް ކަރުނައިގެ އަސަރް ހިސާބަކަށް ފެނެއެވެ.
“އަނެއްކާ..އަނެއްކާ އަހަރެން ހެކް ކުރިކަން އެނގިގެން އަލާއަށް ބްލެކްމެއިލް ކުރަމުން ދިޔަ މީހުން ކުރިކަމެއްބާ.. “ޒެވިއަލްގެ ހިތައް އަރައިގެން ދިޔަ އެއްޗަކުން މެޔަށް ތޫނު ތަދެއް އިޙްސާސްވިއެވެ. ނޫނެކެވެ. އެހެނެއް ނުވާނެއެވެ. ޝަވަން މެން ތިބީ ރާއްޖޭގައެވެ. އޮސްޓްރޭލިއާ އާއި ހިސާބަށް އެހަބަރު ދާން ވެސް ވަގުތު ނަގާނެ ނޫން ހެއްޔެވެ.
“އެކޮޅަށް ދާން ޓިކެޓް ލިބިއްޖެތަ” ޒެވިއަލް އަހައިލިއެވެ. އަރްކާން އާއެކޭ ބުނެ ބޯޖަހާލިއެވެ. ގޭތެރެއިން ނުކުމަތް ނަވާޒް، އަރްކާންއަށް ގޮވާލުމުން އޭނާ ގެއަށް ވަންނަން ހިނގައިގަތެވެ. އަރްކާންގެ ފަހަތުން ޒެވިއަލްއައި ލިއާނާ ވެސް އެތެރެއަށް ވަންނަން ހިނގައިގަތެވެ.
އެމީހުންނަށް ގެއަށް ވަދެވުނު އިރު އަޒީޒްގެ މަންމަ ހަފީޒާއާއި އަންހެން ކޮއްކޮ އަމީނާ ވެސް ތިއްބެވެ. ދިނާޔާގެ ގައިގާ ބައްދާލައިގެން އިނދެ އަލާރާ ރޮމުން ދިޔަ ގޮތް ފެނި ޒެވިއަލްގެ ހިތައް ތޫނު އެއްޗަކުން ހަރަމުން ދިޔަކަހަލަ އިޙްސާސް އެއް ކުރެވެމުންދިޔައެވެ. އަލާރާގެ ގައިގާ ބައްދާލައިގެން ހުރެ އެދެލޮލުން ފައިބަމުންދިޔަ ކަރުނުތައް އަމިއްލަ ދެއަތުން ފުހެލަދޭން ހިތް އެދެމުން ދިޔައީ އިންތިހާއަށެވެ.
“ދަރިފުޅާ ޝާތިރް ކޮއްކޮގެ ހަށިގަނޑު ރާއްޖެ ގެންނަން މަންމައަށް ފެންނަނީ.. ދިނާ އާއި ހައުލާގެ އާއިލާ ވެސް ރާއްޖޭގަ ތިބީ..”ދެލޮލުން ފައިބަމުން ދިޔަ ކަރުނުތައް ފުހެލަމުން ހަފީޒާ ބުނެލިއެވެ. އޭނާގެ އެންމެ ހަގު ދަރިފުޅު އެހާ އަނިޔާވެރި މަރަކުން މި ފަނާވަނިވި ދުނިޔެއާއި ވަކިވުމުން އެހިތައް ވަނީ އިންތިހާއަށް އަސަރުކޮށްފައެވެ.
“މަންމަ އެބުނީ ތެދެއް.. ފްލައިޓެއް ޗާޓަރ ކޮށްގެން މިކޮޅުން އެކޮޅަށް ދާން ވެއްޖެޔާ އެބަ ނަގާ ވަރަށް ވަގުތު..އެކޮޅުން މިކޮޅަށް ފަސޭހަ ވާނެ އަންނަން.. އެންމެ ރަނގަޅުވާނީ ޝާތިރް މިކޮޅަށް ގެނައުން” ހަފީޒާ ހޭހަން ކުރަން އިން އަމީނާ ވެސް ބުނެލިއެވެ.
“ދަރިފުޅާ އެކަމާއި އުޅެލަން ވީނު.. ބައްޕަ އެއިނީ ކަމަކާ ވާހަކަ ވެސް ދެއްކޭ ހާލަތެއްގަ ނޫން..އެއި ކަންނޭގެ އެންމެ ރަނގަޅު ގޮތަކީ ވެސް މިހާރު”އަޒީޒްގެ ހާލަތު ހުރިގޮތުން ދިނާޔާ ބުނެލިއެވެ. އަނެއްކޮޅުން ހައުލާއަކީ އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮއެވެ. ލޯބިވާކޮއްކޮއަށް އެފަދަ ހިތާމަ ވެރި ހާދިސާއެއް ދިމާވުމުން ދެރަވާނެތާއެވެ. މަންމައާއި ބައްޕަ ނިޔާވެފައިވީ އިރު ދިނާޔާގެ އާއިލާއަކަށް ހުރީވެސް ހައުލާ އެކަންޏެވެ.
އަރްކާން ވެސް ބޯޖަހާލާފައި ފޯނު ހިފައިގެން ދުރަށް ޖެހިލިއެވެ.
ކޮންމެ ވެސް މީހަކަށް ގުޅައިގެން އިރުކޮޅަކު ވާހަކަ ދައްކަން ހުރެފައި ފޯނު ބޭއްވުމަށްފަހު އަރްކާން އައިސް ދިނާޔާމެންގެ ކައިރީގައި ހުއްޓިލިއެވެ.
“ވަން އަވާރ ތެރޭގަ އެކޮޅުން ފްލައިޓް ނައްޓާލާނެ…އާންޓްއަށް ވެސް އެހަބަރު ދީފިން.. މިހާރު އެކޮޅުން އެދަނީ އެއާރޕޯޓައް” އަރްކާން ކިއައިދިނެވެ. ދިނާޔާވެސް ބޯޖަހާލަމުން އަލާރާގެ ބޮލުގައި ފިރުމާލިއެވެ. އޭރުވެސް އަލާރާ ދިޔައީ ރޮމުންނެވެ. އަރްކާން ބަލަންހުރެފައި އައިސް އަލާރާގެ މަގަތުގައި އިށީންދެ ދިނާޔާގާތު އަޒީޒްގެ ގާތައް ދާށޭ ބުނެލިއެވެ. ދިނާޔާ ވެސް ބޯޖަހާލާފައި ތެދުވެ އަޒީޒްގެ ގާތައް ދިޔައެވެ.
“އަރްކާން.. ކެން އައި ޓޯކް ޓް ހާރ.. އިޓްސް އާޖެންޓް” އަރްކާންގެ ގާތައް ހުއްޓިފައި ލިއާނާ ބުނެލީ އެހެންމީހަކަށް ނީވޭނެހާ ސިއްރުންނެވެ.
“މިގަޑީގަ ކިހިނެތް”އަރްކާން ބުމަ އަރުވާލާފައި އެއްސެވެ. އެވަގުތު ލިއާނާ ލޯ އަޅާލުމުން ވަށައިގެންވާ މާހައުލަށް ބަލާލުމަށް ފަހު އަރްކާން ބޯޖަހައިލިއެވެ.
“އެކަކަށް ވެސް ނުނިދޭނެ ކަން އެނގޭ..އެންމެން ރޫމްތަކުގައި ރެސްޓް ކޮށްލަން ދާން ފެންނަނީ.. އެކޮޅާއި ރާއްޖެ އިންނާނެ ނަވާރަ ގަޑިއިރުގެ ޑިފަރެންސް.. އަހަރެމެން ޗާޓާރ ކުރި ފްލައިޓްވެސް ނަގާނެ ވަރަށް ވަގުތު..މާދަމާ މެންދުރުފަހު ތިނެއް ޖަހާއިރު ރާއްޖެ އާދެވޭނީ..”އަރްކާން އެންމެން ނަށް އިވޭވަރަށް ބުނެލިއެވެ. ދެން އޭނާ ލިއާނާއާއި ދިމާ ބަލައިލިއެވެ. ކުޑަގޮތަކަށް ލިއާނާ ހީލަމުން އަލާރާގެ އަތުގައި ހިފާލިއެވެ.
“ހިނގާ ސިސް.. ނުނިދުނަސް ރެސްޓްކޮށްލަން.. ޔޫ ނީޑް ޓް ގެޓް ސަމް ރެސްޓް..” އަލާރާގެ ރުއިން ހުއްޓިފައި ހުރި ނަމަވެސް އޭރު ވެސް ތާޒާކަރުނުތަކުން ދެލޯ ވަނީ ފުރިފައެވެ. އެ މަންޒަރު ފެނި ލިއާނާގެ ދެލޯ ވެސް ފެންކަޅިވިއެވެ. ބަހެއް ނުބުނެ އަލާރާ ވެސް ތެދުވެ ލިއާނާގެ ބާރުގައި ކޮޓަރިއަށް ދިޔުމަށް މިސްރާބު ޖެހިއެވެ.
ސޯފާގައި އިސްޖެހިފައި އަރްކާންގެ ބުރަކަށީގައި ޒެވިއަލް ޖަހާލިއެވެ. އަރްކާން އިސްއުފުލާލާފައި ކުޑަކޮން ހީލިއެވެ. “ކޮފީ އެއް ބޯލަން ދާން ވީ އެންނު.. އެބައޮތް ވާހަކައެއް ދައްކަން ވެފަ” ޒެވިއަލް ބުނެލި ހިނދު އަރްކާން ވެސް ބޯޖަހާލިއެވެ. ދެމީހުން އެކުގައި މައްޗަށް އެރިއިރު އީވާ ޓެރެހުގައި ހުއްޓެވެ.
