Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ކުޑަކުޑަ ދަރިފުޅު 1

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
April 15, 2025 3 Mins Read
16 Comments

***3 އަހަރު ކުރިން***

ރޭގަނޑުގެ ހިތްގައިމު ވަގުތެވެ. ފިނި ފިނި ގޮނޑުދޮށުގައި އެހެން ރޭރޭ އޮންނަފަދަ ހިމޭން ކަމެއް މިރެއަކު ނެތެވެ. އެއްގަމަށް ބިންދާލާ ރާޅުތަށްވެސް ދިޔައީ މިއުޒިކެއްފަދައިން އެހިތްގައިމު ރޭގެ އުފަލުގައި ބައިވެރިވަމުންނެވެ. އަތިރިމަތީގައި ހެދިފައިވާ ސްޓޭޖްމަތީގައި ތިބި ދެޖޯޑަކީ، މުޅި ދުނިޔޭގައިވީ އެންމެ ގުޅޭ ދެޖޯޑޭ ބުންޏަސް މުޅިއަކުން ދޮގަކަށް ނުވާނެއެވެ.

ހުދުކުލައާއި ފިޔާތޮށިކުލައިގެ ބޮޑު ވެޑިންގް ޑްރެސްގައި ހުރި، މަލިކާ ހީވަނީ އުޑުންފައިބައިފައި ހުރި ޕަރީއެއްހެންނެވެ. ހެދުމުގެ މޭމަތީގައިވީ ލޭސް ފޮތީގެ އިތުރުން، ހަރުކޮއްފައިވީ، ބީޓްސް ތަކުން ހީވަނީ އުޑުގައި ބަބުޅަމުންދާ ތަރިތަށް ގެނެސް މަލިކާގެ ހެދުމުގައި ހަރުކޮށްފައިވާހެންނެވެ. ކަނދުރާޔާއި ހަމަޔަށް ކޮށާލެވިފައިވާ، މަލިކާގެ ކުރު އިސްތަށިކޮޅުގައި ވަނީ ހުދު ކުލައިގެ ތާޖެއް އަޅާލެވިފައެވެ. ކޮނޑުނެތް ހެދުމެއް ކަމުން މަލިކާގެ ވާތު ކޮނޑާ ދިމާލުގައި ޖަހާފައިވާ ފިނިފެންމާ ޓެޓޫވެސް ވަނީ ކަޝްފުވެފައެވެ.

މަލިކާގެ ގާތުގައި ހުރި މަލިކާގެ ފިރިމީހާ ޒިދާންވެސް ވަނީ ރީތި ކަމުން ޖަރީވެލާފައެވެ. ކަޅުކުލައިގެ ކޯޓު ފަޓުލޫނުގައި ހުރި އިރު، މަޑު ފިޔާތޮށި ކުލައިގެ ފިނިފެންމަލެއް ވަނީ، ޒިދާންގެ މޭމަތީގައި ހަރުކުރެވިފައެވެ. ރީތި ގޮތަކަށް ޒިދާންގެ އިސްތަށިކޮޅު ސްޓައިލް ކޮއްލާފައިވީ އިރު އަންހެންކުދިންތަށް މޮޔަބޮލަށް އަރާނެކަންގައިމެވެ.

މަލިކާގެ މަޑު އަތް ތިލައިގައި ހިފަހަށްޓާލައިގެން ހުރެ ހިނިތުންވެލައިގެން ހުރިގޮތުން، މިރޭ ޒިދާން އެހުރިހާ އުފަލުގައި ހުރި އެހެން ދެވަނަ އިންސާނަކު ހުންނާނެ ކަމާއިމެދުވެސް ޝައްކެވެ. ވާނީވެސް އެހެންނޫންހެއްޔެވެ؟ 10 އަހަރުގެ ދިގު އިންތިޒާރަކަށް ފަހު، ޒިދާންގެ ލޯބިވެރިޔާ މިއަދު މިވަނީ ހަލާލު ގޮތުގައި ޒިދާންގެ މީހަކަށްވެފައެވެ.

[މަރްހަބާ ދެކުދިން] މަލިކާގައިގައި ބައްދާލަމުން މަލިކާގެ ކޮއްކޮ، މަލައިކާ މަރްހަބާކިއެވެ. ގާތުގައި މަލައިކާގެ ފިރިމީހާ ނާއިކްވެސް ހުއްޓެވެ.