“އާންން..ހަހަހަހްހާ.. ނޭނގޭނެ އެމީހުންނަކަށް އެއްކަމެއް ވެސް..އަމް ޓްރާންސްފަރިން ސަމް ޓް ޔޯހް.. އޯކޭ މަ” ވާހަކަ ދައްކަ ދައްކާ ހުރެފައި އީވާ ފަހަތައް އެނބުރުނު ހިނދު ޒެވިއަލް އާއި އަރްކާން ފެނި ސިހުނެވެ. އަވަސް އަވަހަށް ކަންފަތުގައި ޖަހާފައި އިން ފޯނު ތިރިކޮށްލެވުނު ގޮތް ވެސް ނޭނގުނެވެ.
“ހުރިހާ އެންމެން އެހާ ސަކަރާތް ވެފަ ތިބިއިރު ވެސް އީވް މިތާގަ ތިހުރީ.. އެވެސް މީހަކަށް ގުޅައިގެން ހީހީފަ ވާހަކަ ދައްކަން.. އިނގޭތަ މިގޭގަ ހިތާމަ ވެރި ހާދިސާ އެއް ހިނގައިގެން އުޅޭކަމެއް..އަންކަލް ނިޔާވެގެންނޭ އެއުޅެނީ”އަރްކާން ފެނުނު ވަގުތު އީވާއަށް ވެގެން ދިޔަގޮތުން އަރްކާން ހުރީ ހައިރާން ވެފައިއެވެ. އޭނާއައީ ވެސް އެހާ ސިހޭފަދަ ގޮތަކަށް ވެސް ނޫނެވެ.
އީވާގެ ހުދުވެފައިވާ މޫނު ފެނުމުން ޒެވިއަލް އެއްމިޔަކަނުން ހިނިތުންވެލިއެވެ. “މާ އިނޮސެންޓް ވެގެން އުޅުނަސް އީވަގެ ފަތިފުށް ވެސް ހާމަވެއްޖެ..އަމިއްލަ އާއިލާއަށް ކެހިވެރިވަމުން ދިޔައިރު ސަބަބެއް ވެސް އޮންނަން ވާނެއެންނު..” ޒެވިއަލް ހިތައް އަރާ ފައިބަމުން ދިޔައެވެ. މީގެ ކުރިން އޭނާ ދެކެމުން އައީ، އީވާއަކީ އަމިއްލަ ކޮއްކޮ އެއްފަދަ ކުއްޖެއްގެ ގޮތުގައެވެ. ނަމަވެސް ހިނދުކޮޅެއްގެ ތެރޭގައި ހުރިހާ ކަމެއް ބަދަލް ވެއްޖެއެވެ. އީވާގެ ކުލަ އޭނާއަށް ހާމަވީ މީގެ އިރުކޮޅެއް ކުރިން ގޭގައި ހުއްޓާ ފެނުނު އެ ފޮޓޯ ތަކުންނެވެ. އަނެއްކާ ޓެރެހަށް އަރާ އަރާ ހުއްޓާ ފޯނުން އޭނާ ދައްކަމުން ދިޔަ ވާހަކަ ވެސް އިވުނެވެ. އެމީހުން ފެނުމުން އޭނާއަށް ވެގެން ދިޔަ ގޮތުން ހީވީ ވައްކަމެއް ކުރަނިކޮން ފަޅާއަރައިގެން އުޅުނު ހެންނެވެ.
އަރްކާން ކޮފީ ހިފައިގެން އައިސް ޒެވިއަލް އަތައް އެއްތަށިދެމުން އެތަނުން ސޯފާއެއްގައި ޖައްސާލިއެވެ. ކޮފީ ތަށި ތުމުގައި ޖަހައިގެން އިނދެ ބޮމުން ދިޔައިރު އޭނާގެ މޫނުމަތީގައިވީ މޮޅިވެރިކަމެވެ. އެހެން އިން އިރު ކުޑައިރު ޝާތިރް އާއި އެކު އުޅުނު އުފާވެރި ދުވަސްތައް ފިލްމެއްގެ މަންޒަރުތަކެއް ފަދައިން ރޯލްވަމުން ދިޔައެވެ. އުފަން ދަރިއަކު ނެތުމުން އަޒީޒްގެ ދަރިންނާއި އަމީނާގެ ދަރިފުޅު ދެކެ ޝާތިރް އިންތިހާއަށް ލޯބިވާނެއެވެ. އާއިލާގައި ހުރި ހަމައެކަނި ފިރިހެން ކުއްޖާއަށް ވުމުން ވަކިން ހާއްސަ ގޮތެއް އޭނާއާއި މެދު އަބަދުވެސް ބަހައްޓާނެއެވެ. ލޮލުގެ ހިމަކޮޅުން ވެއްޓެން ދިޔަ ކަރުނަތިކި އަތުގެ ނުފުށުން ފުހެލި އިރު މޫނަށް ފަނޑު ރަތްކަމެއް ވެރިވެއްޖެއެވެ.
“ކޮބާތަ ބުނަން އުޅުނު ވާހަކަ” އަރްކާން އެހެން އިނދެފައި އަހާލިއެވެ.
އަރްކާން އިން ހާލުން ޒެވިއަލް ވިސްނާލިއެވެ. މިހާރު އެވާހަކަ ދައްކައިފިނަ އޭނާއަށް ވާނެގޮތެއް ވެސް ނޭނގެއެވެ. ހަމަގައިމް ވެސް އަރްކާން އެއިނީ އެ ވާހަކަ ކިއައިދިނުމުން ދެން ކަންތައް ކުރަން ވީ ގޮތަކާއި ދޭތެރޭގައި ވިސްނޭވަރަށް ވުރެން ބަލިކަށި ހާލަތެއްގައެވެ.
“މާދަމާ ދޯ ދެން..ދޭ ކޮފީ ބޯލައިގެން ކުޑަކޮން އަރާމް ކޮށްލަން.. އަހަރެމެން ވެސް މިރޭ މިގޭގަ މަޑުކޮށްލާނަން..” ޒެވިއަލް ބުނެލުމާއި އެކުއަރްކާން ބޯ ޖަހާލިއެވެ.
***
“ސިސް.. މަށައް އެނގޭ ތި އިނީ ވާހަކަ ދެއްކޭ ކަހަލަ ހާލަތެއްގަ ނޫން ކަން.. އެކަމަކުވެސް ޕްލީޒް މިއަށް ޖަވާބު ދީބަ.. ހިނގާ އެންމެން އެއްކޮން މިކަމާ އުޅޭން..އައި ފީލް ސަމްތިންގ އިޒް ރޯންގް…ސޯ ދޮގު ނުހަދާ ބުނެބަލަ އެމީހުން ގުޅިތަ” ލިއާނާ އަހައިލިއެވެ.
ރުއިން ހުއްޓުމަކަށް އައި ނަމަވެސް ދެލޮލުގައި އަދިވެސް ކަރުނައިގެ ސައިލާބުތައް ބޮނޑި ވެފައިވެއެވެ. އޮސްޓްރޭލިއާގައި ޝާތިރްއާއި ހައުލާއާއި އެކު އުޅުނު ދުވަސްތައް ހަނދާންވާ ކޮންމެ ހިނދަކު ބަލިކަށިވެގެން ދަނީ އިންތިހާއަށެވެ. އަނގައިން ނުބުނެ އިނދެ އަލާރާ ދައްކާލީ އޭނާގެ ފޯނެވެ. ލިއާނާއަށް ހަދަން ވީ ގޮތެއް ނޭނގިފައި ހުއްޓާ މެސެޖް ބަޔަށް ދާށޭ ބުނެލިއެވެ.
ލިއާނާ ހައިރާންވެފައި ހުރެ ފޯނުގައި ހިފިއެވެ. އަލާރާ ބުނެލިގޮތައް މެސެޖް ބަޔަށް ދިޔަ ހިނދު އޭނާ ދެލޯ ބޮޑުވިއެވެ. “ކަލޭ ހީކުރީ ބަޔަކު ލައްވާ ހެކްކޮށްގެން ފޮޓޯތައް ޑިލީޓް ކޮށްލީމަ ދެން އަހަރުމެންނަށް ކުރެވޭނެ ކަމެއް ނޯންނާނެކަމަށް ތަ..ތި ފޮރުވައިގެން އުޅޭ ސިއްރު ވެސް އަހަންނަށް މިހާރު އެނގިއްޖެ.. ކަލޭގެ ދެލޮލަށް ފެނޭ.. އެހެންނު.. ދެން މިހާރު ނުގުޅިއަސް އޯކޭނު…ހަހަހަ… ފުރަތަމަ ދުވަހުން ސުރެން ބުނަމުން އައީ މީހަކަށް އެނގިއްޖެނަމަ ވާނެ ގޮތް މާ ދެރަ ވާނެ އޭ.. ސާތިރް ވެސް އެދިޔައީ މަރުވެގެން .. ދެން އަޒީޒްއާއި ދިނާޔާގެ ނިމުން ކަންނޭގެ އަންނާނީ..އޭގެ ކުރިން ދެން ވެސް މައިތިރި ވެގެން ހުރެބަލަ… ދެން ވެސް މަ އަންގާ ގޮތަކަށް އަމަލް ކުރަން ތައްޔާރުވޭ…ޝަވަން އާއި ކަލޭގެ ކައިވެނި ކަލޭ ވީ އަވަސްކުރަން.. ބައްޕާފުޅުގެ ކައިރީގަ ބުނެގެން ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ކުރެވޭ ގޮތައް ހަދާ.. އެހެން ނޫނީ މާ ވޯސް ވާނެ” އެމީހަކު ކޮށްފައިވާ ދިގު މެސެޖް ކިއާ ނިމުނު އިރު ލިއާނާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. އެންމެފަހުން ކުށެއް ފުރާނައެއް އެމީހަކު އެ ދުއްވާލީ ވެސް ހެކް ކުރުމުން ހެއްޔެވެ. ފަސްޖެހުނު ނަމަވެސް ކުރިއަށް ވުރެން ބޮޑަށް ބަދަލް ހިފުމުގެ އޮއިވަރު އޭނާގެ ހިތުގައި ވަކި ހިއްޕާލިއެވެ.
“އެހެންވީމަ އަހަރެމެން ހެކް ކުރީމަ އޭގެ ބަދަލް ދޯ މި ހިފާލީ ފުރާނައަކުން.. ހެޔޮ ވާނެތަ.. ދުލެއް ނުކުރާނަން ދެނެއް.. މިހާރު ދޮންބެ ވެސް އެބަޖެހޭ ރަސްމީކޮން މިކަމަށް ވައްދަން.. އެހެންނު…. ވަޓްޓް..ވެއިޓް..އެ މެސެޖްގަ އެބައިން ސިސް.. ސިސް..އޭންން.. ވަޓް” ވާހަކަ ދައްކަ ދައްކާ ހުރެފައި ކުއްލިއަކަށް އެ މެސެޖްގައި އަލާރާއޭ ކިޔާފައި ބުނެފައި އިން ވާހަކަ އޭނާއަށް ރެއަކާލިއެވެ. ދެލޯ ބޮޑުވެފައި ހުރެފައި އަލާރާގެ މޫނަށް ބަލައިލިއެވެ. އެހިނދު އަލާރާ ސީދާ އޭނާގެ މޫނަށް ބަލަހައްޓާއިގެން ހުރިގޮތުން ކުރިއަށް ވުރެން ދެލޯ ބޮޑުވިއެވެ. ދެލޮލަށް ނުފެންނަ މީހަކު އެފަދަ ގޮތަކަށް ނުބަލާނެކަން އޭނާއަށް އެނގެއެވެ. ” އަ..އަ..އަލާ ..ދަ..ދައްތާ..ވަޓްޓް” ބުނަން އުޅުނު ޖުމްލަ ވެސް ލިއާނާއަށް ބުނެވޭ ގޮތެއް ނުވިއެވެ.
“ޔެސް.. ލިއާ..އަހަންނަށް ފެނޭ..” އެހުރިގޮތައް ހުރި އަލާރާ މީގެ ދެ ހަފްތާ ކުރީގެ ހާދިސާ ކިއައިދޭން ފެށިއެވެ.
….
ރޭގަނޑު ލަހުން ނިދުމުގެ ސަބަބުން، ހެނދުނު ވެގެން އައި އިރު ވަރަށް ލަސްވާންދެން އަލާރާއަށް އެދުވަހު ނިދުނެވެ. ނިދާފައި އޮތްވާ އޭނާއަށް ކުއްލިއަކަށް ހޭލެވުނީ ވަރަށް ބޮޑަށް ބޮލުގައި ރިއްސަން ފެށުމުންނެވެ. އެ ރިހުންގަނޑު ތިރިއަށް ދާ ވަރަކަށް މީހާ ހެއަށް ގޮތްވަމުން ދިޔައެވެ. ވަކިން ބޮޑަށް ދިޔައީ ދެލޮލުގައި ރިއްސަމުންނެވެ. އޭނާ އަށް ރޮވެމުން ދިޔަ އިރު އެހީއަކަށް އެދެން މީހަކަށް ގޮވޭހާ ހިތްވަރެއް ވެސް އޭނާގެ ގަޔަކު ނެތެވެ. ތެދުވަންނަން އުޅުނު ހިނދު ލޮލާއި ނިތް ކުރިއަށް އެރި ތަދުން އޭނާއަށް އަޑުގެ ނެތްތަނަށް ހަޅޭއްލަވައި ގަނެވުނެވެ.
އެހިނދު ބެލްކޮނީގައި ވާ ސޯފާގައި ނިދިފައި އޮތް ރައިހާއަށް ސިއްސައިގެން ގޮސް ހޭލެވުނެވެ. އޭނާ ދުވެފައި އައިސް އެނދުކައިރިއަށް ހުއްޓުނު އިރު އަލާރާއަށް ވަމުން ދިޔަގޮތުން ރޮއިގަނެވުނެވެ. “ދައްތާ ލޮލުން ބްލީޑް ވެސް ވޭ އެބަ..ކިހިނެތް އެ ވީ” ރައިހާ ދުވެލާފައި ގޮސް ސައިޑް ޓޭބަލް މަތީގައި ހުރި ޓިޝޫ ފޮށި ހިފައިގެން ގޮސް އަލާރާގެ ލޮލުގަ ޖައްސަމުން ދިޔައެވެ. ނަމަވެސް އަންނަމުންދިޔަ ލެއަކަށް ވެސް ބަދަލެއް ނާދެއެވެ.
“ދެ..ދޭބަ..ލަ.. މީހަކު އުޅޭ..ތޯ” ވަރަށް އުދަގުލުން އަލާރާއަށް ވާހަކަ ދެއްކުނެވެ. އޭރު ލޮލުން އަންނަމުން ދިޔަ ލޭ ވެސް ހައްތަހާ ގިނަވަމުންނެވެ.
“އެއްވެސް މީހަކު ނޫޅޭ.. އަޒީޒްބެ ވެސް ދިނާ ދައްތަ ވެސް އޮފީހުގަ..އަރްކާންބެ ވެސް.. ކިހިނެތް ހަދާނީ..ލަސްނުކޮށް ހިނގާބަ ހޮސްޕިޓަލްއަށް ދާން…” ރައިޙާ ރޮވެމުން ދިޔައިރު ބިރުގަނެފައި ހުރި ވަރުން ދިޔައީ ތުރުތުރު ވެސް އަޅަމުންނެވެ. ވަރަށް އުނދަގުލުން އަލާރާ އެނދުން ނަގާފައި އަތުލަފިކޮށްގެން ލިފްޓުން ތިރިއަށް ފޭބިއެވެ. ލިވިންގްރޫމުގައި މީހަކު ނެތުމުން ރައިހާ އިތުރަށް ހާސްވާ ގޮތްވިއެވެ. ނަމަވެސް ބަދިގެ ތެރެއިން ކައްކަން އުޅޭ މީހުންގެ ހިލަމެއް ވުމުން ރައިހާ އުޅުނީ އެމީހުންނަށް ގޮވާށޭވެ. ނަމަވަސް އަލާރާ އޭނާހުއްޓުވިއެވެ.
“ނޫ..ނޫން.. ރައި އަހަންނަށް ހީވަނީ ފާޑަކަށް ދެލޮލަށް އަލިވާ ހެން…ވަރަށް ފުސް.. ވަރަށް ބޮޑަށް ބޮލުގަ ރިއްސަނީ.. މުޅި ތަން އެނބުރޭހެން ހީވަނީ.. އެއްވެސް މީހަކަށް އެނގޭ ކަށް ބޭނުމެއް ނުވޭ.. އެންމެން ހާސްވެގެން އުޅޭނީ..” އަލާރާ ބުނެލިއެވެ. އޭނާއަށް ވަމުންދާ ގޮތް ނޭނގުނު ނަމަވެސް ދެލޮލަށް ފުސް އަލިކަމެއް ވަމުން ދިޔަ ގޮތުން ހިތްބިރުގަނެފައި ހުރީ އިންތިހާއަށެވެ. ދެލޮލަށް ނުފެނުނު ނަމަވެސް އިތުރު ވޭނެއް ތަހައްމަލް ކުރަން ނުޖެހި މިހުރިހާ ދުވަހަކު އޭނާއަށް ހުރެވުނެވެ. ނަމަވެސް މިއަދު ކުއްލިއަކަށް އެވީގޮތުން ހިސާބަކަށް ޕެނިކް ވާ ގޮތްވިއެވެ. މުޅި ހަށީގަނޑު ރޫރޫއަޅަމުން ދިޔައިރުވެސް ރައިހާ އަތުން ދޫ ނުކޮށްލާ ހުއްޓެވެ. ކަން ދިމާކުރި ގޮތުން އެވަގުތުވީ ޒެވިއަލް ހޯދަން ކަޔާންވެސް އެގެޔަށް ވަންނަން އައި ވަގުތެވެ. އިސްޖަހައިގެން ފޯނާއި ކުޅެމުން އައުމުން އޭނާއަކަށް އަލާރާއާއި ރައިހާ އެއް ނުފެނެއެވެ.
“ކާރުގަ ދާނެ ކަމެއް ނެތް..ޑްރައިވަރު މަންމައަށް ގުޅާފަ ހަބަރު ދޭނެ ވަގުތުން.. އެއޮތް އަން..އަންނަނީ ޔާން.. ގޮ..ގޮވާބަ” އަލާރާ އެދުނެވެ.
“އަހަރެން ބޭނުމެއް އޭނައާއި އަނގައިން ވެސް ބުނާކަށް.. ދައްތައަށް ޓަކައި މިގޮވަނީ..”ހިތާ ދެކޮޅަށް ކަޔާންއަށް އިވޭވަރަށް ރައިހާ ގޮވާލިއެވެ. އޭނާއަށް އަލާރާ ހުރިގޮތް ފެނުމުން ދުވެލާފައި އައެވެ.