މަލައިކާލައިގެން ހުރި ހުދުކުލައިގެ ހެދުމުގެ މަތިން، ފިޔާތޮށި ކުލައިގެ ޖެކެޓެއްހެން ފަހާފައިވާ ހެދުމާއި އެކު، ހަމަ އެފިޔާތޮށިކުލައިގެ ޝޯލްއެއްއަޅާލާފައިވީއިރު މަލިކާހީވަނީ ހޫރުޕަރީއެއްހެންނެވެ. ބަނޑުބޮޑުވިފަހުން ލޫޅާފަތިކޮށް ހުންނަ މަލައިކާ މިހާރުވަނީ ކޮންމެވެސް ވަރަކަށް ފަލަވެލާފައެވެ. ބޮޑު ކޮލެއްލާފައި ހުރި އިރު މަލައިކާގެ ރީތިކަން އިތުރު ކަމަށް ދައްކައެވެ. 2 މަހުގެ ކުޑަ ކުޑަ ބަނޑުކޮޅާއި އެކު މަލައިކާ އިތުރަށް ލޯބިކަމަށް ދައްކައެވެ.

ގާތުގައި ހުރި ނާއިކްވެސް ވަކި މަލައިކާއަށް ދޫކުރާވަރެއް ނޫނެވެ. ކުޑަކޮށް ދިގު ކޮއްލާފައި ވީ ނާއިކްގެ ކަޅުކަން ގަދަ ފަން އިސްތަށިކޮޅު ފެނި އަންހެންކުދިންގެ ލޯތަށް ދިޔައީ ނާއިކްއަށް ހުއްޓެމުންނެވެ.

އުފާވެރިވަގުތު ކޮޅަކަށްފަހު ހުރިހާއެންމެން ގެއަށް އައި އިރު ރޭގަނޑު 12 ވެސް ޖަހައިފިއެވެ. ލޮޑުވެފަ ހުރިވަރުން ޒިދާންއަށް ބަލައިވެސް ނުލާ މަލިކާގެއަށް އައި ގޮތަށް އަހިސް ވަނީ ކޮޓަރިއަށެވެ. މާގިނައިރު ކޮޅަށް ހުރުމުގެ ސަބަބުން މަލިކާހުރީ ބޮލަށް އެނބުރުން އަރާފައެވެ. މަލިކާއަށް ގޮސް ފާހާނާއަށް ވަދެވުނީ ހަމަ ކިރިޔާއެވެ.

[މަލީ؟ ކިހިނެތްވީ ހޮޑު ލެވުނީ؟] ކޮޓަރިއަށް ވައިން އިރު މަލިކާ ހޮޑު ލާއަޑު އިވުމުން އަވަސް އަވަހަށް ގޮސް ޒިދާން އެއްސެވެ.

[ނޭނގެ. ވެދާނެ މާ ގިނައިރު ކޮޅަށް ހުރީމަ ކަމަށްވެސް] އަވަސް އަވަހަށް އެހެން ބުނެ ނިދާހެދުން ލައިގެން އަހިސް އެނދުގައި އޮށޯތެވެ.

[އަދިވެސް ހުރީތަ؟ އާދެބަ އަހަރެންގެ ފައިމޮޑެލަދޭން] ކައިރީ އިން ފެންފުޅިން ފެން ފޮދެއް ބޯލަމުން މަލިކާ ފޫހި ރާގަކަށް ބުނެލިއެވެ.

ޒިދާން ފުންނޭވާއެއް ދޫކޮއްލަމުން ނިދަންލާ ސޯޓުލައިގެން އަހިސް މަލިކާ ކައިރީ އިށީންދެ މަލިކާ ފައި މޮޑެދޭން ފެށިއެވެ.

ނާއިކްގެ މޭމަތީގައި ނިދިފައި އޮތް މަލައިކާގެ ފަންއިސްތަށިކޮޅާ ކުޅިލަކުޅިލަ އޮތް ނާއިކްގެ ލޮލުގައި ނިދީގެ ކަންފުޅެއްވެސް ނެތެވެ. ނާއިކްގެ މޫނު މަތިންވެސް އޭނާއޮތީ ފުންވިސްނުމަކަށް ގެއްލިފައިކަން އެނގެއެވެ.

“ނޭނގެ މަށަކަށް. މައަދި ޓެސްޓެއް ނަހަދަން. މަ ބަނޑުބޮޑަސް އެވާނީ ކަލޭގެ ދަރިއަކަށް! އަޑު އިވިއްޖެ!”]

އަނެއްކާވެސް އެ ޖުމްލަ ނާއިކްގެ ބޮލުގައި އެނބުރިގަތެވެ. ދެލޯ މަރާލަމުން މަލައިކާ ގައިގައި ބައްދާލަމުން ނިދޭތޯ އުޅެންފެށިއެވެ. އެޙިޔާލުތަކާ ދުރަށް ދެވޭތޯއެވެ.

އިރު އޭގެ ރަންދޯދިތަކުން މުޅި ދުނިޔެ އަލިކޮށްލީ ފަތިހުގެ ފިނިކަން މުޅި ފަޒާއިން ފުހެލަމުންނެވެ. ނިދިފައި އޮތް ނާއިކްއަށް ހޭލެވުނީ މަލައިކާ ހޮޑުލާއަޑަށެވެ.

[އަޅޭ މަލައި މިއަދުވެސްތަ؟] މަލައިކާގެ އުނަގަނޑުގައި ފިރުމާލަމުން ނާއިކް ބުނެލިއެވެ.

[ދެން ކީއްތަ ކުރާނީވެސް. ހަމަ ހެނދުނު ގަޑީގަ މޭނުބައި ކުރަނީއޭ] ކެއްސާލަމުން މަލައިކާ ބުނެލިއެވެ.

މަލައިކާ މޫނު ދޮވެލުމުން ނާއިކްވެސް ގޮސް ދަތްއުނގުޅާ މޫނު ދޮވެލިއެވެ. އެއަށްފަހު ނާއިކް ނިމެންދެން ހުރި މަލައިކާ އަތްދަނޑިމައްޗަށް ލައިގެން ވަރަށް ލޯބިން މަލައިކާ އެނދުމަތީގައި ބާއްވާލިއެވެ.

[ވަރަށް ލޯބިވޭ] ހިނިތުންވެލަމުން ނާއިކްގެ ކޮލަށް ބޮސްދެމުން މަލައިކާ ބުނެލިއެވެ.

[ނާއިވެސް] ނާއިކްވެސް ހިނިތުންވެލަމުން ބުނެލިއެވެ.

[ނާއީ ކޮންކަހަލަ ބޭބީ އެއްތަ ބޭނުމީ؟]  ނާއިކްގެ އިސްތަށިގަނޑު ހާވާލަމުން މަލައިކާ އެއްސެވެ.

“ހެހެ ނާއިއަށް އޯކޭ ކޮންމެ ކަހަލަ ކުއްޖެއްވެސް. ނާއީ ހެޕީ އަންހެން ބޭބީއެއްވިސް ފިރިހެން ބޭބީ އެއްވިޔަސްވެސް] ނާއިކް ބުނެލިއެވެ.

[ހެހެ މަލައި ބޭނުމީ އަންހެން ކުއްޖެއް] މަލައިކާ އަވަސް އަވަހަށް ބުނެލިއެވެ.

ނާއިކް ހިނިތުންވެލަމުން މަލައިކާ މެޔާލާ ފިއްތާލިއެވެ. [ދެންހިނގާ ސައިބޯންދާން ވަރަށް ބަނޑުހައި] ނާއިކްގެ އަތުން މިނިވަންވެ އިސްތަށިގަނޑު އަތުން ރީތިކޮއްލާ ހުޅިއެއް ޖަހާލަމުން މަލައިކާ ބުނެލިއެވެ.

ފެންވަރާލާ ތާޒާވެލައިގެން ދެމަފިރިން ސައިބޯން ނިކުން އިރު މީރާ ހުރީ ސައިހަދާފައެވެ.

[އަނހާ ދަރިފުޅުމެން ހޭލީތަ؟ އަވަހަށް އާދޭ ސައިބޯން] މީރާ ހިނިތުންވެލަމުން ބުނެލިއެވެ.