“އިހަށް ސުވާލް ނުކޮށް ޑްރައިވާރ އަތުން ކީ ނަގައިގެން އާދޭ.. ބުނޭ ރައިހާ ބުނެގެންނޭ..” ރައިހާ އެދުނުގޮތައް ކަޔާން ކަންތައް ކުރިއެވެ. ދިހަވަރަކަށް މިނެޓް ތެރޭގައި އެމީހުންނަށް ހޮސްޕިޓަލްއަށް އާދެވުނެވެ. ގެންދެވުނު ގޮތައް އަލާރާ އެމަޖެންސީއަށް ވެއްދިއެވެ. ރައިހާއާއި ކަޔާން ބޭރުގައި މަޑުކޮށްލައިގެން ތިއްބެވެ.
“ކިހިނެތް ވީ އަލާއަށް” ކަޔާން އަހައިލުމުން ވާހަކަ ނުދައްކަން ހުރެފައި ރައިހާ ކިއައިދިނެވެ. ކަޔާން ވަގުތުން ދިމާކޮށްލީ ޒެވިއަލްއަށް ގުޅާށެވެ. ނަމަވެސް ރައިހާ އޭނާ ހުއްޓުވިއެވެ.
“ނޫން.. އަލާދައްތަ ބޭނުމެއް ނުވާނެ ކަންނޭގެ އެކަކަށް ވެސް އެނގޭކަށް.. ގޭގަ މީހުން ތިއްބަ މިއައީ އެއިން މީހަކަށް ވެސް ނާންގާ ކަމެއް ވެގެން” ރައިހާގެ ބަހަށް ކަޔާން މަޑުކޮށްލިއެވެ.
އެމަޖެންސީ ބަޔަށް ވެއްދުމަށްފަހު ޑޮކްޓާރު ޖަހާލި އިންޖެކްޝަނެއްގެ ސަބަބުން އަލާރާ އަށް ނިދިފައި ހޭލެވުނީ ނިތްކުރިއަށާއި ދެލޮލަށް ފިނި ވަމުން ދިޔުމުންނެވެ. ދެލޮލަށް ބަރުކަމެއް އިޙްސާސްވާތީ ލޯމަތީގައި އަތް ޖައްސާލި ހިނދު ދެލޮލުގައި ކަފަކޮޅެއް ތައްކޮށްފައިވާކަން އޭނާއަށް އެނގުނެވެ. ކުރިން ބޮލާއި ލޮލުގައިވި ގަދަ ރިހުން މިހާރު އެއްވެސް ވަރަކަށް ނުވެއެވެ. ކައިރީގައި ޑޮކްޓާރުން ހަރަކާތްތެރިވަމުން ދިޔަކަން އެނގެއެވެ.
“ހޭއި ޔޫ އެވޭކް..” އިވުނީ ޑޮކްޓާރ ފާރިޝްގެ އަޑެވެ. އެއީ ރާއްޖެއިން އަލާރާ ކުރިން ބެލި ޑޮކްޓަރ ވެސްމެއެވެ. އަޒީޒްގެ އެކުވެރިއެއް ކަމުން، ޑޮކްޓަރަށް ދައްކަން އަންނަ ފަހަރު ތަކުގައި އޭނާއާއި ނުހަނު ގާތް ގޮތެއް ބަހައްޓައެވެ.
”އަލާ ރަނގަޅު ދޯ މިހާރު.. ރިހުން އެބަހުރިތަ..” ފާރިޝްގެ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން އަލާރާ ބޯޖަހައިލިއެވެ.
“ނާސް ދުރުވެބަލަ އެހީ ތެރިން އެތެރެއަށް ވައްދަން” ފާރިޝްގެ އެދުމުގެ މަތިން ނަރުހަކު ގޮސް ދޮރުހުލުވާލުމުން ކަޔާންއާއި ރައިހާ އެތެރެއަށްވަނެވެ.
” އިރުކޮޅެއް ކުރިން އިންޖެކްޝަނެއް ޖަހާލިން.. މިހާރު ބްލީޑިންގް ވެސް ކޮންޓްރޯލް ވެފަ ވަނީ.. އޭގެ އިތުރުން މިކޮޅުން ދެންމެ ހަދާލި ޓެސްޓްތަކުގެ ރިޒަލްޓްތައް ވެސް ވަރަށް ބަރާބަރު.. އިތުރު މައްސަލައެއް ނެތް.. ދެންމެ އަޅުގަނޑުމެން އަޅާލިން ޕްރެޑިނޮޒޯލޯން އެސެޓޭޓް ކިއާ އައި ޑްރޮޕްއެއް.. އެ އެޅީމަ ލޮލަށް އެ ފިނިވަނީ.. ފައިވް މިނެޓްސް ވީމަ އަނެއްކާ ވެސް ޑޮކްޓާރ މިހާރު އެއުޅެނީ އައި ޑްރޮޕްސް އަޅާލަން.. އަޅާލާފަ ލޯމަތީގައިން ކަފަކޮޅުވެސް ނައްޓާލަ ދޭނަން” ޑޮކްޓާރ ފާރިޝްގެ ކައިރީގައި ހުރި ނަރުހަކު ތަފްސިލާއި އެކު ކިއަދިނުމުން އަލާރާ ބޯ ޖަހައިލިއެވެ.
” ލޯ ނުހުޅުވާ ބަލާބަލަ ލޮލަށް އިޙްސާސްވޭތޯ” ޑޮކްޓަރ ލޮލަށް ފެން އެޅުމަށްފަހު ކަފަކޮޅު ނައްޓާލަމުން ބުނެލިއެވެ.
ފާރިޝްގެ ކަފަކޮޅު ނައްޓާލި ވަގުތު އަލާރާގެ ދެލޮލަށް އާދަޔާއި ހިލާފް ލުއިކަމެއް އިހްސާސް ވިއެވެ. އޭނާގެ ހިތް އަވަސްވެގެން ދިޔައެވެ. މަޑުމަޑު ހަރަކާތަކާއި ލޯ ނުހުޅުވާލާ ލޮލައި ދިމާލުގައި އަތް ހަރަކާތް ކޮށްލިއެވެ. ވަގުތުން އިނގިލިތަކުގެ ހިޔަނި ލޮލަށް އެޅިގެންދިޔައެވެ. ޑޮކްޓާރ ފާޜިޝްގެ އިރުޝާދާއި އެއްގޮތައް އަލާރާގެ ލޯ ލަސްލަހުން ހުޅުވާލިއެވެ. ލަސްލަހުން މަންޒަރުތައް ސިފަވަމުން ދިޔައެވެ.
“އަލްހަމްދްލިﷲ” އަލާރާގެ ދެލޮލުން ކަރުނަތައް ހޯސްލާފައި ފައިބަމުންދިޔައެވެ. އެތައް ދުވަހެއް ފަހުން ލޮލަށް ފެންނަން ފެށިއިރު އޭނާ އެންމެ ދެކެން ބޭނުންވީ ޒެވިއަލްއެވެ. އެ ސޫރަ ދެކޭ ހިތުން އޭނާ ހުންނަތާ ހާދަ ދުވަހެއް ވެއްޖެއެވެ. ޖަޒުބާތީ ވަމުން ދިޔަ އިރު ދެލޮލުން ފައިބަމުން ދިޔަ ކަރުނުތައް ވެސް ހުއްޓުވާލާކަށް އޭނާ ހަނދާނެއް ނެތެވެ.
“އަލާ.. ކެން..ޔޫ ސީ.. ދިސް.. ފާރިޝްބެގެ އަތް ފެނޭތަ”އަލާރާ އަށް ވެގެން ދިޔަގޮތުން ފާރިޝްގެ ދެލޯ ބޮޑުވިއެވެ. އޭނާއަށް ހީވި ހީވުން ޔަގީން ކުރުމަށްޓަކައި އަތުގެ އިނގިލިތައް ދައްކާލާފައި އެހިއެވެ.
” ފާރިސްބެ ކައިރީގަ ތެދަށް ބުނެފިއްޔާ ބައްޕަގެ ކައިރީގަ ވަގުތުން ބުނާނެ..މަންމަމެންނަށް އެހެން އުޅެނިކޮން ބުނެވޭނީ ކަންނޭގެ މީހެއްގެ ކައިރިގަ..ސޯފިއާއާއި ޝަވަންގެ ހަގީގަތްވެސް ދެނެގަންނަން އިތުރަށް ފަސޭހަވާނެ މިހެން ދުވަސްކޮޅަކު އަދި އެކްޓް ކޮށްލަނިކޮން..އިހަށް މަޑުކޮށްލާނީ..” އަލާރާގެ ހިތައް އަރަމުންދިޔައެވެ.
“ނޫން އައި ކާންޓް ސީ އެނީތިންގް..ލޮލަށް ބަރުވެފަ ހުންނަނީ.. އިންޖެކްޝަންސް އާއި އައި ޑްރޮޕް އެޅީމަ ނިދި އަންނަނީ.. އަމް ފީލް އޯކޭ މިހާރު.. މަންމަމެން ގެޔަށް ދާން ވާއިރަށް ބޭނުން ގެޔަށް ދާން ޑިސްޗާޖް ކޮށްލަ ދެވިދާނެތަ..”އަލާރާ އެދުނެވެ. ދޮގު ހަދަން ޖެހުމުން ހިތައް އުނދަގުވެސް ވިއެވެ.
އަލާރާގެ ޖަވާބު އިވި ފާރިޝްގެ މޫނު މިލާ މޯޅިވިއެވެ. އަލާރާގެ ދެލޮލުން ފޭބި ކަރުނުތަކުގެ ސަބަބުން އޭނާ ހީކުރީ އަލާރާ ފެންނަން ފެށީ ކަމަށެވެ. އަލާރާގެ ހެދި ޓެސްޓުތަކުގެ ނަތީޖާވެސް ރަނގަޅު ވުމާއިއެކު ފާރިޝް ބޯޖަހަލިއެވެ.