“ދަރިފުޅު މޫނުމަތިން ހާދަ ވަރުބަލިހެން ހީވެއޭ އެބަ؟ މިއަދުވެސް އަނެއްކާ ހޮޑު ލެވުނީތަ؟” މަލައިކާގެ މޫނުމަތީގައި ހުރި ވަރުބަލިކަންފެނި ހާސްވެފައި މީރާއެހިއެވެ.

“ލައްބަ. ފަތިހު ހޭލެވުނީވެސް މޭނުބައިކޮށްގެން. މިހާރު މިއަދު ވެސް 3 ފަހަރު ހޮޑު ލެވިއްޖެ. ދެން އެކަމަކު މަންމަ ހާސްވާ އެއްޗެއްނޫންއިނގޭ. ޑަކްޓަރު ބުނި ފުރަތަމަ 3 މަހު މިއީ ދެން ހަމަ އާމުކަމެކޭ. ދެން މިއަދު ދާންދޯ ސްކޭންހަދަންވެސް ދޯ ނާއީ؟” ކައިރީގައި އިން ނާއިކްއަށް ދޯދެމުން މަލައިކާ ބުނެލިއެވެ. ނާއިކް ހިނިތުންވެލާފައި ބޯޖަހާލިއެވެ.

އެވަގުތު ޒިދާންވެސް އަހިސް ކާގެތެރެއަށްވަނެވެ.

“އަނހާ ދަރިފުޅާ ހޭލީތަ؟ އަވަހަށް އާދޭ ސައިބޯން. ކޮބާތަ މަލިކާ؟” ޒިދާން ފެނުމުން މީރާ އެހިއެވެ.

“އަދި ނުހޭލާ. ވެދާނެ މާ ވަރުބަލީކަމަށްދޯ އަދިވެސް” ހިނިތުންވެލާފައި ޒިދާންބުނެލިއެވެ.

ހެނދުނުގެ ނާސްތާކޮށްނިންމާފައި މަލައިކާ ވަނީ ޑަކްޓަރަށް ދިޔުމަށް ރެޑީވުމަށެވެ. ނާއިކް މަލައިކާ ނިކުންނާނެ އިރެއްގެ އިންތިޒާރުގައި ސޯފާގައި އިށީންދެ ފޯނު ނަގާ އެފްބީ ތެރެ ހާވަންފެށިއެވެ.

(ނުނިމޭ)

ސަލާމް،

މި ހަފްތާ އާދިއްތަ ދުވަހު އަޅުގަނޑުގެ 2 ވަނަ ކޯސްފެށިއްޖެއެވެ. ލެވެލް ހައި ވުމާއި އެކު އަބަދު ވާހަކަ ލިޔަން ނީންދެވޭނެތީވެ ކޮންމެ ދުވަހަކު އައުބައެއް ނުގެނެދެވޭނެކަން ހިތާމަޔާއި އެކު ބުނެލަމެވެ. މިވާހަކަ ކިޔާލަން ލިބޭނީ ކޮންމެ އަންގާރަ އަދި ހޮނިހިރު ދުވަހެވެ.

އިންޝާ ﷲ 🫶🏻

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

އިންސާފު ލިބޭނެބާ – 37

Next

އެކްޓަރ (ޕާޓް 10)

Next
April 15, 2025

އެކްޓަރ (ޕާޓް 10)

Previews
April 15, 2025

އިންސާފު ލިބޭނެބާ – 37

16 Comments!

  1. No one 007 says:
    April 15, 2025 at 12:52 pm

    Masha Allah mi part ves vrh reethi
    Can’t wait for the next part .
    When next?
    Lysmm shiherr❤️
    Tc💕

    1. shihaamaa ali shihaamaa ali says:
      April 16, 2025 at 6:52 pm

      Jazaakallah khairan No one 007
      in sha allah on saturday stay tuned
      lysm and tc

  2. Aisha says:
    April 15, 2025 at 12:56 pm

    Masha allah haadha reehchey
    Haadha eba heevey malaka preg hen eii naaik ge kuhjeh hen heevany
    haadha curious eyy
    Its ok shiha ah free vi irakun vhk up kohlyma ok vaane
    Vrh vrh reethi
    Tc lyyyy shihaaaa

    1. shihaamaa ali shihaamaa ali says:
      April 16, 2025 at 6:53 pm

      Jazaakallah khairan Aisha
      vrh happy vejje understand v ma. dhn vaahakaiga vaa goi balan inthizaaru kollaa hehe
      lyt and tc