“ބައްޕްގެ ކައިރިގަ ނުބުނައްޗޭ ހޮސްޕިޓަލްއަށް މިއަދު އައި ވާހަކަ.. އެމީހުން ހާސްކުރެވިއްޖެ ލައްކަ ދުވަހު.. މިއަދު ބްލީޑްވި ވާހަކަ ބުނީމަ ހާސްވާނެ ކަން ޔަގީން.. އަހަރެން މިހާރު ހަމަ ވަރަށް ރަނގަޅު” އަލާރާ އެދުނެވެ. ކަމެއް ގޯސްވާ ނަމަ ލަސްނުކޮށް އަންނަން އެދިފައި ފާރިޝްވެސް ހީލަމުން އަލާރާގެ އެދުމާއި ރުހުނެވެ.
ހޮސްޕިޓަލްގެ ގޯތި ތެރެއިން ނުކުމައިން އިރު އަލާރާގެ މޫނަށް ރައިހާއާއި ކަޔާން ބަލަމުން ދިޔައީ ފާޑަކަށެވެ. އަލާރާ ނުހޭން މަސައްކަތް ކުރި ނަމަވެސް ހެވުނެވެ. ދެމީހުން ވަގުތުން ހުއްޓުނެވެ.
“ދައްތައަށް ހަމަ ނުފެނޭތަ..” ރައިހާއަށް ނުހުރެވިގެން އަހާލައިފިއެވެ. އޭރު އެމީހުންނަށް ކާރާއި ހިސަބަށް ވެސް ދެވިއްޖެއެވެ. ރައިޙާގެ އަތުން އަތް ނައްޓުވާލާފައި އަލާރާ ކާރަށް އެރީ އަމިއްލައަށެވެ. އޭނާ ކާރަށް އަރާފައި ބަލައިލި އިރު ކަޔަންއާއި ރައިހާ އަނގަނަގައިގެން ތިއްބެވެ. ނުހޭން ކުރަމުންދިޔަ މަސައްކަތްވެސް ވީ ބޭކާރެވެ. ދެލޯ ބޮޑުވެފައި ތިބިގޮތުން އަލާރާއަށް ހެވުނެވެ.
“ފެނޭތަ.. ހަމަ އަސްލަށް ވެސް ފެނޭދޯ..” ކަޔާން އަދި ވެސް އިނީ ހައިރާންވެފައެވެ.
“ފާރިޝްބެއަށް އޮޅުވާލެވުނަސް މަށައް އެނގޭ ޔާންއަށް އޮޅުވާ ނުލެވޭނެކަން.. މަށާއި ދިމާ ބަލަން ހުރީ އަދި ޖާސޫސްކުރާ ފާޑަށް ވިއްޔަ .. ދޮގު ހެދިޔަސް އެނގޭނެ ކަން އެނގޭ..އެކަމަކު ދެމީހުން ކުރެ އެކަކުވެސް މި ވާހަކަ އެހެން މީހަކަށް ނާންގައްޗޭ” އަލާރާ އެދުނެވެ. ދެމީހުން އިތުރު ސުވާލެއް ކޮށްފާނެތީ އޭނާގެ ބޭނުން ހާމަކުރިއެވެ. ކަޔާން ވަގުތުން ބޯޖަހާލިއިރު ޝަވަން އާއި ސޯފިއާގެ ފަތިފުށް އެންމެންނަށް ހާމަކޮށްދޭން އެހީވާނެކަމުގެ ޔަގީންކަން ދިނެވެ. ރައިހާ ވާނުވާގައި އިނުމުން ގެއަށް ދިޔަ މަގުމަތީގައި ޝަވަންގެ ވާހަކަ ކިއައިދިނެވެ.
……
އަލާރާގެ ވާހަކަ ނިމުނު ހިނދު ލިއާނާއަށް އެނދު މައްޗަށް ޖެހިގަނެވުނެވެ. އެންމެންނަށް އެހީވުމުގައި އޭނާ އުޅެމުން ދިޔައިރު ހުރިހާ އެންމެން ވެސް ކަންކަން މިދަނީ އޭނާއަށް ސިއްރުކުރަމުންނެވެ.
“ރައި އުޅުން ވަރަށް ލިއާއަށް ކިއައިދޭން..އަހަރެން ހުއްޓުވީ…އަހަރެން ބޭނުންވީ އަހަންނަށް، ޒެވް ޕްރޮޕޯސް ކުރީމަ ލިއާ ކައިރީގަ ބުނަން.. ހީކުރީ ޒެވްވެސް މަށާއި މެދު ތަފާތު ގޮތަކަށް ދެކޭކަމަށް.. އެހެންވެ އެ އުއްމީދުގަ ހުރެވުނީ..ޒެވް ނުކޮށްގެން އެންމެފަހުން އަހަރެން ޒެވްއަށް ޕްރޮޕޯސް ކުރަން އުޅުނީ ދެން..އެކަމަކު އެރޭ ވީ ގޮތް ކިއައިދިނީމެންނު.. އެހެންވެ މިހުރެވެނީ އެކަމާއި ބޯ ގޮވާފަ.. ދެން އަނެއްކާ ކައިވެނީގެ ކަންތައް…ދެން ތި މީހުން މިގެއިން ދާން އުޅުނީމަ ވެސް ވަރަށް ދެރަވި.. ނޭނގޭ ކީއްވެކަމެއް ވެސް..އެރޭގެ ފަހުން ޒެވް މަށާ ވަރަށް ދުރުވެއްޖެ ..ނުވެސް އާދޭ އަދި ފެންނަ ހިސާބަށް ވެސް… ސޮރީ ލިއާ.. މި ރީޒަން ތަކުގެ ސަބަބުން މިހުރެވުނީ” އަލާރާ ކިއައިދިނެވެ. ލިއާނާގެ ކައިރިއަށް އައިސް އެތައް ފަހަރަކު މާފަށް އެދުނު އިރު ވެސް ލިއާނާ އިސްޖެހިފައިއިނެވެ.
“އިޓްސް އޯކޭ..އެކަމަކު އަހަންނަށް ވަރަށް ރަނގަޅު ދެން ސިއްރު ނުކޮށްފިއްޔާ.. ދޮންބެ ހެދިހެން… ރައި ވެސް ވަރަށް ގިނަކަންކަން ސިއްރު ކުރޭ އެބަ މިހާރު..އެހެން އެންމެން ހެދީމަ އަހަންނަށް ފީލްވަނީ އެއްވެސް ވެލިއު އެއް ހުރި މީހެއް ނޫނޭ އަހަންނަކީ..ޑޯންޓް.. ޑޫ ދިސް..އި.. އިނގޭ” ވާހަކަ ދައްކަމުން ގޮސް ލިއާނާގެ އަޑުބެދޭގޮތްވިއެވެ. މޫނުމަތީގައި އަތް އެޅުނީ ވެފައިވީ ދެރައެއްގެ ސަބަބުންނެވެ.
“އަމް ސޮރީ..ދެން ދުވަހަކުވެސް ލިއާ އަކަށް ކަމެއް ނުފޮރުވާނަން… އެހެންމީހަކު އަދި ކަމެއް ފޮރުވިޔަސް އަހަރެން އަބަދުވެސް ދެކެނީ ލިއާ އަކީ އެންމެ ގާތް އެކަކުގެ ގޮތުގަ.. އަސްލު ބުނަންތަ އީވްއަށް ވުރެން ލިއާ މާ ކްލޯޒް ވާނެ މިހާރު… އަންކަލް ނިޔާވީމަ އެންމެ ދެރަވާނެ އެކަކު ޔަގީނުންވެސް އަހަރެން މީ..އެކަމަކު އެންމެ ފަހަރަކުވެސް ކޮމްފޯޓް ކޮށްލަދޭން ވެސް އޭނައަށް ނާދެވުން.. އަހަރެން ކައިރިއަށް ނައިތާ ބައްޕަ އެހާ ސަކަރާތްވެފަ އިންދަ ބައްޕަ ކައިރިއަށް ވެސް ނުގޮސްލާ.. ހައު ކުޑް ޝީ ޑޫ ދިޒް ޓް އަސް” ލިއާނާގެ ގައިގާ ބައްދާލައިގެން އިން އިރު އަނެއްކާވެސް އަލާރާއަށް ރޮވިއްޖެއެވެ.
”ސިސް އަޅާނުލާ..އީވް ނަޔަސް އަހަރެން މިހުރީ އޭ.. އަހަންނަށް ވެގެން ވަންޏާ ދޮންބެ އާއި ސިސް މިހާރު ގުޅުވިތާ ކިތަންމެ ދުވަހެއް.. އެނގޭ ދެރަވާނެވަރު..އެކަމަކު އިފް ޔޫ ވޮން ފައިޓް ވިޓްދެމް ޔޫ ޝޫޑް ބީ ބްރޭވް.. ޝާތިރްބޭބެގެ މޫނު ފެނުނީމަ ކިތަންމެއް ހިތް ހިތްވަރުކުރިއަސް ދެރަވާނެ ކަން އެނގޭ ..އެކަމަކު ޕްލީޒް..އަމް ބެގިންގް ޔޫ އެމީހުންނަށް ތި ތިކަމަށް ޝައްކު ކުރެވޭނެ ޖާގައެއް ނުދޭތި..” އަލާރާގެ ބޮލުގައި ފިރުމަމުން ލިއާނާ ބުނެލިއެވެ.