  3. __ Someone__ says:
    April 15, 2025 at 1:00 pm

    Mi part varah reethi Masha Allah<333
    Feshi goiyy vx varah reethi ❤️
    Naaik cheat kury dhw Malaika ah??
    And It's okay Shiherr ah faseyha dhuvahaku up kolleema okay. 🥰❤️
    Can't Wait for next part ❤️🥰
    Lyssm Shiherr

    1. shihaamaa ali shihaamaa ali says:
      April 16, 2025 at 6:57 pm

      Jazaakallah khairan ___ Someone ___
      vrh happy vejje understand v ma. dhn vaahakaiga vaa goi balan inthizaaru kollaa hehe
      stay tuned for sat
      lyt and tc

  4. gurrrrl says:
    April 15, 2025 at 1:10 pm

    Mashallah mi part ves vrh furihama
    Okii vaane shiherr ah veevarakun liyuneema huhnaani rangalhah 🫶🏻

    1. shihaamaa ali shihaamaa ali says:
      April 16, 2025 at 6:57 pm

      Jazaakallah khairan gurrrl

  5. Nayerr says:
    April 15, 2025 at 1:53 pm

    Mi part vrh reethi Masha Allah ❤️ curiously waiting for the next part I appreciate your hard work shiherr take care lysm shiherr ❤️😘💋

    1. shihaamaa ali shihaamaa ali says:
      April 16, 2025 at 6:58 pm

      Jazaakallah khairan Nayerr

  6. Your fav bab says:
    April 15, 2025 at 2:47 pm

    It’s okay shierr!!
    N mi part varah reethi!!
    I think malika is pregnant n eii naaik ge kujjeh hen heevanee!!
    Bro cheated on his wife🤦
    Heevanee varah interesting vaane hen!!
    Lysssm💗💗
    Tc
    N good luck on your course

    1. shihaamaa ali shihaamaa ali says:
      April 16, 2025 at 6:58 pm

      Jazaakallah khairan Your fav bab
      haha shihaa akah neynge balamaa dhoo hehe.

  7. Oreo gurll says:
    April 15, 2025 at 5:32 pm

    oohh! varah interesting gothakah dhw vaahaka mi feshunee? ehen stories thakuga wedding akun nimeynee aammukoh. ekam mifaharu story mi feshunee ves wedding akun. aslu varah thafaathu method eh ingey
    but i ah heevanee Malikaa preg hen, Zidhaan aa marry kuri iruves. hodulevuneema dhw! and plus Nikaan visnan oi ehchakun…
    i think e dhemeehun ge medhuga kommes gulhumeh ovey kanneynge. marry kurumuge kurin Nikaan aa ehkoh Malikaa ge relationship othy kamah vedhaane ehnu. dhw?
    komme akas varah curious kohlaafa thi nimmaalee first episode.
    Saturday ah mihaaru mi wait kurevenee.
    and its okay Shiherr, shiherr ves busy vaane dhw life othyma. hama e gothah alhugandu ves busy eyy! so time libey varakun ehnu ulheveynee. its actualy nothing to apologize for, but im grateful that you shared that with us.
    Story ge first episode in ves varah curious kuruvaifi. mi story ah ves Shiherr ge kureege komme story eh gothah alhuganduge support libeyne. In’Sha’Allah <3
    lyssssssmmm Shiherrr

    1. shihaamaa ali shihaamaa ali says:
      April 16, 2025 at 7:04 pm

      Jazaakallah khairan Oreo gurll
      haha yess i wanted to try something different.
      neynge dhw balamaa kihineh tho story ga vany stay tuned
      lytttt

  8. Hudha says:
    April 17, 2025 at 9:39 pm

    Kuda kuda dharifulhu roalumun hithuga magey hama jehidheyey.. Kuda kuda lolakun karuna fenumun hithakah magey hama keiy nuvey 🎶………….. 🌼..
    Vhk ge suruhee kiyaaleema mi lava kiyeny hama

    1. shihaamaa ali shihaamaa ali says:
      April 18, 2025 at 12:17 pm

      ❤️❤️❤️

Comments are closed.

Next Episodeކުޑަކުޑަ ދަރިފުޅު 2 & 3←


All Right Reserved!