“ލިއާ އަށް އެނގޭތަ..މީގަ އެހެން ބައެއްގެ އަތެއް ވެސް އެބަ އުޅޭ .. ކުރިން އިންޒާރުދޭން ގުޅާ ނަމްބަރަކުން ނޫން މި އިނީ މެސެޖް ކޮށްފަ އެއް.. މިއީ ތަފާތު ނަމްބާރ އެއް..” އަލާރާ ކުއްލިއަކަށް ހަނދާން ވެގެން ބުނެލިއެވެ. ލިއާނާ އަދި ދައްކާލަބަލާށޭ ބުނުމުން އަލާރާ ދައްކާލިއެވެ. ތެދެކެވެ. ދެ ނަމްބަރު ތަފާތެވެ.
“އެ މެސެޖްގަ އެހެން ހުއްޓަސް އެމީހުންނަށް އެހާ ޔަގީންވާނަމަ މިހެން މެސެޖެއް ފޮނުވާލައިގެން އަދި ނުނިންމާނެކަން މަށައް އޭރު ވެސް ޝައްކުވި..މި ނަމްބަރުގެ ލޮކޭޝަން އިހަށް ބަލަން ވީ.. ތި ބުނިހެން އެހެން މީހެއްގެ ކަމަކާ މި ވައްތަރީ” ލިއާނާ އަވަސްވީ އެ ނަމްބަރު އޭނާގެ ފޯނުގައި ނޯޓުކޮށްލުމަށެވެ.
“ސިސް އަށް އެނގޭތަ.. ހެކް ކޮށްލި ގަޑީގަ އެ ނަމްބަރުގެ ލޮކޭޝަންއަކަށް އިނީ ޝަވަންގެ ގޭގެ އެޑްރެސް” ލިއާނާ ބުނެލިއެވެ. އަލާރާ ފާޑަކަށް ސިހުނެވެ. ޝަވަން އާއި އޭނާ އޭނާގެ ސިއްރު ލޯބިވެރިޔާގެ ވާހަކަ ޒެވިއަލް ކިއައިދިން ދުވަހުން ސުރެން ކޮންމެ ވެސް ވަރަކަށް ޝައްކުވެފައި އޮތަސް ޔަގީން މިވީ އަދިކިރިއާއެވެ. ޝަވަން އެހިފަނީ ކޮންކަމެއްގެ ބަދަލް ބާއޭ ހީވިއެވެ.
“ސިސްއަށް ގަބޫލް ވެސް ނުކުރެވިދާނެ.. ޔޫ ކޭން އާސްކް ދޮންބެ ކައިރީގަ ވެސް.. ދޮންބެ އަށް އެނގޭނެ އެއަށްވުރެން ބޮޑަށް.. ލެޕް އަށް ބަލަން އިން އިރު ދޮންބެ ވަރަށް ބޮޑަށް ޝޮކް ޖެހިފަ އިނީ..އެކަމަކު އަހަރެން ދިޔައީމަ ލެޕް ލައްޕާލި.. ދެން ފަހުން ނުދާން ހުއްޓަ ދިނާ ދައްތަ ގުޅީމަ މި ހާދިސާ އެނގިގެން މިއައީ” ލިއާނަ ކިއައިދިނެވެ.
“އަންކަލް ވަޅުލެވުނީމަ އިތުރު ކަމަކާއި ދެން އުޅޭވޭނީވެސް” އަލާރާ އޭރު ވިސްނަމުން ދިޔައީ އެކަންތަކާއި ބެހޭ ގޮތުން ޒެވިއަލްއާއި ވާހަކަ ދައްކާނެ ގޮތަކާއިމެދުގައެވެ.
***
ހަވީރް ހަތަރެއް ޖަހަން ވާއިރަށް ސާތިރްގެ ހަށިގަނޑު ރާއްޖެ ގެނެވުނެވެ. ކަރާއި މޭ އަދި ބަޑު ހިމެނޭހެން ބެންޑޭޖްކޮށްފައިވި އިރު ލޭގެ އަސަރް ފެންނަން ހުއްޓެވެ. އޭނާ ގެނައި ފްލައިޓްއިން އޮސްޓްރޭލިއާގެ ދެތިން ފުލުހަކުވެސް އައެވެ. އެމީހުންނާއި އެކު، އެމްބިއުލޭންސްގައި ފުރަތަމަ ވެސް ޝާތިރް ގެންދެވުނީ ހޮސްޕިޓަލަށެވެ. އެއީ އޮސްޓްރޭލިއާގެ ފުލުހުންގެ ފަރާތުން އައި ޓީމާއި ރާއްޖޭގެ ފަރާތުން އެ މައްސަލަ އަށް ކަނޑައެޅުނު ޓީމް ގުޅިގެން އެ މަރު ތަހްގީގް ކުރުމަށް ކުރިއަށްގެންދާ “ކްރޮސް ބޯޑާރ އިންވެސްޓިގޭޝަން”އަށެވެ.
ޝާތިރްގެ ހަށިގަނޑު އާއިލާއާއި ހަވާލް ކުރެވުނީ އެރޭގެ ނުވައެއް ޖަހަން ގާތްވެފައިވަނިކޮށެވެ. އަޒީޒްއާއި ހައުލާގެ ބޭނުންވީ މާ ގިނައިރު ނުބާއްވާ ޝާތިރް ވަޅުލުމަށެވެ. ހިނަވާ ކަފުންކޮށްގެން އޭނާގެ މޫނު ދެއްކުމަށް ނެރެވުނު ހިނދު އާއިލާއާއި ރަހްމަތްތެރިން އިން ސަހަރާ ތެރެ ފުރިގެން ދިޔައެވެ. މުޅި ތަނުގައި ތެރޭގައި ހިފާލާފައިވީ ރުއިމުގެ އަޑުތަކުންނެވެ. ހައުލާ ހިފަހައްޓަލަންވީ ދަތިކަމަކަށެވެ. ދިނާޔާ އާއި އާއިލާގެ އިތުރު ދެ އަންހެނުންނަށް ހައުލާ ހިފަހައްޓަލެވުނީ ކިރިއާއެވެ. އަޒީޒްގެ ކައިރީގައި އަރްކާން ހުރި އިރު ބައްޕަގެ ރުއިމުގެ އަޑު އިވި އަރްކާންގެ ހިތައް ވެސް އިންތިހާއަށް އަސަރުކުރިއެވެ. ލިއާނާގެ ގައިގާ ބައްދާލައިގެން އަލާރާ ހުރިއިރު ރޮވެމުންދިޔައެވެ. ކައިރީގައި ރައިހާ ވެސް ހުއްޓެވެ. ސޯފިއާއާއި ޝަވަން ވެސް އަލާރާގެ ހިދުމަތުގައި އަތުކުރި އޮޅާލާފައި މިއަދު ހުރިވަރުން ފެންނަ މީހަކަށް މަންޒަރު އޮޅޭހާވެއެވެ. އެހެން ހުރެފައި ފޯނެއް އައިސްގެން ޝަވަން ބޭރަށް ނުކުމަތެވެ.
ޒެވިއަލްގެ ލޮލުގައި އަޅައިގަތީ އެންމެނާއި ދުރުގައި ވަކިން ހުރި އީވާ އަށެވެ. އެންމެން ރޮމުން ދިޔައިރު އެއްވެސް މީހަކާއި ގާތްވާން ނޫޅެ އޭނާހުރީ ދުރުގައެވެ. ކޮންކަހަލަ އަންހެން ކުއްޖެއްބާއޭ ޒެވިއަލްގެ ހިތައް އަރަމުން ދިޔައެވެ. ބޭބެއަކު ނިއާވެގެން އުޅޭ އިރުވެސް އެހާ ހަމަޖެހިލާފައި ހުރުމުން އޭނާ ހައިރާންވިއެވެ.
އެހެން ހުއްޓާ ފެނުނީ ފަހަތައް ފަހަތައް ޖެހުމުން ގޮސް އީވާ އެތަނުން ނުކުމަތް ތަނެވެ. މީހަކަށް ފެނިދާނެތީ ބަލަމުން ދިޔަ ގޮތުން ހީވީ ވައްކަމެއް ކުރަން އުޅުނުހެންނެވެ. ބޮނދަމުން ގޮސް ސަހަރާގެ ގޭޓުން ނުކުމަތެވެ. އޭނައަށް ނުފެންނާނެހެން އޭނާގެ ފަހަތުން ޒެވިއަލް ވެސް ދިޔައެވެ. އީވާ ގޮސް އެރީ މަގު އަނެއް ފަރާތުގައި ޕާކުކޮށްފައިވާ ކާރަކަށެވެ. ޒެވިއަލް ރަނގަޅަށް އެ ކާރުގެ ނަމްބަރު ބަލާލިއެވެ.
“ޝަވަންގެ ކާރު” ޒެވިއަލްއަށް އެއްމިޔަނުން ހީލެވުނެވެ. އެންމެ ފަހުން ޝަވަންގެ ކާރަށް ވެސް އީވާއަރަން ފެށީތާއެވެ. “އެންމެން މިތާގަ ތިބި ދަނޑިވަޅު ބަލާފަ ދޯ މި ނައްޓާލީ.. ނޮޓް ބޭޑް އީވާ މުހައްމަދު އަޒީޒް” ޒެވިއަލް ފޯނު ނަގާ ދެތިން ފޮޓޯ އެއް ނަގާލިއެވެ. އެއް ފޮޓޯ އީވާ ކާރަށް އަރަނިކޮން ހުރި އިރު އަނެއް ފޮޓޯ އެއީ ކާރުގެ ނަމްބަރު ބޯޑެވެ. އަރްކާންއާއި ހިސާބަކަށް ދެވެން ހުރީ ކޮންމެވެސް ވަރަކަށް މައުލޫމާތު އެއްކޮށްގެންނެވެ. އީވާގެ ފަހަތުން ދާން ހިނގައިގަންނަން އުޅެފައި ވެސް ޝާތިރް ވަޅުލަން ގެންދަން އުޅެން ފެށުމުން އޭނާ އަލުން އެތެރެއަށްވަނެވެ.
***
(ނުނިމޭ)

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Annora

Level 610 Stories100 Login100 Comments100 Stories

Weaving tales that linger long after the last page.🤍 Turning imagination into unforgettable stories.🤍 Every story is a journey; come take a trip with me.🤍 Capturing the magic in everyday moments.🤍 Crafting narratives that touch the heart and mind. 🤍 🤍🤍🤍

Other Articles

Previous

އަބަދަށްޓަކައި ހިތުގެ ލޯބި 18

Next

އިންސާފު ލިބޭނެބާ – 36

Next
April 13, 2025

އިންސާފު ލިބޭނެބާ – 36

Previews
April 12, 2025

އަބަދަށްޓަކައި ހިތުގެ ލޯބި 18

54 Comments!

  1. sarah says:
    April 12, 2025 at 8:08 pm

    ohhhmyyygawwwddd
    cantt waitt forr nextt partt
    best story everrr<3
    ly sis

    1. Annora says:
      April 12, 2025 at 8:50 pm

      Thankyou sarah for the sweet sweet words and for the support 🥰 dear ah mi part kamu dhiyakan eguneema v ufaa vehje
      Next part in sha allah tuesday ga❤️

  2. gurrrrl says:
    April 12, 2025 at 8:08 pm

    mashallah mi part ves vrh reeethi when next part cant waitt for next
    keep it up

    1. Annora says:
      April 12, 2025 at 8:51 pm

      Hello gurrrl ❤️
      Thank you so much for love dear❤️❤️🥰
      Next part in sha allah Tuesday ga

  3. Ayan 1997 says:
    April 12, 2025 at 8:09 pm

    Aaahhh dhooii naseebeh ugey ala noonkan
    Dan dan laafa thelhunu hama🙂‍↕️

    1. Annora says:
      April 12, 2025 at 8:53 pm

      Heheh yess naseebeh dw ala noon kan😅
      Vv hapy vehje mi comment fenifa
      Thank you for the support 🥰❤️

  4. shimmer says:
    April 12, 2025 at 8:10 pm

    then abadhu emme nubai hisaabun nimaalanyy…not fair 🙁
    anyway story hama best
    i already knew it was eeva gandu
    hope to bring the criminals in front of justice
    curiously waiting for the next part
    and thank you so muchhhhhhhhh.. you may not realize but this was like a medication for me today during my hectic schedule
    love you

    1. Annora says:
      April 12, 2025 at 10:28 pm

      Helloo shimmer🤍🤍
      Awwv so sorrryy heheh🤍🤍🥰
      Eeva is terrible right 😞
      Thank you so much dear🤍🥹your comment truly made my day. I’m really glad the story gave you a little peace amidst the chaos. It means a lot to have such a thoughtful reader. Justice is on its way, just wait and watch 🥰
      Lots of love🤍
      And more twists are coming🥰

  5. Mauwa says:
    April 12, 2025 at 8:12 pm

    Varah reethi
    Hama up vehje tho balaali iru up vi gadi aai dhimaa vi
    I dont have a word mi eeva aa hedhi
    Eyna shavan r dhw mi gulhigen ulheny
    Kamekey eevaa handi ya
    Enme dhera vegen ulhuneema fureytha dhera eh ves nuvi ehnu😭
    Alhe arkan ah shahku ves nuveetha terece an dhiyagadeega phone hutta eyna ah fenunyma vee gothun ves

    😭😭

    1. Annora says:
      April 12, 2025 at 10:32 pm

      Hello mauwa🤍
      Im so happy mi part ves dear kamudhiya kan egun’mun🥹🤍🤍
      Let’s see what Eeva is planning to do 🤍
      Thank you so much for the lovely comment
      Next part also will be uploaded soon iA🤍🥰

  6. Malher says:
    April 12, 2025 at 8:17 pm

    Ooopsie eeevaaaa yaaa😡😡😡😡
    I will kill you athujehihjeyaa🔪 meena kanthah e bust vany mihaaru
    Hurey dhoo dhera ladeh noony nudheyne aharemen ge zev 😭❤️❤️
    My love next avas
    Igey
    Couldnt breath next r nulaa
    This isnt fair ige .. tuesday is too las love😭😭😭❤️ vvvv salhi
    I cant wait to know nasra r hamdhee ge dhari ge informations 😭😭😭mihaaru hama enme salhi hisaabuga miothy 😭😭
    I feel like story nimumakaa hisaabah dhanee ey
    I dont wanna end this🥺🥺🥺
    May fav author
    And lysssssmmmmmmmmm❤️❤️❤️❤️

    1. Annora says:
      April 12, 2025 at 10:47 pm

      Hello malll🤍🤍
      Eeva goahiyyey dw hama🫣
      So sorry igey i will try Tuesday ge kurin ves up kohlan
      Bt actually im studying and and also working(wfh) .. plus with a toddle
      So its really hard weekly 2 ep ah vuren ginain genesdheyn..
      Bt will try kuriyah oi vaahaka weekly 3 ep genesdheyn
      In sha allah

      And thank you so much mal
      Ur support means alot 🥰🤍
      Lots of love from me🤍🤍

  7. Lahu says:
    April 12, 2025 at 8:18 pm

    Mi annany kiyaalaafa comment eh kohlan😭

    1. Annora says:
      April 12, 2025 at 10:48 pm

      Yess dear🥰🤍

  8. Myku says:
    April 12, 2025 at 8:19 pm

    Hama fb in fenigen miaeee
    Mihaaru mikiyany i vess😭
    Kon ireh inthizaaruga hunna thaa😒

    1. Annora says:
      April 12, 2025 at 10:49 pm

      Awv so sweet 🥹
      Yess unmeedhu kuran kamudhaane kamah🥰🤍

  9. Sillll says:
    April 12, 2025 at 8:20 pm

    This story is good thoh
    Masha allah hama 150 🥰
    Bt i want hiraas s2 asap 😭😭😭

    1. Annora says:
      April 12, 2025 at 10:51 pm

      Hello dear🤍
      Thank you so much sill for the live and support🤍
      Hehe yess hiraas s2 in sha allah v avahah fenigen dhaane🤍

  10. Maryam says:
    April 12, 2025 at 8:23 pm

    Alhe dhen abadhu ekahala thaakun thi ninmany
    Monday ah hadhaaleveykah nehtha
    Tuesday haadha lahey🫣

    1. Annora says:
      April 12, 2025 at 10:53 pm

      Hello 🤍🥰
      In sha allah I will try v avaha submit kohleveytho 🤍
      Thank you so much for the support🤍

  11. Nau pha 🌸 says:
    April 12, 2025 at 8:26 pm

    Ikr ala can see kann
    Lian and alaa plx plxx thi plange thereyah vahdhaba zev r arkan ves
    They knows alot too
    Thi puzzelege v bodu baeh eyrun complete vaane dhooni thakaa
    Vvv reeethi❤️❤️
    Hama speechless igey❤️❤️❤️

    1. Annora says:
      April 12, 2025 at 11:01 pm

      Hello nau🤍
      Yes 🤍
      And finally ala ves bunefi dw🥰🤍🤍
      Lets see zev aai arkan hadhaa ehcheh ves🥰🤍
      V ufaa vehje mi episode kamudhiyaeema
      Thank you so much for the love and support
      🤍🤍

  12. Kkukku says:
    April 12, 2025 at 8:28 pm

    Varah salhi😻😻😻
    Fb in fenun thanhn miaee hama😊😊

    1. Annora says:
      April 12, 2025 at 11:10 pm

      Helloo dear🤍🤍
      Yess🥰🤍 It makes me really happy to know you loved this episode.🤍
      Lots of love kkukku🤍

  13. Shauna says:
    April 12, 2025 at 8:35 pm

    Dammmmmnnnnnnn 😭😭😭😭
    Soooo reeethi
    Curiosly waiting for the next😭🥰❤️

    1. Annora says:
      April 12, 2025 at 11:11 pm

      Yessss 🥰🤍
      Thank you for the love and kind words dear shauna🤍
      In sha allah next part will be uploaded soon🤍🤍

  14. Nooh says:
    April 12, 2025 at 8:36 pm

    V reethi
    Kobaa ma boys gang
    Aalimuuuu
    Maishaaanuuu

    1. Maishaan mohamed says:
      April 12, 2025 at 8:40 pm

      Mioh ulhenu
      Kiyaalaafa annaanan comment eh kohlan

    2. Annora says:
      April 12, 2025 at 11:13 pm

      Thankiu nooh🤍🥰
      Hehe
      Boys ah ves mi part kamudhaane kamah unmeedhu kuran🤍

  15. Nuxu says:
    April 12, 2025 at 8:39 pm

    Anns ge enme faahaga kohlevey kamaky sifa kurun thah
    Hama heevaanee vaahakaige thereyga ey miulheveny
    Ehaa ves nice
    U nailed it
    This is masterpiece hama
    Vvvv reethi
    Hospital thereyga ves ala ah fenun scene
    Hama heevi ethaaga hurevun hen💕💖💖💖💞💞💕💕💓💘💘💝💗💗💝💝🩷🩷🩷
    Soooo soooo reethi

    1. Annora says:
      April 12, 2025 at 11:26 pm

      Hello nuxu🤍🥰🥰🤍
      thank you so much for your love and support
      it truly means a lot to me.🤍🤍🤍 Knowing that
      you’re enjoying the story and connecting with the characters is the biggest reward as a writer. 🤍🤍🤍
      I hope you’ll love the next episode too🤍🤍🤍
      Lots of loves from me🥰🤍

  16. Maishaan mohamed says:
    April 12, 2025 at 8:45 pm

    Mashah eyru ves egey pics thakuga sawanu aa ekkon ehuri mi evaa kan
    Varugadha anhenehnu
    Zevial dheynbala eyna fahathun faara laan
    V salhi igey

    1. Annora says:
      April 12, 2025 at 11:39 pm

      Hello maishaan🤍🤍
      Yes hama heekuri gothah dw mi vee🤍🤍
      Eeva hadhaa ehcheh ves balaalama dw 🫣
      .I’m so glad you enjoyed this episode🤍🤍
      And I hope you’ll love the next episode as well🥰🤍
      Thank you so much 🤍

  17. Moosa says:
    April 12, 2025 at 8:52 pm

    A
    V reethi

    1. Annora says:
      April 12, 2025 at 11:34 pm

      Thank you so much moosa🤍

  18. sher says:
    April 12, 2025 at 8:52 pm

    i knew itt eeevaa ge kameh kan
    mi parttt ves vrh vrh reethi
    whenn is the next partt??!!

  19. Maree says:
    April 12, 2025 at 9:06 pm

    Kon irakun next 🥺

  20. Wisher says:
    April 12, 2025 at 9:21 pm

    Ohh nooo v nubai than thanhn ninmaanyy hama
    😒 im a crazy fan of you🩷 vvv curious 👀 zev goasfa faaraaalaane nama eynu
    Eyrun thiothy eevaa men ge athah govaafa🩷🩷

  21. Cutie girl says:
    April 12, 2025 at 9:45 pm

    Mi part ves v reethi masha Allah
    Curiously waiting for next part
    Keep it up
    Alaa and zev gulhuvachey
    Arkaan and liaa ves
    They all are made for each other
    Shavan and Sophia hayyaru kurey
    I appreciate your hard work
    Mi part kiyaafa rovijje 😭
    Alhe kusheh neih meeheh e maraaly
    Your my fav author ❤️
    Haadha curious kohlaafa thi nimaaly
    Miyee varah interesting kamaa eku kiyaa hithun kiyaala vaahaka eh
    Tc ❤️
    Ly annora ❤️😚

  22. aanaa says:
    April 12, 2025 at 10:05 pm

    masha allah mi part vrh vrh reethii
    alhe eeva kiihtha ekuranyy heyonuvaane dhww ehn ulhnn
    kayaan n rai gulheynetha??
    lia r arkaan gulhuvahchey
    zev r alaa vs
    iru iru klhun beley mi part admin in up kohfa inthww
    naseebeh kanne eii ehn noonnama nuvs nidheyne mirey 😭
    haadha curious eyyy
    evaa,sophia n shavan dheke vr rulhi eba araa
    vrh heevey eeva ah mihurihaa kmh engeynehn
    mi site in kiyaa enme reethi vhk mii
    tc lyyyssmmm😘

    1. Ayya says:
      April 12, 2025 at 10:11 pm

      True mi site ga in enme reethi vaahaka mee
      Annora thafaathu vaane💖

  23. Ayya says:
    April 12, 2025 at 10:11 pm

    Vaahaka kee kee hen eva dheake hama rulhi araa gohvany

  24. Mrs gray says:
    April 12, 2025 at 10:19 pm

    Wow 🩶🩶 Varah reethi mi part vx🩶🩶🩶
    UR amazing dear🩶🩶 so much loves from me 🩶🩶🩶
    Keep it up 🩶🩶🩶

  25. maisha says:
    April 12, 2025 at 10:32 pm

    heyy annora…
    sorry i haven’t commented on your story although i read all the parts..
    toddler bali v ma abadhu khidhumathuga mi hunnanee 😀
    nin dhavaafa dhoraa hama yah gina faharu nudhevey roan fashaa 😅
    so kihineh dhw phone vx athu jeheynee…
    Mi part vx vrh reethi Masha Allah ❤️
    rangalhu meehkah e manzaru mi fenunee vx…
    tc ❤️
    ly <3

  26. Detective Choco says:
    April 13, 2025 at 12:53 am

    Helloo im from boy gang too…up kuran ulhey kan iguney…nidhafa ovva up kolly but now kiyalevijje mi part ves…varah salhi…last part nimmali goiy v salhi adhi e part r mi part gulhuvalafa genesdhyfa huri script varah salhi…hurihaa scenes thah ves describe kohdhey goiy varah kamudhey…you’re the best Ann🤍🩶🤍

  27. Hammi says:
    April 13, 2025 at 9:42 am

    Hama bunaa ehcheh vec neygefa mihureveny
    Eeva nubaikamun
    Eyna haadha goahey
    Hithah rohvaalan vee ey
    Athujehey nama eynu
    Ala ah fenna kan vaa igey🥰🥰
    Allahuma barik t
    Mi huwai masterpiece eh🥰❤️‍🩹

  28. Alaa says:
    April 13, 2025 at 1:04 pm

    Mi part vx varah varah reethi Masha Allah<33
    Hama heekuri Gothah mi vee, Eva Shavan aa gulhigen ammilla dhattha ge dhiriulhun halaaku mi kurany…😭
    I hate you Eva😡
    Ehn veema Shathir maraalee vx mi dhemeehun plan koggen dhw ???
    Your Soo Talented Masha Allah<33
    Hama heevany Vaahaka therey ulheveyhen, sifakurun thakaa ibaaraiy kurun vx Hama 💯
    Anyways, Curiously Waiting for next part ❤️🥰
    Lysm Annora<333

  29. Layer says:
    April 13, 2025 at 3:06 pm

    Ahhhh haadha reehcheymi part ves
    🤩🤩

  30. Zuha says:
    April 13, 2025 at 7:34 pm

    Cant wait 😞😞

  31. Aisha says:
    April 13, 2025 at 8:29 pm

    Vrh Vrh Vrh reethi mi part ves.. Dhn vaane gotheh Hama balailan beynun vanee..bunaane ehcheh ves neh
    Tuesday annan dhen kehvaane th😭

  32. Na.ell says:
    April 14, 2025 at 6:18 pm

    Naseebehnu Alaa noon e maruvu Kan 🤧..
    I think emme fahun Alaa ah e msg kury Eva hn ehn number akun 😩
    Alaa aa zev gulhuvaba 😭😭 can’t wait
    Mi part ves hama vrh reethi Masha Allah❤️
    Can’t wait for the next part
    Avahah kiyaalan libeyne kameh ummeedhu kuran ❤️✨
    Keep it up ❤️❤️

  33. Anonymous says:
    April 14, 2025 at 8:33 pm

    alheyyyyyyyyyyyyyyy
    still one more day
    huvaa i cant wait kan

  34. Anonymous says:
    April 15, 2025 at 6:04 pm

    adminnnnnnnnnnnnnnnnnnn
    nexttttttttttttttttttt plsssssssssssssssssssssssssssssssssssssssssssssssss

  35. Rose says:
    April 15, 2025 at 11:15 pm

    Annora nice story! V kiyaahithun hurihaa vaahakaehves kiyaalevey writer eh! Love it❤️ next part plz soon!😍

Comments are closed.

Next Episodeނޭވާ ލާ ހިނދު ހީވޭ ގާތުގާ ވާހެން 32←


All Right Reserved!